Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު ( 28 )

saarah Level 210 Stories100 Comments
November 7, 2015 11 Mins Read
50 Comments

އިފާޝާ އަވަސް އަރުވާލާފައި އެހެން ބުނެފަ ނުކުމެގެން ދިޔައީ ނިހާން ކިޔާނެ އެއްޗެއް އަޑުވެސް ނައަހައެވެ. ނިހާން އިފާޝާ ދިޔަތަން ބަލަން ހުރެލާފައި އަނގައަށް ފާޑެއްގެ ގޮތެއް ހަދާލިއެވެ.

އެދުވަހު ނަސީބަކުން ޒީނަތު މާއިޝާ ބަލާ އައެވެ. މާއިޝާ ޒީނަތުއާ އެކު ދިޔުމުން މާޔާ ހިތްހަމަޖެހުނެވެ. މަލީހާގެ ފަރާތުން ދުވަސްކޮޅަކަށް ދެން މާއިޝާ ހުންނާނީ އެ ގޭގައޭ ބުނުމުން އުފާވިއެވެ. މާއިޝާ މި ގޭގަ ހުންނަހާ ހިނދަކު ކިޔާން ވެސް މި ގެއަށް އަންނާނެއެވެ. މާޔާ ކިޔާންގެ ކުރިމައްޗަށް ދާން ބޭނުމެއް ނޫނެވެ. ތިން މީހުންނަށްވެސް އެންމެ ރަނގަޅު ގޮތަކީ މާއިޝާ މި ގެއިން ދިޔުމެވެ. މަލީހާވެސް މާއިޝާއާ ބައްދަލުކުރަން ބޭނުންވިއްޔާ އެ ގެއަށް ދަނީއެވެ. މާޔާ ކައިރީ ދާން ބުންޏަސް ކޮންމެވެސް ބަހަނާއެއް ދައްކާފަ ނުދާން ގަދަހަދައެވެ. މަލީހާ ހިތްހަމަނުޖެހުނަސް ވަކި އެއްޗެކޭ ނުބުނެއެވެ. ނަސީބު ރަނގަޅުކަމުން މާއިޝާއަށް ބަނޑުބޮޑުވުމުގެ ސަބަބުން ވަކި އެއްވެސް އުދަގުލެއް ނުވެއެވެ. އެންމެންވެސް އެކަމަށް އުފާކުރިއެވެ.

އޭގެ ދެދުވަހެއް ފަހެވެ. ހޮނިހިރު ދުވަހު ހަވީރު ޝާޔަން މާޔާއަށް ގުޅާފަ އޭނައާ އެއްކޮށް އެއްޗެއް ގަންނަން ދާން ހިނގާށޭ ބުނެލިއެވެ. މާޔާ ރެޑީވެލައިގެން ދިޔުމުން ޝާނިމް އުފަންދުވަހު ސަރްޕްރައިޒް އެއް ދޭން އެއްޗެހި ގަންނަންށޭ ޝާޔަން ބުނުމުން އުފާވިއެވެ. ދެމީހުން އެކީ ގޮސް އެއްޗެހި ގަނެލައިގެން ރެސްޓޯރެންޓްއަކަށް ކާން އެރިއެވެ. ޝާޔަން އެކި ވާހަކަ ދައްކަމުން ދިޔައިރުވެސް ކިޔާންގެ އެއްވެސް ވާހަކައެއް ނުދެއްކީތީ މާޔާ އުފާކުރިއެވެ. މާޔާ ޝާނިމްގެ ކުޑައިރުގެ ވާހަކަތައް ޝާޔަންއަށް ކިޔައިދެމުން ދިޔައީ ހިނިތުންވެ އިނދެއެވެ. ޝާޔަންވެސް ޝައުގުވެރިކަމާއެކީ އެ ވާހަކަތައް އަޑުއަހަން އިން އިރު އިރުއިރުކޮޅާ ހީގަނެއެވެ. އިރުކޮޅަކުން މާޔާ އެއްފަރާތަކަށް ބެލި ހިނދު ދޮރުން ވަދެގެން އައި މީހަކު ފެނުމުން ތުންފަތް މަތީގަވީ ހިނިތުންވެސް ފިލާ ދިޔައެވެ. ޝާޔަންއަށް އެ މަންޒަރު ފެނިގެން އެ ފަރާތަށް ބަލާލިއެވެ. ” ކިޔާން ” ޝާޔަން އަތުން ހަނާ އަޅާލަމުން ކިޔާނަށް ގޮވާލިއެވެ. ރަހްމަތްތެރިއަކާ އެއްކޮށް އައި ކިޔާން ޝާޔަން ގޮވާލުމުން ކުޑަކޮށް ހިނިތުންވެލަމުން އައިސް ކައިރިއަށް ހުއްޓިލިއެވެ. މާޔާ އުނދަގޫވެފައި ވަގުތުން އިސްއޮބާލިއެވެ. ” އިށީދެބަލަ ” ޝާޔަން އެދުނެވެ. ކިޔާން މާޔާއަށް ބަލާލަމުން ސީދާ މާޔާގެ ކުރިމައްޗަށް ވާ ގޮތަށް އިށީދެލިއެވެ.

” ކިހިނެއް؟ ” ކިޔާން ޝާޔަންއަށް މުހާތަބުކޮށްލަމުން ސުވާލުކޮށްލިއެވެ. އޭރު މާޔާ ހަމަ އެ އިންގޮތަށް އިސްއޮބާލައިގެން އަތުގަ އޮތް ސަމްސަލުން ކާ ތަށިތެރެ ހާވަމުން ދިޔައެވެ. ޝާޔަންއަށް މާޔާ އިން ގޮތް ފެނުމުން ކިޔާނަށް ގޮވުނު މޮޔަ ހީވިއެވެ. ދެމީހުން ވަކިވި ހަގީގަތެއް ނޭގުނަސް އެ ދެމީހުންގެ ދޭތެރޭގައި މިހާރު ކުރިން އޮތް ގުޅުމެއް ނޯންނާނެކަން ހުދު ޝާޔަންވެސް ދަނެއެވެ. ” ރަނގަޅު.. ކީއްތިކުރަނީ މި ކޮޅުގަ؟ މިއަދު ޑިއުޓީ ނެތީތަ؟ އަޑުއެހީމޭ ކިޔާން ބައްޕައަކަށް ވާން އުޅޭ ހަބަރު.. ކޮންގުރަޓުލޭޝަން.. ” ޝާޔަން ހީލަމުން ބުނެލިއެވެ. ކިޔާން ބުމަ ހިއްލާލަމުން ހީލިއެވެ. ” ހެނދުނު ޑިއުޓީ.. މާއިޝާ ކައިރިއަށް އައީ މާލެ.. ދެން ރައްޓެއްސަކާ ދިމާވެގެން ކޮފީއަކަށް މިއައީ.. އާނ.. ދެން ލޯބި ވާން ނުޖެހޭ މީހުންދެކެ ލޯބިވެގެން ދިރިއުޅުން ހަލާކު ކުރުމަށްވުރެ މާ ރަނގަޅެއް ނު ލިބެން ހުރި އުފަލަކާއިގެން ކުރިއަށް ދިޔުން.. ކިހާ ދުވަހެއް ވަންދެން އެއް މިސްޓޭކެއް ރިޕީޓް ކުރާނީ.. އަހަންނަށް ޝާޔަންވެސް ދޫކޮށްލެވުނީ ލޯބިނުވާން ޖެހޭ މީހެއްދެކެ ލޯބިވެވުނީތީ.. ނޭގޭނެ އެއް ނު އެހާ ކައިރިން އުޅެފަ ފަހުން ދޭނީ ލަނޑުކަމެއް.. ބުނެ އެއްނު މީހެއްގެ ގޮތެއް ނޭގޭނެއޭ.. ގޮތް އެނގުނު އިރު އޮތީ މާ ބޮޑަށްވެސް ލަސްވެފަ.. އަހަންނަށްވެސް އެ ގޮތަށް އަންހެނެއްގެ އަވައިގަ ޖެހިގެން މަގު އޮޅުނީ.. އެކަމަކު ދެން…… ” ކިޔާން ސީދާ މާޔާގެ މޫނަށް ބަލަން އިނދެ ދައްކަމުން ދިޔަ ވާހަކަ މެދުކަނޑާލީ ކުއްލިއަކަށް މާޔާ ގޮނޑި ދުރުކޮށްލަމުން ކޮޅަށް ތެދުވުމުންނެވެ. ” ޝާޔަން އަހަރެން މި ހުރީ ބޭރުގަ.. ނިމުނީމަ އާދޭ.. ” މާޔާ ފެންކަޅިވެފައި ހުރެ އެހެން ބުނެލަމުން ހަލުވިފިޔަވަޅުތަކެއްގައި ގޮސް ބޭރަށް ނުކުތެވެ. ޝާޔަން ގަބޫލުކުރަން ދަތި ގޮތަކަށް ކިޔާނަށް ބަލާލަމުން މާޔާ ދިޔަ ދިމާލަށް ބަލާލިއެވެ. ” ކިޔާން އަހަންނަކަށް ނޭގެ ވެގެން އުޅޭ ގޮތެއް.. އެކަމަކު މާޔާއަކީ ގޯސް ކުއްޖެއް ނޫން.. މާޔާވެސް ކިޔާންދެކެ ލޯބިވި. ކޮންމެވެސް ކަމެއް ދިމާވެގެން ނޫނީ އަހަންނަށް ޔަގީން މާޔާ ކިޔާން ދޫ ނުކޮށްލާނެކަން.. ދިސް އިޒް ޓޫ މަޗް.. ” ޝާޔަން ނުރުހިފައި ހުރެ ބުނެލަމުން ތެދުވެގެން ގޮސް ބިލް ދައްކާލާފަ ނުކުމެގެން ދިޔައެވެ. ކިޔާން އިސްއޮބާލަމުން ތުންފަތުގައި ދަތް އަޅާލިއެވެ.

” މާޔާ.. އައި އެމް ސޮރީ.. އަހަރެން ކިޔާނަށް ނުގޮވިނަމަ މިހެނެއް ނުވީސް.. ސޮރީ ” ޝާޔަން އައިސް މާޔާ ކައިރީ ހުއްޓިލަމުން ބުނެލިއެވެ. މާޔާ ފުންނޭވައެއް ދޫކޮށްލަމުން މާފަށް ނޭދޭށޭ ބުނެލިއެވެ. ” ކިޔާން ދޮގެއް ނުބުނެޔޭ.. ކިހާ ދުވަހެއް ވަންދެން އަހަރެން ކަހަލަ މީހެއްދެކެ ކިޔާން ލޯބިވެ ހުންނާނީ.. ހިތާމަ ނޫން އެހެން އެއްވެސް އެއްޗެއް އަހަރެންގެ ފަރާތުން ކިޔާނަށް ނުލިބޭ. ” މާޔާ ދުރަށް ބަލާލަމުން ބުނެލިއެވެ. ޝާޔަން އެއްޗެކޭ ބުނުމުގެ ކުރިން ހިނގާށޭ ބުނެލުމުން ޝާޔަން ބޯ ޖަހާލަމުން ގޮސް ކާރަށް އެރިއެވެ. ސަމީރާމެންގެއަށް ގޮސް މާޔާ އެތެރެއަށް ވަދެފަ ދާން ނިންމިއެވެ. ސަމީރާއަށް މާޔާ ފެނުމުން އެހެންނާވެސް ހަދާގޮތަށް އައިސް ބައްދާލީ އުފާވެފައެވެ. އަތުގައ ހިފާލައިގެން ގޮސް ސޯފާގައި ބައިންދަމުން އެކި ވާހަކަ ދައްކަން ފެއްޓިއެވެ. މާޔާ ވެސް އަމިއްލަ ހިތާމަތައް ހަނދާންނެތިފައި ސަމީރާއާ ވާހަކަ ދައްކަން އިނީ ހެވިފައެވެ. ޝާނިމްއާ ޝާޔަނާ ދެމީހުން ސޯފާގައި ޖައްސާލައިގެން ތިބި އިރު ޝާޔަން ޝާނިމްއާ ދިމާކުރަމުން ދިޔައެވެ. މާޔާ ދެއްކި ވާހަކަތަކާ ގުޅޭ ގޮތުންނެވެ. އިރުކޮޅަކުން ޝަހާ ސިޑިން ފައިބައިގެން އައެވެ. މާޔާ ފެނުމުން ފާޑަކަށް ބަލާލަމުން އެއްޗެކޭވެސް ނުބުނެ ގޮސް ބަދިގެއަށް ވަދެ ކޮފީއެއް ހަދާލައިގެން އަނެއްކާ ސިޑިން މައްޗަށް އަރައިގެން ދިޔައިރުވެސް އެއްވެސް އެއްޗެކޭ ނުބުނެއެވެ. ޝާޔަން ހައިރާންވިއެވެ. މާޔާ މިހާ ދުވަސްކޮށްލާފަ މިގެއަށް އައުމުންވެސް ޝަހާ ވާހަކަ ނުދެއްކީ ކީއްވެ ހެއްޔެވެ؟ މާޔާ އިސްއޮބާލައިގެން އިނީ ދެ ދެއަތް ދެއަތާ މޮޑޭށެވެ. މާޔާއަށް ކުރިން ރޭ ޝަހާގެ ފަރާތުން ފެނުނު އަމަލުން ޝަހާ ރަނގަޅުވީ ކަމުގައި ހީކުރެވުނަސް ދެންމެ ފެނުނު ހަރަކާތުން އެއީ ހީކުރެވުނެ ހީއެއްކަން އެނގުނެވެ. ” ކީއްވެ ޝަހާ މާޔާއާ ވާހަކަ ނުދައްކާ އެ ދިޔައީ؟ ” ޝާޔަން ހަމައެކަނި ޝާނިމްއަށް އަޑުއިވޭ ވަރަށް މަޑުން ސުވާލުކޮށްލިއެވެ. ޝާނިމް އިސްޖަހާލައިގެން އިން މާޔާއަށް ބަލާލަމުން ” ލޯންގް ސްޓޯރީ ” އޭ ބުނެލިއެވެ. ” މިހާރު ވަރަށް ލަސްވެއްޖެ އެއް ނު.. ދެން ދަނީ.. އެހެން ފަހަރަކުން އަދި އަންނާނަން. ” މާޔާ ކޮޅަށް ތެދުވެލަމުން ބުނެލިއެވެ. ސަމީރާ ބޯ ޖެހުމުން މާޔާ ނުކުމެގެން ދިޔައެވެ.

ރޭގަނޑު ވަގުތެވެ. ޝާނިމް ކޮޓަރީގަ އެނދުގަ އޮށޯވެލައިގެން އޮތީ ފޯނާ ކުޅޭށެވެ. ޝާޔަން ހޫނު ދެ ކޮފީތަށި ހިފައިގެން އައިސް ސައިޑް ޓޭބަލްމަތީ ބަހައްޓަމުން ޝާނިމްގެ އަތުގަ އޮތް ފޯނު ޖަހައިގަތެވެ. ޝާނިމް ތެދުވެ ހެޑްބޯޑުގައި ބުރަކަށި ޖައްސާލައިގެން އިށީދެލަމުން ކިހިނެއްވީހޭ އަހާލިއެވެ. ” ދެންމެ ތި ބުނި ލޯންގް ސްޓޯރީ އަޑުއަހާ ހިތުން މިއައީ.. ” ޝާޔަން ކޮފީތަށި ދިއްކޮށްލަމުން ބުނެލިއެވެ. ޝާނިމް ހީލަމުން މިވަގުތު ނޫނޭ ބުނެލިއެވެ. ” އަބަދު ތިހެން ބުނަނީ.. ކުރިން ދުވަހު މާޔާއާ ކިޔާނާ ދެމީހުންގެ ވާހަކަ ވެސް ބުނާނަމޭ ބުނެފަ ފަހުން އަޅާވެސްނުލާ އަދިވެސް ތި ހުންނަނީ ނުބުނެ.. މިއަދުވެސް ތިހެން ބުނެފަ ނުބުނާނެ ދެން.. ” ޝާޔަން ތުންފިއްތާލަމުން އަނެއް ފަރާތަށް އެނބުރިލިއެވެ. ޝާނިމް ކޮފީތަށިން ފޮދެއް ބޯލަމުން ސައިޑް ޓޭބަލްމަތީ ބަހައްޓަމުން ޝާޔަންގެ ގައިގަ ފަހަތުން ބައްދާލަމުން ކޮނޑުގައި ދަތްދޮޅި އަޅުވާލިއެވެ. ” ރުޅިއައީތަ؟ ” ޝާނިމް ސުވާލުކޮށްލިއެވެ. ޝާޔަން ބޯ ޖެހުމުން ޝާނިމް ހިނިއައެވެ. ޝާޔަން ގެ ގައިން ދޫކޮށްލަމުން އޭނައާ ވީ ފަރާތަށް އަނބުރާލަމުން އޯކޭއޭ ބުނެފަ ކިޔައިދޭން ފެށިއެވެ. މުޅި ވާހަކަ ޝާޔަނަށް ވިސްނޭނީ ފަށައިގެން ކިޔައިދިނުމުން ކަން އެނގޭތީ ޝާނިމް ކިޔައިދިނީ ފަށައިގެންނެވެ. ބައްޕަ މާޔާ ރޭޕް ކުރި ވާހަކަޔާ، އާއިލާގެ މީހަކު އޭނަގެ ވާހަކަ ގަބޫލުނުކޮށް އެއްޗެހި ކިޔަން ފެށުމުން ގެއަށް ނުވަދެ އުޅެން ހަދައިގެން މަސްތުވާތަކެތި ބޭނުންކުރި ވާހަކައެވެ. މާޔާއަކީ އަސްލު އެހެން މީހެއްގެ ދަރިއެއް ކަމެވެ. އެހެން އުޅުމުގެ ތެރޭ ނިހާނާ ދިމާވި ވާހަކައެވެ. އެއްރޭ މަސްތުވެގެން ހުރެ އައިސް ބައްޕައަށް އަނިޔާ ކުރުމުން ތިން އަހަރު ވަންދެން ކޯމާއެއްގަ އޮވެފަ ނިޔާވީކަމާ އޭގެ ފަހުން މާޔާ ރީހެބްއަކަށް ގޮސް އިސްލާހުވެގެން ކިޔަވަން ގޮއްސަ އައިސް ކިޔާނާ އެއްކޮށް އުޅެން ބޭނުންވުމުން ނިހާން މާޔާ ދެކެ ލޯބިވާތީ ކިޔާން މަރާލާނެކަމަށް ބުނެ ބިރުދެއްކުމުން ކިޔާނާ ދުރަށް ދާން މާޔާއަށް މަޖުބޫރުވީގޮތް ކިޔައިދިނެވެ.

ޝާޔަން އެ ހުރިހާ ވާހަކައެއް އަޑުއެހި އިރު އިނީ ރޮވެން ކައިރިވެފައެވެ. މާޔާއާ މެދު ހިތުގައި ހަމްދަރުދީ އުފެދުނެވެ. އެ ފަކީރު އުޅޭނީ ހާދަ ހިތާމައެއްގައެވެ. ވަގުތުން ގޮސް ކިޔާނަށް ހަގީގަތް ކިޔައިދޭން ބޭނުންވިއެވެ. ޝާނިމް ވަގުތުން އެކަމަށް މަނާކުރީ އެއީ މާޔާ އެ ގޮތް ބޭނުން ނުވާ ކަމަށް ބުނެފައެވެ. އެ ހުރިހާ އެއްޗަކުންވެސް ޝާޔަނަށް ނުވިސްނުނު އެއްޗެއް ވިއެވެ. ޝަހާ މާޔާއަށް ނަފްރަތު ކުރަންވީ ސަބަބެވެ. ” ދެން ކީއްވެ ޝަހާ މާޔާއާ ވާހަކަ ނުދައްކަންވީ؟ ޝާޔަން ސުވާލުކޮށްލިއެވެ. ” ޝަހާއަކަށް އަދިވެސް ނޭގޭނެ ހަގީގަތެއް. އެރޭ ބައްޕަ އަމިއްލައަށް ހުރިހާ ކަމަކަށް އިއުތިރާފް ވީ އިރު ޝަހާއެއް ނެތް.. ޝަހާއަށް ފެނުނީ ހަމައެކަނި މާޔާ ބައްޕަ ސިޑިން މަތިން ކޮށްޕާ ވައްޓާލިތަން.. ޝަހާ ހީކޮށްގެން ހުންނަނީ ބައްޕަ އިނޮސެންޓް އިރުވެސް މާޔާ ގަސްތުގަ ބައްޕަ މަރާލީކަމަށް… އެދުވަހު މާޔާ އެހެން ހެދުމުންވެސް އެންމެން މާޔާއާ ވާހަކަ ދައްކަން ފެއްޓީތީވެސް ހުންނަނީ ވަރަށް ހިތްހަމަނުޖެހިފަ.. އަހަރެން އުޅުނިން ހަގީގަތް ކިޔައިދޭން.. އެކަމަކު މަންމަ ބުނީ ޝަހާއަށް ހަގީގަތް އެނގިގެން އަހަރެން ބައްޕަދެކެ މިހާރު ފޫހިވާ ގޮތަށް ޝަހާ ބައްޕަދެކެ ފޫހިކުރާކަށް ނެތީމޯ.. އަހަންނަށް ވުރެވެސް ބޮޑަށް ޝަހާ ކްލޯސް ވާނެ ބައްޕައާ.. ބައްޕަގެ ހަގީގަތް އެނގިގެން ޝަހާއަށް ވަރަށް އަސަރުކުޜާނެ.. އެހެންވެ ނުބުނެ މި ތިބެނީ.. ” ޝާނިމް އޮޅުންފިލުވައިދިނެވެ. ޝާޔަނަށް އެ ހިޔާލު ކަމަކު ނުދިޔައެވެ. ޝަހާއަށް ހަގީގަތް ނޭނގޭހާ ދުވަހަކު މާޔާއަށް ނަފްރަތު ކުރާނެއެވެ. އެއީ ގޯހެކެވެ. ޝާޔަން ނުރުހިފައި ޝަހާއަށް ހަގީގަތް އެނގެން ޖެހޭނެއޭ ބުނުމުން ޝާނިމް ކޮންމެވެސް ދުވަހަކުން ޝަހާއަށް ކިޔައިދޭނަމޭ ބުނެލިއެވެ.

އޭރު ޝަހާ ބޭރަށް ދާން ވެގެން ޝާނިމް ކައިރިއަށް ކާރުގެ ތަޅުދަނޑި ހޯދަން އައި އިރު އެތެރެއިން ދައްކަމުން ދިޔަ ވާހަކަ އަޑުއިވުމުން ގަބޫލުނުކުރެވިފައި ހުއްޓުން އަރާފަ ހުރި އިރު ދެލޯ ފުރިގެން ކަރުނަ ފައިބަމުން ދިޔައެވެ. ޝާޔަން ދެއަތުން ކޮފީތަށި ހިފައިގެން އައިއިރު ދޮރު ނުލެއްޕުނީއެވެ. މި ހުރިހާ ދުވަހު އޭނައަށް މި އުޅެވުނީ އޮޅުންގަނޑެއްގެ ތެރޭގައެވެ. ބައްޕަ އަމިއްލައަށް އިއުތިރާފުވި ހެއްޔެވެ؟ ޝަހާ ކަރުނަ ފޮހެލަމުން ކޮޓަރިތެރެއަށް ދެމިގަތެވެ. ” ބުނޭ ތީ ދޮގެކޭ.. ބައްޕަ ނުކުރޭ އެއްވެސް ކަމެއް.. ނުކުރޭ ” ޝަހާ ކުރެހިފައިވާ އަޑަކުން ވާހަކަ ދެއްކިއެވް. ޝާނިމް އެނދުން ތެދުވެގެން އައިސް ޝަހާ ކުރިމައްޗަށް ހުއްޓިލީ ހާސްވެފަ ހުރެއެވެ. ޝަހާ ޝާނިމްގެ ގަމީހުގަ ހިފާލަމުން ތިއީ ދޮގެކޭ ބުނާށޭ ބުނެލިއެވެ. ޝާނިމް ޝަހާގެ އަތުގައި ހިފާ ހަމަޖެހޭށޭ ބުނެލިއެވެ. ” މީ ހުސް ތެދު.. އެ ރޭ ބައްޕަ އަމިއްލައަށް ހުރިހާ ކަމަކަށް އިއުތިރާފުވި.. މާޔާ ބައްޕައަށް އަނިޔާ ކުރީ ގަސްތުގައެއް ނޫން.. މާޔާ ހުރީ ހަމަޔަކު ނޫން.. ބައްޕަ އިނޮސެންޓް އެއް ނޫން.. މިއަދު މާޔާ އެ އުޅޭ ހާލުގަ ޒިންމާ ނަގަން ޖެހޭ ހަމައެކަނި މީހަކީ ބައްޕަ.. ” ޝާނިމް ޝަހާގެ މޫނުގައި ދެއަތުން ހިފައިގެން ހުރެ ވާހަކަދެއްކީ ވިސްނައިދޭފަދަ ގޮތަކަށެވެ. ޝަހާ ހުއްޓުން އަރާފަ ބަލަން ހުރިއިރު ދެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ޝާނިމްގެ އަތް ނައްޓުވާލަމުން އެނދުގެ ކޮޅުގަ އިށީދެލިއިރު ދެ ފަރާތަށް ބޯ ހޫރަމުން ނޫނެކޭ ކިޔަމުން ދިޔައެވެ. ” އެންމެން ދޮގު ހެދީ.. މި..މި.. މި ހުރިހާ ދުވަހު އަހަރެން މާ.. މާޔާދެކެ މި ވަނީ ކޮން ކަހަލަ ނަފްރަތެއް.. ބ.. ބައް…ބައްޕަ ކީއްވެ އެހެން ހެދީ؟ މާޔާ ދުވަހަކުވެސް އަހަންނަށް މާފެއް ނުކުރާނެ.. ދޮންބޭ.. މާޔާއަށް އަހަރެން ހާދަ ހަޑި އެއްޗެހި ކީމޭ.. ނޫން.. އަހަންނަކަށް ދެން ނުކެރޭނެ މާޔާ ކުރިމައްޗަށް ދާން ވެސް… އަ… އައި.. އައި ޑިޑް ރޯންގް ވިތް ހާރ.. ނޯ.. ނޯ.ނޯ ” ޝަހާ ރޮމުން ދިޔައިރު ވާހަކަ ދެއްކުނީވެސް އުދަގުލުންނެވެ. ޝާނިމް ޝަހާގެ ގައިގަ ބައްދާލަމުން މާޔާއާ ވާހަކަ ދައްކާލާށޭ ބުނެލިއެވެ. ޝާޔަން ވެސް ފެންކަޅިވެފައި ހުރެ އައިސް ޝަހާގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. ޝަހާ މާޔާއާ ވާހަކަ ދައްކަން ދާން އުޅެފަ މާދަން ދާން ނިންމީ މިރޭ ދެން މާ ބޮޑަށް ލަސްވީމައެވެ.

އޭގެ އަނެއް ދުވަހެވެ. މާޔާ އޮފީހުގަ އުޅެފަ ބްރޭކަށް ދާން ނުކުތް ގަޑީ ބޭރުގައި ހުރި ނިހާން ފެނުމުން ކުޑަކޮށް ހީލިއެވެ. ” މި ގަޑީގަ ބްރޭކަށް ދާނެކަން އެނގޭތީ މިއައީ.. އަހަރެން ގޮވައިގެން ދާން ވީނު.. ” ނިހާން ކުޑަކޮށް ހީލަމުން ބުނެލިއެވެ. މާޔާ އޯކޭއޭ ބުނެފަ ގޮސް ކާރަށް އެރުމުން ނިހާންވެސް އެރިއެވެ. ކާރުގައި ދަނިކޮށް ފޯނެއް އައިސްގެން މާޔާ ބަލާލި ގަޑީ ސްކްރީނަށް އަރާފަ އޮތް ނަން ފެނުމުން ކާރުވެސް މަޑުކޮށްލެވުނީ ލިބުނު ހައިރާންކަމުންނެވެ. މާޔާއަށް ވީ ގޮތް ފެނިގެން ނިހާންވެސް ހައިރާންވެފައި ކިހިނެއްވީހޭ އަހާލިއެވެ. ” ޝަހާ ” މާޔާ މަޑުމަޑުން ކިޔާލިއެވެ. ފޯނު ނެގުމުގެ ކުރިން މާޔާ ކާރު މަގުގެ އެއް ކައިރިއަކަށް މަޑުކޮށްލިއެވެ. ” އަހަންނާ ބައްދަލުކުރެވިދާނެތަ؟ ” މާޔާ ފޯނު ނެގުމާއެކުހެން ޝަހާ ބުނެލި ޖުމުލައިން އިތުރަށް ހައިރާންވިއެވެ. ” ޝުއަރ.. ކޮންތާކަށް ދާންވީ؟ ” މާޔާ ބުނެލިއެވެ. ” މިގެއަށް އާދެވޭނެ؟ ” ޝަހާ ސުވާލުކޮށްލިއެވެ. މާޔާ އޯކޭ އޭ ބުނުމުން ޝަހާ ފޯނު ބޭއްވިއެވެ. މާޔާ ފޯނު ތިރިކުރިއިރުވެސް އިނީ އަދިވެސް ގަބޫލުނުކުރެވިފައެވެ. ނިހާނާ ދިމާލަށް އަތް ދިއްކޮށްލަމުން ” ޕިންޗް މީ ” އޭ ބުނެލިއެވެ. ނިހާން ހީލަމުން ބާރަށް މާޔާގެ އަތުގަ ވިކައިގަތެވެ. މާޔާ ހަޅޭލައްވައިގަންނަމުން އަތް ދަމައިގަތެވެ. ” ޝަހާ އަހަންނާ ބައްދަލު ކުރަން ބޭނުމޯ.. ނިހާން ޝަހާ އަމިއްލައަށް އަހަންނަށް ގުޅީ.. އަނެއްކާ ކީއްވާންބާ މި އުޅެނީ؟ ” މާޔާ އުފާވެލާފައި ވާހަކަދެއްކިއެވެ. ނިހާން ހީލަމުން ހުރިހާ ކަމެއް ރަނގަޅުވާން އުޅެނީއޭ ބުނެލިއެވެ. ” އޯކޭ.. އެހެންވީއިރު ދެން އެހެން ފަހަރަކު ލަންޗަށް ދާނީ.. ގުޑް ލަކް! ” ނިހާން ހީލަމުން ކާރުން ފޭބުމުން މާޔާ ކާރު ދުއްވާލިއެވެ.

ސަމީރާމެންގެއަށް ވަދެގެން ދިޔައިރު މާޔާގެ ހިތް ތެޅެމުން ދިޔައެވެ. ޝަހާ އެހާ ކުއްލިއަކަށް އޭނައާ ބައްދަލުކުރަން އެ ނިންމީ ކީއްވެ ހެއްޔެވެ؟ މާޔާ ފުންނޭވައެއް ދޫކޮށްލަމުން އެތެރެއަށް ވަނެވެ. އޭރު ޝަހާ ސޯފާގައި އިށީދެލައިގެން އިނީ ދެފައި ތަޅުވާލަ ތަޅުވާލައެވެ. މާޔާ ފެނުނު އިރަށް ކޮޅަށް ތެދުވެގެން އައިސް މާޔާގެ ކުރިމައްޗަށް ހުއްޓިލިއެވެ. ” އަހަންނަކަށް ނޭނގެ މާޔާގެ ކުރިމަތީ މިއަދު ބުނާނެ އެއްޗެއްވެސް.. އަހަންނަށް މާފުކުރޭ މާޔާ.. ކުރިއަކުން އަހަންނަށް ހަގީގަތެއް ނޭނގެ… އިއްޔެގަ ދޮންބެމެން އެ ވާހަކަ ދައްކަނިކޮށް އަޑުއިވުނީ.. މާޔާ އަހަންނަށް މާފު ކުރޭ.. ޕްލީސް.. ” ޝަހާ ކުއްވރިއަކު ފަދައިން އިސްޖަހާލައިގެން ހުރެ މާޔާ ކިބައިން މާފަށް އެދުނެވެ. މާޔާގެ ދެލޯ ކަރުނުން ފުރިގެން ދިޔައީ އުފާވި ވަރުންނެވެ. މާޔާ އެއްވެސް އެއްޗެކޭ ނުބުނެ ޝަހާގެ ގައިގަ ބައްދާލިއެވެ. އަހަރުތަކަށް ފަހު ދެބެއިންގެ ދެމެދުގަ އޮތް ދުޝްމަންކަން ނެތިގެން ދިޔައީއެވެ. ސަމީރާ ރޮވިފަ ހުރެ އައިސް ދެމީހުންގެ ގައިގަ ބައްދާލިއެވެ. މާޔާ ޝަހާއަށް މާފުކުރުމަކީ އެއީ މާޔާގެ ރަނގަޅު ކަމެވެ. މާޔާއަށްޓަކާ ޝަހާ ކޮންމެވެސް ކަމެއް ކޮށްދޭނެއެވެ. ހިތަށް އެރި އެއްޗަކުން ޝަހާ ހިނިތުންވެލީ މާނަވީ ގޮތަކަށެވެ.

މާޔާ ސަމީރާމެންގެއިން ނުކުމެގެން ސީދާ ދިޔައީ ނިހާންމެން ގެއަށެވެ. ކީއްވެކަމެއް ނޭގެއެވެ. މާޔާ އެންމެ ފުރަތަމަ ވެސް މި ހަބަރު ދޭން ބޭނުންވީ ނިހާނަށެވެ. ނިހާންމެންގެއަށް ގޮސް ބެލް ޖެހުމުން ދޮރު ހުޅުވީ އިފާޝާއެވެ. މާޔާ ނިހާން ކޮބާހޭ އެހުމުން ގޭގަ ނެތޭ ބުނުމުން މާޔޫސްވިއެވެ. ނިހާނަށް ގުޅުމުން އެބަދަމޭ ބުނެލިއެވެ. މާޔާ އޯކޭ އޭ ބުނަމުން ގޮސް މަޑުކޮށްލިއެވެ. އިފާޝާ ދޮރު ލައްޕަމުން ގޮސް މައްޗަށް އެރިއެވެ. މާ ގިނަ އިރުވާން ފެށުމުން މާޔާ ފޫހިވިއެވެ. ނިހާން އަންނަންވާއިރަށް މާޔާ ގެ ބަލަން ނިންމިއެވެ. ސިޑިން އަރައިގެން މައްޗަށް ގޮސް ކޮރިޑޯގައި ހިނގަމުން ދިޔައިރު ގޭގެ ރީތިކަމަށް ހިތުން ތައުރީފު ކޮށްލެވެއެވެ. ކޮރިޑޯގެ ކޮޅުގައި ހުރި ކޮޓަރި ފެނުމުން މާޔާ އެ ކޮޓަރިތެރެއަށް ވަންނަހިތްވިއެވެ. މަޑުމަޑުން ދޮރުގެ ތަޅުގަހިފާ އަނބުރާލިއިރު ހުރީ ތަޅުނުލައެވެ. މާޔާ އެތެރެއަށް ވަން އިރު އަނދިރިކަމުން ސްވިޗްބޯޑް ހޯދަން ފާރުގައި އަތް ޖައްސަމުން ދަނިކޮށް ސްވިޗްގަ އަތް ޖެހުނެވެ. މާޔާ ކުޑަކޮށް ހީލަމުން ސްވިޗް ޖެއްސިގަޑީ ފެނުނު މަންޒަރުން ލޯ ބޮޑުކޮށްލެވުނު އިރު އަނގަމަތީ އަތް އަޅާލެވުނެވެ. ވަށައިގެން ކޮޓަރީގަ އެނބުރެމުން ދިޔައިރު ފެންނަމުން ދިޔަ އޭނަގެ ތަސްވީރުތަކުން ހިތް ތެޅިލިއެވެ. މޭޒުމަތީ ހުރި އޭނަގެ އެއްޗިއްސަށްވެސް ބަލަން ހުރެވުނީ ގަބޫލުނުކުރެވިފައެވެ. ދެލޮލުގައި ކަރުނަ ގިނަވެގަތީ ގައިމުވެސް އުފަލަކުން ނޫނެވެ. ނިހާން އޭނަދެކެ ހާދަ ލޮތްބެއް ވޭ ހެއްޔެވެ؟ އޭނައަށްޓަކާ ނިހާން ނުކުރަނީ ކޮންކަމެއް ހެއްޔެވެ؟ އެކަމަކު އޭނަ ނިހާނަށްޓަކާ ކޮށްދިނީ ކޮން ކަމެއް ހެއްޔެވެ؟ އެއްވެސް ކަމެއް ނުކޮށްދެވެއެވެ.

ނިހާން ގެއަށް އައިއިރު މާޔާ ފެންނަން ނެތުމުން ދައްތަ ކައިރީ މާޔާ ކޮބާހޭ އެހުމުން ދިޔައީ މައްޗަށޭ ބުނުމުން ދެލޯ ބޮޑުކޮށްލެވުނެވެ. ދުވެފައި ކަހަލަ ގޮތަކަށް ނިހާން މައްޗަށް އަރައި ގޮސް ކޮރިޑޯގެ ކޮޅަށް ދެވުނު އިރު ކޮޓަރީގެ ދޮރު ހުޅުވިފައި ހުރިތަން ފެނުމުން މަޑުމަޑުން ނޫނެކޭ ބުނެލިއެވެ. ކޮޓަރީގެ އެތެރެއަށް ދެމިގަތް އިރު މާޔާ ހުރިގޮތް ފެނުމުން އިސްއޮބާލިއެވެ. މާޔާ އިރުކޮޅަކު ނިހާނަށް ބަލަން ހުރެލާފައި އައިސް ބައްދާލިއެވެ. ނިހާން ގަބޫލުނުކުރެވިފައި މާޔާގެ ގައިގަ އަތްވެސްނުލާ އެ ހުރިގޮތަށް ހުރީ ދެލޯ ބޮޑުކޮށްލައިގެނެވެ. މާޔާ އިރުކޮޅަކުން ދުރުވެލަމުން ނިހާނާ ހަތަރުކަޅި ހަމަކޮށްލިއެވެ. ” މާޔާ.. އަހަރ…. ” ނިހާން އެއްޗެކޭ ބުނަން އުޅުނުތަނާ މާޔާ ނިހާންގެ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލަމުން ބޯ ހޫރާލިއެވެ. ” މެރީ މީ! ” މާޔާ ބުނެލިއެވެ. ނިހާން ދެލޯ ބޮޑުކޮށްލިއިރު ފަހަތަށް ފިޔަވަޅެއްވެސް އަޅާލިއެވެ. ” ނިހާން މެރީ މީ.. ” މާޔާ އަނެއްކާވެސް ބުނެލިއެވެ. ” ނޫން.. މާޔާ މިވަގުތު ތިހުރީ ތިހާ ބޮޑު ޑިޒިޝަނެއް ނަގާހާ ހަމައެއްގައެއްނޫން..  ފަހުން ވީ ވިލް ޓޯލްކް.. މާޔާ ދޭ ގެއަށް.. ” ނިހާން އެއްފަރާތަކަށް ޖެހިލަމުން ބުނެލިއެވެ. ” އަހަރެން މި ހުރީ ހަމައިގަ.. ކިތަންމެ ގިނައިރެއް ވިޔަސް ދެން އަހަރެންގެ ޑިޒިޝަނެއް ޗޭންޖެއް ނުވާނެ.. ނިހާނަށް ޖަވާބެއް ދޭން ވަގުތު ބޭނުންވަންޏާ އޯކޭ ވަގުތު ނެގިޔަސް.. ” މާޔާ ސާބިތުކަމާއެކީ ވާހަކަދެއްކިއެވެ. ނިހާން ފާޑަކަށް މާޔާއަށް ބަލާލިއެވެ. ” މާޔާ.. މި އެއްޗިއްސަށް ބަލާފަ މާޔާ ނިންމުމެއް ނިންމާނެ ކަމެއް ނެތް.. އަހަރެން ބޭނުންމެއް ނޫން މާޔާ ފަހުން ރިގްރެޓް ވާ ނިންމުމެއް ނިންމާކަށް.. އަހަރެން މާޔާދެކެ ލޯބިވިޔަސް މާޔާ ބޭނުންނުވަންނާ އަހަރެން ދުވަހެއްގެ ކޮޅުންވެސް ނެތިން މާޔާއަށް އަހަންނާ އިންނަން މަޖުބޫރުކުރާކަށް.. ސިރިއަސްލީ ޔޫ ޑޯންޓް ހޭވް ޓު ޑޫ ދިސް.. ” ނިހާން އައިސް މާޔާގެ ކުރިމައްޗަށް ހުއްޓިލަމުން ވާހަކަ ދެއްކީ ވިސްނައިދޭފަދަ ގޮތަކަށެވެ.

މާޔާ ހީލިއެވެ. ” އަހަރެން ރިގްރެޓެއް ނުކުރާނަން.. އެކަމަކު ނިހާނާ ނީނދެފިއްޔާ އަހަރެން ރިގްރެޓް ކުރާނަން.. ” މާޔާ ނިހާންގެ އަތުގަ ހިފާލަމުން ބުނެލިއެވެ. ނިހާން އަދިވެސް ގަބޫލުނުކުރަން މާޔާގެ އަތް ނައްޓުވާލަމުން ދުރަށް ޖެހިލިއެވެ. ” ދޭ ގެއަށް ” މާޔާ ދެން އެއްޗެކޭ ބުނަން އުޅުމުން ނިހާން ތަންކޮޅެއް ބާރަށް ބުނެލިއެވެ. މާޔާ ފާޑަކަށް ބަލާލަމުން ނުކުމެގެން ދިޔައެވެ. މިހާރު ދިޔަސް މާޔާ އަދި ފަހުންވެސް ނިހާން މިކަމަށް ރުއްސާނެއެވެ. ގެއަށް ގޮސް މާޔާ މަންމައާ ބައްޕަ ކައިރީ ކައިވެނި ކުރަން އުޅޭ ވާހަކަ ބުނެލިއެވެ. ފާއިޒުއާ މަލީހާ އުފާވެފައި ކާކުހޭ އެހުމުން މާޔާގެ ފަރާތުން ލިބުނު ޖަވާބުން މޫނުމަތިން ނުރުހުން ފެނިގެން ދިޔައެވެ. ވަގުތުން އެކަމަށް އިންކާރުކުރިއެވެ. ” މަންމާ.. ބައްޕާ.. އަހަންނަކީވެސް މަސްތުވާތަކެތި ބޭނުން ކުރި މީހެކޭ.. އެކަމަކު މިހާރު އަހަރެން އެބަ ބޭނުންކުރަންތަ؟ ނިހާނަށް ވެސް ބޭނުންވަނީ މީހެއްގެ އަޅާލުން. އަހަރެން ބޭނުން އެ އަޅާލުން ދޭ މީހަކީ އަހަރެން ކަމުގައި ވުން.. އަހަންނަށް ޔަގީންކަން އެބަ އޮތް ނިހާން ރަނގަޅުވާނެކަން.. ” މާޔާ ވިސްނައިދޭފަދަ ގޮތަކަށް މަޑުމަޑުން ވާހަކަ ދެއްކިއެވެ. އެ ވަރުންވެސް މަލީހާ ނުރުހިފައި ވާހަކަ ދައްކަމުން ދިޔައިރު ފާއިޒު އެއްޗެކޭ ނުބުނެ އިރުކޮޅެއް ވަންދެން އިނީ ވިސްނުމެއްގައެވެ. ” ދަރިފުޅަށް ޔަގީންކަން އޮތިއްޔާ ބައްޕަ ގަބޫލު.. އެކަމަކު ބައްޕަގެ މި ރުހުމަށް ދަރިފުޅު ޖެހޭނެ ނިހާން ރަނގަޅު ކޮށްފަ ދައްކަން.. އެއްވެސް މަޔަކު ބައްޕައަކު ބޭނުމެއް ނުވާނެ އެމީހެއްގެ ދަރިފުޅު އެކަހަލަ މީހަކާ އިންނަތަން ދެކޭކަށް.. ” ފާއިޒު ބުނެލިއެވެ. މަލީހާ ހިތްހަމަނުޖެހިފައި އެއްޗެކޭ ބުނަން އުޅުމުން ފާއިޒު އެކަން ހުއްޓުވިއެވެ. ” އަހަރެން ވައުދުވަން. ނިހާން ރަނގަޅުކޮށްފަ ދައްކާނަން ” މާޔާ ކުޑަކޮށް ހީލަމުން ބައްޕަގެ އަތުގަ ހިފާލިއެވެ. ފާއިޒު މާޔާގެ އަތަށް ފިތާލިއެވެ.

މާޔާ ކޮޓަރިއަށް ވަން ގޮތަށް ނިހާނަށް ގުޅާލިއެވެ. ނިހާން ރިންގް ވަމުން ދިޔަ ފޯނަށް ބަލަން އިނީ ނުނަގާށެވެ. މާޔާގެ އެ އެދުމަށް ހިތުން އުފާވިޔަސް މީ މާޔާ ހިތުން ރުހުމުން ބޭނުންވާ ކަމެއްހެން ހީނުވާތީ ނިހާން އާއެކޭ ބުނަން ފަސްޖެހެނީއެވެ. ހުއްޓާނުލާ މާޔާ ގުޅަމުން ދިޔުމުން ނިހާން ފޯނު ނެގިއެވެ. ” އަހަންނާ އިންނާނަންހޭ؟ ” މާޔާ ބުނެލިއެވެ. ” މާޔާ. މޮޔަވެފަތަ ތި ހުރީ؟ ތިކިޔޭ އެއްޗެއް އެބަ އެނގޭތަ؟ ” ނިހާން ހިތްހަމަނުޖެހިފަ ވާހަކަވެސް ދެއްކުނީ ހަރުކަށިކޮށެވެ. ” ނިހާން އަހަންނާ އިންނަން ބޭނުންހޭ؟ ނޫންހޭ؟ އަހަރެންމީ ކުޑަކުއްޖެއްތަ ނުވިސްނޭހާ.. ވިސްނާފައޭ މިހެން މި ބުނީ.. ” މާޔާވެސް ބާރަށް ވާހަކަ ދެއްކިއެވެ. ” އާން.. އިންނަން ބޭނުން.. އެކަމަކު މިހެނެއް ނޫން. މާޔާ އަހަރެންގެ އެހީތެރިކަމުގަ ބަދަލުގަ އަހަންނާ އިންނަން ބޭނުންވަންނާ އަހަރެން ނެތިން އެގޮތަކަށް މާޔާއާ އިންނާކަން.. ” ނިހާން ބުނެލިއެވެ. ” އަހަރެން ނިހާނާ އިންނަން ބޭނުންވާތީ އިންނަން މިއުޅެނީ.. އެހީތެރިކަމުގަ ބަދަލުގައެއް ނޫން.. ” މާޔާ އިރުކޮޅެއްގެ ހިމޭންކަމަށް ފަހު ބުނެލިއެވެ. ނިހާން އެއްޗެކޭ ނުބުނެ އިރުކޮޅެއް ވަންދެން ހުރެފަ އިންނާނަމޭ ބުނެލިއެވެ. މާޔާ ހިނިތުންވެލަމުން އެހެންވީމަ ފޯމާ އެއްޗެހި ނަގާށޭ ބުނެލިއެވެ. ނިހާން ބޭނުންވީ ކޯޓުގަ ކައިވެނިކުރާށެވެ. މާޔާވެސް އެ ގޮތަށް އެއްބަސްވިއެވެ.

ކިޔާންގެ ކަންފަތަށް އެ ހަބަރު ލިބުމުން މެއަށް ހޫނު ފެން އެއްޗެއް އޮއްސާލިހެން ހީވިއެވެ. ގަބޫލުނުކުރެވިފަ ހުރި އިރު ހިތުގެ ކަނަކުން މާޔާ މި ކައިވެނި ކޮށްގެން ނުވާނެޔޭ ބުނެލިއެވެ. ކޮންމެ އެއްޗެކޭ ކިޔަސް ހިތުގައި މާޔާއާމެދު އޮތް ލޮތްބަށް އަދިވެސް އެއްވެސް ބަދަލެއް ނާދެއެވެ. އެކަމަކު ފަހަރެއްގަ މީ މާޔާއަށް ވެސް އަދި އޭނައަށް ވެސް އެންމެ ރަނގަޅު ގޮތެވެ. މާޔާ އެހެން މީހަކާ އެކީ އުޅެން ފެށުމުން ފަހަރެއްގަ ކިޔާނަށްވެސް ފުރިހަމަ ގޮތުގައި މާއިޝާ ބަލައިގަނެވޭނެއެވެ.

ދެ ހަފްތާ ތެރޭ ކައިވެނި ކުރެވުނުވެ. މާޔާ އަމިއްލަ އަނބިމީހާއަށް ވި ވަގުތަކީ ނިހާންގެ ދިރިއުޅުމުގަވެސް އައި އެންމެ އުފާވެރި ވަގުތެވެ. މާޔާގެ އަތް ތިލައިގަ ހިފާ ފިތާލީ ދުވަހަކުވެސް ދޫނުކުރާނަމޭ ބުނާ ފަދައިންނެވެ. މާއިޝާ ދުރުގައި ހުއްޓިލައިގެން ހުރި އިރު ތުންފަތްމަތީވީ ފަތަހައިގެ ހިނިތުންވުމެކެވެ. ނިހާނަކީ ގޯސް މީހެއްކަން އެނގޭ އިރުވެސް މާޔާ އެމީހުންގެ ދިރިއުޅުމުން ދުރަށް ދާނެކަން އެނގޭތީ ހިތަށް ހިތްހަމަޖެހުމެއް ލިބުނެވެ.

ރޭގަނޑު ވަގުތެވެ. މާޔާ ނިހާންގެ ކޮޓަރީގަ އެނދުގަ އިށީދެލައިގެން އިންދާ ނިހާން ދޮރުން ވަނެވެ. މާޔާ އިސްއުފުލާލަމުން ހިނިތުންވެލިއެވެ. މިރޭ ދެން ވާނެ ގޮތް ހިތަށް އަރުވާލުމުންވެސް މާޔާ އިނީ ނުތަނަވަސްވެފައެވެ. މޫނުމަތިން އެކަން ނުދައްކަންވެގެން ހިނިތުންވެލައިގެން އިނަސް ހިތް ތެޅެމުން ދިޔައީ އޮބި ނޯންނަ ވަރަށެވެ. ނިހާން މާޔާއަށް ބަލާލަމުން ގޮސް ޑްރެސިން ޓޭބަލް ކުރިމަތީ ހުއްޓިލީ ގަމީހުގެ ގޮށް ނައްޓުވަމުންނެވެ. ގަމީހުގެ ހުރިހާ ގޮށްތަކެއް ނައްޓުވާލަމުން ގަމީސް ނުބާލާ ނިހާން ގޮސް މާޔާ ކުރިމަތީ ހުއްޓިލަމުން މާޔާއާ ދިމާލަށް  ގުދުވެލިއެވެ. މާޔާ އަތުން ބެޑްޝީޓްގައި ހިފާ އަތުގެ ތެރޭ ބޮޑިކޮށްލި އިރު ލޯމަރާ ބާރުކޮށްލިއެވެ. ނިހާން އިރުކޮޅެއް ވަންދެން އެ ހުރި ގޮތަށް ހުރެ މާޔާގެ މޫނަށް ބަލަން ހުރިއިރު ހިނިތުންވެލިއެވެ. ” ތުވާލި ” ނިހާން މަޑުމަޑުން ބުނެލި އަޑަށް މާޔާ ލޯ ހުޅުވާލިއެވެ. ނުވިސްނޭ ފަދަ ގޮތަކަށް މާޔާ ބުމަ ހިއްލާލުމުން ނިހާން މާޔާގެ އެއްކައިރީގަ އޮތް ތުވާލި ނަގަމުން ދައްކާލިއެވެ. ” އޯހްހހ ” މާޔާ ހިނިތުންވެލިއެވެ. ” ޑޯންޓް ވޮރީ.. މާޔާ ރެޑީ ނުވާހާ ހިނދަކު އަހަރެން ނެތިން ތި ވިސްނާ ކަހަލަ އެއްވެސް ކަމެއް ކުރާކަށް.. ” ނިހާން ހީލަމުން ބުނެލިއެވެ. މާޔާ ލޯ ބޮޑުކޮށްލިއެވެ. ނިހާނަށް އޭނަ ވިސްނަމުން ދިޔަ އެއްޗެއް އެނގުނީ ކިހިނެއް ހެއްޔެވެ؟ ނިހާން ހީލަމުން މާޔާގެ ނިތްކުރީގަ ތުންފަތް ޖައްސާލަމުން ދުރުވެލިއެވެ. ގަމީސް ބާލަމުން ގޮސް ފާހާނައަށް ވަނީ ފެންވަރާލާށެވެ.

މާޔާ އެނދުގެ އެއްފަރާތެއްގައި އޮށޯވެލައިގެން އޮތް އިރު ނިހާން އަނެއް ފަރާތުގައި އޮށޯވެލައިގެން އޮތީ މާޔާއަށް ނަޒަރު ހުއްޓާލައިގެންނެވެ. ” ތެންކިޔު އަހަންނަށް މާޔާގެ ފިރިމީހާއަށް ވުމުގެ ނަސީބު ދިނީތީ. ހަގީގަތުގައި އަހަރެން ދުވަހެއްގެ ކޮޅުންވެސް ހީނުކުރަން މާޔާއާ އިންނާނެ ނަސީބެއް އަހަންނަށް ލިބޭނެ ކަމަށް.. އެދުވަހު މާޔާ ބުނީމެއްނު.. ދުވަހަކު މީހަކާ ނީނދެ ހުންނަން ޖެހުނަސް ކިޔާން ނޫން މީހަކާ ނީންނާނަމޭ.. އެ ދުވަހު އަހަރެން ހުރިހާ އުއްމީދެއް ވަޅުލައިފިން.. ދެން ހުރެފަ ކުއްލިއަކަށް މާޔާ އަހަންނާ އިންނަން އެހި ދުވަހު ފުރަތަމަ ކަންފަތަށް އަޑުއިވުނު އެއްޗެހިވެސް ގަބޫލެއް ނުކުރެވުނު.. އައި އެމް ސޯ ބްލެސްޑް ޓު ހޭވް ޔޫ އޭސް މައި ވައިފް ” ނިހާން އަސަރާ އެއްކޮށް ބުނެލި ކޮންމެ ޖުމުލައެއް މާޔާގެ ހިތުގެ ފުންމިނަށް އަސަރުކުރިއެވެ. ނިހާންގެ އަތުގަ ހިފާލަމުން ހިނިތުންވެލިއެވެ.

ކައިވެންޏަށް ފަހު ނިހާން މާޔާއަށް ނިކަން އަޅާލައެވެ. ހެނދުނު އޮފީހަށް ދިއުމުގެ ކުރިން ކޮޓަރިއަށް ސައި ގެނެސް ދެއެވެ. އޮފީހަށް ލާން ދެއެވެ. ބްރޭކް ގަޑީ މާޔާ ގޮވައިގެން ބޭރަށް ކާން ދެއެވެ. ބައެއް ދުވަސް ދުވަހު ގެއިން ވެސް ކައި ހަދައެވެ. މާޔާއާ އެއްކޮށް މާޔާމެންގެއަށް ގޮސް މަލީހާއާ ފާއިޒުއާ ދެމީހުންނާ އަދަބުވެރިކަމާއެކީ ވާހަކަ ދައްކާ ހަދައެވެ. މާޔާ އުފާވާނެހާ ކަމެއް ވިއްޔާ ނިހާން ކޮށްދެއެވެ. މާޔާ ނިހާންގެ ކޮންމެ ކަމަކަށް ތައުރީފު ކުރެއެވެ.

އެއް ދުވަހަކު މާޔާ ނިހާނާ އެކީ ފިހާރައަށް ދިޔައީ ގެއަށް ބޭނުންވާ ބައެއް އެއްޗެހި ގަންނާށެވެ. ނިހާން އަމިއްލައަށް ބޭނުންވާ އެއްޗެހި ބަލަމުން ދިޔައިރު މާޔާ އުޅުނީ ފިހާރައިގެ އަނެއް ފަރާތުގައެވެ. މާޔާ ހަރުގައި ހުރި އެއްޗެއް ބަލަނިކޮށް ދުރުގައި ހުއްޓިލައިގެން ހުރި މާއިޝާ ފެނުމުން ހިނިތުންވެލެވުނެވެ. މާއިޝާ އޭނައާ ވާހަކަ ނުދައްކާތީ ދާން ނުކެރިފައި ދުރުގައި ބަލަން ހުރީއެވެ. އަދި ބަނޑަށް ވާނީ އެއް މަސްވަރުކަމުން ބަނޑުން އެއްވެސް ގޮތަކަށް ނޭގެއެވެ. މާއިޝާ ހަރުގަނޑުން ނެގި އެއްޗަކުން މާޔާ ހައިރާންވިއެވެ. ބަނޑުބޮޑު އިރު މާއިޝާއަށް އޭގެ ބޭނުން ޖެހެންވީ ކީއްވެ ހެއްޔެވެ؟ މާއިޝާ އޭތި އަތުގަ ހުރި ވަށިގަނޑަށް ލުމުން މާޔާ ސުވާލުއުފެދިފައި ހުރެ ގޮސް މާއިޝާގެ ކުރިމައްޗަށް ހުއްޓިލިއެވެ. ” މާއިޝާ ކީއްކުރަން ތީތި ތި ގަންނަނީ؟ ” މާޔާ ސުވާލުކޮށްލިއެވެ. ކުއްލިއަކަށް މާޔާ އައިސް ވާހަކަ ދެއްކުމުން މާއިޝާ ކުޑަކޮށް ސިހުނެވެ. ” މި..މި.. ކާވްޔާ އަށް.. އަހަރެން ބޭރަށް އައި އިރު ބުނީ ގަނެދޭށޭ.. ” މާއިޝާ ހަމަޖެހެން މަސައްކަތްކުރަމުން ވާހަކަ ދެއްކިއެވެ. މާޔާ އެހެންހޭ ބުނެފަ ދުރަށް ޖެހިލީ މާއިޝާ އޭނަ ކައިރީގަ ހުންނަން ހިތްހަމަނުޖެހިދާނެތީއެވެ. މާޔާ ދާން ފެށުމުން މާއިޝާ ހުއްޓުވަން ވެސް ނޫޅުމުން މާޔާ ދެރަވިޔަސް އަޅާނުލާ ދިޔައެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

saarah

Level 210 Stories100 Comments

Other Articles

Previous

ލޯބީގެ ވާރޭ….1 ވަނަ ބައި

Next

މަލިކާ (4)

Next
November 8, 2015

މަލިކާ (4)

Previews
November 7, 2015

ލޯބީގެ ވާރޭ….1 ވަނަ ބައި

50 Comments!

  1. Rish says:
    November 7, 2015 at 9:37 pm

    Nice

  2. Alisha says:
    November 7, 2015 at 9:42 pm

    v reethi…… v ufaa vehje nihaan aa mayaa gulhu vma… i jus love this story…… hey whn next part?????

  3. Xyn says:
    November 7, 2015 at 9:46 pm

    Alhe. Dhen nihaan Maya dhuru nukurachey.

  4. afakko says:
    November 7, 2015 at 9:48 pm

    Alheyyyy…haadha reehchey mi bai vx….maaya and nihaan…..wow….

  5. nazi says:
    November 7, 2015 at 10:03 pm

    vvvv reethi plz plz plz next part avaha up kolla dhey chey

  6. Manday's girl says:
    November 7, 2015 at 10:11 pm

    kiyaan ah truth ingunyma dhn salhi varne

  7. Yoohaa says:
    November 7, 2015 at 10:25 pm

    Haha maisha pregnant eh nun eyna olhuvaalaigen eulheny.. shahaa gossa kiyaan ah hurihaa ehcheh kiyaidheyny … Anyways nice

  8. mai says:
    November 7, 2015 at 11:00 pm

    Dhen rangalhuvany 2/3aharu fasgenesdhiniyya.vvvvreethi

  9. Azra Adam says:
    November 7, 2015 at 11:12 pm

    Keeve gen tha vaahaka open nukurevenee

  10. sadh says:
    November 7, 2015 at 11:41 pm

    Kaivenyaky v maaiy gulhumeh kan engeyne Saarah ah ves dho. I hope ehen vaahaka thakuga hadhaahen wife/husband maraalaafa maaya aa kiyan aa nugulhuvaane kamah. Assues inthizaaru kury Nihaan. Maaya deserve vany Nihaan ah. Kiyan should regret abadhu abadhu meehun dhakka vaahaka ahaigen loabiva meeha ah trust nukureveykan. He should know how maaya was feeling all these days. Maaisha preg nooniya thats a big slap on Kiyaans face. Pls dont make us wait for so long and upload the next part soon. I can hardly wait now. Thanks for putting this so beautifully. Absolutely love this story. My fav from all others. ??????

  11. Nash says:
    November 8, 2015 at 12:03 am

    Masha Allah. Awsome story. Pls next part up kohdhechey varah avahah. Cant wait…

  12. Crazi says:
    November 8, 2015 at 12:20 am

    Wow shalhi ehegy ..next part

  13. Hai says:
    November 8, 2015 at 12:57 am

    Wow…maayaa aa nihaan varah gulhey.v.reerhi mi story…..

  14. ainyyy says:
    November 8, 2015 at 12:58 am

    Wow….. eagerly waiting for the next part….. plxxxx update soon……………… maaya dhera nuvey adi gadakah fahu usgan’deh annaaneye bune ehnu….. maayaa adhi kiriyaa ufaaverikan fennan fashaniii e…. kokko ah nihaan inthihaah loabi dheyne…. nd kiyaan wait nd watch ur wife is destroying ur life.. bune ehunu ekakah dheraeh dheefa thimaa ah ufaaveri dhiriulhumeh nulibeyneyyy…. u try to knw the reason. Nd maaishaa nd kiyaan never knw or understand wat is love…. nihaan nd maaya r ready to sacrifice together.. maruhaba nihaan nd maaya… ufaaveri musthagubalakah edhen

  15. think says:
    November 8, 2015 at 2:04 am

    evves meehaku goas nukuracchey. adhi evves meehakah dhera gotheh nahadhacchey. maisha ves dhen kommehen villain akah hadhaane kameh neh. aharen nama maa rulhi annaane ehen meehaku aharenge hux aa gulhun onna kan enguneema. marriage salaamaiy kuran hedhunu dhogeh ge sababun kiyaan aa dhemeehunge kaiveni roolhaanulacchey. the for of them deserve happiness. let them go ahead happily with their marriage ?

  16. X@a says:
    November 8, 2015 at 6:42 am

    Mihaaru up kuraaleh haadha lahey..bt mi part vvvv reethi

  17. fathun says:
    November 8, 2015 at 6:49 am

    ryche noon
    eves ryche nun
    maaya liben jeheny kiyaan ah. kiyaan and maaya both loves each other. kurin ves igey nihaan kodhin kantha. dhn now kyve. vvv.foohi dhn. kiyaa hiy ves kedije. intizaaru maana vedhany maaya nd kiyaan ah dho

  18. Naju Nas Modu says:
    November 8, 2015 at 7:41 am

    V v v. Nice story

  19. ifaa says:
    November 8, 2015 at 9:31 am

    wow wow waitn for next part

  20. Aish Zai says:
    November 8, 2015 at 10:14 am

    Keeve thi site ah nuvadheveny???

  21. girl says:
    November 8, 2015 at 10:30 am

    Wow v salhi
    Nihaan nd maaya awsome……

  22. SAMA says:
    November 8, 2015 at 10:43 am

    maayaa aa kiyaan aa gulhuveema reethi vaaneee… dhn kn irakun tha kiyaan ah hurihaa hageegateheh engeynee… BTW mi part ves salhi… waiting for the next part… avahah up kohdhehchey….

  23. Fathmath Nahseen says:
    November 8, 2015 at 11:10 am

    Keeve esfiya vahaka open nuvani ????

  24. nazee says:
    November 8, 2015 at 11:25 am

    maayaa n kiyaa gulhuvaacheyy adhi plxxxxxxxxxx
    haadha lahey up kuraaleh mihr

  25. Piyaara says:
    November 8, 2015 at 11:42 am

    V nice v happy vaane maisha prg nuniya

  26. Esfiya says:
    November 8, 2015 at 12:08 pm

    We are checking the error.

  27. 4f!4h says:
    November 8, 2015 at 1:06 pm

    This is the Awesome part ever. Maayaa and Kiyaan ka jodi sabse best hei. eagerly waiting for nxt part!
    (
    -D
    (

  28. 4f!4h says:
    November 8, 2015 at 1:07 pm

    I mean Maayaa and Nihan! Sorry for tha mistake:
    e
    -D
    e

  29. Kaira says:
    November 8, 2015 at 1:33 pm

    Please now let the story be like this maya and nihaan…………

  30. SHIF says:
    November 8, 2015 at 1:56 pm

    Nihaan ah maya deserve kuray ves. Kiyaan abaduves hitah araa gotakah kantah kurany. Ahen myhun bunaa vaahaka ehves dahkaa kah noolhey. Alhe den Nihaan and Maya duru nukurahchey

  31. fathun says:
    November 8, 2015 at 3:42 pm

    v.dheravefa mi hury. maaya ge character is not good. maaya preg vejeya salhi kiyaan ge kujaka

  32. Swyty says:
    November 8, 2015 at 4:01 pm

    V salhi

  33. Anonymous says:
    November 8, 2015 at 4:40 pm

    Omg omg… v undhagulun opn v.. 1 day v nuhulhu vign ulheytha.. emme furathama vs read kury mi stry.. v nalla.. loving it.. 🙂 🙂 🙂 🙂
    Aneh bai avas.. cant wait

  34. nukko says:
    November 8, 2015 at 4:42 pm

    Omg omg… v undhagulun opn v.. 1 day v nuhulhu vign ulheytha.. emme furathama vs read kury mi stry.. v nalla.. loving it.. 🙂 🙂 🙂 🙂
    Aneh bai avas.. cant wait
    Thts my cmnt ingey name nujahaa inyma anonymous koh einy

  35. dark princess says:
    November 8, 2015 at 5:22 pm

    pls pls maya nd nihaan dhuru nukurahchey… and kiyaan dhariyeh maya akah nulubeyne…

  36. shaz says:
    November 8, 2015 at 6:17 pm

    awesome…..
    waiting waiting

  37. saaraa says:
    November 8, 2015 at 11:25 pm

    Alhe kiyan ge dhari akah maayaa preg v ma dhen reethi vaany. Kiyaan n maayaa gulhunyma salhi vaany

  38. Crazi says:
    November 9, 2015 at 6:37 am

    Wen update vanee

  39. nazi says:
    November 9, 2015 at 7:46 am

    saarah plz avaha up kolladheebala abadhu nuvaane inthizaaruge vaguthu ehaa dhigu kuraakah

  40. saarah says:
    November 9, 2015 at 12:02 pm

    Hey guys. I will upload next part by tonight insha allah. 🙂
    Thank you 🙂 ❤️

  41. maash says:
    November 9, 2015 at 12:16 pm

    Plz plz avahah up kohdhyba! Waiting 4the next part?

  42. JeNNy says:
    November 9, 2015 at 1:44 pm

    can’t wait longer. <3 this store. very heart touching.

  43. nukko says:
    November 9, 2015 at 1:50 pm

    Yayy mirey up kuraane…. hehe cant wait sarah 🙂

  44. meehu says:
    November 9, 2015 at 3:14 pm

    Kiyaanan ge dhariakah maaya prg vehjehyaa v v hadivaane

  45. Thoo says:
    November 9, 2015 at 3:41 pm

    Mirey kihaa irakutha???? Can’t wait…

  46. Sanu says:
    November 9, 2015 at 5:04 pm

    Mayaa n nihaan gulhuvaaleema v salhi … Dhen kiyaan ah rangalhu filaavalheh dhineema reethivaane…

  47. Lai says:
    November 9, 2015 at 5:15 pm

    Wah varah reethi ♡
    Please upload next part as soon as possible ♥
    You are such good writer.. keep up the good work.. 🙂

  48. maash says:
    November 9, 2015 at 6:06 pm

    Keep it up! Avahah up koh dhehchey! U love ur story????❤

  49. nukko says:
    November 9, 2015 at 9:17 pm

    Kbaaaa… cant wait saraaah.. plxx up it sooon… reygandu vejje hehehehe 😀 😀 😀 😀

  50. Manday's girl says:
    November 9, 2015 at 9:24 pm

    kobrrr dhn avahah up khdhyba….. cnt wait anyomore………

Comments are closed.

Next Episodeއިންތިޒާރު ( 29 )←


All Right Reserved!