” ބައްޕާ އަހަރުމެން މިތިބީ މުޅިން ބަނގުރޫޓުވެފަ.. ދުވަސް ކޮޅަކުން އަހަރުމެން މިގެއިން ވެސް ނިކުންނަން ޖެހޭނެ.. ކޮންތާކަށް ދާނީ.. ލާރިއެއް ހުރިނަމަތާ ތަނެއް ހިފައިގެންވެސް އުޅެވޭނީ” އާމިލް ވާހަކަދެއްކީ އާމިލްގެ ބައްޕަ ރާއިދާއެވެ.
” ދެން އޮތީ ހަމައެންމެ ގޮތެއް…. ” ރާއިދު ބުންޏެވެ. އާމިލް ކޮން ގޮތެއްހޭ އަހާފަދަ ގޮތަކަށް ބުމަ އަރުވާލިއެވެ.
” ދިލްޝާދު..” ރާއިދު ބުނި ނަމުން އާމިލްގެ މޫނު މަައްޗައް ވެރިވެގެން ދިޔައީ ފޫހި ކަމެވެ.
************************************
ހީން ކައި ރީ އިށީނދެ އިން އަކްޝަމް އިނީ ފޯނާ ކުޅެން ގެއްލިފައެވެ. ހީން އިރުއިރުކޮޅާ އަކްޝަމްއާ ދިމާއަށް ބަލާލައެވެ. ހީވަނީ ކޮންމެެވެސް އެއްޗެއް ބުނަންވެގެން އުޅޭހެންނެވެ.
” ހީން ކިހިނެއްވީ.. ތިވަރަށް ނުބެލިޔަސް ތިބުނަން އުޅޭ އެއްޗެއް ބުނެބަލަ” އަކްޝަމްގެ ޖުމްލައިން ހީން ސިހުނެވެ. އަކްޝަމަށް އެނގުނީ ކިހިނެއްބާއޭ ހިތަށް އެރުމާއެކު ހީންގެ މޫނުމަތި ރަތްވެގެން ދިޔައެވެ.
” އަހަރެން… އަހަރެން ވަރަށް ބަނޑުހައި ވެއްޖެ..” ގައިމަތީ އަޅާފައި އޮތް ބެޑްޝީޓާ ކުޅެމުން ހީން ލަސްލަހުން ބުނެލިއެވެ. ހީން އެހެން ބުނުމާއެކު ލަސްނުކޮށް އަކްޝަމް އެތަނުން ނިކުތީ ހީންއަށް ކާއެއްޗެއް ގެނެސްދިނުމަށްޓަކައެވެ.
” އަހަރެން ނުބުނަނީސް ބަނޑުހައިވާނޭކަން ނޭނގެނީތަ..” ތުންއަނބުރާލަމުން ހީން ހިތާހިތުން ކިޔާލިއެވެ.
* * * ** **** * * * *
” ބައްޕަ ތިވިސްނަނީ ބޮޑުދައިތަ ކައިރިއަށް އެއޮށް ކުޑަ ރަށައް ދިރިއުޅުން ބަދަލުކުރަންތަ؟.. އެހެންނޫނަސް އަހަރުމެން ބޮޑުދައިތަ ކައިރިއަށް ނުދާތާ ކިތައް އަހަރު މިވަނީ.. ބޮޑުދައިތަ އަށް އަހަރުމެން އެނގޭނެކަމެއްވެސް ނޭނގޭ.. ބައްޕަ ބޮޑުދައިތަ ދޫކޮށްލާފައި މާލެ އައިއިރު އަހަންނަށް އެންމެ ފަސް އަހަރު ކަމުގައި ބައްޕަ ބުނީމެއްނު.. ދެން އެހެންވީމަ ހީވޭތަ ބޮޑުދައިތަ އަހަރުމެން އެގޭގައި ބަހައްޓާފާނެހެން..” އާމިލް ހުރީ ބައްޕަގެ ވިސްނުމާހެދި ވަރަށް ފޫހި ވެފައެވެ.
” އަހަރުމެންނަށް މިނޫން ގޮތެއް ނެތެއްނު.. އެހެން ނޫނަސް އޭރު އަހަރެން ދިލްޝާދު ބަހައްޓާފަ އައީ އޭނަ އިނދެގެން އުޅުނު މީހެއްގެ ސަބަބުން.. ފަހުން ދިލްޝާދު އަހަންނަށް ގުޅާފައި ބުނި އޭނަ ފިރިމީހާ އޭނަ ދޫކޮށްލި ވާހަކަ.. އަދި އަހަރެން ކައިރިއަށް އޭނަގެ ދަރިފުޅު ގޮވައިގެން އަންނަން ބޭނުންވި ވާހަކަވެސް ބުނި.. އަހަރެން އެކަމަށް އިންކާރު ކުރީ އޭރު އަހަރެން އޭނަދެކެ އައިއްސަހުރި ރުޅިއެއްގެ ބޮޑުކަމުން… އޭނަ އެމީހާއާ އިނީ އަހަރެންގެ ނުގަބޫލުކަމަށް ވާތީ.. އެކަމަކު މިހާރު އަހަރެންވެސް ބޭނުން އަހަރެންގެ ކޮއްކޮ ދެކެލަން..” މިހުރިހާ އެއްޗެއް ކިޔާ ނިމުނުއިރު ރާއިދަށް އިނީ ރޮވިފައެވެ. އާމިލްވީ ފޫއްސެއްގެ ބޮޑުކަމުން އެތަނުން ތެދުވެގެން ދިޔައީއެވެ.
** **** * * * * * * * *
އަކްޝަމް ކާއެއްޗެހި ހިފައިގެން އައިއިރު ހީން އިނީ ރީއްޗަށް އެނދުގައި އިށީނދެގެންނެވެ. އޭރު ނަރުސްކުއްޖަކު ހީންއަށް އިންޖެކްޝަނެއް ދޭންވެގެން އުޅެއެވެ. އަކްޝަމް ގެނައި އެއްޗެހި ތައްޓަކަށް އަޅާފައި ހީންއަށް ދިއްކޮށްލިއެވެ. ކެނިއުލާ ގުޅާފައި އިނީ ކަނާއަތަށް ކަމުން އެއަތުން އެއްވެސް ކަމެއް ކުރުމަށް ނަރުސް ކުއްޖާ މަނާ ކުރިއެވެ.
ނަރުސް ކުއްޖާ ދިއުމުން އަކްޝަމް އުޅުނީ ހީންއަށް އަކްޝަމްގެ އަތުން ކާންދޭންވެގެންނެވެ. ނަމަވެސް ހީން ވާއަތުން އަކްޝަމް އަތުގައި ހުރި ތަށި އަތުލިއެވެ. އަދި އަމިއްލައަށް ވާއަތުން ކާންއުޅުނު ގޮތުން އަކްޝަމް ބޮލަށް އުނދަގު ވެގެން ހީން އަތުން އަތުލިއެވެ. އަދި ވާއަތުން ކެއުމަކީ ރަނގަޅުކަމެއް ނޫން ކަމުގައި ބުނެ ބަތްސަމްސަލެއް ހީންއަށް ދިއްކޮށްލިއެވެ. އަކްޝަމް ކުރިމަތީ ގަދަނުވާނޭކަން އެނގުމުން ހީން އަކްޝަމް އަތުންކެއީ ބަނޑުހައިވެފައި ހުރިވަރުންނެވެ. ކަމުން ދިޔައިރު ހީންގެ ނަޒަރު އިރުއިރުކޮޅާ އަކްޝަމަށް ހުއްޓެއެވެ. އަކްޝަމަށް އެކަން އެނގިހުރެވެސް ފަރުވާތެރި ކަމާއެކު ހީންއަށް ކާންދެމުން ގެންދިޔައެވެ.
** *** *** ****** ***
އޭގެ އަނެއްދުވަހު ހީން ހޮސްޕިޓަލުން ދޫކޮށްލުމާއެކު އަކްޝަމް ހީން ގޮވައިގެން ރަށައް ދާން ފުރިއެވެ. ރަށައް އައި މަގުމަތީގައި އެކަކު އަނެކަކާ އެއްވެސް ވާހަކައެއް ނުދައްކައެވެ. ގެއަށް އައުމާއެކީ ދިލްޝާދު ހީން ގައިގާ ބައްދައިގަތެވެ. ހީންއާ ވާހަކަދައްކަން އިނދެފައި ދިލްޝާދު އަރާމުކުރަން ބުނެ ހީން ކޮޓަރިއަށް ފޮނުވާލިއެވެ. ވާހަކަތައް އަޑުއަހަން އިން އަކްޝަމް ދިލްޝާދު ދިއުމާއެކު ހީން ފަހަތުން ގޮސް އެކޮޓަރިއަށް ވަދެ ދޮރު ލައްޕާ ތަޅުލިއެވެ. ހީން ހައިރާންވެފައި އަކްޝަމާ ދިމާއަށް ބަލާލިއެެވެ.
” އަކްޝަމް މޮޔަވީތަ؟” ހީން ރުޅިއައިސްފައި ބުންޏެވެ.
” އަދި މޮޔައެއް ނުވޭ .. އެކަމް ވަރަށް އަވަހަށް މޮޔަ ވާނެހެން ހީވަނީ.. އަދި އަހަރެން މޮޔަ ކޮށްލާނީވެސް ހީން” އަކްޝަމް ހީންއާ ކައިރިވަމުން ބުންޏެވެ. އަކްޝަމް ކައިރިއަށްޖެހޭ ވަރަކަށް ހީން ފަހަތަށް ޖެހެމުން ދިޔައެވެ.
“އަހަރެންގެ ސުވާލުތަކަށް ޖަވާބު ނުލިބެނީސް މިއަދު އަހަރެން މިކޮޓަރިއަކުން ނުނިކުންނާނަން” އަދިވެސް ކުރިއަށް ޖެހެމުން އަކްޝަމް ބުންޏެވެ. ހީން ފަހަތަށް ޖެހެމުން ގޮސް ފާރުގައި ޖެހުމާއެކު އަކްޝަމް ހީންގެ ދެއަތް ނަގާ ފާރުގައި ތަތް ކޮށްލިއެވެ.
“އަކްޝަމް ޕްލީޒް .. އަހަންނަށް ތަދުވޭ…” ހީން ކުރަކި އަޑަކުން ބުންޏެވެ.
” އަހަންނަށް މާ ބޮޑަށް ތަދުވޭ” އަކްޝަމް ދަތްކުޑި ވިކާލާފައި ބުންނެވެ.
ހީން ލޮލުން ކަރުނަ އަންނަން ފެށުމުން އަކްޝަމަށް ބޭއިހްތިޔާރުގައި ހީން އަތުން ދޫކޮށްލެވުނެވެ.
“ހީން ކީއްވެގެން އެހާގިނަ ނިދާބޭސްތަކެއް ކާންޖެހުނީ” ހީން ދާން އުޅެފައި އަކްޝަމް ކޮށްލި ސުވާލަކުން ހުއްޓުންއެރިއެވެ.
“އަހަރެން ނިދާބޭސްތަކެއް ނުކަން” ހީން ހައިރާންވެފައި ބުންޏެވެ.
” ދެން ތިބުނަނީ ޑޮކްޓަރު އެހެދީ ދޮގޭތަ” އަކްޝަމް ބުންޏެވެ.
” ހަމަ ހުވާކޮށްފަ ބުނަން އަހަރެން ނިދާބޭހެއް ނުކަން.. އަހަރެންގެ ހަޔާތުގައި ކެތްނުކުރެވޭ ވަރުގެ ހިތާމައަކާ ކުރިމަތިވިޔަސް އަހަރެން އިސްލާމްދީނުގަ ހަރާމް ކަމެއް ނުކުރާނަން..” ހީން ރޮއެގެންފާ ބުނިގޮތުން އަކްޝަމަށް އިތުރު ސުވާލެއް ކުރާކަށް ނުކެރުނެވެ. ބާރު ހިނގުމެއްގައި ގޮސް ކޮޓަރިން ނިކުމެގެން ގެއިން ނިކުމެގެން ދިޔައީ ސިކުނޑިއަށް ލުޔެއްލިބޭތޯ އެވެ. ދިލްޝާދުގެ ކޮޓަރިން ނިކުތް ލޯރެންއަށް މިމަންޒަރު ފެނުމާއެކު އަނބުރާލާފައިގޮސް ކޮޓަރިއަށް ވަނެވެ.
ހީން ލޮލުން އައިއްސަ ހުރި ކަރުނަތައް ފޮހެލުމަށްފަހު އަލަމާރި ކައިރީ ހުއްޓި އަލަމާރިތެރޭން ކުޑަކުޑަ ފޮއްޓެއް ނެގިއެެވެ. އެފޮށި ހުޅުވާލިއިރު އޭގެތެރޭގައި ރިހިކުލައިގެ ރީތި ފަށެއް އޮތެވެ. ހީން އެފަށް ނަގާ އެފަށައް ބަލާލިއެވެ. ފަށުފުލަކަށް “A” އަކުރެއް އިންއިރު ހީން އެއަކުރުގައި ތުންފަތް ޖައްސާލިއެވެ. އެއާއެކު ހީންގެ ލޮލުން ކަރުނަތައް އޮހިގަތެވެ. ބާރަށް ރޮވެން ފެށުމުން ހުރިތަނުން ތިރީގައި އިށީނދެވުނެވެ. ހީން އެފަށް މޭގައި ޖައްސާލައިގެން އެތައް އިރަކު ރޯން އިނެވެ.
ދިލްޝާދު އުޅުނީ ވަރަށް ބުރަކޮށް ދިލްޝާދުގެ ކޮޓަރި ސާފު ކުރުމުގައެވެ. ލޯރެން އައިފަހުން އެކޮޓަރި ދެދުވަހުން އެއްދުވަހު ސާފުކުރަން ޖެހޭތީ ދިލްޝާދު ހުންނަނީ ކުދިކިޔާލަކިޔާލައެވެ. މޮޕްޖަހަން ހުރި ދިލްޝާދު ފައިކައްސާލާ ވެއްޓެންދިޔަ ވަގުތު ހިފުނީ ޑްރެސިންގް ޓޭބަލްގައެވެ. އެވަގުތު އެތާމަތީ ބަހައްޓާފައި ހުރި ލޯރެންގެ ދަބަސް ވެއްޓުނެވެ. ދިލްޝާދު ތިރިވެލާފައި އެދަބަސް ނެގިވަގުތު އޭގެއިން ވެއްޓުނު ބޭސްކާޑެއް ފެނި ދިލްޝާދު ވަރަށް ރަނގަޅަށް އެބޭސް ކާޑަށް ބަލާލިއެވެ.
” ދައްތާ ބާމް ފުޅިއެއް އެބައިންތަ” ދޮރުމަތީގައި ހުރި ހީންގެ އަޑަށް ދިލްޝާދު ބަލާލިއެވެ.
“ކިހިނެއްވީ އަނެއްކާ ތަނަކަށް ތަދުވަނީތަ ” ހީން ކައިރިއަށް ޖެހިލަމުން ދިލްޝާދު އެހިއެވެ.
” ނޫން ކުޑަކޮށް ރޯގާ ވައްތަރުވެގެން” ހީން ނޭފަތް ދަމާލަމުން ބުންޏެވެ.
” ހީން މިތާ މަޑުކުރައްޗެ އެތެރެއަށް ނުވަދެ.. މޮޕްޖަހާފަހުރީ” މިހެންބުނެ ދިލްޝާދު މަޑު ފިޔަވަޅުތަކެއް އަޅަމުން ގޮސް ބާމް ފުޅި ހިފައިގެން އައިސް ހީން އަތަށް ދިނެވެ. އަދި ހީންދާން އުޅުމުން ހީން މަޑުކުރުވިއެވެ. އަދި އެބޭސް ކާޑު ދައްކާ އެއީ ކޮންކަހަލަ ބޭހެއްތޯ ސުވާލުކުރިއެވެ. ހީން ވަރަށް ރަނގަޅަށް އެބޭސް ކާޑަށް ބަލާލިއެވެ. މޫނުމައްޗަށް ނުތަނަވަސްކަން ވެރިވުމާއެކު ދިލްޝާދަށް ބަލާލެވެނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
38 Comments!
Comments are closed.


nice picture…one of my fav korean drama i miss you…heheh…adhi nukiyaa comment kohlee mi
heii ken.. i miss u is my fav korean drama too
Haadha kurey . . bt. V. Rythi mi bai vz. .dhn part dhigu kohlahchey konirakun up kohfa dheynvi . .avahah up kohdhehche . .plx . .plz
next time in sha allah dhigukoh genesdheynan.. thnkx for comment and kiyaaladhinyma
V reethi
thnkx zal for comment and reading
Alhey haadha short koh.. Ekam vs story varah reethi.. Loaren kuri kameh dw e ee.. Pis pis.. Next part avahah up kohdhehchey…❤❤❤❤….
??????
in sha allah v avahah up kureveythw balaanan thnkx luvna abadhuves mi waahaka kiyaathy ;-*
Shabee and ryyn ge servant luvna heheheee 🙂 🙂
Mi dhn thankolheh boduvaru koreaviyas
koba boduvarakee… emyhaku laane pic eh engeynee emyhakah…. myhun laafa hunna pic thakah nubala kiyana keema nukiyanya nukeema enimuny…. as u wish…
next part up kuraany konirakun? ?
dhen enmenvxx korean picture vaahaka ah laathee vrh foohi.. ???vaahakaiga ulheyy charactersge name r photo akaa dhimalehvxx nuveyy dhen… thithrr beynumiyyaaa dhen korean kudhinge nan thah beynun kuran v nu alhe ????
hahahaaaaaa
mihaaru in pic kamudhaane kamah hykuran
vahaka varah reethi… keep it up….
thnkx.. mmmuah
ulhey vahthareh myhun ah dhndhyfa
VAAHAKA HADI
Dhndhiny amilla dhahtha ah.. none of ur business.. still thank.. engey waahaka rythi kamun kan thihen thibunyyy.. luv u hater… mmmmmmmmmuah
Wow vaahaka varah reethi…… 🙂 🙂 😉 🙂 😉 eagerly waitin fr the nxt prt…….
Alhe Korean pic ah badhalu kohbala 🙁 🙁 that one is beautiful than this one 🙂 😉 ;( 😉 🙂
V nice. when next part?
mee ge first part kobbb??
name ah click kohlyma fennaane
v. nice ingey. waiting for the next part
thanks faxoo
Nice..dhn oiy baives avahah up kohdhehcchey..
Mi dhn koahcheh. Hama nujheye meehun liyaa kahala vaahaka :@ grade 5 ga ulhey kudin liyaane mi fenvaruge vaahakaa. Dhuvahakuves nukiyaanan. Varah hadi pakaaaas. Dhn kaley fuppaathi Axxxxx faxxx
Oh ‘koodhi’ shabee……… dhera veeetha….. pis pis pis 🙁 egeyviya amilayakah nuliyevaine kan mikahala story yai……..
All u can do is flirt with boys u can’t do anything except that…… 😉 🙂
Take this cmnt as an insult for u uneducated girl……
Nukiyahche shabee…nukiyaa knme faharakuves cmmnt kuran vaane… mashaky fuhppa bahueh jehifa huri meehehnun fuhpan. Mind ur language..anyways haters gonna hate… luv yew..
dhuvaheh dhuvahakah vany story kuru. miah vure dhigukoh nuliyevene tha
Story nice.whot about nxt part???
Koodi b*** Luvna. Irakah foto badhal veytha? Meehun bunaa haa gotheh hadhan thee puppet eh???kekkekke
Oh shabee 🙂 do u think that only u can use bad words 🙂 we know a lot darling and by getting angry won’t make u not a koodi 😉
Axx I will say one thing that u need to improve dear 🙁
Take negative comment positively and try to reply it in a positive way then only it will be like professional otherwise it look a lot weird 😉 to the one who read it’s it shouldn’t be like u fall weak after reading their comment if so they will write a lot of negative comments…….
I know sometimes u will get angry after reading those types of comments but still be positive and write positive 🙂 those who gives negative comments means they don’t value u neither u r work so stop wasting ur precious time on them 😉
You dnt have to use bad words on me owkay.. ur enemity is with luvna so dnt use my story for it. I trying to improve my stories.. cuz writing storiezs is my passion.
Thank u so much luvna