[ވިޝާމް.. އިޓްސް އޯކޭ.. އެއީ ވިޝާމް ކުރި ކަމެއްނޫނެއްނުން؟ އެހެން ނޫނަސް މާޒީގަ ވެފަ އޮތް ކަމަކުން އަހަރެމެންގެ މި ކުޑަކުޑަ ފުރާނަ ބައްޕަގެ ލޯބިން މަހުރޫމް ވާކަށް އަހަރެން ނޭދެން. ވިޝާމްއަހަރެންނަށް ކަމެއް ކޮއްދެންޏާމުން ވިކީއާއި ގުޅުން ރަނގަޅުކޮއްލާ. ވިކީއަށް ބޭބެގެ ލޯބިދީ. މިހާރު މާއިލްއާއި ލާރާވެސް އެތިބީ ކާވެނި ރުޖޫއަ ކޮއްގެން.. ސޯ ޕްލީޒް. އޭރުން ވީލް އޯލް ހޭވް ޕީސް]
އީން ހިނިތުންވެލަމުން ބަނޑުގައި ފިރުމާލާފައި ބުނެލިއެވެ. ވިޝާމް އީންގައިގައި ބައްދައިގަތެވެ. އެކަހަލަ އަންބަކު ދެއްވީތީވެ ހެއްދެވި ފަރާތަށް ލައްކަފަހަރަކު ޝުކުރު އަދާ ކުރެވުނެވެ. އެދުވަހު 6 އެކުވެރިން ގެޔަށް ދިޔައީ ރޭގަނޑުވަރަށް ދަންވިފަހުންނެވެ. އެކި މަޖާ ވާހަކަތަށް ދައްކަމުން އެންމެންވެސް ހޭދަ ކުރީ އުފާވެރި ވަގުތު ތަކެކެވެ. އެންމެން އެއްބަސްވެ ނޫރާއަށްވެސް ހެޔޮ ހިތުން މާފު ކުރިއެވެ. 6 އެކުވެރިންގެ ދިރިއުޅުން ބާއްޖަވެރިވީ އެހިސާބުންނެވެ.
*****
ހެނދުނުގެ ހިތްގައިމު ވަގުތެވެ. ފަޒާގައި ހަރުލާފައިވީ ތެތް ފިނިކަން ދިޔައީ، އަރަމުން ދިޔަ އިރުގެ ހޫނުކަމުން ނެތެމުންނެވެ. އެ ހިތްގައިމު ވަގުތުގައި ނިދަން އޮތުމުގެ ބަދަލުގައި ވިޝްކާ އޮތީ މަގުމަތި ކުނިކެހުމަށެވެ. [ޕިސް ޕިސް ސާބަހޭ މަންޖޭ. ހަމަ އުނދަގުލީތަ އެނދުގައި އޮންނަން؟] މަގުމަތީގައި ކުނިކަހަން އޮތް ވިޝްކާފެނި ޔާއިދު އެއްސެވެ.
[ހަހަ ޔާދުއަށްވެސް އުނދަގުލީނުން އެހެންވެއެއްނުން ކޮންމެދުވަހަކުވެސް ނިދަން އޮތުމުގެ ބަދަލުގައި ދުވަން ތިދަނީ؟] ވިޝްކާވެސް ޔާއިދު ބުނެލި ރާގަށް ބުނެލިއެވެ. [ހަހަ ހޫމް. ދިސް އިސް ހަމަ ފޯރ ޔޫ އޭ. ދުވަސް ކޮޅަކުން ދެން ވިކީ ވާނީ ޔާދުގެ ވައިފްއަށޭނުން އެހެންއެހާއިރަށް ރެޑީވަނީމި ހެހެ] އެއްލޯ މަރާލަމުން ޔާއިދު ބުނެލިއެވެ.
[އައްޗީޑި. ހަމަ މިހާރު ރައްކާވޭ މަގޭ ކުރިމަތިން.] ޔާއިދު މޭގައި ޖަހާ ކޮއްޕާލަމުން ވިޝްކާ ބުނެލިއެވެ.
*****
މެނދުރުގެ ހޫނު ގަދަވަގުތެވެ. ހަސްފަތާލުގައި އީންއާއި ވިޝާމް އިން އިރު ގާތުގައި ވިޝްކާއާއި ޔާއިދުވެސް އިނެވެ. ދުވަހަކީ ލާރާގެ ފުރަތަމަ ސްކޭން ކުރާ ދުވަސްކަމުން އެންމެންވެސް ގޮސްތިބީ ދުނިޔެއަށްއައުމަށް ތައްޔާރުވަމުން އެދާ ތުއްތު ފުރާނަދެކިލުމުގެ އުންމީދުގައެވެ.
[އަސްލު އިނގޭތަ ބޭބެ މެން ހާދަ ފޭކޭ ދައްތިވެސް ލާރާވެސް ނޫޅުނުވިއްޔަ ބޭބީގެ ޖެންޑާރ ބަލާކަށް] ތުން އޫކޮއްލަމުން ވިޝްކާއަބަދުވެސް ކުރާ ޝަކުވާ ކުރަން ފެށިއެވެ. [ހަހަ ސާބަހޭ ދޫންޏާ. ޖެންޑާރ ބެލީމަ ކޮބާތަ އޭގެން ލިބެން އޮތް އުފަލަކީ؟ އައި މީން. އޭރުން އެނގޭނެ ލިބެނީ ގާރލްއެއްވިއްޔާ ގާރްލްއެއްކަން ބޯއިއެއްވިއްޔާ ބޯއި އެއްކަން. ޖެންޑާރ ނުބެލިއްޔާ ވިހާދުވަސް ވާނީ ބޮޑު ސަޕްރައިސް އަކަށޭނުން ހެހެ] އީން ބުނެލިއެވެ.
[އެހެން ވިއްޔާ ދައްތި ބޭނުމީ ކޮންކަހަލަ ކުއްޖެއްތަ؟ ގާރލްއެއް ވިހައްޗޭ ޕްލީޒް] ވިޝްކާ އީންގެ ބަނޑުގައި އަތް ހާކާލަމުން ބުނެލިއެވެ. [ހަހަ ދައްތި ބޭނުމީ ބޯއި ކުއްޖެއް. އެކަމް ބޭބެ ބޭނުމީ ގާރލް އެކޯ ހަހަ.] އީން ހީގަންނަމުން ބުނެލިއެވެ.
[ޕިސް ޕިސް ދެން އަޅެ ތިމީހުން ޓްވިންސްއެކޭނުން ހޯދަންވީ؟] އަނގައިން ނުބުނެ މިއޮއްހާއިރު އިން ޔާއިދު ބުނެލިބަހުން އެންމެނަށްވެސް ހެވުނެވެ.
އެވަގުތު އަލްޓްރާސައުން ހަދާ ރޫމް އިން މާއިލްއާއި ލާރާ ނިކުތެވެ. ހުދުކުލައިގެ ކަކުލާއި ހަމައަށް އަރާ މެކްސީއެއްލައިގެން ލާރާ ހުރި އިރު، ފަހަތުން އައްސާލާފައިވީ ބަންދުން، ލާރާގެ ކުޑަ ބަނޑުކޮޅު ދިޔައީ ވަރަށް ރީއްޗަށް ފައުޅުވަމުންނެވެ. އެހެދުމާއި އެކު ލާރާ އަޅާފައިވީ ޗެރީ ކުލައިގެ ޝޯލްއިން ލާރާގެ ދޮން މޫނު ފެންނަނީ ސާދަ ވިލޭރޭގެ ހަނދު ފަދައިންނެވެ. ކައިރީގައި ނޫކުލައިގެ ޖީންސް އަކާއި އެކު ޗެރީކުލައިގެ އަތް ދިގު ގަމީހެއްލައިގެން ހުރި މާއިލްފެނިއެތަށް އަންހެންކުދިންގެ ލޯތަށް ދިޔައީ މާއިލްއަށް ހުއްޓެމުނެވެ. ނަމަވެސް މާއިލްގެ ދެލޯ އަމާޒު ވަމުން ދިޔައީ ގާތުގައި ހުރި މާއިލްގެ ލޯބިވާ އަނބިމީހާ ލާރާއަށް އެކަންޏެވެ.
[ކޮބާ ކޮބާ ކިހިނެއް ވަނީ؟] އީންގޮސް ލާރާގެ މަޑު އަތްތިލައިގައި ހިފާލަމުން އެއްސެވެ.
[ހެހެ ގާއިސް އިޓްސް އަ ގުޑް ނިއުޒް. ވިއާރ ހޭވިންގް ޓްވިންސް!!] ލާރާ ބުނެލިއެވެ.
[އަޅޭ އަސްލުތަ؟ ދައްކާލަބަ؟] ލާރާއަތުގައި އޮތް ސްކޭންގެ ފޮޓޯ ގަނޑު ދައްކާލަމުން، އެންމެން އެއްވެ ފޮޓޯގަނޑު ބަލައިލިއެވެ. ބޮޑުވަމުން އަންނަ އެތުއްތު ދެފުރާނަ ފެނި އެންމެންގެ ހިތުގައިވެސް ވަގުތުން އެދަރިފުޅަށްޓަކައި ލޯބި ޖެހުނެވެ. އެތުއްތު ދެފުރާނައަށް ބަރަކާތް ލައްވާ، ރަނގަޅު ސިއްހަތެއްގައި ލެއްވުމަށް އެންމެނަށްވެސް ހިތާ ހިތުން ދުޢާ ކުރެވުނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.







Mi part vx v Reethi masha allah
Can’t wait for next part
Keep it up
Mi part vex varha reethi Masha Allah
Unmeedhu kuran next part kiyaalan libeeney kama
I can’t message you because I have exam
I’m really sorry
Jazaakallah Mrs.viaan💕
Yeah mihaaru innaane aneh bai up vefa..
Iss alright dear, and gud luck on ur exams🥰