އިފްރާ 12
” އެ ނަސީބު ވެރިޔަކީ ކާކު ބާ؟” ދާނިޝް އަހާލިއެވެ.
” އަދި ނުބުނެވޭނެ. އެކަމް ދާނިޝް ކާރީ އެންމެ ފުރަތަމަ ވެސް ބުނާނީ” އިމްނާ ހީލާފައި ބުންޏެވެ.
” އޯކޭ ” ދާނިޝް ފޯނަށް މެސެޖެއް އައުމުން ބަލާލިއެވެ. އިރުކޮޅަކުން ފޯނަށް ގެއްލިފައި ހުންނަން ފެށުމުން އިމްނާގެ ހިތަށް އުނދަގޫ ވިއެވެ. ” ކޯޗެއް ބަލާފައި މާ ވަރަކަށް ތި ހެނީ ” އެންމެ ފަހުން އިމްނާ އަހާލިއެވެ.
” އެއީ އަހަރެންނަށް މާލޭ ފިހާރަޔަކުން ފެނުނު މަންޖެއެއް އެ މަންޖެ ރީތި ކަމުން އަހަރެން އޭނާގެ ވަރަށް ގިނަ ފޮޓޯ ނެގިން އޭގެ ފަހުން އަހަރެންގެ ރޭގަނޑުގެ ނިދި ފިލާ ދިޔަ މުޅި މާލޭގަ ދުއްވިން އެއް ފިހާރައިން އަނެއް ފިހާރަޔަށް ފެނޭތޯ އެކަމަކު ނުފެނުނު. ދެން ފެނުނީ އެއްރޭ މަގުމަތިން އެފަހުން ހަމަ އެހެން ކަމަކާ ނުވިސްނޭ ހުވަފެނުގަވެސް ފެނޭ. ހީވަނީ އަހަރެން ޖިންނި މޮޔަވީހެންނެވެ.” އެންމެ ފަހުން ބުނި އެތިން އިމްނާ އަށް ހެވުނު ނަމަވެސް އޭނާގެ ހިތުގައި ރިއްސާލިއެވެ.
” ދާނިޝް ހިންގާބަލަ މިރޭ ބައްޕަމެންނާ މީޓްކޮށްލަން ” އިމްނާ އެދުނެވެ.
” ތެންކިޔު ފޯ އިންވައިޓިން މިރޭ އެބައޮތް ވަރަށް ހާއްސަ ކަމެއް ދޮންތި އާ އެކު އެ ގެޔަށް ދާން މި އުޅެނީ” ދާނިޝް ޖަވާބު ދިނެވެ.
” އަހަރެން ދިޔަސް އޯކޭތަ އަހަރެން މިއަދު އޮފް ވީމާ ވަރަށް ފޫހިވާނެ. އެ ނޫނަސް އައި ލައިކް ޔޯ ކޮމްޕެނީ” އިމްނާ އަހާލުމުން ދާނިޝް ބޯޖަހާލާފައި ހީލިއެވެ.
” ދާނިޝް ދުވަހަކުވެސް އަންހެން ކުއްޖަކު ބުނިތަ ދާނިޝްގެ ސްމައިލް ވަރަށް ރީއްޗޭ”
” އިމްކޮއަށް އަހަރެންގެ ސްމައިލް ރީތިވީމާ ބުނާނީ ރީތިވެއްޖޭ މީހަކު ބުނިތޯ ބަލާނީ އެއް ނޫން” ދާނިޝް ހީލާފައި ބުންޏެވެ.
” ހޫމް އަހަރެންނަށް ދާނިޝްގެ ސްމައިލް ވަރަށް ރީތި ދާނިޝްވެސް ވަރަށް ހޮޓް އުފް ތި ދެލޯ ” އިމްނާ އިންތަނުން ތެދުވަމުން ބުނެލިއެވެ.
” ދެން އަހަރެން ދެކެ އެއްނޫން އިންގޭ ލައިކްވާނީ” ދާނިޝްވެސް ތެދުވަމުން ބުނެލިއެވެ.
” ކޮބާ މައްސަލަޔަކީ އަހރެން ހުސް ދާނިޝް ވެސް ހުސް އެންޑް އަހަރެމެން މިތިބީ ތަސައްރަފު ފުދިފަ އިމްނާ ދާނިޝް އާ ކާރިވެލާފައި ދާނިޝްގެ ލޮލަށް ބަލާލަމުން ބުންޏެވެ.
ދާނިޝް އަކަށް އެއްވެސް އެއްޗެކޭ ނުބުނެވުނެވެ. ދުލުގައި ކަސްތޮޅު އެޅުވުނު ކަހަލަ އަތްފައި ފިނިވެގެން ދިޔައެވެ. އިމްނާ ދާނިޝްގެ ކޮލުގައި މަޑުމަޑުން ފިރުމާލިއެވެ. ދާނިޝް ދިޔައީ ސިއްސައިގެންނެވެ.
” ސާބަސް! ދާން! ތީ ހަމަ އެ ގަދަ ފަދަ ލޯޔަރު ތަ އަންހެން ކުއްޖަކު ކާރިވުމުން ތިހާ ފިނި ތިވީ” އިމްނާ ދާނިޝް އާ ދިމާކޮށްލިއެވެ.
” ދާން އޭ! އަދި ދުވަހަކުވެސް މީހަކު ތިހެން ނުކިޔާ ބަޓް ޔޫ ކޭން ކޯލްމީ ”
” ހިނގާ ބަލަ ފިހާރަޔަކަށް ދޮންތަޔަށް ދޭން އެއްޗެއް ގަންނަން” އިމްނާ ބުނެލިއެވެ.
ދެމީހުން ފިހާރަޔަށް ވަދެ ވަރަށް ސާމާން ގަތެވެ. ނިމިގެން މާލެ ދިޔައެވެ.
“ރެޑި ވެގެން ހުންނާތި އަންނާނަން ބަލާ” ދާނިޝް ބުނެލީ އިމްނާ ގެޔާ ދިމާލަށް މިސްރާބު ޖެހުމުންނެވެ.
ޒަޔާން އެހެން ބުނުމުން އިމްނާ ވަރަށް އުފާވިއެވެ.
8 ޖަހަން އުޅެނިކޮށް އެންމެން އެކީ ގޮސް އިފްރާގެ ގެޔަށް ވަނެވެ. ޓަކި ޖެހުމުން ދޮރު ހުޅުވާލި އިފާންގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ.
” އިފްރާ ، ޒަޔާން” އިފާން އަށް ގޮވާލެވުނެވެ.
އިފްރާމެންނާ އެކު ލައިލާވެސް ވަނެވެ.
” އަދޭ ދާދު މިރޭ ގާރލްފަރެނޑް ވެސް ގޮވައިގެން ތަ” އިފާން އެހެން ބުނުމުން ދާނިޝް ލަދުން ހަލާކު ނުވީ ކިރިޔާއެވެ. ” ދޮންބެވެސް ދެން ދައްކާ ވާހަކަ ދޯ ޒަޔާންބެގެ ކަޒިން އެކޭ އެއީ” ދާނިޝް އަވަސް އަވަހަށް ބުނެލިއެވެ.
” ނޭގޭނެއެއްނު ހަވީރު ފެނުނު ވީއްޔާ ހުޅުމާލެއިން ވެސް ދެމީހުން ސައިކުގަ ޝޮޕިންކޮށްގެން ދަނިކޮށް” އިފާން އެހެން ބުނުމުން ދާނިޝް އަދި ވަކިން ލަދު ގަތެވެ.
” ތެދެއް މިހާ އަވަހަށް އެ ހިސާބަށް ފޮނުވާލީ” ޒަޔާންވެސް ދާނިޝް އާ ދިމާކޮށްލިއެވެ.
އެންމެން ގޮސް ސޯފާގައި އިށީނެވެ. އިފާން ގޮސް އޭނާގެ ރުމަށް ވަނެވެ. ފަހަތުން އިފްރާ ވެސް ގޮސް ވަނެވެ.
” ދޮންބޭ ” އިފްރާ ގޮވާލިއެވެ. އިފްރާ ގޮވާލުމުން އިފާން ފަހަތަށް ބަލާލިއެވެ. އިފްރާ އައިސް އިފާންގެ ކައިރީ ހުއްޓުނެވެ. އިފްރާ ވަށައިގެން އެރޫމަށް ބަލާލިއެވެ. އެ ރޫމް އިފްރާ އަށް ވަރަށް ރީތި ވިއެވެ. އައިސް ބްލޫ އެންޑް ރޯޔަލް ބްލޫއިން ހުރިހާއެއްޗެއްވެސް ހުރުމުން ވަރަށް ރީއްޗެވެ. ” އަދި އަލަށް ދޯ ދޮންބެގެ ރޫމަށް މި އާދެވުނީ މި ރޫމް ހާދަ ރީއްޗޭ” އިފްރާ އަށް ބުނެވުނެވެ.
” އިފޫ އިށީންދެބަލަ އެހާ ގިންއިރު ނާވާނެ ކޮޅަށް ހުންނާކަށް ” އިފާން އަށް ބުނެވުނެވެ. ” ދޮންބޭ ކީއްވެ ނުބުނީ މެރީ ކުރަން އުޅޭވާހަކަ އަހަރެން މީ ހަމަ އެހާ ދުރު މީހެއްތަ؟” އިފްރާ އަށް ރޮވުނެވެ.
“ނޫން ތިހެން ނުބުނޭ އެންމެ ފުރަތަމަ ވެސް ބޭނުންވީ ބުނަން އިފޫ ކާރީގަ އެކަމަކު އަހަރެންނަށް ނުކެރުނީ” އިފާން ބުނީ ދެރަވެފައެވެ. ” ދެން މިހާރު ބުނެބަލަ އަހަރެންގެ ބެސްޓް ފްރެންޑާ މެރީ ކުރަން އުޅޭ ވާހަކަ” އިފްރާ ލާނެތް ފާޑަކަށް ބުނެލިއެވެ. ” ވަޓް! އަސްލުވެސްތަ އިފޫގެ ބެސްޓީ އަކީ ލައި ތަ؟ ” އިފާން އަށް އަހާލެވުނެވެ. އިފްރާ ބޯ ޖަހާލިއެވެ. އަދި އެދެމީހުންގެ އެންމެ ކުރީގެ ފޮޓޯތައްވެސް ދެއްކިއެވެ.
” ދޮންބެ އިފޫ ޕްރެގް އޭ…. ދޮންބެ އަންކަލް އަކަށް ވަނީ އޭ” އިފްރާ އުފާވެލާފައި ބުންޏެވެ.
” އިފޫ ތި އުޅެނީ އުފާލުގައިތަ؟ ނޫނީ ދޮންބެޔަށް ދައްކަނީތަ އުފަލުގައި އުޅޭކަން ”
” ނޫން ދޮންބޭ އަހަރެން މެރީ ކުރީ ކުރާ ހިތަކުން ނޫން އެކަމަކު ޒަޔާން ވަރަށް ރަގަޅު އެންޑް ނައު އައި ފެލް އިން ލަވް ވިތް ހިމް ވަރަށް ވަރަށް އުފަލުގައި މިއުޅެނީ ގޭ މީހުންވެސް ވަރަށް ހެޔޮ ބޭބީ ލިބެން އުޅޭތީ ވަކިން ބޮޑަށް ކެޔާރ ކުރޭ! ޒަޔާން އިޒް ދަ ބެސްޓް ހަޒްބެންޑް” އިފްރާ ހީލާފައި ބުންޏެވެ.
” ދޮންބެ ވަރަށް އުފާވެއްޖެ! ސޮރީ އިފޫގެ ނުގާބޫލުގައި ކާވެނި ކުރެވުނު އިރު ވެސް އެއްބާރުލުން ނުދެވުނީތީ” އިފާން ދެރަވެފައި ބުނެލިއެވެ.
“ދެން އެވާހަކަ ބާއްވާ ހުރިހާ ކަމެއް ވެސް ވާނީ ރަގަޅަށް އެދުވަހު ދެކޮޅު ހެދި ނަމަ އަހަރެންނަށް ޒަޔާން ނުލިބުނީހެއްނު” އިފްރާ މަޖާވެލާފައި ބުންޏެވެ.
” ދޮންބޭ އަހަރެން ދުވަހަކުވެސް ހިތަކަށް ނާރާ އަހަރެންގެ ބެސްޓް ފްރެންޑް ލޯބިވާ ކުއްޖަކީ އަހަރެންގެ ދޮންބެއަށް ވެދާނެޔޭ” އިފްރާ އެހެން ބުނެލުމުން އިފާން ހައިރާންވެފައި ބަލަން ހުއްޓެވެ.
” ލައި ބުނިތަ ކޮއްކޮ ކާރީ ޝީ ލަވްސް މީ އޭ” އިފާން އަހާލީ ވަރަށް ލަސްލަހުންނެވެ.
” ދޮންބެ ކިހިނެތް ވީ ؟ ދޮންބެއަށް އިނގެއެއްނު ލައި ލޯބިވާކަން” އިފްރާގެ ވާހަކަ އަހާފައި އިފާން ބޯހޫރާލިއެވެ.
“ތިބުނީ؟ އިފްރާއަށް އަހާލެވުނެވެ.
” މި ބުނީ އަހަރެން ލޯބިވާ ވާހަކަ ބުނި ދުވަހު ލައި ޖަވާބެއް ނުދޭ ބުނީ ލައި ބައްޕަ ބުނި މީހަކާ އޭ މެރީ ކުރާނީ ދެން ލައިގެ ބައްޕަ މެރީކުރަން ހަމަޖައްސާފައި ވަނީ އަހަރެންނާ އެހެންވެ މެރީކުރަނީ ކަމަށް ހިކުރީ އަދި ދުވަހަކުވެސް ނުބެނޭ ލައި ދޮންބެ ދެކެ ލޯބިވާ ވާހަކައެއް ” އިފާން ބުނެލީ ދެރަވެލާފައެވެ.
” އަހަރެން ކާރީ ދޮންބެ އާއެކީ ލަންކާގަ ހުރި އިރު ގުޅާފަ ބުނީ ޝީ އިޒް އިން ލަވްއޭ ކާކު ކަމެއް ނުބުނޭ! އެކަމަކު ދޭތެރެޔަކުން ބުނާނެ ވަރަށް މިސްވާ ވާހަކަ އެކަމަކު ބައްޕަގެ އެދުމާ ދެކޮޅު ހަދަން ނުކެރެނީއޭ! އިއްޔެ ގެޔަށް ގޮއްސަބުނީ އެއީ ދޮންބެ ވާހަކަ އޭ ” އިފްރާގެ ވާހަކަ އަހާފައި އިފާން އަށް ހިނިތުން ވެވުނެވެ.
” ރިއަލީ ! އެކަމަކު އަދިވެސް މަގޭ ކާރިޔަކު ނުބުނޭ ” އިފާން ބުނެލުމުން އިފްރާ ގާތަށް އައީ ނުލަފާ ހިންޏެކެވެ.
” ދޮންބޭ ހަމަ މިރޭ ބުނުވަންތަ ލައި ކާރިން ޝީ ލަވްސް ޔޫ އޭ. އެކަމަކު ދޮންބެ ޖެހޭނެ އަހަރެންގެ ޑްރާމާގައި ބައިވެރިވާން ކުޑަކޮށް ރޯން ވެސްޖެހޭނެ” އިފްރާގެ ވާހަކަ އަހާފައި އިފާންގެ ދެލޯ ބޮޑުވިއެވެ.
” ތީ ހަމަ އަހަރެންގެ މަޑުމަޑުން ހުންނަ ކޮއްކޮތަ؟ ”
” އާން ދޮންބޭ! މީ ދާދު އާ އެކީ އުޅުމުގެ ސައިޑް އިފެކްޓްސް” އިފްރާ ހީލާފައި ބުންޏެވެ.
” އައިލަވް ޔޫ ދޮންބޭ! އަހަރެންވެސް އަދި ދުވަހަކުވެސް ނުބުނަމެއްނު ” އިފާން އުފަލުން ގޮސް އިފްރާގެ ގައިގަ ބައްދާލިއެވެ. “ދޮންބެވެސް ވަރަށް ލޯބިވޭ ކޮއްކޮދެކެ”
ދެމީހުން އެކީ ނިކުމެގެން ބޭރަށް ދިޔައެވެ. ގޮސް އެންމެންގެ ކުރިމަތީ ސޯފާގައި އިށީނެވެ.
” ހިންގާ ދޯ ޑޭޓް ފައިނަލް ކުރަން ދޮންބޭ ” ދާދު ޖަވާބު ދިނެވެ.
” ނޫން ދާދު ދޮންބެ ބޭނުމެއް ނުވޭ މި ކައިވެނި ކުރާކަށް ” އިފްރާ ބުނެލީ ވަރަށް ދެރަވެލާފައެވެ. ލައިލާގެ މޫނުގެ އުފާވެރިކަން ވަގުތުން ގެއްލުނެވެ.
” އެކަމަކު ކީއްވެ” ދާދު އަހާލިއެވެ.
” ދާދު ދޮންބެ ބޭނުމެއް ނުވޭ ބައްޕަމެން ބުނެގެން މި ކައިވެނި ކޮށްގެން ލައިލާގެ ހަޔާތް ބަރުބާދު ކުރާކަށް އެހެންވެ އަމިއްލަ ހިތުގައި އަތްއަޅާލާފައި މި ނިންމުން ނިންމީ މީ ލައި ވެސް ބޭނުންވާ ގޮތް ވީމަ” އިފްރާ އިރު އިރުކޮޅުން ކަރުނަވެސް ފޮހެލައެވެ. އިފާންވެސް އިސްޖަހާލައިގެން އިނެވެ.
“ކީކޭ؟ އިފޫ ބުނީމެއްނު ދޮންބެ ލައި ދެކެ ލޯބިވާ ވާހަކަ” ޒަޔާންވެސް އަހާލީ ހާސްވެފައެވެ.
އިފްރާ ގޮސް އިފާންގެ ކައިރީގައި އިށީނެވެ. އަދި ބުރަކަށީގައި ފިރުމާލާފައި ހިތްވަރުކުރުމަށް ބުންޏެވެ. އިފާން އަށް އޭނާގެ ހުނުން މައިތިރިނުވުމުން އިފްރާގެ ގައިގަ ބައްދާލާފައި ސިއްރުން ހޭންފެށިއެވެ. އެތަން ބަލަން ތިބި އެންމެން ހީކުރީ އިފާން ރޮނީ ކަމަށެވެ. ލައިލާ އިފާން ކާރިޔަށް އަންނަން ފެށުމުން ދާދު ލައިލާގެ އަތުގައި ހިފާލިއެވެ. އަދި ހުރިހާ ކަމެއްވެސް ދެން ރަގަޅުވާނޭކަމަށް ބުންޏެވެ.
” ޒަޔާން ތީ ތދެއް ދޮންބެ ވަރަށް ލޯބިވޭ ލައި ދެކެ އެކަމަކު ލައި ލޯބި ނުވާކަން ދޮންބެޔަށް އިނގޭ އަހަރެމެން ދެމީހުން ހާ އެންމެން ނުވާނެ ލަކީ އެއް އެހެންވެ ލައި އަށް ދެރައެއް ދޭން ދޮންބެ ބޭނުމެއް ނުވޭ”
އިފްރާ އަނެއްކާވެސް ލޯ ފޮހެލިއެވެ. ” އިފޫ ދެން ތިހާ ވަރަށް ރޯކަށް ނުވާނެ ބޭބީ މެދުވެސް ވިސްނާލަބަލަ” ޒަޔާން އިރްފާ މާވަރަކަށް ރޯތީ ހިތުގައި ޖެހުނެވެ.
އެންމެ ފަހުން ލައިލާގެ ބަޑި ފަޅައިގެން ދިޔައެވެ. ލައިލާ ރޯންފެށުމުން އިފާން ލައިލާގެ ކާރިޔަށް ދިޔައެވެ. ” ލައި ދެން މީ ރޯން ވީ ވަތުތެއް ނޫނެއްނު އުފާކުރޭ ލައި ބޭނުން މީހަކާ އެކު ލައި އަށް އުޅެވޭނެ” އިފާން ބުނި އެއްޗަކުން ލައިލާގަތަށް ރުޅިއައެވެ. މާ ބޮޑަށް ދެރަވީމާ ލައިލާ ރުޅި އަރާކަން އިފްރާ އަށް ހަމަ ރަގަޅަށްވެސް އެނގެތީ އެހެން ކަންތައް ކުރުވީވެސް. ލައިލާ ރުޅިއައިސްގެން އިފާންގެ ކަންފަތް މަތީގައި ޖެހިއެވެ. ” އިފާން އަށް ދޯ އެނގެނީ އަހަރެން ބޭނުންވާ ގޮތްވެސް އަދި އަހަރެން ކަންތައް ކުރާނެ ގޮތެއްވެސް އިފާން ތީ ކާކު އަހަރެންގެ ލައިފްގެ ކަންތައް ނިންމަން ” ލައިލާ އަށް ބުނެވުނީ ވަރަށް ބާރަށެވެ.
” ލައި ބުނެބަލަ އަހަރެން މީ ލައިގެ ކާކު؟ ” އިފާން އެހެން އަހާލަމުން ލައިލާ އާއި ވަރަށް ކާރިޔަށް ޖެހިލިއެވެ. އަދި ލައިލާގެ ދެ ލޮލަށް ބަލާލިއެވެ. އަދި ދުވަހަކުވެސް އިފާން ލައިލާ އާ އެހާ ކާރި ނުވާތީ ލައިލާގެ ހިތް އަވަސް ވިއެވެ.
” ޖަވާބު ދީ ބަލަ ލައި! ނުބުނެވުނެއް ނު ދެން އަހަރެން ދަނީ” އެހެން ބުނެފައި އިފާން ދާން ފެށުމުން ލައިލާ ގެ ހިތުގައި ރިއްސާލިއެވެ. އެކަމަކުވެސް ހަމަ ހުރެވުނީއެވެ. އިފާން ނިކުންނަން ދޮރާ ކާރިވަމުން ދިޔަ ވަރަކަށް ލައިލާގެ ހިތުގައި ބިރުވެރިކަން އުފެދެން ފެށިއެވެ. އެންމެފަހުން އިފާން އަށް ބަރަކަށް ލައިލާ ގޮވާލިއެވެ. އިފާން ފަސް އެނބުރި ބަލާލިއެވެ.
” އިފާން އަހަރެން ދޫކޮށްލާފަ ނުދޭ! އަ އި ލަވްޔޫ ސޯމަޗް” ލައިލާގެ ޖަވާބު އިވުމުން އެތާ ތިބި އެންމެންގެ މޫނުމަތިން އުފާވެރިކަން ފެނުނެވެ. ދާދުއަށް އިމްނާ އާ ދިމާލަށް ބަލާލެވުނެވެ.
ލައިލާގެ ޖަވާބު އިވުމުން އިފާން ހީލާފައި އޭނާގެ ދެއަތް ފޭކޮށްލިއެވެ. ވަގުތުން ގޮސް އިފާންގެ އަތުތެރެޔަށް ވަނުމަށް ލައިލާ ބޭނުންވިއެވެ ނަމަވެސް އެތާ އެހެން މިހުން ތިބުމުން ލައިލާ ފަސްޖެހުނެވެ.
” ކަމޯން ލައި ގޯ އެންމެން އެއް އަޑަކުން ބުނެލިއެވެ” ލައިލާ ދުވެފައި ގޮސް އިފާންގެ ގައިގަ ބައްދާލިއެވެ. އެންމެން އަތްތިލަބަޑި ޖެހިއެވެ.
” އަހަރެން ހީއެއް ނުކުރަން ދޮންބެ އެހާ މޮޅުކަމަކަށް އެކްޓްކުރަން ” ދާދު ބުނެލިއެވެ.
” މޮޅެއް ނޫން ދޮންބެއަށް ހުނުންވެސް މައިތިރިއެއް ނުކުރެވޭ އަހަރެން ގައިގަ ބައްދާލާއިގެން އޮތީ ހޭން” އިފްރާ ބުނެލިއެވެ.
” އޯލް ދިސް ވޯޒް ޑްރާމާ ތަ؟” ލައިލާ އަހާލީ ރުޅި އައިސްފައެވެ.
” ޔޭސް މަގޭ ލޯބިވާ ފަހަރީ ދޮންބެ ބުނީ ލައި އަދި ދުވަހަކުވެސް ލޯބިވާ ވާހަކައެއް ނުބުނެޔޯ އެކަމަކު އަހަރެންނަށް މާކުރިންވެސް ލައި ދޮންބެ ދެކެ ލޯބިވާކަން އިނގޭ ވީއްޔާ އެހެންވެ އެހެން ބުނުވަން ވެގެން މި ޑްރާމާ ކުޅުނީ” އިފްރާ މަޖާވެލާފައި ބުނި ގޮތުން ޒަޔާން ބޯހޫރާލިއެވެ.
“އަހަރެން ކާރީވެސް ބުނެލި ނަމަ އަހަރެން ހާދަ ހާސްވިއޭ އިފޫ އެހާވަރަށް ރުއީމަ އެކަމަކުވެސް މޮޅު އިނގޭ އެކްޓް ކުރަން” ޒަޔާން ބުނެލީ ބޮލުގައި ހިފާލާފައެވެ.
” ބޭބެޔާ ކޮއްކޮ ގުޅުވާދިނީމަ މާ ކަޑައެއް ނު” ލައިލާ ބުނެލުމުން އިފާން އާއި އިފްރާ އެކީ ލައިލާގެ ގައިގަ ބައްދާލިއެވެ.
” ތެންކިޔު ލައި ފޯރ އޯލް ދިސް ތީ ހަމަ އަހަރެންގެ ބެސްޓް ފްރެންޑް އަދި ބެސްޓް ވާން އުޅޭ ދޮންބެ ދައްތަ” އިފްރާ ބުނެލިއެވެ.
” ސޮރީ ދޮންބޭ” އިފްރާ ބުނެލުމުން އިފާން ހައިރާން ވެގެން ބަލާލިއެވެ.
” ކަންފަތް މަތީ ޖެހި އެތި ފަހަރު….އިޓް ވޯޒް ނޮޓް މައި ޕްލޭން ” އިފްރާ ބުނެލި އެއްޗަކުން އިފާން ކޮލުގައި އަތްޖައްސާލިއެވެ. އަދި ލައިލާ ލަދުން އިސްޖަހާލިއެވެ.
އެންމެން މަޖާކޮށްކޮށް ތިބެ ޕިއްޒާ ކައި ޑޭޓް ފައިނަލް ކޮށް ކުލަވެސް ފައިނަލް ކުރިއެވެ. އިފްރާ ހީވަނީ އުފަލުން މޮޔަވެދާނެހެންނެވެ.
އިފްރާ އަށް ގެއްލިފައިން ޒަޔާން ފެނުމުން އިފާން ގޮސް ޒަޔާންގެ ކައިރީގައި މަޑޮކޮށްލިއެވެ.
” ތެންކިޔު ސޯ މަޗް އަހަރެންގެ ކޮއްކޮ ދެކެ ތި ހާ ލޯބިވާތީ! އިފްރާ ބުނީ ތީ ހަމަ ބެސްޓް އޭ” އިފާން ޒަޔާންގެ ގައިގަ ބައްދާލިއެވެ.
އެންމެން އެހެން ސަކަރާތް ޖަހަން ތިއްބާ އެކެއް ޖެހިއެވެ.
” އިމްކޮ 1 ޖެހީ އޭ މަންމަމެން ހޯދާނެ އެއްނު” ދާނިޝް ބުނެލިއެވެ.
” ނޫން އަހަރެން މެސެޖް ކުރިން ބުނިން ލަސްވާނޭ މަންމަމެން ނިދާށޭ ” އިމްނާ ހީލާފައި ބުނެލިއެވެ.
” ހިންގާ ދާން އަހަރެން ޑޮރޮޕްކޮށްލަދޭނަން މާދަމާ އަހަރެންގެ އެބަ ޖެހޭ ކޯޓަށްދާންވެސް ފަހު ދުވަސް ޝަރީއަތުގެ 10 ޖަހާއިރަށް ދާންޖެހޭ ” ދާނިޝް ބުނެލީ އިމްނާ ކާރީގައެވެ.
” ދާދު ލައިވެސް ޑްރޮޕްކޮށްލަދީ އަހަރެމެން މިރޭ މިގޭގަ ތިބޭނީ ދޯ ޒަޔާން؟” އިފޫގެ ކޮންމެ އުފަލަކަށް މަރުހަބާ ކިޔާނަން އަބަދުވެސް ޒަޔާން އިފްރާގެ އަތުގައި ލޯބިން ހިފާލިއެވެ. ” ދާދު ލައި ގެންދާނީ އަހަރެން ” އިފާން ބުނެލިއެވެ.
ދާނިޝް ކާރުގަ އިމްނާ ގޮވައިގެން ގެޔާ ދިމާލަށް މިސްރާބު ޖެހިއެވެ.
” ތެންކިޔު ދާން އަހަރެން ވަރަށް އުފާވެއްޖެ މިރޭ ވަރަށް ދުވަހަށް ފަހު މިހާ މަޖާ މިކުރެވުނީ” އިމްނާ ބުނެލިއެވެ.
” އިމްކޮ އުފާވީމާ އަހަރެންވެސް އުފާވެއްޖެ ” ދާނިޝް ވެސް ބުނެލިއެވެ.
ގެޔާ ހަމަޔަށް ދެވުމުން މަޑުކުރަން ބުނެފައި ދާނިޝް ގޮސް ދޮރު ހުޅުވާލަދިނެވެ. އިމްނާ ފައިބަން ދޮރު ހުޅުވާލަ ދިނުމުން އިމްނާ ވަރަށް އުފާވިއެވެ.
” ބެސްޓް އޮފް ލަކް މާދަމާ ކޭސް އަށް ވިން ވެއްޖެނަމަ އަހަރެން ދޭނަން ޓްރީޓެއް” އިމްނާ ބުނެލިއެވެ. “ތެންކިޔު ތި ލިބުނީ އިތުރު ހިތްވަރެއް މޮޅުވާން” ދާނިޝް ހީލާމުން ކާރަށް އަރާ ދުއްވާލިއެވެ.
ދާނިޝް ގެ ކާރު ގޮސް ލޮލުކޮޅަށް ގެއްލެންދެން އިމްނާއަށް ބަލަން ހުރެވުނެވެ.
އިމްނާ އަށް ދާނިޝްދެކެ ލޯބިވެވިއްޖެކަން އިމްނާއަށް ގަބޫލުކުރެވުނެވެ. ނަމަވެސް ބައްޕަކާރީ އެވާހަކަ ދައްކާނީ ކިހިނެތް ހެއްޔެވެ؟ އިމްނާގެ ހިތަށް ތަދުވިއެވެ.
ޒަޔާން ގެ އަތުގައި ހިފާލައިގެން ގޮސް އިފްރާ އޭނާގެ ކޮޓަރިއަށް ވަނެވެ. ހުސް ހުދުކުލައިން ޒީނަތްތެރި ކުރެވެވިފައިވާ ތަނަވަސް ކޮޓަރިއެކެވެ. ކޮޓަރީގެ އެއް ފާރުގައި އިފްރާ ނަގާފައިވާ ފޮޓޯތަކެވެ.
” އިފޫ މި ފޮޓޯތަށް ހާދަ ރީއްޗޭ ” ޒަޔާން ބުނެލީ އިފްރާ ގައިގަ ބައްދާލަމުންނެވެ.
” ޒަޔާން އަހަރެން ދުވަހަކުވެސް މީހެއްގެ ފޮޓޯއެއް ނުނަގަން އަހަރެން ލައިކް ވަނީ ގުދުރަތީ މަންޒަރުތައް ފޮޓޯ ނަގަން ” އިފްރާ ބުނުމުން ޒަޔާން ފާޑަކަށް ބަލަން ހުރީ ޒަޔާން އަށް އެކަން އެނގޭތީއެވެ.
” އަހަރެންނަށް އިނގޭ ތިކަން” ޒަޔާން ބުނެލީ އިފްރާގެ ނޭފަތުގައި ހިފާލާފައެވެ.
” އެކަމަކު އަހަރެން މީހެއްގެ ފޮޓޯނެގިން އެ ފޮޓޯތައް ވަރަށް ރީތި ބަލާލާ ކޮންމެ ފަހަރަކު އަހަރެންގެ ހިތުގެ ތެޅުން އަވަސްވޭ! ޒަޔާން ރުޅި ނައަންނައްޗޭ! ހަމަ ހޮޓްކަމުން ފޮޓޯތައް ނެގީ ބޭނުންތަ ބަލަން؟ ” އިފްރާ އަހާލުމުން ޒަޔާން މަޑުމަޑުން ބޯ ޖަހާލިއެވެ. އިފްރާ ގޮސް ތަޅުލާފައިން އޭނާގެ ކަބަޑު ހުޅުވިއެވެ. އަދި އޭފޯ ސައިޒަށްވުރެން ވެސް ބޮޑު ސިޓީ އުރައެއް ނަގައިގެން އައިސް އެނދުމަތީ އިށީނެވެ. އިފްރާ އެ ފޮތޯތައް ނަގާ އެނދުމަތީގައި ރާވާލިއެވެ. އެ ފޮޓޯތައް ފެނުމުން ޒަޔާންގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
17 Comments!
Comments are closed.

Aww vrh salhi 🥰🥰
awnn thank you so much eh dhuvahun enah dhuvaha comments gina vaathy ufaavey. 13 vana part submit kohfin
Woww just wowwww😍 mivareh next …Hama one of the best vaahaka❤️
Keep it up nadhoo
omg! Lai Thank you for the cute comment. varah happy vejje. 13 th vana part submited
Awe so cute ❣️😍 mi part vex varha reethi Masha Allah ❤️
Unmeedhu kuran next part kiyaalan libeeney kama
much love from me imko….13 vana part submited
Aww 😍..vv reethi mi part vs maasha Allah ❤️.. unmeedhu kuran next part vs avahah kiyaalan libeyne kamah 😊
inthizaaruge nimun goheh nuvaane yageenun ves. 13th vana part submited
Aww 😍😊 mi bai vx varah reethi Masha Allah 💗💕❤️💕 ummeedhu kuran next part vx varah avahah kiyaalan libeyne kamah.adhi vx ehfaharu mi bai varah reethi 💗❤️💕.. love you so much nadhoo
love you more rifoo, already submited 13 vana part varah avaha libeyne kiyaalan.
Kaaku ge photo thakeh baaa.. So curious 😭
I guess zayaan ge kanne. Maybe office ga ulhemun sirrun photo nagaafa kamah…
awnn… kaakuge foto thaketha ehaa foruvai gen e gen gulhuni dho? 13 vana part submit kohfin
Vrh salhi nadhoo mi vhk….waiting for part 13…e vaahakaiga ulhey imko, ifoo,lai dhw mi ulheny🥰😀
Thank you for reading my story. aslu ifoo and imko ah mi vaahaka haahsa kohfa liyuni and lai ge name ei ham ihthifaageh
Yaa… Veydhaane zayaan ge kamehh… Dhnnn letss seee..
Kuryge loabiveriyaa ah ves vedhaane….aslu zayaan aai marry kury bahpa bunegen so maybe kurin bf eh huredhaane…. can’t wait for next part