އިފްރާ 15
އިމްނާ ދިޔުމުން ދާނިޝްގެ ހިތުގައި ޖެހުނެވެ. ފަހަތުން ގޮސް ހުއްޓުވަން ބޭނުންވިއެވެ. ނަމަވެސް އިމްނާ ކާވެނި ކުރަން އުޅޭއިރު އިމްނާ އާއި އެހާ ގާތްކަމެއް ބޭއްވުން ރަގަޅުކަމަކަށް ދިނިޝްއަށް ނުފެންނާތީ ދުރުވާން ނިންމާފައި ނުދިޔައީއެވެ.
ދެދުވަސްވިއިރުވެސް ދާނިޝް އަކަށް އިމްނާ ނުވެސް ފެނުނެވެ. ހޮސްޕިޓަލް ކައިރިންވެސް ނުފެނުނެވެ. ނަމަވެސް ގުޅާކަށް ނުކެރުނެވެ. އެކަމަކު މިސްވާވަރުން ދާނިޝްއަށް ކެތްވަނީއެއްވެސް ނޫނެވެ.
އިފާން އާއި ލައިލާގެ ކާވެނީގެ އެއްވެސް ހަފްލާއަކުންވެސް އިމްނާއެއް ނުފެނުނެވެ. އަމްރު އާއި ޒާރާ އަދި އިމާދުގެ ދެމަފިރިންވެސް ރަންކިޔުމުގެ ހަފްލާއަށް އައެވެ. ދާނިޝްއަށް އިރު އިރު ކޮޅާ ދޮރާ ދިމާލަށް ބެލެއެވެ. ނަމަވެސް ހިތް އެދޭ ކަމަނާ އެއް ނުފެނުނެވެ.
އިފާން އާއި ލައިލާގެ ކާވެންޏަށް ލައިލާގެ ގޭ ޒީނަތްތެރިކޮށްފައިވިއެވެ. އެންމެން ގެ ހެދުންތައްވެސް ވަރަށް ރީއްޗެވެ. މެރޫން ކުލައިގެ ހެދުމުން އެންމެން ހެދުން ލާފައި ވިއެވެ. އިފްރާ އާއި ޒަޔާން އަތު ގުޅާލައިގެން އައިސް ކާވެނީގެ މަޖީލީހަށް ވަނެވެ. ” ދޮންބޭ މިރޭ ހާދަ ހޭންސަމްއޭ! ” އިފްރާ ބުނެލީ އިފާން އަށް ބަލާލާފައެވެ.
” ކޮއްކޯ ލައި ކޮބާތަ؟ މިހާރު ދެކޭ ހިތުން ހުރެވެނީއެއް ވެސް ނޫން ” އިފާން ބުނެލިއެވެ. ” ސާބަސް ދޮންބޭ މިރޭ ހިތް ފުރޭވަރަށް ބަލަން ލިބެނެޔޭ ކެތްކޮށްބަލަ” އިފްރާ ދިމާކޮށްލިއެވެ.
ހުދު ކުލައިގެ ވެޑިން ޑްރެސްގައި ހުރި ލައިލާ ހީވަނީ ހޫރު ޕަރީއެއް ހެންނެވެ. ލައިލާ އައިސް އިށީނުމުން ވެސް ކަޅި ޖަހާ ނުލާ އިފާން އަށް ބެލުނެވެ. ” ވާވް ލައި ހާދާ ލޯތްބޭ މިރޭ ” އިފާން ބުނުމުން ލައިލާ ލަދުން އިސްޖާހާލިއެވެ.
” އިފޫ ހަދާންވޭތަ އަހަރެން ވެސް އިނީ އެރޭ އިފޫ ރީތި ކަމުން ހައިރާންވެފަ ” ޒަޔާން އިފްރާގެ އުނަގަޑުގައި ހިފާލިއެވެ. ” ސާބަސް މިތާ ވެސް ރޮމޭންސް ކުރެވޭތޯ ބަލާތި” ދާނިޝް އިފްރާ އާ ދިމާކޮށްލިއެވެ. އެވަގުތު އިމްނާގެ ފެމެލީ މީހުން ވަދެގެން އައެވެ. ” އިމްކޮ އަދިވެސް ނާދޭތަ؟ ” ޒަޔާން އަހާލީ އިމްނާގެ ބައްޕާ ކާރިންނެވެ. ” އާން ހީއެއް ނުވޭ ދެން އަވަހަކަށް އަންނާނެހެންނެއް މިހާދު އެހެން މީހަކާ ކާވެނި ކުރިކަން އެނގުމުން ވަރަށް އުފަލުން ހުރީ އެރޭ ވާރެޔާ ތެމުނީމަ ހުން އައިސްގެން 3 ދުވަސް ވަންދެން ހޮސްޕިޓަލުގައި އޮވެފައި ގެޔަށް އައިފަހުން އެއްވެސް މީހަކާ ވާހަކައެއް ނުދައްކާ އާރާ އާ ކުޅޭނީ ވެސް ވަރަށް މަދުން އެއްގޮތަކަށްވެސް ނޭގުނު ވީކަމެއް ދެން ފުރައިގެން ދިޔައީ ދިޔަތަނެއްވެސް ނުބުނި ބުނީ ދުވަސް ކޮޅަކުން އަންނާނެކަމަށް” އިމާދު އޮޅުން ފިލުވާދިނެވެ. އެވާހަކަތައް އަޑު އަހަން ހުރި ދާނިޝްގެ ހިތުގައި ޖެހުނެވެ. އިމްނާ އެހާ ބަލި ވެ އޮތް އިރުވެސް ނޭގުނީތީ ދެރަވިއެވެ. އެކަމަކު މިހާދު އެހެން މީހަކާ އިންކަން އެނގުމުން ދާނިޝް އުފާވިއެވެ. އިމްނާގެ ނަމްބަރަށް ދާނީޝް ގުޅާލިއެވެ. ފޯނު އޮތީ ނިއްވާލާފައެވެ. ކައިވެނި ޕާރޓީ ނިންމާލާފައި ލައިލާ ގޮވައިގެން އިފާން އެނާގެ ގެޔަށް ދިޔައެވެ. ލައިލާ އިފާންގެ ފަހަތުން ގޮސް ކޮޓަރިޔަށް ވަނެވެ. އިފާން ދޮރު ތަޅުލާފައި އައިސް ލައިލާގެ އުނަގަނޑުގައި ހިފާ ކާރިކޮށްލިއެވެ. ” ލައި މީ އަހަރެން ހާދަ އިންތިޒާރު ކުރި ދުވަހެކޭ ލައި ދުވަހަކުވެސް އަހަރެންނާ ވަކި ނުވާތި އުމުރަށް ވެސް އަހަރެންނާ އެކީ އުޅޭތި އައި ލަވްޔޫ ސޯމަޗް ” އިފާންގެ ވާހަކަ އަހާފައި ލައިލާ އިފާންގެ ގައިގަ ލޯބިން ބައްދާލިއެވެ. އިފާން ލައިލާގެ އިސް އުފުލާލިއެވެ. އަދި ލައިލާގެ ތުންފަތުގައި މަޑުމަޑުން ބޮސްދިނެވެ. އިފާން ލައިލާ އުފުލާލައިގެން ގޮސް އެނދުގައި ބާއްވާލިއެވެ. އަދި ލައިލާއާ ކާރިވެލިއެވެ. ފަރުދާ އަކަށް ފަހު ފަރުދާއެއް ކެހެމުން ދިޔައެވެ.
އިފްރާގެ ބަނޑަށް މިހާރު 6 މަސް ވަނީއެވެ. އިފްރާ ލައްވާ އެއްވެސް މަސައްކަތެއް ފަރީލާ ނުކުރުވައެވެ. ޒަޔާންވެސް އެހާ ރަގަޅެވެ. ދަރިފުޅު ތޮޅޭ ނަމަ އައިސް ބަޑުގައި ފިރުމާނެ. އަބަދުވެސް ކާހިތްވާ އެއްޗިހި ހޯދާފަ ބަހައްޓާނެއެވެ. ދޭތެރެޔަކުން ލައިލާވެސް އައިސް ފޫހި ފިލުވާދީ ހަދައެވެ. އިފާން ސިފައިންގެޔަށް ވަންނަން ޓްރޭނިން އަށް ދިޔަފަހުން ވަކިން ގިނައިން ލައިލާ އާދެއެވެ. ލައިލާ އާއި އިފްރާ ވާހަކަ ދައްކަން ތިއްބާ އިފްރާ އަށް ފޯނެއް އައެވެ. އެމީހަކާ ވަރަށް ސިއްރުން ވާހަކަ ދެއްކުމަށް ފަހު ލައިލާގާތު ތިރީގައި ހުރިމީހަކަށް ދޭށޭ ކިޔާފައި ސިޓީ އުރައެއް ދިނެވެ. ލައިލާ ގޮސް އެ ހަވާލުކުރިއެވެ.
ދަންވަރު 1 ޖެހި އިރުވެސް ނުނިދިފައި ދާނިޝް އެނދުމަތާގާ ފުރޮޅި ފުރޮޅި އޮތެވެ. އެހެން އޮއްވާ ނިދުނެވެ. ކޮޓަރީގެ ހުރިހާ ލައިޓެއް ނިއްވާލައިގެން އޮތުމުން އެތަން ވަރަށް އަނދިރިއެވެ. އެއީ އިމްނާގެ ފޮޓޯތައް ފެނުމުން ހިތަށް އުދަނގޫ ވާތި މިހަރު ދަނިޝް ކަންތައް ކުރާގޮތެވެ. ނިދާފައި އޮތް ދާނިޝް އަށް ހޭލެވުނީ މީހަކު ގައިމައްޗައް ވެއްޓުމުންނެވެ. ތެޅިގެންފައި ދާނިޝް އަވަހަށް އެނދު ކާރީ އިން ސްވިޗްއަށް ފިތާލާފައި ލައިޓް ޖައްސާލިއެވެ. ފެނުނު މަންޒަރުން ދާނިޝްގެ ހިތުގެ ހިނގުން އާދަޔާހިލާފަށް ބާރުވެގެން ދިޔައެވެ. އެއްވެސް ގަސްތަކާ ނުލާ ދާނިޝްގެ ގައިމަތީ އޮތް އިމްނާގެ ގައިގަ ބާރަށް ބައްދާލެވުނެވެ. ހުވަފެނެއް ނަމަ ހޭ ނުލެވޭނެނަމައޭ ހިތަށް އެރިއެވެ. ކުއްލިޔަކަށް އިމްނާ ރުޅިއައިސްފައި ކޮޅަށް ދެތުވިއެވެ. ތެދުވުމާއެކު ކޮޓަރި ތެރެޔަށް ބަލާލެވުނެވެ. މުޅި ކޮޓަރީ ފާރުގައި ތައްކޮށްފައިވާ އިމްނާގެ ފޮޓޯތަކާއި މެސެޖްތައް ފެނުމުން އިމްނާގެ ދެލޯ ބޮޑުވިއެވެ. އިމްނާ މާލެ އައި ދުވަހުން ފެށިގެން އެކި ދުވަސް ދުވަހު ނަގާފައިވާ ފޮޓޯތަކެވެ. ދާނިޝް އާއި އިމްނާ ދިމާވުމުގެ ކުރިން ނަގާފައިވާ ފޮޓޯ ތަކެވެ. ހުރިހާ މެސެޖެއް ކިޔާ ނިމުނު އިރު އައިސްފައި ހުރި ރުޅި ފިލާ އިމްނާއަށް ރޮވުނެވެ. ހިތް އެދޭ ލޯބިވެރިޔާ ވެސް އޭނާ ދެކެ ލޯބިވާތީ އުފާވިއެވެ. އަދި ފަސް އނބުރި ދާނިޝް އާއި ދިމާލަށް ބަލާލިއެވެ. އިސްޖަހައިގެން ދާނިޝް ހުރީ ހުރިހާ ސިއްރެއް ބޭޒާރުވުމުން ލަދުގަނެފައެވެ. އިމްނާ ގޮސް ދާނިޝްގެ ކުރިމަތީގައި ހުއްޓުނެވެ. ދާނިޝް އެނދުން ތެދުވެގެން ނުކުންނަން ހިންގައި ގަތެވެ. އިމްނާ ދާނިޝްގެ އަތުގައި ހިފާލިއެވެ. ” އިނާ ކިހިނެއްތަ މިތަނަށް ވަނީ؟ ” ދާނިޝް ސުވާލު ކުރީ ފަސް އެނބުރި ބަލާވެސް ނުލައެވެ. ” ދާން އަށް މިވަތުގު އެންމެ މުހިންމީ އެކަންތަ؟” އިމްނާ އަހާލީ ދާނިޝްގެ ކުރިމައްޗަށް އެރުމަށް ފަހުއެވެ. ” އަހަރެންގެ ގެޔަށް ވަންގޮތެއް އެނގެންވާނެ ދޯ އަހަންނަށް” ދާނިޝް ބުނެލީ އިސް ޖަހައިގެން ހުރެއެވެ. ” މީ ގޭގައިވާ ހުރިހާ އެއްޗަކަށް އަހަރެންގެ ބާރު ހިނގާނެ! ދެން ދާން ބުނެބަލަ އަހަރެން ކާރީ ބުނަން ބޭނުންވެގެން އުޅޭ ވާހަކަ” އިމްނާ ބުނެލީ ދާނިޝްގެ ދަތްދޮޅީގައި ހިފާ އިސް އުފުލާލަމުންނެވެ. ދާނިޝްއަށް އިމްނާގެ ލޮލަށް ގެއްލިފައި ހުރެވުނީއެވެ. އިމްނާ ދާނިޝް އާއި ކާރިވެލިއެވެ. އަދި ކަރުގައި ދެ އަތް ވަށާލިއެވެ. ދާނިޝްއަށް އިމްނާގެ އަތަށް ބަލާލެވުނެވެ. އިމްނާ ދާނިޝްގެ ތުންފަތުގައި ބޮސްދިނެވެ. ” އައި ލަވްޔޫ ޓޫ ދާން ” އިމްނާ ދާނިޝްގެ ގައިގަ ބައްދާލިއެވެ. ދާނިޝްވެސް އިމްނާ ގަޔާލާ ފިއްތާލިއެވެ. ” އަހަރެން ނުބުނަމެއްނު އައި ލަވް ޔޫ އެކޭ؟ ދެން އައިލަވްޔޫ ޓޫ އޭ ތިބުނީ ޔޯ؟ ދާނިޝް ސުވާލުކުރިއެވެ. ” އެއީ ދާން ތީ ވަރަށް ފިނޑި މީހެއް އަމިއްލަ ކޮޓަރީ ފާރުގަ ލިޔާއިރުވެސް ނުކެރޭ އަހަރެން ކާރީ ބުނާކަށް ދެން އަހަރެންތާ ޖެހޭނީ ބުނަން” އިމްނާ ބުނެލިއެވެ. ” އަހަރެން ފިނޑިނޫންކަން ދައްކަންތަ ؟” ދާނިޝް އިމްނާގެ ތުންފަތުގައި ކިސްކޮށްލިއެވެ. ” އައި ލަވް ޔޫ ސޯމަޗް ބޭބީ ” ދާނިޝް އިމްނާ އުރާލިއެވެ. އިމްނާ ގޮވައިގެން ގޮސް ދާނިޝް އެނދުގައި ބޭއްވިއެވެ. އަދި ދުރަށް ޖެހިލާފައި ގޮސް ކުޑަކުޑަ ރިމޯރޓެއް ނަގާލިއެވެ. ” އިނާ ލުކްއެޓް ދި ކާރޓެއިންސް ” ތިރިޔަށް ވެއްޓުނު ކާރޓެއިން އަށް އިމްނާބަލާލިއެވެ. އޭގައި އިނީ އިމްނާ އާއި ދާނިޝް ކުރީ ދުވަހު ސޯފާއަށް ވެއްޓުނު ގަޑީގައި އިފްރާ ނެގި ފޮޓޯ ޕްރިންޓްކޮށްފައެވެ. ” ދާން އެ ފޮޓޯ ހާދަ ރީއްޗޭ ދޯ” އިމްނާ ދާނިޝް އާއި ދިމާލށް އެބުރުނެވެ.
ދާން އަށް ފިހާރަޔަކުން ފެނިގެން ހިތުގައި އެޅީ އަހަރެންނޭ ބުނި ނަމަ އަހަރެން ލިބުނުތާ ކޮން ދުވަހެއް! އެރޭ ދާން ދިޔުމުން ދޮންބެ ބުނީ މިހާދު މެރީ ކުރި ވާހަކަ އައިވޯޒް ސޯ ހެޕީ އެހެންވެ ގުޅީ ފޯނު ނުނެގީމަ އައީވެސް ލޯބިވާ ވާހަކަ ބުނަން އެކަމަކު އަހަރެންމީ މުހިންމު މީހެއް ނޫނޭ ބުނީމާ އަހަރެން ދެރަވެގެން ދިޔައީ ދިޔަގޮތަށް ގޮސް އަނެއްދުވަހު ހޮސްޕިޓަލުގައި އޮވެފައި ދާން އާ ދުރަށްދާންވެގެން އަހަރެން ދިޔައީ މެލޭއަށް އެތާ މިހާދުވަސް ހޭދަކުރެވުނު ގޮތެއްވެސް ނޭގުނު ލައި ގެ ވެޑިން ފޮޓޯތަށް އިއްޔެ އަހަރެންނަށް އިފްރާ ފޮނުވި ދާން ފެނުމުން ހަމަ ދެކެލާހިތުން ކެތް ނުވެގެން އައީ ހަމަ އެކަނި ދެކިލާފަދާންވެގެން އައީ އިފްރާ އަތުގައި އޮތް މިގޭ ކީޓެގް ހޯދައިގެން ސިއްރުން ވަނީވެސް އެހެންވެ. އެކަމަކު އަހަރެން އެތާ އޮތް ދާންގެ ބޫޓުގައި އަޅައިގެންފައި ވެއްޓުނީ! ބަޓް އައިނެވާރ އެކްސްޕެކްޓެޑް ދެޓް ޓައިޕް އޮފް އަ ހަގް. އިޓް ވޯޒް ހަމަ ބެސްޓް ފީލިންގްސް. އެންޑް ނަސީބެއްނު މިރޭވެސް މި ރޫމަށް އާދެވުނުކަން. އެރޭ ފުރަތަމަ ފަހަރަށް ހޮސްޕިޓަލަށް ދިޔައީމެއްނު އެރޭ ވެސް އަހަރެންގެ ލޮލުގަ އަޅައިގަތް ބަޓް ޑިނާރ އިން ދިމާވެގެން ލޯޔަރ ދާނިޝްކަން އެނގުމުން އަހަރެންނަށް ވަރަށް ހާއްސަވި ދެން އައި ފެލް އިން ލަވް ވިތް ޔޫ އެރޭ ބައްޕަ މިހާދުއާ މެރީ ކުރާވާހަކަ ދެއްކި ނަމަވެސް އަހަރެން އިނީ ދާން ހުއްޓަސް އަހަރެން ދާންދެކެ ލޯބިވާ ވާހަކަ ބުނަންވެގެން ވަރަށް ރެޑީވެގެން” އިމްނާގެ ވާހަކަ އިވުމުން ދާނިޝް އުފާވިއެވެ. ” އެހާ ހިތްވަރު ގަދަ ތަ ހަމަ ” ދާނިޝް އަހާލިއެވެ. ” ދުރުގާ އުޅެވޭ ވަރަށް ވުރެން މާ ބޮޑަށް ލޯބިވެވުނީ އެހެންވެ އަހަރެން ހުރީ ވަރަށް ހިތްވަރުކުރަން ވެގެން ” އިމްނާ ދާނިޝްގެ އަތުގައި ހިފާލިއެވެ.
” އިނާ އަހަރެންގެ އެކަނިވެރި ހަޔާތުގައި އަހަރެންގެ ބައިވެރިޔަކަށް ވެދޭނަންތަ ” ދާނިޝް އަހާލީ ވަރަށް ލޯބިންނެވެ.
” އުފް ދާން! އަހަރެން މޮޔަވެދާނެ! އަހަރެން މީ ހަމަ މިހާރުވެސް ދާންގެ ބައިވެރިޔާއޭ ” އިމްނާ ބުނެލީ ދާނިޝްގެ މޭގައި ބޯ އަޅާލަމުންނެވެ.
ދެމީހުން އެހެން އެތައް އިރަކު މާ ފޮޅުވަން ތިއްބެވެ. އެންމެފަހުން ދެމީހުންނަށް ވެސް ނިދުނެވެ.
ހެނދުނު މީހަކު އައިސް މާވަރަކަށް ބެލް ޖަހާތީ ދާނިޝް އަށް ހޭލެވުނެވެ. ކައިރީގައި ލޯބިން ނިދާލާފައި އޮތް އިމްނާގެ ނިތްކުރީގައި ބޮސް ދިނުމަށްފަހު ދާނިޝް ތެދުވެގެން ގޮސް ދޮރު ހުޅުވާލިއެވެ. ފެނުނު މަންޒަރުން ދާނިޝްގެ ދެލޯ ބަޑުވެގެން ދިޔައެވެ. އިފްރާ އާއި ޒަޔާން ވަދެގެން އައިސް އިށީނެވެ. ދާނިޝް ކޮފީއެއް ހަދަން ބަދިގެޔަށް ދިޔަ ގަޑީގައި އިފްރާ ފާހާނާޔަކަށް ދާންވެގެން ގޮސް ދާނިޝްގެ ރޫމަށްވަނެވެ. އެނދުމަތީގައި ނިދާފައި އޮތް އަންހެން ކުއްޖާ ފެނުމުން އިފްރާ ގާތަށް ވަރަށް ރުޅިއައެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.

Mi part VX varah reethi Masha Allah 💗
Ummeedhu kuran next part varah avahah kiyaalan libeyne kamah
Ifraa vaahaka ge author akee nadhoo ehnu.ekam mi part mi iny cutyyy ge namuga.hama suvaalu ufedhey kamei v ma buneli
Rifoo thihaa loabi vaathy hama shukuriyya…
alhuganduves mi iny hama hairaanvefa ehen id akun vaahaka aisfa inyma alhugandu iyye vaahaka up kohfa 14 vana part aha comment ves kurin up kuri vaahaka but mihaaru vefa mi in gotheh neygey
Aww 😍..vv reethi mi part vs maasha Allah ❤️.. unmeedhu kuran next part vs avahah kiyaalan libeyne kamah 😊
Thank U ifoo,
varaha avaha up kureveytho balaanan
Mi part vex varha reethi Masha Allah ❤️
Unmeedhu kuran next part kiyaalan libeeney kama
Nadhoo sis ge vaahaka libuneema varha ufaaveje
Lysm nadhoo sis
imko thank you so so much vaahaka libeyne kiyalan varah avaha
Alheyyyyy haadha reechey mi part ves..Masha Allah
keep the good work👏❤️ Nadhoo💙
Lai thank you so so so much love