Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މިހިތް އެބަ ތެޅޭ ހަމަ ކަލާއަށް ހުވާ- 3

Axx Level 110 Stories
November 8, 2015 5 Mins Read
14 Comments

ފަން އިސްތަށިގަނޑެއްގެ ވެރި މި އަންހެންކުއްޖާގެ ތުންފަތްމަތީގައި ވަނީ އަޖައިބެއްކަހަލަ ހިނިތުންވުމެކެވެ. އެހިނިތުންވުން ފެނި އަކްޝަމަށްވެސް ހީލެވުނެވެ. އެވަގުތު އަނގައިން ބޭރުވީ ހަމައެންމެ ނަމެކެެވެ. “ހީން” މި ނަން ކިޔާލެވުމާއެކު އަކްޝަމަށް ދެލޯ މަރާލެވުނެވެ. އަދިއެ ފޮޓޯގައި ހީން އަށް އެހާ ބޮޑަށް ހެވިފައިން ސަބަބު ހިޔާލު ކޮށްލެވުނެވެ. ރާޅުގަނޑު ސަރަހައްދުން ހީން އާއި އަކްޝަމް ހިނގާފައި ދިޔައިރު އެކި އެކި ވާހަކަ ދައްކަމުން ގެންދިޔައެވެ. އަކްޝަމް އަތުގައި އޮތް ކެމެރާއިން ތަފާތު އެކި ފޮޓޯތައް ނަގަމުން ގެންދިޔައިރު ހީން ކަނޑުން ނަގަމުންދާ ރާޅުތަކުގެ ރީތި ވާހަކަދައްކަނީއެވެ. އާޓިފިޝަލް ބީޗަށް ވަދެވުނުތަނުން ހީން ވަރުބަލިވެގެން އެތާ ހުރި ހިލަ ގޮނޑިއެއްގެ މަތީގައި އިށީނެވެ. ހީން ވަރުބަލިވީކަން އެނގުމުން އަކްޝަމް ފެންފުޅިއެއް ގަންގެން އައިސް ހީން އަށް ދިއްކޮށްލިއެވެ. އަދި ހީން ކައިރީގައި އިށީނދެލިއެވެ. ހީން ފެންބޮމުން ދިޔައިރު އަކްޝަމް އިނިީ އެހެން ދިމާއަކަށް ކަޅި ހުއްޓާލައިގެންނެވެ.  ” ކޮންތާކަށް މާވަރަކަށް ތި ބަލަނީ” ހީން ފުޅީގެ މަތިޖަހާލަމުން ބުންޏެވެ.

” މި ބަލަނީ އެހެރަ އަންހެން ކުއްޖާއަށް… ރީތިކަމެއް ލިބިފަ އެބަހުރި” ހީންމެންނާ ތަންކޮޅެއް ދުރުގައި ވާހަކަ ދައްކަންތިބި ކުދިންތަކުގެ ތެރެއިން އެންމެ ދޮންކޮށް ހުރި ކުއްޖާ ދައްކާލަމުން އަކްޝަމް ބުންޏެވެ.

” ކައިލް ތިހެން އަދި ރީއްޗޭ ބުންޔަސް ކަމަކު ނުދާނެ.  ގަޓު ހުރި މީހެއް ވިއްޔާ ކައިރިއަށް ގޮއްސަ ބުނެބާ” ހީން ބުނެލިއެެވެ.

” ހީން އަށް ހީވަނީތަ އަހަންނަށް ނުކެރޭނެޔޭ.. ހިނގާ އަހަންނާ އެކު” އަކްޝަމް ހީންގެ އަތުގައި ހިފައިގެން އެމީހުންނާ ދިމާއަށް ހިނގައިގަތެވެ.

ދައްކާ ވާހަކަ އަޑުއިވޭފަށުގައި ހީން ބެހެއްޓުމަށްފަހު އަކްޝަމް އެކުދިންނާ ކައިރިވެލިއެވެ. އަދި ދޮންކޮށްހުރި ކުއްޖާއަށް ފުންކޮށް ބަލާލިއެވެ.

އެއަންހެންކުއްޖާ އަކްޝަމަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.

” މަންޖެ ހާދަ ރީއްޗޭ.. ތިހާ ރީތި ކުއްޖެއް ދުވަހަކުވެސް ނުދެކެން” އަކްޝަމް ބުނެލިއެވެ. އަކްޝަމްގެ ޖެހިލުން ކުޑަ ކަމުން ހީން ހުރީ ހައިރާންވެގެން އަންތަރީސް ވާވަރު ވެފައެވެ.

އެއަންހެންކުއްޖާ އަކްޝަމް އަށް ބަލާލީ ރުޅިވެރި ނަޒަރަކުންނެވެ. އަކްޝަމް ސިއްސައިގެން ދިޔައީ އަކްޝަމްގެ މޫނަށް އެރި ހޫނު އެތިފަހަރަކުންނެވެ.

” ކަލޭ ލަދެއް ނުގަނޭތަ އަހަރެން ދަރިން ކުރިމަތީ ތިކަހަލަ ވަހަކަދައްކަން… ގޮސް ކަލޭ އުމުރުގެ މީހުންނާ ތިގޮތަށް ވާހަކަ ދައްކަބަލަ..” އަންހެންމީހާ އަކްޝަމާ ދިމާއަށް މިހެން ބުނުމަށްފަހު އޭނާގެ ދަރިން ގޮވައިގެން އެހެން ދިމާއަކަށް ހިނގައިގަތެވެ. ހީން އަނގަމަތީ އަތް އަޅައިގެން ހުރެ އަކްޝަމް ކައިރިއަށް ޖެހިލިއެވެ. އޭރު އަކްޝަމް ވީތަދުން ކޮލުގައި ހިފަހައްޓާލައިގެން ހުއްޓެވެ. ނުހޭން މަސައްކަތް ކުރަމުން ހީން ތުންފަތުގައި ދަތް އަޅާލިއެވެ.

” އެހާ ހޮޓް މަންމަމެންވެސް ތިބޭތަ”  އަކްޝަމްގެ މި ޖުމްލައިން ހީން ހިފަހައްޓައިގެން ހުރި ހިިނިގަނޑު ފަޅައިގެން ދިޔައެވެ. އެވަގުތު އަކްޝަމަށް ހީނަށް ބަލާލެވުނެެވެ. ކަޅިޖަހާވެސް ނުލާ ހީނަށް ބަލަމުން ގެންދިޔައިރު ހިތާހިތުން ހީންގެ ރީތިކަމަށް ތައުރީފްކުރިއެވެ. ކެމެރާގައި އެހިނިތުންވުން ރައްކާކޮށްލީ ހީންއަށްވެސް އެނގުމަކާނުލައެވެ.

އަކްޝަމް ދެލޯ ހުޅުވާލުމަށްފަހު އަދިވެސް އެއްފަހަރު އެފޮޓޯގައިވާ ހީންގެ ހިނިތުންވުމަށް ބަލާލިއެވެ. އަދި އެފޮޓޯގައި ތުންފަތް ޖައްސާލުމަށްފަހު ކޮޓރިން ނިކުމެވެން ހުންނަ ބަގީޗާއަށް ނިކުމެލީ ލިބިފައިވާ ހާސްކަން ފިލުވާލުމަށްޓަކައެވެ.

ޑިއުޓީ ނިންމާފައި ހީން ގެއަށް ދާން ނިކުތީ ހެނދުނު އަށްގަޑި ބައިވާން ކައިރިވެފައި ވަނިކޮށެވެ. މަގުމަތިން ހިނގާފައި އައިރުވެސް ހީން ވިސްނަމުން ދިޔައީ ރޭގައި ހިނގި ކަންތަކާމެދުގައެވެ. އަކްޝަމް މިރަށުގައި އުޅެންޏާ ގައިމުންވެސް ފެންނާނެއޭ ހީންގެ ހިތަށް އަރަމުން ދިޔައެވެ. އަދި އެގޮތަށް ވިސްނިވަރަކަށް ހީންގެ ހިތް ނުތަނަވަސްވަމުން ދިޔައެވެ. ގެއާ އަރާހަމަުމުން ހީން ދޮރުދައި ޓަކިޖަހާލީ ދިލްޝާދު ހޭލާ އުޅޭނެކަން ޔަގީންވާތީއެވެ. ލަހެއްނުވެ ދޮރު ހުޅުވާލި ދިލްޝާދުގެ ތުންފަތްމަތިގައި ހުރި ހިނިތުންވުން ފެނިފައި ހީން ކުޑަކޮށް ހައިރާންވިއެވެ.

” ދައްތަ ކޮންކަމަކާ މާހެވިފަ.” އެތެރެއަށް ވަންނަމުން ހީން ސުވާލު ކޮއްލިއެވެ.

” ފަހުން ބުނާނަން.. ހީން ދޭބާ ފެންވަރައިގެން ސައިބޯން އަންނަން.. އެބައޮތް ސަޕްރައިޒެއް..” ދިލްޝާދު މިހެން ބުނެ މަޑު ނުކޮށް ބަދިގެއާ ދިމާއަށް ދިޔައެވެ.

ހީން ތެމިފައި އޮތް އިސްތަށިގަނޑުގައި އަތް ފުނާ އަޅަމުން ބަދިގެއާ ދިމާއަށް ދިޔައެވެ. ހީންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ކާމޭޒު ކައިރީގައި ފުރަގަސްދީގެން އިން ފިިރިހެނަކު ފެނިފައެވެ. ކުރިއަށް ދާން ނުކެރިފަ ހުރީ ކާކުކަމެއް ނޭނގޭތީއެވެ. އެވަގުތު ރިހަ ބޯތަށި ހިފައިގެން ބަދިގެއިން ނިކުތް ދިލްޝާދަށް މިމަންޒަރު ފެނުނެވެ.

“ހީން ކިހިނެއްވެފަ ތިހިރީ” ދިލްޝާދު މިހެން ބުނެލި އަޑަށް މޭޒުކައިރީ ފޯނާ ކުޅެންއިން އަކްޝަމް ސިއްސައިގެން ގޮސް ދިލްޝާދަށް ބަލާލިއެވެ. އަދި އަވަސް އަވަހަށް ދިލްޝާދުގެ ނަޒަރު ހުއްޓިފައިވާ ދިމާއަށް ބަލާލިއެވެ. ފެނުނު މަންޒަރުން އަކްޝަމް ދެލޯ ބޮޑުވިއެވެ. އިންތަނުން ތެދުވެވުނީ ބޭއިހްތިޔާރުގައެވެ. ހީންއަށްވެސް ވީ ހަމަ އެވަރެވެ.

” ހީން ދައްތަ ބުނީމެއްނު ސަޕްރައިޒެއްގެ ވާހަކަ.. މީ ސަޕްރައިޒަކީ…ދައްތަގެ އަކްޝަމް މިހުރީ އައިސް… ” ދިލްޝާދުގެ މި ޖުމްލައިން ހީން އިތުރަށް ހާސް ކުރިވިއެެވެ. އަކްޝަމް ވެސް ހުރީ ވާނުވާ ނޭނިފައެވެ. އެހެންނަމަވެސް ހީނާ ދިމާއަށް ބަލަމުން ދިޔައީ ލޯބިން ފުރިގެންވާ ބެލުމަކުންނެވެ.

ނިދާހެދުމާ އެއްކޮށް ބަދިގެއާ ދިމާއަށް އައި ލޯރެން އަށް އަކްޝަމް ހުރިގޮތްފެނި ލޯރެން އަށް ނުބައިގޮތެއްވިއެވެ. މަޑުމަޑުން ކުރިއަށްޖެހި ހީންއަށް ބަލާލި ފޫހި ގޮތަކަށެވެ. އަދި އަކްޝަމްގައިގާ ބައްދާލަމުން ‘ގުޑް މޯނިން’ އޭ ބުނެލިއެވެ. މިމަަންޒަރު ފެނި ދިލްޝާދު ލަދުން އިސްޖަހާލިއެވެ.

ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ފަހަތަށް އަޅަމުން ފަހަތަށް އެނބުރި ދުވަމުންގޮސް ހީން ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ. މިކަންވީ ދިލްޝާދު ވަރަށް ހައިރާން ކުރުވަނިވި ކަމަކަށެވެ. އަކްޝަމަށް ހޭވެރިކަމެއްވީ ދެނެވެ. ލޯރެން ގަޔާ ދުރުކޮށްލެވުނީ ކުއްލިއަކަށެވެ. ލޯރެން ހައިރާންވެފައި އަކްޝަމަށް ބަލާލިއެވެ. ނަމަވެސް އަކްޝަމް އެކަމަށް މާބޮޑު ފަރުވާލެއް ނުބަހައްޓާ ކުރިން އިން ގޮތަށް ގޮނޑީގައި އިށީނެވެ. ލޯރެންވެސް ތުން އަނބުރާލަމުން އަކްޝަމްގެ ގޮނޑިއާ ޖެހިގެން އިން ގޮނޑީގައި އިށީނެވެ.

“ހީން ކީއްވެބާ އެގޮތަށް އެ ދިޔައީ….. އަނެއްކާ ދަރިފުޅު ހީން ދަންނަންތަ..” ޝައްކުވެގެން އަހާލާފަދަ ގޮތަކަށް ދިލްޝާދު އަހާލިއެވެ. ދިލްޝާދުގެ ސުވާލުން އަކްޝަމް އިތުރަށް ކަންބޮޑުވިއެވެ.

” ނޫން.. ނުދަންނަން.. ވެދާނެ ލަދުގަތީކަމަށްވެސް…” ހާސްކަން ފޮރުވާލަމުން އަކްޝަމް ވާހަކަދެއްކިއެވެ.

“މަންމާ އެއީތަ ކޮޓަރި ކުއްޔައް ހިފައިގެން އުޅޭ ކުއްޖަކީ ” އަކްޝަމް އިތުރަށް އޮޅުން ފިލުވަން ބޭނުންވިއެވެ.

” އާނ އޭރު ދަރިފުޅު ކައިރީ ބުނީމެއްނު މަންމަ.. މަންމައަކަށްވެސް އެކުއްޖާއާ ބެހޭގޮތުން މާބޮޑު މައުލޫމާތެއް ނޭނގޭ.. ހީން ކައިރީ އޭނަގެ ދިރިއުޅުމާ ބެހޭގޮތުން ސުވާލެއް ކުރިއަސް އޭނަ ހިޔާރުކުރަނީ ހަމަހިމޭންކަން.. ﷲ ދެނެވޮޑިގެންވާނީ އެކުއްޖާފުޅު ގެ ހަޔާތުގައި ދިމާވެފައިވާ ކަމެއް” ދިލްޝާދު ބުނި އެއްޗަކާމެދު އަކްޝަމް ވިސްނާލަން ޖެހުނެވެ. އަކްޝަމް ދެކޭގޮތުންނަމަ މިއަދު ހީން އުޅެން ޖެހޭނީ ވަރަށް އުފަލުގައެވެ. ހީން ގެ ހަޔާތުގައި ދިމާވެފައިވާ ކަމެއް އޮޅުންފިލުވަން އަކްޝަމް ބޭނުންވިއެވެ. އަދި ހީންއާ ބައްދަލުކޮށް ވާހަކަ ދައްކަން ނިންމިއެވެ.

 

ކޮޓަރިތެރޭގައި ދެކޮޅަށް ހިނގަ ހިނގާހުރި ހީންވަނީ ބޯހާސް ވެފައެވެ. ތަގުދީރު މިކުޅެނީ ކޮން ކުޅިގަނޑެއްބާއޭ ހީންގެ ހިތަށް އަރަމުން ދިޔައެވެ. ލޮލުން އަންނަމުންދާ ކަރުނައަކަށް ނިމުމެއް ނާދެއެވެ. ކުރިމަތިން ފެންނަމުންދިޔަ މަންޒަރުތައް އެނބުރޭހެން ހީވާން ފެށުމުން ހީން އެނދުގައި އުއްޑުން އޮށޯވެލިއެވެ. ނިދިން ދެލޯ މެރެމުން ދިޔައިރުވެސް ހިންއަށް ވިސްނެމުން ދިޔައީ ދެންމެ ހިނގި ކަނތައްގަނޑާމެދުގައެވެ.  **************************************************************

އާމިލްގެ އަތްމަތީގައި އޮތް ހީންއަށް ބެލެމުންދަނީ ސީދާ އާމިލްގެ މޫނަށެވެ. އާމިލްގެ މިސްރާބުހުރީ ސަލްޓަން ޕަރކް ތެރޭގައި ހުރި ހިލަގޮނޑިއަށެވެ.

” އާމިލް އަސްލުވެސް އަހަރެންދެކެ ވަރަށް ލޯބިވޭތަ؟..” ހީން އާމިލްގެ މޫނުގައި ފިރުމާލަމުން ލޯބިގޮތަކަށް ސުވާލުކޮށްލިއެވެ. ނަމަވެސް ހީންގެ މިސުވާލުން އާމިލްގެ ތުންފަތްމަތީގައިވާ ހިނިތުންވުން ފިލައިގެން ދިޔައެވެ. އެހުރި ހިސާބުން ހުއްޓި ހީންގެ ގައިން އަތް ދޫކޮށްލީ އެއްވެސް ވަރަކަށް ވިސްްނާލުމެއްނެތިއެވެ. ހީން ބިންމަތީގައި ޖެހުމާއެކު މަންމާއޭ ކިޔާ ބާރަށް ހަޅޭއްލަވާގަނެވުނެވެ. އާމިލް ހީންގެ ހަޅޭކަށް ފަރުވާލެއް ނުބަހައްޓާ ހީންގެ އަތުކުރީ ހިފާފައި ނެގިއެވެ.

“ދުވަހަކުވެސް އަހަރެންގެ ލޯތްބަށް ޝައްކު ނުކުރައްޗެ.. ” ދަތްކުނޑިވިކާލާފައި އާމިލް ބުންޏެވެ.

” އާމިލް އަހަރެން އެހެން އަހާލީ ޝައްކު ކުރާތީކީ ނޫނޭ.. އެހެންނޫނަސް ކޮން ލޯތްބެއް.. ލޯބިވާނަމަ މިވަރުގެ ބޮޑު އަނިޔާއެއް ނުދޭނެ. ” ހީންއަށް ބާރަށް ވާހަކަދެއްކުނީ ވެފައިހުރި ތަދުންނާއި އައިސްފައިހުރި ރުޅިއެއްގެ ބޮޑުކަމުންނެވެ. އެވަގުތު ހީންގެ ކޯމައްޗަށް އެރި ހޫނު އެތިފަހަރުން ހީންގެ ބޮލަށް އެނބުރުންއަރާ ލޯމައްޗައް އަނދިރިވާގޮތް ވިއެވެ.

ނިދިފައި ހީންއަށް ފުންމައިގެން ތެދުވެވުނެވެ. އޭސީ ފުލްކޮށްލާފައި ހުރިއިރުވެސް ހީންވަނީ ދާހިއްލާ ފޯވެފައެވެ. އަވަސްއަވަހަށް ސައިޑް ކަބަޑްމަތީގައި ހުރި ފެންފުޅިނަގާ ކޯވަރެއްބޯލިއެވެ. ގަޑިބަލާލިއިރު އިރުއޮއްސެން ކައިރިވަނީއެވެ. ބަނޑުހައިވެފައިހުރިވަރު އިހްސާސް ވުމާއެކު ބަނޑުގައި އަތްހާކާލެވުނެވެ. މަޑުމަޑުން ކޮޓަރީ ދޮރުހުޅުވާލާފައި ބޭރުގައި މީހަކުހުރިތޯ ބަލާލިއެވެ. މީހަކުނެތްކަން ޔަގީންވުމުން މަޑު މަޑުން ފިޔަވަޅުއަޅަމުންގޮސް ބަދިގެއަށް ވަނެވެ.

އެދުވަހުގެ ފަހުން ހީން ކޮންމެހެން ނިކުނަންނަން ޖެހިގެން ނޫނީ ކޮޓަރިއަކުން ނުނިކުމެއެވެ. ކާންވެސް ނިކުންނަނީ އެންމެން ކައިގެންދާ ފަހުންނެވެ.

ހީންގެ މިއުޅުމާމެދު ދިލްޝާދު ހުންނަނީ ވަރަށް ކަންތައް ބޮޑުވެފައެވެ. ކިތަންމެ ފަހަރަކު ހީންކައިރީ ސުވާލުވެސް ކުރިއެވެ. ނަމަވެސް ހީންގެ ފަރާތުން އެދެވޭ ޖަވާބެއެ ނުލިބެއެވެ.

އަކްޝަމް ހުންނަނީ ހީންއާ ވާހަކަދައްކާލެވޭނެ ފުރުސަތަކަށް ބަލަބަލައެވެ. ނަމަވެސް ހީންއަށް އެކަން އެނގިގެން އަކްޝަމްއަށް އެފުރުސަތު ނުދޭން އުޅޭކަހަލައެވެ. އަކްޝަމްއާ ދިމާއަަށް ބަލާނުލާތާނގާ އަކްޝަމް ހުރި ހިސާބަކަށްވެސް ނާދެއެވެ.

ލޯރެން އަބަދު ފަހަތުން ނުނެއްޓި އުޅޭތީ އަކްޝަމް ހުންނަނީ އެކަމާވެސް ފޫހިވެފައެވެ. ދެތިން ފަހަރަކު އަކްޝަމް ލޯރެން އަށް ވިސްނައިވެސް ދިނެވެ. މަންމަކުރިމަތީ އަބަދު އެގޮތަށް އުޅުމަކީ ރަނގަޅުކަމެއް ނޫން ކަމަގައި ބުނަމުންނެވެ. ނަމަވެސް ލޯރެން އެކަމަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. ލޯރެންގެ ކަމަކީ އަކްޝަމްކައިރީ އަބަދު ޝަކުވާކުރުމެވެ. ދިލްޝާދުގެ ކޮޓަރީ ނިދަން ޖެހޭތީ އެކަމާއެވެ. އެހެންނޫނީ އަކްޝަމްގެ ކޮޓަރިއަށް ނުވައްދާތީ އެކަމާއެވެ. އެހެންނޫނީ ބޭނުންވާ ގޮތަށް ހެދުން ނޭޅޭތީއެވެ. މިކަންތައްތަކާއި ހެދި އަކްޝަމް ބަލަނީ ލޯރެންއާ ވީހާވެސް ދުރުން އުޅެވޭތޯއެވެ. މިކަން ލޯރެން އަށް ފާހަގަ ކުރެވުނީ ކަންނޭނގެއެވެ.ް

އެދުވަހު އަކްޝަމް އިނީ ބޭރު ޖޯލީގައި ފޯނުން ގޭމް ކުޅޭށެވެ. ލޯރެން އައިސް ކައިރީ އިށީނދެ އަކްޝަމް އަތުން ފޯނު އަތުލިިއެވެ. އަކްޝަމް ލޯރެން އާ ދިމާއަށް ބަލާލައި ނިތަށް ރޫ އަރުވާލިއެވެ.

” އަކޫ މިހާރު ލޯރެންދެކެ ފޫހިވަނީދޯ؟..” ވަރަށް ކޮށިކޮށް ލޯރެން އަހާލިއެވެ. ލޯރެންގެ މިސުވާލަށް އަކްޝަމަށް ދޭނެ ޖަވާބެއް ނޭނގުނެވެ. ބަަދަލުގައި އަކްޝަމް އިސްޖަހާލައި ނޫނެކޭ ބުނުމުގެގޮތުން ދެފަރާތަށް މޫނުއަނބުރާލިއެވެ.

” ދެން ކީއްވެ ލޯރެންއާ ދުރުވަނީ ” އަނެއްކާވެސް ލޯރެން ސުވާލު ކޮށްލިއެވެ. އަކްޝަމް ލޯރެންއަށް ބަލާލިއެވެ. ލޯރެން މާޔޫސްވެފައި ވާތަންފެނުމުން އަކްޝަމް ދެރަވިއެވެ. އަކްޝަމްއަށް ލޯރެންއާ ދޭތެރޭ ކަންތައްކުރެވެނީ ރަނގަޅަށް ނޫންކަމުގައި އިހްސާސް ކުރެވުނެވެ.

” ސޮރީ ލޯރެން ” އަކްޝަމްއަށް ބުނެވުނީ އެވަރަށެވެ. އަދި ލޯރެންގެ ކޮނޑުގައި ހިފާ ގަޔާ ކައިރިކޮށްލިއެވެ.

 

ނިދަން ތައްޔާރުވަމުންދިޔަ ހީންއަށް ފުޅީގައި ފެން ނެތްކަން އެނގުނީ ފެންބޯންވެގެން ފުޅި ބަލާލުމުންނެވެ. ފެންފުޅިއެއްބަލާ ފްރިޖްކައިރިއަށް ދިޔައިރު ފްރިޖްގައި ފެނެއްނެތެވެ. އެހެންކަމުން ހީން ދިޔައީ ގޯތިތެރޭގައި ހުރި ތާންގީކައިރިއަށެވެ. ގޯތިތެރެއަށް ހުންނަ ހޮޅިބުރި އަނދާފައި ހުރުމުން ބޭރުތެރެ ފެންނަނީ ފުދޭވަރަކަށް އަނދިރިކޮށެވެެ. އިސްކުރުން ފެންއަޅާން އިންއިރުވެސް ހީން އިނީ ބިރުގަނެފައެވެ. ފެންއަޅާ ނިމިގެން ދާން އެނބުރުނު ވަގުތު މީހެއްގެ ފިޔަވަޅުގެ އަޑުއިވުމުން ހީން އެދިމާއަށް އެނބުރުނެވެ. ރަނގަޅަށް މޫނު ނުފެނުނަސް ކާކުކަން ހީންއަށް ރަނގަޅަށް އެނގުނެވެ. މަޑުނުކޮށް ދާން އެނބުރުނުތަނާހެން އެމީހަކު އައިސް ހީންގެ އަތުގައި ހިފާ ކައިރިއަށް ގެނައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Axx

Level 110 Stories

Reading stories is my hobby and writing stories is my passion

Other Articles

Previous

މަލިކާ (4)

Next

ވަކިވީ އަސަރާ މަންޒަރު… 4

Next
November 8, 2015

ވަކިވީ އަސަރާ މަންޒަރު… 4

Previews
November 8, 2015

މަލިކާ (4)

14 Comments!

  1. mik says:
    November 8, 2015 at 4:24 pm

    Varah salhi avahah up kohba plx please

  2. Rau says:
    November 8, 2015 at 4:25 pm

    Next part next month ga dho

  3. mik says:
    November 8, 2015 at 4:26 pm

    Axx maadhamaa up kohdheythi please

  4. Axx says:
    November 8, 2015 at 5:08 pm

    In sha Allah v avahah up kuraanan

  5. Ellie says:
    November 8, 2015 at 5:09 pm

    Komme kujjaku vx story fashaa iru avahah up kuraane dhn dhuvas vaa v kah las vaane

  6. mai says:
    November 8, 2015 at 8:26 pm

    Auslu mivaahaka kiyanfeshy varah kiyahithun feshun reethiveema.ekamu genesdheyleh laskamun unnmeedhehnukurevey avahahkiyalan libeynekamakah

  7. Crazi says:
    November 9, 2015 at 6:11 am

    Ya aslu anehbaa hadaan nethey haa dguvahu genws dheyther vaanuvaa neyge

  8. xxx says:
    November 9, 2015 at 7:53 am

    mI vaahakaige part one n two iny Kong pageh gatha pls engey kujjaku Bunebala

  9. Xani says:
    November 9, 2015 at 9:07 am

    Haadha lahey up kuraaleh…ehaa lahun up kuraathi new part kiyumuge kuryge jehey kuryge part vex kiyan nooney vaanuvaa eh nenge…plx avahah up kobba….anyway vaahaka v reethi….

  10. Shaxx says:
    November 9, 2015 at 9:18 am

    3 vana part nuhulhuvaa axx name ah click kohlaa eyrun fennaane 1 n 2

  11. usha says:
    November 9, 2015 at 9:50 am

    Konme faharaku ves mijehenee hurihaa parteh kiyan ehen noonee vaanuvaa eh neigey…. Thiyavarun vaahaka nuliyan veenu dhw…

  12. Nini says:
    November 9, 2015 at 10:54 am

    Thankolheh boduvaru…pispispispis

  13. xxx says:
    November 10, 2015 at 7:22 am

    thanks shaxx

  14. Mode says:
    November 12, 2015 at 12:07 am

    Nice n keep goin

Comments are closed.

Next Episodeމިހިތް އެބަ ތެޅޭ ހަމަ ކަލާއަށް ހުވާ-4←


All Right Reserved!