Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިފްރާ 14

Nadhoo
Nadhoo Level 1
December 15, 2023 8 Mins Read
7 Comments

” އަހަރެންގެ ކާކަށް ތަ ވާން ބޭނުމީ؟” ދާނިޝް އިމްނާ އާއި ހަތަރުކަޅި ހަމަކޮށްލިއެވެ. ” ދާން ތިދެން ކޮން ކަމެއްތަ ؟ އިމްނާ ލަދުން ބުނެލިއެވެ.

” އޯކޭ އިނާ ކިޔަން ތަ އިމްނާ ގެ މް ކަނޑާލާފައި ” އިމްނާއަށް އެނަން ވަރަށް ރީތި ވިއެވެ.

ދަމުން ދަމުން ދާނިޝް ޖީބުން ކުޑަ ފޮއްޓެއް ނަގާ އިމްނާ އަތަށް ދިނެވެ. ” ދާން ބައްދަލުވާ ކޮންމެ ފަހަރަކު ހަދިޔާއެއް ގެންނަށް ހަދާން ހުރޭދޯ؟ ދެން ފަހަރަކުން އަހަރެން ވެސް ދެނަން ހަދިޔާއެއް ”  އިމްނާ ބުނެލީ ވަރަށް ހީލާފައެވެ.

” އިނާ ދޭން ވާނީ އަހަރެން ބޭނުން ހަދިޔާއެއް ” ދާނިޝްވެސް ބުނެލީ ހީލާފައެވެ.

” އަވަހަށް ބުނޭ ބުނި ކޮންމެ އެއްޗެއް ދޭނަން ” އިމްނާ ބުނެލީ ވަރަށް ކެރިގެންނެވެ.

” ކޮންމެވެސް ދުވަހަކުން ބުނާނަން! އެދުވަހަކުން ދޭތި އިނގޭ ” އިމްނާ ބޯ ޖަހާލުމުން ދާނިޝް ކާރަށް އަރާ ނައްޓާލިއެވެ.

ކޮޓަރިޔަށް ވެދެ އިމްނާ އެ ކުޑަ ކުޑަ ފޮށި ކަނޑާލިއެވެ. އޭގައި އޮތީ ވަރަށް ރީތި ކަރުގަ އަޅާ ރަންފަށެކެވެ. އޭގައި ” އިނާ ” ޖަހާފައި އިނެވެ. އެފެނުމުން އިމްނާ ހައިރާންވިއެވެ. މާކުރިންވެސް އެނަން ކިޔަން ނިންމާފައި ވާކަން އެނގުމުން އިމްނާގެ ހިތް އުފަލުން ނަށާލިއެވެ.

އިފްރާ އާއި ޒަޔާން އައިސްކަރީމް ބޮއެގެން ގެޔަށް ދާން ކާރު ދުއްވަމުން ދިޔައެވެ. ކާރިން ދިޔަ ބައިސިކަލް ވެސް ކުރިޔަށް އަރައިގެން ދިޔުމުން އިފްރާ ބޯހުރުވާލިއެވެ.

” ޒަޔާން މި ވަރަށް ދުއްވައިގެން އިރު އަރަން ވާއިރަށް ވެސް ގެޔަކަށް ނުދެވޭނެ” އިފްރާ ބުނެލިއެވެ.

” ބޭބީ އަށް ބަލަން ވާނޭ އެހެންވެ މަޑުން މި ދުއްވަނީ” ޒަޔާންވެސް ޖަވާބު ދިނެވެ.

ގެޔަށް ދެވުނު އިރު އިފްރާ އިނީ އިށީނދެގެން އިނދެ އނދެ ބަލިވެފައެވެ. ސޯފާގައި އިން ޒަޔާންގެ މަންމަގެ އުނގުގައި އިފްރާ ބޯ އަޅާލައިގެން އޮށޯތެވެ. ” ހާދަ ލަސްވީ މަންމަގެ ދަރިން ކޮޅު” ފަރީލާ އަހާލިއެވެ.

” މަންމާ އަހަރެން ދެން ޒަޔާން އެކީ ނުދާނަން ބޭރަކަށް ޖޮގިން ކުރާ މީހުންވެސް ކާރަށް ވުރެން ކުރިޔަށް އަރައިގެން ދޭ! އެހާވެސް މަޑުން ދުއްވަނީ އިށީނދެގެން އިނދެ އިނދެ އަހަރެން ވަރުބަލިވެއްޖެ” އިފްރާ ޝަކުވާކޮށްލިއެވެ.

” އެއީ އަމީން ވެސް އުޅުނުގޮތް ހަމަ އަހަރެން ޒަޔާން އަށް ބަނޑުބޮޑު އިރު” ފަރީލާ ބުނެލިއެވެ.

” މަންމާ މަދަމާ ދޮންބެ މެން އަންނަން ވާއިރަށް ކޯއްޗެއް ހަދާނީ؟ ” އިފްރާ ސުވާލުކޮށްލިއެވެ.

” މަންމަ ހަދާނަން ކުޅި އެއްޗިހި ދަރިފުޅު ހަދާ ފޮނި އެއްޗިހި ” ފަރީލާ ބުނެލިއެވެ.

” އިފޫ އެއްކަލަ ދުވަހު ހެދީމެއްނު ކެރަމަލް ފޮޅި އެ ހަދާތި ” ޒަޔާން ބުނެލިއެވެ.

“ދަރިފުޅުމެންދެން ދޭ ނިދަން މިހާރު ވަރަށް ލަސްވެއްޖެއެއްނު! މަންމަވެސް މިދަނީ ނިދަން ދެން ” ފަރީލާ އެހެން ބުނެލާފައި ދިޔުމުން އިފްރާގެ އަތުގައި ހިފާލާފައި ސޯފާއިން ތެދުކޮށްގެން ޒަޔާން އިފްރާ ގޮވައިގެން ރުމަށް ދިޔައެވެ.

އިފާން އާއި ލައިލާ އަދި ދާނިޝް އައިސް ސާބޮއެގެން މަޖާކޮށް ވަގުތު ކޮޅެއް ހޭދަކޮށްލާފަ ގެޔަށް ދިޔައެވެ.  އަދި އިފްރާގެ މަންމަމެން ދެދުވަސްފަހުން އަންނަވާހަކަވެސް އިފާން ބުނެލިއެވެ. އަދި ގެޔަށް އައުމަށްވެސް އެދުނެވެ. އިފްރާ ވިސްނާނެކަމަށް ބުންޏެވެ.

ދެދުވަސްފަހުން މަންމަމެން އައުމުން ލައިލާ އިފްރާ އަށް ގުޅާ ގެޔަށް އައުމަށް އެދުނެވެ. އިފްރާ ނުދާން އުޅުމުންވެސް ލައިލާ ދޫނުކުރުމުން އިފްރާ ދާން އެއްބަސްވެލިއެވެ. ޒަޔާން ވެސް އިފްރާ އާއެކީ ދިޔައެވެ. އިފްރާ ދާނިޝް އާއި އިމްނާ ކާރީވެސް އަންނަން ބުނެލިއެވެ.

އިފްރާ އާއި ޒަޔާން ދިޔައީ ކާރުގައެވެ. ދާނިޝް އާއި އިމްނާ ދިޔައީ ސައިކަލުގައެވެ.

ބެލް އަޅާލުމުން ދޮރު ހުޅުވީ އިފާންއެވެ. އިފާން ފެނުމުން އިފްރާ ދޮންބޭ އޭ ކިޔާފައި އިފާންގެ ގައިގަ ބައްދާލިއެވެ. އެންމެން ގޮސް ސޯފާގައި އިށީނެވެ. ރަޝާދު އާއި ފަރީދާ އައީ އިފާންގެ ކައިވެނި ޕާރޓިއަށް ބޭނުންވާ އެއްޗިހި ގަނެގެންނެވެ. ހެދުންފަހާ ފޮއްޗާއި ގަމީސް އަދި ފަޓްލޫނު ވެސް ގެނައެވެ. އޭގެ އިތުރުން ޕާރޓީ އާއި ގުޅޭ ފައިވާން އަދި ކްލަޗްވެސް ހުއްޓެވެ.

ލައިލާގެ ވެޑިން ޑްރެސް ވެސް އޮތެވެ. ނަމަވެސް ލައިލާ ފެންނަން ނެތުމުން އިފްރާ އަށް ހޯދާލެވުނެވެ.

” ކޮއްކޮ ލައި ތަ ތި ހޯދަނީ ” އިފާން އަހާލުމުން އިފްރާ ބޯ ޖަހާލިއެވެ.

” ވެއްޖެ ރަންކިޔުމުގެ ހަފްލާ އަށް ލާ ހެދުން ޓްރައި ކުރަންއިފޫގެ ރޫމަށް ވަދެ” އިފާން ޖަވާބު ދިނެވެ. ” އިފޫ އަހަރެން ރީތި ތަ؟ ފަހަތުން އިވުނު އަޑުން އިފްރާ ބަލާލިއެވެ.

” ރީތި ނުވާންވީ ކީއްވެގެންތަ މަގޭ ބެސްޓީއެއްނު ދޯ؟ ބަޓް ނައު ލުކް ލައިކް އަ މާމަ ” އިފްރާ މަޖާވެލާފައި ބުނެލިއެވެ.

” ދަރިފުޅު ދަންނަން ތަ ލައިލާ ކުރިންވެސް ” ފަރީދާ އަހާލީ އިފްރާ ކާރިންނެވެ.

” އާން އަހަރެންކުޑަ އިރުން ފެށިގެން ބެސްޓް ފްރެންޑް އިފްރާ އަކީ ” ޖަވާބު ދިނީ ލައިލާއެވެ.

” މިތަނުން ސައިޒު ބަލާފަ އެއްޗިހި ތައް ނަގާ ދަރިފުޅުމެން ޒަޔާން އާއި އިމްނާ އަށް ވެސް ލައިގެން މަންމަ އެއްޗިހި ގަތީ” ފަރީދާ ބުނެލިއެވެ.

އިމްނާ ހައިރާން ވެގެން ބަލާލިއެވެ. ” ދާދު އަކީ އަހަރެން ބަޑުން އުފަން ނުވިޔަސް އަހަރެންގެ ދަރިއެއް ދާދުގެ ގާރލްފްރެންޑް ވާނީ ހަމަ އަހަރެންގެ ދަރިޔަކަށް ” ފަރީދާ ބުނެލުމުން ދާނިޝް އެއްޗެކޭ ބުނަން އުޅުމުން އިމްނާ އެކަން މަނާކުރިއެވެ.

ޒަޔާން އެތަނުން ގަމީހަކާއި ފަޓްލޫނެއް ނެގިއެވެ. ” ކޮއްކޮ ކިތަށް މުއް ފޮތި ކަނޑަންވީ 30 ދޯ ” އިފާން ދިމާކޮށްލިއެވެ.

” ޒަޔާން ބަލާބަލަ ދޮންބެ އަހަރެން އަދި ފަލައެއް ނުވެސް ވެއެއްނު ” އިފްރާ ސޯފާގައި އޮތްބާލީސް އިފާން އާއި ދިމާލަށް އެއްލިއެވެ. އިފާން ދުއްވައި ގަތުމުން އިފްރާވެސް އުޅުނީ ދުވެފައި ދާށެވެ. ޒަޔާން އިފްރާގެ އަތުގައި ހިފާލިއެވެ. ” އިފޫ އަކަށް މިހާރަކު ނުދުވެވޭނެ އޭ!” ޒަޔާން ބުނެލީ އިފްރާ ކައިރީގައި ބަހައްޓަމުންނެވެ. ” ދޮންތި ހާސް ނުވޭ ދާދު މިހިރީއެއް ނު ޕިލޯ ފައިޓްކުރަން” ދާނިޝް ބާލިސް އެއްލުމުން ބުނެލީ ގޮތުން އެންމެނަށްވެސް ހެވުނެވެ.

މަތީ ބައިގަ އެ މަންޒަރު ބަލަން އިން ރަޝާދު އިނީ ވަރަށް އުފާވެފައެވެ. އޭނާގެ ދަރިން އެހާ އެކުވެރި ވުމުން އުފާވެފައެވެ. އެންމެ ފަހުން ތިރިޔަށް ދިޔައެވެ.

” ދަރިފުޅާ ޒަޔާން ކިހިނެތްތަ ؟” ރަޝާދު އަހާލިއެވެ.

” އަޅުގަނޑު ހަމަ ރަގަޅު އިފޫވެސް ރަގަޅު ހަމަ” ޒަޔާން ޖަވާބު ދިނުމުން އިފްރާ އޭނާގެ ބައްޕަ އާއި ދިމާލަށް ބަލާލިއެވެ.

” ދާދު ތިއްތިބެ ވަރަށް އުފާވޭ ތި ހޯދަމުންދާ ކާމިޔާބީއަށްޓަކާ ”

” އިފްރާ އޮފީހަށް ދަންތަ އަދިވެސް ” ރަޝާދުގެ ސުވާލުން އިފްރާ ހާސްވިއެވެ.

” ނޫން ނުދަން އަހަރެން ބޭނުމެއް ނޫން ދެން ވަޒީފާ އަދާކުރާކަށް އަހަރެންގެ ފިރިމީހާ އަހަރެންނާ އަހަރެންގެ ދަރިފުޅު ބަލާނެ” އިފްރާ ޒަޔާންގެ އަތުގައި ހިފާލިއެވެ.

” މީހަކާ އިނުމަށް ފަހު ދިރިއުޅުމުގެ ކަންތައް ނިންމާނީ އެދެމީހުން. އެ ނޫނަސް ދަރިފުޅު ކުރިޔަށް ދާން ބޭނުންވީ ދާއިރާއެއްވެސް ނޫނެއްނު އެއީ ” ރަޝާދު ބުނެލިއެވެ.

” ނަސީބެއްނު ބައްޕައަށް މިހާ ދުވަސް ފަހުންވެސް އެނގުނުކަން ” އިފްރާ ބުނެލީ ނުރުހިފައެވެ.

” ބައްޕަގެ އެއްވެސް ނިންމުމެއް ދަރިފުޅަކަށް ރަގަޅެއް ނޫނެއްނު ދޯ ” އިފްރާ ބޯ ޖަހާލިއެވެ.

” ދެން ޒަޔާން ކަމަދޭތަ ؟ އުފަލުގައިތަ ތި އުޅެނީ؟ ނޫނީ ހަމަ ބައްޕަ ބުނީ ތީ އުޅެނީތަ؟ ” ރަޝާދު އަހާލިއެވެ.

އިފްރާ އެއްވެސް ޖަވާބެއް ނުދިނެވެ. ” ތީގެ މާނަޔަކީ ދަރިފުޅު ޒަޔާން އާއެކީ އުޅެނީ މަޖްބުރު ވެގެންނޭ ތަ؟”

” ނޫން ބައްޕާ ޒަޔާން އަޅުގަނޑަށް ވަރަށް ރަގަޅު ވަރަށް އުފަލުން މިއުޅެނީ ” އިފްރާ ޖަވާބު ދިނެވެ.

” ބައްޕަ އަށް މާފު ކުރޭ ދަރިފުޅާ ބައްޕައަށް ކަންތައް ކުރެވުނީ ރަގަޅަކަށް ނޫން ދެން ދުވަހަކުވެސް ބައްޕަގެ ތިންކުދިން ކުރެ އެއްވެސް ކުއްޖަކު ބޭނުން ނުވާ ކަމެއް ބައްޕަ ނުކުރުވާނަން. އެކަން އެހެން ކުރުވުމުނެ ނަތީޖާ ރަގަޅެއް ނޫންކަން ބައްޕައަށް ވިސްނޭ. ދާދު ބޭނުންވީ ދާއިރާއިން ކުރިޔަށް ދިޔުމުގެ ހުއްދަ ދިނީމާ އޭނާ އެދަނީ ކާމިޔާބީގެ ހުރިހާ ހަރުފަތެއް ގިރާކުރަމުން އެންމެ އުހަށް ނަމަވެސް ދަރިފުޅު އަދި އިފާންވެސް ހަމަ ވަޒީފާއެއް އަދާކުރަނީ ކެރިޔާއެއް ނޫން. އިފާންވެސް ބޭނުންވާ ދާއިރާ އަކާ ގުޅެން ވީ ބައްޕަގެ ނެތް އެއްވެސް މައްސަލައެއް. ” ރަޝާދުގެ ވާހަކަ އަހާފައި އިފްރާ އާއި އިފާން ވެސް ގޮސް އެދެކުދިންގެ ބައްޕަގެ ގައިގަ ބައްދާލިއެވެ. މީގެ ކުރިން އެހެން ބައްދާލި ހަނދާނެއްވެސް އެމީހުން ނެތެވެ.

” ދޮންބޭ ކޮން ދާއިރާ އަކުން ތަ ކުރިޔަށް ދާން ބޭނުމީ ؟” ދާނިޝް އަހާލިއެވެ.

” ފިލްމު ކުޅެން ބޭނުން ވަނީ ” އިފާން ގެ ޖަވާބު އަހާފައި އެންމެންގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ ”

” ހުވާ ތަ؟ ލައިލާވެސް އަހާލލިއެވެ.

” ސާބަސް ތި މީހުންނަށް އަހަރެން ބޭނުން ވަނީ ސިފައިގެޔަށް ވަންނަން ” އިފާން ސީރިޔަސް ކަމާއެކު ބުނެލިއެވެ.

” ވާއު ދޮންބޭ ” ދާނިޝް އާއި އިފްރާ އެކީ ބުނެލިއެވެ.

” ހާދަ ސްމާޓްވާނޭ! ސިފައިންގެ ޔުނީފޯރމްގައި ހުންނައިރު ދޯ ” ރަޝާދުވެސް ބުނެލިއެވެ.

” ބައްޕާ ހާސްވެ ނުލައްވާތި ލައި އަހަރެން ނެތަސް އޮފީހުގެ ހުރީ ކަމެއް ބަލާނެ ލައި ވަރަށް ލައިކްވާ ދާއިރާ އެއް އެއީ ” ރަޝާދުވެސް ބޯ ޖަހާލިއެވެ.

” ކޯޗެއް ހުރީ ކާން ވަރަށް ބަނޑުހައި ” އިފްރާ ބުނެލިއެވެ.

” ބޭރުން ކާއެއްޗެއް ގެންނަމާ ދޯ ފަރީ؟ ” ރަޝާދު ބުނެލިއެވެ.

” ދޮންތި އަކަށް ނުހުރެވޭނެ އެހާ ގިނަ އިރު ވަންދެނެއް އަހަރުމެންވެސް ކާލާނެ! ” ދާނިޝް ބުނެލިއެވެ.

” އަހަރެން ދީފާނަން އައިޑިޔާއެއް ހުރިހާ ފިރިހެނުން ދޭ ކައްކަން ބަދިގެޔަށް ” އިމްނާ ބުނެލިއެވެ.

” އިމްކޮ ދޮންބެ އާ ބައްޕަ ގޮތެއް ނޭންގޭ ދާދު އާ ޒަޔާން ވަރަށް މީރުކޮށް ކައްކާނެ ” އިފްރާ ބުނެލިއެވެ.

” އިނގިދާނެތާ ” އިމްނާ އެންމެން ބަދިގެޔަށްލާ ތަޅުލިއެވެ. އިފްރާ އެތާ ހުރީ ޕޭސްޓްރީ އެއް ނަގައިގެން ކާން އިނެވެ. އެތަން ބަލަން ފަރީދާ ދުރުގައި ހެވިފައި އިނެވެ. ” މަންމާ ކީއްވެ ދުރުގައި ތި ހުންނަނީ ދޭ ބަލަ އިފޫ ކާރިޔަށް. ގޮސް ހާލު އަހާބަލަ؟ ކާހިތް ވާ އެއްޗެއް އަހާބަލަ؟ ގޮސް އިފްރާގެ ބަނޑުގައި ފިރުމާލަބަލަ މަންމަ ގެނައި ހަދިޔާ ދީބަލަ ތި ދުރު ހިލޭކަން ކަނޑުވާލަބަލަ މަންމަގެ ހުރި ހަމަ އެކަނި އަންހެން ދަރިއޭ އެއީ މިކަހަލަ ވަގުތެއްގައި އެންމެ ބޭނުންވާނީ މަންމަގެ އަޅާލުން. ލައިލާގެ ވާހަކަ އަހާފައި ފަރީދާ ގޮސް އިފްރާގެ ކައިރީގައި ސޯފާގައި އިށީނެވެ.

” ދަރިފުޅާ އިފްރާ ކިހިނެތްތަ ހާލު ؟ ހޮޑުލަވާތަ؟ ވަރުބަލިވޭތަ؟ ” އިފްރާގެ ބޮލުގައި ފިރުމާލާފައި ފަރީދާ އަހާލިއެވެ.

” ނޫން މަންމާ ﷲ އިރާދަކުރެއްވީތީ ވަރަށް ރަގަޅު ދޭތެރެޔަކުން ހޮޑުލެވޭ! އެކަމަކުވެސް އެހާ ވަރު ބައްޔެއް ނުވޭ މަންމަމެން ނުކުރުވާ އެއްވެސް މަސައްކަތެއްވެސް” އިފްރާ ޖަވާބު ދިނެވެ.

ފަރީދާ އޭނާ ގެނައި ދަބަސް އިފްރާއަށް ދިނެވެ. އިފްރާ އެ ހުޅުވާލިއެވެ. ކުޑަ ކުޑަ ބޭބީ ހެދުންތަކާއި ބޫޓު ތަކެވެ. ރަޖާ އާއި އެހެނިހެން ސާމާނެވެ. ހެދުން ކޮޅުތައް ހުރީ ދެޖިންސުގެ ކުދިންނަށް ލެވޭ ގޮތަށެވެ. އެކި ހެދުން ތަކުގައި އެކި އެއްޗިހި ތައްޖަހާފައި ހުއްޓެވެ. ” މާމަގެ ރަންކޮޅު، ކާފަގެ ދޫނީ، ދޮންބެގެ ލޯބިކޮޅު” އެކަހަލަ އެކި އެއްޗިހި ލިޔެފައި ހުއްޓެވެ. އެއެއްޗިހިތައް ފެނުމުން އިފްރާ ވަރަށް އުފާވިއެވެ. އުފަލުން ގޮސް ޒަޔާން އަށް ވެސް ގޮވިއެވެ. އެކަމަކު ބަދަގެއިން އެފަކީރަކަށް ނާދެވުނެވެ. ” ތެންކިޔު މަންމާ މި އެއްޗިހިތައް ވަރަށް ލޯބި” އިފްރާ ގެނެސް ފަރީދާ އޭނާގެ ގަޔާލާ ބޮނޑިކޮށްލިއެވެ. ” ލައި އިމްކޮ އާދެބަލަ ، ބަލާބަލަ މި އެއްޗިހި ތައް ލޯބިކަން” އިފްރާ އުފަލުން ގޮވާލިއެވެ. ” ދާން އެބަ މެސެޖް ކުރޭ ނިމިއްޖެކަމަށް އެބަ އަންނަށް އެމީހުން ބަދިގެއިން ނެރެދީފައި” އިމްނާ ދުވެފައި ދިޔައެވެ. ބަދިގެއިން ނިކުތް ގޮތަށް ޒަޔާން އައީ އިފްރާ ކާރިޔަށެވެ. ” ޒަޔާން ބަލާބަލަ ކިހާލޯބި ” އިފްރާ ހުރިހާއެއް އެއެޗެއް ވަކި ވަކިން ޒަޔާން އަށް ދެއްކިއެވެ. ” ތެންކިޔު މަންމާ ވަރަށް ލޯބި އަހަރެން ހިޔެއް ނުކުރަން މަންމަ މިހާ ކްރިއޭޓިވް ކަމަކަށް” ޒަޔާން ބުނެލިއެވެ.

” މަންމައަށް ވެސް ތި ޕްރިންޓިން އައިޑިޔާ ދިނީ ކޮންމެވެސް ކުއްޖެއް ” ފަރީދާވެސް ހީލާފައި ބުންޏެވެ.

” ހިންގާކާން ދާން ” އެންމެންވެސް ކާން މޭޒު ދޮށުގައި އިށީނެވެ. ކައްކާފައި ހުރީ ސްޕެކެޓީ އާއި ފްރައިޑް ރައިސްއެވެ.  “ދޮންތަ ހާސް ނުވޭ ކެއްކީ މަށާ ޒަޔާންބެ ” ދާނިޝް ޖަވާބުދިނެވެ.

” މަންމާ މީރުތަ؟ ” ޒަޔާން އަހާލިއެވެ. ” ހުރިހާ އެއްޗެއްވެސް ވަރަށް މީރު އެކަމަކު މީ ކޮންކަހަލަ ޖޫހެއްބާ ވަރަށް ނުބައި ލޮނު އަޅާފަހެން ހީވަނީ ހުރީވެސް” ފަރީދާ ބުނި އެއްޗަކުން ހުރިހާ އަންހެން ކުދިން ހޭންފެށިއެވެ. ނަމަވެސް އެއްވެސް ފިރިހެން ކުއްޖަކު އަނގައިންވެސް ނުބުނެއެވެ. ނޭވާވެސް ނުލައި ތިއްބެވެ. ” ދަރިފުޅުމެން ވެސް ހޭން ފަށާ އަނބިމީހާ ވީއްޔާ އެ ބަދުނާމު ކުރީ ހަމަ ބުނެވޭނެ ދޯ މީރޭ ނުބަޔަކަސް ދެން އަދި ލޮނޭ ނުބުންޏަސް އޯކޭ ވާނޭ”  ރަޝާދު ބުންޏެވެ.

” ސޮރީ ރަޝާދު ” އެހެން ބުނެފައި ފަރީދާ އެތިފޮދެއްބޯލިއެވެ. ” ހާދަ މީރޭ” އެންމެންގެ ހިނިގަނޑުފަޅައިގެން ދިޔައެވެ.

އެތައްދުވަހަކަށް ފަހު އެއީ އާއިލާއެއްހެން އިފްރާއަށް އިހުސާސްވި މީ ފުރަތަމަ ފަހަރެވެ. ” މަންމާ ދެން އަހަރެމެން ދަނީ މާދަމާ ނޫން އަނެއް ދުވަހު އަހަރުން އަންނާނަން މިގޭގަ ތިބެން ދޮންބެގެ ކައިވެނި ނިމެންދެން އަދި އެއީ ރަންކިޔުމުގެ ހަފްލާ އޮތްދުވަހެއްނު ކޭކުވެސް އަޅާން ޖެހޭ ނީ އަހަރެންނޭ “އިފްރާ އޭނާގެ މަންމަގެ ގައިގަ ބައްދާލިއެވެ. ” ލައި ޔޫ އާރ ދަ ޕާރފެކްޓް ގާރލް ފޯރ ދިސް ފެމެލީ. ތެންކިޔު އަހަރެމެންގެ ގުޅުން ބަދަހި ކޮށްދިނީތީ ” ލައިލާ ގައިގަވެސް އިފްރާ ބައްދާލިއެވެ.

” މަންމާ އަޅެ ކީއްވެތަ ދޮންބެޔަށް މަޖްނޫން ނުކީ؟ ” އިފްރާ ހަމަ އިފާން އާއި ދިމާކޮށްލިއެވެ. ނުކިޔަސް އެއީ ހަމަ މަގޭ މަޖްނޫން އޭ ” ލައިލާ ޖަވާބުދިނެވެ.

އިފްރާ މެންމާއެކީ ނިކުމެ ދާނިޝްމެންވެސް ގެޔަށް ދާން ނައްޓަލިއެވެ. ” އިނާ ކީއްވެ މިރޭ އަހަރެން ހުއްޓުވީ؟ އަހަރެން އުޅުނީ ބުނަން ތީ މަގޭ ގާލްފްރެންޑެއް ނޫނޭ” ދާނިޝް ސުވާލުކުރީ އިމްނާއާއެވެ.

” ދާން އެ އޯކޭ ވާނޭ! އަހަރެން ކަމު ނުދަނީތަ ގާރލްފްރެންޑަކަށް ވާން؟ ” އިމްނާ ވެސް ކޮށްލީ ސުވާލެކެވެ.

” އޯކޭ ކެރޭނެތަ ބުނަން އެންމެން ކާރީ އަހަރެންމީ އިނާގެ ބޯއިފްރެނޑްއޭ ؟” ދާނިޝް އަނެއްކާވެސް ސުވާލުކުރިއެވެ. ” އާން ކެރޭނެ މާދަން އަދޭ ހޮސްޕިޓަލަށް އެންމެނަށް އިންޓްރޮޑިއުސް ކޮށްދޭނަން ” އިމްނާ ފޮނިވެލާފައި ބުންޏެވެ. އޭރު އިމްނާގެ ގޭ ކާރިޔަށް ސައިކަލު މަޑުކުރީއެވެ.

” ދާން ޔޫ ލަވް ސަމްވަން ތަ؟ ” އިމްނާ ސީރިޔަސްވެލާފައި އަހާލިއެވެ.

” ޔޭސް އަހަރެން ވަރަށް ލޯބިވޭ އޭނަދެކެ އެކަމަކުވެސް ބުނަން ނުކެރިގެން ހަމަ އަޑު އެހިން އޭނަގެ ކާވެނި ވަނީ ހަމަޖެހިފައި ކަމަށް ” ދާނިޝް ބުނެލީ ދެރަވެލާފައެވެ. ” ދާން މާދަމާ އަންނައްޗޭ ދޮންބެ މެން އެބަ އާދޭ ބޭބީ އެއްވެސް އޮވޭ އެމީހުންގެ” އިމްނާ ބުނެލުމުން ދާނިޝް ބޯ ޖަހާލިއެވެ.

ހެނދުނު ތެދުވެ ކޯޓަށް ގޮސްލާފައި އަސްރު ނަމާދުން ފައިބައިގެން ދާނިޝް އިމްނާމެންގެޔަށް ދިޔައެވެ.

އެންމެންވެސް ދާނިޝް އާއި ސަލާމް ކުރިއެވެ. އިމްނާގެ ބޭބެ އަމްރު އަދި އަމްރުގެ އަންހެނުން ޒާރާވެސް ވަރަށް ވާހަކަ ދެއްކިއެވެ. އެމީހުންގެ އެއް އަހަރުގެ ދަރިފުޅު އާރާވެސް ދާނިޝް އާއި ވަރަށް އަވަހަށް ރައްޓެހިވެލިއެވެ. ” ދާން ހިންގާ އެންމެން އެކީ ސާބޯން ދާން” އިމްނާ ބުނެލުމުން ދާނިޝް ބޯޖަހާލިއެވެ.

އެންމެން އެކީ ސަޔަށް އިންސާފުކުރަމުން ދިޔައެވެ. ވަރަށް ގިނަ ވައްތަރުގެ ހެދިކާ ހުއްޓެވެ. ” ވާރޭ ވެހެން އުޅެނީ ހެން ހީވަނީ ވަރަށް އަނދިރިވެސް ވެއްޖެ ” އިމާދު ބުނެލުމުން އިމްނާ ހުރިހާ ލައިޓެއް ޖައްސާލިއެވެ. ” “ދަރިފުޅާ އަމްރު ހިންގާ އަވަހަށް އިމްކޮގެ ކާވެނި ކުރެވޭތޯ ބަލަމާ” އިމާދު ބުނެލި ވާހަކަ އަޑުއަހާފައި ދާނިޝްގެ ކަރުގައި ކާއެއްޗިހިވެސް ތާށިވީކަހަލައެވެ. ހަމަ އެފަދައިން އިމްނާގެ ހިތްވެސް ހުއްޓުނު ކަހަލައެވެ.   ” ބައްޕާ ރޭގަ އަހަރެން ގުޅީމާ މިހާދު ބުނީ އޭނަ ” އަމްރުއަށް ބުނެވުނީ އެހިސާބަށެވެ. ދަނީ ކަމަށް ބުނެ ދާނިޝް އިންތަނުން ތެދުވެގެން ދިޔައެވެ. އިމްނާ ވެސް ދާނިޝް ފަހަތުން ދިޔައެވެ. އޭރު ވާރޭވެސް ވެހެން ފަށައިފިއެވެ. ދާނިޝް ވާރެޔަށް ވެސް ބެލުމެއްނެތި ގޮސް ކާރަށް އެރިއެވެ. އިމްނާ އަށް ދާނިޝް ދިޔުމުން ރޮވުނެވެ. ކަރުނަ ފޮހެލާފައި އިރުކޮޅަކުން އިމްނާ މަންމަމެނަ ކާރިޔަށް ދިޔައެވެ.

” އިމްކޮ މިހާދު ވަނީ މީގެ ދުވަސްކޮޅެއް ކުރިން އިމްކޮ އާއި ކައިވެނި ކުރުމަށް މަނާކޮށްކޮށްފައި އަދި ރޭގައި އޭނާ މީހަކާވެސް އިނދެފީމޭ ބުނީ” އަމްރު ބުނެލީ ދެރަވެފައެވެ.

” ރިއަލީ ދޮންބޭ! ވަޓް އަ ރިލީފް” އިމްނާ އުފަލުން ބުނެލިއެވެ.

” އަދި އިމްކޮ ދެރަވާނެކަމަށް މި ހީކުރީ ” ހައިރާންވެފައި އަމްރު ބުނެލިއެވެ.

އިމްނާ ދުވެފައި ގޮސް މައްޗަށް އެރިއެވެ. ” ދަރިފުޅާ އަމްރު އަހަރެމެންގެ އިމްނާ އަށް ތި ދެވުނީ ވަރަށް އުފާވެރި ހަބަރެއް އިމްނާއަށް ދާނިޝް ދެކެ ލޯބިވެގެން އެއުޅެނީ އަދި މިއަދު ދާނިޝް ދިޔަ ގޮތުން ހީވަނީ ދާނިޝްވެސް ގަޔާވާހެން އިމްނާ ޔާ” އިމާދު ބުނެލީ އުފާވެފައެވެ.

” ބައްޕާ އެއީ މަޝްހޫރު ލޯޔަރު ދާނިޝް ދޯ ” އަމްރު އަހާލީ ހައިރާންވެފައެވެ. އިމާދު ބޯޖަހާލިއެވެ.

” އެކަމަކު ބައްޕާ އިމްކޮ ކިހިނެތް އޭނަޔާ ރަހްމަތްތެރި ވީ؟

” އެއީ ޒަޔާން އަންހެނުންގެ ކަޒިންއެއް ނަމަވެސް ބަލާ ބޮޑުކުރީ ޒަޔާން އަންހެނުންގެ މަންމަޔާ ބައްޕަ އެހެންވެ ޒަޔާން އާއެކު ގޮސް އުޅެނިކޮށް ދިމާވީ” އިމާދު އޮޅުންފިލުވާދިނެވެ.

” ބައްޕާ ދާނިޝް އަކީ މުޅި މި ގައުމު ފަހްރުވެރިވާ ފަދަ ދަރިއެއް މިހާދުއަށް ވުރެ މާ ރަގަޅު ހުރިހާ ގޮތަކުން ބެލިޔަސް އަހަރެންނަށް ވަރަށް ކަމުދޭ އެދެމީހުން ދެން ގުޅޭނެކަމަށް ބަލަމާ” އަމްރު އުފާވެފައި ބުންޏެވެ.

ގެޔަށް ގޮސް ވަން ދާނިޝްގެ ހިތަށް ތަދުވަމުން ދިޔައެވެ. ކޮޓަރިޔަށް ގޮސް އެނަދުމަތީގައި އޮށޯތީ ދެލޮލުން ކަރުނަ އަންނަށް ފެށުމުންނެވެ. އިމްނާ ހުއްޓާނުލާ ގުޅަމުންދިޔައެވެ. ނަމަވެސް ދާނިޝް ފޯނު ދުރަށް އެއްލާލިއެވެ. ލައިގެން އިން ގަމީސް ވެސް ބާލާފައި އެއްލާލިއެވެ. ކޮޓަރިގައި ހުރިހާ ލައިޓެއްވެސް ނިއްވާލިއެވެ. އެނދުމަތީގައި ހުރި ހުރިހާއެއްޗެއްވެސް އެކި ދިމަދިމާލަށް އެއްލާލިއެވެ. އަދި ބިންމަތީ އޮށޯތެވެ. ރޭގަނޑު 10 ޖެހި އިރުވެސް ދާނިޝް އެހެން އެތާ އޮތެވެ. ބެލްޖަހާ ތީ ތެދުވެގެން ގޮސް ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ވާރެޔާ ތެމިފޯވެގެން އިން އިމްނާފެނިފައި ދާނިޝްގެ ދެލޯ ބޮޑުވެގެންދިޔައެވެ. ” ކިހާ އިރެއްވެއްޖެ އަހަރެން ބެލަޖަހާތަން ދާން އަށް ދޮރު ނުހުޅުވެނީތަ! ގުޅާގުޅާ ފޯނު ނަގަނީއެއް ނޫން ނޭގޭތަ އަހަރެން ހާސްވާނެކަމެއް” އިމްނާ ރުޅިއައިސްގެން ބުނެލިއެވެ.

” އިނާ ކީއްވެ ތިހެން ވާހަކަ ތި ދައްކަނީ ؟ ” ދާނިޝް އަހާލީ ހައިރާންވެފައެވެ.

” އަހަރެން ވީއްޔާ ރުޅިއައިސްގެން ވެސް ނުވޭ މިއަދު ދާން ކަންތައްކުރީ ކިހިނެތް އަހަރެން ގޮވާ ގޮވާ ހުއްޓާ އައީ އައި ގޮތަށް ފޯނުވެސް ނެގީއެއް ނޫން ކީއްވެ؟ ” އިމްނާ ސުވާލުކުރިއެވެ. ” އިނާ އެތާ އަހަރެންގެ ބޭނުމެއް ނެތެއްނު ދެން އަހަރެންނަށް އިނާ މުހިއްމު ނޫންވީމަ ފޯނު ނުނެގީ! ދެން ރަގަޅުވާނީ އެހާ ވަރަށް ގުޅުން ބަދަހި ނުކުރީމަ ” ދާނިޝްގެ ޖަވާބު އަހާފައި އިމްނާ ވަރަށް ހިތުގައި ޖެހުނެވެ.

” ސޯ ސޮރީ އަހަރެންނަށް ކުށްހީ އެއް ކުރެވުނީ! ދެން ދުވަހަކުވެސް ތި ދާނިޝް އަށް އުދަނގޫ ކުރާކަށް މި އިމްނާ އެއް ނާންނާނެ ” އިމްނާ އަށް އެހެން ބުނެވުނު އިރު ރަގަޅަށްވެސް ރޮވުނެވެ. އިމްނާ ނިކުންނަން ހިންގައި ގަތުމުން ” އިނާ ވާރޭ ހުއްޓަލަންދެން މަޑުކުރަން ވީއެއްނު” ދާނިޝް އަހާލިއެވެ.

” ބީރައްޓެހި ތަނެއްގަ ހުރުމަށް ވުރެ ވާރެޔާ ތެމިގެން ގެޔަށް ދިޔުންވެސް ރަގަޅު ވާނެ ” އިމްނާ އެހެން ބުނެފައި ނިކުމެގެން ދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nadhoo
Follow Me Written By

Nadhoo

Level 1

varah kuda iruh suren varah kiyaahithun vaahaka kiyan vaahaka liyaa hihves vaathy try kohlani mi

Other Articles

Previous

މާޒީ 4

Next

އައިނާ (3) 9

Next
December 15, 2023

އައިނާ (3) 9

Previews
December 15, 2023

މާޒީ 4

7 Comments!

  1. imko 💕💕 says:
    December 15, 2023 at 8:52 am

    Mi part vex varha reethi Masha Allah ❤️
    Unmeedhu kuran next part kiyaalan libeeney kama
    Lysm nadhoo sis

  2. Rifoo says:
    December 15, 2023 at 8:56 am

    Mi part vx varah reethi Masha Allah 💗💕❤️
    Ummeedhu kuran next part vx varah avahah kiyaalan libeyne kamah
    Lysm nadhoo

  3. vempire girl says:
    December 15, 2023 at 10:11 am

    Maasha Allah mi part vx varah varah reethi 🤗 Next part kiyaalan libeyny konirakun thr?

    💞💞 LYSM 💞💞

  4. Laiii😍 says:
    December 15, 2023 at 12:11 pm

    Maasha Allah..💚 mi part ves vr reethi💛
    Nadhoo thi kuraa hihvvarah Hama saabas 👏👏

  5. Ifoo says:
    December 15, 2023 at 12:41 pm

    Aww 😍..vv reethi mi part vs maasha Allah ❤️.. unmeedhu kuran next part vs avahah kiyaalan libeyne kamah 😊..n life akee v ehn kahalage ehceh dhw..ehnme beynun vaa dhuvahu loabi vaa ehnmen vs dhanee dhookohlaafa 🥺.. sometimes better to be alone dhw🙃

  6. Nadhoo Nadhoo says:
    December 17, 2023 at 10:01 am

    salaam , vaahakayah inthizaaru kuraa kudhinnah. 15 vana part mihaaru vaani submit kohfa varah avaha kiyaalan libeyne. thi dhehvaa hih varah hama saabas thy aharen ge hurihaaves support aki love you all more

  7. Rifoo says:
    December 17, 2023 at 9:19 pm

    Hey nadho
    Cutyyy ge namuga in ifraa ge vaahaka akee nadhoo thi liyaa ifraa vaahaka tho.mi buny ifraa 15 vana bai tho.

Comments are closed.

Next Episodeއިފްރާ 15←


All Right Reserved!