Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު ( 24 )

saarah Level 210 Stories100 Comments
October 28, 2015 10 Mins Read
50 Comments

މާއިޝާގެ ހިތް ތެޅެމުން ދިޔައީ އޮބިނޯންނަ ވަރަށެވެ. މިގޭ މީހަކު ކައިރީ އަހަން ހިތަށް އަރާފަ ވެސް މިހާރު އެމީހުން ތިބޭނީ ނިދަން ކަމުގައި ހިތަށް އެރުމުން އެ ހިޔާލު ދޫކޮށްލަމުން އަނެއްކާވެސް ގޮނޑީގައި ޖައްސާލީ މޫނުގައި ދެއަތް އަޅާލަމުންނެވެ.

ކިޔާން ސުނާމީ ބިނާގެ ފާރުމަތީ މޫދާ ދިމާލަށް ނަޒަރު ހުއްޓާލައިގެން އިނީ ފެންކަޅިވެފައެވެ. ހަނދުވަރުގެ ރިހި އަލި މޫދަށް އެޅިފައި އޮތް އިރު ރީއްޗެވެ. މާއިޝާ ގުޅާތަން ފެނުމުންވެސް ކިޔާން އިނީ ފާޑަކަށް ފޫހިވެފައެވެ. ރިންގް ވަމުން ގޮސް ކެނޑުނު އިރުވެސް އަޅާވެސްނުލާ އިނީ މާޔާގެ ހިޔާލުތަކަށް ގެއްލިފައެވެ. މާޔާއަށް ދައްކަން މި ކައިވެނި ކުރިޔަސް މި ކައިވެނީގައި ދިރިއުޅެވިދާނެ ހެއްޔެވެ؟  މާއިޝާއާ އެކީ އެއް ކޮޓަރިއެއްގައި އުޅޭނީ ކިހިނެއް ހެއްޔެވެ؟ އެކަމަކު އަބަދު ގެއިން ބޭރުގައި ވެސް ނޫޅެވޭނެ ނޫން ހެއްޔެވެ؟ ކޮންމެވެސް ވަގަތަކު މާއިޝާގެ ކުރިމައްޗަށް ވެސް ދާން ޖެހޭނެއެވެ. އެހެން ނޫނަސް މި ހުރިހާ ކަމެއްގައި މާއިޝާގެ އޮތީ ކޮން ކުށެއް ހެއްޔެވެ؟ މާއިޝާ ހަމައެކަނި ކިޔާން ދެކެ ލޯބިވީއެވެ. ދުވަހަކުވެސް ކިޔާންގެ ކިބައިން އެ ލޮތްބަށް އެދިފައެއްވެސް ނުވެއެވެ. މާޔާއާ އެދެމީހުންގެ މި ކުޅިގަނޑުގެ ތެރެއަށް މާއިޝާ ވެއްދީވެސް ހުދު ކިޔާނެވެ. ދެން މިއަދު މާއިޝާއަށް އޭގެ އަދަބު ލިބެން ވީ ކީއްވެ ހެއްޔެވެ؟ ކިޔާނަށް ދުވަހަކުވެސް މާއިޝާދެކެ ލޮތްބެއް ނުވެވޭނެ އެވެ. އެކަމަކު އެހެނޭ ކިޔާފަ މާއިޝާއަށް އަނިޔާ ދިނުމަކީ އިންސާފެއް ހެއްޔެވެ؟ ނޫނެކެވެ. މާއިޝާ ކުއްހީއެއްގައި ބެހެއްޓުމަށް ވުރެ ހަގީގަތް ކިޔަދިނުންވެސް މާ ރަނގަޅުވާނެއެވެ. އޭރު ގައިމުވެސް މާއިޝާ ކިޔާންގެ ފަރާތުން އެއްވެސް ކަމަކަށް އުއްމީދެއް ނުކުރާނެތާއެވެ. ކިޔާން އެއް އަތް އިސްތަށިގަނޑުގެ ތެރެއަށް މަހާލަމުން ގެއަށް ދާން ތެދުވިއެވެ.

މާޔާ އެނދުގައި ދެކޮޅަށް ފުރޮޅިލި ފުރޮޅިލި އޮތީ ނުނިދިފައެވެ. މިރޭ މާއިޝާއާ ކިޔާނާ ދެމީހުން ދޭތެރޭ ހިނގާނެ ކަންތައް ހިތަށް އަރުވާލިޔަސް މުޅިގައިން ހީބިހި ނަގައެވެ. އެކަމަކު އެ ދެމީހުން ދޭތެރޭ ކަމެއް ހިނގާނީ ވެސް ކިހިނެއްހެއްޔެވެ؟ ކިޔާން މި ކައިވެނި ކުރީ ހަމައެކަނި މާޔާއަށް ދައްކަން ވެގެނެވެ. މާޔާ ހިތަށް އަރަމުން ދިޔަ އެއްޗެހިން ރުޅިގަދަވިއެވެ. އަމިއްލަ ކޮއްކޮގެ ކައިވެނީގެ ރެއާ ބެހޭގޮތުން މިހާ ގޯސްކޮށް ހިޔާލުކުރެވުނީތީ ދެރަވިއެވެ. އެނދުން ތެދުވެގެން ގޮސް ފާހާނައަށް ވަދެ ބިލިގާއަށް ފުރާ ފެން އަޅާލައިގެން އޭގެ ތެރެއަށް އެރި އޮށޯވެލީ ލޯ މަރާލަމުންނެވެ. މީ އޭނަ އަމިއްލައަށް ލިބިގަތް ބޮނޑިއެކެވެ. ދެން ހިތާމަ ކުރަންވީވެސް ކީއްކުރަން ހެއްޔެވެ. ކިޔާން އޭނައާ ދުރުވެއްޖެއެވެ. އޭނައަށް ދެން އޮތީ ކިޔާނަށް އިންތިޒާރު ކުރުމެވެ. މި ދުނިޔެއިން ނޫނިއްޔާ އާހިރަތުގައިނަމަވެސް ކިޔާނާ އެކު ވާނެ ކަމުގެ އުއްމީދުގައެވެ.

ކިޔާން ގޮސް ކޮޓަރިއަށް ވަން އިރު މާއިޝާ ސޯފާގައި އިށީދެލައިގެން ނިދިފައި އިންތަން ފެނުމުން ދެރަވިއެވެ. ކިޔާން އަންނާނެ އިރަކަށް މާއިޝާ އެ އިނީ ހެދުންވެސް ބަދަލުކޮށްނުލައެވެ. ކިޔާން ގޮސް މާއިޝާ ކުރިމަތީ ހުއްޓިލަމުން ކުޑަކޮށް ގުދުވެލާފައި މާއިޝާގެ އަތުގައި ކޮށްޓާލަމުން މަޑުމަޑުން ގޮވާލިއެވެ. މާއިޝާ ސިހިފައި ލޯ ހުޅުވާލަމުން ކިޔާން ކުރިމަތީގައި ހުރިތަން ފެނުމުން ހީލިއެވެ. ކިޔާން ހައިރާންވިއެވެ. ކިޔާން މާއިޝާއާ އަޅާނުލާ އެހާ އިރުފަހުން ގެއަށް އައުމުންވެސް މާއިޝާ ޝަކުވާއެއް ނުކުރެއެވެ. ކިޔާން ފަހަތަށް ފިޔަވަޅެއް އަޅާލަމުން ގޮސް ހެދުން ބަދަލުކޮށްގެން އަންނާށޭ ބުނެލިއެވެ. މާއިޝާ ބޯ ޖަހާލަމުން އަލާމާރި ކައިރީ ހުރި އޭނަގެ ފޮށިން ހެދުން ނަގައިގެން ފާހާނައަށް ވަނެވެ. ކިޔާން ގަމީސް މަތިން ލައިގެން ހުރި ވެސްޓް ބާލަމުން ސޯފާ މައްޗަށް އެއްލާލަމުން ބެގީ ނައްޓުވަމުން ގޮސް ބެލްކަންނަށް ނުކުމެލިއެވެ. އިރުކޮޅަކުން މާއިޝާ އައިސް ކިޔާންގެ ކައިރީ ހުއްޓިލިއެވެ. ކިޔާން ލޮލުގެ ހިމަކޮޅުން މާއިޝާއަށް ބަލާލިއެވެ. ” ނާއަހާނަންތަ އަހަރެން މިހާ ލަސްވީ ކީއްވެ ކަމެއް؟ ” ކިޔާން ދުރަށް ބަލާލަމުން ސުވާލުކޮށްލިއެވެ. ” ކޮންމެވެސް މުހިއްމު ކަމެއް ދިމާވެގެންތާ އެހާ ލަސްވާނީ.. ” މާއިޝާވެސް ކިޔާން ބަލަމުން ދިޔަ ދިމާލަށް ބަލާލިއެވެ. ކިޔާން އެ ހުރިގޮތަށް ހުރެ ވާހަކައެއް ދައްކަން ބޭނުމޭ ބުނެލިއެވެ. މާއިޝާ ހީލަމުން ބުނާށޭ ބުނެލިއެވެ. ކިޔާން މާއިޝާއަށް ފުންކޮށް ބަލާލިއެވެ. އޭނަ ބުނަން މި އުޅޭ އެއްޗަކުން މި މައުސޫމު އަންހެންކުއްޖާގެ ހިތް ކުދިކުދި ވެދާނެއެވެ. ކިޔާން މާއިޝާގެ އަތުގައި ހިފާލަމުން ގޮސް އެތާގަ ބަހައްޓާފަ ހުރި ގޮނޑީގައި އިށީދެލިއެވެ. މާއިޝާ ކިޔާނަށް ބަލާލި ހިނދު އެ މޫނުމަތިން ފެނުނު ކުލަވަރުން ހިތް ތެޅިލިއެވެ.

” މާއިޝާ.. އަހަރެން ނެތިން މާއިޝާއަށް އެއްވެސް ކަމެއް ސިއްރުކުރާކަށް.. ޔޫ ހޭވް ދި ރައިޓް ޓު ނޯ ދި ޓުރުތް.. އަހަރެން މާއިޝާދެކެ ލޮތްބެއް ނުވޭ.. އަހަރެން ލޯބިވާ އެހެން ކުއްޖަކު ހުރޭ. ފަހަރެއްގަ އަހަރެންނަށް ފިރިއެއްގެ ހުރިހާ ވާޖިބެއް އަދާ ނުކުރެވިދާނެ.. ނެތިން ދޮގު ހަދާކަށް..  އަހަންނަށް ދުވަހަކުވެސް މާއިޝާދެކެ ލޯބި ނުވެވޭނެ.. އެކަމަކު އަހަރެން ބޭނުން މި މެރިއެޖް ވޯކްއައުޓް ކުރަން.. ދުވަސްކޮޅެއް ނަގާފާނެ އަހަންނަށް މާއިޝާ އެއްކޮށް އަންބެއްގެ ގޮތުގައި އެކްސެޕްޓް ކުރަން.. ” ކިޔާން މާއިޝާގެ މޫނަށް ބަލަން އިނދެ ބުނެލިއެވެ. މާއިޝާ ގަބޫލުނުކުރެވިފައި އިން އިރު ފެންކަޅިވިއެވެ. މަޑުމަޑުން ކިޔާންގެ އަތުގެތެރޭ އޮތް އޭނަގެ އަތް ދަމައިގަތެވެ. ހިތުގައި އެތައް ސުވާލެއް އުފެދުނެވެ. އެއީ ކާކު ހެއްޔެވެ؟ އެހެން މީހަކުދެކެ ލޯބިވާއިރު އޭނައާ ކައިވެނިކުރީ ކީއްކުރަން ހެއްޔެވެ؟ ” ދެން ކީއްކުރަން އަހަންނާ ކައިވެނި ކުރީ ؟ ” ކުރަން ބޭނުންވި ކިތަންމެ ސުވާލެއް ހުއްޓަސް އެ ވަގުތު ދުލާ ހަމައަށް އައީ އެ ސުވާލު އެކަންނެވެ. ކިޔާން މާއިޝާއަށް ބަލާލިއެވެ. އެ ސުވާލުގެ ޖަވާބު ކިޔާން ދޭނީ ކިހިނެއް ހެއްޔެވެ؟ މާޔާއަށް ދައްކަން ކުރި ކައިވެންނެއްހޭ ބުނަންވީ ހެއްޔެވެ؟ ނޫނެކެވެ. މާއިޝާއަށް އޭނަ ލޯބިވާ އަންހެންކުއްޖަކީ މާޔާކަން އެގޭކަން ކިޔާން ބޭނުމެއް ނޫނެވެ. އެކަމުގެ ސަބަބުން މާއިޝާއާ މާޔާއާ އޮތް ގުޅުން ހަލާކުވުމަކީވެސް އެކަށީގެންވާ ކަމެކެވެ. ” ނޭނގެ ” ކިޔާންގެ ކުރު ޖަވާބުން މާއިޝާ ކުއްލިއަކަށް ކޮޅަށް ތެދުވެލަމުން ގޮސް ކޮޓަރިއަށް ވަނެވެ. އެނދު މަތިން ބާލީހެއް ނަގައިގެން ގޮސް ސޯފާގައި އޮށޯވެލިއެވެ. ރޮވެން ފެށުމުން މާއިޝާ އަޑުބޭރުވެދާނެތީ އަނގަމަތީ އަތް އަޅާ ބާރުކޮށްލިއެވެ. ކިޔާން އިރުކޮޅަކުން ކޮޓަރިއަށް ވަން އިރު މާއިޝާ ސޯފާގައި އޮށޯވެގެން އޮތްތަން ފެނުމުން މާއިޝާއަށް ގޮވާލާފަ އެނދުގައި އޮންނާށޭ ބުނެލިއެވެ. އެކަމަކު މާއިޝާގެ ފަރާތުން އެއްވެސް އިޝާރާތެއްވެސް ނައުމުން ނިދީކަމަށް ހީކޮށް ގޮސް އެނދުގައި އިށީދެ އިނދެ މާއިޝާއަށް ބަލަން އިނީ ދަތްދޮޅީގައި އަތްއަޅުވާލަމުންނެވެ. އޭނައާ ހެދި މައުސޫމު ދެ އަންހެން ކުދިންގެ ހިތް ހަލާކުވީއެވެ. އެ ވެސް މާޔާއާ ހެދިއެވެ. އެކަމަކު އެހެނެކޭ ކިޔާފަ އޭނައަށް މާޔާ ލިބުނީކީވެސް ނޫނެވެ.

ހެނދުނުގެ ވަގުތެވެ. މާއިޝާ ހޭލެވުނީ ހެނދުނު ދިހައެއް ވެސް ޖެހިފަހުންނެވެ. ގައިމަތީގަ ބްލޭންކެޓް އެއް އަޅާފަ އޮތުމުން ހައިރާންވިއެވެ. އޭނަ ނިދިއިރަކު ބްލޭންކެޓް އެޅި ހަނދާނެއް ނުވެއެވެ. މި ވާނީ ކިޔާންގެ ކަމަކަށެވެ. މާއިޝާ އަތުން ބްލޭންކެޓްގެ ކޮޅުގައި ހިފާލަމުން ކުޑަކޮށް ބޯ އުފުލައި އެނދާ ދިމާލަށް ބަލައިލިއެވެ. ކިޔާން އެނދުގައި ނެތުމުން މާއިޝާ ތެދުވެ ގަޑިއާ ދިމާލަށް ބަލާލިއިރު ދިހައެއް ޖަހާ ބޮޑުވެފައި ހުރުމުން ދެލޯ ބޮޑުކޮށްލަމުން ގޮސް އަވަހަށް ފެންވަރާ ރީތިވެލިއެވެ. ތިރިއަށް ފޭބިއިރު ޒީނަތުއާ ނިޝާ ސޯފާގައި އިށީދެލައިގެން ތިއްބެވެ. މާއިޝާ ލަދުން ހުރެ މަޑުމަޑުން ގޮސް ކައިރިއަށް ހުއްޓިލުމުން ޒީނަތު ކުޑަކޮށް ހީލަމުން ސައިބޯން އުޅޭށޭ ބުނެލިއެވެ. މާއިޝާ އަދި ފަހުންނޭ ބުނެފަ ގޮނޑީގަ އިށީދެލިއެވެ. ” ރޭގަ ރަނގަޅަށް ނިދުނުތަ؟ ތަން ބަދަލުވުމުން ނިދުމުގަ އުދަގުލެއް ނުވޭ؟ ” ނިޝާ ހިތްހެޔޮކަމާއެކީ މާއިޝާއަށް ބަލާލަމުން ސުވާލުކޮށްލީ ހިނިތުންވެފައެވެ. މާއިޝާ ދެފަރާތަށް ބޯ ހޫރާލިއިރު ރޭގަ ހާދިސާ ހަނދާންވުމުން މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. ޒީނަތުއަށް އެކަން ފާހަގަވެގެން ކިޔާން އެއްޗެއް ބުނީހޭ އަހާލިއެވެ. މާއިޝާ ހައިރާންވެފައި ޒީނަތުއަށް ބަލާލިއެވެ. ހިނދުކޮޅަކަށް ކިޔާން ބުނި ވާހަކަ ބުނަން ހިތަށް އަރާފަވެސް ނޫނެކޭ ބުނެލީ ޝަކުވާ ކުރަން ބޭނުން ނުވާތީއެވެ.

ހަވީރު ވަގުތެވެ. މާޔާ ގޭގެ ބަގީޗާގަ ކޮފީއެއް ބޯން އިންއިރު މޫނުމަތީގައިވަނީ ހިތްދަތިމަކެވެ. މޫނު މަތި މިލާވެފައި ވީ އިރު މޯޅިވެފައި އިން މަލެކޭ އެއްފަދައެވެ. މަލީހާ ގަސްތަކަށް ފެން ދޭން ހުރެފަ މާއިޝާ މަތިން ހަނދާންވަނީއޭ ބުނެލަމުން މާއިޝާއަށް ގުޅާލާށޭ ބުނެލިއެވެ. މާޔާ ބޯ ޖަހާލަމުން ގުޅަން އުޅުނުތަނާ ދޮރުން ވަދެގެން އައި ކާރު ފެނުމުން ފޯނު ތިރިކޮށްލިއެވެ. މާއިޝާ ކާރުން ފައިބައިގެން އައިސް މަލީހާގެ ގައިގަ ބައްދާލިއިރު ހުރީ ފެންކަޅިވެފައެވެ. މަލީހާއަށް މާއިޝާގެ ފެންކަޅިވެފައި ހުރި ދެލޯ ފެނުމުން ކަމެއްވީހޭ ކިޔާފަ ސުވާލުކޮށްލީ ހާސްކަމާ އެކީއެވެ. މާއިޝާ ހީލަމުން މަންމަމަތިން މާ ބޮޑަށް ހަނދާންވީ އޭ ބުނެލިއެވެ. އޭރު މާޔާވެސް މާއިޝާއަށް ބަލާލަމުން މޫނު އަބުރާލި ވަގުތު ކާރުން ފޭބި ކިޔާން ފެނުމުން ބަލަހައްޓައިގެން ހުރެވުނެވެ. ކިޔާން އަވިއައިނު ނަގަމުން މަޔާއަށް އެ ތޫނު ދެލޮލުން ބަލައިލި ގޮތުން ހީބިހި ނަގައިގެން ދިޔައެވެ. މަލީހާ މާއިޝާގެ އަތުގައި ހިފައިގެން ހުރެ އެތެރެއަށް ވަން އިރު ކިޔާނަށް ގޮވާލާފަ އަންނާށޭ ބުނެލިއެވެ. ކިޔާން ބޯ ޖަހާލަމުން އެ ދެމީހުންގެ ފަހަތުން ދިޔައިރު މާޔާއާ އަގައިންވެސް ނުބުނެއެވެ. މާޔާ އިސްޖަހާލަމުން ޖޯޑު ހިފައިގެން ބަދިގެއަށް ދަނިކޮށް މަލީހާ ގޮވާލާފަ އެމީހުންނަށް ކޮފީ ހަދައިގެން ގެނެސްދޭށޭ ބުނެލިއެވެ.

މާޔާ ބަދިގޭގައި ކޮފީ ހަދަން ހުއްޓާ މާއިޝާ އައިސް ކައިރީގަ ހުއްޓިލިއެވެ. މާޔާ ހީލަމުން އެ ގޭގައި ހުރިހާ ކަމެއްވެސް ރަނގަޅުހޭ އަހާލިއެވެ. ” ދޮންތައަށް އެނގޭދޯ ކިޔާން ލޯބިވަނީ އެހެން މީހަކުދެކެ ކަން؟ ” މާއިޝާ ބަލަން ހުރެލާފައި ކޮށްލި ސުވާލުން މާޔާގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. ހައިރާންވެފައި މާއިޝާގެ މޫނަށް ބަލާލީ ދެލޯ ބޮޑުކޮށްލަމުންނެވެ. ” ކީކޭ ތި ބުނީ؟ ” މާޔާއަށް އެކަން އެގޭ އިރުވެސް އެ ސުވާލު ކުރީ މާއިޝާއަށް އެގެނީ ކިހާވަރަކަށްތޯ ބަލަން ވެގެނެވެ. އޭނަ ކިޔާ އެއްޗަކުން ފަހަރެއްގަ މާއިޝާއަށް ނޭގޭ އެއްޗެއް ވެސް އެގިދާނެއެވެ. ” ކިޔާން ބުނީ ކިޔާން އަހަރެންދެކެ ލޮތްބެއް ނުވެޔޭ.. އެހެން ކުއްޖަކު ދެކެއޭ ލޯބިވަނީ.. އަހަންނަކަށް ނޭގެ ކާކުކަމެއް.. އަހަރެން ހީކުރީ ދޮންތައަށް އެގޭނެ ކަމަށް.. އެހެންވެ މި އެހީ. ” މާއިޝާ އިސްޖަހާލަމުން ބުނެލި އިރު ފެންކަޅިވިއެވެ. މާޔާ ބޯ ހޫރާލަމުން ނޭގެއޭ ބުނެލީ މާއިޝާގެ ކޮނޑުގައި ހިފާލަމުންނެވެ. ” ދޮންތާ.. ކިޔާން އަހަރެން ދެކެ ލޮތްބެއް ނުވޭ… ” މާއިޝާ މާޔާގެ ގައިގަ ބައްދާލަމުން އެހެން ބުނެލީ ރޮމުންނެވެ. މާޔާ މާއިޝާގެ ބުރަކަށީގަ ފިރުމާލަމުން ހުރިހާ ކަމެއްވެސް ރަނގަޅުވާނެޔޭ ބުނެލިއެވެ. ކެތްތެރިވާން އެދުނެވެ. މާއިޝާ ދުރަށް ޖެހިލަމުން ކަރުނަތައް ފޮހެލިއެވެ. މާއިޝާ ހީލަމުން ނުކުމެގެން ދިޔުމުން މާޔާ ކަބަޑުމަތީ އަތުން ޖަހާލިއެވެ. އޭނައާ ހެދި އޭނަގެ ކޮއްކޮގެ ދިރިއުޅުންވެސް ހަލާކުވީއެވެ.

ހަފްތާއެއް ފަހެވެ. މާޔާ ރައްޓެއްސަކާ އެކީ ކޮފީއަކަށް ގޮސް އުޅެނިކޮށް ޝާނިމްއާ އަންހެން ކުއްޖަކު ދުރުގައި ހުރި މޭޒެއްގައި އިށީދެލައިގެން ތިބިތަން ފެނުމުން އެ އަންހެން ކުއްޖަކީ ކާކުތޯ ބަލާލާ ހިތްވިއެވެ. މާޔާގޮސް ޝާނިމްގެ ކުރިމައްޗަށް ހުއްޓިލަމުން ކައިރީގަ އިން އަންހެން ކުއްޖާގެ މޫނަށް ބަލާލި ވަގުތު ދެލޯ ބޮޑުވެގެން ދިޔައެވެ. ” ޝާޔަން! ” މާޔާ ހައިރާންވެފައި އެހެން ބުނެލި އިރު ޝާޔަންވެސް ތެދުވެ މާޔާއަށް ގޮވާލިއެވެ. ޝާނިމް ވާނުވާ ނޭގި އެ ދެމީހުންނަށް ބަލަން އިނެވެ. ” ޝާޔަން.. ޝާނިމްބެއާ އެއްކޮށް.. އޭމް އައި މިސިންގ ސަމްތިންގް؟ ” މާޔާ ޝާނިމްއަށް ބަލާލަމުން ސުވާލުކޮށްލީ ދިމާކުރާ ފާޑަށެވެ. ޝާނިމް މާޔާ ކައިރީ އިށީންނާށޭ ބުނަމުން ޝާޔަން އެއީ އޭނަގެ ވާން އުޅޭ އަންހެނުންނޭ ބުނެލިއެވެ. މާޔާ ހައިރާންވެފައި ޝާޔަންއަށް ބަލާލުމުން ޝާޔަން ބޯ ޖެހި ގޮތުން އުފާވެލާފައި ” އައި އެމް ސޯ ހެޕީ ފޯރ ޔޫ ” އޭ ބުނެލިއެވެ. ޝާޔަން އެ ދެމީހުން ދިމާވި ގޮތް ކިޔައިދިނެވެ. ޝާނިމް މަސައްކަތް ކުރަމުން ދިޔައީ ޝާޔަންވެސް މަސައްކަތް ކުރަމުން ދިޔަ އޮފީހުގައެވެ. އެހެން އުޅެނިކޮށް ޝާނިމްއަށް ޝާޔަންދެކެ ލޯބިވެގެން އެހުމުން ޝާޔަން ވެސް އެހެން މީހަކަށް އެ ހިތުން ޖާގައެއް ދޭން ނިންމައިގެން ވާހަކަދައްކަން ފެށިއެވެ. މިހާރު އެ ދެމީހުން އުޅެނީ ރައްޓެހިވެގެންނެވެ. ވަރަށް އަވަހަށް ކައިވެނި ކުރަން އުޅޭ ކަމަށް ވެސް ބުނެލިއެވެ. ” އެކަމަކު ތި ދެމީހުން ކިހިނެއް ދަންނަނީ؟ ” ޝާނިމް އެންމެ ފަހުން ސުވާލުކޮށްލިއެވެ. ” އަހަރެން ބުނީމެއްނު.. އަހަރެން ކައިވެނި ކުރަން އުޅުނު ކުއްޖާ އެހެން ކުއްޖަކު ދެކެ ލޯބިވާތީ ދުރުވީއޭ.. މާޔާއަކީ އެ ކުއްޖަކީ.. ” ޝާޔަން ކުޑަކޮށް ހިނިތުންވެލާފައި ކިޔައިދިނުމުން ޝާނިމް ހައިރާންވެފައި ކިޔާންހޭ އަހާލުމުން ޝާޔަން ބޯ ޖެހުމުން ލޯ ބޮޑުކޮށްލެވުނެވެ. އެހެންވީމަ ކިޔާންވެސް ލޯބިވަނީ ހަމަ މާޔާދެކެ ތާއެވެ. ޝާނިމް ފާޑަކަށް މާޔާއަށް ބަލަން ފެށުމުން މާޔާ އިސްޖަހާލިއެވެ.

” ބައި ދި ވޭ.. އައި އެމް ރިއަލީ ސޮރީ އިނގޭ ޕާރޓީއަށް ނުދެވުނީމަ.. ކަރީމްބެ ގުޅާފަ ބުނި ކިޔާންގެ ކައިވެނީގެ ވާހަކަ.. އަހަރެން ހުރީ ދާން. އެކަމަކު ކުއްލިއަކަށް ބޭރަށް ދާން ޖެހިގެން ނުދެވުނީ.. އަހަރެން މި ހުރީވެސް ފަހުން ދާން ކަމަށް މަރުހަބާ ކިޔަން.. އެނީވޭ ކޮންގުރަޓުލޭޝަންސް… އައި އެމް ރިއަލީ ހެޕީ ފޯރ ޔޫ ގައިސް. ” ޝާޔަން މާޔާގެ އަތުގަ ހިފާލަމުން ބުނެލީ ހިނިތުންވެފައެވެ. މާޔާ ކިޔާނެ އެއްޗެއް ނޭގިގެން ޝާނިމްއަށް ބަލާލިއެވެ. ޝާނިމްވެސް ފާޑަކަށް މާޔާއަށް ބަލާލަމުން ޝާޔަންއަށް ނަޒަރެއް ދިނެވެ. ޝާޔަން އެ ދެމީހުންގެ މޫނަށް ބަލަން ހުރެލާފައި ކިހިނެއްވީހޭ އަހާލިއެވެ. ” އެކްޓުއަލީ….. ” ” ކިޔާން ކައިވެނި ކުރީ އަހަންނާ ނޫން.. އަހަރެންގެ ކޮއްކޮއާ.” ޝާނިމް ބުނަން އުޅުނު ޖުމުލަ މެދުކަނޑާލަމުން މާޔާ ހަމަޖެހިލާފައި ބުނެލި ޖުމުލައިން ޝާޔަން ދެލޯ ބޮޑުކޮށްލިއެވެ. ޝާޔަން ސުވާލުއުފެދިފައި ސުވާލުކުރަން އުޅުނުތަނާ ޝާނިމް އިޝާރާތުން ނޫނެކޭ ބުނެލިއެވެ. މާޔާ ދާން ވެއްޖެއޭ ކިޔާފަ އަވަހަށް އެތަނުން ނުކުމެގެން ދިޔައެވެ. މާޔާ ދިއުމުން ޝާނިމް ޝާޔަން ގޮވައިގެން ގެއަށް ލާފަ ހުރިހާ އެއްޗެއްވެސް ފަހުން ކިޔައިދޭނަމޭ ބުނެފަ ދިޔައެވެ.

މާޔާ ކޮޓަރީގަ އުޅެނިކޮށް ޝާނިމް އައިސް ވަނުމުން ހާސްވިއެވެ. ޝާނިމް ފޮނުވާލަން ވެގެން ބަހަނާ ދައްކަން ފެއްޓުމުންވެސް ޝާނިމް ނުދިޔައެވެ. އެހެންކަމުން މާޔާ ފުންނޭވައެއް ދޫކޮށްލަމުން ކިޔަން ބޭނުންވާ އެއްޗެއް ކިޔާށޭ ބުނެލިއެވެ. ” އަހަންނަށް ވެގެން އުޅޭ ގޮތް ކިޔައިދޭނީތަ؟ ނޫނީ އަހަރެން މާއިޝާއަށް ހަގީގަތް ކިޔައިދޭންވީތަ؟ ” ޝާނިމް ސީރިއަސްވެލާފައި ސުވާލުކޮށްލިއެވެ. މާޔާ ލޯ ބޮޑުކޮށްލަމުން ނޫނެކޭ ބުނެލީ ހާސްކަމާއެކީއެވެ. ސޯފާގައި އިސްޖަހައިގެން އިށީދެ އިނދެ ވެގެން އުޅޭ ގޮތް ކިޔައިދިނެވެ. ނިހާން އޭނަ ކިޔާނާ ދުރުކުރަން އިންޒާރުދިން ވާހަކަޔާ އޭނަ އެކަމަށް ގަބޫލުނުވުމުން ކިޔާންގެ ބޯ ފެޅި ވާހަކައާ ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ޝާނިމް ހައިރާންވެފައި އަޑުއަހަން އިންއިރު މާޔާމެދު ހަމްދަރުދީ ވިއެވެ. މާޔާ ހުރިހާ ވާހަކައެއް ކިޔައިދީފަ އެއްވެސް އެހެން މީހަކު ކައިރީ ނުކިޔުމަށް އެދުނެވެ. ހަގީގަތް އެނގިގެން މާއިޝާގެ ދިރިއުޅުން ހަލާކުވެދާނެ ކަމުގައި ބުނުމުން ޝާނިމް އެ ވާހަކަ ސިއްރުކުރާނެ ކަމަށް ބުނެލިއެވެ.

” މާޔާ.. އެއްވެސް މީހަކަށް ނޭގޭ ވާހަކައެއް ބުނަންތަ؟.. އަހަރެން ނިހާން ވަރަށް ކުރިންވެސް ދަންނަން.. ނިހާން ކިޔެވި އިރު އަހަރެން އުޅުނީ ނިހާން އުޅުނު ސުކޫލުގަ.. ނިހާން އެއީ ވަރަށް މޮޅު ކުއްޖެއް.. އަބަދުވެސް އެއްވަނަ ނަގަމުން އައީ. އެހެން އުޅެނިކޮށް ކުއްލިއަކަށް ވީ ނުވީއެއް ނޭނގި ނިހާން ގެއްލުނީ.. ދެން އަޑުއިވުނީ ނިހާން ޑްރަގްސް ބޭނުންކުރާތީ ސުކޫލުން ކަނޑާލީ.. އެފަހުން އަހަންނާ ނިހާން ދިމާވީ އެ ދުވަހު މާޔާއާ އެއްކޮށް ގެއަށް އައި ދުވަހު.. ” ޝާނިމް ދެއްކި ވާހަކައިން މާޔާ އަޖައިބުވެފަ ބަލަން އިނެވެ. ” އަހަރެން ނުބުނާނަން ނިހާން އެ ކުރިކަމަކީ އެއީ ރަނގަޅު ކަމެކޭ.. އެކަމަކު ނިހާން ހަގީގަތުގައިވެސް މާޔާދެކެ ވަރަށް ލޯބިވޭ.. އެކަން އަހަންނަށް ޔަގީންވީ މީގެ ހަތް އަހަރުކުރިން..” ޝާނިމް މާޔާގެ އަތުގަ ހިފާލަމުން ބުނެލިއެވެ. މާޔާ ހައިރާންވެފައި ހަތް އަހަރު ކުރިން ކިހިނެއްވީހޭ އަހާލިއެވެ. ” މާޔާ އެންމެ ފަހަރަކުވެސް ވިސްނާލިންތަ އެދުވަހު އެހާ ބޮޑު މާރާމާރީއެއް ހިނގައިގެން ބައްޕަ ކޯމާއަކަށް ދިޔައިރުވެސް ޕޮލިހުން މާޔާއާ ސުވާލުކުރަން ނައީ ކީއްވެ ކަމެއް؟ ” މާޔާ ދެލޯބޮޑުކޮށްލަމުން ޝާނިމްއަށް ބަލާލިއިރު ޝާނިމް ބުނަން އެ އުޅޭ އެއްޗެއް އެނގުނު ފަދައެވެ. ” އާނ. މާޔާއަށް ތިހީވީ ރަނގަޅަށް.. އެދުވަހު ނިހާން ހުރިހާ ކަމެއް އަމިއްލަ ބޮލުގަ އަޅުވައިގެން މާޔާއަށް ލިބޭނެ އަދަބަކުން މާޔާ ސަލާމަތްކޮށްދިނީ.. އަހަރެން ނިހާން ހުއްޓުވަން އުޅުމުންވެސް ބުނީ އެއްވެސް މީހަކު ކައިރީ މި ވާހަކަ ނުބުނަން.. ފަހުން އަހަރެން ނިހާން ޖަލުން ބޭރު ކުރީ.. އޭރު މާޔާ ބޭރަށް ގޮއްސި ކިޔަވަން..” މާޔާ ފެންކަޅިވެފައި ހުރެ ގޮނޑިން ތެދުވެގެން ކޮޓަރީގެ ދެކޮޅަށް ހިނގަން ފެށިއިރު ނޫނެކޭ ބުނެލިއެވެ. ” މާޔާ.. ނިހާން އުޅުނު މި ކައިވެނި ހުއްޓުވަން ވެސް. އެރޭ އަހަރެން އެތާ ހުއްޓާ ނުވެސް ދަންނަ ނަންބަރަކުން އަހަންނަށް ގުޅީ. އަހަރެން ފޯނު ނެގުމުން އެގުނީ އެއީ ނިހާންކަން. ނިހާން އެދުނީ އަހަރެން ކައިރީ އެ ކައިވެނ ހުއްޓުވަން. އެކަމަކު އޭރު އަހަންނަށް ވާނުވާ ނޭގޭތީ އަޅާނުލީ.. ” ޝާނިމް އިސްޖަހާލަމުން ބުނެލިއެވެ. މާޔާ ވިސްނާލިއެވެ. އެރޭ ނިހާން އައެވެ. ފުރަތަމަވެސް އެހީ ކައިވެނި ކުރެވުނުތޯއެވެ. އެހެން އެއްވެސް އެއްޗެއް ނިހާން ނުބުނެއެވެ. ނިހާން އެރޭ އެހެންވީމަ އައީ ކައިވެނި ހުއްޓުވަންތާއެވެ. އެކަމަކު ލަސްވީއެވެ. މާޔާ އެނދުމަތީ އޮތް ކާރުގެ ތަޅުދަނޑި ނަގަމުން ހަލުވިފިޔަވަޅުތަކެއްގައި ނުކުމެގެން ދިޔައެވެ.

ނިހާންމެންގޭ ދޮރުގައި ހުއްޓާނުލާ ބެލްޖަހަމުން ދަނިކޮށް ނިހާން އާފުރެމުން އައިސް ދޮރު ހުޅުވާލީ ލޯ ހަނިކޮށްލަމުންނެވެ. ބަލާ ބެލުމަށް އެއައީ ނިދަން އޮވެފައިކަން އެނގެއެވެ. މާޔާ ފެނުނު އިރަށް އަތުގައި އޮތް ޓީޝާޓް ބޮލުން މަހާލިއެވެ. މާޔާ އެތެރެއަށް ދެމިގަތެވެ. ނިހާން އާފުރެމުން ގޮސް މޭޒުމަތީ ހުރި ފެންފުޅިން ފެންބޮމުން ކިހިނެއްވީހޭ  އަހާލިއެވެ. ” ވަޓް އާރ ޔޫ؟ އެއްފަހަރު ތިމާއަށް ވުރެ ނުބައި މީހެއް ނެތް ކަން ސާބިތުކޮށްފައި އަނެއް ފަހަރު ތިމާއަށް ވުރެ ރަނގަޅު މީހެއް ނެތް ކަމަށް ތި ސާބިތުކުރަނީ ކީއްވެތަ؟ ހަތް އަހަރު ކުރިން އަހަރެން ކުރި ކަމެއްގެ އަދަބު ނިހާން ލިބިގަތީ ކީއްވެ؟ ކާކަށް ކޯއްޗެއް ދައްކަން؟ ” މާޔާ ފެންކަޅިވެފައި ހުރެ ނިހާނާ ވާހަކަދައްކަމުން ދިޔައިރު ނިހާން ވާނުވާގައި ހުރިއިރު މާޔާގެ ފަހު ޖުމުލަ އިވުމުން މަޑުމަޑުން ” އިޑިއެޓް ” އޭ ބުނެލިއެވެ. އެވަރަށް ޝާނިމް ކައިރީ ނުބުނާށޭ ބުނީމަވެސް ބުނީއެވެ. ” މީހަކަށް ދައްކަން ނޫން އެހެން ހެދީ.. އެދުވަސްކޮޅު މާ ވައިކޮށް ދާތީ ހިތަށް އެރީ ޖަލުގަ އޮވެގެން މަޖާކޮށްލާނީއޭ ދުވަސްކޮޅަކަށް.. ” ނިހާން ހަމަޖެހިލާފައި އެހެން ބުނެލީ ކުޑަ ހިނިތުންވުމަކާއެކީއެވެ. މާޔާ ފާޑަކަށް ނިހާނަށް ބަލާލިއެވެ. ” އަހަރެންދެކެ ތިހާ ވެސް ލޯބިނުވޭ އަހަންނަށް ފަހުންގޮސް ނިހާންދެކެ ލޯބިވާން މަޖުބޫރުވާހާ.. އަހަރެން އެ ގޮތެއް ބޭނުމެއް ނޫން.. ޕްލީސް އަހަރެންދެކެ ތިހާ ލޯބި ނުވޭ.. ނިހާން އެހެން މީހަކު ހޯދައިގެން އުފާވެރި ދިރިއުޅުމެއް އުޅެވޭތޯ މަސައްކަތްކުރޭ.. އަހަންނަށް ވުރެ މާ ރަނގަޅު މީހަކު ނިހާނަށް ލިބިދާނެ.. ނިހާންދެކެ ލޯބިވާ ރަނގަޅު އަންހެން ކުއްޖަކު ނިހާނަށް އިރާދަކުރެއްވިއްޔާ ލިބޭނެ.. ޕްލީސް.. އަހަރެން މަތިން ހަނދާން ނައްތާލާ.. ” މާޔާ ނިހާންގެ ކުރިމަތީ ހުރެ އާދޭސް ކުރާ ފަދައިން ވާހަކަ ދެއްކިއެވެ. ދެން ނިހާންގެ މޫނަށް މާޔާ ބަލަން ހުރީ ޖަވާބަކަށް އެދޭ ފަދައިންނެވެ. އެހެންނަމަވެސް ނިހާން އެއްވެސް އެއްޗެކޭ ނުބުނެ ބަލަން ހުންނަން ފެށުމުން މާޔާ ދާން އެބުރިފައިވެސް އަނެއްކާ ހުއްޓިލިއެވެ. ” ކިޔާން އެހެން މީހަކާ ކައިވެނި ކުރަން ބޭނުންނުވަންނާ ކީއްކުރަން ކޮންމެހެން ކިޔާނާ އަހަރެން ދުރުކުރަން މަޖުބޫރު ކުރީވެސް.. ކޮންމެ ގޮތެއް ވިޔަސް އަހަރެން ދުވަހަކުވެސް ނިހާނަށް އެކަމަށް މާފެއް ނުކުރާނަން.. ނެވަރ ”  މާޔާގެ ޖުމުލައިން ނިހާން ބުމަ އަރުވާލަމުން މަޑުމަޑުން ” އައި ޑިޒާވް ދެޓް ” އޭ ބުނެލިއެވެ. މާޔާ ” ގުޑް ” އޭ ބުނެލަމުން ދާން ނުކުތެވެ. މާޔާ ދިޔަ ދިމާލަށް ބަލަން ހުރެ ނިހާން ގޮނޑިއަށް ވެއްޓިގަތެވެ.

ދުވަސްތައް ހަލުވިކަމާއެކު ފާއިތުވަމުން ގޮސް ކިޔާންމެންގެ ކައިވެންޏަށް އެއް މަސް ވެއްޖެއެވެ. ދެ މީހުން ބޭރުތެރޭގައި މީހުންގެ ކުރިމަތީ ދެމަފިރިން ހެން އުޅުނަސް ކޮޓަރިއަށް ވަދެވުމާއެކު ހެން ދެ ބީރައްޓެހިން އުޅެމުން ދިޔައެވެ. ކިޔާން މާއިޝާއާ ވާހަކަ ދައްކަން އުޅުނަސް މާއިޝާ އަޅާނުލާ އުޅޭ ގޮތުން ކިޔާންވެސް އެހާ ވަރަކުން ނޫޅެއެވެ. މާޔާއާ ކިޔާނާ ދެމީހުން އެއްވެސް ގޮތަކަށް ވާހަކަ ނުދައްކާ އިރު މާއިޝާއަށް އެކަން ފާހަގަ ވެގެން މާޔާއާ ސުވާލު ކުރުމުން ތީ ކުއްހީއެކޭ ބުނެލިއެވެ. އެދުވަހަށް ފަހު ނިހާންގެ އެއްވެސް ހަބަރެއް މާޔާއަކަށް ނުވެއެވެ. މާޔާ އެކަމާ އުފާކުރިއެވެ. ކިޔާން މާއިޝާ ސޯފާގައި ނިދާތީ އެކަމާ އުދަގޫވެގެން އެހެން ގޮތެއް ހޯދަން ނިންމިއެވެ. އޭނަ ބުންނަސް މާއިޝާ އޮންނަނީ ހަމަ ސޯފާގައެވެ. އެ ގޭގައި ކިޔާން އެހެން ކޮޓަރިއެއްގަ ނިދަން ފަށައިފިއްޔާ މަންމަމެން ބޭކާރު ސުވާލުކުރާނެތީ އެ ހިޔާލުވެސް ދޫކޮށްލީއެވެ. ދެ ކޮޓަރީގެ އެޕާޓްމެންޓެއް ހިފައިގެން ދިޔަޔަސް މަންމަ މެން ދެރަވެދާނެތީ އެ ހިޔާލުވެސް ދޫކޮށްލިއެވެ. އެހެން އުޅެނިކޮށް ކިޔާން ހުޅުމާލެ ހޮސްޕިޓަލަށް މަސައްކަތް ކުރަން ދާން ޖެހުނެވެ. އެކޮޅުގައި ޖެނެރަލް ކޮންސަލްޓެންޓް އެއް ނެތުމުން ހަމަސްދުވަސް ވަންދެން ކިޔާނަށް އެކޮޅަށް މަސައްކަތް ކުރަން ދާން ޖެހުނީއެވެ. ކިޔާނަށް އެއީ ލިބުނު ރަނުގެ ފުރުސަތަކަށް ވިއެވެ. އަބަދު ދަތުރުކުރުމަށް ވުރެ ހަމަސް ވަންދެން އެ ކޮޅަށް ބަދަލުވިޔަސް މާ ރަނގަޅުވާނެކަމަށް އެންމެން ވެސް ގަބޫލުކުރާނެއެވެ. ކިޔާން އެ ވާހަކަ އާއިލާއަށް އެންގުމުން އެންމެނަށްވެސް ކަމުދިޔައީ ކިޔާން ހަމަސް ވަންދެން އެ ކޮޅަށް ބަދަލުވުމަށެވެ. ދެ ހަފްތާ ފަހުން ކިޔާން ހުޅުމާލެ ހޮސްޕިޓަލްގައި މަސައްކަތް ކުރަން ފަށަން ޖެހެއެވެ. މާއިޝާއާ ދެމީހުން ވާހަކަ ދައްކައިގެން އުޅެން ނިންމީ ދެކޮޓަރީގެ އެޕާރޓްމެންޓެއްގައެވެ.

އާދައިގެ މަތިން ދުވަހެކެވެ. ރޭގަނޑު ވަގުތެވެ. މާޔާ ސަމީރާމެންގެއަށް ދިޔައީ ޝާނިމް އާ ޝާޔަން ކައިވެނިކުރަން އުޅޭތީ ޝާޔަން އޭނަ ކައިރީ އަންނާށޭ ބުނެގެންނެވެ. ހަމައެކަނި އާއިލާ މީހުންނަށް ސައިދޭގޮތަށް ދެމީހުން ކައިވެނިކުރަން ހަމަޖެއްސިއިރު ޝާޔަން އުޅުނީ ހެދުމެއްވެސް ނުފަހާށެވެ. އެކަމަކު ޝާނިމްގެ އެދުމުގެ މަތިން ޝާޔަން އެހާ ބޮޑުނޫން ރީތި ހެދުމެއް ފަހަން ނިންމިއެވެ. މާޔާ ދިޔައީ ޝާޔަން އެހީއަކަށް ބޭނުންވުމުންނެވެ. ހުރިހާ ކަމެއް ނިންމާލާފަ ގެއަށް ދާން ނުކުތް އިރު އެގާރަގަޑި ބައިވެ ބޮޑުވެއްޖެއެވެ. ޝާނިމް މާޔާ ގެއަށް ލާން ދާން އުޅުމުން މާޔާ އެކަން ހުއްޓުވީ ކާރުގަ އައުމުންނެވެ. ގެއަށް ދިއުމުގެ ކުރިން މާޔާ ސުނާމީ ބިނާ ސަރަހައްދަށް ދިޔައީ ފިނިވައި ހޯދައި އިރުކޮޅަކަށް އެކަނިވެލަންވެގަނެވެ. ކާރު އެއްކައިރިއެއްގައި ޕާރްކް ކޮށްލަމުން ގޮސް ސުނާމީ ބިނާގެ ވައަތް ފަރާތުގެ އޮންނަ ދޮން ވެލިގަނޑު މަތީ އިށީދެލިއެވެ. ފިނި ވައިރޯޅިތައް އައިސް މޫނުގައި ބީހެން ފެށުމުން މާޔާ ހީކަރުވައިގަންނަ ގޮތްވިއެވެ. ލައިގެން ހުރީވެސް އަތް ކުރު ހެދުމެއް ކަމުން މާ ބޮޑަށް ވެސް ފިނިވާން ފެށިއެވެ. އެހެންކަމުން މާޔާ ދާން ނިންމިއެވެ. ބާރާ ޖަހާ ބޮޑުވެފައި ހުރުމުން އޭރު އެ މަގުން ދުއްވާ އެއްޗެއް ދަނީ ހާލުން ފަހަރަކުއެވެ.

ކާރާ ދިމާލަށް މާޔާ ދަނިކޮށް ކުއްލިއަކަށް ޕާރޓޭ ވައްތަރު ޖަހާ ދެމީހަކު އައިސް މާޔާއާ ބެހެން ފެށިއެވެ. މާޔާ ހިނގަމުން ދިޔަ ބާރުމިން އިތުރުކޮށްލަމުން ކާރާ ދިމާލަށް ހިނގައިގަތް އިރު ހިތް ތެޅެން ފެށިއެވެ. އެކަމަކު އެވަރުންވެސް އެދެމީހުން އައިސް މާޔާ އެއްހަމައަކަށް އަރަމުން އެކި އެއްޗެހި ކިޔަމުން ދިޔައެވެ. މާޔާ ހުއްޓިލަމުން އަތް އުފުލާ އޭގައިން އެކަކުގެ މޫނުގެ މަތީގައި ޖެހީ އެމީހަކު އޭނަގެ އަތުގައި ހިފުމުންނެވެ. މާޔާގެ އެ ހަރަކާތުން އެ މީހާގެ ރުޅިވެރިކަން އިންތިހާއަށް ދިޔައެވެ. މާޔާގެ ކޮނޑުގައި ދެއަތުން ހިފާލަމުން ގޮސް ކާރުގައި ތަތްކޮށްލިއެވެ. މާޔާ ބިރުންގޮސް ރޫރޫ އަޅައިގެން ދިޔައިރު ކުޑަކޮށް ހަޅޭލައްވައިގަނެވުނެވެ. ލޯ މަރާލަމުން ސަލާމަތަށް އެދި ހެއްދެވި ފަރާތަށް ދުއާ ކޮށްލެވުނެވެ. ދެވަނަ ސުކުންތުގައި މާޔާ މަޑުމަޑުން ލޯ ހުޅުވާލީ އެ މީހާ މާޔާގެ ގައިން ދޫކޮށްލުމުންނެވެ. ކުރިމަތީގައި ދެންމެ އޭނައާ ބެހުނު މީހާގެ ގަމީހުގެ ގިރުވާނުގައި ހިފަހައްޓައިގެން ހުރި މީހާ ފެނުމުން މާޔާ ހިތްހަމަޖެހުމުގެ ނޭވައެއް ދޫ ކޮށްލިއިރު ހިނިތުންވެލެވުނެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

saarah

Level 210 Stories100 Comments

Other Articles

Previous

ހިތުގަ މިވާ ސޫރަތެދޭ!!! 7

Next

ކަނޑުފެން (ހަވަނަ ބައި) KanduFen (P-6)

Next
October 29, 2015

ކަނޑުފެން (ހަވަނަ ބައި) KanduFen (P-6)

Previews
October 28, 2015

ހިތުގަ މިވާ ސޫރަތެދޭ!!! 7

50 Comments!

  1. Rish says:
    October 28, 2015 at 11:07 pm

    V v rythi

  2. nishy says:
    October 28, 2015 at 11:24 pm

    Salhi

  3. Crazi says:
    October 28, 2015 at 11:25 pm

    Wow me 1 st..dhen hama merry kureetha dhen konmeh dhuvahaku genes dhee..story shalhi…

  4. lily says:
    October 28, 2015 at 11:28 pm

    v reethi. avahah next part up kohdhehche.

  5. aal says:
    October 28, 2015 at 11:33 pm

    V v v v v v v foohi mihaaru mi vaahaka

    1. Kiyuntherieh says:
      October 29, 2015 at 12:01 am

      Dhn thihaa foohi viyya nukiyabala. Kaakutha buny kiyaashey ??

  6. SAMA says:
    October 28, 2015 at 11:43 pm

    Mi part varah salhi… next part avahah up kohdhehchey…

  7. Faryluvs says:
    October 28, 2015 at 11:58 pm

    Wow… I love this story..

  8. Shàhàà says:
    October 28, 2015 at 11:58 pm

    Varah varah reethi… 🙂 avaha nxt part up kohdheche 😉

  9. shaz says:
    October 29, 2015 at 1:08 am

    v reethi mi part vx..
    kihineh tha vaan miulheny…
    waiting for the next part….

  10. Hasy says:
    October 29, 2015 at 2:40 am

    V reethi mi part

  11. luvna says:
    October 29, 2015 at 3:14 am

    Nice..
    I think its nihaan….
    Waiting for the next part……

  12. Crazi says:
    October 29, 2015 at 7:14 am

    Nihaan noon myhe naan naane dho..hama shanim ves noony kiyan ves aes dhaane mihar mi vahaka daa gothun..,,kon irakun vahaka update kohlaanee

  13. Yushiii says:
    October 29, 2015 at 8:37 am

    Alhe nihaan aa maya nugulhyvahchety. I mean she sacrificed her love n stull nihaan libihjehyaa varah hadi vaane. N after all those dramas please i just hope vaahaka nimey iru maya ge lov maya ah libeyne kamah. Saaarah do think abt thix ingeyy ??

    1. shau says:
      October 29, 2015 at 2:41 pm

      dhn hurihaa readers ves gabool kuran jeheyne vaahakaige hero nd heroine abadhu gulheykah nujeheyne kan. i mean isn’t that concept too old now? real life ga ves rhima beynun va meeha nulibi dhey dhw v gina faharu. understand nd accept what the author is writing

  14. shifa~ says:
    October 29, 2015 at 9:56 am

    Naaaaaaice????

  15. abhy says:
    October 29, 2015 at 10:23 am

    Wow. Beautiful love story eh…

  16. Aishaa says:
    October 29, 2015 at 10:24 am

    varah reethi mi bai vs….v v kiyaahithun huhtaa enimuny mi bai….waiting 4 the nxt prt….kon irakun nxt prt genesdhey nee??

  17. Anonymous says:
    October 29, 2015 at 10:28 am

    good�?�?

  18. FATHU says:
    October 29, 2015 at 10:49 am

    WAAAUWW! <3 <3 VARAH REETHI MIBAI VES! ANEH BAI AWAHAH UP KOH DHECHEYH! :* :*

  19. butterlly says:
    October 29, 2015 at 10:50 am

    Waa waaa waaa kiyaa baathhey❤??????????????❤?????????????????

  20. FARU says:
    October 29, 2015 at 10:52 am

    saarah pls thankolheh avaha kiyaan aa maaya gulheyne gotheh hadhaabr! mihaaru v foohi mi vaahaaka kiyan ves.. aneh bai kon irakun baa?

    1. hanu says:
      October 29, 2015 at 2:38 pm

      kiyan foohi. ekam eba kiya. aneh bai ves

  21. shahu says:
    October 29, 2015 at 11:02 am

    Nice…

  22. 4f!4h says:
    October 29, 2015 at 11:49 am

    Saarah ge visnumuga othy Nihaan and Maayaa gulhuvun hen heevany. Saarah kurin ves plan koffa oih gothah liyanyaa eyakah badhaleh nuvaane dho komme meehaku komme eccheh kiyas. Maayaa and Kiyaan. PLeeeeez. Ekam mifaharu hama heevany kiyaan hen ethanah dhaany. kiyaan ves fini kuran dhany ethanah viyya. Nihaan dhuru vaany dhen Maayaa aa. Waiting for nxt Part! ^_-

  23. Aal~ says:
    October 29, 2015 at 12:34 pm

    maayaa n nihaan….maaisha n kiyaan gulhuvaa eyrun dhn reethi vaane

  24. me says:
    October 29, 2015 at 1:10 pm

    “naadhiyaa” vaahaka kommeves liyun theriaku esfiyaiga genesshybala

  25. naadhiyaaa says:
    October 29, 2015 at 2:08 pm

    Naadhiyaa vaahaka eiy kiyaavaru ge vaahaka eh noon.. v v v hadi..

  26. nawhoo says:
    October 29, 2015 at 2:08 pm

    Wahhhhh nihaaann dhwww… nihaan vxxx dhwww beychaaraa .. waitngg waitnngggg.. kiaaaànnn ndd maaayaaaa owww dhen nihaann kihineh baaa vaanyy.. luv this stryyyyy ummmwhah

  27. me says:
    October 29, 2015 at 2:35 pm

    mi vaahaka thakuge abadhu vaa ehcheh bunantha? marrt kurumuge kurin huriha romance akaa hurihaa kameh kuraane. ekam marry kureema evee beerettehinnah. nidhanee ves dhethanuga. seriously? mee konkahala msg eh mi dhevenee?

    1. hanu says:
      October 29, 2015 at 2:37 pm

      ya. nd marry koffa eaa viddhain divorce. kulhey kulhivareh dho marriage akee. mi kahala msg vaahaka thakuga hunnaathee meehunnah wrong ideas e dhevenee

    2. someone says:
      October 30, 2015 at 8:23 pm

      Myhun wrong meaning nagaifiyya ey emyhehge problem ennu. Vaahaka reethi vaany gina twist hurt varakun ney. Dhen ekan gaboolu nukuraa myhun nukiyaany. And real life ga ves divorce nukuraanamathaa !!!!!……

  28. rim says:
    October 29, 2015 at 2:44 pm

    so then kiyaan nd maaya gulhijjeyyaa nihaan nd maisha baakee. kommehen nujehey nihaan maisha aa gulhuvan. eyrun vaanee koachakah. nihaan ge hurihaa sacrifice eh wasted. maisha ge hurihaa huvafenthah ves vissi vihaali. ekam maaya nd kiyaan ufaluga. mee hama ekkala old concept dhw hanu

  29. Zee says:
    October 29, 2015 at 2:51 pm

    wow.. varah salhi vaahaka..

  30. @isha says:
    October 29, 2015 at 3:30 pm

    @ishoo beynun vany nihaan aa maayaa aa gulhuvan… atleast nihaan deserved that much….. @ishoo jus loved nihaan’s character nd story too…

  31. ninni says:
    October 29, 2015 at 3:34 pm

    wow kiyaan aee dho

  32. cher says:
    October 29, 2015 at 4:13 pm

    varah hadi

  33. Shif says:
    October 29, 2015 at 6:17 pm

    Vara salhi……when next part

  34. angle... says:
    October 29, 2015 at 8:14 pm

    think kiyaan came back….dhw????

  35. thahoo says:
    October 30, 2015 at 9:10 am

    Vaahaka v v reethi… 1 dhuvahu therein hurihaa part eh kiyaa ninmaaly.. assu bunaanama nihaan maaya dheke loabi vey… so nihaan deserves that.. maisha kiaan dheke loabivey.. dhen ekam thahoo beynun vany kiaan aa mayaa 2 meehun gulhen.. atleast kiyan ah maya kiyaan dheke loabivaa kamaa kiyaan dhookohfa dhiya reason egenvaane… maya aa nihan gulhunas.. bt kiyaan n maya gulhey goiy hadhaaba.. nihan maaya dheke loabi viyas maya loabi vany kiyaan dheke.. n nihaan maya aa kiyaan dhuru kuruvy iruves maya loabi vany kiyaan dheke.. maaisha kiyan dheke loabi viyas kiyaan eh maaisha dheke loibeh nuvey.. so ekaku anekeh dheke loabiva dhe meehun gulhuvan rangalhy.. thats my idea.. Hihihi.. anyways.. shaarah beynun gotheh.. v molhu ingey shaarah vaahaka liyan. Maasha allah

  36. nukko says:
    October 30, 2015 at 1:56 pm

    Kbaa aneh baiii.. kiyaa hithun hurevenykyy noonnnnnn… plxxx up it sooooon

  37. Crazi says:
    October 30, 2015 at 3:38 pm

    Vahakaa ge aneh baa koba

  38. saarah says:
    October 30, 2015 at 5:06 pm

    Hey guys. Thank you so much everyone for your support. Really appreciate all your comments. ❤️
    Next part on tumrw. Insha allah 🙂

  39. saarah says:
    October 30, 2015 at 5:07 pm

    Hey guys. Thank you so much everyone for your support. Really appreciate all your comments. ❤️
    Next par. Insha allah 🙂

  40. nazi says:
    October 30, 2015 at 11:55 pm

    saarah kobaa vaahaka kiyaahithun plz avaha up kolla dheebala

  41. koky says:
    October 31, 2015 at 12:19 pm

    Kobaa thr vaahaka up nukurany thr plx up kodhy bala mihaaru kehmadhu vehje. Inthixaarukuramey vaahaka ah hunnamey mithaagaa vahaka up vey tho plx plx

  42. koky says:
    October 31, 2015 at 12:20 pm

    Kobaa thr vaahaka up nukurany thr plx up kodhy bala mihaaru kehmadhu vehje. Inthixaarukuramey aahaka ah hunnamey mithaagaa vahaka up vey tho plx plx

  43. Sanu says:
    October 31, 2015 at 4:55 pm

    Mirey dho up kuraanee….,,, mivaahaka reethikamun kiyaalaa hithun varah gina faharu check kurevijje…

  44. izzi says:
    November 1, 2015 at 12:43 am

    Alhe check koh koh varubali vehjje plx avahah up kohla dhyba plx cnt wait

  45. Lovely says:
    November 1, 2015 at 7:52 pm

    Iru iru kolhah check eba kohlan vaahaka nikumehjja thw.. Plx avahah story up kohdheeba

Comments are closed.

Next Episodeއިންތިޒާރު ( 25 )←


All Right Reserved!