Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިފްރާ 11

Nadhoo
Nadhoo Level 1
December 5, 2023 5 Mins Read
13 Comments

ކާރުން ފައިބައިގެން ދަމުން ގަސްތުގައި އިމްނާ ދިޔައީ ކާރުގައި އޮތް ޒަޔާންގެ ގަޑި ހިފައިގެންނެވެ. ގޮސް ގޭތެރެޔަށް ވަދެ އިމްނާ ޒަޔާން އަށް ގުޅާލިއެވެ. އަދި ދާނިޝްގެ ނަންބަރު ދިނުމަށް އެދުނެވެ. އޮޅިގެން ކާރުގައި އިން ގަޑި ހިފައިގެން ކަމުގައި ބުންޏެވެ. ޒަޔާން އަވަހަށް ނަންބަރު ދިނެވެ. ” ހެއި އިމްނާ އޭ އޮޅިގެން ދާނިޝްގެ ގަޑި ހިފައިގެން މި އާދެވުނީ” ބާއްވާ އަހަރެންގެ ހަނދާނަކަށް” ދާނިޝް ވަރަށް މަޑުމަޑުން ބުނެލިއެވެ.

” އެ ކީއްވެ ދެން ދިމާ ނުވާނީ ތަ؟” އިމްނާ އަހާލިއެވެ.

” އެހެންނެއް ނޫން ދެން މާލެ އަކީ ކުޑަ ތަނެއް ހަމަ ދިމާވެދާނެ” ދާނިޝް ބުނެލިއެވެ.

ޒަޔާން އާއި އިފްރާ ވަރަށް އުފަލުގައި އުޅެމުން ދިޔައެވެ. ޒަޔާންގެ މަންމައަށް ވެގެން ވާނަމަ އިފްރާ ބާއްވާނީ އެނދުމަތިކޮށްފައެވެ. ލިބެން އުޅޭ ދަރިފުޅަށްޓަކާ ޒަޔާން ކޮޓަރިއެއް ރެޑީ ކުރަން ނިންމިއެވެ. ޒަޔާންމެން ކޮޓަރި ތެރެއިން ވަދެވޭ ގޮތަށެވެ. މަސައްކަތް ކުރާއިރު ހިރަފުސް ވާނެތީ ޒަޔާން އިފްރާ ބަދަލު ކުރީ ތިރީ ރޫމަކަށެވެ.

“މަންމާ ގުޅާފައި ބުނިންތަ މަންމަމެން ކާރީ އަހަރެން ބަނޑުބޮޑު ވާހަކަ؟” އިފްރާ އަހާލީ ދެރަވެފައެވެ.

” ލައްބަ މަންމަ އެރޭ އެގެޔަށް ގޮސް ބުނީވެސް އެންމެން ތިބި ކިހިނެތްވީ ދަރިފުޅާ؟ ” ޒަޔާންގެ މަންމަ އަހާލީ ހައިރާން ވެފައެވެ.

” މިހާރު އެފަހުން ހަފްތާއަކަށް ވުރެން ގިނަ ދުވަސް ވެގެން ދިޔައީ އެކަކުވެސް އަހަރެންނާ ބައްދަލު ކުރަން އައީއެއް ނޫން އަދި ފޯނެއް މެސެޖެއް ކުރީއެއް ނޫން. އަހަރެންގެ މީ ހީވަނީ އާއިލާއެއް ނެތް ކުއްޖެއްހެން ” އެންމެ ފަހުން އިފްރާއަށް ރޮވުނެވެ. އިފްރާ ގެނެސް ޒަޔާންގެ މަންމަ އޭނާގެ މެޔާލާ ބޮނޑިކޮށްލިއެވެ.

” ދޮންތީ މިހިރީއެއް ނު ދޮންތިގެ ފެމެލީ” އެތެރެޔަށް ވަދެގެން އައި ދާދު ފެނުމުން ވަކިން އިފްރާ އަށް ރޮވުނެވެ. ” އަހަރެން އަ އީ އަދި ހެޕީކޮށްދޭން އެކަމަކު އަހަރެން އައުމުން ދޮންތި ރޮނީ އަހަރެން ދަނީ ދެން” ދާދު ތެދުވިއެވެ. “ނޫން މަޑު ކުރޭ ދެން ނުރޯނަން” އިފްރާ ހީލާފައި ބުންޏެވެ. އެތަން ފެނުމުން ޒަޔާންގެ މަންމަ ދިޔައެވެ.

” ދޮންތި އަހަރެން އިއްޔެ ދިޔައިން ގެޔަށް ދޮންބެ މެރީ ކުރާތީ އެންމެން އުޅެނީ އެކަމާ ބިޒީކޮށް ބޭބޭ އާއި ދައްތަ ވީ ބެންކޮކްގަ. ދޮންބެ ގެ ވާން އުޅޭ ވައިފް އަހަރެން ކާރިން ދޮންތިގެ ވާހަކަ އެހީ އަހަރެން ބުނިން ދޮންތި ޕްރެގް އޭ. ދެން އޭނާ ބުނި އޭނަ ބޭނުން ވާހަކަ ދޮންތި އާ މީޓްކުރަން ކޭން އައި ކޯލް ހާ ”

ދާދު އަހާލީ ވަރަށް މަޑުމަޑުންނެވެ.

” އަހަރެން ކާރީ އެކަކުވެސް ނުބުނޭ ދޮންބެ މެރީ ކުރަން އުޅޭ ވާހަކައެއް. އަހަރެން ހަމަ އެހާ ދުރީތަ؟ ވާން އުޅޭ ފަހަރި ވީއްޔާ އަހަރެން މީ ހުރި މީހެއްކަން އެނގިއްޖެއެއްނު. އާން ޔޫ ކޭން ކޯލް ހާ ” އިފްރާ ބުނެލީ ހިނިތުން ވެލާފައެވެ.

އިރުކޮޅެއްފަހުން ގޭގެ ބެލް ޖަހާލުމުން ވަދެގެން އައި އަންހެން ކުއްޖާ ފެނިފައި އިފްރާގެ ދެލޯ ބޮޑުވިއެވެ.

” ލައި” އިފްރާއަށް ކޮޅަށް ތެދުވެ ބައްދާލެވުނެވެ. “ވަރަށް އުފާވެއްޖެ އަހަރެންގެ ހޯދައިގެން އައީމަ” އިފްރާ އުފާވެލާފައި ބުންޏެވެ.

” އަސްލަ އަހަރެން މިގެޔަށް އައީ އެހެން މީހަކާ މީޓްކުރަން އެކަމަކު އިފޫ އާ ވެސް ދިމާވީމަ ވަރަށް އުފާވެއްޖެ” ލައިލާ ބުނީ ދާދު އާ ދިމާލަށް ބަލާލަމުންނެވެ.

” ދޮންތި ޔޫ ނޯ ހާރ؟ މީއޭ ވާން އުޅޭ ފަހަރި އަކީ؟” ދާދު ބުނި އެއްޗަކުން ދެމީހުންގެ ލޯ ވެސް ބޮޑުވެގެން ދިޔައެވެ.

” ސޯ އިފްރާ އަކީ އިފާންގެ ކޮއްކޮ ދޯ ؟”  ލައިލާ އަހާލިއެވެ.

” އަސްލު އަހަރެންނަށް އިނގޭ އިފްރާގެ ހުރިހާކަމެއް އަހަރެން ބޭނުން ވަނީ ތި ފެމެލީގެ މީހުންގެ މެދުގައި ތި އޮތް ދުރު ހިލޭކަން ނައްތާލަން އެންމެންވެސް އެކަކު އަނެކަކު ދެކެ ލޯބިވޭ އެކަމަކު އެވާހަކަ ނުވެއް ބުނެވޭ އެހާ ގުޅުން ކުޑަވީމައެއް އަހަރެން ބޭނުން އަހަރެންގެ ކާވެނީގެ ހުރިހާ ކަމެއްގައި އިފްރާ އަދި އިފްރާގެ ހަޒްބެންޑް އަދި މި ފެމެލީ މީހުންގެ ބައިވެރި ވުން އަހަރެން އުޅެ ބޮޑުވީ ވަރަށް ލޯބިން އުޅޭ ފެމެލީއެއްގަ އަހަރެން ބޭނުން އެކަހަލަ ފެމެލީއަކަށް އިފާންގެ ފެމެލީ ހަދަން އިނގޭއެއްނު އަހަރެންގެ ކާވެނި ބައްޕަގެ ރައްޓެއްސެއްގެ ދަރިޔަކާ ހަމަޖެހުނުކަން އެކަމަކު އެ ކާކު ކަމެއް އަހަރެންނަކަށް ނޭގޭ މީގެ ޓޫ މަންތްސް ކުރިން އަހަރެންނާ އިފާން ދިމާވަނީ ލަންކާއިން އަހަރެމެން ދެމީހުން ތިބީ އެއް ހޮޓެލްއެއްގަ އަހަރެންގެ ރޫމް ހުރީ އިފާންގެ ރޫމް ކުރިމަތީގަ ވަރަށް ގިނައިން ދިމާވޭ އެކަމަކު ނުވެސް ހީލާނެ އަހަރެން އަބަދުވެސް ހީލަން އެއްރޭ ދަންވަރު އަހަރެންނަށް ހޭލެވުނީ މީހަކު ރޫމް ދޮރުގަ ޓަކިދޭތީ އަހަރެން ހުޅުވާލި އިރު އިފާން އަހާލި ބޮލުގަ ރިއްސާތީ ބޭސް ގުޅައެއް ނެތްހޭ އެހެން ބުނެވުނު ތަނާހެން ފެއިންޓވީ އަހަރެން އެތާގެ ސްޓާފުން ލައްވާ އިފާން ރޫމަށް ގެންދިޔައިން ޑޮކްޓަރު އައިސް ޕެއިން ކިލާ އެއް ޖަހާލާފައި ދިޔައީ އެއީ މައިގްރޭން ހުންނަތީ ކަމަށް ބުނެފައެވެ. އެރޭ އަހަރެން އިނިން އިރު އަރަންދެން އިފާން ހޭލުމުން އަހަރެން ރޫމަށް ދިޔައީ އެފަހުން އަހަރެމެން ދެމީހުން އެއްކޮށް ހެންގް އައުޓް ކުރިން ވަރަށް ގިނަ އިން ކާން ގޮސް ބީޗަށް ގޮސް ފިލްމަށް ގޮސް. އަހަރެން ބުނީމެއް ނު ލަންކާގަ ހުރެފަ ގުޅާފަވެސް އައި އެމް އިން ލަވް އޭ. އެއީ އިފާންއޭ. އެކަމަކުވެސް ދެމީހުންނަށް ވެސް އެނގޭ ދެމީހުން ޖެހޭކަން އެހެން މީހުންނާ މެރީ ކުރަން އަހަރެން ރާއްޖެ އަންނަށް އޮތްރޭ އިފާން ބުނީ އަހަރެން ކާރީ އިފާން އަހަރެން ދެކެ ލޯބިވާ ވާހަކަ އަދި ފެމެލީ އާ ދެކޮޅަށްވެސް އަހަރެން ލޯބިވާނަމަ މެރީ ކުރާނެކަމަށް އަހަރެން ފުރައިގެން އައީ ޖަވާބެއް ވެސް ނުދީ މާލެ އައިސް އަހަރެން ބައްޕަގެ އެކުވެރިޔާގެ ދަރިފުޅާ މީޓްކުރަން ދިޔައިން އެގެޔަށް ދިޔުމުން މީޓް ވީ އިފާން އާ. އިފާން ހީވީ އުފަލުން މޮޔަވެދާނެހެން. އަބަދުވެސް އިފާން ދައްކާނެ ކޮއްކޮގެ ވާހަކަ ބުނާނެ ކޮއްކޮއަށް ޖެހުނީ ހިތާ ދެކޮޅަށްވެސް ބައްޕަ ބުނި މީހަކާ އޭ މެރީ ކުރަން. ކޮއްކޮ ހުރީ ދެރަވެފައޭ ކާވެނި ފޮޓޯތަކުން ވެސް ވަރަށް ދެރަވެފައޭ އެކަމް ބައްޕަގެ ކުރިމަތީ ނުކެރުނީ އޭ ދޮކޮޅު ހަދަން! އިފާން އަސްލު ވަރަށް ލޯބިވޭ އޭނަގެ ކޮއްކޮދެކެ އެކަމް ނުކެރެނީ ބުނަން އެހާ ގުޅުން ކުޑަވީމާ. އިފްރާ ޕްރެގްކަން އެނގުމުންވެސް ވަރަށް އުފާވެފައި ހުރީ އެތަށް ފަހަރަކު މެސެޖްވެސް ޓައިޕްކުރި އެކަމަކު ފޮނުވާކަށް ނުކެރުނު.” އެހެން ބުނެލާފައި ލައިލާ ދައްކާލި ލައިލާ ނަގާފައިވާ ފޮޓޯއެކެވެ. އިފާންގެ ފޯނުގެ ފޮޓޯ އެކެވެ. އިފްރާ އަށް ފޮނުވަން ޓައިޕްކޮށްފައިވާ މެސެޖްއެކެވެ. ” ދޮންބެ ވަރަށް އުފާވެއްޖެ ކޮއްކޮ އަށް ބޭބީ އެއް ލިބެން އުޅޭތީ! ދޮންބެގެ ކުޑަ ކުޑަ ކޮއްކޮ ވެސް ބޮޑުވީއޭ ދޯ؟ ދޮންބެ މި އުޅެނީ މެރީ ކުރަން ވަރަށް ބޭނުން ލައި އާ ކޮއްކޮ މީޓްކުރުވަން ވިލް ޔޫ ކަމްޓު މީޓް ލައި؟ އެންޑް ކޮއްކޮ ތި އުޅެނީ އުފަލުގައިތަ؟” އެ މެސެޖް ކިޔާ ނިމުނު އިރު އިފްރާ އަށް ހަމަ ރަގަޅަށްވެސް ރޮވުނެވެ. ދާދުގެ ލޯ ވެސް ފެން ކަޅި ވިއެވެ.

” އިފޫ ކީއްވެ ތި ރޮނީ” އިފްރާ ރޯތަން ފެނުމުން ޒަޔާން ހާސްވިއެވެ. ޒަޔާން އައިސް އިފްރާގެ ކައިރީގައި އިށީނެވެ. ” ޒަޔާން އިފްރާގެ ކަރުނަ ފޮހެދިނެވެ.

” ޒަޔާން މީ ލައި މައި ބެސްޓް ފްރެންޑް އެންޑް ވާން އުޅޭ ފަހަރި” އިފްރާ ހީލާފައި ބުނެލިއެވެ.

ޒަޔާން ލައިލާ އާ ސަލާމް ކޮށްލިއެވެ. އިފްރާ އަތުގައި އޮތް ލައިލާގެ ފޯނު ޒަޔާން އަށް ދައްކާލިއެވެ. ” އިފޫ ލެޓްސް މީޓް މިރޭ ދޮންބެޔާ ސަޕްރައިޒްއެއް ދޭނީ ދޯ” ޒަޔާން އެހެން ބުނެފައި ޒަޔާން ގެނައި ކޮތަޅު އިފްރާ އަށް ދިނެވެ.

” ޒަޔާން އައިސް ކްރީމް ގެނައި ދާދުއަށް ދޭންތަ؟ ” އިފްރާ ތުން އޫ ކޮށްލާފައި އަހާލިއެވެ.

” ތެންކިޔު ޒަޔާން ބޭ” ދާދު އައިސް ކްރިމް އެތި ހިފައިގެން ދުވެފައި ދިޔައީ ބަދިގެޔަށެވެ. “ދާދު ގަނޑާ އައި ވިލް ކިލް ޔޫ” އިފްރާ ވެސް އުޅުނީ ދާދު ފަހަތުން ދުވެފައި ދާށެވެ. ޒަޔާން އިފްރާ ގެ އަތުގައި ހިފާލިއެވެ.

” އިފޫ ބަލައިގެން އުޅެބަލަ ދާދު އާ ޖެހިއްޖެއްޔާ އަބަދު ތޮޅޭނީ ” ޒަޔާން ބުނެލީ އިފްރާގެ ނޭފަތުގައި ހިފާލަމުންނެވެ. ” ސޮރީ ލޯބީ” އޭރު ދާދު އައިސް ކްރީމް ތަށި ތަކަށް އަޅައިގެން ޓްރޭ އަކަށް ލައިގެން އަންނަނީއެވެ. ގެޔަށް ވަދެގެން އައި އަމީން ހައިރާންވެގެން ދާދު އާއި ދިމާލަށް ބަލަން ހުއްޓެވެ.

” ބައްޕާ ކިހިނެތް ވީ؟ މީ މި އަދު ގެނައި ނޯކަރު ސޮރެއް ވަރަށް ހީވާގި ސޮރެއް” އިފްރާ ބުނި އެއްޗަކުން އެންމެންނަށް ވެސް ހެވުނެވެ.

” ބައްޕަ ހިތަށް އެރީ ހާދަ ސްމާޓް ސޮރެކޭ އަނެއްކާ މަގޭ އަންހެނުން ވެސް އަބަދު ގޭގަ ވީއްޔާ އުޅޭނީ….އެހެންވެ ކަންތައް ބޮޑު މިވީ”

” ކީކޭ ތަ؟” ފަހަތުން އިވިގެން ދިޔަ ފަރީލާގެ އަޑުން އަމީން އަވަސް އަވަހަށް މައްޗައް ދިޔައެވެ. އެންމެންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.

” ސޯ މިރޭ 8 އަށް އެންމެން އަންނާތި ގެޔަށް އިފާން ވިލް ބީ ވެރީ ހެޕީ”

ގެޔަށް ދާން ނިކުތް ދާދު ގެ ފޯނި ރިންގްވާތީ ނެގިއެވެ. ” ހެލޯ އިމްކޮ”

” ދާދު ފްރީތަ އަހަރެން ހަމަ ފޫހި ވާތީ ؟” އިމްނާ އަހާލިއެވެ.

” އަހަރެން ފްރީ ނޫނަސް އިމްކޮއަށްޓަކާ ފްރީ ވެ ދާނަން” ދާދުގެ ޖަވާބު އަހާފައި އިމްނާގެ ހީލެވުނެވެ.

” ހިންގާ ބަލަ ބުރެއް ޖަހާލަން ދާން ” އިމްނާ ބުނެލިއެވެ.

” ފެންވަރާލައިގެން ކާރު ނަގައިގެން މިދަނީ އިނގޭ ” ދާދު ބުނެލުމުން އިމްނާ ވަރަށް އުފާވިއެވެ.

” ސައިކުގަ އަޔަސް އޯކޭ ވާނެ” އިމްނާ ޖަވާބު ދިނެވެ.

ފެންވަރާލައިގެން ކައުންޓްލައިނަށް ވަދެ ޗޮކްލެޓެއް ގަނެގެން ދާދު ގޮސް މަޑުކޮށްލީ އިމްނާގެ ގޭ ދޮރު މަތީގައެވެ. މެސްޖް ކޮށްލުމުން އިމްނާ ނިކުތެވެ. ކްރީމް ކުލައިގެ ޓޮޕްކާއި ކަޅު ޖީންސްގައި އިމްނާ ވަރަށް ލޯތްބެވެ. އިމްނާއަށް ބަލާލެވުނީ ކަޅުކުލައިގެ އަތްދިގު ޓީޝާރޓަކާ ކަޅު ސްކިނީގައި ކެޝުއަލް ބޫޓަކަށް އަރާ ހުރި ދާދުއަށެވެ. ” ވާވް މިއަދު ހާދަ ހޭންޑްސަމް އޭ” އިމްނާ އެހެން ބުނުމުން ދާނިޝް ލަދުގަތެވެ.

ދާދު ގެނައި ޗޮކްލެޓް ދިނެވެ. ” ވާވް ތެންކިޔު ”

އިމްނާ ސައިލަށް އެރިއެވެ. ” ކޮންތާކަށް ދާން ވީ؟”

” މި ހިފައިގެން މި އައީ ހުޅުމާލެ ދާކަށް ނު” އަތުގައި އޮތް ހެލްމެޓް ދައްކާލަމުން އިމްނާ ބުނެލިއެވެ.

ދެމީހުން ދުއްވަމުން ދިޔައެވެ. އިމްނާ މަޑުމަޑުން ދާނިޝްގެ އުނަގަނޑުގައި ހިފާލިއެވެ. ދާނިޝްގެ ހަށިގަނޑުގައި ކަރަންޓްގެ އޮއިވަރެއް ދުވެލިއެވެ. ދެމީހުން ޖޫގޯ ގަނެގެން ގޮސް ހުޅުމާލޭ ބީޗްގައި ޖައްސާލިއެވެ.

” ކޮބާތަ އިމްނާގެ ބޯއިފްރެންޑް؟” ދާނިޝް އޭނާގެ ހިތުގައި އުފެދެމުން ދިޔަ ސުވާލުކޮށްލިއެވެ.

” އެއީ ދޯ އެއީ އަހަރެންގެ ބައްޕަ އަހަރެންނަށް ޓަކާ ހޯދި މީހެއް ދުވަހަކުވެސް ނުދެކެން ވާހަކައެއް ވެސް ނުދައްކަން ހަމަ އެކަނި އެނގެނީ ކިޔާ ނަން ” އިމްނާ ޖަވާބު ދިނެވެ.

” ތި ބުނީ ނުވެސް ފެންނަ ނުވެސް ދަންނަ މީހަކާ އަމިއްލަ ދިރިއުޅުން ހަވާލުކުރަން އިމްކޮ އޯކޭ އޭތަ؟ ” ދާނިޝް އަނެއްކާވެސް ސުވާލުކުރިއެވެ.

” މީގެ ކުރިން އެހެން ކަމަށް ނިންމައިގެން ހުރީ އެކަމް ހީވަނީ މިހާރު އަހަރެންގެ ހިތުގައި މީހަކަށް ހާއްސަމަގާމެއް ދެވިއްޖެހެން. އަހަރެންގެ މި އިހްސާސް ތަކަކީ ލޯބިކަމުގައި އަހަރެންނަށް ޔަގީންވެއްޖެނަމަ އެމީހަކު އަހަރެންނާ އެކު އުޅެން ބޭނުން ވާނަމަ އަހަރެން ގުޅޭނީ އެ މީހަކާ ”

” އެ ނަސީބު ވެރިޔަކީ ކާކު ބާ؟” ދާނިޝް އަހާލިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nadhoo
Follow Me Written By

Nadhoo

Level 1

varah kuda iruh suren varah kiyaahithun vaahaka kiyan vaahaka liyaa hihves vaathy try kohlani mi

Other Articles

Previous

އިފްރާ 10

Next

ކަރުނަ

Next
December 5, 2023

ކަރުނަ

Previews
December 4, 2023

އިފްރާ 10

13 Comments!

  1. Ifoo says:
    December 5, 2023 at 7:36 pm

    Aww 😍..vv reethi mi part vs maasha Allah ❤️.. unmeedhu kuran next part vs avahah kiyaalan libeyne kamah 😊

    1. Nadhoo Nadhoo says:
      December 7, 2023 at 1:14 pm

      ifoo Thank you. 12 vana part submit kohfin site in up kurihaa avahaka kiyaa leveye

  2. Laiii😍 says:
    December 5, 2023 at 9:13 pm

    Alheyyyyy…I ves mee dhombe dhahtha eh ☺️☺️ihthifaageh dhwww😍😁
    Vaahaka varah reethi nadhoo🖤🖤

    1. Nadhoo Nadhoo says:
      December 7, 2023 at 1:15 pm

      alhey ehentha… mi hama ihthifaageh thi dhey support ah hama shukuru. next part sumit kohfin

  3. love imko 💕💕 says:
    December 5, 2023 at 10:23 pm

    Mi part vex varha reethi Masha Allah ❤️
    Unmeedhu kuran next part thankolheh avaha genes dheene kama

    1. Nadhoo Nadhoo says:
      December 7, 2023 at 1:16 pm

      imko submit kohfa iny site in up kureema kiyaa leveyne

  4. vempire girl says:
    December 6, 2023 at 4:42 am

    Maasha Allah mi part vx varah varah reethi 🤗 Next part kiyaalan libeyny konirakun

    1. Nadhoo Nadhoo says:
      December 7, 2023 at 1:17 pm

      submit kohfin next part

  5. Oh. says:
    December 7, 2023 at 11:22 am

    This story 🤦‍♀️

    1. Nadhoo Nadhoo says:
      December 7, 2023 at 1:18 pm

      kihineh vee vaahaka kamu nudhaneetha? ehen ves vaane emmenakah kamu nudhaane thaa dho?

  6. Shim says:
    December 9, 2023 at 12:01 pm

    Masha allah v.reethi mi vaahaka…ekm dheraee maa lahun vaahaka up kuraathy… 12th vana bai genesh dheny haadha lahunney miadhu mi 9th Dec…

  7. Laiii😍 says:
    December 9, 2023 at 9:30 pm

    Adhives vaahaka up eh nuvey….😥😥

    1. Nadhoo Nadhoo says:
      December 10, 2023 at 9:17 am

      yeah. dho site in up kohlaane vedhaane buxy koh ulheni kamah ves

Comments are closed.

Next Episodeއިފްރާ 12←


All Right Reserved!