ލާރާ ގޮވައިގެން މާއިލް އަހިސް މަޑު ކޮއްލީ އަތިރި މަތީގައެވެ. ލާރާ އަތުގައި ހިފައިގެން މާއިލް ހިނގައިގަތެވެ. ވެލިގަނޑު މަތީގައި މާއިލް އިށީންދެލައިގެން އިން އިރު ލާރާ އޮތީ މާއިލް އުނގުގައެވެ. [އައިމް އޯކޭއޭ ނައޫ.. ދެން ޑޯންޓް ވޮރީ ލަވް] މާއިލް ލާރާ ގާތު މާފަށް އެދުމުން ލާރާ ބުނެލިއެވެ. މާއިލް ހިނިތުން ވެލަމުން ލާރާ އަތުގައި ބޮސް ދިނެވެ. [ލޫކް.. ޝޫޓިންގް ސްޓާރ އެއް.] ކުއްލިއަކަށް ތެދުވެ އިށީންނަމުން ލާރާ ބުނެލިއެވެ. [އަވަސް ވިޝްއެއް ކޮއްބަ؟] ލާރާ އުޅެމުން ދިޔަ ގޮތުން މާއިލްއަށް ހިނިތުންވެލެވުނެވެ. [ވިޝް ކޮއްފިންތަ؟ ކޮންކަމަކަށް ވިޝް ކުރީ؟] އަވަސް އަވަހަށް ލާރާ އަހައިލިއެވެ. [ހެހެ މާއިލްގެ ވިޝް ޓްރޫ ވިއްޔާ ބުނާނީ.. އޭގެ ކުރިން ނޯ. ހެހެ] ލާރާ ނޭފަތާ ކުޅިލަމުން މާއިލް ބުނެލިއެވެ. [އެހެންވިއްޔާ ލާރާވެސް އޭރުން ބުނާނީ] ހިނިތުންވެލަމުން ލާރާ ބުނެލިއެވެ. ދެމަފިރިން ލޯބި ކުރަމުން ދިޔައިރު ފަހަތުގައި މަންޒަރު ބަލަން 3 ވަނަ މީހަކުވެސް ހުއްޓެވެ.
**********
[ޕިސް ޕިސް ތި ދޮރު ދެކެ ކޮން ރުޅިއެއްތަ ތިއައީ؟؟] ކޮޓަރިއަށް ވަދެ ނޫރާ ބާރު ބާރަށް ދޮރު ޖެހުމުން ސޯފާގައި ސިނގިރޭޓެއް ބޯން އިން ޔާއިދު ސިހިފައި ބުނެލިއެވެ. [ރުޅި އަންނާނެއްނޫންތަ؟ އެފެނުނީމަވެސް މިހާރުވެސް އެދޭތި އެތިބީ އަތިރި މަތީގަ މާފޮޅުވަން.. ވަޓް ދަ ހެލް އިސް ދިސް ޝިޓް] ތުން އޫ ކޮއްލަމުން ސޯފާގައި އިށީންދެ ނޫރާ ބުނެލިއެވެ. ލުއި ގޮތަކަށް ހިނިތުންވެލަމުން ޔާއިދު އަތުގައި އޮތް ސިނގިރޭޓު އެއްލާލާފައި އަހިސް ނޫރާ ގާތު އިށީނެވެ. [ދަރިޔާ ނޫރާއެއްނޫންތަ ބުނީކީ އަސްލު ސިހުރު ހަދާނީއެއް ނޫނޭ؟ ދެން މިހާރު ކީކޭ ތިކިޔަނީ؟ ދެން ހަމަ ޖެހިބަލަ.. ނޫރާ ބުނީމެއްނުން ދޯ ސްލޯ އެންޑް ސްޓެޑީ ކޮށޭ ދާން ބޭނުމީ؟ ސޯ ލެޓްސް ޑޫދެޓް؟ ނައު ކާމް ޑައުން…] ނޫރާ ބުރަކަށީގައި ފިރުމާލަމުން ޔާއިދު ބުނެލިއެވެ. ފުން ނެވާއެއް ލަމުން ނޫރާ ބޯޖަހައިލިއެވެ.
*5 މަސް ފަސް*
ފަތިހުގެ ހަމަހިމޭން ވަގުތެވެ. ގަޑިން 30 5 ވަނީއެވެ. އެހެންޔާވިއްޔާ 4 ޖަހާއިރު ތެދުވާ އީން މިއަދު ނުތެދުވެވިފައި އެއޮތީ ބަނޑަށް އުނދަގޫތަކެއްވާތީއެވެ. ހީވަނީ ބަނޑުގައި ކުދި ކުދި ފަނިތަކެއް ދުވާހެންނެވެ. ތެދުވަން އުޅޭ އިރަށް ބޮލަށް އެނބުރުން އަރަނީއެވެ. ނަމަވެސް 7 ޖެހުމުން ދެން ކެއްކޮއްލާފައި އީން ތެދުވިއެވެ. އެވަގުތު ހީވީ ހުރިހާ ބޮތްކެއް އެއްފަހަރާ ނިއްވާލި ހެންނެވެ. މޫނު މައްޗައް އަނދިރިވެގެން ދިޔައެވެ. އީން ބޮލުގައި ދެއަތުން ހިފާ ބާރުކޮއްލިއެވެ. ދެތިން ފަހަރަކު ފުން ނޭވާއެއް ލުމުން އީން ހަމައަކަށް އެޅުނެވެ. އެހެން ކަމުން މަޑު ހިނގުމެއްގައި ހިނގާލާފައިގޮސް ފާހާނާއަށް ވަނެވެ. ދަތް އުނގުޅާލުމާއި އެކު އީންއަށް ހޮޑު ލެވުނެވެ. ފެންވަރާ ހަމަ ޖެހިލައިގެން އީންގޮސް ކަލަންޑަރު ކައިރީގައި ހުއްޓުނެވެ. އީންއަށް ހީވީވެސް ހަމަ ރަނގަޅަށެވެ. އީންގެ މައްސަރު ކަންތަށް ނުޖެހޭތާ މިހާރު 2 މަސް ވެއްޖެއެވެ. ހިނިތުންވެލަމުން އީން ބަނޑުގައި ފިރުމާލި އިރު އީންގެ ކުޑަ ދެލޮލުގައި ކަރުނައިގެ އަސަރު ހުއްޓެވެ. ނިދިފައި އޮތް ވިޝާމްއަށް އުނދަގޫ ނުވާނޭހެން މަޑު މަޑުން ސިޓިންގްރޫމްއަށް ނިކުމެ ލާރާއަށް ގުޅާލިއެވެ.
ބަދިގެ ތެރޭގައި ފިޔާ ކޮށަން ހުރި ލާރާ އޭނާގެ މަސައްކަތް ހުއްޓައިލީ ފޯނު ރިންގުވަމުން ދާތީއެވެ. ކުރަން ހުރި މަސައްކަތް ހުއްޓާލާފައި އަތް ދޮވެލާފައި ފޯނު ނެގީ ގުޅަމުން ދިޔައީ އީން ކަމުގައިވީތީއެވެ. [ހަލޯ؟ ކޮބާ ހާދަ ހެނދުނަކާ ކޮންކަމެއް ލައިގަތީ؟] ލާރާ ފޯނު ހިފައިގެން ގޮސް ސިޓިންގްރޫމް ސޯފާގައި އިށީންދެލަމުން ބުނެލިއެވެ. [ލާރާ… އައި ތިންކް…. އައި ތިންކްއައި އޭމް ޕްރެގް..] އީން ކުޑަ ހަޅޭ އަކާއި އެކު ބުނެލިއެވެ. [ވަޓް؟ ފޯރިއަލް؟ ދޮގު ނަހަދާ..] ލާރާ އަވަސް އަވަހަށް ބުނެލިއެވެ. [ހަމަ އަސްލުއޭ..] މިއަދު ވީގޮތާއި މައްސަރުކަންތަށް ނުވާ ވާހަކަ ލާރާ ގާތުގައި އީން ބުނެލިއެވެ. [އަޅެ ހިނގާބަ މަށާއެކީ ޓެސްޓް ހަދަން ދާން..] އީން ބުނެލިއެވެ. [ޔެސް ޔެސް ލެޓްސް ގޯ.] އަވަސް އަވަހަށް ލާރާ ބުނެލިއެވެ. މަންމަ ގާތުގައި ވަރަށް އަވަހަށް ބެރަށް ގޮސްލާފަ އެބަ އަންނަމޭ ބުނެ ކުޑަ ގޮތެއްހަދައިގެން ލާރާ އަވަސް ހިނގުމެއްގައި ހިނގައިގަތެވެ. ނަމަވެސް ބޭރު ދޮރު ހުޅުވާލުމާއެކު ފެނުނު މަންޒަރުން ލާރާއަށް ހީވީ މުޅި ދުނިޔެވެސް އެނބުރި ގައިންހެންނެވެ. އިސާހިތަކު ލާރާގެ ދެލޮލަށް ކަރުނަ ޖަމާވެގަތެވެ. [މާއިލް!!!!] ލާރާގެ އަޑުގައި ރުޅިވެރި ކަމާއި ހިތާމަވެރިކަންވެސް ވިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.







Woww vrh reethi mi part vx maasha Allah.. Anehka maail keeh kureybaa??
Waiting for the next ep curiously..
Whens the next ep??
Lyssm dear
💜🦋
hehe less c dhw maail kurii kyh thw.. part 13 is out now go read it<3
love you moreee bishh <3
Oh my god shihaa curious kohlaafa nihmaalee anehkaa nooraa keehkuree
Can’t wait to see what happened next when is next part
May God bless our hard work
Curiously waiting
Lysm my dear shihaa 🤗☺️
awwhh jazaakallah may god bless ur dreams too love <3
part 13 is out now go read now <3
love you more darl<3
Hey Darla
Rifoo adhi kiriyaa ingey mi vaahaka mi kiyaali.mii rifoo ge first comment shihaa ge vaahaka akah.mi vaahaka thedhu thedhah bunayya hama varah vx reethi Masha Allah ❤️.even i got speechless.ehaa vx reethi.you are a great and talented writer.you can be a top writer one day.i will pray for you.thee hama varah molhu liyuntheri eh Masha Allah ❤️
Alhe mi noora vx dho.maail and laara dhuru kuran hama.Rifoo ge athu jehijjeyya mi noora maraa laanan. eyrun hunnany maai and laara dhuru kurevifa.Lol (ingey mi real life ga ulhey baeh noon kan.ekam hama buneli)isthiri hadhan dho mi noora mi ulheny.
Once again story varah reethi Masha Allah.
Kon irakun next part kiyaalan libeyni.i know mi shihaa ge exam dhuvas kolhu kan.kurin part e part upload vi dhuvahu kiyaalin.ehen ve aslu mi story ah interest vee ves.
Curiosly waiting for the next part
Will wait ingey until you submit next part
Love you shihaa ❤️💋
hey rifoo <3
hehe jazaakallah really really appreciate your comment<3
yeah it is my exam days ehnve mi dheytherein dhiya dhuvasskolheh upload nukurevi ekm dhn shihaa test ah dhaan jehenii 23 ga so midhuvass kolhu adhi liyeveyne in sha allah.
hehe dhn lesss c dhw what happens to maail n laaraa. nooraa vess dhn hadhaa ehcheh balamaa dhw hehe. hope u love my story. and i am over the moon since i got ur comment <3
love you moree rifoo<3