އުމުރަށް ތިޔަ ނަމުގާ ފިދާވުން އެދެނީ 6
އެހެން އެކި ހިޔާލު ތަކުގައި ހުއްޓާ ޒަކްވާން ސިއްސައިގެން ދިޔައީ މެހެރީންގެ ހަޅޭކުގެ އަޑަށެވެ. ދުވެފައި އެ ރޫމަށް ވަދެވުނެވެ. ” ޕްލީޒް އަހަރެންނަށް އަނިޔާ ނުކުރޭ! ޒެކް އަހަރެން މި ތަނުން ސަލާމަތް ކޮށްދީބަލަ ނިދީގަ އޮވެ ރޮމުން ރޮމުން މެހެރީން ގޮވަމުން ދިޔައެވެ. ޒަކްވާން ބޮކި ދިއްލާލުމަށް ފަހު މެހެރީންގެ ކޮނޑުގައި ހިފާ ތަޅުވާލިއެވެ. ” ރީން ! ރީން ! ހޭ ލަބަލަ ” ހޭ ލެވުމާއެކީ މުޅި ތަނަށް ނަޒަރު ހިންގާލާފައި މެހެރީން ޒަކްވާންގެ ގައިގަ ބައްދާލިއެވެ. އޭރުވެސް މީހާ ތުރު ތުރު އަޅަމުން ދިޔައެވެ. ” ޒެކް ތި އައީ ދޯ އަހަރެން ދޫކޮށްލާފައި ނުދައްޗޭ އަހަރެން މޮޔަވެދާނެ! ” މެހެރީން ބުނެލިއެވެ. ” ރީން އަހަރެން މިހިރީ އެއްނު! ” ޒަކްވާން ބުނެލިއެވެ. މެހެރީން އިރު ކޮޅަކުން ޒަކްވާން އާއި ދުރުވެލިއެވެ. “ޒެކް އަހަރެން ކާރީ މިތާ ނިދެންދެން މަޑުކޮށްލަދީބަލަ ޕްލީޒް ” މެހެރީން ބުނެލިއެވެ. ޒަކްވާން މެހެރީންގެ ކާރީގައި އެނދުގެ ހެޑް ބޯޑަށް ލެނގިލައިގެން އިށީނެވެ. މެހެރީން ޒަކްވާންގެ ފައި ކާރީގައި އޮށޯވެނިދާލިއެވެ. ރީން ގެ ދިރިއުޅުމުގަ ކިހިނެތްބާ ވީ؟ ރީން އަކީ އެހާ ބިރު ގަންނަ ކުއްޖެއް ނޫން؟ ޒަކްވާން އަށް ހިތާ ހިތާ ކިޔާ ލެވުނެވެ. މެހެރީންގެ ރީތި މޫނަށް ބަލަށް ޒަކްވާން އަށް އިރުއަރަންދެން ހުރެވުނެވެ. ހެނދުނު ވުމުން ޒަކްވާން ބަދިގެޔަށް ގޮސް ކޮފީއެއް ހަދާލައިގެން އިށީނެވެ. އިރުކޮޅަކުން މެހެރީންވެސް އައެވެ. ” ރީން ކޯޗެއް ތައްޔާރުކޮށްދޭން ވީ؟ ” ޒަކްވާން އަހާލިއެވެ. ” އަހަރެން ރެޑީ ކުރާނީ ” އެހެން ބުނުމަށް ފަހު ފާން ޓޯސްޓްކޮށްލާ ބިސްގަނޑު އަޅާލިއެވެ. އަދި ޒަކްވާންގެ ބިސްގަނޑަށް ޗީޒް ވެސް އަޅާލިއެވެ. ދެން މިލްކް ފެކެޓްއެއް ފުރިޖްއިން ނަގައިގެން އައިސް މޭޒު ކާރީ އިށީނެވެ. ” ވާވް ރީން! އަދިވެސް ތީ ހަމަ ބެސްޓް ކުކް މިހެން ބިސްގަނޑު އަޅަން ރެސްޓޯރެންޓް މީހުންނަކަށް ވެސް ނޭގޭނެ” ޒަކްވާން ބުނެލިއެވެ. ޒަކްވާން ސާ ބޮއެގެން ދަމުން މަސައްކަތު މީހަކު އަންނާނެ ކަމާ ތަށިތައް ނު ނެގުމަށް ބުނުމުން ވެސް މެހެރީން ތަށިތައް ނަގާލިއެވެ.
އިރުކޮޅަކުން އޮފީހަށް ދާން ރެޑީވެގެން އައި ޒަކްވާން ފެނުމުން މެހެރީން އަށް ބަލަން ހުރެވުނެވެ. ކުރިޔަށް ވުރެން މަސްޖަހާފައިވާ ރީތި ހަށިގަނޑެވެ. އިސްތަށިގަނޑު ކަނދުރާއާއި ހަމަޔަށް ދިގުކޮށްފައި ވުމުން ވަކިން ރީއްޗެވެ. ކަޅުކުލައިގެ ގަމީހާއި ކަޅު ފަޓްލޫނުގައި ބެގީކޮށްފައި އަޅިކުލައިގެ ޓައީ އެއްގަ ހަމަ ހީވަނީ ސްޓާރެއްހެންނެވެ. ރީތި ވަރަކަށް ދިގުކޮށްފައިވާ ތުނބުޅި އާއި އެ ނޫކުލައިގެ ކަޅި އާ އެކު ބަލާލި ކޮންމެ މީހަކު މޮޔަވާވަރު ވެއެވެ. މެހެރީން އަށް ކަޅި ޖަހާ ނުލާ ޒަކްވާން އަށް ބެލުނެވެ. މެހެރީންގެ އެ ނަޒަރުން ޒަކްވާން ލަދުވެސް ގަތެވެ. ” ރީން ކީއްވެ މާ ފާޑަކަށް ތި ބަލަނީ” އެންމެ ފަހުން ޒަކްވާން އަހާލިއެވެ. ” ހަމަ ސްމާރޓް ކަމުން ބެލެނީ އޭ ” މެހެރީން ބުނެލިއެވެ ” އަމަން އަށް ވުރެން އެއް ނޫން ދޯ އެކަމަކު؟ ” ޒަކްވާން ބުނި އެއްޗަކުން މެހެރީންގެ މޫނުގެ ކުލަވަރު މުޅިން ބަދަލު ވިއެވެ. ” ރީން އަހަރެން ދަނީ އޮފީހަށް ދެން އާދެވޭނީ މިރޭ އިރު އޮއްސޭ ފަހުން އެއަށް ވުރެން ލަސްވެސް ވެދާނެ ރީން އެއްވެސް ކަމެއް ބޭނުން ވެއްޖެއްޔާ ގުޅާ އެހެރީ ލޭންޑް ލައިން އެތާ އޮތް ޑައިރީ އިންނާނެ ނަމްބަރު އަދި ދިހައެއް ޖަހާއިރު ކައްކާ މީހާ އަންނާނެ ރީން ކައިގެން ހުންނަށް ޗޭ! ފުރިޖްގަ ހުންނާނެ އައިސް ކްރީމްވެސް ބޭނުން ވަރަކަށް ކައި އޯކޭ އެއްކޮށް ހުސްކުރިޔަސް ” ޒަކްވާން އެހެން ބުނެލާފައި ނިކުމެގެން ދިޔައެވެ. މެހެރީން ގޮސް ސޯފާގައި އިށީނީ ފިލްމެއް ޖައްސައިގެންނެވެ. ކައްކާ މީހާ އައުމުން މެހެރީން ވެސް ބަދިގެޔަށް ދިޔައެވެ. އެމީހާ އާއި މެރީން ކުޑަކޮށް ވާހަކަވެސް ދެއްކިއެވެ. 1 ޖަހަން އުޅެނިކޮށް ފޯނު ރިންގުވާތީ މެހެރީން ފޯނު ނެގިއެވެ ” ރީން ކައިފިން ތަ؟” ޒަކްވާން އަހާލިއެވެ. ” އާން ކައިފިން ” ” ބޭސްވެސް ކެއިންތަ؟ ” ޒަކްވާން އަހާލިއެވެ. ” ހަނދާން ނެތިފައި މިހިރީ” މެހެރީން ބުނެލިއެވެ.
” އަވަހަށް ކާލާ ގޮސް ޕްރެގް އިރު ނުވާނެ އެހާ ކެޔާރލެސް ވާކަށް ” ޒަކްވާން ބުނެލިއެވެ. މެހެރީން ފޯނު ކަނޑާލާފައި ބޭސް ކައިގެން ޓީވީ ބަލާފައި އަސްރުކޮށްގެން އައިސް ސޯފާގައި އޮއްވާ ނިދުނެވެ. ހޭލެވުނީ ޒަކްވާން އައިސް ބޮކި ދިއްލާލުމުންނެވެ.
” ރީން ބަލީތަ” ޒަކްވާން އަހާލިއެވެ.
މެހެރީން ހަމައެކަނި ބޯ ހުރުވާލީއެވެ. ” ބަންގި ގޮވަން އެއުޅެނީ ޒެކް އަހަރެން މިދަނީ ނަމާދުކޮށްލަން އިނގޭ!” އެހެން ބުނެފައި ގޮސް މެހެރީން ފާހާނާއަށް ވަނެވެ.
މެހެރީން ބޭރަށް އައީ 8 ވެސް ޖެހި ފަހުންނެވެ. ގޮސް ދެމީހުން އެކީ ކައިގެން ގޮސް ސޯފާގައި އިށީނެވެ.
” ޒެކް އަހަރެންނަށް ހެލްޕެއް ވެދީ ބަލަ؟” މެހެރީން ބުނެލިއެވެ. ” އަވަހަށް ބުނޭ؟” ޒަކްވާން ބުނެލިއެވެ. ” ޒެކް ރަށު ސްކޫލަށް ގުޅައިގެން އަހަރެންގެ އޯ ލެވެލް އަދި އޭ ލެވެލް ނަތީޖާ އާއި ސްކޫލް ލީވިން ހޯދަ ދީބަލަ އަހަރެން ބޭނުން ޖޮބްއަކަށް ދާން އަބަދު މިހެން ޒެކް އަށް ބުރައަކަށް ވެގެނެއް ނޫޅެވޭނެ އެއްނު. އެ ނޫނަސް މިހާ ބޮޑު އެޕާރޓްމެންޓެއްގަ ކުލި ވެސް ބޮޑުވާނެތާ ” މެހެރީން އިސް ޖަހާލަމުން ބުނެލި އެވެ. ” ރީން ދުވަހަކުވެސް ރީން ނުވާނެ އަހަރެންނަކަށް ބުރަޔަކަށް ރީން ބޭނުން ހާ ދުވަހަކު މިތާ އުޅެވޭނެ އަހަރެން ރީން އާ ބޭބީ ވެސް ބަލާނަން. އެންޑް މި ގެޔަށް އަހަރެން ނުޖެހޭނެ ރެންޓް ދައްކާކަށް މިގޭ ގަ އުޅޭ އެހެން މީހުން ޖެހެނީ އަހަރެންނަށް ރެންޓު ދައްކަން މީ އަހަރެންގެ އަމިއްލަ ގެއެއް ވީމަ އެ ނޫނަސް ރީން ހާސް ނުވޭ އައި އެމް ވެރީ ރިޗް ނައު ފައިސާއިން އަހަރެން ކުރާނެ ކަމެއް ވެސް ނެތް ވަރަށް އުފާވާނެ ރީން އަށް ހެލްޕް ވެވުނީމަ” ޒަކްވާން ބުނެލިއެވެ.
” ރިއަލީ މީ ޒެކްގެ އަމިއްލަ ގެޔެއް! ކޮބާތަ އަނީސައްތަ؟ ” މެހެރީން އަހާލިއެވެ.
” ރީން އަހަރެން ދިޔައީ މެލޭޔަށް މަންމަ ގޮވައިގެން ކިޔަވަން އެތާ ހުއްޓާ އަހަރެންގެ ބައްޕަ އަހަރެންނަށް ގުޅަނީ ރީން އަށް އިނގެއެއްނު އެއީ މާލޭގެ މުއްސަނދި މީހެއްކަން އަހަރެން އައުމުން އެނގުނީ ބައްޕަ ވަރަށް ބަލިކަން އަހަރެންނާ މަންމަ ގާތުން މާފަށް އެދުމުން އަހަރެމެން މާފުކުރިން އޭގެ ދެދުވަސް ފަހުން ބައްޕަ މަރުވީ މަންމަ ވަރިކުރި ފަހުން ބައްޕަ އެހެން މިހަކާ ކައިވެނި ނުކުރާތީ ބައްޕަގެ ހުރިހާ ފައިސާއަކާއި މުދަލެއް އަދި ބިޒްނަސްވެސް ލިބުނީ އަހަރެންނަށް މި ގެޔަކީ ކާފަ އަހަރެންނަށް ދިން ހަދިޔާއެއް މިކޮޅުން ބައްޕަ ނިޔާވުމުން މަންމަ އާއި އެކީ ކިޔެވުން ފުރިހަމަ ކުރަން އަހަރެން ދިޔައީ އަނެއްކާވެސް މެލޭޔަށް އެތާނގައި ދިމާވީ އެކްސިޑެންޓެއްގައި މަންމަ ނިޔާވީ އަހަރެން އެކަނި ވީ ” ޒަކްވާންގެ ލޮލުން ކަރުނައައެވެ. މެހެރީން މަޑުމަޑުން ޒަކްވާންގެ އަތުގައި ހިފާލިއެވެ.
” ޒެކް އަހަރެންގެ މަންމަވެސް ނިޔާވެއްޖެ އެކަމަކު އަހަރެންނަށް މޫނު ވެސް ނުފެނުނު ދެން އޭގެ ފަހުން ބައްޕަ ގޮވައިގެން ތިއްތިމެން ދިޔަތަނެއްވެސް ނޭންގޭ! ” މެހެރީންއަށް ބުނެލެވުނީ ވަރަށް އަސަރާއެކުއެވެ.
” ކީއްވެ މޫނު ނުފެނުނީ ؟ ރީން ރަށުގައި ނެތީ ތަ؟
” ޒެކް އަމަން އަހަރެން ރޮއެ އާދޭސް ކޮށްކޮށްވެސް ނުފޮނުވީ” މެހެރީން އަށް ރޮވުނެވެ.
” އެ ކީއްވެ؟ ” ޒަކްވާން އަށް އަހާލެވުނި ހައިރާންވެގެންނެވެ.
” ޒެކް އަހަރެންނަށް ލިބުނީ އަހަރެންދެކެ ލޯބިވާ އާއިލާ މީހުން އަދި ޒެކް ބުނި ގޮތް ނެހެދުމުގެ އަދަބު! އަމަން ބޭނުންވީ ހަމައެކަނި އަހަރެންގެ ހަށިގަނޑު އަމަން އަކީ ވަރަށް ވިޔާނުދާ މީހެއް ރާބުއިން ޑްރަގް ނެގުން މީހުން މެރުން މިހެން ގޮސް ކިޔާނެ ކަމެއް ނެތް ހުރިހާ ގޯސް ކަމެއް ކުރާ ބޮޑު ގޭންގް ސްޓާރެއް އެއީ އަހަރެން ގެންގުޅުނީ ގޭގަ ބަންދުކޮށްގެން ފޯނުވެސް ހަލާކުކޮށްލީ! ކައިވެނި ކުރިރޭވެސް އަހަރެންނަށް އޭނާ ކުރީ އަނިޔާ! އަމަން އާއެކީ ހޭދަވީ ކޮންމެ ދުވަހަކީ އަހަރެންގެ ގައިގަ އެތައް ވޭނެއް އެޅި ދުވަހެއް ޒެކް ބަލާބަލަ މެހެރީން އޭނާ ލައިގެން އިން ގަމީހުގެ އަތް ހިއްލާލާފައި ދެއްކިއެވެ. މިފަދަ އެތައް ލަކުނެއް އަހަރެންގެ ގައިގަ އެބަހުރި ކޮންމެ ދުވަހަކު އެތަށް ފަހަރަކު ޒެކް އަށް ގޮވޭ ޒެކް މަތިން މިސްވޭ އަހަރެން ސަލާމަތް ކޮށްދިނުމަށް އެދެވޭ އެންމެ ފަހުން ޕްރެގް ވުމުން އަހަރެން ގަސްތު ކުރީ އެނަރަކައިން ސަލާމާތްވާން” މެހެރީންއަށް ކުރިޔަށް ނުގެންދެވިގެން ހުއްޓާލިއެވެ. ޒަކްވާން މެހެރީންގެ ބުރަކަށިގައި ފިރުމާލިއެވެ. މެހެރީން ވަރަށް ހިތްވަރުކޮށްފައި ހުރިހާ ވާހަކައެއް ކިޔާދިނެވެ. އެވާހަކަ އަޑުއަހަން ހުރި ޒަކްވާން އަށް އަމަންދެކެ ވަރަށް ރުޅި އާދެވުނެވެ. ” ރީން ތީ ވަރަށް ހިތްވަރު ގަދަ ކުއްޖެއްނު ދެން ނުރޮއެ ހުއްޓާލާ! އަހަރެން ރީންގެ ރެޒަލްޓް އަދި ލީވިންވެސް ސްކޫލުން ނެގިން ރީން އަށް އިނގޭތަ އޭ ލެވެލްގަވެސް ރީން ރާއްޖޭގެ ޓޮޕްޓެންގައި ހިމެނުނުކަން ؟ ޒަކްވާންއަށް އަހާލެވުނެވެ. ” ރިއަލީ ޒެކް އަހަރެންނަކަށް ނޭންގޭ! ކިހިނެތް އިނގޭނީވެސް ޓީވީއެއް ފޭސްބުކެއް ފެންނަނީއެއް ނޫންވިއްޔާ ” ރީން އަށް ބުނެވުނީ ދެރަވެލާފައެވެ.
” އަހަރެން ރީންގެ ބަދަލުގައި ގޮސް އެވޯރޑްވެސް ހޯދިން ރީން ޖަލްސާއިން ނުފެނުމުން ” ޒަކްވާން ބުނެލިއެވެ. “ތެންކިޔު ޒެކް” މެހެރީން ބުނެލިއެވެ.
” އަހަރެން ތެންކިޔު އެއް ބޭނުމެއް ނޫން އަހަރެން ބޭނުންވަނީ ރީން ހިނިތުންވެފައި ހުންނަތަން ބަލަން ” ޒަކްވާން ބުނެލިއެވެ. އެހެން ދެމީހުންނަށް އެތައް އިރަކު ވާހަކަ ދައްކަން ތިބެވުނެވެ. އެކަކު އަނެކަކުގެ ދިރިއުޅުމުގެ ވާހަކަ ހިއްސާކުރެވުނެވެ. ފަތިސް ނަމާދުގެ ބަންގިޔާއެކު ދެމީހުންނަށް ވެސް ގަޑި ބަލާލެވުނެވެ. ” އަޅޭ ސޮރީ ޒެކް މާގިނައިރު ވާހަކަ ދައްކަން ހުރެވުނީމާ ޒެކް އޮފީހަށެ ވެސް ދާން ޖެހޭނެއެއް ނު ” މެހެރީން ބުނެލީ ދެރަވެލާފައެވެ.
“ނޫން ރީން އަހަރެން ނުދާނަން އޮފީހަކަށް ރީން ބުނީމެއްނު ރީން މިއަދު ކޯޓަށް ދާން ޖެހޭ ވާހަކަ ރީން އާ އެކީ އަހަރެން ދިޔަޔަސް އޯކޭތަ؟” ޒަކްވާން އަހާލިއެވެ.
މެހެރީން ހަމަ އެކަނި ބޯ ޖަހާލީއެވެ. “ރީން ދޭ ނަމާދުކޮށްލަން އަހަރެންވެސް މިދަނީ މިސްކިތައް” އެހެން ބުނެލާފާއި ޒަކްވާން ނިކުމެގެން ދިޔައެވެ.
ކޯޓަށް ދިޔައިރު އަމަން ވެސް ކޯޓަށް ހާޒިރު ކުރުވާފައިނެވެ. މެހެރީން ފެނުމުން އަމަންއަށް ކާރިޔަށް އާދެވުނެވެ. “މެހެރީން ކުޑަކުޑަ ބަނޑުކޮޅާއެކު ހާދަހާ ލޮތްބޭ! ކީއްވެ އަހަރެން ދޫކޮށްލާފަ ފިލީ؟ ދިރިއުޅުމުގައި ފުރަތަމަ ފަހަރަށް ހުރިހާ ވިޔާނުދާކަމެއް ދޫކޮށްލާފާ މެހެރީން އާއި އެކީ އުފަވެރި ދިރިއުޅުމެއް އުޅެން ބޭނުންވީ ވަގުތު އަހަރެން ދޫކޮށްލާފަ މެހެރީން ދިޔައީ އަހަރެން ދެރަވީ މެހެރީން ދިޔުމުން މެހެރީން އެހެން ކަންތައް ނުކުރި ނަމަވެސް އަހަރެން އަމިއްލަޔަށް ވެސް ނިންމިން ހުރިހާކަމަކަށް އިއުތިރާފްވެ އަދަބު ހޯދުމަށް” އަމަން ބުނެލީ މެހެރީންގެ މޫނަށް ބަލަން އިނދެއެވެ. ” އަމަން އަށް ކީއްވެގެންތަ ހީވަނީ އަހަރެން ތިވާހަކަތައް ގަބޫލުކުރާނެހެން އަހަރެން އަމަންގެ އެއްވެސް ވާހަކައެއް ގަބޫލެއް ނުކުރާނަން އަހަރެން ތި ސޫރަވެސް ދެކޭކަށް ބޭނުމެއް ނޫން” މެހެރީން އެހެން ބުނެލާފައި ޒަކްވާން އާއި އެކު އެތެރަޔަށް ވަދެގެން ދިޔައެވެ. ގާޒީގެ ވާހަކައަށް ފަހު މެހެރީން ބުނީ އަމަން މެހެރީންއަށް އަނިޔާކުރާތީވެ ވަރިވާން ބޭނުންވާކަމަށެވެ. އަމަން އެހުރިހާކަމަކަށް އެއްބަސްވެ މެހެރީން ވަރިކޮށްދިނެވެ. ނިކުމެގެން ދަނިކޮށް މެހެރީންއަށް އަމަން ގޮވާލުމުން މަޑުކޮށްލިއެވެ. ” މެހެރީން އަހަރެން ޖަލުން ސަލާމަތްވެގެން އައީމަ އަހަރެންގެ ދަރިފުޅާ ބައްދަލުކުރުމުގެ ހުއްދަ ދޭތި ޕްލީޒް މެހެރީން” އަމަން އާދޭސް ކޮށްލިއެވެ. ” އަމަން އިސްލާހުވެގެން އައި ދުވަހަކުން އަމަންއަށް ބައްދަލުކުރެވޭނެ ދަރިފުޅާ” މެހެރީންވެސް ބުނެލިއެވެ. ” ޒެކް އަހަރެންގެ ދަރިފުޅާއި މެހެރީން އަށް ބަލައްޗޭ! އެނގޭ ނުބުންޏަސް ބަލާނެކަން ޒެކް ތީ ހަމަ ބެސްޓް” ޕޮލިހުން އައިސް އަމަން ގޮވައިގެން އެމީހުންގެ ވެހިކަލަށް އަރުވަން ގެންދަން ފެށުމުން މެހެރީން ވެސް ދާން އެނބުރުނެވެ. ” މެހެރީން އައި ރިޔަލީ ލަވްޔޫ އަ ލޮޓް ” އަމަން ބުނެލި އެއްޗަކުން މެހެރީންއަށް ފަސް އެނބުރި އަމަން އާއި ދިމާލަށް ބަލާލެވުނެވެ. އަމަންގެ ކަރުނުން ފުރިފައިވާ ދެލޯ ފެނުމުން މެހެރީން އަށް ހައިރާންވެގެން ބަލަން ހުރެވުނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.

Mi part vex varha reethi Masha Allah
Unmeedhu kuran next part kiyaalan libeeney kama
hi Imko
Thank you. reply nukureveni balive ulheythi… part 7 submited
vv reethi mi part vs maasha allah..when next part kiyaalan libeynee???
Ifoo thank you for the love. 7 th vana part submit kohfin