އުމުރަށް ތިޔަ ނަމުގާ ފިދާވުން އެދެނީ 4
މެހެރީންއަށް ހަމަޖެހެވުނީ ވަރަށް ގިނައިރު ވީ ފަހުންނެވެ. ފާހާނާޔަށް ވަދެ ވުޞޫ ކޮށްލައިގެން މެހެރީން ޤުރުއާން ކިޔަވަންފެށިއެވެ. ކިޔަވާ ނިންމާލާފައި މެހެރީން އަޒުމް ކަނޑައެޅީ ކޮންމެ ހާލެއްގައިވެސް މިތަނުން ސަލާމަތްވުމަށެވެ. މިކަހަލަ ތަނެއްގަ މެހެރީންގެ ދަރިފުޅު ބޮޑުވާކަށް މެހެރީން ބޭނުމެއް ނޫނެވެ. އަމަން އައީ އިރުވެސް އެރި ފަހުންނެވެ. ” އަމަން އަހަރެން ވަރި ކުރޭ! އަހަރެން ބޭނުމެއް ނޫން އެންމެ ސިކުންތަކަށް ވެސް އަމަންއާ އެކީ އުޅޭކަށް މިކަހަލަ ތާކު އަހަރެންގެ ދަރިފުޅު ބޮޑުވާކަށް ވެސް ނޭދެން” ވަރަށް ހިތްވަރުކޮށްފައި މެހެރީން ބުނެލިއެވެ. މެހެރީންގެ ވާހަކަތައް އަޑުއަހާފައި އަމަންގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. މެހެރީންގެ ކޯތާފަތްމަތީ ދެތިން އެތިފަހަރު އަޅައިލިއެވެ. “ހަބަރުދާރު! އަހަރެންގެ ދަރިފުޅު އަހަރެންނާ ދުރުކުރަން ކަލޭ ނުވިސްނާތި! އަހަރެންގެ ދަރިފުޅު ވިހެއުމުން ކަލޭ ވަރިކޮށްދޭނަން ކަލޭ ބޭނުން ތާކަށްދޭ އޭގެ ފަހުން” އަމަން ހަޅޭލަވައިގަތެވެ.
ދެދުވަސް ފާއިތުވެގެން ދިޔައިރުވެސް މެހެރީން ގޮތުގައި ހިފަހައްޓާލިއެވެ. ނަމަވެސް ކޮންމެ ފަހަރަކު އަމަންގެ ހޫނު ހަމަލާއެއް ލިބުން ނޫން އިތުރު ކަމެއް ނުވިއެވެ. އެންމެ ފަހުން މެހެރީން ގޮތެއް ނިންމިއެވެ.
ރޭގަނޑު 1 ޖަހަން އުޅެނިކޮށް ކޮންމެވެސް އަންހެނަކު ގޮވައިގެން އަމަން އައިސްވަނެވެ. ކޮޓަރިޔަށް ވަން އަމަން އަށް މެހެރީން ފެނިފައި ބަލަން ހުރެވުނެވެ. މެހެރީން ހުރީ އަމަންގެ ގަމީހެއް ލައިގެންނެވެ. މެހެރީންގެ ދިގު އިސްތަށި ގަނޑު ވަނީ މިނިވަންކަމާއެކު ދުކޮށްލާފައެވެ. މޭކަޕްވެސް ކޮށްލާފައި ހުރުމުން މެހެރީންގެ ރީތިކަން އިތުރުވެފައި ވިއެވެ. ގަމީސް އެކަނި ލައިގެން ހުރި މެހެރީންގެ ހާމަޔަށް ފެންނަން އޮތް ފައިގެ ފަލަމަސްގަނޑަށް އަމަން ބަލާލީ ދަހިވެތި ނަޒަރަކުންނެވެ. މެހެރީން ލަދުރަކި ގޮތަކަށް ހީލާފައި އައިސް އަމަން އާއި ކާރިވެލިއެވެ. ބަނޑުބޮޑުވީކަން އެނގުނު ފަހުން އަދި އަމަން މެހެރީން އާ ކާރިއެއް ނުވެއެވެ. އެހެންކަމުން އަމަން ގެ ހުރިހާ ސަމާލުކަމެއް މެހެރީންއަށް ހުއްޓުނެވެ. ” މޭމް ކޭން ޔޫ ޕްލީޒް ގޯ މިރޭ މީ ހަމަ އެކަނި އަހަރެމެން ދެމީހުންގެ ރެޔެއް ” މެހެރީން ބުނެލީ އަމަން ކާރި އިން އަންހެން ކުއްޖާ އާ ދިމާލަށެވެ. އެހެން ބުނެލާފައި މެހެރީން އިސްވެ ފުރަތަމަ ފަހަރަށް އަމަންގެ ތުންފަތުގައި ކިސްކޮށްލިއެވެ. އެހެން މީހަކު ވެސް ހުއްޓާ މެހެރީން ގެ ޖެހިލުން ކުޑަކަމުން އަމަން ވަރަށް ގަޔާވިއެވެ. އަމަން ވެސް މެހެރީންގެ ގައިގާ ބާރަށް ބައްދާލިއެވެ. އެންމެ ފަހުން އެ އަންހެން ކުއްޖާ ނިކުމެގެން ދިޔައެވެ. ” އަމަން ޕްލީޒް ބީ ކެއާރފުލް ވިތް އަވާރ ބޭބީ ” މެހެރީން ބުނެލިއެވެ. ” ޔޭސް” އޭ ބުނެލުމަށްފަހު އަމަން މެހެރީން މަޑުމަޑުން އެނދުގައި ބާއްވާލިއެވެ. މެހެރީން އަމަންގެ ގަމީހުގައި ހިފާ ދަމާލިގޮތުން ގަމީސް ވީދުނެވެ. ނަމަވެސް އަމަން ރުޅިއެއްވެސް ނާދެއެވެ. މެހެރީން އަމަންގެ ކަރުދަށުގައި ބޮސްދިނެވެ. އެހެން ފަހަރުތަކާ ހިލާފަށް އަމަން ގެ އަމަލުތައްހުރީ ވަރަށް ލަސްލަހުންނެވެ.
ބައިގަޑިއެއްހާއިރުފަހުން އަމަން ފާހާނަޔަށް ވަނުމުން މެހެރީން އަމަންގެ ފޯނުނަގާ ކޮންމެވެސް މީހަކަށް މެސެޖްކުރިއެވެ. އަދި އެމެސެޖްތައް ޑިލީޓް ވެސްކުރިއެވެ. އަމަން ފާހާނާއިން އައިރު މެހެރީން އޮތީ ކުރިންވެސް އޮތް ގޮތަށެވެ. އަމަންއަށް ކަޅި ޖަހާނުލާ މެހެރީންއަށް ބެލުނެވެ. އަމަން އައިސް އެނދުގައި މެހެރީންގެ ކާރީގައި އޮށޯވެ ބައްދާލިއެވެ. އަމަންގެ އެ އަމަލުން މެހެރީންއަށް ސިހުމެއް ލިބިގެން ދިޔައެވެ. ދުވަހަކުވެސް އަމަން އެހާލޯބިން އައިސް ބައްދާލާފައެއްނެތް ވީއްޔާއެވެ. ” ތީ ހަމަ މެހެރީންތަ އަބަދު އެހާ ލަދުން އުޅެފަ މިރޭ ހީވީ އަހަރެން ރޮލާ ކާލަން އުޅުހެން” އަމަން ބުނެލިއެވެ. ” އަބަދަކު އެއްގޮތެއް ނުވާނެއެއްނު ” މެހެރީން ޖަވާބު ދިނެވެ. އަމަން މަޑުމަޑުން މެހެރީންގެ ބަނޑުގައި ފިރުމާލިއެވެ. ” ކިހާދުވަހެއްވީ ބަނޑަށް ؟” އަމަން އަހާލުމުން މެހެރީން ހައިރާންވިއެވެ. އެހެން ނުވާންވީ ކިއްވެގެން ހެއްޔެވެ އެހާ ލޯބިން ވާހަކަ ދެއްކި މީހެއް ނޫންވީއްޔާ ” ތިން މަސް ފުރިއްޖެ” މެހެރީން ޖަވާބު ދިނެވެ. “މެހެރީން ބޭނުމީ ކޮންކަހަލަ ކުއްޖެއް؟ އަހަރެން ބޭނުމީ އަންހެން ކުއްޖެއް. ފިރިހެން ކުއްޖެއް ލިބުނަސް އޯކޭ ” އަމަން ބުނެލިއެވެ. ” ތީ ހަމަ އަހަރެންގެ ފިރި މީހާ އަމަން ތަ؟” މެހެރީންވެސް އަހާލިއެވެ. “މެހެރީން ސިނގިރެޓް ގެ ދުމުން ބޭބީ އަށް ގެއްލުންވާނެތަ؟ އަމަން އަހާލީ މުޅިން އެހެން ސުވާލެކެވެ. ” އަމަން ބެލްކަނީގަ ހުރެ ސިނގިރެޓް ބޯލާފަ އާދޭ ” މެހެރީން ބުނެލިއެވެ. ނޫނެކޭ ބުނެލާފައި އަމަން މެހެރީންގެ ގައިގަ އަނެއްކާވެސް ބައްދާލިއެވެ. އެހެން އޮވެ މެހެރީން އަށް ނިދުނެވެ. ނަމަވެސް އަމަންއަކަށް ނުނިދުނެވެ. އަމަން ތެދުވެ އިށީނދެލާފައި މެހެރީންގެ މޫނަށް ބަލާލިއެވެ. އަމަންއަށް އެނގުނު އެއްޗަކީ މެހެރީންއަށް މިރޭ އަމަންގެ ހިތުގައި ހާއްސަ މަގާމެއް ދެވުނުކަމެވެ. ” ސޮރީ މެހެރީން އަހަރެންނަށް ޓާކާ މެހެރީންގެ ހުރިހާ އެއްޗެއް ދޫކޮށްލާފަ އައީމަވެސް އަހަރެން ކަންތައް ކުރީ ހާދަ ގޯސްކޮށްނެވެ. މެހެރީންގެ ގައިގަ އަހަރެންގެ ދީފައި ހުރި އަނިޔާގެ ވަރަށް ގިނަ ނިޝާންތައް އެބަހުރި ” އަމަންއަށް ބުނެވުނެވެ. ޒަކްވާން އާއެކީ ސްކޫލް ނިމިގެން ހެމުން ސަކާރާތް ޖަހަމުން ދާ މެހެރީން މަތިން ހަނދާންވެފައި އަމަންގެ ލޮލުން ކަރުނައައެވެ. ” ސޮރީ އަހަރެންނަށް އެހާ އިތުބާރު ކުރީމާ މެހެރީން އަށް ލިބުނީ ކޯއްޗެއް؟ އަހަރެން ބޭނުން ރަގަޅު މީހަކަށް ވާން އަހަރެން ބޭނުން މެހެރީން އަދި ދަރިފުޅާއެކު އުފާވެރި ދިރިއުޅުމެއް އުޅެން…. އަހަރެން ހުރިހާ ކުށަކަށް އަމިއްލަޔަށް އިއުތިރާފްވެ އަދަބު ހޯދައިގެން ރަގަޅުވާނަން ” އަމަން އަށް އަމިއްލަ ނަފްސާ ވާހަކަ ދެއްކުނެވެ. އެހެން އޮއްވާ އަމަންއަށް އެންމެ ފަހުން ނިދުނެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.

Thankolheh dhigu Koh liyyaa rangalhu
thank you dhen in part dhigu kohliyeveytho balaanan
Maasha allah mi part vex varah varah rethink 😍 next part kiyaalan libeyny konirakun???
Mi part vex varha reethi Masha Allah ❤️
Thankolheh dhigu ko gens dheeba
Unmeedhu kuran next part kiyaalan libeeney kama
Lysm more than
vv reethi mi part vs maasha allah..when next part kiyaalan libeynee??
masha allah mi part ves varah reethi. kon iraku next part kiyaalan libeynee?. can’t wait hama. once again mi part hama v v reethi. good luck for your hard works 💗