[އޯހް ވާއު… ސޯ ދޭ ގެޓިން މެރިޑް އެޓް ދަ ސޭމް ޑޭ؟ ހެހެހެ އަވަރ ޕްލޭން ޖަސްޓް ގޮޓް އީޒިއާރ..] މަންޒަރު ބަލަން ހުރެފައި، ކައިރީގައި ހުރި ނޫރާ ގާތުގައި ޔާއިދު ބުނެލިއެވެ. ދެމީހުން އެކީ ޖަހާލީ ނުލަފާ ހިނިގަނޑެކެވެ. މަކަރުން ފުރިފައިވާ މި ދެމީހުންގެ ސަބަބުން ދެން މި ދެ ޖޯޑަށް ވާނީ ކިހިނެތްބާއެވެ؟
********
އަރާމު ނިދިން ނިދާލާފައި އޮތް މާއިލްއަށް ހޭލެވުނީ ފޯނު ރިންގުވާ އަޑަށެވެ. ކުކުރާލަމުން އެއްލޯ ހުޅު ވާލާފައި ގުޅަނީ ކާކުތޯ ބަލައިލިއެވެ. [މައި ލަވް] ގެ ނަމުން ސޭވް ކޮއްފައި އިން ލާރާގެ ނަންބަރު ފެނުމުން ހިނިތުން ވެވުނެވެ. ލާރާ ގުޅަނީ ކީއްވެކަން މާއިލްއަށް ކިތަންމެހާވެސް ރަނގަޅަށް އެނގޭތީއެވެ. [މާއި ތެދުވޭ އަވަހަށް މިސްކިތަށް ދާން.. ބަންގި ގޮވަން މިހާރު 15 މިނިޓް] މިއީ ކޮންމެ ދުވަހެއްގެވެސް އާދައެވެ. ކޮންމެ ދުވަހަކު ފަތިސް ނަމާދަށް ގޮވުމުގެ ކުރިން ލާރާ މާއިލްއަށް ގޮވާނެއެވެ. ދީނީ ކަންކަމަށް ލާރާ ބަހަށްޓާ ފަރުވާތެރިކަން ކިތަންމެހާވެސް މާއިލްއަށް ކަމުދެއެވެ.
އަރާމު ނިދީގައި ނިދާފައި އޮތް އީންއަށް ހޭލެވުނީ ފޯނު އެލާރމް ވާ އަޑަށެވެ. އެލާމް ކަނޑާފައި ތެދުވެ އިށީނެވެ. އެވަގުތު އީންގެ ލޮލުގައި އަޅައިގަތީ ވިޝާމްގެ ފަރާތުން އަހިސްފައިވާ ލޮބުވެތި މެސެޖެވެ. [ގުޑް މޯރނިންގް މައި ކުއީން] ލަދުންގޮސް އީންއަށް އޭނާގެ ތުންފަތުގައި ދަތް އަޅާލެވުނެވެ. އީންވެސް ވިޝާމްއަށް ހެދުނުގެ ތަހުނިޔާ ކިޔުމަށް ފަހު ތެދުވެ ތަންމަތި ރީތި ކޮއްލުމަށް ފަހު ފެންވަރާލަން ދިޔައީ އިރު އެރުމުގެ ކުރިން ފަތިސް ނަމާދު ކޮއްލުމަށެވެ.
ޝޯލްގެ އެންމެ ފަހު ޕިން ޖަހާލުމަށް ފަހު ލާރާ ދެފަރާތަށް އެނބުރިލާފައި ހިތްހަމަޖެހޭ ވަރު ވުމުން ތުންފަތުގައި [ސެކްސީ ޕިންކް] ލިޕް ޕްލަމް ހާކާލިއެވެ. އެއަށް ފަހު ސެންޓު ޖަހާލަމުން އަތުކުރީގައި އޮތް ރިހި ކުލައިގެ ގަޑިއަށް ބަލައިލިއެވެ. ގަޑިން 30 7 ވަނީއެވެ. ފުރުން އޮތީ 8 ޖަހާއިރުއެވެ.
ލާރާ، އީން، މާއިލް އަދި ވިޝާމް މިއަދު އެދަނީ ކައިވެންޏަށް ހެދުން ގަތުމަށް މާލެ ދާށެވެ. ކައިވެނި ކުރަން މިހާރު ބާކީ އޮތީ އެންމެ 3 ހަފްތާއެވެ. 4 އެކުވެރިންގެ އިތުރުން އެކުދިންގެ އެކުވެރިންނާއި އާއިލާއިން ދިޔައީ ކައިވެންޏަށް ތައްޔާރީތައް ވާން މަސައްކަތް ކުރަމުންނެވެ.
50 7 ވީ އިރު 4 މީހުން ތިބީ ބަނދަރުގައެވެ. އެމީހުން ފުރުވަން ޒާރާ، އަލައިކާ އަދި ނޫރާވެސް ހުއްޓެވެ. [އަޅެ ދެން ޔޫ ގާއިޒް ގެޓިންގް މެރިޑް ދޯ އަޅެ އެޓް ދި ސޭމް ޑޭ.. ޒާ އަހަރުންވެސް ވާނީ ސޭމް ޑޭ އަކު ދޯ މެރީ ކުރަން؟؟] އަލައިކާ ބުންޔެވެ. [ހަހަހަ ސާބަހޭ ފުރަތަމަ ޖެހޭނީ އިންނާނެ ކުއްޖަކު ހޯދާކަށްނުން؟ ނޫރާ ހައު އެބައުޓް ޔޫ؟ ނޫރާ ބިޓެއް ހުރޭތަ؟] ޒާރާ އަހާލިއެވެ. ނުރާއަށް އެއްޗެކޭ ނުބުނެވެނީސް އަލައިކާ ވާހަކަ ދައްކަން ފެށިއެވެ. [މަށަށް ހާދަ ހީވެޔޭ ނުރާއާއި ޔާއިދުއާއި ކަމެއްހެން؟ އަނެއްކާ ކަމެއްތަ؟؟] އަލައިކާ އަހާލިއެވެ. ]އަހައް ނޯވޭ.. ވީ އާރ ޖަސްޓް ބެސްޓީޒް. އެންމެ ބޭބީ އިރުން ސުރެ ވިއާރ ވެރީ ކްލޯޒް.. އަވާރ ޕޭރެންޓްޒް އާރ އޯލްސޯ ބެސްޓީޒް. ސޯ ޓެކްނިކެލީ ވީ ގުރޫ އަޕް ނުގެދާ] ނޫރާ ބުނެލިއެވެ. [އޭ ކޮބާ ފުރާގަޑި ޖެހިއްޖެ..] ހަމަ އެވަގުތު ވިޝާމް ގޮވާލިއެވެ. ލާރާއާއި އީން 3 ކުދިން ގައިގައި މަޑުމަޑުން ބައްދާލާފައި ލާންޗަށް އަރަން ދިޔައެވެ. ދުވަސް ކޮޅަކަށް ނަމަވެސް އެކުވެރިންނާ ދުރުވެވޭތީ އަލައިކާ އާއި ޒާރާގެ ލޮލުން ހިތާމަވެރިކަން ފެންނަން ހުއްޓަސް، ނޫރާގެ ލޮލުން ފެންނަމުން ދިޔައީ ބަޔާން ކުރަން ދަތި ކުލަވަރެކެވެ.
**********
2 ގަޑި އިރުގެ ދިގު ދަތުރަކަށް ފަހު 4 އެކުވެރިން ތިބެން ހަމަ ޖެހިފައިވީ އެޕާރްޓްމެންޓްއަށް ދިޔައެވެ. 2 ރޫމް އިންނަ އެ ކުޑަ އެޕާރޓްމެންޓަށް ވަދެވުމާއި އެކު އީންއަށް ފުރަތަމަ ވެސް ހޯދާލެވުނީ އެނދެވެ. ލާރާވެސް ވަރުބަލި ވެފަހުރިވަރުން ގޮސް ވަނީ ކޮޓަރިއަށެވެ. ކޮޓަރި ހަދާލާފައި ހުރިގޮތް ކިތަންމެހާވެސް ފުރިހަމައެވެ. މަޑު ރީންދޫ ކުލައެއް ލާފައި ހުރި އިރު ހަމަ އެކުލައިގެ ސޯފާއެއްވެސް ހުއްޓެވެ. ކުއީން ސައިޒް އެނދުގައިވެސް ހުރީ ހުދާ ރީންދުލާ އެކުލެވޭފަދަ ބެޑުޝީޓެއް ލާފައެވެ. އިރުކޮޅަކު އަރާމުކޮށް ނިދާލުމަށް ފަހު ޝޮޕިންއަށް ދިޔުމަށް ނިންމައިގެން 4 އެކުވެރިންވެސް ދިޔައީ ނިދާލާށެވެ.
*********
ހަވީރުގެ ވަގުތެވެ. ލާރާއާއި އީން ދިޔައީ ބްރައިޑްގެ އެއްޗެހި ވިއްކާ ފިހާރައަކަށެވެ. މާއިލްއާއި ވިޝާމް ދިޔައީ ގްރޫމްގެ އެއްޗެހި ވިއްކާ ފިހާރައަކަށެވެ. ލާރާއާއި އީންވެސް ނިންމީ ކަޅު ކުލައިގެ ހެދުމެއް ގަންނާށެވެ. ވެޑިންގް ޑްރެސްގެ އިތުރުން ރަން ކިޔާ ދުވަހު ލާނެ ހެދުމެއްވެސް ގަތެވެ.
ހުރިހާއެއްޗެއް ގަނެ ހަމަވީ އިރު ރޭގަނޑު 9 ވެސް ޖަހައިފިއެވެ. 4 އެކުވެރިން ނިންމީ އެއްޗެހިތައް ގެއަށްލާފައި ރެސްޓޯރެންޓްއަކަށް ކާންދާށެވެ. ކާން ތިބި އިރުވެސް ދެކެވެމުން ދިޔައީ ކާވެނީގެ ވާހަކެވެ. [ސޯ ހަނީމޫންއަށް ދާން ޖޯލި ރިސޯރޓްއިން ހަމަ ޖައްސައިފިން.. 2 ވީކްސްއަށް.. އޯކޭ އޭނުން؟] މާއިލް ބުނެލިއެވެ. [ހޫމް ދެން ދެކުދިން ރަންކިޔާނެ އަދަދެއް ހަމަ ޖައްސައިފިންތަ؟] މާއިލްގެ ބަހަށް ލާރާއާއި އީން ބޯޖަހައިލުމުން ވިޝާމް އަހާލިއެވެ. [ޔާ ވީ ބޯތް ޑިސައިޑެޑް ޓު ޑޫ ފޯރ 5000 ދޯ އިއްނޫ] އީންއަށް ދޯދެމުން ލާރާ ބުނެލިއެވެ. އީން ހިނިތުންވެލަމުން ބޯޖަހާލިއެވެ.
ދަންވަރުގެ ވަގުތެވެ. އީންއަށް ހޭލެވުނީ ފެންބޮވައިގަނެގެންނެވެ. އީން ތެދުވެ އިށީންނަމުން ގަޑި ބަލައިލިއެވެ. ގަޑިން 30 1 ވަނީއެވެ. ފެންފުޅީގައި ފެން ހުރި އިރު ފުޅީ ހުސް ވެފައި ހުރުމުން އީންއަށް ތުން އަނބުރާލެވުނެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ވަށް ބުރުގަލެއް އަޅައިގެން އީން ނުކުތީ ބަދިގެއަށެވެ. އޭރު ލާރާ ލޯބިކޮށް ނިދާލާފައި އޮތެވެ.
ގަޑިން 30 1 ވަނީއެވެ. އަދިވެސް ވިޝާމްގެ ލޮލަކަށް ނިންޖެއް ނާދެއެވެ. ދުވަސްކޮޅަކުން އީން މުޅި އުމުރުދުވަހަށް އޭނާގެ ހައްގަކަށް ވަނީއޭ ހިތައް އެރުމުން އެހިތަށް އުފާވެރިކަން ލިބެނީ އިންތިހާއަށެވެ. އެވަގުތު މީހަކު ބަދިގޭގައި އުޅޭ އަޑު އިވުނުހެން ވިޝާމްއަށް ހީވިއެވެ. [މިގަޑީ ކާކުބާ؟] ވިޝާމްއަށް ސުވާލު ކޮއްލެވުނެވެ. ކައިރީގައި އޮތް ޓީޝާޓު ބޮލަށް މަހާލަމުން ވިޝާމް ކޮޓަރިން ނިކުން އިރު މައުސޫމްކަންމަތީ މާއިލް ނިދާލާފައި އޮތެވެ.
[އިއްނޫ؟] ފެންބޯން ހުރި އީން ފެނުމުން ވިޝާމް ގޮވާލިއެވެ. ހިނިތުން ވެލަމުން އީން ފަހަތަށް އެނބުރި ބަލައިލީ އެއީ އެ ހިތުގެ ރާޖާ ކަން ކަށަވަރުވުމުންވެ. [މިއޮއް ދަންގަޑީގައި ނުނިދާ ކީއްތިކުރަނީ؟] ވިޝާމް އަހާލިއެވެ. [ފެންބޮވައި ގަނެގެން ހޭލެވުނީ.. ވީޝާމް ހޭލާ ކީއްތިކުރަނީ؟ ] އީން އަހާލިއެވެ. [ހަމަ ނުނިދިފަ ލޯބި މިސް ވާ ވަރުން. ބަދިގޭގަ މީހަކު އުޅޭހެން ހީވެގެން މިއައީ.] އީން އަށް ލަދުން އިސް ޖަހާލެވުނެވެ. ވިޝާމް ހިތަށް އެރިއެވެ. ލަދު ގަތުމުން އެރީތި ކަން އެ އިތުރުވަނީ އިންތިހާއަށެވެ. ކޮންފަދަ ރީތި ކަމެއް ހެއްޔެވެ؟ އެއްވިސް އިޙްތިޔާރަކާ ނުލާ ވިޝާމްއަށް އީންއާއި ކައިރިވެވެން ފެށިއެވެ. ވިޝާމްގެ ހޫނު ނޭވާ މޫނުމަށްޗަށް އެޅުމުން އީންއަށް ލޯމަރާލެވުނީ އިޙްތިޔާރަކާ ނުލައެވެ. އީންގެ ފަރާތުން އެ ލިބުނު ފެހި ސިގުނަލާއިއެކު ވިޝާމް އީންގެ ތުންފަތަށް ބޮސް ދިނެވެ. ވިޝާމްގެ ދެއަތް އީންގެ އުނަގަނޑުގައި ވަށާލެވުނު އިރު އީންގެ ދެތަތްވެސް ވީ ވިޝާމްގެ ކަނދުރާގައި ވަށާލާފައެވެ. ނޭވާ ކުރުވުމުން ވިޝާމް އީންއާއި ދުރުވެލިއެވެ. ކުރެވުނު ކަންތަށް އީންއަށް ރެއަކާލީ އެހިސާބުންނެވެ. ގައިތް ލަދުން އަވަހަށް ދުވެފައި ގޮސް އީން ކޮޓަރިއަށް ވަނެވެ. ހިނިތުން ވެލަމުން ވިޝާމްއަށް އޭނާގެ ތުންފަތުގައި ފިރުމާލެވުނެވެ. ކޮޓަރި ދޮރު ކައިރި ހުރި އީންވެސްމެއެވެ. [މައި ފަސްޓް..] ތުންފަތުގައި ފިރުމާލަމުން އީން ހިތާ ހިތުން ބުނެލިއެވެ.
3 ހަފްތާ ފާއިތުވެގެން ދިޔައީ އެސްފިޔަ ޖަހާލާހާ އަވަހަށެވެ. އެގޮތުން މިއަދު މިއީ ލާރާ އަދި މާއިލް، އީން އަދި ވިޝާމްގެ ކައިވެނި ކުރެވޭނެ ދުވަހެވެ. ޔަގީނުންވެސް އެހަތަރު މީހުންގެ ހަޔާތަށް އަންނާނެ އެންމެ އުފާވެރި އެއް ދުވަހެވެ. ނަމަވެސް އުސްގަނޑަކަށް ފަހު އަޑިގަނޑަކާވެސް ކުރިމަތި ލާން ޖެހެއެއްނޫން ހެއްޔެވެ؟ ކައިވެނީގެ ބޮޑު ހެދުމުގައި ތައްޔާރުވަމުން ދިޔަ ލާރާއާއި އީން އާއި އެއްފަދައިން ކޯޓު ފަޓުލޫނުގައި ތައްޔާރުވަމުން ދިޔަ މާއިލްއާއި ވިޝާމް އެކޭ އެއްފަދައިން އެ ކައިވެންޔަށް ނޫރާއާއި ޔާއިދު ވެސް ތައްޔާރު ވަމުން ދިޔައީ ވިހަ ލާން ތައްޔާރުވަމުންދާ ހަރުފައެއް ފަދައިންނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






