އިރުގެ އަލިކަން ފާޅުވެ އޭގެ އަލިކަމުން މުޅި ކޮޓަރި ދިއްލާލިއެވެ. ނިދިފައި އޮތް ކިޔާން އައް ހޭލެވުނީ މޫނަށް އަލި އެޅެން ފެށުމުންނެވެ. ކަންނެތް ގޮތަކަށް އެނދުން ތެދުވެ މޫނު އުގުޅާލީ ފޯނުހުޅުވާލުމަށެވެ. ފޯނުގެ ސްކްރީނަށް ބަލާލުމާއެކު އައިސްފައި ހުރި ނިދި ހޭވިކަހަލައެވެ. “ތާނީ” ކިޔާން އައް ބުނެވުނެވެ. އަވަސް އަވަހަށް ފޯނު ހުޅުވާލުމައްފަހު ތާނީގެ މެސެޖް ކިޔާލިއެވެ. “ކިޔާން އަށް ކިހިނެށް ލީން ގެ އައިޑީ ފެނުނީ… ؟” މެސެޖް ކިޔާލި ވަގުތު ކިޔާން ގެ […]
ތާނީ ގެޔަށް ލުމަށްފަހު ކިޔާންގޭގެ ކުރިމަތީގައި ކާރު ޕާރކް ކޮއްލިއެވެ. ކާރުން ފައިބައި ގެޔަށް ވަންނަން ކާޑު ނެގި ކިޔާން އައް ހުއްޓުން އެރީ ކިޔާރާ ފެނިފައެވެ. ކިޔާރާގެ ކައިރީގައި މީޝާކް ވެސް ހުއްޓެވެ. މީޝާކް އައް ކިޔާން ފެނުމާއެކު އޭނާގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ” މަ ހީނުކުރަން ކަލޭ ތިހާ ވިހަގަދަ ވާނެކަމަށް. އެންމެ ކުޑައިރުއްސުރެއް ކަލޭ ބެލީ މަގޭ މަންމަ. ތާރުބިއްޔަތު ކޮށްދިނީ މީހުންނަށް ހެޔޮ އެދެން. ދޯކާ ކަޑާކައް […]
” ކިޔާން.. ކީއްވެގެންތަ އެއްޗެކޭ ނުބުނަނީ.. ؟ ކިޔާން ދަންނަންތަ މީޝާކް.. އެއްޗެކޭ ބުނެބަ.. ޕްލީސް..” “ތީ…. ތީ… މައި ސްޓެޕް ބްރަދަރ….. ” ” ވަޓް… ސްޓެޕް ބްރަދަރ އޭ…. ؟” “އާނ… އެއީ މީގެ 22 އަހަރު ކުރިން.. އަހަރެންގެ އުމުރުން 3 އަހަރު ވާނީ.. މަންމަޔާ ބައްޕަޔާ އަންހެނެއްގެ މައްސަލައެއްގަ ވަރިވީ.. އޭނގެ ފަހުން ބައްޕަ އެމީހަކާ އިނީ… އެއަށްފަހު ލިބުނު ކުއްޖެއް މީޝާކް އަކީ… މަންމަޔާ ބައްޕަޔާ ދިމާނުވެ ދިޔަ 4 […]
ކާރުން ފައިބައި އަހަރެން ޑްރައިވަރައް ރުފިޔާ ދެއްކުމަށް ފަހު ހޮސްޕިޓަލުގެ މައި ދޮރުން އެތެރެއަށް ވަދެ ފިންގަރ ޖެހުމަށް ފަހު އަހަންނަށް ޙާއްސަ ކުރެވިފައިވާ ކޮޓަރިއައް ވަދެ ކުޑަދޮރުތައް ކަހައިލީމެވެ. ގޮޑީގައި އިށީނދެލުމައްފަހު ފޯނު ހުޅުވައިލިއިރު ތާނީގެ މެސެޖެއް އައިއްސަ އިން ތަން ފެނުނެވެ. ނަމަވެސް މިވަގުތު ތާނީ ކިޔާނެ އެއްޗެއް ބަލާކައް އަހަރެންގެ މޫޑެއް ނެތެވެ. ތާނީ މީޝާކް ދެކެ ނުހަނު ރުޅި އަންނަ ކަން ކިޔާރާއައް ރަނގަޅަށް އެނގެއެވެ. އެކަމަކު މިވަގުތު އޭނާ އެވަނީ […]
އެނދުގައި އޮށޯވެގެން އޮތުމަށްފަހު ކިޔާރާ ތެދުވީ ފަތިސްނަމާދުގެ ބަންގީގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. މުޅި ރޭ އެއްކޮށް ހޭލައި އޮތުމުން ކިޔާރާ ހުރީ ވަރަށް ވަރުބަލި ވެފައެވެ. އަނެއްކޮޅުން މިއަދު އޭނާ ޑިއުޓީ އަށް ވެސް ދާން ޖެހެއެވެ. ކިޔާރާ އެންމެ ޖެހިލުން ވަނީ ކިޔާން ފެނިދާނެތީވެ. ކިޔާން ގެ ކުރިމައްޗަށް ވެސް އަރާކަމަށް އޭނާ ބޭނުމެއް ނޫނެވެ. ކިޔާން އޭނާދެކެ ލޯބިވިޔަސް އިތުރު ވޭނެއް އުފުލާކައް ކިޔާރާ ބޭނުމެއްނޫނެވެ. ލޮތްބަކީ ކިޔާރާގެ ޙަޔާތުގައި މިހާރު ފޮހެލެވިފައިވާ […]
ތުރުތުރު އަޅަމުން ވާހަކަ ދެއްކި ކިޔާރާގެ އަޑު އެއްކޮށް ކެނޑުނީ ލޯމައްޗަށް ނުހިފެހެއްޓިގެން ފޭބި ކަރުނަތަކާއި އެކުގައެވެ. ކާން އިން ތަށި އިންގޮތައް ބޭންދުމައްފަހު ކިޔާރާ ތެދުވެ ކިޔާންމެންގެ ގެއިން ނިކުތެވެ. ލިފްޓައް ވެސް އިންތިޒާރު ކުރުމަކާއި ނުލައި ސިޑިން ދުވެފައި ކަހަލަ ގޮތަކަށް މައްޗަށް އެރިއެވެ. އަދި ގެޔަށް ވަދެ ދޮރު ތަޅު ވެސްލިއެވެ. ޖިސްލަމުން ކިޔާރާ ދޮރު ކައިރީ ގައި އިށީންދެލިއެވެ. ހަނދާން ނުކުރަން އުޅުނު މާޒީއެއް އަނެއްކާ ހަނދާން ވުމުން ކިޔާރާގެ ހިތަށް […]
ހިތުގައި ވާ ހުރިހާ ޝަކުވާއެއް ބޭރުކޮއްލަމުން އަހަރެން އެނދުމަތީގައި އޮށޯވެލީމެވެ. •───────•°•❀•°•───────• އެނދުމަތީގައި އޮށޯވެލައިގެން އޮތް ކިޔާން މަސައްކަތް ކުރަމުން ދިޔައީ ނިދޭތޯއެވެ. ނަމަވެސް މިރޭ އޭނާގެ ނިދި އޭނާޔާ ހަނގުރާމަ ކުރާ ކަހަލައެވެ. އޭނާގެ ޙިޔާލުތައް މިރޭ ބަންޑުންވެގެން އެދަނީ ކިޔާރާގެ ޙިޔާލުގައެވެ. ކިޔާރާގެ އެ މަޑުމައިތިރިކަން ފެނި ކިޔާން އިތުރަށް ކިޔާރާ ދަސްކުރަން ބޭނުމެވެ. ނަމަވެސް އެކަން ވާނީ ކިހިނެއް ހެއްޔެވެ؟ އެންމެ ކުޑަމިނުން ވާހަކަ ވެސް ނުދެއްކެއެވެ. ކުއްލިއަކަށް އޭނާގެ ހަނދާނަށް އައީ […]
އާދައިގެ މަތިން މިއަދު ވެސް އިރުއެރީ މީޝާކްގެ ހަނދާނުން ދެލޯ ތެމިފައިވާ ހާލުގައެވެ. އެނދުން ތެދުވެ އަހަރެން ފާޚާނާއައް ވަނީ ތައްޔާރުވެގެން ހޮސްޕިޓަލައް ދިއުމަށެވެ. އަހަންނަކީ ކިޔަވައިގެން ހުރި ގާބިލް ކުއްޖަކަށް ވިޔަސް ދުނިޔޭގައި އެއްވެސް އުފަލެއް ލިބޭ ކުއްޖެއް ނޫނެކެވެ. މިހާރު މިހިތައް ކުޑަވެސް ހިތްހަމަޖެހުމެއް ގެނެސްދެނީ ތާނީއެވެ. އޭނާ ނެތްނަމަ މީ މިއަދު އެކަނިވެރި އަކަށް ވާންޖެހުނީހެވެ. ޑިއުޓީ އަށް ދާން ތައްޔާރު ވެލުމަށް ފަހު އަހަރެން ގެއިން ނިކުތީ ކާރެއް ހޯދުމަށެވެ. ކާރެއްގެ […]
މީހުން ބުނެ އުޅޭ އަޑު އަހަމެވެ. ލޮތްބަކީ އެމީހެއްގެ ޙަޔާތުގައި އަންނަ އެންމެ އުފާވެރި ދުވަސްތަކެކެވެ. އެކަމުން އުފަލާއި ހިތްހަމަޖެހުން ލިބޭ ކަމެކެވެ. ނަމަވެސް ލޮތްބަކީ މިހާރު އަހަރެން ގަބޫލު ކުރާ އެއްޗެއް ނޫނެވެ. އާނއެކެވެ. އެހެން މީހުން ނެކޭ ވެސް އެއް ފަދައިން އަހަރެން ވެސް ލޯބިވީމެވެ. އެކަމަކު… އަހަރެންގެ ޙަޔާތުގެ ލޯތްބާަކީ ދެން ދުވަހަކުވެސް ލިބޭނެ އެއްޗެއް ކަމަށްކައް އަހަރެން ގަބޫލެއްނުކުރަމެވެ. 3 އަހަރު ކުރިން … “އޮހޯ ކިޔާ..މާ ތިއްތި ދެއްކިގެން […]