އާދައިގެ މަތިން މިއަދު ވެސް އިރުއެރީ މީޝާކްގެ ހަނދާނުން ދެލޯ ތެމިފައިވާ ހާލުގައެވެ. އެނދުން ތެދުވެ އަހަރެން ފާޚާނާއައް ވަނީ ތައްޔާރުވެގެން ހޮސްޕިޓަލައް ދިއުމަށެވެ. އަހަންނަކީ ކިޔަވައިގެން ހުރި ގާބިލް ކުއްޖަކަށް ވިޔަސް ދުނިޔޭގައި އެއްވެސް އުފަލެއް ލިބޭ ކުއްޖެއް ނޫނެކެވެ. މިހާރު މިހިތައް ކުޑަވެސް ހިތްހަމަޖެހުމެއް ގެނެސްދެނީ ތާނީއެވެ. އޭނާ ނެތްނަމަ މީ މިއަދު އެކަނިވެރި އަކަށް ވާންޖެހުނީހެވެ.
ޑިއުޓީ އަށް ދާން ތައްޔާރު ވެލުމަށް ފަހު އަހަރެން ގެއިން ނިކުތީ ކާރެއް ހޯދުމަށެވެ. ކާރެއްގެ އިންތިޒާރުގައި ހުއްޓާ އަހަރެންގެ ލޮލުގައި އަޅައިގަތީ ތަންކޮޅެއް ދުރުގައި ހުރި އިސްކޮޅުން ދިގު ޒުވާނަކަށެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ އަހަންނާ ދިމާއަށެވެ. އޭނާ ލައިގެން ހުރި ހުދު ފޮތީގެ ގަމީހާއި ކަރުގައި އަޅުވާފައިވާ ކާޑުން އެއީ އަހަރެން ފަދަ ޑޮކްޓަރެއް ކަން އެނގެއެވެ. އިރުކޮޅަކައް ބަލަން ހުރުމަށްފަހު އަހަރެން ސިހުނީ އެ ޒުވާނާ އަހަންނާ ދިމާއަށް އަންނަތަން ފެނިފައެވެ. އަހަރެން މޫނު އަނެއް ފަރާތަށް އަނބުރައިލީމެވެ. “އަމް. ހާއި.. މީ ކިޔާން … މި ކޮޅަށް މޫވް މިކުރީ އަލަށް.. ކިޔާއައް ފަހަރެއްގައި އަހަރެން ނޭނގިދާނެ.. އެކަމް މީ މަނާއްތަގެ ވަރަށް ކްލޯސް ފްރެންޑެއްގެ ދަރިއެއް. މަނާއްތަގެ ފަރާތުން ކިޔާ އެނގެނީ.. ޝީ ޓޯލްޑް މީ ޔޫ ލިވް ހިއާރ. އެންޑް ދިސް އިޒް ހާރ އެޕާރޓމެންޓްއޭ. ކިޔާން އުޅޭނީ 8 ވަނަ ބައިގަ.. ކިޔާގެ ފްލޯރގެ ތިރީގަ. އެންޑް ސޮރީ މިހެން ނުސީދާކޮށް އައިސް ޓޯކް ކުރާތީ.. އެކަމް މަނާއްތަގެ އެދުމެއް ކިޔާން ކިޔާއައް ބެލުން.. ސޯ މިއަދުން ފެށިގެން ކިޔާގެ ފްރެންޑެއްގެ ގޮތުގައި އަހަރެން ދެކޭނެ ކަމަށް އުއްމީދު ކުރަން.. ޝެލްވީ ގޯ؟” ތުނި ހިނިތުންވުމެއް ރައްދުކޮއްލަމުން ކިޔާން ބުނެލިއެވެ. އަހަރެން ބޯ ޖަހާލީމެވެ. ކިޔާން އޭނާގެ ކާރުގައި އަހަރެން ގޮވައިގެން ހޮސްޕިޓަލައް ދާން މިސްރާބުޖެހިއެވެ. ކާރުގައި އިން އިރު އެކަކު ވެސް އަނގަޔަކުން ނުބުނެއެވެ . ކާރު ގޮސް ހޮސްޕިޓަލުގެ ދޮރާއްޓައް ހުއްޓުމާއެކު އަހަރެން ފޭބީމެވެ. އަދި ކިޔާން އަށް އިންތިޒާރު ކުރުމެއް ނެތި ގޮސް ހޮސްޕިޓަލައް ވަދެ ކާޑު ޖަހައިލީމެވެ. އަހަރެން އަވަސްވެގަތީ އަހަންނަށް ޙާއްސަ ކުރެވިފައިވާ ކޮޓަރި އަށް ދިއުމަށެވެ. މިއަދު ވެސް ވަރަށް ގިނަ ޕޭޝަންޓުން ހުރީމަޔާއެކުގައެވެ.
ވަގުތުތައް ފާއިތުވަމުން ގޮސް މިއަދުގެ މަސައްކަތް ވެސް ނިމުމަކަށް އަތުވެއްޖެއެވެ. ކޮޓަރިތެރެ ކުޑަކޮށް ރީތިކޮއްލުމައްފަހު އަހަރެން ނުކުތީ ގެޔަށް ދިއުމަށެވެ. މަޑު ފިޔަވަޅު އަޅަމުން ގޮސް އަހަރެން ހޮސްޕިޓަލުން ބޭރަށް ނިކުތީމެވެ. އަހަރެންގެ ނަޒަރު ގޮސް ހުއްޓުނީ ކާރު ކައިރީ ލެގިލައިގެން ހުރި ކިޔާން ފެނިފައެވެ. ބޭއިޚްތިޔާރުގައި އަހަންނަށް އޭނާއާ ދިމާއަށް ހިނގައިގަނެވުނެވެ. “އަމް.. އަދިވެސް މިތާ ؟ސްޓޯރކް ކުރަނީތަ” ސަމާސާ ރާގަކަށް އަހަރެން ބުނެލީމެވެ. “ހެހެ. ނޫނޭ. ކިޔާ ނިމެންދެން މިހުރީ. ހިނގާ ކޮފީ އެއް ބޯލަން. އިފް ޔޫ ވޯންޓް” އަތުގައި އޮތް ފޯނު ޖީބަށް ލަމުން ކިޔާން ބުނެލިއެވެ. “އައި ޑޯންޓް ވޮނަ ބީ ރޫޑް.. އެކަމް މިރޭ ނެތް ބޭރަށް ދާހިތެއް. ގެޔަށް ދާން ބޭނުމީ..” އިސްދަށަށް ޖަހައިގެން ހުރެ އަހަރެން ބުނެލީމެވެ. އާނއެކެވެ. އަހަރެން ކޮފީ އަށް ދިޔައީ އެންމެ ފިފިހެނަކާ އެއްކޮށެވެ. އެއީ އަހަރެންގެ މި ހިތް އަދިވެސް ބޭނުންވާ މީޝާކްއާ އެއްކޮށެވެ. އިތުރަށް ފިރިހެނަކާ އަހަރެން މާ ގަޔާވާކައް ބޭނުމެއްނޫނެވެ. މަނާއްތަގެ ރައްޓެއްސެއްގެ ދަރިޔަކަށް ކިޔާން ނުވާނަމަ އަހަރެން އޭނާއާ ވާހަކަ ވެސް ނުދެއްކީމުހެވެ. “އޯކޭ.. ދެން އެހެންވިއްޔާ އަައި ވިލް ޑްރައިވް ޔޫ ހޯމް.. ގެޓް އިން.” ކިޔާން ގެ އެނދުމުގެ މަތީން އަހަރެން ކާރަށް އަރައި ހަމަޖެހިލީމެވެ. ކުރިޔެކޭ ވެސް އެއްފަދައިން މިފަހަރު ވެސް ދެމެދުގައި އެއްވެސް ވާހަކައެއް ނުދެކެވެއެވެ. އަހަރެން މާ ބޮޑަކަށް އަޅައެއް ނުލަމެވެ. އެއީ އަހަރެން ބޭނުންވާ ގޮތް ވެސް މެއެވެ. މީޝާކް ލިބެން ނެތް ދުނިޔެއެއްގައި އިތުރައް މީހަކާ ރައްޓެއްސެއްގެ ގޮތުންވެސް ގާތް ވާކައް އަހަރެން ބޭނުމެއް ނޫނެވެ.
ކާރު ގޮސް ގެ ކުރިމައްޗަށް ހުއްޓުމާއެކު އަހަރެން ފޭބީމެބެ. މިފަހަރު ވެސް ކިޔާން އަށް އިންތިޒާރު ކުރުމެއް ނެތި އަހަރެން ގޮސް ގެޔަށް އަރައިލީމެވެ. ވަރުބަލިވެފައި ހުރި ވަރުން އަހަރެން ގޮސް ފާޚާނާއައް ވަދެ ބޮލާ އެއްކޮށް ފެންވަރައިލީމެވެ. އެއަށްފަހު ބޯ ހިއްކަން ވެގެން ހެއާރ ޑްރަޔާރް ނެގީމެވެ. އެވަގުތު އަހަރެންގެ ހަނދާނަށް އައީ މީގެ ތިން އަހަރު ކުރީގެ ހަނދާނެކެވެ.
3 އަހަރު ކުރިން….
ބޭބް ހާދަ ހޮޓް އޭ ބޮލަށް ފެންއެޅީމަ. އާދޭ ހިއްކައިދޭނަން. “އަރަންނާއި ގަޔާވެލަމުން މީޝާކް ބުނެލިއެވެ. ކޮންމެ ދުވަހެއްގައި ވެސް އޭނަ އަހަރެން ގެ އެޕާރޓްމެންޓައް އާދެއެވެ. މިއަދު ވެސް މެއެވެ. އޭނާ އަހަރެންގެ އަތުގައި އޮތް ހެއާރ ޑްރަޔާރް ނެގުމަށްފަހު ވަރަށް ލޯބިން މި ބޮލުގައި ފިރުމައިލިއެވެ. މީޝާކް ގެ އެ އަތުން މި ބޮލުގައި އަތް ޖެހޭ ކޮންމެ ފަހަރަކު އަހަރެންގެ ގައިން ހީބިހިނަގައެވެ. އެ ފިނިކަން ގަދަ މަޑު އަތުން މި ހިތަށް އެ ލިބޭ އަރާމުކަން ގަލަމަކުން ވެސް ބަޔާންކޮށެއްނުދެވޭނެއެވެ. “މީޝާކް.. ކިޔާ އާއް އެއްކޮށް އަބަދުވެސް ތިހެން ވާނަންތަ.. ؟ކިޔާ ދޫކޮށްލާފަ ނުދައްޗޭ.. ދުނިޔެއިން މޮޔަ ވެދާނެ..” އާދޭހުން ފުރިފައިވާ ރާގަކަށް އަހަރެން ބުނެލީމެވެ “އަފްކޯރސް ކިޔާ. ތީ މައި ކުއީން. ކިޔާ ނުލިބޭ ދުނިޔެއްއްގަ އަހަރެން ނޭވާލާކައް ވެސް ނޭދެން. އެހާ ވެސް ލޯބިވޭ.” އަހަރެންގެ ގައިގައި ބައްދާލަމުން މީޝާކް ބުނެލިއެވެ.
މީހާރު…
ދެލޯ ފުހެލުމަށް ފަހު އަހަރެން ބޯ ހިއްކަން މަސައްކަތް ކުރީމެވެ. ނަމަވެސް އަހަންނަށް ހަމަ ރޮވެނީއެވެ. ހަނދާން ވަނީ އެވެ. “ކީއްވެ މީޝާކް.. ކީއްވެ ކިޔާ ދޫކޮށްލާފައި ތިދިޔައީ..ކިޔާއައް ނުދެވުނު ކޯއްޗެއް ލީންއައް ދެވުނީ..ހާދަ ލޮތްބެއް ވީމޭ މީޝާކް ދެކެ. އެކަމް… ބަދަލުގައި ބޭވަފާތެރިއަކައް ތި ވީ އަހަންނަށް ކޮން ކުށެއް ކުރެވިގެންތަ.. ؟ވަފާތެރި ވެދިނީތީ ބަދަލުގައި ބޭފަވާތެރި ތިވީ އަހަންނަށް ހައްގު ވާތީތަ… ؟ކީއްވެ.. އަހަރެން އެއްލައިލީ.. ؟ ކިޔާ އެހާ ލޯބިވީމަވެސް ބަދަލުގައި މިހިތައް ތި ގޮތަށް ޒަހަރު އެޅީ ކީއްވެތަ.. ؟ މީޝާކް ކިޔާ ނުލައި ދިރިއުޅެން ބޭނުން ނުވާ ވާހަކަ ބުނެފަ…. އަހަރެން ދުރުކޮއްލީ…. އެވެސް އަހަންނަށް ޙައްޤު ވީމަތަ… ؟ މި ދުނިޔެ މީ ހާދަ ހިތި ތަނެކޭ.. އަބަދުވެސް އެންމެ ރަނގަޅަށް އުޅޭ މީހުންނަށް މި ހިތި ވޭންތައް ތަހައްމަލް ކުރަން ޖެހޭނީ.. ” ހިތުގައި ވާ ހުރިހައި ޝަކުވާއެއް ބޭރުކޮއްލަމުން އަހަރެން އެނދުމަތީގައި އޮށޯވެލީމެވެ.
ނުނިމޭ…..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.

Mi part vex varha reethi Masha Allah
Unmeedhu kuran next part kiyaalan libeeney kama
Lysm 💞💞💞💞
Mi part ves v Reethi masha allah
Keep it up
Can’t wait for next part
Thank you alll next part uploading soon ❤❤
Haadha kurey😭
Ekm kiyaalan libifa in thankolhu vrh reeethi❤️❤️ masha allah❤️❤️❤️