Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވެވުނީ ލޮތްބޭ – 3

That girl Level 1
January 6, 2024 3 Mins Read
3 Comments

ހިތުގައި ވާ ހުރިހާ ޝަކުވާއެއް ބޭރުކޮއްލަމުން އަހަރެން އެނދުމަތީގައި އޮށޯވެލީމެވެ.

•───────•°•❀•°•───────•

އެނދުމަތީގައި އޮށޯވެލައިގެން އޮތް ކިޔާން މަސައްކަތް ކުރަމުން ދިޔައީ ނިދޭތޯއެވެ. ނަމަވެސް މިރޭ އޭނާގެ ނިދި އޭނާޔާ ހަނގުރާމަ ކުރާ ކަހަލައެވެ. އޭނާގެ ޙިޔާލުތައް މިރޭ ބަންޑުންވެގެން އެދަނީ ކިޔާރާގެ ޙިޔާލުގައެވެ. ކިޔާރާގެ އެ މަޑުމައިތިރިކަން ފެނި ކިޔާން އިތުރަށް ކިޔާރާ ދަސްކުރަން ބޭނުމެވެ. ނަމަވެސް އެކަން ވާނީ ކިހިނެއް ހެއްޔެވެ؟ އެންމެ ކުޑަމިނުން ވާހަކަ ވެސް ނުދެއްކެއެވެ. ކުއްލިއަކަށް އޭނާގެ ހަނދާނަށް އައީ މަނައްތަ ބުނި ވާހަކައެކެވެ. އެއީ މީގެ 3 އަހަރު ކުރިން ކިޔާރާ ރައްޓެހިވި ކުއްޖާގެ ވާހަކައެވެ. އެކުއްޖާ ކިޔާއައް ވީ ބޭވަފާގެ ވާހަކައެވެ. “އެކަމަކު ކިޔާ ކަހަލަ ކުއްޖަކަށް ދެރައެއް ދޭން ވިސްނާނީ ކާކު ؟ އެހާ ރަނގަޅު ހިތަކަށް ބޭވަފާތެރިވާނީ މޮޔައެއްނު.”  ކިޔާން އޭނާގެ ހިތުގައިވާ ވާހަކަތައް އަމިއްލަ ނަފްސަށް ހިއްސާކޮއްލިއެވެ. ނަމަވެސް އޭނާގެ ހިތްދަތި ކަމަކަށް ބަދަލެއް ނައެވެ. ކިތަންމެ އެނގެން ބޭނުނުވިޔަކަސް ކިޔާރާ ކައިރިއަކު އަހާކަށް އޭނާ ބޭނުމެއްނޫނެވެ. ނަމަވެސް ކިޔާރާ އާއި ވާހަކަދައްކަން ކިޔާން ނުހަނު ބޭނުންވިއެވެ. އާނއެކެވެ. ކިޔާރާ އައް ނޭނގުނަަސް ކިޔާން އޭނާދެކެ އިންތިހާއަށް ލޯބިވެއެވެ. އެއީ މިއަދަކު ވީ ކަމެއް ނޫނެވެ. އެއީ ގާތްގަނޑަކަށް މީގެ 2 އަހަރު ކުރީގެ ކަމެކެވެ.

 

2 އަހަރު ކުރިން …..

އަހަރެންގެ ހަނދާނަށް އަންނަ ގޮތުގައި އެއީ ހުކުރު ދުވަހެއްގެ ރެއެކެވެ. އަހަރެން ގެ އިތުރުން އާއިލާގެ ބައެއް މީހުން ތައްޔާރު ވަމުން ދިޔައީ އެރޭގެ ކައިވެނި ޕާޓީއަށް ދިއުމަށެވެ. އަހަރެން ތައްޔާރު ވެގެން ކައިވެންޏައް ހަމަޖެހިފައިވާ ތަނަށް ދިޔައީމެވެ. އެދުވަހު އެއީ އަހަރެން ގެ މި ހިތް އެންމެ ފުރަތަމަ ފަހަރަށް ތެޅިގަތް ދުވަސް ވެސް މެއެވެ. އާނއެކެވެ. ދުރުގައި ހުރި އެ އަންހެން ކުއްޖާ ފެނިފައި އަހަންނަށް ވީ ގޮތް ބުނެދޭން ވެސް ނޭނގުނެވެ. އަހަންނަށް ކަޅި ވެސް ޖަހައި ނުލައި އެ ކުއްޖާޔާ ދިމާއަށް ބަލަން ހުރެވުނެވެ. “އޯހޯ. ތީ ދޯ ޝައިއްތަޔާ ވަގަށް ތިގަންނަ ގަނޑު. ހެހެ ހެހެ.  އެއީ ކިޔާރާ. މަނާއްތަގެ ދައްތަގެ ކުއްޖާ.. ދައްތަ ހަވާލުނުވީމަ މަނާއްތަ ބަލަނީ. އެކަމް ކިޔާގެ ހުންނާނެ ބީއެފް އެއް.” މަނާއްތަ ބުނެލިއެވެ. “ހާދަ ރީއްޗޭ ދޯ ކިޔާ… އަހަރެން ކިޔާ ލިބޭތޯ އިންތިޒާރު ކުރާނަން.. މަނާއްތާ.. އަހަންނަށް ފުރުސަތެއް ލިބިއްޖެނަމަ އަންގާލަދޭތި..” ކިޔާރާ އައް ބަލަން ހުރެ އަހަންނަށް ބުނެވުނެވެ.

 

 

 

މިހާރު….

އެދުވަހުން ފެށިގެން މިހިތުގެ ރަނިކަން ކުރާ ރާނީއައް އަހަރެން ކިޔާ ހެދީމެވެ. ނަމަވެސް ކިޔާއަކައް މީގެ އެއްކަމެއް ވެސް ނޭގޭނެއެވެ. “ކިޔާ.. އަހަރެން އަދިވެސް ކިޔާ ދެކެ ލޯބިވޭ.. ހުވާ ކޮށްފާ ބުނަން.. ލޯބިވޭ… ކިޔާ ދެކެ އިންތިހާ.. ލޯބިވޭ.. ހުވާ ކޮށްފާ ބުނަން.. ހިތް ގަޔާވޭ.. މިޖާނު ދޭނަމޭ ލޯބިން ހުވާ…ހެހެހެހެހެހެ.. އަހަރެން ކިޔާާ ޙާސިލްކުރާނަން… އައި ވިލް މޭކް ޔޫ މައިން..” ބާލީސް ގަޔާއި ކައިރި ކޮއްލަމުން ކިޔާން ބުނެލީމެވެ.

 

 

 

•───────•°•❀•°•───────•

އެނދުމަތީގައި އޮށޯވެގެން އޮތުމަށްފަހު ކިޔާރާ އެނދުން ތެދުވީ އެއްޗެއް ކާލުމުގެ ނިޔަތުގައެވެ. ކިޔާރާ ކޮޓަރީން ނިކުމެގެން ބަދިގެޔަށް ދިޔައެވެ. ނަމަވެސް ގެޔަކު ކާނެ އެއްޗެއް ނެތެވެ. ބޭރަށް އެއްޗެއް ގަންނަން ދާން ބޭނުންވިޔަސް އޭނާއަށް އެކަނިން ރޭގަނޑު ބޭރުގައި އުޅޭކައް ނުކުރެއެވެ. މާ އަވަހަށް ގެޔަށް ވަންނަން ހަދައިގެން ކިޔާރާ އައް އެއްޗެއް ނުލައި މިއަދު ގެޔަށް އާދެވުނީއެވެ. އަނެއްކޮޅުން ނަތޫވެސް ވީ ޗުއްޓީ އަށް ރަށަށް ގޮހެވެ. އެހެން ނޫންނަމަ އޭނާ ވެސް އައީހެވެ. ގޮތް ހުސްވެފައި ހުރި ކިޔާރާގެ ހަނދާނަށް އައީ ކިޔާންގެ މަތީންނެވެ. މިވަގުތު ދެން އެނޫން މީހަކަށް ކިޔާރާއައް އެހީއެއް ނުވެވޭނެއެވެ. ކިތެންމެ ދާން ބޭނުން ނުވިއަސް ބަނޑުހައިވެފައި ހުރި ވަރުން އޭނާ ނިންމީ ކިޔާންގެ އެޕާރޓްމެންޓައް ދިއުމަށެވެ. ލިފްޓުން 8 ވަނަ ފްލޯއައް ދެވުމާއެކު ކިޔާރާ ގޮސް ކިޔާން ގެ ދޮރުގެ ބެލް އަޅައިލިއެވެ. ގާތްގަނޑަކަށް 6 ވަރަކަށް ފަހަރު  ބެލް އެޅި ފަހުން ކިޔާން އައިސް ދޮރު ހުޅުވައިލިއެވެ. “ކިޔާ… މިވަގުތު ؟. މިތާ ؟ކިހިނެށް ވީ؟ކަމެއް ބޭނުންވީތަ. ؟” ކިޔާރާ ފެނި ހައިރާންވެފައި ހުރެ ކިޔާން ބުނެލިއެވެ. ” މި… މި… މި.. މި އުޅެނީ ވަރަށް.. ބ. ބަނޑުހައިވެގެން… ގެޔަކު ނެތް އެއްޗެއް… ކިޔާއަކައް ނުކެރޭ ރޭގަނޑު އެކަނި ބޭރަށް ދާކައް.. އެހެންނޫނީ ޑިއުޓީ އިން އަިއްސަ އެއްޗެއް ނެތިއްޔާ ގެންނަން.. މިއަދު ނެތް ހަނދާނެއް…. ކިޔާއާ އެއްކޮށް ފިހާރައެއް ދެވިދާނެތަ…”އިސްދަށަށް ޖަހައިގެން ހުރެ އަހަރެން ބުނެލީމެވެ. ކިޔާން އައް ހަމަ ބަލަން ހުރެވުނީއެވެ. ކިޔާރާގެ ރީތިކަމުންނެވެ. އަތްދިގު ރަތް ޓީޝާރޓަކާއި މަޑު ނޫކުލައިގެ ސޯޓެއްގައި ކިޔާރާ ފެންނަލެއް ވަރަށް ރީއްޗެވެ. “އަ…އަ..އަފްކޯރޒް އައި ވިލް.. އެކަމް ކިޔާން އައް ވެސް ދޭމަތީން” އިސްތަށިގަނޑުގައި އަތްކާތާލަމުން ކިޔާން ބުނެލިއެވެ. އަހަރެން އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލީމެވެ.

ދެމީހުން އެކުގައި ހިނގަމުން ގޮސް ލިފްޓުން ތިރިއަށް ފޭބީމެބެ. އެއަށްފަހު ގެޔާއި ކައިރީގައި ހުރި ފިހާރައަށް ވަދެ 2 ޕެކެޓު ނޫޑުލިހާއި 4 ބިހާއި ދެ ކޯކުފުޅި ނެގީމެވެ. ބޭނުންވާ އެއްޗިހި ގަތުމަށް ފަހު ދެމީހުން ގޮސް ގެޔަށް ވަނީމެވެ. ކިޔާން ގެ އެދުމުގެ މަތިން ކިޔާރާ ކައްކަން ދިޔައީ އެގެޔަށެވެ.

 

ބަދިގެއަށް ވަދެ ކިޔާރާ އުޅުނީ  ނޫޑުލިސް ކައްކަނެ ތާހެއް ފެނޭތޯއެވެ. “ތާސް ތަ ތި ހޯދަނީ؟. އެންމެ ތިރީ ކަބަޑުގައި ހުންނާނެ. ދެން ހުރީ އެއްޗިހި ހުންނާނެ މަތީ ކަބަޑުގަ. އެންޑް ތަށި ކިޔާން ދޭނަން ނިމުނީމަ” ކިޔާން ބުނެލިއެވެ. ތިރީ ކަބަޑުން ތާސް ނެގުމަށް ފަހު ކިޔާރާ ކައްކަން ފެށިއެވެ. އޭނާ ޙައިރާން ވީ އެކަނި އުޅޭ ފިރިހެން ކުއްޖެއްގެ ގެއަކު އެ ހުރިހާ އެއްޗެއް ހުރީމައެވެ. ނަމަވެސް އޭނާ އެކަމާ އެއްވެސް ސުވާލެއް ނުކުރެއެވެ. 10 ވަރަކަށް މިނެޓް ފަހުން ކައްކައި ނިމުނެވެ. ކިޔާން ދެ ތައްޓަށް ނޫޑުލިސް އެޅިއެވެ. އަދި ދެމީހުންނަށް ދެ ފެންތަށި އެޅިއެވެ. ކިޔާރާގެ އިތުރުން ކިޔާން ވެސް ކާން ފެށިއެވެ. “މްމްމްމް. އުމުރު ދުވަހު ވެސް ނުކަން މިހާ ކީރު ނޫޑްލިހެއް. އަދި އަންނައްޗޭ ކައްކައިދޭން.” ކިޔާން ބުނެލިއެވެ. ކިޔާރާ އެއްވެސް އެއްޗެކޭ ނުބުނެ ހީލިއެވެ. “ކިޔާ… އަހަރެން ބޭނުން ސުވާލެއް ކޮށްލާން.. އެލޯމީ ވިލް ޔޫ.” ކިތަންމެ އަހަން ބޭނުން ނުވިއަސް ކިޔާން މިފަހަރު ކިޔާރާގެ ކައިރިން އޮޅުންފިލުވަން ބޭނުންވިއެވެ.”އަހާބަ ” ކިޔާރާ ހުއްދަ ދިނެވެ.” މަނާއްތަ ބުނި ކިޔާ ކުރިން އުޅުނޯ ކުއްޖަކާ.. އައި ވޮނަ ނޯ ވައި ޔޫ ގާއިޒް ބްރޯކް އަޕް… އިފް ޔޫ ޑޯންޓް މައިންޑް. ކިޔާންގެ ވާހަކަ އިވުމާއެކު ކިޔާރާ ގެ ކެއުން މަޑުޖެހުނެވެ. “ހީ…. ހީ….” ތުރުތުރު އަޅަމުން ވާހަކަދެއްކި ކިޔާރާގެ އަޑު އެއްކޮށް ކެނދުނީ ލޯމައްޗަށް ނުހިފެހެއްޓިގެން ފޭބި ކަރުނަތަކާއި އެކުއެވެ.

 

ނުނިމޭ….

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

That girl

Level 1

Other Articles

Previous

ހިތުގެ ރަސްގެފާނު

Next

ޔާޒާ – update

Next
January 8, 2024

ޔާޒާ – update

Previews
January 4, 2024

ހިތުގެ ރަސްގެފާނު

3 Comments!

  1. Cute girl says:
    January 6, 2024 at 1:20 pm

    Mi part vx v Reethi masha allah
    Keep it
    Can’t wait for next part

  2. imko 💕💕 says:
    January 6, 2024 at 3:03 pm

    Mi part vex varha reethi Masha Allah ❤️
    Keep it up 💪👍
    Can’t wait for next part 💕

  3. Reem says:
    January 7, 2024 at 1:46 am

    Masha Allah mi vaahaka varah reethi. waiting for next part.. ☺️

Comments are closed.

Next Episodeވެވުނީ ލޮތްބޭ – 4←


All Right Reserved!