ޝެރިން (10 ވަނަ ބައި)
“އެތެދެއް، މަންމާ! ތިހެން ނުކައި ނުބޮއި އިނަކަސް ވަކި ކޮން ފައިދާއެއް އޮންނާނީ…؟ ތަންކޮޅެއް ބަސް ގަބޫލު ކޮއްލައިގެން އަހަރެމެންނާއެކު ކުޑަކޮށް މަޖާ ކޮށްލިއްޔާވެސް ހިތަށް ކުޑަ ނަމަވެސް ހިތްހަމަޖެހުމެއް ލިބޭނެ… ޝެރީއްކޮ އަންނައިރު މަންމަ ވީރާނާ ކަށިކޮޅަކަށް ވެފައި ހުއްޓާ ފެނުނީމަ އޭނަ ވެސް ދެރަވާނެ އެއްނު.” ނީމް ދިޔާނާއަށް ހިތްވަރު ދިނެވެ.
ދެބެން ކިޔާވަރުން އެންމެފަހުން ދިޔާނާ ފަނިތަށިން އެތިފޮދެއް ބޮއިލައިފި އެވެ. އެއަށްފަހު ބަލަމުން ގެންދިޔަ ފޮޓޯ އަލްބަމުގައި އޮތް ފޮޓޮއެއް ދައްކާލި އެވެ.
“މަންމާ، މީ ކޮންކުއްޖެއް؟” ގާތްގަނޑަކަށް ދެތިން އަހަރުގެ ތުއްތު ފިރިހެން ކުއްޖެއް އިން އެފޮޓޯގަނޑާއި ދިމާއަށް ދާނިޔާ އިޝާރާތް ކޮށްލި އެވެ. އެއީ ފުށްގުޅަވަރެއްހެން އޮތް ވަރަށް ލޯބި ދޮންދޮން ކުއްޖެކެވެ. ނިދާފައި އޮތްލެއް ހާދަ މަޢުޞޫމެވެ. ކުޑަކޮށް ހިނިތުންވެލައިފައި ވާގޮތުން މީހެއްގެ ހިތްވެސް ލޯބިން ބަންޑުންވެދާނެ އެވެ.
“މިއީ އަހަރެންގެ މިކްޔާލް… އޭނަ ކުޑައިރުގެ ފޮޓޮއެއް… ނިދާފަ އޮވެގެން ކޮންމެވެސް ކަމަކާ ހެނީ… އަހަރެން އަދިވެސް އެދުވަސް ހަނދާން އެބަހުރި…” އަމިއްލަ ނަފްސާ ވާހަކަ ދައްކާހެން ދިނާޔާ ވާހަކަ ދެއްކީ ހުވަފެނީ ގޮތަކަށެވެ.
“ޔާލް ބޭބެތަ؟” ކުޑަކޮށް ހެވިލާފައި ދާނިޔާ އެފޮޓޮއަށް ބަލާލި އެވެ. ހަމަ ފައްކާ ފުށްގަނޑެކެވެ. ވަރަށް ލޯތްބެވެ. “އަދި ކިރިޔާ މިފެނުނީ ބޭބެ ކުޑައިރުގެ ފޮޓޮއެއް…”
“މިއީ މަންމަ ވަރަށް ފޮރުވައިގެން ގެންގުޅުނު ފޮޓޮއެއް. މިނޫނީ ނީންނާނެ ޔާލްގެ ނިދާފައި އޮތް ފޮޓޮއެއް… އިނގޭތަ ޔާލް ނިދާފަ އޮތްއިރު ކިޔަމުން ގެންދިޔައީ ކޮންއެއްޗެއްކަން؟”
ދިނާޔާގެ މިޖުމުލައަށް އެންމެންގެ ސަމާލުކަން ހުއްޓުވި އެވެ.
“އޭނަ ކިޔަމުން ގެންދިޔައީ… ‘މަމް….. އާދޭ…’ މިހެން…” ދިނާޔާގެ ލޮލުން ކަރުނަ ނީރާލި އެވެ. “އަހަރެން އަދިވެސް ހަނދާން އެބަހުރި…”
އެވަގުތު ކޮޓަރިއަށް ވަނީ ސުޖާޢު އާއި ކައިލެވެ. ދާނިޔާ ގޮސް ކޮޓަރީގެ ދޮރުފޮތިގަނޑު ކަހާލުމުން ކޮޓަރިތެރެ އިތުރަށް އަލިވެގެން ދިޔަ އެވެ.
“އަހަން… އަނެއްކާވެސް ދިޔާނާ ރޮނީދޯ؟” ސުޖާޢު އޭނާގެ އަންހެނުން ގާތުގައި އެނދުގެ މަގަތުގައި އިށީންނެވި އެވެ.
“ނޫނޭ… ސުޖާޢު… އަޅުގަނޑު…!!” ދިނާޔާ މިއޮށްހާއިރު ހިފަހައްޓައިގެން ހުރި ކަރުނަތައް އޭނާގެ ޖަންބެއްހެން އޮތް ކޯތާފަތަށް ފައިބާގަތީ މިނިވަން ކަމާއިއެކުގަ އެވެ.
ސުޖާޢު އޭނާގެ އަންހެނުންނަށް ރުއިމުގެ ފުރުސަތު ދެއްވި އެވެ. އޭނާ ދިނާޔާގެ ބުރަކަށީގައި އޯގާތެރިކަމާއިއެކު ފިރުމާލެއްވި އެވެ. ކައިލް، މަންމަ ގާތު އެނދު ކައިރީހުރި ގޮނޑިއެއް ކައިރިއަށް ދަމާލުމަށްފަހު އިށީއިނެވެ. ނީމް ކައިލަށް ބަލާލުމަށްފަހު ކުޑަކޮށް ހިނިތުންވެލި އެވެ. ދާނިޔާވެސް ފަހަތުން އައިސް ކައިލްގެ ކަރުގައި އޮޅުލައިގަތީ ކުޑަކުއްޖެއް ފަދައިންނެވެ.
“ދޮންބޭ…! ކޮބާ ޔާލްބޭބެ؟”
ދާނިޔާ މިކުރި ސުވާލުން ކައިލްގެ ލޭހިނގުންވެސް މަޑުޖެހިލި ކަހަލަ އެވެ. އޭނާ އެންމެ ފަސްޖެހުނު ވަގުތު މިއައީ މާއަވަހަށެވެ.
“އޮފީހުގެ މަސައްކަތެއްގަ ކުޑަކޮށް ބިޒީކޮށް އުޅެނީ…” ކައިލް މަޖުބޫރު ވެގެން ބުންޏެވެ.
“އޭނަ ކައިރީ ބުނެބަލަ މަންމަ ގާތަށް އަންނާށޭ، ދަރިފުޅާ..!” ދިނާޔާ ކަރުނުތައް ފުހެމުން އެދުނެވެ.
“އެތެދެއް… ދިނާޔާ މިހާ ބަލިއިރު ހުރިހާ ކުދިންވެސް ޤަވައިދުން މަންމަ ދެކިލަންވާނެ އެއްނު…” ސަޢުދިއްޔާ ވެސް ދިނާޔާގެ ބަހަށް އެއްބަސްވި އެވެ.
“މިކްޔާލް އަންނާނެއޭ ދިނާޔާ! ދެން އެކަމާ ނުވިސްނާ… ހުރިހާ ކަމެއްވެސް ރަނގަޅުވާނެ އިންޝާﷲ…” ސުޖާޢު ބުނުއްވި އެވެ.
“މަންމާ… އަހަރެން އަންނާނަން ބޭރަށް ނިކުމެލާފަ…” ކައިލް ބުނެލި އެވެ. މަންމަގެ ހުއްދަ ލިބުމާއިއެކު ކައިލް އަވަސްއަވަހަށް ކޮޓަރިން ނިކުތެވެ. އޭނާގެ މިޝްރާބު ހުރީ ތިރިއަށް ފައިބަންހުރި ސިޑިއާއި ދިމާއަށެވެ. ސިޑީގެ ފަޑީގައި ހިފަހައްޓާލައިގެން އެތައްއިރަކު އޭނާ ހުއްޓެވެ. އެވަގުތު ފެނުނީ އޭނާގެ އަތް މޫނާ ދިމާއަށް ގެންދިޔަތަނެވެ. ނިތްކުރީގައި އަތް ކާތާލީ ލިބުނު ހިތާމައާއި މޮޅިންނެވެ.
…………………………………………..
ދެދުވަހު ނުގޮސް ހުރެފައި ދާނިޔާ ސުކޫލަށް އެދަނީ މިއަދެވެ. އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސުކޫލް ގޭޓު ކައިރީ ހުރެ މަގުގެ ދެފަރާތް ބަލާލީ އޭނާގެ އެކުވެރިއެއްގެ ނިޝާނެއް ވޭތޯ އެވެ. އޭނާއާއިއެކު ގޭޓު ކައިރީ އެހެން ކުލާހެއްގެ ދެތިން އަންހެން ކުދިންވެސް ތިއްބެވެ. މަގުމަތިންދާ ސައިކަލު ތަކަށާއި މީހުންނަށް ބަލަން ހުއްޓާ ފަހަތުން މީހަކު އައިސް ދާނިޔާގެ ލޯމަތީގައި އަތްއަޅައިފި އެވެ.
“މިންނުތަ؟ މަށަށް އިނގެޔޭ ދެން އަތް ނަގާބަލަ…” ދާނިޔާ ހެމުން ބުނީ އެއީ އޭނާގެ ރަޙުމަތްތެރިންގެ ތެރެއިން އެކަކު އޭނާއާ ސަމާސާ ކުރަނީ ކަމަށް ހީކޮށެވެ.
“ނޫން…” ދާނިޔާގެ ކަންފަތުގައި ޖެހުނީ ލާނެތް ފިރިހެން އަޑެކެވެ.
“ރަޔާން…!” ދާނިޔާގެ އަޑުގައި އުފާވެރިކަމުގެ ކުލަވަރު ޖެހުނީ ހަމަ ކުއްލިއަކަށެވެ. އޭނާ އަވަސްއަވަހަށް އެނބުރި ފަހަތް ބަލާލި އެވެ. އޭނާގެ ހިތާއި ފުރާނަ ފަދަ ރަޔާން އެހުރީ އޭނާގެ ކުރިމަތީގަ އެވެ. ދާނިޔާ އެންމެ ކަންބޮޑުވީ ގޭޓާއި ދާދި ކައިރީ ސުކޫލު އޮފީސް ހުރުމުންނެވެ. އޮފީހުން ހަމަ ނިކުންއިރަށް ކަނާއަތަށް ބަލައިފިނަމަ، ގޭޓު ކައިރީ ތިބޭކުދިން ދާދި ކައިރިން ފެންނާނެ އެވެ. އަދި ދެޖިންސުގެ ކުދިން އެއްކޮށް އުޅުމަކީ ސުކޫލުން ބާރުއަޅާ ކަމެއް ނޫންކަމުން މިފަދަ ގޮތަކަށް ރަޔާން ފެނުމުން އުފާވި ނަމަވެސް ކުޑަކޮށް ޖެހިލުންވެސް ވިއެވެ.
“ކޮންއިރަކު އައީ…؟؟” ދާނިޔާ އަވަސްއަވަހަށް އަހާލި އެވެ.
“ރޭގަ ހަމަ… ރަށުން އައިގޮތަށް އެންމެ ލޮލުފިޔައެއްވެސް ނުޖަހަން… ހަމަ ދާން ދެކޭހިތުން…” ރަޔާން ހީލަމުން ބުންޏެވެ. ރަޔާން އޭނާގެ މަންމަ މާބޮޑަށް ބަލިވެގެން އޭނާގެ ރަށް ކަމަށްވާ ކުޅުދުއްފުއްޓަށް ގޮސް އެއައީ ރޭގަ އެވެ. ބަލި މަންމައަކާއި މުސްކުޅި ބައްޕައެއް ބަލަހައްޓަމުން އަންނަ ރަޔާނަކީ ޒިންމާދާރު ކުއްޖެކެވެ. ދިގު އިސްކޮޅެކެވެ. ރަށުން އަންނަމުން ވަނީ ބޯ ތުނިކޮށް ކޮށާފަ އެވެ. ދާނިޔާހާ ދޮންނޫނަސް ކަޅެކޭވެސް ނުބުނެވޭނެ އެވެ. އެ މަޑު ޗޮކުލެޓް ކުލައިގެ ލޮލަކީ ދާނިޔާ އެންމެ ކަމުދާކުލައިގެ ލޮލެވެ. ނަމަވެސް ކިތަންމެ ވިސްނުން ތޫނުވެފައި، މޮޅުވިޔަސް އޭނާ ކިޔެވުމަށް އެހާ ސަމާލުކަމެއް ނުދެ އެވެ. ރަޔާނާއި ދިމާއަށް ބަލާލުމަށްފަހު ދާނިޔާ މާނަވީ ގޮތަކަށް ހީލި އެވެ. އަދި ހަމަ އެސިކުންތުކޮޅު އޭނާގެ މޫޑު ގޯސްވާންފެށި އެވެ.
“ކިހިނެތްވީ ދާން؟ ކަމެއް ގޯސްވީތަ؟ އަޑުއެހިން ތިގެއަށް ހިތާމަވެރި ކަމެއްވެއްޖެޔޭ ކީއަޑު… ބުނެބަލަ. ކޮންމެވެސް ކަމެއް ހިނގައިފި ދޯ؟” އެންމެފަހުން ރަޔާން އެހި އެވެ.
“ޔާ…. ޔޫ އަރ ރައިޓް…!!” ދާނިޔާ އޭނާގެ އަމިއްލަ ކޯތާފަތުގައި ދެއަތް އަޅަމުން ބުންޏެވެ. “ޝެރީއްކޮ ގެއްލިގެން މިއުޅެނީ… އަދި އަހަރެމެންގޭ ކައިރީ ހުންނަ ގޭގަ އުޅޭ ޔައިން ކިޔާ ކުޑަ ފިރިހެން ކުއްޖެއްވެސް…”
“އަސްލުވެސްތަ؟؟ އޯހް… ދެޓްސް ބޭޑް ނިޔުސް…!”
ދާނިޔާގެ ވާހަކަ އަޑުއަހަން ހުއްޓާ ސެޝަން ފެއްޓޭ ގަޑި ކައިރިވާތީ ގިނަ ކުދިން ވަންނަން ފެށުމުން ދާނިޔާމެންވެސް މިސްރާބު ޖެހީ ކުލާސް ރޫމް ތަކަށް ވަންނަން ހުންނަ ސިޑިއާއި ދިމާއަށެވެ. ދެމީހުން ވަކިވީ އެހިސާބުންނެވެ. ހަތަރު ވަނަ ބުރިއަށް އެރެވުނުއިރު ދާނިޔާ ހުރީ ވަރުބަލިވެފަ އެވެ. ޓިޝޫ އަކުން މޫނުގައިހުރި ދާތިކިތައް ފުހެމުން އަންނަނިކޮށް ކުލާސް ދޮރުމަތިން އޭނާގެ ކުލާސް ކުދިންނާ ދިމާވި އެވެ. އެއެންމެން ކުލާހަށް ނުވަދެ ބޭރުގައި ތިބުމުން ދާނިޔާ ސުވާލުކުރަން އަނގަ ހުޅުވާލި އެވެ.
“ހޭއި…!!! ކުލާސް ހިޞޯރު ކޮށްގެން އެބަތިބި އެމީހުން…!! ވަރަށް ފޫހިވޭ!” ދާނިޔާއަށް ބަހެއް ނުބުނެވި އުޅެނިކޮށް އެކަކު ތުންފިއްތާލާފައި ބުންޏެވެ.
“އޯހް… މިއަދުވެސްތަ…؟؟ ދެން އެމީހުންގެ ކުލާހެއްވެސް ނޫނެއްނު މީ..!” ދާނިޔާ ފޫހިވެފައި ބުނެލި އެވެ. އެމީހުންގެ ކުލާހުގައި އެހެން ކުލާހެއްގެ ކުދިންތަކެއް އިތުރު ގަޑިއެއް ކިޔަވަނީ އެވެ.
“އޭތް ދާން..!! ހިނގާ ލައިބްރަރީއަށް…!” ޝަހާ ދާނިޔާއަށް ގޮވާލި އެވެ.
“ނޫނޭ… އަހަރެން ނުދާނަން… އެހެންނޫނަސް ބޯއިސް ތިބޭނެ އެތާ…؟” ދާނިޔާ ތުންއަނބުރާލި އެވެ. އެއަށްފަހު ކުލާސް ކުރިމަތީ ހުރި ބެލްކަނީ ރެއިލިންގައި އެއް އުޅަނބުށި އަޅުވާލާފައި އަނެއްއަތުން ފޯނުނަގާ ބަލާލި އެވެ. މިއީ އޭނާއަށް ކުރެވުނު މޮޔަކަމެއްކަން ރޭކާލީ ޓީޗަރަކު އޭނާގެ ނަމުން ގޮވާލުމުންނެވެ.
“ދާނިޔާ…!!” އޭރު އެޓީޗަރު ދާނިޔާއާ އަރާ ހަމަކުރަނީ އެވެ. “ޔޫ ނޯ ދިސް އިޒް ނޮޓް އެލޮވްޑް، ރައިޓް؟ އަވަހަށް ގެނޭ މިސް އަތަށް ފޯނު…”
ކުލާސް ރޫމް ކައިރީވިޔަސް، އެތެރޭގައިވިޔަސް، މޯބައިލް ފޯނު ނެގުމަކީ މަނާކަމެކެވެ. ފޯނު ނެގުން ހުއްދަވާނީ ހަމައެކަނި ގްރައުންޑް ފޮލޯގަ އެވެ. ސުކޫލުގެ އެނޫން ތަނެއްގައި މޯބައިލް ފޯނު ނަގައިގެން ހުއްޓާ ފެނިއްޖެ ނަމަ ފޯނުތައް އަތުލުމަކީ ސުކޫލުގެ އުޞޫލެވެ. މިފަހަރު ދާނިޔާއަށް ވެސް ވީމިފަދަ ގޮތެކެވެ.
“ދެން… ވަރަށް ފޫހި…!” މިސް ދިޔަދިމާއަށް ބަލަން ހުރެފައި ދާނިޔާ ތުން އޫކޮށްލި އެވެ. ފޯނު ދެން އަނބުރާ ލިބޭނީވެސް ހަފްތާއެއްހާ ފަހުންނެވެ.
“އޭތް… ޔޫގެ ފޯނު އަތުލީ ދޯ..!؟ އެހެންނޭ ވާނީ… މަފޯނުވެސް ކިރިޔާ އެއްދުވަހު ސަލާމަތްވީ…” ކައިރީ ހުރި ޝަހާ ބުންޏެވެ. ދާނިޔާ އެއިން އަޑެއް އިވޭކަމަށްވެސް ނުހެދި އެވެ. ވީފޫއްސެއްގެ ބޮޑުކަމުން ބެލްކަނީގެ ރެއިލިންގައި ދެއުޅަނބޮށި ވިއްދާ، މޫނުގައި އަތުން ހިފަހައްޓާލި އެވެ. އޭރުވެސް އޭނާއަށް ކިޔެމުން ދިޔައީ ހަމަ އެކައްޗެކެވެ. “…ވަރަށް ފޫހި… ދެން… ދެން!!”
ކުލާސްތައް ފެށި، އެއްގަޑި ފެށި އަނެއްގަޑި ނިމެމުން ގޮސް، އެންމެ ފަހު ގަޑި ނިމުންއިރު ދާނިޔާގެ މޫޑު ތަންކޮޅެއް ރަނގަޅުވެއްޖެ އެވެ.
ކުލާހުން ކުދިންތައް ނިކުންނަން ފެށުމުން ދާނިޔާވެސް އަތްމަތި އަވަސްކޮށްލާފައި ހިނގާގަތީ ޝަހާ ނިކުންނަންވާއިރަށް އޭނާއާ އަރާ ހަމަކުރެވޭތޯ އެވެ. ދުވަމުން ކަހަލަ ގޮތަކަށް ޝަހާއާ އަރާ ހަމަ ކޮށްލުމަށްފަހު އޭނާގެ އަތުގައި އޮތް ކުޑަ ކަރުދާސްކޮޅު ޝަހާއަތަށް ލައިދިނީ ސިއްރުންނެވެ. އަދި އެކަރުދާސްކޮޅު ރަޔާނަށް ހަވާލު ކޮށްދިނުމަށް އެދުނެވެ. ރަޔާންމެން ނިމޭނީ އަދި އެއްގަޑި ނިމުމަށްފަހު ކަމަށް ވުމުންނާއިއެކު، އަދި މަޑުކުރެވެން ނެތްވާހަކަ ބުނުމަށްފަހު އަވަސްއަވަހަށް ހިނގާގަތީ ގޭޓާއި ދިމާއަށެވެ. އަތުގައި ފޯނުނެތުމުން ބަލާއައުމަށް ގެއަށް ގުޅޭނެ ގޮތެއް ނެތިގެން އޮފީހުގެ ފޯނުން ގުޅަން ދިޔައިރު އެތާނގައި ބެލެނިވެރިންނާ ގުޅަން އައިސްތިބި ކުދިން ގިނަކަމުން އެޚިޔާލުވެސް ދޫކޮށްލި އެވެ. އޭނާއަކަށް އެކަނި ގެއަށް ދާކަށް ނުކެރޭނެ އެވެ. އަދި ކުޑަމިނުން ރައްޓެހި ކުއްޖަކާއިއެކުވެސް ހިނގާފައި އެހާ ދުރަށް ދިޔުމަކީ ދާނިޔާއަށް ވާނެކަމެއް ނޫނެވެ. ކައިލް ނޫނީ ސުޖާޢު ކޮންމެ ދުވަހަކުހެން އޭނާ ބަލާއަންނާތީ ދުވަހަކުވެސް އެކަނި ގެއަށްނުދާ ދާނިޔާ މިފަހަރު ޓެކްސީ އަކަށް އަރަން މަޖުބޫރު ވެއްޖެ އެވެ. މެގްނާ މާޓް ފިހާރަ ކަންމަތީ ހުރެ އެހެންދިޔަ ޓެކްސީއެއް ހުއްޓުވާފައި އޭގެ ތެރެއަށް ދެމިގަތެވެ. ޑްރައިވަރު ގާތު ހެންވޭރު ގަރޑަން ވޭލީއަށޭ ބުނެލާފައި، ސީޓުގައި ކުޑަކޮށް ހަމަޖެހިލި އެވެ.
ރަޔާނަށް ދާނިޔާގެ ނޯޓުކޮޅު ލިބުނީ އޭނާގެ ޓީ.ޓީ. ކުލާސް ނިމި ކުލާހުން ނިކުންނަނިކޮށެވެ.
“ރަޔާން… ދާންގެ ފޯނު އަތުލައިފި… އެހެންވެ ދެން ނޯމޯ ކޯލްސް ފޯ ވަން ވީކް… ދިސް އިޒް ޖަސްޓް އަ ނޯޓް ޓު ސޭ ހައި!”
ގަނޑުކޮޅު ކިޔުނުއިރު ރަޔާން އަށް މަޑުމަޑުން އޯހް އޭބުނެވުނެވެ. އެވަގުތު އޭނާގެ ކޮއްކޮ ޝަހާއާ ދިމާއަށް ބަލާލި އެވެ.
“ޓޫ ބޭޑް ފޯޔޫ ލަވް ބާޑްސް…!!” ހިނިގަނޑެއް ޖަހާލުމަށްފަހު ޝަހާ ބުންޏެވެ. ރަޔާން ދާނިޔާގެ ވާހަކަ އެހި އެވެ. އެހެންޏާ ޝަހާއާއި އެކު ކުލާހުގައި މަޑުކުރާ ދާނިޔާ މިއަދު ރަޔާން ނިމެންދެން މަޑު ނުކުރީ ކީއްވެތޯ ސުވާލު ކުރި އެވެ. ޝަހާ ބުނީ އެއީ ދާނިޔާގެ މަންމަ މާބޮޑަށް ބަލިވީމަ ކަމަށެވެ. އެވަގުތު ޝަހާގެ ފޯނު ރިންގުވާން ފަށައިފި އެވެ. އޭރު ދެމީހުންވެސް ތިބީ އޮފީސް ކައިރީ މަޑުކޮށްލައިގެންނެވެ. އެކޮޅުން ވާހަކަދެއްކީ ދާނިޔާގެ ދޮންބެ ކައިލެވެ.
“ދާނިޔާ އެބަހުރިތަ؟ އޭނަ ކީއްވެ ފޯނު ނުނަގަނީ؟”
“ދާން ގެއަށް ގޮސްފިތާ ކިތަންމެ އިރެއް.” ޝަހާ ހައިރާންވެފައި ބުންޏެވެ. ދާނިޔާ އަދިވެސް ގެއަށް ނުދަނީ ހެއްޔެވެ؟ ދެން އެހެންވީއިރު އޭނާ ދާނީ ވަކިކޮންތާކަށްހެއްޔެވެ؟ އޭނާ ދާނިޔާގެ ފޯނު ސުކޫލުން އަތުލާފައިވާ ކަމަށާއި، ދެން ދާނިޔާއަށް އެނަންބަރުން ގުޅޭނީ ހަފްތާއެއް ފަހުންކަން އޮޅުންފިލުވައިދިނެވެ. ކައިލް ދާނިޔާގެ ޚަބަރެއް ފަހުން ނުވޭހޭ އަހާލުމުން ޝަހާ އާއެކޭ ބުންޏެވެ. އަދި އޭނާގެ އިތުރު ކުލާހެއް އޮތުމުން ދާނިޔާއާއިއެކު ނުދެވުނީ ކަން ބުނެދިނެވެ. އެއަށްފަހު ޝުކުރު އަދާކޮށްފައި ކައިލްވެސް ފޯނު ބޭއްވީ އެވެ.
………………………………………
ދާނިޔާ އިން ޓެކްސީ މަގުގެ ކަންމައްޗަށް ހުއްޓާލުމުން ސުވާލު އުފެދިފައި ގޭކުރިމައްޗަށް ހުއްޓައިދިނުމަށް އެދުނެވެ. ނަމަވެސް ޑްރައިވަރަށް އަޑު ނީވުނީ ކަމެއް، ޓެކްސީތެރޭ ޖަހާފައިވާ އިނގިރޭސި ލަވައިގެ އަޑު ގަދައީ ކަމެއް ނޭނގުނެވެ. ކުއްލިއަކަށް ޑްރައިވަރު ކުރީ ސީޓުގެ ދޮރު ހުޅުވައިފި އެވެ. އެވަގުތު ދާނިޔާއަށް ކުއްލި ސިހުމެއް ލިބުނީ ޓެކްސީ ކައިރިއަށް އައި ދެޒުވާނުން ފެނިފަ އެވެ. ބޮޑަށް ވައްތަރީވެސް ޕާޓޭންތަކަކާ އެވެ. ބިރުން ގޮތްހުސްވެފައި ހުއްޓާ އެމީހުން ދާނިޔާގެ އަތުގައި ހިފާ ބޭރަށް ދަމާގަތެވެ. އެވަގުތު ތިބެވުނު ހިސާބެއްވެސް ދާނިޔާއަކަށް ނޭނގެ އެވެ. ބިރުންގޮސް ހަޅޭއްލަވަން އުޅުނުތަނާ އެކަކު ހުޝިޔާރުކަމާއިއެކު އޭނާގެ އަނގަމަތީ އަތްއެޅުމުން އިތުރަށް ހާސްވެ ތެޅިގަނެވުނެވެ.
“އޭތް! ހަމަމިހާރު އޭނަ ގައިން ދޫކުރޭ!!”
ފަހަތުން އިވުނު ފިރިހެނެއްގެ ބާރު އަޑުގެ ސަބަބުން ޑްރައިވަރާއި، ދެމީހުންގެ އިތުރުން ދާނިޔާއަށްވެސް އެދިމާ ބަލާލެވުނެވެ. އޭރު ތަންކޮޅެއް ދުރުގައި ސައިކަލެއްގައި ތިބި ދެމީހުން ފެނުމުން ދާނިޔާ ގައިން ދޫކޮށްލުމާއި، ‘ބައްޕާ… ދޮންބޭ!’ އޭކިޔާ ގޮވާލަމުން އެދިމާއަށް ދާނިޔާ ދުއްވާގަތުމާއި ދިޔައީ ދާދި އެކުގަ އެވެ.
ދާނިޔާ ގައިގައި ލައްކޮށްލައިގެން ހުރި ސުޖާޢު ގާތު ތިބި އިތުރު ފަސްވަރަކަށް މީހުން ދާނިޔާ ހިފަހައްޓަން އުޅުނު ދެމީހުންނާ ޑްރައިވަރު ހުއްޓުވި އެވެ. ސުޖާޢުއަށް އެތަނުގައި ތިބި ދެމީހުން ފެނިފައި ހީވީ އޭނާގެ ދެފައި ބިމުގައި ތަތްލެވި ހެންނެވެ.
“ކަލޭމެންތަ؟؟؟” ދުވަހަކު މިހާ ބާރަށް ވާހަކަ ނުދައްކަވާ ސުޖާޢުގެ އަޑު ހޮނު ގުގުރިއެއްގެ ސިފައިގައި ބޭރުވި ވަގުތު ގާތުގައި ހުރި ކައިލްވެސް ދިޔައީ ތެޅިގަނެގެންނެވެ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
18 Comments!
Comments are closed.




Alhey varah reethi konirakun next part? Haadha ginna dhuvaheh ge inthixaareh thi kuruhvee?
thanx Yoohaa. Faxu bunymehnu exam othy ma ey ? hehe ehenve ey lasvyy. and Alhamdhulillah Fazu buni dhuvahah up kurevijje ? thanx for reading as soon as i upload ? you guyz are awesome ✨
Finally kiyaalan libihje.. hehehe.. varah salhi.. waiting fr nxt part.. 🙂 🙂 🙂 gud lck 😉
Aww.. thanx Ryn. ? by the way, i read your storyz too ? and they are awesome too! 😉 <3
hehehe… ehaa rythi stry eh nukiya hunnaany kaakutha.. 😉 jxt luv it… whn nxt prt? jxt cnt wait vrh intrsting hisaabakun nimunyvx.. hehehe
n thnks.. 😉
hehe thnx anyway . next part day after tmrrw ? up kureveyne emme avas ei?
??????????
Hi
Hi 🙂
Faxu nuves buney up kuri vaahaka..mi part varah salhi ingey…hehe konme dhuvahahaku school ah gos claahah nuvadhe vi gen ulhey haalu varah ragalhah kiyaa dheefi
hehe thanx Jeesh ❤️ ? ? ?
yaa aslu ves fazu mennah vaagoi goi dhw?
thanx again Jeeshy Eeshy?
Knmehen jeeshan kairyga bunan jeheytha vaahaka upkohfaa?faxu varah reethi egey whn nxt part waiting ……
heheheh ?? omg Kidy ves dhww.. ? Kidy kairy ves bunaanan Jeesh kairy ves bunaanan. miadhu school ga ves bunymehnu up kuraanamey ? ? oopsy you both forgot abt it!! ??
next part day after tmrw In Sha Allah ?
v salhi ingey heevy hama aslu hn..claahah nuvadhe ulhunu vaahaka…v majaa dhoo faxoo
edhuvahu
hehehe yaa, dhw Dark Princess ? komme dhuvahehge haalu ?
thanx for commenting XXX