Skip to content
އެސްފިޔަ

މަގޭ މާއިލް 24

ހިޔާލުތަކުން ނިކުމެވުނު އިރު ނޫރާގެ ލޮލުން ރޮނގަކަށް ކަރުނަތިއްކެއްވެއްޓުނެވެ. ކުރެވުނުކުއް ނޫރާއަށް އިހުސާސްވީތާއެވެ.

އެދުވަހުގެ ހަވީރުވަގުތުގައި، މާއިލްގެ މަންމަގެ މަރުގެ އިތުރުން އެންމެންގެ ދުލުގައި އޮތީ، ޖަލުގެ ގޮޅީގައި ދަންޖެހި މަރުވެފައި އިންދާ ފެނުނު ނޫރާގެ ވާހަކައެވެ.

****

[އައިޝަތް ނޫރާ. ރައިޓް؟] އިންވެސްޓް ކުރާ ކޮޓަރި ތެރޭގައި އިން، ނޫރާ ގާތު ޝަރާ އެއްސެވެ.

[ނޫރާ މިއަދު ގެނެވިފައިމިވަނީ، ހަދީޖާ އަލީ މަރާލިކަމުގެ ހުކުމުގައި. އެއްބަސްތޯ؟] ޝަރާ އެއްސެވެ. ނޫރާ އިސްއުފުލާލާ  ޝަރާއާއި ދިމާލަށް ބަލައިލިއެވެ. ކަރުނުން ފުރި ބާރުވެފައިވީ ނޫރާގެ ދެލޯފެނި، ގާތިލެއްނަމަވެސް ޝަރާގެ ހިތުގައި ނޫރާއަށްޓަކައި ރަހުމް އުފެދުނެވެ. ޝަރާއާއި ދިމާލަށް ބަލައިލާފައި އެއްވިސްއެއްޗެއްނުބުނެ، ނޫރާ އިސްޖަހާލިއެވެ.

[އައި ނީޑް ސަމް ޓައިމް….] ކުރަކިވެފައިވާ ނޫރާގެ އަޑުން ބުނެލެވުނީ ހަމައެކަނި އެހެންނެވެ. ނޫރާގެ އަޑު ކަފަކަފައިގެން ދިޔައެވެ. [ލައްބަ.. 15 މިނެޓް. އޯކޭ؟] ނޫރާ ބޯ ޖަހާލުމުން ޝަރާ ކޮޓަރިތެރެއިން ނުކުތެވެ.

އެއްވިސް އިހުސާސްއެއް ނުވާފަދައިން ނޫރާ ހިނިތުންވެލިއެވެ. އަތުގައި ހިކިފައިވީ ލޭތަށް ފެނުމުން ނޫރާގެ ހަނދާނަށް އައީ ނޫރާގެ ކުޑައިރުގެ އެހިތި ހާދިސާއެވެ. މިހާ ހިސާބުން ނޫރާގެ މާޒީ ބަލާލަމާތޯއެވެ.

*** ނޫރާގެ މާޒީ ***

[މީދެން ކިހާދެރަ ކަމެއް؟ ކަލޭ ނުބުނަންތަ އަހަރެން ވިހެއީމަ އެ އަނާގަނޑު ވަރިކުރާނަމެކޭ؟؟] ވަސީމް ކުރިމަތީގައި ހުރެ ނައިހާ އަޑުގެ ނެއްތަނަށް ފެލިގަތެވެ. ނިދިފައި އޮތް 6 އަހަރުގެ ނޫރާއަށް މަންމަގެ ހަޅޭކުގެ އަޑަށް ހޭލެވުނެވެ. ނައިހާ ދައްކަމުން ދިޔަވާހަކަ ތަކުން ވަސީމްއަކަށް އެއްވިސް އަސަރެއް ކުރިހެނެއް ހިޔެއްނުވެއެވެ.

[ހަމަ ހުވާ މަ ވަރިކުރޭ. އިޔާޒްވެސް އަންނާނެ މާދަމާ ރަށަށް. މިއީ ހަލާލު ކައިވެންޏެއް ނޫނޭ..] ވަސީމް ލައިގެން ހުރި އަތް ކުރު ގަމީހުގެ ގިރުވާނުގައި ހިފާދަމައިގަންނަމުން ނައިހާ ބުންޏެވެ.

[އާން!! މިއީ ހަލާލު ކައިވެންޏެއް ނޫން! ކަލޭ ތީ މީހެއްގެ އަންބެއް. ކަލޭ މަށާ އިނީ ރަށްމެދަށް މަގޭ ދަރިއަކާ ބަލިވެ އިނީމަ. އޭރު ނައިހާ ކިޔަންވެސް ކީ ދަރިފުޅާ ބައްޕައާއި ދުރުކުރާކަށް ބޭނުމެއް ނޫނޭ؟ ދެން މިހާރު ކޮންއަނގައެއް ތިއަރުވަނީ؟؟؟] ނައިހާގެ ކަންކަށިމަތީގައި ޖަހަމުން ވަސީމް ބުންޏެވެ. [އޭތް!! ކަލޭ ތިކާކު މަގޭގަޔަށް އަރަން؟] އައި ރުޅީގައި ނައިހާ އަޑުގެ ނެތްތަނަށް ފެލިގަތެވެ. އެވަގުތު ވަސީމްގެ ލޮލުގައި އަޅައިގަތީ މޭޒުމަތީގައި އޮތް ބޮޑު ކަތުރެވެ. ކަތުރު ނަގާ ވަސީމްހަރާލީ ނައިހާގެ ކަރަށެވެ. ވަގުތުން ހޯސް ލާފައި އަނގައިން ލޭތަށް ފައިބައިގަތެވެ.

[މަންމާ!!!] މަންޒަރު ބަލަން ހުރި ނޫރާއަށް ކެއްވީ އެހިސާބުންނެވެ. ދުވެފައި އަހިސް މަންމަގައިގައި އޮޅުލައިގަތެވެ. ނަމަވެސް އޭރު ނައިހާގެ ފުރާނައެއްނެތެވެ.

*** މާޒީ ނިމުނީ ***

ބަރާބަރު 30 މިނެޓް ފަހުން ކޮޓަރިއަށް ވައިން ޝަރާ ސިހުނީ ކޮޓަރިތެރޭގައި އިން ފަންކާގައި ދަންޖެހި މަރުވެފައި އިން ނޫރާފެނިފައެވެ.

[އައްސަލާމު އަލައިކުމް] ވިޝްކާ އުޅޭ ގޭ ދޮރުމަތީގައި ހުއްޓިލަމުން އޮފިސަރ ޝަރާ ސަލާމް ގޮވާލިއެވެ. [ވާލައިކުމް ސަލާމް. ކީއްކޮއްލައްވަންތޯ؟] ފުލުހެއްކަމުން ވިޝްކާ އަދަބުވެރިކަމާއި އެކު ވާހަކަދެއްކިއެވެ. [މިއީ ނޫރާ މަރުވުމުގެ ކުރިން ނޫރާ ލިޔުނު ސިޓީއެއް. ވިޝްކާގެ ނަމާ އެޑްރެހާ އެބައިން. ތިއީދެއްތޯ ވިޝްކާއަކީ؟] ޝަރާ ވިޝްކާއަތަށް ސިޓީ ދިއްކޮއްލަމުން ބުނެލިއެވެ. ލައްބައޭ ބުނެ ސިޓީ އުރައާއި ހަވާލުވަމުން ވިޝްކާއަވަހަށް އެތެރެއަށް ވަނެވެ.

*****

ހަވީރުގެ މަރިޔާދު ވަގުތެވެ. ވިޝްކާއާއި އެކު ޔާއިދު، އީން، ވިޝާމް، ލާރާއަދި މާއިލްވެސް އިނެވެ. [ވިކީ ކިހިނެއްވީ އަނެއްކާ ހާދަ ކުއްލިގޮތަކަށް؟] ޔާއިދު ހާސްވެ އިނދެ އަހަމުން ދިޔައެވެ. ވިޝްކާ ދޫކޮއްލީ ފުން ނޭވާއެކެވެ. ކަޝްފުވާން މިއުޅެނީ ބޮޑު ވާހަކައެކެވެ. ނަމަވެސް ބުނުން މުހިއްމުވާހަކައެކެވެ. [ޔާދު.. ބުނީމޭނުން އަހަރެން އެއް ބަފާ ބޭބެ އެއް ހުރެއޭ.؟ ނޮޓް ޖަސްޓް އަ ބްރަދާ.. އީވެސް އަ ސިސް..] ވިޝްކާ ބުނެލިއެވެ. އެންމެންގެ މޫނުމަތިން ފައުޅުވީ ހައިރާންކަމެވެ. [މިއޮތީ ނޫރާ މަރުވުމުގެ ކުރިން ލިޔުނު ސިޓީއެއް.. ޝީ މޭޑް އިޓް ޕްރިޓީ އީޒީ ފޯރ މީ. އޭނަ ހުރި މިޔަށް އޭނަގެ އިސްތަށި އަޅާފަ. ސޯ އައި މޭޑް އަ ޑީއެން އޭ ޓޫ. ހިއަރ. ލިސްޓެން.

********

[އެކުވެރި ވިޝްކާ،

ހެއި ވިކީ.. މިސިޓީ ވިކީއަށް ލިބޭއިރު އަހަރެންވާނީ އައުމެއްނެތް އާލަމަށް ދަތުރުކޮއްފައި… އެކަމަކު.. ދިޔުމުގެ ކުރިން، ވިކީގެ އިތުރުން، ވިޝާމްއަދި އީންއަށް އަންގައިދޭންޖެހޭ ވަރަށް ބޮޑު ހަގީގަތެއް އެބައޮތް. ވިކީ.. ނޫރާއަށް އެނގޭ ވިކީއަށް މިހާރު ވިކީ އެއްބަފާ ބޭބެއެއް ހުންނަކަން އެނގޭކަން. ވިކީ.. ވިކީއަށް ލިބުނީ ހަމަ ރަނގަޅު ފޮޓޯއެއް. ވިކީގެ އެއްބަފާބޭބެ އަކި ވިޝާމް. އެންޑް. ނޮޓް ޖަސްޓް ދެޓް. ވިކީ.. އައިމް ޔުއާރ ސިސްޓާރ ޓޫ.. ހަމަ އެއްބަފާ. އެންމެނަށް ނޫރާ އޮޅުވާލީ..

ނޫރާގެ މަންމައަކީ މިރަށު މީހެއްނޫން. ނޫރާ ވިހެއީ ނޫރާގެ މަންމަގެ ރަށުގައި. އުމުރުން 6 އަހަރު ވަންދެން އުޅުނީވެސް އެރަށުގައި. އޭރު މަންމަ މެރީކޮއްގެން އުޅުނީ ހަސަން ކިޔާ މީހަކާ. ހީ ވޯރކްސް ރިސޯރޓްއެއްގަ. އެކަންވީ މަންމައަށް ލިބުނު ރަނުގެ ފުރުސަތަކަށް. އޭރު މަންމައާއި ބައްޕަ ހިންގި ނުބައި އަމަލުގެ ނަތީޖާ ނޫރާ މިއީ.. އެފާފަ ފޮރުވަން މަންމަ ބައްޕައާއި އެކީ ދިޔައީ ރާއްޖޭންބޭރަށް. ގޮސް ކައިވެނި ކުރީ. ދެގޮތުންވެސް ހަރާމް ކައިވެންޏެއް. ނަމަވެސް ފަހުން މަންމަ ބޭނުންވީ އެކައިވެނި އުވާލަން. އެކަމާ އެއްބަސް ބައްޕަ ނުވުމުގެ ސަބަބުން، ހިނގި ޒުވާބެއްގައި ބައްޕަ މަންމަ ކަރަށް ކަތުރު ހަރާ މާރާލީ. އަހަރެންގެ ބައްޕަ (ވަސީމް) 3 ކުދިން ތިބޭ. އެއީ ނޫރާއާއި ވިޝާމްއާއި ވިކީ. ފަހުން އަހަރެންގެ ބައްޕަ ރަށަށް އަހިސް އަހަރެން ވެސް ގެއިން ނެރެލީ. މަންމަގެ އަސްލު ފިރިމީހާ ހަސަން. އޭގެ ފަހުން ނޫރާ ރަށަށް އައީ. އަހިސް ނޫރާ ނަންވެސް ބަދަލު ކުރީ. އަސްލު ނޫރާއަށް ކިޔަނީ ވެސް ނޫރާއެއްނޫން. އަސްލު ކިޔަނީ ވިޝްޔާ.. ވިޝްޔާ ވަސީމް. ދެޓްސް މައި ސްޓޯރީ.

ދެން މިހާރު ވިކީއަށްވެސް އެނގޭނެމެ އަނާއެއީ ބައްޕަގެ ފުރަތަމަ އަދި ހަމައެކަނި ލޯބިވެރިޔާކަން. އެލޯބި ގެއްލުމުން ބައްޕަގެ އުޅުން ގެއްލުނި.. އަނާއެއީ އީންގެ މަންމަ. އާން.. އީންގެ ބައްޕަ މަރާލީވެސް މަގޭ ބައްޕަ.

ދެން ވިޝާމް. ވިޝާމްގެ މަންމަ، އިޝާ އެއީ އީންގެ މަންމަ އަނާގެ ބެސްޓް ފްރެންޑް. އިޝާގެ ބަސްތަކާއި ހެއްލި ބައްޕަ ދޫކޮއްލާފަ އަނާ ދިޔައީ. އޭގެ ބަދަލަށް ބައްޕަ އިޝާ ރޭޕް ކޮއްލީ. އޭގެ ނަތީޖާ ވިޝާމްއެއީ.

ހަމަ ހުވާ.. އައި ފީލް ސޯ ބޭޑް ފޯރ ޔޫ ވިކީ.. މިހުރިހާ ކަމެއް ބައްޕަ ކުރީ ވިކީ މަންމައާއި މެރީ ކޮއްގެން ހުރެ. ނަމަވެސް ވިކީގެ ނަސީބު ރަނގަޅު. ހަލާލު ގޮތުގައި ދުނިޔެއަށް އައުމުގެ ނަސީބު ލިބުނީ ވިކީއަށް އެކަނި.

އެންޑް.. ގަބޫލު ކުރަން އަހަރެންގެ އުޅުން ހުރީ ރަނގަޅަކަށް ނޫންކަން. ރިގްރެޓް ކުރަންވަރަށް. ނަމަވެސް އަހަރެން ހަގީގަތުގައިވެސް މާއިލްދެކެ ލޯބިވީން. ނަމަވެސް… އަހަރެން މިދަނީ ލާރާއަށް މާއިލް ހިބައިން ދީފައި. ލާރާ.. މާއިލް ބަލައްޗޭ.. އެނގޭ އުނދަގޫ ވާނެކަންވެސް ނަމަވެސް އެންމެންގެ ހިތްވެސް އަހަރެންނަށް ސާފު ކޮއްދެއްޗޭ..

މާއިލް. ސޮރީ.. ބައްޕަ މަގޭ ކުރި މަތީގައި މަންމަ މަރާލީ.. ފޯރ އަ ސެކަންޑް. އެރޭ މަތިން ހަނދާންވީ.. އެކަން ކުރާކަށް ނޫން މަހުރީ. ޕްލީޒް ޓޭކް ޔުއާރ ޓައިމް އެނޑް ފޯރގިވްމީ.. އެންޑް އައި ނޯ ލާރާ ބަނޑުބޮޑުކަން. ވިޝް ޔޫދި ބެސްޓް ލައިފް އޯލް.

ވިޝްޔާ ވަސީމް. ހޫމް ޔޫ އޯލް ނޯ އޭސް އައިޝަތް ނޫރާ.

ބާއި…

******

ސިޓީ ކިޔާ ނިމުނު އިރު ވިޝްކާގެ އަތް ތުރުތުރު އަޅައެވެ. މާއިލް އާއި ޔާއިދު ގަބުކައިފައި އިން އިރު ލާރާގެ މޫނުމަތީގައި ވީއީންއަށް ޓަކައި ރަހުމެވެ. ވާނީވެސް އެހެންނޫންހެއްޔެވެ؟ ބައްޕަގެ ލޯބިން މަހްރޫމް ކޮއްލީ އަމިއްލަ ފިރިމީހާގެ ބައްޕައެވެ. ވިޝާމްވެސް އިނީ ބުނާނެއެއްޗެއް ނޭނގިފައެވެ. އީން ބުނެފާނެ އެއްޗަކުން ބިރުގަންނަ ހާލުއެވެ. ވިޝްކާ އިސްޖަހާލީ އެންމެނާ ކުރިމަތި ލާނެހާ ހިތްވަރުގައިގައި ނެތުމުންނެވެ.

[އީ..އިއްނޫ؟] މަޑު މަޑުން އަތްތިލަ ގެނެސް، އީންގެ މަޑު އަތް ތިލައިގައި ހިފާލަމުން ވިޝާމް ގޮވާލިއެވެ. އިސްޖެހިފައި އިން އީން ވިޝާމްއާއި ދިމާލަށް ބަލައިލި އިރު ދެލޮލުގައި ކަރުނަތަށް ބަބުޅަމުން ދިޔައެވެ. ނަމަވެސް އީންގެ ތުނި ތުންފަތުގައިވީ ހިނިތުންވުމެކެވެ.

[ވިޝާމް.. އިޓްސް އޯކޭ.. އެއީ ވިޝާމް ކުރި ކަމެއްނޫނެއްނުން؟ އެހެން ނޫނަސް މާޒީގަ ވެފަ އޮތް ކަމަކުން އަހަރެމެންގެ މި ކުޑަކުޑަ ފުރާނަ ބައްޕަގެ ލޯބިން މަހުރޫމް ވާކަށް އަހަރެން ނޭދެން. ވިޝާމްއަހަރެންނަށް ކަމެއް ކޮއްދެންޏާމުން ވިކީއާއި ގުޅުން ރަނގަޅުކޮއްލާ. ވިކީއަށް ބޭބެގެ ލޯބިދީ. މިހާރު މާއިލްއާއި ލާރާވެސް އެތިބީ ކާވެނި ރުޖޫއަ ކޮއްގެން.. ސޯ ޕްލީޒް. އޭރުން ވީލް އޯލް ހޭވް ޕީސް] އީން ހިނިތުންވެލަމުން ބަނޑުގައި ފިރުމާލާފައި ބުނެލިއެވެ. ވިޝާމް އީންގައިގައި ބައްދައިގަތެވެ. އެކަހަލަ އަންބަކު ދެއްވީތީވެ ހެއްދެވި ފަރާތަށް ލައްކަފަހަރަކު ޝުކުރު އަދާ ކުރެވުނެވެ. އެދުވަހު 6 އެކުވެރިން ގެޔަށް ދިޔައީ ރޭގަނޑުވަރަށް ދަންވިފަހުންނެވެ. އެކި މަޖާ ވާހަކަތަށް ދައްކަމުން އެންމެންވެސް ހޭދަ ކުރީ އުފާވެރި ވަގުތު ތަކެކެވެ. އެންމެން އެއްބަސްވެ ނޫރާއަށްވެސް ހެޔޮ ހިތުން މާފު ކުރިއެވެ. 6 އެކުވެރިންގެ ދިރިއުޅުން ބާއްޖަވެރިވީ އެހިސާބުންނެވެ.

(ނުނިމޭ)

👇🏻Follow me on Snapchat

itz_shiherr

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (3)

  1. flowerr

    masha allah vrh reethi mi part ves
    when is the next part??? waiting…….
    EID MUBARAK shiherr 🙂

  2. Cutie girl

    Mi part ves v reethi masha Allah
    Can’t wait for next part
    Keep it up 👍

  3. Khajja

    Maahil n Maireen ah v gotheh neyngunyma v dhera, ekudhin mamma niyaa v ma ulhunu thanakaai goiyves liyelinama v furihama vees anyways story v v v habeys

Comments are closed.