ފޮހެވޭނޭ ބާއޭ… 4
ޔަޝްމް ސިޑީގެ ހަރުފަތައް ގިރާކޮށްލަމުން ގޮސް ޓްރެސްއަށް ނިކުމެވެން ހުރި ދޮރުފަތް ހުޅުވާލިއެވެ. އެއާއެކު އޭނަގެ މޫނުގައި ބޮސްދިނީ ފިނިފިނި ރޯޅިތަކެވެ. ބުރުގާ ނަގައި އިސްތަށިގަނޑު މިނިވަންކޮށްލަމުން އޭނަ ގޮސް ހުއްޓުނީ ރެއިލިންގް ކައިރިއަށެވެ. ދަންވަރުގެ ހަމަހިމޭންކަމުގެ ތެރެއަށް މުޅިރަށް ގެނބިފައި ވާއިރު ރޭގަނޑުގެ ފޭރާން މަތީގައި ތަރިތައް ވިދާބަބުޅަމުން ދާ މަންޒަރު ކިތަންމެހާ ވެސް ފުރިހަމައެވެ. ”މީޓިއޯރ ޝަވާރ ނައިޓް” އަކަށް ވާނެކަމަށް ޚަބަރުތަކުން ބުނެފައި ވުމުން ޔަޝްމް ހުރީ ދުނިތަރިއެއް ފެނިދާނެކަމުގެ އުއްމީދުގައެވެ. އޭނަ އެތަނަށް އައި ބޭނުން ވެސް ހަނދާންވީ ޤުދުރަތުގެ އަޖައިބުތަކަށް ގެއްލިގައި ހުއްޓާއެވެ. އަވަސް އަވަހަށް އަތުގައި އޮތް ފޯނުން ނަންބަރަކަށް ޑައިލްކޮށްލިއެވެ.
”ޔުމް، މިގަޑީގަ ތިގުޅަނީ، ހުރިހާކަމެއް ވެސް ރަގަޅުތަ؟…” އަމަލްގެ އަޑު އިވުނެވެ. އެއަޑުގައި ނިދީގެ އަސަރު ވެއެވެ.
”ވަރަށް މުހިންމު ވާހަކައެއް ބުނަން މިގުޅީ، މިއަދު އަލަފް އާ ދިމާވި……” ޔަޝްމް ބުންޏެވެ. އެއާއެކު އަމަލްގެ މޫނަށް ވެރިވެގެންދާނެ ޝުއޫރުތައް ޔަޝްމްގެ ޚިޔާލަށް އައެވެ.
”ވަޓް!… ކޮންތާކުންތަ؟ ޕްލީޒް ޑޯންޓް ޓެލްމީ ޔޫ ވެންޓް ޓު މީޓް ހިމް؟…” އަމަލް ބުނެލިއެވެ. ”އަހަރެން މިއުޅެނީ މޮޔަވެގެންތަ އޭނައާ ބައްދަލުކުރަން ދާން؟… މަންމަމެން އެއާރޕޯޓަށް ދިޔަ ވަގުތު ބަލާފަ އޭނަ އައީ ގެއަށް، ލީލާގަނޑު އަލަފްއަށް އެހީވީ. މިއަދު ލީލާ ހުންނަނީ ވަރަށް ބިރުން އަހަރެން މަންމައަށް ހަޤީޤަތް ކިޔައިދީފާނެތީ…” ޔަޝްމް މިއަދު ދިމާވި ހާދިސާ ކިޔައިދިނިނެވެ. އަމަލްގެ ނިދި ފިލައިގެން ދިޔައެވެ. އޭނަ ފުންމައިގެން ތެދުވެ ޔަޝްމްގެ ވާހަކަތަކަށް ސަމާލުކަން ދިނެވެ.
”އޯ މައި ގޯޑް!، ޔުމް އަދި ކިރިޔާތަ އަހަރެން ގާތު ބުނަން އެނގުނީ؟ ކީއްވެތަ އަހަންނަށް ނުގުޅީ؟… އަހަންނަށް ފެންނަނީ ލީލާގެ ހަޤީޤަތް ޒައުމާ ދައްތަމެންނަށް އަންގަން، އެލީލާގަނޑަށް ދެނެއް އިތުބާރު ނުކުރެވޭނެ، އޭނަގެ ސަބަބުން ޔުމްއަށް ދެރަގޮތެއް މެދުވެރިނަމަޔޯ؟ އަލަފް އިޒް އެ ސައިކޯޕާތް! އޭނަ އެއުޅެނީ ޔުމް މެނިޕިއުލޭޓްކުރަން، އޭނަ ދައްކާ ވާހަކަތަކަށް ސަމާލުކަން ނުދޭތި………” އަމަލް ބުނެލިއެވެ.
”ލީލާ މިއަދު ވަރަށް އާދޭސް ކުރި، އޭނަ ބުނީ އަލަފް އޭނަ ބްލެކްމެއިލް ކުރިއްޔޯ… އޭނަގެ ވަޒީފާ ގެއްލިދާނެތީ ވަރަށް ހާސްވެފަ ހުރީ…..” ލީލާ ޔަޝްމް ގާތު ރޮއިފައި އާދޭސްކުރިކަން ހާމަކުރުމުން އަމަލް ބުނީ އެއީ ފޭކް ކަމަށާއި ލީލާ އުޅެނީ ޔަޝްމްއަށް އޮޅުވާލަން ކަމަށެވެ.
”އަހަންނަކަށް ނޭގޭ ޓްރަސްޓްކުރަން ވީ މީހަކު، އެކަމަކު މަންމައަށް މިއަދު ހިނގި އެއްވެސްކަމެއް އެނގިއްޖެނަމަ ދެރަވާނެވަރު އަހަންނަށް އަންދާޒާ ކުރެވޭ….” ޔަޝްމްގެ މޫނު މިލައިގެން ދިޔައެވެ. މަންމަ މިހާރުވެސް އެދަނީ އޭނައާ މެދު ވިސްނަމުންނެވެ. ހަޔާތުގައި ޚިޔާރު ކުރެވުނު ގޯސް ބައިވެރިޔެއްގެ ސަބަބުން މުޅި ޢާއިލާގެ ހަމަޖެހުން ނަގާލައިފިއެވެ. ކުށްވެރިވަނީ އޭނައެވެ. ތަނަކުން ރީތި ފިރިހެނަކު ފެންނައިރަށް އެމީހަކު ދެކެ ލޯބިވާން ޖެހޭ ހެއްޔެވެ؟ އެކަމުގެ ހިތިރަހަ ކަރުބުޑުގައި ލައިފިއެވެ.
”އެކަމަކު….” ”އަހަންނަށް ނުވިސްނޭ އަލަފް އެއުޅެނީ ކޯޗެއް ސާބިތުކޮށްދޭންކަމެއް….” ޔަޝްމް އަމަލްގެ ޖުމްލަ މެދުކަނޑާލިއެވެ.
”ހީ އިޒް އެ ސައިކޯ…” އަމަލްގެ އަޑުގައި މިފަހަރު ބިރުވެރިކަން އެކުލެވިގެން ވިއެވެ. އޭނަ ހުރީ ޔަޝްމްއާ މެދު ކަންބޮޑުވެފައެވެ.
”އަހަރެން ކުރިން ބުނިހެން ފުލުހަށް ރިޕޯޓްކުރަން ވީ…” އަމަލް ޚިޔާލެއް ހުށަހެޅިއެވެ.
”އޭރުން ދެދުވަސް ނުވަނީސްދޫކޮށްލާނެ، ދެން އަނެއްކާ އޭނަގެ އުނދަގޫ ފޯރާނެ… މަންމަމެންނަށް މިކަން އިނގެން އަހަރެން ބޭނުމެއް ނޫން، އަމަލްއަށް އިނގޭނެ ކުރީފަހަރު ވެސް ކަންތައް ވީ ގޮތް، މަންމަ އަދިވެސް ރަގަޅެއް ނޫން…” ޔަޝްމް ބުންޏެވެ. މަންމައާއި ބައްޕައާއި މެދު ވިސްނާލެވުމާއެކު އޭނަ ދެރަވެއެވެ.
”ތިބުނީ ވެސް ތެދެއް އެކަމަކު އިތުރު ގޮތެއް ވެސް އޮއްނާނެ ދޯ؟….” އަމަލް ވިސްނާލިއެވެ.
”އެބައޮތް، މިކައިވެނި ކުރުން….” ޔަޝްމް ބުންޏެވެ. އަމަލް އެއަށް އެއްޗެއް ނުބުންޏެވެ. އޭނަ ވިސްނާލިއެވެ.
”ފަހުން ގުޅާނަން، ސަމް ވަން އިޒް ކަމިންގް….” ފަހަތުން ފިޔަވަޅުތަކެއްގެ އަޑުއިވުމުން ޔަޝްމްގެ މެޔަށް ފިނިވެގެން ދިޔައެވެ. އޭނަ ފޯނު ކަނޑައިލަމުން ފަސްއެނބުރިލީ ބޮލަށް ބުރުގާ މަހައިލަމުންނެވެ. އޭރު ޔޫޝައު އެދިމާއަށް އަންނަތަން ފެނެއެވެ. ޔޫޝައުއަށް އަނދިރީގެ ތެރޭން ޔަޝްމް ފެނުނީ އިރުކޮޅެއް ފަހުންނެވެ. އެއާއެކު ޔަޝްމް ކުޑަކޮށް ހިނިތުންވެލިއެވެ.
ޔޫޝައު އައިސް ހުއްޓުނީ ޔަޝްމްއާ ތަންކޮޅެއް ދުރުގައެވެ.
ޔަޝްމް ގަސްދުކުރީ އެތަނުން ދާށެވެ. ދީމް އައިސްފިނަމަ މުޅިން ގޯސްކޮށް ނަގައިފާނެއެވެ. ކުރިއަށް ނެގި ފިޔަވަޅަށް ހުއްޓުމެއް އެއީ ޔޫޝައު އޭނައާ ސުވާލުކޮށްލުމުންނެވެ.
”ޔަޝާ ތަ ކިޔަނީ؟…” ޔޫޝައު ޔަޤީންކޮށްލަން އެހިއެވެ.
”ޔަޝްމް…” ޔަޝްމް ޖާވަބު ދިނެވެ. ”ސޮރީ، އިޓް ވޯޒް ނައިސް މީޓިންގް ޔޫ ޔަޝްމް…” ޔޫޝައު ހިނިތުންވެލިއެވެ. ޔޫޝައުގެ އެހިނިތުންވުމުގެ ފަހަތުގައި ހިތާމަތަކެއް ފޮރުވަން މަސައްކަތްކުރާކަން ޔަޝްމްއަށް ފާހަގަ ވިއެވެ. އިޒްކާން ވެސް ހަމަ އެފަދައެވެ.
ޔަޝްމް މަޑުކުރުމެއްނެތި ދިޔައެވެ.
ޔަޝްމް ބަދިގެއަށް ދިޔައީ ކޮފީއެއް ތައްޔާރުކުރާށެވެ. އޭނަ ކޮފީ ތައްޔާރުކޮށްގެން ގޮސް ކާކޮޓަރިއަށް ވަންތަނާ ބާރަކަށް ހިނގާލާފައި އައިސް ވަން އިޒްކާންގެ ގައިގައި އަޅައިގެންފައި އާވިއަރައަރާ ހުރި ކޮފީ މަގު އިޒްކާންގެ ޓީޝާޓަށާއި އަތަށް ވެރުނެވެ. ޔަޝްމްއަށް ފަހަތަށް ޖެހިލެވުނީ ކުޑަ ހަޅޭކެއްގެ އަޑާއެކުގަ އެވެ. އޭނަގެ ދެލޯބޮޑުވެ އަނގަވެސް ހުރީ ތަންމިނަށް ހުޅުވިފައެވެ.
”ސޮރީ، އައިމް ރިއަލީ ސޮރީ…. މަޑުކޮށްލައްޗޭ ފަސްޓް އެއިޑް ކިޓް ހިފައިގެން އަންނަންދެން…. އަލަމާރީގަ އައިސް ހުންނާނެ….” ޔަޝްމް އަވަސް ފިޔަވަޅުތަކެއްގައި ގޮސް ބަދިގެއަށް ވަނެވެ. ކަބަޑު ސެޓްތައް ހާވާލަމުން އޭނަ ކިޓް ހިފައިގެން އައިއިރު އިޒްކާން ފެންނާކަށް ވެސް ނެތެވެ.
”ފޮނި މީހެއް އަހަރެން ބުނީ މަވެސް މަޑުނުކުރި….” ޔަޝްމް ތުންއަނބުރާލިއެވެ. އިޒްކާން އައިފަހުން މިފަދަ ކޫސަނި ހާދިސާތައް ހިނގާވަރު ވަނީ ގިނަވެފައެވެ. އިޒްކާން ހީކުރާނީ އެއީ އޭނަ ގަސްދުގައި ކުރާ ކަންތައް ކަމަށެވެ.
ޔަޝްމް ޖެހިލުންވެފައި ހުރެވެސް އިޒްކާންގެ ކޮޓަރިއާ ހަމައަށް ދިޔައެވެ. ހަތަރު ފަހަރު ދޮރުގައި ޓަކިދޭން އުޅެފައި ވެސް އޭނަގެ ހިތްވަރު އެލުނެވެ. އޭނަ ހުރީ ދެޚިޔާލެއްގެ މަތީގައެވެ.
”ވަރަށް ބޮޑަށް ފިހިފަ ހުންނަނީ…” ޔަޝްމް ހިތްވަރުކޮށްލަމުން ދޮރުގައި ޓަކިދިނެވެ. އޭނަ ވަރުބަލިވާން ކައިރިވީއިރުވެސް ޚަބަރެއް ނުވިއެވެ. އެންމެފަހުން ތަޅުގައި ހިފާ އަނބުރާލިއެވެ. ދޮރު ހުޅުވިގެން ދިއުމާއެކު ޔަޝްމް ކޮޓަރީގެ ތެރެއަށް ބޯދިއްކޮށްލިއެވެ. ކޮޓަރިއަށް ވެރިވެފައި އޮތީ ފެހިކުލައިގެ ފަނޑު އައްޔެކެވެ. ދިރޭފުރާނައެއްގެ ހިލަމެއް ނުވިއެވެ.
ފާޚަނާގެ ދޮރުހުޅުވިގެން ދިޔަ އަޑު އިވިފައި ޔަޝްމް ސިހުނެވެ. އޭނަ އެދިމާއަށް ނަޒަރު އަމާޒުކޮށްލުމާއެކު ވަގުތުން ފުރަގަސް ދެވުނެވެ. ހުސްގަޔާ ހުރި އިޒްކާން ފެނި އޭނަ އަވަސް ވެގަތީ ކޮޓަރިން ނިކުންނާށެވެ. އެވަގުތު އޭނަގެ ބޯ ގޮސް ދޮރުކަނީގައި ވެސް ޖެހުނެވެ. ދަތުވިވަރުން ޔަޝްމްއަށް ނިއްކުރީގައި ފިރުމާލެވުނެވެ. އޭނައަށް ކޮޓަރިން ނިކުމެވުނުތަނާ ބަންލާފައި ފުރަގަހުން ފޮރުލެއްޕުނު އަޑު އިވުނެވެ. ޔަޝްމްއަށް ދިގު ނޭވާއެއްދޫކޮށްލެވުނެވެ. އޭނަ އެކޮޓަރިއަށް އައި ބޭނުން ވެސް ހަނދާން ނެތުނެވެ.
****
ޔޫޝައު ކޮޓަރިއަށް އައިއިރު ދީމް އިނީ ސޯފާގައެވެ. އޭނަގެ ދެލޯ ލެޕްޓޮޕްގެ ސްކްރީނުން ވަކިނުވެއެވެ. އިރުއިރުކޮޅާ އޭނަ ފޯނަށް ވެސް ނަޒަރު ހުއްޓާލައެވެ. ކޮޓަރިއަށް ފެތުރިފައި އޮތީ އެކިއެކި ސޯޝަލް މީޑިއާތަކުން މެޖެސްތައް އަންނަ އަޑެވެ. ޔޫޝައު އޭނަގެ ކުރިމަތިން ހުރަސްކަނޑާލާފައި ގޮސް ފާޚަނާއަށް ވަންކަމެއް ވެސް ދީމްއަކަށް ރޭކާނުލިއެވެ.
ޔޫޝައު ހެދުންތައް ބަދަލުކޮށްގެން އައިސް ދީމްގެ ފުރަގަހުން އައިސް ދީމްގެ ކޮނޑުދައި ދަތްދޮޅި ޖައްސާލިއެވެ. އޭނައަށް ކުރެވުނު ކުށަށް އެތައް ފަހަރު މާފަށް އެދުނު ކަމުގައި ވިޔަސް ދީމްގެ ފަރާތުން ފެނުނީ ރުޅިވެރިކަމެވެ.
”ވަރަށް ބިޒީ، ދުރަށް ދޭބަލަ….” ދީމް ރުންކުރުވިއެވެ. އޭނައަށް ޔޫޝައުގެ ފިރުމުންތަކުން އުނދަގޫވިއެވެ. ”ޔޫޝައު ޕްލީޒް، މިހާރަކު ނޫން، އައެމް ބިޒީ…” ދީމް ފުންމައިގެން ތެދުވެ ކަޅިއަޅާލިއެވެ. ޔޫޝައު އޭނައަށް ބޭނުންވެފައިވާ ތަން ފެނުނުކަމުގައި ވިޔަސް އޭނައަށް މުހިންމު ވީ އެކުވެރިންނެވެ.
”ދީމް ކީއްވެގެންތަ އަހަންނާ ދުރުން ތިއުޅެނީ؟….” ޔޫޝައުއަށް ނުހުރެވިގެން އަހާލެވުނެވެ. ދީމް އޭނައާ މެދު ކަންތައް ކުރާ ގޮތުން ހިތުގައި ޝައްކު ވެސް އުފެދެއެވެ. އޭނަ ފިރުމައިފިނަމަ އެކަން ބޮޑުވާނެއެވެ. އޭނަ ދީމްގެ ފޯނުގައި އަތްލައިފިނަމަ ދުވަހުގެ ބާކީ އޮތްބައި ހޭދަ ވާނީ ޒުވާބުކުރުމުގައެވެ. ބޭރަށް ދާ ސަބަބެއް އަހައިފިނަމަ އެމޫނަށް ހަފްތާއެއް ވަންދެން ބަލައިލާކަށް ނުކެރޭނެއެވެ. އެހާވަރުން ވެސް އޭނަ ހިފަހައްޓަނީ އޭނަ ދީމް ދެކެ ވާ ލޯތްބެއްގެ ސަބަބުންނެވެ. ކުއްލިޔަކަށް ދެމީހުންގެ އުފާވެރި ގުޅުމަށް އައި ފަޅުކަމާމެދު އޭނަގެ ހިތުގައި ސުވާލު އުފެދެއެވެ. އޭނަ އެސުވާލުތަކުގެ ޖަވާބު ބޭނުމެވެ.
”ދެން ތީ ކޮން ވާހަކައެއްތަ؟… އަހަރެން ވަރަށް ވަރުބަލިވެފަ މިހުރީ…” ދީމް ލެޕްޓޮޕް ނިއްވާލަމުން ގޮސް އެނދަށް އަރައި އޮށޯވެލިއެވެ. ޔޫޝައު އިނީ ހިތްހަމަ ނުޖެހިފައެވެ. ”އަހަރެންގެ ފަރާތުން ދީމް ހިތްހަމަ ނުޖެހޭ ސިފައެއް ފާހަގަ ވާނަމަ އެކަމެއް އަހަރެން ގާތު ބުނީމައެއްނު ރަގަޅު ކުރެވޭނީ ވެސް…” ޔޫޝައު ބުންޏެވެ.
”ބުނެފީމެއްނު އަހަރެން ބޭނުމީ ނިދާށޭ، ދެން ކޮންހާ ބޭކާރު ވާހަކައެއްތަ ތިދައްކަނީ…” ދީމް ރުޅިއައިސް ރަތްވިއެވެ.
”ވާހަކަދައްކައިގެން ހައްލުނުކުރެވޭހާ ބޮޑުކަމެއްތަ އެއީ؟…” ޔޫޝައު ހުއްޓާލާކަށް ބޭނުމެއް ނުވިއެވެ. ދީމް އޭނަ ދެކެ ފޫހިވާ ސަބަބު އޮޅުން ފިލުވަން އޭނަ ހުރީ ފައިވިއްދާލާފައެވެ. ދީމްއަށް އެފަދަ ބޮޑު ބަދަލެއް އައުމުގެ ފަހަތުގައި ސަބަބެއް ވާނެކަން ގައިމެވެ.
ފޯނު ރިންގްވާން ފެށުމުން ދީމް އަށް ވުރެ ކުރިން އެ ފޯނު ނެގީ ޔޫޝައު އެވެ. ޔޫޝައު އަތުން ފޯނު އަތުލަން ދީމް އުޅުނެވެ.
”ފައްރޭ؟ އެއީ ކާކު؟….” ފޯނުގެ ސްކްރީނަށް އަރާފައި އިން ނަން ޔޫޝައު ކިޔާލިއެވެ. އޭނަ ވެސް ރުޅިއައެވެ. އޭނައަށް ނޭގި ދީމް ކަންތައްގަނޑެއް ހިންގަނީ ބާވައެވެ؟ އޭނަގެ ހިތް އަވަސް ވިއެވެ.
”އެއީ އެކުވެރިޔެއް!… ދީބަލަ ފޯނު!…”
”ދަންވަރު ގަޑީގަ އެކުވެރިން ގުޅާތަ؟”
”ޖެލަސްވިޔަސް ތީ ބޮޑުވަރު، ފައްރޭމެން މިކޮޅުގެ ރިސޯޓެއްގަ ޗުއްޓީ ހޭދަކޮށްލަން އައިސް ތިބި ވާހަކަ އެފްބީގަ ޝެއާރކޮށްފަ އިނީމަ އަހަރެން އޭނައަށް މެސެޖް ކުރީ މާދަމާ ރޭ އަހަރެން ބަލާ އަންނަން އެދި، އޭނަ އެގުޅަނީ ލޯންޗް ހަމަޖެހުނު ވާހަކަ ބުނަން ކަންނޭގެ….” ދީމް ޔޫޝައުގެ ގަޔަށް ބޮލަށް އަރައިގެންފާނެހެން ހީވިއެވެ.
”ވަޓް! އަހަރެން ނުދާތަނަކަށް ދީމްއަކަށް ނުދޭވޭނެ، މާދަމާރޭ އޮތް ކައިވެނީގެ ހަފްލާގައި ބައިވެރިނުވާން ދައްކާ ބަހާނާތައް ތިއީ… ދީމްއަކަށް ތިބުނާ ތަނަކަށް ނުދެވޭނެ، އަޑު އިވިއްޖެތަ؟….” ޔޫޝައު ދަތްކުނޑިވިކައިގަތެވެ. އޭނަ ރުޅިގަނޑު ކޮންޓްރޯލްކުރަން މަސައްކަތްކުރިއެވެ. އޭނަގެ ޝައްކު ޔަޤީނަށް ބަދަލުވެދާނެތީ ބިރުވެސް ގަތެވެ. ދީމް ގެއްލިގެންދާތަން ބަލަން އޭނައަށް ކެތްނުކުރެވޭނެއެވެ.
”ދާނަން…….” ދީމްއަށް މިހެން ބުނެވޭއިރަށް އޭނަ ޔޫޝައުއާ އެނދާދެމެދުވެ ފިތިގެން ދިޔައެވެ. ޔޫޝައުގެ ދިގުނޭވާތައް އެމޫނަށް އެޅެން ފެށުމުން ދީމްގެ ލޮލުގައި ބިރުވެރިކަން ވިދާލިއެވެ. އޭނަ ޔޫޝައުގެ އަތްދަށުން ސަލާމަތްވާން ތެޅިފޮޅުނެވެ. ދީމްގެ މޫނު އެހާ ގާތުން ފެނުމުން ޔޫޝައުގެ ހިއްސުތަކުގައި ނޭގޭ ބާރެއް އުފަންވެގެން ދިޔައެވެ. އޭނަގެ ނޭވާތައް ކުރުވެ ހަރަކާތްތައް ވެސް އަވަސް ވިއެވެ. އެއާއެކު ދީމް ޔޫޝައުގެ މޫނުގައި ބާރަކަށް ޖެހިއެވެ. ވަގުތުގެ ބޭނުން ހިފައި ދީމް ދުވެފައި ގޮސް ފާޚަނާއަށް ވަނެވެ. އޭނަ ފާޚަނާގެ ދޮރު ތަޅުލަމުން ދޮރަށް ލެނގިލިއެވެ.
ޔޫޝައު ދެތިން ފަހަރަކު ޓަކިދިނެވެ. ދީމްގެ ޚަބަރެއް ނުވުމުން އޭނަ ދިޔައީއެވެ. ނަމަވެސް ގިނައިރުވާން ފެށުމުން ޔޫޝައު އައިސް ބާރަކަށް ޓަކިދިނެވެ. ބޮލަށް އުނދަގޫވާން ފެށުމުން ދީމް ދޮރު ހުޅުވިއެވެ.
”ސޮރީ…” ޔޫޝައު މާފަށް އެދުނުކަމުގައި ވިޔަސް ދީމް ހުރީ މޫނު ހަދާލައިގެންނެވެ. ޔޫޝައުގެ ހިތުގައި ޖެހުނެވެ.
”ގަދަކަމުން ވެސް ކަލޭގެ ބޭނުންތައް ފުއްދޭތޯ އުޅޭތި….” ދީމް ގޮސް އޮށޯތީ ސޯފާގައެވެ. ”މީގެ ފަހުން އަހަރެންގެ ގައިގައި އަތްނުލާތި!…” ދީމް ޔޫޝައުއަށް ފުރަގަސް ދިނެވެ.
ދީމްއަށް ބަލަން ހުރި ޔޫޝައުގެ މޫނުމަތިން ފާޅުވަމުން ދިޔައީ ހިތްތައް ކުދިކުދިކޮށްލާނެ ފަދަ އަސަރުތަކެވެ. އޭނަ ދީމްއަށް ބޭނުންވެފައިވާ މިންވަރު ދީމްއަށް ނޭގެނީ ހެއްޔެވެ؟ ނޫނީ އޭނަގެ ހިތުގައި ޖައްސައި ދެރަކޮށްލަން ދީމް އުޅެނީ ހެއްޔެވެ؟
ޔޫޝައުގެ ދެލޯމަރާ ތަގުޅިކޮށްލުމުން އެސްފިތަކުގެ ތެރޭން ކަރުނަތައް ދެމިގެން ދިޔައެވެ. ފިރިހެނަކަށް ވިޔަސް އޭނައަށް ވެސް ކެތްކުރެވޭނީ ވަކިވަރަކަށެވެ. ދުނިޔެމަތިން އެންމެ ލޯބިވާ ފަރާތް އޭނައަށް ދެމުން ގެންދާ ސަޒާތަކަށް އޭނަ ކެތްކުރާނީ ކިހިނެއް ބާއެވެ. އޭނަގެ ކުށަކީ ކޮބާ ބާވައެވެ. ލ
****
ޖެހިގެން އައި ދުވަހު ”ލައިމް ލައިޓް” އަށް ބަހާރު މޫސުން އައިސްގެން އުޅޭ ކަހަލައެވެ. ކައިވެނީގެ ޚަފްލާއަށް ގޭތެރެ ޒީނަތްތެރިކުރެވެމުން ދިޔައިރު އިޒްކާން އާއި ޔަޝްމް ފިޔަވައި ކޮންމެ މީހެއްގެ މޫނުމަތިން ފާޅުވަނީ އުފާވެރިކަމެވެ. ވަކިން ހާއްސަކޮށް ޒައުމާގެ މޫނުން ހިނިތުންވުން ފިލައިގެން ނުދެއެވެ. ބަލްޤީޝްގެ ހާލަކީ ވެސް އެއީ އެވެ. ޔޫޝައު ކަންތަކުގައި އެހީވާން އުޅުނުކަމުގައި ވިޔަސް ދީމް ދައްކާވެސް ނުލައެވެ.
އިޒްކާންގެ ފަރާތުން މިއަދު ފެންނަނީ އާދަޔާ ޚިލާފް ހިމޭންކަމެކެވެ. އޭނަ ހުންނަނީ ވިސްނުމަކަށް ގެއްލިފައެވެ. ކުރިއަށް ވުރެ ބަސްމަދު ވެފައެވެ.
އަލަތު ކައިވެންޏަކީ ކޮންމެ އަންހެންކުއްޖެ ހަޔާތުގައި ރަންއަކުރުން ލިޔެލެވޭ ދުވަހެކެވެ. ފޮނި އުއްމީދުތަކާއި ހުވަފެންތަކެއް އެދުވަހާ ގުޅިލާމެހިގެން ދެއެވެ. ނަމަވެސް ޔަޝްމްއަށް އެދުވަހުގެ އުފާވެރިކަން އިހުސާސް ކުރުމުގެ ނަސީބެއް ނުލިބުނެވެ. އެންމެ ކުޑަމިނުން އޭނަގެ ޚަޔާތުގެ ބައިވެރިޔާއަކީ ކޮން މިޒާޖެއްގެ މީހެއްކަން ވެސް އެނގެނީކީ ނޫނެވެ. ވާހަކަވެސް ދެކެވިފައިވަނީ އެންމެ ދެފަހަރަކު އެވެ. ޔަޝްމްގެ ހިތުގައި ތެޅުން އަވަސްވެ ބިރުވެރިކަމުން ހަށިގަނޑު ހަލަބޮލިކޮށްލަނީ އިޒްކާންއާއެކު އެއް ކޮޓަރި ހިއްސާކުރާނެ ގޮތަކާމެދު ވިސްނާލެވުމުންނެވެ. އިޒްކާން އޭނައަށް ބޭނުންނުވާ ކަމަކަށް މަޖުބޫރުކޮށްފިނަމަ ހަދާނީ ކިހިނެއް ހެއްޔެވެ؟
އަމަލްއަށް އާދެވުނީ މެންދުރުވާން އުޅެނިކޮށެވެ. އޭނަ ވެސް ހުރީ އުފާވެފައެއް ނޫނެވެ. އޭނައަށް އެކުވެރިޔާގެ މަޖުބޫރީ އިހުސާސް ކުރެވެއެވެ. ދެރަވަނީ އެކަމުން ޔަޝްމް ސަލާމަތްކޮށްދެވޭނެ ގޮތެއް ނެތީމައެވެ. އަނެއްކޮޅުން އަލަފްގެ އުނދަގުލުން ވެސް ޔަޝްމް ސަލާމަތް ކުރެވޭނެ މަގެއް ނެތީމައެވެ. އަމަލްއާއި ޔަޝްމް އެކަނި ވާހަކަދައްކާލަން ވަގުތުކޮޅެއް ލިބުނީ ދޭއް ޖަހަން އުޅެނިކޮށެވެ.
ޔަޝްމް ހާސްވެފައި ހުރިވަރު އަމަލްއަށް ދެހަވާން ފަޅި ސިކުންތުކޮޅެއް ވެސް ނުނަގައެވެ.
”ޔުމް ހާސްނުވެބަލަ، އިޒްކާން އުޅޭ ގޮތުން ހީވަނީ އޭނަ ވެސް މިކައިވެނި ކުރަނީ ފެމިލީ ޕްރެޝާރގެ ސަބަބުން ހެން، އޭނަ ވެސް ހުންނަނީ މޫޑީވެފައި، އެއްވެސް ކަމެއްގައި ބައިވެރިވާތަނެއް ވެސް ނުފެނޭ…..” އަމަލް ބުންޏެވެ. އެޖުމްލައިން ޔަޝްމްގެ ހިތަށް ކުޑަ ނަމަވެސް ފިނިކަމެއް ލިބުނެވެ.
ދެއެކުވެރިން ވާހަކަދައްކަން ތިއްބާ ދީމް ބޭރަށް ނިކުތެވެ. ޔަޝްމް ފެންނައިރަށް އޭނަ މޫނު ހަދާލިއެވެ. ”އެކާކުތަ؟ ހިޓްލާރގެ އަންހެން ވާރޝަންތަ؟” އަމަލް އަހާލިއެވެ.
”ދީމް، ޔޫޝައުގެ ވައިފް… އަހަރެން ފެނުނީއްސުރެ ހުންނަނީ މޫނު ހަދައިގެން، އައި ޑޯންޓް ނޯ ވައި….” ޔަޝްމް ބުންޏެވެ.
”ހުސް އެއްކަހަލަ މީހުން އުޅޭތަނަކަށް ދޯ ޔުމް ދާން ތިއުޅެނީ… ކަމެއް ދިމާވެއްޖެއްޔާ އަހަރުމެންނާ ހިއްސާ ކުރައްޗޭ، ޔުމް ދިޔައީމަ ވަރަށް ބޮޑަށް ހަނދާންވާނެ….” އަމަލްގެ ލޮލުގައި ކަރުނަތައް ބޮޑިވެގަތެވެ. އޭނަ އިނީ ނުރޯށެވެ. ނަމަވެސް ޒަމާންވީ އެކުވެރިޔާ އޭނަ ދޫކޮށްފައި ދާން އުޅޭތީވެ ހިތަށް ބަރުދާސްތުނުކުރެވެނީއެވެ. ޔަޝްމްގެ ދިއުމުން ފަޅުކަން އިހުސާސްކުރެވޭނެކަން ގައިމެވެ.
”ހޭއި، ދެން މުޅިއުމުރަކަށް ނޫނޭ މިދަނީ، ހަމައެކަނި ވަގުތީގޮތަކަށޭ….” ޔަޝްމްގެ ލޮލުގައި ވެސް ކަރުނަތައް ވިދާލިއެވެ. އޭނަ މާލެ ދިއުމުން އެންމެ ބޮޑަށް ހަނދާން ވާނީ އަމަލް މަތިންނެވެ.
”އަހަންނަށް ގުޅައްޗޭ…” ފުށަތުން ކަރުނަތައް ފޮހެލަމުން އަމަލް ބުންޏެވެ. އޭނަ ދެރަވަނީ ޔަޝްމްއަށް މިކައިވެނިން އުފަލެއް ނުލިބޭނެކަން ޔަޤީންވާތީއެވެ. ނުވެސް ދަންނަ މީހަކާ އެކު ޔަޝްމް ފުރައިގެން ދާތީއެވެ. ޔަޝްމްގެ ރައްކާތެރިކަމާމެދު ހިތުގައި ސުވާލު އެފެދެއެވެ.
”ކޮންމެ ދުވަހަކު އެއްފަހަރު ގުޅާނަން، އަހަރެންގެ ދުވަހުގެ ހުރިހާކަމެއް ހިއްސާކުރާނަން، ހެޕީ….” ޔަޝްމް ހިނިތުންވެލިއެވެ.
”ނުގުޅައިފިއްޔާ ޔުމް ގެއްލިއްޖެކަމަށް އަހަރެން ފުލުހަށް ރިޕޯޓްކުރާނަން، އަހަރެން އިޒްކާންއަކަށް ޓްރަސްޓެއް ނުކުރަން…” އަމަލް ބުނެލިއެވެ.
އެވަގުތާ ދިމާކޮށް ޔަޝްމްގެ ފޯނު ރިންގްވާން ފެށިއެވެ. ޔަޝްމްގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިއުމާއެކު އެއީ ކާކުކަން އަމަލްއަށް ނަގައިގަނެވުނެވެ. ބުމަގޮށްޖަހައިލަމުން ފޯނު ނެގީ އޭނައެވެ. އަލަފްއާ ދީމާއަށް އެތިވަރު ގޮވާލަމުން އޭނަ ފޯނު ނިއްވާލިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
16 Comments!
Comments are closed.




V v v v reethi
Nice I love this story a lot 🙂 😉
Nice. Lov thix stry☺️☺️
Wowwwww?????? I love this story ❤️❤️❤️❤️❤️❤️❤️❤️❤️ konirakun part 5…waiting?????
Mi Dan vahaka a tha
Vaahaka ehh kkan neygene thaa e filaavalhu mudhahhrris negi iru claahuga nidhaafa huryma.
??????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤.. This story is simply awwwwsommee..
Beautiful writing.. Maasha allah
ahmed ah, mi site ga jahaa gina vaahaka thakaa balaafa mi vaahaka varah baraabaru nd furihama, ahmed hivani liyuntheriyaa aa zaathigothun jasaalafa ulheihen, anyways mutha story aaigen kuriyah. story ge hushahelhun varah furihama ❤❤❤❤❤
v v v reethi
Vvvvvvvvvvvvvvvvvvvvvvvvvvvvvvvvv reeeethi…..
Mi story vr salhi
Vaahaka nukynama veenu ahammadhaaa.
Salhi ekamaku Varah kuru
Koba aneh partu? Muthaa foohi vee dho
Varah reethi mi part ves waiting for 5th.. muthaa u r the best…