Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

މަގޭ މާއިލް 14

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
May 16, 2024 2 Mins Read
17 Comments

ލާރާގެ ދަބަހުގައި އޮތް ވަރީގެ ފޯމު ފެނި އީން ހައިރާންވިއެވެ. [ލާރާ މިއީ ކޮންކަމެއް.؟] އަވަސް އަވަހަށް އީން އަހާލިއެވެ. ލާރާއަށް ކެއްވީ އެހިސާބުންނެވެ. ރޮއިގަންނަމުން އީން ގައިގައި ލާރާ އޮޅުލައިގަތެވެ.

*********

[އިއްނޫ…. މާއީ.. މާއިލް… ހީ ޗީޓެޑް އޮންމީ…] ރޮމުން ރޮމުން ލާރާ ބުނެލިއެވެ. އީންގެ ދެލޯ ދިޔައީ ބޮޑު ވެގެންނެވެ. [ވަޓް ދި ހެލް؟ ހީ ޗީޓެޑްއޭ؟؟؟ ކިހިނެތް ވީ ކަމެއްތިއީ؟] މިއަދު ހެނދުނު ފެނުނު މަންޒަރު ލާރާ އީންއަށް ކިޔައިދިނެވެ. އަދި އެފަދަ ބޭވަފާތެރިޔަކާއި އެކު އުޅެން އެންމެ ދުވަހަކު ވެސް ބޭނުން ނުވާ ވާހަކަ ބުނެލިއެވެ. އީން އިނީ ހައިރާންވެ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެހެންވެ މާއިލް އީން ހީކުރި ފަދަ މީހަކަށް ނުވިތާއެވެ. އީންގެ މޫނު މަތިން އެވަގުތު ރުޅިވެރިކަން އިންތިހާއަށް ފެންނަން ހުއްޓެވެ. އީންގެ އުނގުގައި ބޯއަޅައިގެން އޮވެ ލާރާ ރޮމުން ދިޔައެވެ.

ގެއަށް ވަދެގެންއައި ވިޝާމްއަށް ފުރަތަމަ ވެސް އިވުނީ އަންހެން ކުއްޖެއްގެ ވޭނީ ރުއިމުގެ އަޑެވެ. އެހެންކަމުން އޭނާ އަވަސް ހިނގުމެއްގައި ހިނގާފައިގޮސް ކޮޓަރި ދޮރު ހުޅުވާލިއެވެ. އީންގެ އުނގުގައި އޮވެ ގިސްލަގިސްލާފައި ރޮމުން ދިޔަ ލާރާ ފެނި ވިޝާމްގެ މޫނު މައްޗަށް މަރުހަބާ ކިއީ ބޮޑު ސުވާލު މާކެކެވެ. [އިއްނޫ ކިހިނެތްވީ؟] ހައިރާންވެ ހުރެ ވިޝާމްއަހާލިއެވެ. ވީގޮތް ވިޝާމްއަށް ކިޔައިދިނީ އީންއެވެ. އޭރު އީންއިނީ ގަދަޔަށް ރުއިމުގެ ސަބަބުން ނޭވާ ކުރުވެފައެވެ. އަޑު އިވުނު ވާހަކަ ވިޝާމް ގަބޫލު ކުރާކަށް އެއްގޮތަކަށްވެސް ބޭނުމެއްނުވިއެވެ. ނަމަވެސް އެއީ ދޮގެއްނަމަ ލާރާ އެވަރަކަށް ނުރޯނެކަން ވިޝާމްއަށް ގައިމެވެ. ވިޝާމްގެ މޫނު މަތިންވެސް އޭރު އިންތިހާ ރުޅިވެރިކަން ފެންނަމުން ދިޔައެވެ. މާއިލްއެއީ ވިޝާމްގެ އެންމެ ގާއިތް އެކުވެރިޔާ ނަމަވެސް މިފަދަ ކަމެއްކުރުމުން މާއިލްއާއި އެއްގަލަށް އަރާކަށް ވިޝާމް ފުރާނަހުއްޓައެއްނުދާނެ ކަންގައިމެވެ. އެހެންކަމުން ވިޝާމްއާއި އީންގެ އެހީގައި ލާރާ ވަރީގެ ފޯމު ފުރާ ނިންމާލިއެވެ.

*********

ލަސް ހިނގުމެއްގައި ހިނގާލާފައި އައި މާއިލް އަހިސް ހުއްޓުނީ ވިޝާމްމެންގެ ގޭ ކުރިމަތީގައެވެ. ޝައްކެއް ނެތް މިންވަރަށް ލާރާ މިވަގުތު ވާނީ އެގޭގައިކަން ވިޝާމްއަށް އެނގޭތީއެވެ. ނަމަވެސް މިހާރު އީންއަށް އެކަން އެނގޭނެކަން މާއިލްއަށް ޔަގީންވާތީވެ އެގޭތެރެއަށް ވަންނާކަށް މާއިލްއަކަށް ނުކެރުނެވެ. ވަންނަން ނުކެރި ހުއްޓާ ދޮރު ހުޅުވާލާފައި ބަޔަކު ނިކުންއަޑަށް މާއިލް ފަސް އެނބުރި ބަލައިލިއެވެ. ލާރާއާއި އެކު ނިކުން ވިޝާމްއަދި އީން މާއިލްގެ ލޮލުގައި އަޅައިގަތެވެ. ލާރާގެ ދެލޯ ފެނުމުންވެސް ލާރާ އެހުރީ ވަރަށް ރޮއިފައިކަން މާއިލްއަށް އެނގުނެވެ. މާއިލްގެ ހިތަށް ތޫނު ތަދެއް އިހުސާސްވިއެވެ. ލާރާ އިސްޖަހައިލީ މާއިލްގެ މޫނަށް ބަލާނެހާ ހިތްވަރު ލާރާގެ ނެތުމުންނެވެ. މާއިލް ފެނުމާއި އެކު ވިޝާމްގެ ލޭކެކިގަތެވެ. ބާރު ހިނގުމެއްގައި ގޮސް މާއިލްގެ މޫނު މަތީގައި ގޮއްމުއްކަވާފައި ޖެހިއެވެ.

[ކަލޭ ހާދަހާވާ ހަޔާތްވެސް ކުޑައޭ ދޯ؟ އަދި ކައިވެނި ކުރިތާ އަހަރު ނުވެ މިހާރު ބޭވަފާތެރިވެލީތި.. ޗީ ޗީ.. އަދި ވެސް ނޫރާ.؟ ސީރިޔަސްލީ ބްރޯ؟ މިރާއްޖޭގަވެސް ނޭނގެ އެހާ ބޮޑު ބަޑިއެއް އުޅޭނެ ކަމެއް! ދެންވެސް ޔޫ ޗޯސް ހާރ؟ ދީންވެރި، ތެދުވެރި، އަންހެން ކުއްޖަކަށްވުރެ މާއިލްއަށް ކަމުދިޔައީ އިލާހަކު ވޮޑިގެންވާކަންވެސް ހަނދާން ނެތް މީހަކު؟ ސީރިއަސްލީ ޔު އާ ރ ޖަސްޓް ޓްރާޝް] މިހެން ބުނެ ވިޝާމް ލާރާ އަތުގައި އޮތް ގަނޑު ނަގާ ގޭތެރެއިން ގަލަމެއް ހިފައިގެން އަހިސް މާއިލް ކުރިމަތީގައި ހުއްޓުނެވެ.

**********

[ އޯ އެމް ޖީ.. އައި ސުވެއާރ ދިސް އިސް ދި ހެޕިއެސްޓް ޑޭ އޮފް މައި ލައިފް.. އާހް…] ކޮޓަރިއަށްވަދެ ފުމެމުން ފުމެމުން ގޮސް އެނދަށް ވެއްޓިގަންނަމުން ނޫރާ ބުނެލިއެވެ. [ހޫމް ހޫމް ކިހިނެތްވީ އަނެއްކާ މާއިލްއާއި ލާރާ ދުރުކުރެވުނީތަ؟] ސޯފާގައި ކާން ރާމެން ކަޕްއެއް ކާން އިން ޔާއިދު އަހައިލިއެވެ. [ޔޭސް!!!] އަޑުގެ ނެތްތަނަށް ފެލިގަންނަމުން ނޫރާ ބުނެލިއެވެ. [އެންޑް އޯ އެމް ޖީ އައި ކިސްޑް ހިމް.. އައިއޭމް އޯވާރ ދި މޫން ހަމަ ހުވާ] ނޫރާ ބުނެލިއެވެ. ނޫރާ އެހެން ބުނުމާއި އެކު ޔާއިދުގެ މޫޑު ހަރާބު ވިއެވެ. ނުރާއަށް މަރުހަބާ ކިޔުމަށްފަހު ރާމެންކަޕް އެއްލާލާފައި ސިނގިރޭޓު ފޮށި ހިފައިގެން ޔާއިދު ނިކުތީ ބެލްކަނީ އަށެވެ. މިފަހަކަށް އަހިސް ނޫރާގެ ކަންކަމަށް ޔާއިދު އަށް ސަމާލުކަން ދެވެނީ އިންތިހާއަށެވެ. ބޭރަށް ނުކުންނަ އިރުވެސް ޔާއިދު ކައިރީ ލައިގެން އުޅޭފަދަ ގަޔަށް ބާރު ކުރު ހެދުން ލައިގެން ދާތީ ޔާއިދު ހުންނަނީ ހިތްހަމަ ނުޖެހިފައެވެ. އެހެންފިރިހެނަކު ނޫރާ ވާހަކަ ދެއްކިޔަސް ޔާއިދު ރުޅިއާދެއެވެ. މާއިލްވާހަކަ ދެއްކުމުން ޔާއިދު ހިތުގައި ޖެހެއެވެ. [އަނެއްކާ… އަހަރެންނަށް.. ނޫރާދެކެ ލޯބި؟] އެހެން ހިތަށް އެރުމާއި އެކު ޔާއިދު މޫނު މައްޗަށް ވައްތަރެއް ޖައްލާލެވުނެވެ. ނަމަވެސް މި އިހުސާސަށް ލޯބި ނޫން ދެވޭނީ އެހެން ކޮންނަމެއް ހެއްޔެވެ؟ ފުން ނޭވާއެއް ދޫކޮށްލަމުން ސިނގިރޭޓު އެއްލާލާފައި ޔާއިދު ވަނީ ކޮޓަރިއަށެވެ. އޭރު ނޫރާ ކޮޓަރިއަކު ނެތެވެ. ކޮޓަރިއަށް ރަނގަޅަށް ނަޒަރު ހިންގާލި އިރަށް ޔާއިދުގެ ލޮލުގައި އެންމެ ފުރަތަމަވެސް އަޅައިގަތީ ރީތިވާ މޭޒު މަތީގައި އޮތް ކަޓަރު ތިލައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(އަށާވީސްވަނަ ބައި)

Next

ކުށަކީ ކޮބާ – 24

Next
May 16, 2024

ކުށަކީ ކޮބާ – 24

Previews
May 16, 2024

ނަން ކަލާގެ މިހިތުގައި ފެވިއްޖޭ(އަށާވީސްވަނަ ބައި)

17 Comments!

  1. RIFSHA says:
    May 16, 2024 at 12:46 pm

    Hi shihaa
    Thanks ingey hama thihaa bura koh ulhemun vx vaahaka genes dheythi
    Anyway story varah reethi as usual
    Hey dhen thi ulheny yaaidh and noora gulhuvan tha?dhen yaaidh noora ah dhekolhah araafa maail mennah hageegai kiyaadhyfa lara and maail gulhuvaba.dhey are made for each other.
    E noora vx kochei hadhaanamey hithaa tha e ulhey.pls pls shihaa Lara and maail gulhuvahche ingey avahah
    Kon irakun next part kiyaalan libeyni
    Curiosly waiting for the next part
    Love you darling ❤️❤️

  2. ސްލީޕިން ބިއުޓީ says:
    May 16, 2024 at 12:53 pm

    Oh may God yaadhu plxx for god sake laaraa ah kiyaa dhee eii noora ge kameh Kan plxx and wishaam trust our best friend and maail laaraa ah kiyaadheedhee hurihaa vhk eh thedhah
    Hama superb mi part ves
    Curiously waiting
    When is next part
    Lysm dear shihaa☺️☺️☺️

  3. Maash Butterflyyyyy says:
    May 16, 2024 at 1:47 pm

    Heyy shiherrr..
    mi part vx vrh reethi maasha allah
    i feel so sorry for laara.. aley yaaidhu likes noora??
    that would be nicee villains faaling in love with each other..
    just hoping those 2 islaahu vaane kama
    whens next??
    Lyssn dear
    💜🦋

  4. shihaamaa ali shihaamaa ali says:
    May 17, 2024 at 10:43 pm

    your welcome rifoo <3
    hehe jazaakallah, happy you loved it 😉
    hehe dhn less c dhw maail n laaraa & yaaidh and nooraa ah vany kihiney thw dhww..
    I'm sorry i didn't upload yesterday i was feeling unwell 🙁
    in sha allah i will upload tomorrow
    love you moree darling <3

  5. shihaamaa ali shihaamaa ali says:
    May 17, 2024 at 10:49 pm

    hehe dhn less c dhw vanyy kihineythw.. i hope your enjoying the story @sleeping beauty:)
    in sha allah maadhamaa submit kollaanan
    lym darl<3

  6. shihaamaa ali shihaamaa ali says:
    May 17, 2024 at 10:56 pm

    Jazaakallah Butterflyyyyy
    yeah shihaa vess feel bad for laaraa 🙁
    hehe dhn hingaa dhw balamaa yaaidh arr nooraa arr gulheny thw..
    in sha allah maadhamaa submit kollaanan ingey love <3
    Lym love<3

  7. Lim🖤 says:
    May 20, 2024 at 1:29 pm

    Heyyy shiherrr when’s next vrh kehkohfin ekm dhn nukureveyne next part kiyaa hithun mhr nuvx nidhey

  8. Vinn💗 says:
    May 20, 2024 at 2:55 pm

    Kobaa next kon irakun kiyaalan libeynee curiously waiting for the next part please please avx…

    1. shihaamaa ali shihaamaa ali says:
      May 20, 2024 at 11:49 pm

      yes yes sorry darlin i was really busy these 4 days i was not able to write i’m really sorry 🙁
      in sha allah i will submit tmrw stay tuned <3

    2. shihaamaa ali shihaamaa ali says:
      May 20, 2024 at 11:53 pm

      @Rishhh
      Sooooo sorry darlin i was really busy these 4 days i was not able to write i’m really sorry 🙁
      in sha allah i will submit tmrw stay tuned darlin<3

    3. shihaamaa ali shihaamaa ali says:
      May 20, 2024 at 11:54 pm

      @Naash
      So so so sorry darlin i was really busy these 4 days i was not able to write i’m really sorry 🙁
      in sha allah i will submit tmrw stay tuned darlin<3

  9. Rish says:
    May 20, 2024 at 2:56 pm

    Kobaa next… curiously waiting for the next part please be fast …

  10. Naash🤗 says:
    May 20, 2024 at 3:01 pm

    Kobaa adhivx nufeneyyy 15 vana part eh dhn kn irakun thr????

  11. Rishhh says:
    May 20, 2024 at 8:22 pm

    When’s next?????

  12. shihaamaa ali shihaamaa ali says:
    May 20, 2024 at 11:51 pm

    yes sorry Lim i was so busy mi 4 days ehnve liyaane time nulibunii i’m very sorry darlin 🙁
    in sha allah tmrw i will submit next part 🙂

  13. shihaamaa ali shihaamaa ali says:
    May 20, 2024 at 11:52 pm

    @Rish I’m so so so sorry i kept u waiting i was just so busy these 4 days 🙁
    in sha allah i will submit tmrw stay tuned darling <3

  14. Yaan says:
    May 21, 2024 at 1:04 am

    Btww shiherr next part kiyaalaa hithun thaaku dhefai jahsaigen hurevey vareh vx noon please be fast can’t wait 😝

Comments are closed.

Next Episodeމަގޭ މާއިލް 15←


All Right Reserved!