Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އުމުރަށް ތިޔަ ނަމުގާ ފިދާވުން އެދެނީ 10

Nadhoo
Nadhoo Level 1
February 26, 2024 5 Mins Read
6 Comments

ކައިވެނި އަދީ ޕާރޓީވެސް އޮތީ މާލޭގެ މަޝްހޫރު ސްކައިފޯލް ލައުންޖް އެންޑް ރެސްޓޯރެންޓްގައެވެ. ތަން ތައްޔާރު ކޮށްފައިވަނީ ދެވަނައެއްނުވާ ގޯބިގް މޯލްޑިވްސް އިންނެވެ. ކައިވެނި ކުރުމަށް ހަމަޖެހިފައިވާ ތަނަށް އާއިލާގެ އެންމެން ހާޒިރުވިއެވެ. ކަޅު ކުލައިގެ ކޯޓު ފަޓްލޫނުގައި ވަދެގެން އައި ޒަކްވާން ހީވަނީ ބޮލީވުޑްގެ ސްޓާރެއްހެން އެހާ ވެސް ފުރިހަމައެވެ. ޒަކްވާންގެ ދެ ލޯ ހޯދަމުން ދިޔައީ އޭނާގެ ހިތުގެ މަލިކާއެވެ. މާގިނައިރު އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ހުދު ކުލައިގެ ރީތި ވެޑިންޑްރެސްއެއްގައި އައިސް އެވަނީ މެހެރީންއެވެ. ބުރުގާ އަޅާފައި ވުމުން މެހެރީންގެ ރީތިކަން އެތަށް ގުނައަކަށް އިތުރުވެފައިވިއެވެ. ރިފްއަތު އެ ހެދުން ޑިޒައިންކޮށްފައިވަނީ މެހެރީންގެ ލޫޅާފަތި ހަށިގަނޑަ ނުހަނު ގުޅޭގޮތަށެވެ. ބުރުގާގެ މަތިން އަޅާފައިވާ ވެއިލް ގެ ސަބަބުން އެ މޫނު ވިދާ ބަބުޅައެވެ. ” މިއަދު މެހެރީންގެ މަންމަ އާއި ޒަކްވާންގެ މަންމަ ދުނިޔޭގައި ހުރި ނަމަ” މާހިރުއަށް ބުނެވުނެވެ. ޒަކްވާންއަށް މެހެރީން އާއި ދިމާލަށް ކަޅިޖަހާނުލާ ބެލުނެވެ. ކޮށްފައިވާ މޭކަޕުން މެހެރީން ގެ ރީތިކަން ވަކިން ބޮޑެވެ. މެހެރީން ޒަކްވާންގެ އަތުގައި ހިފާލައިގެން ގޮސް ކާވެނި ކުރާން ހަމަޖެހިފައިވާ މޭޒުގައި އެދެމީހުންގެ މަގާމުގަ އިށީނެވެ. ކާވެނީގެ މަޖިލީސްފެށިގެން ކުރިޔަށް ދިޔައެވެ. ޒަކްވާންގެ ދުލުން އަނބިގަބޫލު ކޮށްފީމޭ ބުނި ވަގުތު މެހެރީން އަށް އަލްހަމްދުލިއްލާހި އޭ ބުނެވުނެވެ. ޒަކްވާން އަށް ވެސް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ އޭނާގެ ހިތުގެ މަލިކާ ހާސިލް ވުމުންނެވެ. އާއިލާގެ މީހުން ނާއި ރައްޓެހިންގެ މަރުހާބާ ކިޔުމަށްފަހު ޒަކްވާން މެހެރީންގެ އަތުގައި ހިފައިގެން ގޮސް ޕާރޓީ ގައި ތިބުމަށް ހަމަޖެހިފައިވާ ތަނުގައި ހުއްޓުނެވެ. ރެޑް ކުލައިގެ ފިނިފެންމާތަކުން ޑިޒައިން ކޮށްފައިވާ އެޕާރޓީގައި ތިބި އަންހެން މެހެމާނުން ތިބީ ކަޅު ކުލައިގެ ހެދުން ލައިގެންނެވެ. އަދި ފިރިހެނުން ހުދު ގަމީހާއި ކަޅު ފަޓްލޫނުގައެވެ. ކުޑަ ކުޑަ އަންހެން ކުދިންވެސް ހުދު ހެދުން ލައިގެން ދުވެލަ ދުވެލަ ތިއްބެވެ. ޒިވާ ވެސް ހުދު ކުލައިގެ ހެދުމެއް ލައްވާފައި އޮތުމުން ވަރަށް ލޯތްބެވެ.

ޕާރޓީ ނިމުމުން ޒަކްވާން ޒިވާ އާއި މެހެރީން ގޮވައިގެން ގޮސް ކާރަށް އެރިއެވެ. ކާރު ގޮސް މަޑުކޮށްލުމުން ދޮރުހުޅުވާލަދީ މެހެރީން ފޭބުމަށް އެހީވިއެވެ. މެހެރީން ގޮސް ޒަކްވާންގެ ފަހަތުން ރުމަށް ވަނެވެ. ޒީވާގެ ހެދުން ޗޭންޖް ކޮށްލާފައި ނަގާފައި ފުޅީގައި ހުރި ކިރު ދިނުމުން ޒީވާ ނިދާލާލުމުން ކުޑަ އެނދުގައި ބާއްވާލާފައި ބެލްކަނީގައި ހުރި ޒަކްވާންގެ ކާރިޔަށް މެހެރީން ދިޔައެވެ. މެހެރީން ކައިރީގައި ހުއްޓުމުން ޒަކްވާން އަށް ބަލަން ހުރެވުނެވެ. މެހެރީން ލަދުން ގޮސް ރޫމަށް ވަނެވެ. “ރީން ކީއްވެ ބުރުގާ އެޅީ ” ޒަކްވާންއަށް އަހާލެވުނެވެ. ” ކިހިނެތްވީ އަނެއްކާ ޒެކް ހިތްހަމަ ނުޖެހުނީތަ؟ ” މެހެރީންއަށް ހާސްވެފައި އަހާލެވުނެވެ. ” ނޫން! އަހަރެން އިނީ ރީން ބުރުގާ އެޅީމާ ހައިރާން ވެފަ ނުވެސް ބުނޭ ވީއްޔާ ” ޒަކްވާން ބުނެލިއެވެ. “އަހަރެންގެ ފިރިމީހާ ނޫން އެހެން މީހަކަށް އަހަރެންގެ ރީތިކަން ފެންނާކަށް ބޭނުމެއް ނުވޭ އެހެންވެ” މެހެރީންގެ ޖަވާބު އަހާފައި ޒަކްވާންގެ ހިތް އުފަލުން ނަށާލިއެވެ. “ރީން ހިނގާ އަވަހަށް ނިދަމާ ދޯ؟ ޒީވީ ހޭލާނެއެއްނު ފަތިހު” ޒަކްވާން ބުނެލި އެއްޗަކުން މެހެރީންގެ ހިތުގައި ޖެހުނެވެ. މެހެރީން ގޮސް ޑްރެސިންޓޭބަލް ކުރިމަތީ ހުރެ ވެއިލް އާއި ބުރުގާ ވެސް ނަގާލިއެވެ. އަދި އެތެރެޔަށް ވަދެވޭ ގޮތަށް ހަދާފައި ހުރި ކްލޯސެޓްއަށް ވަދެ ހެދުން ބަދަލުކޮށްގެން ނިކުމެ ފާހާނާޔަށް ވަދެފައި މޭކަޕް ފިލުވާލާ މޫނު ދޮވެލައިގެން އައިސް އެނދުގައި އޮށޯތެވެ. ޒަކްވާން ވެސް ހެދުން ބަދަލުކޮށްގެން އައިސް ބާލީހެއް ނަގައިގެން ސޯފާއާއި ދިމާލަށް ހިނގައިގަތެވެ. ” ޒެކް އަހަރެން ޒެކްގެ ގަޔަކު އަތެއް ނުލާނަން މިތާ އެނދުގައި ނިދިޔަސް ” މެހެރީން އަށް ބުނެވުނީ ތަންކޮޅެއް ހަރުކަށިކޮންނެވެ. ޒަކްވާން އައިސް އެނދުގައި އޮށޯތެވެ. މެހެރީންއަށް ވަރަށް އަވަހަށް ނިދުނެވެ. ނަމަވެސް ޒަކްވާންއަކަށް ނުނިދުނެވެ. މެހެރީން އާއި އެހާ ކާރީގައި އޮންނަން ވުމުން ޒަކްވާންގެ ނިދި ފިލާ ދިޔައެވެ. މެހެރީންގެ ލޯބި މޫނަށް ބަލަން އޮވެވުނެވެ. ހިތްއެދި ގޮވަމުން ދިޔައީ މެހެރީން ގެނެސް ބައްދާލުމަށެވެ. މެހެރީންގެ ތުންފަތުގައި ލޯބިކޮށްލުމަށެވެ. ނަމަވެސް ހިތްވަރެއް ނުކުރެވުނެވެ. މެހެރީން ނުރުހިދާނެހެން ހީވަނީއެވެ. މެހެރީން އަށް ހޭލެވުނީ ފަތިސް ވުމުން ޒިވީ ރޯންފެށުމުންނެވެ. ޒަކްވާންއަށް ވެސް ހޭލެވުނެވެ. ފީޑްކުރަން އިށީނުމުން ބާލީހެއް ނަގާ މެހެރީންގެ އުނަގަނޑުގައި ޒަކްވާން ޖައްސާލިއެވެ. ” ރީން އަހަރެން މިދަނީ ދެން މިސްކިތަށް ދާން ” އަހަރެން އައިސް ބޭބީ އާ ހަވާލު ވުމުން އިނގޭ ރީން ނަމާދު ކުރާނީ” ޒަކްވާން ބުނެލިއެވެ. ” ޒަކްވާން ފާހާނާއިން ނިކުންނަން ވާ އިރަށް މެހެރީންގެ ޒަކްވާންގެ ހެދުން ތައްޔާރުކޮށްލިއެވެ. ފާހާނާއިން ކްލޯސެޓަށް ވަދެވެން އިން ދޮރުން ކްލޯސެޓްއަށް ވަނުމުން އިސްތިރީ ކޮށްފައި އިން ހެދުން ފެނުމުން ޒަކްވާންއަށް ހިނިތުން ވެވުނެވެ. ” ރީން އަހަރެން އަމިއްލަޔަށް ވެސް އިސްތިރިކުރެވޭނެ މިހުރިހާ ދުވަހުވެސް ކުރީ އަހަރެންނޭ” ޒަކްވާން ބުނެލީ އެނދުމަތީގައި އޮތް ޒީވާ އާއި ލޯބިކޮށްލަމުންނެވެ. ” ކުރިން މީހަކާ ވެސް ނީންނަމެއް ނު ސޯ ލެޓް މީ ސޮޕްއިލް ޔޫ ”  މެހެރީން ބުނެލިއެވެ. “ދޫނީ ބައްޕި އެބަ އަންނަން ނަމާދުކޮށްގެން ތިއްތިކޮށް އޮންނާތީ ” ޒަކްވާން ޒީވީގެ ކޮލުގައި ލޯބިން ބޮސް ދީފައި ނިކުމެގެން ދިޔައެވެ. ޒަކްވާން މިސްކިތުން އައުމުން ޒިވީ ދީފައި ގޮސް ފެންވަރާ މެހެރިން ނަމާދު ކުރިއެވެ. އަދި ވަށް ބުރުގާއެއް އަޅައިގެން ގޮސް ބަދިގެޔަށް ވަނެވެ. ” ޒެކް ފަސްޓް ކޮފީ ފްރޮމް ޔޯ ވައިފް ” މެހެރިން ބުނެލީ ޒަކްވާންގެ އަށް ކޮފީއެއް ދިއްކޮށްލަމުންނެވެ. ” ރީން ވެސް ކޮފީތަ ބޮނީ؟” ޒަކްވާންއަށް އަހާލެވުނެވެ. ” ނޫނޭ އަހަރެން މި ބޮނީ ހޮޓް ޗޮކްލެޓެއް” މެހެރީން ހިލާފައި ބުންޏެވެ. ޒަކްވާންއަށް ހަމަ ބެލެނީ ކަޅުކުލައިގެ  ބުރުގާ ގެ ތެރެއިން ފެންނަ އިރު މެހެރިންގެ މޫނުކޮޅުގެ ލޯބިކަމުންނެވެ. ޒަކްވާން އޮފީހަށް ދިޔުމުން މެހެރީން ކުޑަކޮށް ނިދާލިއެވެ. މެންދުރު ނަމާދުކޮށްގެން މެހެރީން ގެޔަށް ކާން އައުމަށް އެދި ޒަކްވާން އަށް މެސެޖްކޮށްލިއެވެ. މިސްކިތުން ނިކުތް ޒަކްވާން މެސެޖް ބަލާފައި ހީލާފައި ކާރަށް އަރާ ގެޔަށް ދިޔައެވެ. މޭޒުމަތިގައި ހުރި ބިރިޔާނީ އެތި ފެނިފައި ޒަކްވާންގެ ކުޅު ދިޔާވިއެވެ. އަވަހަށް ކާންއިށީނުމުން ގޭގައި ގެންގުޅޭ މިލީ އައިސް ތައްޓަކަށް ޖޫސް އަޅާދިނެވެ. ޒަކްވާން ފުރަތަމަ ސުވާ އަނގަޔަށް ލުމާއެކު އެއްޗެއް ހީވިއެވެ. ” މިލީ ކާކު ކެއްކީ ؟” ޒަކްވާން އަހާލިއެވެ. ” އަޅުގަނޑު ބުނަނީ އަޅުގަނޑު ކައްކާނީ އެކަމް މެހެރީން މޭމް އަޅުގަނޑު ބޭބީ ބަލަން ބަހައްޓަނީ އަދި ކައްކަނީ ” މިލީ ގެ ޖަވާބު އަހާފައި ޒަކްވާން އަށް ހެވުނެވެ. ” ހެއި ޒެކް ނިމުނީތަ؟ އަދި ހުންނާނެ ވަރަށް މީރު ފޮނިއެއްޗެއްވެސް ކާންވާނެ މެހެރީން ދަރިފުޅު މިލީގެ އަތަށް ދީފައި ގޮސް ފްރިޖްގައި އިން ޕުޑިން އެތި ހިފައިގެން އައިސް އަޅާދިނެވެ. ” މީރުތަ ޒެކް؟ ” މެހެރީން އަހާލިއެވެ. ” ހުރިހާ އެއްޗެއްވެސް ވަރަށް މީރު ތީ ބެސްޓް ހަމަ ކައްކަން އަހަރެން އަދިވެސް ހަނދާންވޭ ސްކޫލުގަ އުޅުނު އިރު އަހަރެން ގެޔަށް ގޮސް ކައްކަދޭ ކުޅި ނޫޑްލީސް ހާދަ މީރޭ ” ޒަކްވާން ބުނެލިއެވެ. ” ކިހާ ބޮޑު އިއްތިފާގެއް އަހަރެން އަތުން ތި ނޫން މީހަކަށް ކައްކާފަ ކާކަށް ނުދެން ” މެހެރީން އަށް ބުނެވުނެވެ. ” ހޫން އަމަން އަކަށް ވެސް ނުދެން ތަ؟” ޒަކްވާން އަހާލިއެވެ. ” އާން އެގޭގައި ނުހުރޭ ބަދިގެޔެއް ބޭރުން ގެނެސްގެން އަބަދުވެސް ކަނީ ” މެހެރީން ބުނެލިއެވެ. ޒަކްވާން ކައި ނިމިގެން ޒިވީ އާއި ލޯބިކޮށްލުމަށް ފަހު އަނެއްކާވެސް އޮފީހަށް ދިޔައެވެ.

ކައިވެންޏަށް ތިން މަސް ފާއިތު ވެގެން ދިޔައިރުވެސް ޒަކްވާން އާއި މެހެރިންގެ ދެމެދުގައި ލެވިފައި ވީ ފާރު އޭގެ ގޮތުގައި ހުއްޓެވެ. ނަމަވެސް އެކަކު އަނެކަކުގެ ހުރިހާ ކަމެއް ދެމީހުންވެސް ކޮށްދެނީ ކޮށްދޭހިތުންނެވެ. ދެމީހުންގެ ހިތުގައިވެސް ޖަހަމުން ދިޔައީ އެއް ވިންދެއް ނަމަވެސް ބުނާނެ ހިތްވަރެއް އެކަކުގެވެސް ނެތެވެ. ދަރިފުޅާއެކު ލޯބިން އުޅެމުންދިޔައެވެ. މެހެރީންއަށް ހޭލެވުނީ މީހަކު ލަވަ ކިޔާ އަޑަށެވެ. ނިކުމެގެން ގޮސް ޓެރަސްއަށް ދެވުނީ ޒަކްވާންގެ އަޑުގެ ޖާދޫގައި ޖެހިގެންނެވެ. ޒަކްވާންގެ ރީތި އަޑުން ކިޔަމުން ދިޔައީ

ކަރުނަ ފޮހެލާފާ ސިއްރުކޮށްލުންހޭ

ނޫނީ މޮޅުވާނި ހިއްސާކޮށްލުން ހޭ

އޭރުން ވޭނީ ފަރުދާ ކެހެނީ

މޭގޭ ރިހުމާ ހާގީގަތް އެނގޭނީ

އުމުރަށް ތިޔަ ނަމުގާ ފިދާވުން އެދެނީ
ލޯބީގެ ނަޒަރުން ކާލާ އޭ ދެކޭނީ

ގިޓާ ހިފައިގެން ކުރިމަތީ ފޮޓޯ ފްރޭމެއް ބަހައްޓައިގެން އިނދެ ލަވަކިޔަމުން ދިޔަ ޒަކްވާން ފެނުމުން މެހެރީންގެ ހިތަށް ތަދުވިއެވެ. ” ޒެކް ލަވް ސަމް ވަން؟ އެހެން ވީމާ އެހެރީ އަހަރެންނަށްޓަކާ ޒެކްގެ ލައިފް ގުރުބާންކޮށްގެންތަ؟ ” މެހެރީން އަށް ރޮވުނެވެ. ދުވެފައި ގޮސް ރޫމަށް ވަދެވުނެވެ. އިރުކޮޅެއް ފަހުން ޒަކްވާން ގިޓާ ހިފައިގެން އައިސް ރޫމަށްވަނެވެ.” ޒެކް މިހާރުވެސް ލަވަ ކިޔަން ތަ” މެހެރީން އަހާލިއެވެ. ” ހޫމް ދޭތެރެޔަކުން ކިޔަން ” އެހެން ބުނެފައި ގޮސް އަތުގައި އޮތް ފްރޭމް ކަބަޑުގެ ވަތްގަނޑަށްލާ ތަޅުލިއެވެ. ” ރީން އަށް ލަވައެއް ކިޔާދެންތަ؟ ހާދަ ދުވަހެއް ވެއްޖޭ ރީންއަށް ލަވައެއް ކިޔާ ނުދެވޭ ތަން ” ޒަކްވާން އަހާލިއެވެ. ” ޒެކް ކިޔާ ދޭނަން ތަ ރީންއަށް ލަވައެއް ” މެހެރީން އަހާލިއެވެ. ޒަކްވާން މެހެރީންގެ އަތުގައި ހިފައިގެން ސިޓިން ރޫމަށް ދިޔައެވެ. ” ރީން ދިސް އިޒް ފޯރޔޫ ” ޒަކްވާން ބުނެލިއެވެ. ދެން ޒަކްވާން ކިޔާލީ

ތިޔަ ލޯބިވާގެ ލޯތްބަށް އެދިގެން މިހިތް ރޮނީއޭ

ތިޔަ ހިޔާލުގާ މަގޭ ހިތް ކުދި ކުދިވެގެން ދަނީޔޭ

ތިޔަ ރީތިކަން ނުފިލާވެޔޭ ހިތުން

ތިޔަ ނަން ދުލުން ކިޔަމޭ ކިޔާ ހިތުން

ތިޔަ ނޫން ފަރާތަކށް ހިތް ދޭ ހިތް ނުވެސް ވަނީ އޭ

” ރީން ރީތި ތަ؟ ” ޒަކްވާން އަހާލިއެވެ.

” ކުރިޔަށް ވުރެން މާ ރީތި މިހާރު ކިޔާ ގޮތް ” މެހެރިން ބުނެލިއެވެ.

” ޒެކް އަހަރެންނާ އެކު ތި އުޅެނީ އުފަލުން ތަ؟ ” މެހެރީން އަހާލުމުން ޒަކްވާންއަށް ބަލާލެވުނެވެ.
” އަހަރެން މި އުޅެނީ ވަރަށް އުފަލުން ތީ ކީއްވެ ކުރި ސުވާލެއް؟ ” މެހެރީން ހަމަ އެކަނި އިސްޖަހާލީއެވެ.

” ރީން ހިނގާބަލަ ވެކޭ އަކަށް ރިސޯޓަކަށް ނަމަވެސް ދާން ބޭބީ ވެސް މިހާރު 6 މަންތު ވީއެއް ނު ރީން ދާނަން ތަ؟ ” ޒަކްވާން އަހާލިއެވެ.

” އަހަރެން އޯކޭ ހަމަ ”

ދެދުވަސްފަހުން ޒަކްވާން މެހެރީންއާއި ޒިވީ ގޮވައިގެން ދިޔައީ ޔޮޓަކަށެވެ. ” ރީން އަށް އިނގޭތަ މީ ވަރަށް ހާއްސަ ޔޮޓެއް މި ޔޮޓް އަހަރެން ގަތީ މިޔަށް ރީން ކިޔާތީ” ޒަކްވާން ބުނެލިއެވެ. ” މީ ޒެކްގެ ތަ ؟ އެންޑް ރީން ތަ މިޔަށް ކިޔަނީ؟ ” މެހެރީން އަށް އަހާލެވުނެވެ. ” މި ޔޮޓް ގަތީ އަހަރެން އެކަމަކު މީ އަހަރެންގެ ޔޮޓެއް ނޫން ” ޒަކްވާން ބުނެލި އެތިން ހައިރާންވެގެން މެހެރީން އަށް ބަލަން ހުރެވުނެވެ. ” މި ބުނީ މީ ރީންގެ އެއްޗެކޭ އަހަރެން މީތި ގަނެފަ ރީންގެ ނަމުގައި ރެޖިސްޓާރ ކުރީ” ޒަކްވާން ބުނި އެތިން މެހެރިންގެ ދެލޯ ބޮޑުވެގެން ދިޔައެވެ.  މެހެރީން ޒިވީ އަށް ކާންދީ ނިންދަވާ ލުމަށްފަހު ނިކުތީ ޒަކްވާން ހޯދުމަށެވެ. ނަމަވެސް ވާރޭ ވެހޭ އަޑު އިވުމުން ބޭރަށް ނިކުމެވުނީ ގަސްދަކާ ނުލައެވެ. ގޮސް ވާރޭ ތެރެޔަށް ނިކުމެލިއެވެ. ” ރީން މިރޭގަނޑު ތި ތެމެނީ ކީއްވެ ތަ؟” ޒަކްވާން ގޮވާލިއެވެ. މެހެރީންއަށް ޒަކްވާން ފެނުމުން ކުޑަކޮށް ފެންޖަހާލިއެވެ. ޒަކްވާން ފަހަތަށް ޖެހުމުން މެހެރީން ދުވެފައި ގޮސް ޒަކްވާންގެ އަތުގައި ހިފާ ވާރޭ ތެރެޔަށް ގެނައެވެ. އަދި ކުޑަކުއްޖެހެން ފުމެން ފެށިއެވެ. ވާރެޔާ ތެމުމުން ގައިގަ ހެދުން ތައްލާފައި ވުމުން މެހެރީންގެ ހަށިގަނޑު ގެ ބައްޓަން ރީތިކޮށް އެނގެއެވެ. ޒަކްވާން އަށް މެހެރީންގެ ކާރިޔަށް ދެވުނީ ގަސްތަކާ ނުލައެވެ. ނަމަވެސް އިރުކޮޅަކުން ހަމަ ބިމަށް އާދެވުމުން ދުރަށްދާން ހިނގައިގަތެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nadhoo
Follow Me Written By

Nadhoo

Level 1

varah kuda iruh suren varah kiyaahithun vaahaka kiyan vaahaka liyaa hihves vaathy try kohlani mi

Other Articles

Previous

ނީކިޔާ

Next

އިހުސާސްތަކޭމީ 3

Next
February 27, 2024

އިހުސާސްތަކޭމީ 3

Previews
February 26, 2024

ނީކިޔާ

6 Comments!

  1. Anonymous says:
    February 27, 2024 at 12:46 pm

    Vvv reethi mi part vx
    Next part kon dhuvahakun next part

    1. Nadhoo Nadhoo says:
      February 28, 2024 at 10:44 am

      Thank you
      will submit tomorrow

  2. ifoo says:
    February 27, 2024 at 2:13 pm

    vv reethi mi part vs maasha allah..when next part??

    1. Nadhoo Nadhoo says:
      February 28, 2024 at 10:44 am

      Thank you for the Love. will submit tomorrow

  3. imko 💕💕 says:
    February 27, 2024 at 8:03 pm

    Mi part vex varha reethi Masha Allah
    Unmeedhu kuran next part kiyaalan libeeney kama
    Yesterday is my birthday
    Wish my birthday 🎂🎊

    1. Nadhoo Nadhoo says:
      February 28, 2024 at 10:43 am

      Thank You Imko love you so much…and HAPPY BIRTHDAY

Comments are closed.

Next Episodeއުމުރަށް ތިޔަ ނަމުގާ ފިދާވުން އެދެނީ 11←


All Right Reserved!