Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިފްރާ 13

Nadhoo
Nadhoo Level 1
December 13, 2023 6 Mins Read
15 Comments

އެހެންނުވާންވީ އެއްވެސް ސަބަބެއް ނެތެވެ. އެއީ ހުސް ޒަޔާންގެ ފޮޓޯތަކެވެ. ސްވިމިން ޕޫލް ގައި އޮއްވާ އަދި ހަމައެކަނި ސޯޓާ އެކު އަދި ގޮނޑު ދޮށުގައި ކަސްރަތު ކުރަން އޮއްވާ ނިދާފއި އޮއްވާ އެހެން ގޮސް ހުސް ޒަޔާންއަށް ސިއްރުން ނަގާފައިވާ ނަގާފައި ހުރި ފޮޓޯ ތަކެވެ.

” އިފޫ މީ ކޮންކަމެއް އޭރު ގައިމުވެސް އަހަރެންދެކެ ލޯތްބެއް ނުވެއެއްނު ދެން މި ޔޯ؟ ” ޒަޔާން އަހާލީ ލާނެތް ފާޑަކަށެވެ.

” އަސްލު ނޭގޭ ތިހެން ބުނާކަށް ވެސް ފުރަތަމަ ވަރަށް ރުޅި އާދޭ ޒަޔާން ދެކެ ފެނުނަސް ވަރަށް ފޫހިވޭ. އެކަމަކު ރިސޯޓަށް ގޮސް އަހަރެމެންގެ ފަސްޓް ނައިޓަށް ފަހު އަހަރެންގެ ގެ ފީލިންސް ވަރަށް ތަފާތުވި އެރޭ ޒަޔާން އުޅުނީ ހާދަ ލޯބިންނޭ! އަހަރެންނަށް އަނިޔާއެއް ވެދާނެތީ ބިރުން އުޅުނު ގޮތް އަހަރެންގެ ހިތުގައި ބިންވަޅު ނެގުނު އަހަރެންނާ އަލަށް މީހަކު އެހާ ކްލޯޒް ވީ.

ދެން ދެ ހަފްތާ ވެގެން ދިޔައިރު އަހަރެން ނަށް ޒަޔާން ހާއްސަ ވާން ފެށި ދެން އަހަރެން ޖެލަސްވޭ އެހެން އަންހެން ކުދިން ޒަޔާން އަށް ބާލާތީ އެދުވަހު ޕޫލު ކައިރީގައިވެސް އަންހެން ކުދިން ޒަޔާން އަށް ބަލާތީ އަހަރެން ތުވާލީ އޮޅީވެސް އަދި އެދުވަހު އަހަރެން ހުރިން ޒަޔާން އެކުދިން ކާރިޔަށް ދޭތޯ ބަލަން ވެސް ދެން އެރޭ އަހަރެންގެ ބާރތްޑޭ އެހާ ސްޕެޝަލް ކޮށް ސެލެބްރޭޓް ކުރީމާ އިޓް ޓަޗް މައި ހާރޓް އެރޭ ޒަޔާން ނިދީމަ އަހަރެން އޮތިން ޒަޔާންއަށް ބަލަން އަހަރެންނަށް ފުރަތަމަ ފަހަރަށް ޒަޔާން ވަރަށް ރީތިވި އެރޭ. ދެން އޭގެ ފަހުން މި ފޮޓޯތައް ވެސް ނެގީ ހީވަނީ އަހަރެން އޭރުވެސް ޒަޔާން ދެކެ ލޯބިވާހެން. ޒަޔާން ލާރާގެ ވާހަކަ ކިޔާ ދިންރޭ އަހަރެން ވަރަށް ދެރަވި ހީކުރީ ޔޫ ސްޓިލް ލަވްހާ ކަމަށް ބަޓް ނޫނެކޭ ބުނީ މަ އައިވޯޒް އިން ކްލައުޑް 9 އެވަގުތުވެސް ނަށަން ހިތައް އެރި. ޒަޔާން ފަހުން ފަހުން އައިސް ކާރިވެފަ ދުރަށްދާތީ އަހަރެން ވަރަށް ދެރަވޭ! އަހަރެންނާ ދުރުވާން ސޯފާގައި ނިދާތީ ސޯފާވެސް ނެރުނީ…..އެ ފަހުން އަހަރެން ޑޭޓަށް ދާ ވާހަކަ ބުނި ރޭ އަހަރެންނަށް އެނގުނީ އައި ފެލް އިން ލަވް ވިތް ޔޫ ކަން.

ޒަޔާން އަހަރެން ކާރީ ގެޔަށް ދާށޭ ބުނި ދުވަހު އަހަރެންނަށް ރޮވުނީ ޒަޔާން ކާރިވެފަވެސް އަހަރެންނާ ދުރުވުމުން ބަޓް ޒަޔާން ހީކުރީ ކާރިވީމާ ކަމަށް އަހަރެން ރުއީ. އޭރު ދެދުވަސް ވަރު ވެދާނެ ޕްރެގްކަން ޝައްކުވެގެން އަހަރެން އެ ވާހަކަ ޒަޔާން އާ ދައްކަން ވިސްނާތާވެސް. އަހަރެން އެދުވަހު ކިޓް ގަނެގެން ގޭގަ ޓެސްޓްކުރީ ޕޮޒިޓިވް ވީމާ ޒަޔާން އަށް ގުޅީ ގުޅާ ގުޅާވެސް ފޯނު ނެގީއެއް ނޫން.. އައިސް އަހަރެން ގެއިން ނެރެލީ އަހަރެން ދައްކާ ވާހަކަ އަޑުވެސް ނާހާ. ބަޓް އައި އެމް ވެރީ ހެޕީ ނައު”

އެހެން ބުނުމަށްފަހު އިފްރާ ޒަޔާންގެ ގައިގަ ބައްދާލިއެވެ. “އައިލަވްޔޫ ސޯމަޗް” އިފްރާ ބުނެލުމުން ޒަޔާން އިފްރާ އިތުރަށް ބޮނޑިކޮށްލިއެވެ.

” ހަމަ އެހާ ލޯބިވޭތަ؟ ” ޒަޔާން އަހާލީ ވަރަށް ލޯބިންނެވެ.

” އާން ވަރަށް ލޯބިވޭ!” އިފްރާ ޒަޔާންގެ ގައިގަ ބައްދަލިއެވެ.

ހެނދުނު ތެދުވެ ސާބޮއެގެން ޒަޔާން އާއި އިފްރާ ގެޔަށް ދާން ތައްޔާރު ވިއެވެ.

” ދޮންބޭ އަހަރެމެން ގެޔަށް އަންނައްޗޭ މަންމަމެން ވަރަށް އުފާވާނެ” އިފްރާ ބުނެލިއެވެ.

” އާން ދާނަން އިނގޭ ލައިވެސް ގޮވައިގެން ” އިފާން ވެސް ހީލާފއި ބުންޏެވެ.

” ދެން ދަނީ އޭ ދޮންބޭ ޒަޔާން ޖެހޭނެ އޮފީހަށް ދާންވެސް ” ޒަޔާން އައި އިފްރާ ގެޔަށް ދާންނިކުތެވެ.

ގަޑިން މެންދުރު 12 ޖެހި އިރުވެސް އިމްނާއަށް އިންތިޒާރު ކުރެވެމުން ދިޔައީ ދާނިޝް ގުޅާނެ ގަޑިއަކަށެވެ. އިމްނާގެ ޑިޔުޓީ ނިމުނު އިރު 3 ޖަހަނީ އެވެ. ނަމަވެސް ދާނިޝްގެ ހަބަރެއް ނުވުން އިމްނާގެ ހިތުގައި ޖެހުނެވެ. އިމްނާއަށް ދާނިޝް ހާއްސަވަރަށް ދާނިޝް އަށް އިމްނާ ހާއްސަ ނޫންކަން ގަބޫލުކޮށް ރޮވުނެވެ. ޑިޔުޓީ ނިންމާލާފައި ގެޔަށް ދާންވެގެން ސްކޫޓީ އަށް އަރަމުން އިމްނާ ނައްޓާލިއެވެ. ފަހަތުން މީހަކު ގޮވާލިހެން ހީވިއެވެ ނަމަވެސް އަޅާނުލާ ދިޔައީއެވެ. ކުއްލިޔަކަށް އިމްނާގެ ކުރިމައްޗަށް ކާރެއް މަޑުކުރުމުން އިމްނާ ސްކޫޓީ މަޑުކުރިއެވެ. އިމްނާ ދެރަވެފައި ހުރި ވަރުން އެއީ ދާނިޝްގެ ކާރުކަންވެސް ނޭގުނެވެ. މާބޮނޑިއެއް ހިފައިގެން ކާރުން ފޭބި ދާނިޝް ފެނިފައި އިމްނާ ސްކޫޓީއިން އެރިގެން ގޮސް ދާނިޝްގެ ގައިގަ ބާރަށް ބައްދާލަމުން ރޯންފެށިއެވެ. މަގުމަތިގައި ތިބި މީހުން ބަލާތީ ދާނިޝް ވަރަށް ލަދުގަތެވެ.

” އިމްކޮ ކިހިނެތްވީ ތި ރޮނީ؟ ” ދާނިޝް އަހާލީ ވަރަށް ލޯބިންނެވެ.

” އަހަރެން ދާނިޝް ގުޅާނެކަމަށް ހާދަ އިންތިޒާރެއް ކުރީމޭ! އެނަމެ ފުރަތަމަވެސް އަހަރެންނަށް ގުޅާނެކަމަށް ހިކުރީ” އިމްނާ ބުނެލީ ރޮމުންނެވެ.

” އިމްކޮ އަހަރެން ނިމުނީ 12ގަ ނިންމާފަ އައި ގޮތަށް މިތާ ހޮސްޕިޓަލުގެ ބޭރުގަ އިމްކޮ ނިމެންދެން މިހިރީ ނުވެސް ކައި މިހިރީ އެވަރުންވެސް ރޮނީ” ދާނިޝް ޖަވާބު ދިނެވެ.

” އަސްލުވެސް މަންމަމެން ކާރިޔަކުވެސް ނުބުނަން ތަ؟ ” އިމްނާ އަހާލުމުން ދާނިޝް ގެ ލޯ ފެންކަޅިވެގެން ދިޔައެވެ.

” ދާނިޝް ކިހިނެތް ވީތަ” އިމްނާ ދެރަވެފައި އަހާލިއެވެ.

” އިމްކޮ މިތާ ސްކޫޓީ ބަހައްޓާފަ ދެވިދާނެތަ އަހަންނާ އެކީ” ދާނިޝް އަހާލުމުން އިމްނާ ބޯޖަހާލިއެވެ. ކާރު ގޮސް މަޑުކޮށްލީ ދާނިޝްގެ އެޕާރޓްމެންޓް ކުރިމައްޗަށެވެ. ދެމީހުން އެކީގޮސް އެޕާރޓްމެންޓަވަނެވެ. ސޯފާގައި އިމްނާ އިށީނުމުން އިމްނާގެ ކައިރީގައި ދާނިޝްވެސް އިމްނާގެ ކާރީ އިށީނެވެ.

” އިމްކޮ އަހަރެންގެ މަންމަ އާއި ބައްޕަ ވަނީ އަހަރެން ވަރަށް ކުޑައިރު ސުނާމީގައި ނިޔާވެފައ، އަހަރެން ބަލާބޮޑުކުރީ އަހަރެން މަންމަގެ ކޮއްކޮގެ ދެމަފިރިން އެއީ ދޮންތަގެ މަންމަ އާއި ބައްޕަ އެމީހުން އަހަރެން ކިޔަށްވާ މޮޅި މީހަކަށް ހެދީ އަމިއްލަ ފައި މައްޗަށް މިހާރު ތެދުވެ މިހިރީ އެމީހުންގެ މަސައްކަތުން އެމީހުން އަހަރެން ގެނައިއިރު ވާނީ 6 ވަރަކަށް އަހަރު އެކަމަކުވެސް ވަރަށް ހަނދާންވޭ މަންމަ އާއި ބައްޕަމަތިން” ދާނިޝް އަށް ރަގަޅަށްވެސް ރޮވުނެވެ.

” އައި އެމް ސޯ ސޮރީ ދާން އަހަރެން ނަކަށް ކުރިން ނޭންގޭ އެހެންވެ އެހެން އެހީ” އިމްނާ ދެރަވެލާފައި ބުންޏެވެ.

” އިމްކޮ އިޓްސް އޯކޭ! އަހަރެން ވަރަށް ބޭނުންވީ އިމްކޮއަށް ކިޔާދޭން މި ވާހަކަތައް އެހެންވެ މި ބުނީ އަހަރެންގެ ލައިފްގަ އެންމެ މުހިއްމު މީހަކީ ދޮންތަ ދެން މިހާރު ޒަޔާންބެ އެންޑް އިމްކޮވެސް ވަރަށް ހާއްސަ ވެއްޖެ މިފަހަރު ދޮންތަ ކާރީވެސް ނުބުނަން ފުރަތަމަ ވެސް އިމްކޮ ކާރީ ބުނަންވެގެން މިހިރީ” ދާނިޝް ބުނެލިއެވެ.

” ދެންވެސް ބުނެބަލަ ”

” އޯކޭ ކޭސް ނިމުނީ އަހަރެން ކޮޅަށް ” ދާނިޝް ހީލާފައި ބުނެލިއެވެ.

” އަހަރެންނަށް މާކުރިންވެސް އިނގޭ ދާން ވިން ކުރާނެކަން ” އިމްނާ ދާނިޝްގެ އަތުގައި ހިފާލިއެވެ.

” އިމްކޮ އަހަރެން ވަރަށް ހަންގްރީ ހިންގާ ބަލަ ކޮންމެވެސް އެއްޗެއް ހަދަން ބަދިގެޔަށް ދަމާ” ދާނިޝް އެހެން ބުނެލަމުން ތެދުވިއެވެ.

” ދާން ދޭ ކުޑަކޮށް ފްރެޝްވެލަން އަހަރެން އެއްޗެއް ހަދާލާނަން…. ބަޓް ފުރަތަމަ އަހަރެން އެބަ އަންނަން ފާހާނާޔަށް ވަދެލާފައި” އިމްނާ ދާނިޝްގެ ކޮޓަރިޔާ ދިމާލަށް ދިޔައެވެ. ދާނިޝް ދުވެފައި ގޮސް އިމްނާ ހުއްޓުވިއެވެ. ގެސްޓް ރޫމް ޓޮއިލެޓް ޔޫސް ކޮށްލާ ދާނިޝް ބުނެލީ ވަރަށް ހާސްވެފައެވެ.

އިމްނާ ބޯޖަހާލިއެވެ. ދާނިޝް ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. މުޅި ކޮޓަރީ ފާރުގައި އިމްނާގެ ފޮޓޯތަކެވެ. އިމްނާ ދެކެ ލޯބިވާކަމަށް ބުނެ ލިޔެފައިވާ މެސެޖްތަކެވެ. އެކޮޓަރިޔަށް އިމްނާ ވައްދަން ކެރެނީ ކިހިނެތް ހެއްޔެވެ؟ އެކަމަކުވެސް ދާނިޝް އިމްނާ އަށް އެ ދައްކަންވެސް ވަރަށް ބޭނުމެވެ. ފެންވަރާލައިގެން ނިކުމެގެން ދިޔައިރު ލައިގެން އިން ޖެކެޓް ބާލާފައި ބޮލުގައި ހުޅިއެއް ޖަހާލައިގެން އިމްނާ އުނދުންކާރީ ހުއްޓެވެ. ދާނިޝް ގޮސް އިމްނާގެ ކައިރީގައި ހުއްޓެވެ. ” ކޯޗެއް މާ ވަރަކަށް ތި ކައްކަނީ ” ދާނިޝް އަހާލިއެވެ.

” ނޫޑްލީސް މި ކައްކަނީ އަވަހަށް ކެއްކޭނެ އެއްޗެއް ކައްކަންވެގެން” އިމްނާ ޖަވާބު ދިނެވެ.

” އަހަރެން ހީ އެއް ނުކުރަން ޑޮކްޓަރު އިމްނާ އަށް ކައްކަން އިނގޭނެކަމަކަށް” ދާނިޝް ބުނެލީ ޖެއްސުންކުރުމުގެ ރާގަކަށެވެ.

” އިށީދެބަލަ ކާން އެނގިދާނެތާ ” އިމްނާ ބުނުމުން ދާނިޝް އިށީނެވެ.

” ވާވް! ހާދަ މީރޭ އަހަރެން ގުޅާލިމަ އަންނަށްޗޭ ކައްކަދޭން” ދާނިޝް ނޫޑްލީސްކޮޅެއް އަނގަޔަށް ލަމުން ބުންޏެވެ.

” އަހަރެން މިގޭގަ ބަހައްޓަން ވީއެއްނު ކައްކަ ދޭނަން ” ކައި ނިމުމުން ތަށިތައް ސިންކަށް ލާންހުރެފައި އިމްނާ ބުނެލީ ސީރިޔަށް ކަމާ އެކީގައެވެ.

” ނޯކަރެއް ބޭނުމެއް ނޫން ” ދާނިޝް ބުންޏެވެ.

” ވަޓް ” އިމްނާ ރުޅި އައިސްގެން ދާނިޝްގެ ފަހަތުން ދުއްވައި ގަތެވެ. ދާނިޝް ވެސް ދުވިއެވެ. އިމްނާ އެންމެ ފަހުން އެތާ އޮތް ކާރޕެޓްގައި އަޅައިގެންފައި ދެމީހުނެ އެކީ ސޯފާއަށް ވެއްޓުނެވެ. އިމްނާ ވެއްޓުނީ ދާނިޝްގެ ގައި މައްޗަށެވެ. ދާނިޝް އަށް އިމްނާގެ ގައިގަ ހިފަހައްޓާލެވުނެވެ. އެވަގުތު މީހަކު ދޮރު ހުޅުވާލި އަޑަށް ދެމީހުންވެސް ދިޔައީ ސިއްސައިގެންނެވެ. ދޮރު ހުޅުވާލާފައި ވަން އިފްރާ ވަގުތުން ދެމީހުންގެ ފޮޓޯ ނަގާލިއެވެ. ތެޅިގެންފައި ދެމީހުން ދުރުވެލިއެވެ.

” ނުބައި ގަޑިއެއްގަ އޭ މި އާދެވުނީ ހިންގާ ދާން ” ވަދެގެން އައި ޒަޔާން އަށް އިފްރާ ބުނެލިއެވެ.

” އަނހާ އިމްކޮ ވެސް އެބަ ހުރި ތަ؟ ” ޒަޔާން އަހާލިއެވެ.

” މިހާރު މި އެނގުނީ ފޯނު ނުނެގިގެން އުޅެނީ ކީއްވެކަން ” އިފްރާ ދެންވެސް ދިމާކޮށްލިއެވެ.

” ދޮން ދެން ތިހާ ދިމާ ނުކޮށްބަލަ ވީ އާރ ފްރެންޑްސް އޭ” ދާނިޝް ބުނެލިއެވެ.

” ހޫން ދެން ތި ވާހަކައެއް ނުނޭ މާދަމާ އަންނާތި އަހަރުންގެޔަށް ހަވީރު ސާ ބޯން ލައި އާ ދޮންބެ އަށް ސާ ހަދަނީ އެހެންވެ ބުނެލަން މި އައީ އެންޑް ކޮންގްރާ ކޭސް ވިން ކުރީމާ” އިފްރާ ބުނެލިއެވެ. ” ދޮން އަށް ކިހިނެތް އެނގުނީ ވިންކުރިކަން” ދާނިޝް އަހާލިއެވެ.

” މުޅި ޓީވީ އާ ފޭސްބުކުގަ އެވާހަކަ އެނޫނަސް ދޮންތިގެ ދާދު އަބަދުވެސް ވިންކުރާނެކަން އިނގޭ، މީ އަހަރެމެންގެ ފަރާތުން ގިފްޓެއް ” އިފްރާ ދިއްކޮށްލި ޕާރސަލްގައި ދާނިޝް ހިފިއެވެ. އަދި ކަނޑާލިއެވެ. އޭގައި އިނީ ދާނިޝްގެ ނަން ޖަހާފައިވާ ވަރަށް ރީތި ގަލަމެކެވެ.

” ތެންކިޔު ދެމީހުންނަށްވެސް އެންޑް ދޮންތީ ނޫޑްލީސް އެބަހުރި ކާން ހިންގާބަލަ ވަރަށް މީރު އިމްނާ ކައްކާފަ” ދާނިޝް ބުނެލިއެވެ.

” އެހެންތަ އިމްކޮއަށް ކައްކަންވެސް އިނގޭތަ؟ ” ޒަޔާން އަހާލުމުން އިމްނާ ބޯޖަހާލިއެވެ.

” އަސްލުވެސް ވަރަށް މީރު” އިފްރާ ބުނެލިއެވެ. ކައި ނިމިގެން އެމީހުން ގެޔަށް ދިޔައިރު އިރު އޮއްސެނީ އެވެ. ” އިމްކޮ ހިނގާ ގެޔަށް ދާން މިހާރު ވަރަށް ލަސްވެއްޖެއްއެ ނު ދޯ”  ދާނިޝް ބުންޏެވެ.

ދާނިޝް އިމްނާ ގޮވައިގެން އައިސް އިމްނާގެ ސްކޫޓީ ޕާކްކުރި ތަނަށް ލާ ދިނެވެ. ” ދާން މިރޭ ފްރީތަ؟ ” އިމްނާ އަހާލުމުން ބޯޖަހާލިއެވެ.

” އަންނަން ވީ އެއް ނު މިރޭ މިގެޔަށް ކާން މަންމަމެންނާ މީޓްކޮށްލަން ވާނެއެއްނު” އިމްނާ އަހާލިއެވެ.

” އިމްކޮ ގެ ކޮންމެ އެދުމަކަށް ހަމަ ތައްޔާރު އަންނަނަން 08.30 ގަ އިނގޭ ” ދާނިޝް ޖަވާބުދިނެވެ. އިމްނާ އަށް ހީލެވުނެވެ.

ދާނިޝް އަންނަން ވާއިރަށް އިމްނާ ވަރަށް ރީތިވެލިއެވެ. ހުދުކުލައިގެ ގަމީހަކާއި ކަޅު ކުލައިގެ ޖިންސެއްލިއެވެ. ބޯ ވެސް ރީތި ގޮތަކަށް ހަދާލިއެވެ. ގޭގެ ބެލް ޖަހާލި އަޑަށް އިމްނާ ދުވެފައި ނިކުތެވެ. އިމްނާގެ މަންމަ ޝާހިދާ ދޮރު ހުޅުވާލިއެވެ. ދޮރު މަތީގައި ހުރި ޒުވާނާއަށް އެތެރެޔަށް އައުމަށް ދައުވަތު ދިނެވެ. އިމްނާ ގޮސް އޭނާގެ މަންމައަށް ދާނިޝް ތާއަރަފް ކޮށްދޭން އުޅުނެވެ. ” އަހްމަދު ދާނިޝް ލީނާ ފަހީމް އެއްނު މަންމައަށް އިނގޭ މިއަދު ވެސް މުޅި ޓީވީ އާ އެފަބީގަ ދާނިޝް” ޝާހިދާ ޖަވާބު ދިނެވެ.

” މީތަ ދަރިފުޅުގެ ރަހްމަތްތެރިޔަކީ؟ އިމްނާގެ ބައްޕަ އިމާދު އަހާލިއެވެ. ” ލައްބަ ބައްޕާ މީ ތިއްތި ވައިފްގެ ކަޒިން އެކޭ” އިމްނާ އެންމެނަށް ދާނިޝް ތައާރަފް ކޮށްދިނެވެ.

“ރަޝާދު އަންހެނުން ދައްތަގެ ދަރިފުޅު ދޯ” އިމާދު އަހާލުމުން ދާނިޝް ބޯޖަހާލިއެވެ.

” ވަރަށް އުފާވެއްޖެ ބައްދަލުކޮށްލަން އައީމަ ރަޝާދު އާ އަހަރެން ވަރަށް ރައްޓެހިވާނެ އަހަރެމެން ކިޔެވީއެއްކޮށް ކަމަށްވާތީ ” ވާހަކަ ދައްކަމުން ކައި ނިންމާލިއެވެ. ގެޔަށްދާންވެގެން ދާނިޝް ނިކުތުމުން އިމްނާވެސް ދޮރާހަމަޔަށް ދާން ކަމަށް ބުނެ ނިކުތެވެ.

” ޝާހިދާ އަހަރެންނަށް ހިވަނީ އަހަރެމެންގެ އިމްނާ އަށް އެ ސޮރު ވަރަށް ކަމުދާހެން. އަހަރެން މިހުންނަނީ މިހާދު ކައިވެންޏަށް އިންކާރު ކުރި ވާހަކަވެސް ބުނަން ނުކެރިގެން އިމްނާ ކާރީގަ އެކަމަކު މިހާރު ހީވަނީ އިމްނާއަށް އެހަބަރު ވާނީ އުފާވެރި ހަބަރަކަށްހެން” އިމާދު ބެނެލީ ހިތްހަމަޖެހިގެންނެވެ.

” އަހަރެންވެސް ތިހެން ހީވާތާ ވެއްޖެ ދުވަސްކޮޅެއް އަބަދުވެސް ޒަޔާން މެން އެކީ ކޮންމެވެސް ތާކަށް ދާންވެފައި ވިއްޔާ އޮންނަނީ އެ ސޮރު އެއީ ނުލާހިކު ރަގަޅު ސޮރެއް އެވަރު ރަގަޅު ކުއްޖެއް އިމްނާއަކަށް ލިބޭނެހެން ހީޔެއް ނުވޭ! ޒަޔާން މެން ދެމަފިރިންނާ ވާހަކަ ދައްކާލަމާ ދޯ ފުރަތަމަ” ޝާހިދާވެސް ބުނެލިއެވެ. ” އާން އަމްރު އައިހާ އަވަހަކަށް ވާނެ ތި ކަމާ ވާހަކަ ދައްކަން އަމްރު ގުޅިއޭ ދެންމެ ބުނީ ހަފްތާއެއް ފަހުން އަންނާނަމޭވެސް” އިމާދުވެސް ބުނެލީ ހިތްހަމަޖެހިގެންނެވެ.

” ތެންކިޔު ސޯމަޗް އައިސް ދިނީތީ ވަރަށް އުފާވެއްޖެ” އިމްނާ ބުނެލި ދާނިޝް ކާރީގައެވެ.

” އިމްކޮގެ އުފަލަށް ކޮންމެކަމެއްވެސް ކުރާނަން”

” އެހެން ވިއްޔާ އިމްކޮ ނުކިޔަފާނަން ތަ އެއީ އަހަރެން ބޭނުމެއް ނޫން ދާނިޝްގެ ކޮއްކޮއަކަށް ވާކަށް” އިމްނާ އެހެން ބުނުމުން ދާނިޝް ގާތަށް ވަރށް ހިނިއައެވެ.

” އަހަރެންގެ ކާކަށް ތަ ވާން ބޭނުމީ؟” ދާނިޝް އިމްނާ އާއި ހަތަރުކަޅި ހަމަކޮށްލިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nadhoo
Follow Me Written By

Nadhoo

Level 1

varah kuda iruh suren varah kiyaahithun vaahaka kiyan vaahaka liyaa hihves vaathy try kohlani mi

Other Articles

Previous

އިންތިޒާރު 9

Next

ތިބާގެ ހިތަކީ…

Next
December 13, 2023

ތިބާގެ ހިތަކީ…

Previews
December 12, 2023

އިންތިޒާރު 9

15 Comments!

  1. Nadhoo Nadhoo says:
    December 13, 2023 at 4:45 pm

    finally up vejje dho heekuran hurihaa kudhinnah ves kamudaane kamah. today is my birthday and this is a gift from me to my lovely readers.

  2. love imko 💕💕 says:
    December 13, 2023 at 7:02 pm

    Happy birthday 🎂 my sister name is Imna
    Mi part vex varha reethi Masha Allah ❤️
    Unmeedhu kuran next part kiyaalan libeeney kama
    Once again happy birthday my lovely nadhoo sis
    Nadhoo sis ge vaahaka libuneema varha ufaaveje

    1. Nadhoo Nadhoo says:
      December 14, 2023 at 10:02 am

      thank you for the love and birthday wish

  3. vempire girl says:
    December 13, 2023 at 7:16 pm

    Maasha Allah mi part vx varah varah reethi 🤗 Next part vx varah avahah kiyaalan libeyne kamah ummeedhu kuran 🤗
    🎉🎉 HAPPY BIRTHDAY 🎉🎉
    💞💞 LYSM 💞💞

    1. Nadhoo Nadhoo says:
      December 14, 2023 at 10:03 am

      thank you for the birthday wish
      next part submit kohfin

  4. emoji says:
    December 13, 2023 at 10:12 pm

    HAPPY BIRTHDAY
    when next part

    1. Nadhoo Nadhoo says:
      December 14, 2023 at 10:05 am

      Thank you so much

  5. LIM🖤 says:
    December 14, 2023 at 12:06 am

    Happy belated birthday ❣️

    1. Nadhoo Nadhoo says:
      December 14, 2023 at 10:07 am

      Thank You So much

  6. Anonymous says:
    December 14, 2023 at 9:02 am

    Aww 😍..vv reethi mi part vs maasha Allah ❤️.. unmeedhu kuran next part vs avahah kiyaalan libeyne kamah 😊
    Happy belated birthday nadhoo❤️🎂🥳

    1. Nadhoo Nadhoo says:
      December 14, 2023 at 10:09 am

      Thank You So much

  7. Ifoo says:
    December 14, 2023 at 9:03 am

    Aww 😍..vv reethi mi part vs maasha Allah ❤️.. unmeedhu kuran next part vs avahah kiyaalan libeyne kamah 😊
    Happy belated birthday nadhoo❤️🎂🥳

    1. Nadhoo Nadhoo says:
      December 14, 2023 at 10:08 am

      Thank You ifoo varah bonda… next part submited

  8. Laiii😍 says:
    December 14, 2023 at 12:46 pm

    Alheyyyyy haadha reechey mi part ves ❤️ Masha Allah💛
    Happy belated birthday nadhoo 💝……
    And kithah aharu ??

  9. Zaifa says:
    December 14, 2023 at 1:40 pm

    Happy birthday nadhoo🎈🥳💕
    Vrh reethi vhk waiting for next part

Comments are closed.

Next Episodeއިފްރާ 14←


All Right Reserved!