Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

3 އުމުރަށް ތިޔަ ނަމުގާ ފިދާވުން އެދެނީ

Nadhoo
Nadhoo Level 1
January 20, 2024 2 Mins Read
4 Comments

ގެޔަށް ވަދެ ރޫމަށް ވަދެވުމުން އަމަން ދޮރުތަޅުލާފައި މެހެރިން އާއި ދިމާލަށް ބަލާލިއެވެ. ” މެހެރީން ދެން މި ހާރު ނުދެއްކޭނެ އެއްވެސް ބާރެއް ތިހިރީ އަހަރެންގެ އަތް ދަށުގައި ” އަމަން ބުނެލިއެވެ. އަދި މެހެރީންގެ އަތުގައި ހިފާ ދަމާލިއެވެ. މެހެރީންގެ ތުންފަތުގައި ގަދަކަމުން ކިސްކޮށްލިއެވެ. އެނދުމައްޗަށް ވައްޓާލާފައި މެހެރީންގެ ހެދުން ވީދާލިއެވެ. އަމަންގެ އަމަލުތައް ހުރީ މެހެރީން އުއްމީދު ކުރި ގޮތަކަށް ނޫނެވެ. އަމަންގެ ބޭނުން ފުދުމުން އަމަން މެހެރީން އާއި ދުރަށް ދިޔައެވެ. މެހެރީންއަށް ރަޖާއިން ހަށިގަނޑު ފޮރުވާލެވުނެވެ. ލޮލުން ކަރުނަ ހިލުނެވެ. ” ފައިނަލީ އަހަރެން ބޭނުންވެގެން އުޅުނު ކަންތައް މިވީ އަހަރެން ބޭނުންވީ ހަމަ އެކަނި ތި މެހެރީންގެ ހަށިގަނޑުން އެއްވެސް މީހަކަށް ނުލިބޭނީސް ހާސިލް ކުރަން” އެހެން ބުނެފައި އަމަން ސިނގިރޭޓެއް ނަގާ ރޯކޮށްލިއެވެ. އަދި ދުން މެހެރީންގެ މޫނަށް ފޮނުވާލިއެވެ. ” އަމަން ބުނީމެއްނު ސިނގިރެޓް ނުބޮމޭ؟ ” މެހެރީން އަށް އަހާލެވުނެވެ. ” ހެހެހެހެ އެހެންތަ ހީކުރީ އަހަރެންނާ އެކު އުޅެންފެށީމަ އެނގޭނީ އަހަރެންގެ ހަގީގަތް” އަނެއްކާވެސް އަމަން މެހެރީން އާއި ކާރިވެލިއެވެ. ފަތިސްވާން ކާރިވީ އިރުވެސް އަމަންގެ އަމަލުތަކަށް ހުއްޓުމެއް ނާދޭ! ” އަމަން ޕްލީޒް ދެން ހުއްޓާލަބަލަ އަހަރެން ގަޔަކު ނެތް ދެން އެހާވަރެއް” އަމަން ރުޅި އައިސްފައި މެހެރީންގެ ކަންކަށިމަތީ ޖެހިއެވެ. އަދި ކޮއްޕާ އެނދުން ވައްޓާލިއެވެ. މެހެރީން އަށް ދުވެފައި ގޮސް ފާހާނާޔަށް ވަދެވުނެވެ. މެހެރީންގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބައިގަތެވެ. ގައިގަ އަޅާ ވޭންވެސް ވަކި ކުޑައެއް ނޫނެއްނު.

ދެތިން ދުވަސް ވީ އިރުވެސް މެހެރީން ހާލަކީ އެއީ އެވެ. އެފަކީރުގެ ލޮލުން ކަރުނަ ހިކޭ އެންމެ މިނިޓެއްވެސް ނުދެއެވެ. މެހެރީންގެ ފޯނުވެސް އަމަން ހަލާކުކޮށްލިއެވެ. ގެއިން ނިކުތުންވެސް މަނާކުރިއެވެ. މެހެރީންއަށް ޖެހެނީ ކޮޓަރީގައި ހުންނާށެވެ. ކާ އެއްޗިހި ގެންނަނީ ބޭރުންނެވެ. އަމަންގެ މަންމަމެން އައުމުން އަމަން މެހެރީން ގޮވައިގެން ދިޔައީ ރަށުގެ މީހުން އުޅޭ ހިސާބާ ތަންކޮޅެއް ދުރުގައި ހަދަން ފަށާފައި ހުރި ހުންނަ ގެސްޓް ހައުސް އަކަށެވެ. އެތާ އެއްކޮށް ނިމިފައި އިނީ އެންމެ ރޫމެކެވެ. އެއީ ފާހާނާޔަކާ އެކު ހަދާފައި ހުރި ރީތި ތަނަވަސް ރޫމެކެވެ. ނަމަވެސް އެތަނުން މެހެރީންއަށް ލިބޭ އެއްވެސް ހިތްހަމަޖެހުމެއް ނެތެވެ. އިރުއަރާ އިރު އޮއްސޭ ކޮންމެ ދުވަހަކު މެހެރީންއަށް އެތަށް އަނިޔާއެއް ލިބެއެވެ. ސިނގިރޭޓް ޖައްސާ ބެލްޓުން ވެސް ބައެއް ފަހަރު ތަޅައެވެ. ކައިވެންޏަށް ހަމަސް ވީ އިރު މެހެރީންއަށް އަމަން އަކީ އަސްލު ކާކު ކަން މެހެރިންއަށް އެނގުނެވެ. އަމަން އަކީ ޑްރަގް ނަގާ އަދި ޑްރަގް ވިއްކާ މީހުންގެ އެކައުންޓްތަކުން ފައިސާ ވަގައް ނަގާ އެކަހަލަ އެތަކެއް ގޯސް ކަމެއް ކުރާ މީހެކެވެ. ގޭންގްސްޓާރެކެވެ.މެހެރީން މަންމަމެން ކާރިޔަކަށްވެސް އަމަން ނުފޮނުވައެވެ. ފިލައިގެން ދެފަހަރަކު ދިޔުމުން މަގުމަތީގައި މެހެރީންގެ ގައިގަ ތަޅާ ހެދީ މެހެރީންގެ މަންމަމެންގެ ކުރިމަތީގައެވެ. މެހެރީންގެ މަންމަވެސް އެމީހުން އެހާލޯބިން ބަލާބޮޑުކުރި މެހެރީންގެ ހާލާމެދު ހިތާމަކޮށްކޮށް ހާރޓް އެޓެކެއްޖެހިގެން މަރުވިއެވެ. މެހެރިންގެ މަންމަ މަރުވީ ވާހަކަ އަމަން ބުނުމުން މެހެރީން ދާން ބޭނުންވެގެން އާދޭސް ކޮށްކޮށް މޫނު ބަލަންވެސް އަމަން މެހެރީން ނުފޮނުވިއެވެ. މެހެރީންގެ ބޭބެމެން ފުލުހަށް މައްސަލަ ޖެއްސުމުންވެސް އެރަށުގައި ތިބީ އަމަންގެ ގެ ޖީބުގައި ތިބޭ ފުލުހުން ކަމުން އެމީހުންނަކަށް އެއްވެސް ކާމިޔާބެއް ނުލިބުނެވެ. މާއިޒް އާއި ނައުފް އުޅެ އުޅެވެސް މެހެރީން އާއި ބައްދަލުވެސް ނުކުރެވުނެވެ. ކޯޓަށްލީ މައްސަލަވެސް ބޭރުކުރީ އަމަންގެ ފައިސާގެ އެހީގައެވެ. އެންމެ ފަހުން ނައުފް އާއި މާއިޒް އެމީހުންގެ ބައްޕަ ގޮވައިގެން އެރަށުން ފުރައިގެން ދިޔައީއެވެ. މެހެރީންގެ އެ ހިތާމަވެރި ހަޔާތް ބަލަން ކެތްނުވެގެންނެވެ.

” އަހަރެންގެ މަންމަ އާއި ބައްޕަ އަދި ބޭބެމެންގެ ބަސް އެހުނު ނަމަ މިއަދު އަހަރެން އުޅޭނީ މިހެންނެއް ނޫން! އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ޒެކް ވެސް އަހަރެން ދޫކޮށްލާފަ ދިޔައީ އަހަރެންގެ ސަބަބުން އަހަރެން ކީއްވެތަ އެހާ ކަނުވީ؟  މީހަކު ދެއްކި ދަޅައަކަށް ހެއްލުނީ؟ ޒެކް ޕްލީޒް އަހަރެން ސަލާމަތްކޮށްދީ! އަހަރެން މޮޔަވެދާނެ” މެހެރީން އަށް ހަޅޭލަވައިގަނެވުނެވެ. އެހެން ރޮއެ ރޮއެ އޮއްވާ އެންމެ ފަހުން އެފަކީރަށް ނިދުނެވެ.

ކައިވެންޏަށް އަހަރެއްވާން އުޅެނިކޮށް މެހެރީން ބަނޑުބޮޑުވިއެވެ. އެއީ އަމަން ވަރަށް އުފާވިކަމެކެވެ. މެހެރީންއަށް އަނިޔާކުރުން ހުއްޓާލިއެވެ. ދެންފެށީ އަދި މުޅިން އެހެން ކަމެކެވެ. ހިލޭ އަންހެނުން ގެނެސްގެން އެމީހުންނާއެކު ގުޅުން ހިންގަންފެށިއެވެ. އެވެސް މެހެރީން ފާހާނާޔަށްލާ ތަޅުލާފައެވެ. ހިތުގައި ޖެހިޖެހިފައި އެފަދަ ކޮންމެ ވަގުތަކު މެހެރީން އަށް ރޮވެއެވެ. ޒަކްވާން އާއެކީ އުޅުނު މަޖާ ދުވަސްތައް ހަނދާންވެއެވެ. ކޮންމެ ނަމާދަކަށްފަހު އެކަމުން ސަލާމަތް ވުމަށް އެދި މެހެރީންއަށް ދުއާ ކުރެވެއެވެ.

އެއްރެއެއްގެ ދަންވަރެވެ. މެހެރީން އަށް ހޭލެވުނީ ބަޔަކު ޒުވާބުކުރާ އަޑަށެވެ. މެހެރީން މަޑުމަޑުން ނިކުމެ ބަލާލި އިރު އަމަންގެ ގުރޫޕް މީހުންވެގެން ކޮންމެވެސް ބޭރުމީހެއް ތަޅަނީއެވެ. އެމީހާގެ ގަޔަށް އަމަން ވަޅިޖެހީ މެހެރީން ބަލަން ހުއްޓައެވެ. ފެނުނު މަންޒަރުން މެހެރީން ބިރުން ރޫ ރޫ އަޅަންފެށިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nadhoo
Follow Me Written By

Nadhoo

Level 1

varah kuda iruh suren varah kiyaahithun vaahaka kiyan vaahaka liyaa hihves vaathy try kohlani mi

Other Articles

Previous

އުމުރުގާ ކަލާޔާ އެކު-6

Next

ވެވުނީ ލޮތްބޭ – 4

Next
January 20, 2024

ވެވުނީ ލޮތްބޭ – 4

Previews
January 17, 2024

އުމުރުގާ ކަލާޔާ އެކު-6

4 Comments!

  1. Rifoo says:
    January 20, 2024 at 2:43 pm

    Mi part vx varah reethi Masha Allah 💗💕❤️
    Kon irakun next part kiyaalan libeyni
    Lysm nadhoo

    1. Nadhoo Nadhoo says:
      January 20, 2024 at 4:17 pm

      Love you more rifoo, first comment dho? will try to submit on tuesday

  2. imko 💕💕 says:
    January 21, 2024 at 4:39 am

    Mi part vex varha reethi Masha Allah ❤️
    Unmeedhu kuran next part kiyaalan libeeney kama

  3. ifoo says:
    January 21, 2024 at 11:39 am

    vv reethi mi part vs maasha allah..when next part kiyaalan libeynee??..v avahah kiyaalan beynun next part

Comments are closed.

Next Episodeއުމުރަށް ތިޔަ ނަމުގާ ފިދާވުން އެދެނީ 4←


All Right Reserved!