Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވެވުނީ ލޮތްބޭ – 4

That girl Level 1
January 20, 2024 3 Mins Read
2 Comments

ތުރުތުރު އަޅަމުން ވާހަކަ ދެއްކި ކިޔާރާގެ އަޑު އެއްކޮށް ކެނޑުނީ ލޯމައްޗަށް ނުހިފެހެއްޓިގެން ފޭބި ކަރުނަތަކާއި އެކުގައެވެ. ކާން އިން ތަށި އިންގޮތައް ބޭންދުމައްފަހު ކިޔާރާ ތެދުވެ ކިޔާންމެންގެ ގެއިން ނިކުތެވެ. ލިފްޓައް ވެސް އިންތިޒާރު ކުރުމަކާއި ނުލައި ސިޑިން ދުވެފައި ކަހަލަ ގޮތަކަށް މައްޗަށް އެރިއެވެ. އަދި ގެޔަށް ވަދެ ދޮރު ތަޅު ވެސްލިއެވެ. ޖިސްލަމުން ކިޔާރާ ދޮރު ކައިރީ ގައި އިށީންދެލިއެވެ. ހަނދާން ނުކުރަން އުޅުނު މާޒީއެއް އަނެއްކާ ހަނދާން ވުމުން ކިޔާރާގެ ހިތަށް އިތުރަށް ތަދުވިއެއެވެ. “މީޝާކްގެ ހަނދާނުން ދުރައްދެވޭނީ ކިހިނެށް؟ ކިހާ މަސައްކަތެއް ކުރެވިއްޖެ… އެކަމަކު… 3 އަހަރު ވެގެން ދިޔައީ.. ކިތަންމެ ވަރަކަށް އުޅުނަސް އަހަންނަކައް މީޝާކް ގެ ހިޔަލުތަކާއި ދުރަކަށް ނުދެވުނު… ވައި މީޝާކް.. ކީއްވެ ކިޔާ އެކަނި ކޮއްލީ.. ދެން ކާކު ކިޔާއައް ބަލާނީ.. ކިޔާދެކެ ލޯބިވާނީ.. ކިޔާއައް އެހީވާނީ.. މި ދުނިޔެއިން ވެސް މިއަދު ކިޔާ ބާކީ ވެއްޖެ.. ދެން ދުވަހަކުވެސް އުފަލެއް ނުލިބޭނެ… ” ޖިސްލަމުން އިދެ އަހަރެން ހިތުގެ ޝަކުވާތައް ބޭރުކޮއްލީމެވެ. ދޮރު ކައިރިން ތެދުވެ ކޮޓަރިޔާއި ހަމަޔަށް ދާން އުޅެނިކޮށް ދޮރުގައި ޓަކި ޖަހާލިއެވެ. އެއީ ކިޔާން ނޫން މީހަކައް ނުވާނެއެވެ. އަހަރެން ދުވެފައި ގޮސް ދޮރު ހުޅުވައިލީމެވެ. އެއާއެކު އަހަރެން ސިހުނީ ކިޔާން އަހަރެންގެ އަތުގައި ހިފައި އޭނާގެ ގަޔާއި ގާތްކޮއްލުމުންނެވެ. ބޭއިޚްތިޔާރުގައި އަހަންނަށް އޭނާގެ ގައިގައި ބައްދައިގަނެވުނެވެ. އެންމެ ފަހުން އަހަރެން ފިރިހެނެއްގެ ގައިގައި ބައްދަލީ 3 އަހަރު ކުރިންނެވެ. މިއަދު ކިޔާން ގެ ގައިގައި ބައްދާލެވުމުން އަހަންނަށް ބުނަން ނޭނގޭފަދަ ހަމަޖެހުމެއް ލިބުނެވެ. ކިޔާން ގެ ގައިގައި ބޯ އަޅައިގެން އަހަރެން އެތައް އިރެއް ވަންދެން ރުއިމެވެ. ނަމަވެސް ކިޔާން އެއްވެސް އެއްޗެކޭ ނުބުނެއެވެ.

ގާތްގަނޑަކަށް 10 ވަރަކަށް މިނެޓް ފަހުން އަހަރެން ހަމަޔަކަށް އެޅުނެވެ. މަޑުމަޑުން ކިޔާން ގެ ގަޔާއި ދުރައްޖެހިލީމެވެ. “ސޮރީ.. ކިޔާގެ ޕްރޮބްލަމްސް އިން ކިޔާން އާއް އުނދަގޫކުރެވުނީމަ.. އައި ޖަސްޓް.. ވޯންޓް ސަމްވަން ޓު ރިލައި އޮން.. އެކަމް އައި ޑޯންޓް ތިންކް އައި ކޭން ޓްރަސްޓް އެނީވަން.. ސޮރީ.. ކިޔާން އައް އުނދަގޫ ކުރެވުނީމަ..” އިސްދަށަށް ޖަހައިގެން ހުރެ އަހަރެން ބުނެލީމެވެ. “ކިޔާ.. އަހަރެން ދުވަހަކު ވެސް އަންހެން ކުއްޖަކާ ގާތެއްނުވަން… ކުއްޖަކު ގައިގަ ބައްދާލިވެސް މީ އަލަށް.. ކިޔާއައް ނޭނގެ ކިޔާތީ އަހަންނަށް ކިހާ މުހިއްމު މީހެއްކަން.. އެންޑް ޔޫ ނެވާރ ޑިސްޓާރބްޑް މީ.. ކިޔާގެ ޕްރޮބްލަމްސް އަކީ ކިޔާންގެ ވެސް ޕްރޮބްލަމްސް.. މިވަގުތު ކިޔާއައް އެންމެ ބޮޑަށް ބޭނުން ވާނީ ލޯބި.. އެކަމަކު.. އެ ލޯބި ކިޔާއައް ދެވޭނީ އެ ލޯބި ދިނުމުގެ ފުރުސަތު ދީގެން.. ތިބުނާ މީޝާކް އައް ވުރެން މާ ރަނގަޅަށް އަހަރެން ކިޔާ ގެންގުޅޭނަން… ޕްލީސް.. ހަމަ އެންމެ ޗާންސެއް.. އައި ވިލް ޕްރޫވް ޔޫ ހުރިހާ ފިރިހެނުން އެއްގޮތެއް ނުވާނެކަން.. ޕްލީސް.. ” ކިޔާރާގެ އަތުގައި ހިފަމުން ކިޔާން ބުނެލިއެވެ . އެވަގުތު ކިޔާރާގެ ހަނދާނަށް އައީ މީގެ 3 އަހަރު ކުރީގެ ހަނދާނެކެވެ..

 

 

 

3 އަހަރު ކުރިން..

” އަދިވެސް ނާދެވޭތަ.. ވެއާރް އާރ ޔޫ ޓޭކިންގް މީ ” މީޝާކް ގެ އަތުގައި ހިފައިގެން ހުރެ ކިޔާރާ ބުނެލިއެވެ.” މި އާދެވެނީއޭ ކެތްކޮލާ. ” ކިޔާރާ ގޮވައިގެން ހިނގަމުން މީޝާކް ބުނެލިއެވެ. ކިޔާރާގެ މޫނުމަތީގައި ވަނީ ފޮތިގަނޑަކުން އައްސާފައެވެ. މަޑުމަޑުން ހިނގަމުން މީޝާކް ކިޔާރާ ގެންގޮސް މަލުން ޖަރީކޮއްފައިހުރި ކޮޓަރިޔަކަށް ވެއްދިއެވެ. އެތަނުގައި ވަނީ ހުސް ނޫ ކުލައިގެ މަލެވެ.” އާރ ޔޫ ރެޑީ ކިޔާ.. ” ކިޔާރާގެ އިސްތަށިގަނޑުގައި ބީހިލަމުން މީޝާކް ބުނެލިއެވެ.” ޔެސް.. ” ކިޔާރާ ބުނެލިއެވެ. ފުން ނޭވާއެއް ދޫކޮށްލުމައްފަހު މީޝާކް ކިޔާރާގެ މޫނުގައި އަޅާފައި އޮތް ފޮތިގަނޑު މުހެލިއެވެ. މަޑުމަޑުން ކިޔާރާ އޭނާގެ ދެލޯ ހުޅުވައިލިއެވެ. އެއާއެކު އެ ދެލޮލުން ކަރުނަ ފައިބަންފެށިއެވެ. ކޮޓަރީގެ ފާރުގައި ބޮޑު އަކުރުން” ވިލް ޔޫ ބީ މައި ޖީއެފް” އޭ ލިޔެފައި ހުއްޓެވެ. “ކިޔާ.. ނޭނގެ ކިހިނެށް ކަމެއްވެސް.. އެކަމް… މީޝާކްއައް ކިޔާދެކެ ލޯބިވެވިއްޖެ.. ވަރަށް ދުވަސް ވެއްޖެ ބުނަން އުޅޭތާ.. އެކަމް.. ބުނާން ނުކެރިފަ މިހުރީ.. ކިޔާ.. ވިލް ޔޫ ބީ މައިން ؟” ކިޔާރާގެ އަތުގައި ހިފައިގެން ހުރެ މީޝާކް ބުނެލިއެވެ. އެވަގުތު އަހަރެން ބޯ ޖަހާލީމެވެ. “ޔެސް.. ޔެސް އައި ވިލް”….

.

މިހާރު…

” ކިޔާ. ކޮންކަމާ ތި ވިސްނަނީ.. ؟” އެއްޗެކޭ ނުބުނެ ކިޔާރާ ހުރުމުން ކިޔާން ން އަހާލިއެވެ. “ސޮރީ… ސޮރީ.. ޕްލީސް.. ދޭ މިތަނުން.. އަހަންނަށް އިތުރު ވޭނެއް އުފުލާނެ ހިތްވަރެއް ނެތް.. ހުރިހާ ފިރިހެނުން ވެސް އެއްގޮތް.. ކިޔާނީ އެކައްޗެއް.. ކުރާނީ އެއް ވައުދުތަކެއް.. އެކަމް… ދޭ އާރ އޯލް ދަ ސޭމް.. ޕްލީސް ކިޔާން.. އަހަންނާ ދުރައްދޭ.. އަހަރެން ބުނެގެނެއެް ނޫން ކިޔާން އައީކީ.. މަނާއްތަގެ އެދުމަށް މިގެއަށް އައީ.. ޕްލީސް.. ދެން ކިޔާއައް ވާހަކަ ނުދައްކާތި.. ޕްލީސް.. ގެޓް އައުޓް.. އައި ޑޯންޓް ވޯންޓް އެއްވެސް މީހެއްގެ ލޮތްބެއް.. ޕްލީސް.. ނިކުމޭ.. ކިޔާއާ ވީހާވެސް ދުރުގަ ހުރޭ.. ޕްލީސް.. “ކިޔާންގެ އަތުން އަހަރެންގެ އަތް ނަގަމުން އަހަރެން ބުނެލީމެވެ. ލޮލުގައި ހުރި ކަރުނަތައް ފުހެލުމަށް ފަހު ކިޔާން ގެއިން ނިކުމެގެން ދިޔައެވެ.

 

•───────•°•❀•°•───────•

ކިޔާރާގެ ބަސްތަކުން އަހަންނަށް ވަރަށް އަސަރު ކުރިއެވެ.” ގެޓް އައުޓް.. އައި ޑޯންޓް ވޯންޓް އެއްވެސް މީހެއްގެ ލޮތްބެއް.. ޕްލީސް.. ނިކުމޭ.. ކިޔާއާ ވީހާވެސް ދުރުގަ ހުރޭ.. ޕްލީސް..” އޯކޭ. ކިޔާ.. އަހަރެން ކިޔާއާ ވީހާވެސް ދުރުގަ އުޅޭނަން.. އިފް ދެޓް މޭކްސް ޔޫ ހެޕީ.. ބަޓް އައި ރިއަލީ ލަވް… ” ކިޔާން ގެ ބަސް ހުއްޓުނީ ނުހިފެހެއްޓިގެން ފޭބި ކަރުނަތަކެއްގެ ސަބަބުންނެވެ. އެއްކޮޅުން ކިޔާ ވެސް ލޯބިވާ މީހާއަށް ޓަކައި ރޮނީއެވެ. އަނެއްކޮޅުން އަހަރެން ވެސް ކިޔާއައް ޓަކައި ރޮނީއެވެ. ކިތެންމެ ދެރަވިޔަސް އަހަރެން ކެތްކުރާނަމެވެ.

 

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

That girl

Level 1

Other Articles

Previous

3 އުމުރަށް ތިޔަ ނަމުގާ ފިދާވުން އެދެނީ

Next

ހިތުގެ ކޮންމެ ވިންދެއްގައި ކަލާގެ ނަން…2

Next
January 20, 2024

ހިތުގެ ކޮންމެ ވިންދެއްގައި ކަލާގެ ނަން…2

Previews
January 20, 2024

3 އުމުރަށް ތިޔަ ނަމުގާ ފިދާވުން އެދެނީ

2 Comments!

  1. Nauuu says:
    January 21, 2024 at 1:28 am

    V reethi story .. waiting for next part …keep it up girl 👏🏻❤️

  2. imko 💕💕 says:
    January 21, 2024 at 4:48 am

    Mi part vex varha reethi Masha Allah ❤️
    Unmeedhu kuran next part kiyaalan libeeney kama

Comments are closed.

Next Episodeވެވުނީ ލޮތްބޭ – 5←


All Right Reserved!