Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ… (ފަސްވަނަ ބައި)

Starlight
Starlight Level 1
November 26, 2023 4 Mins Read
8 Comments

“މައި ލިޓްލް ބްރޯ! ދޮންތަ އަބަދުވެސް ބުނަން ދޯ ޔޫ ނެވަރ ނޯ ވަޓް ޔޫ ކޭން ޑޫ އަންލެސް ޔޫ ޓްރައި އޭ. ސޯ ގިވް ދިސް އަ ޓްރައި ޓޫ! އައެމް ޝުއަރ ޔޫ ވިލް ވިން.” ލުބްނާ އެހެން ބުނެލީ އެއީ ކޮންމެ ކުއްޖަކަށްވިޔަކަސް އެކުއްޖާދެކެ ލިބާން ލޯބިވަންޏާ ލިބާންއަށް އެކުއްޖާއާއިއެކު އުފާވެރި ދިރިއުޅުމެއް އުޅެވިދާނެކަން ޔަގީންކުރަމުންނެވެ. އޭނާއަށް ނޭނގުނީ ލިބާންއަށް މިކަން ކާމިޔާބުވެއްޖެނަމަ ލިބާންއަށްވުރެ އޭނަ ވާ އުފާ ވަކި ކުޑައެއް ނުވާނެކަމެވެ. އަދި ލިބާންގެ ހިތުގައިވާ ކުއްޖަކީ ލިބާންގެ ޙަޔާތާއި އެންމެ އެކަށޭނަ ބައިވެރިޔާކަމެވެ.

 

“ހައު ކޭން ޔޫ ބީ ސޯ ޝުއަރ ދޮންތާ؟  ފުރަތަމަ ކަމަކަށް ދޮންތައަކަށް ނޭނގޭ އެއީ ކާކު ކަމެއްވެސް. ދެވަނަ ކަމަކަށް، އެއީ ކާކުކަން އެނގުނަސް ދޮންތައަށް އެނގޭތަ އޭނާގެ ހިތުގައި އޮތް އެއްޗެއް؟ އައެމް ޖަސްޓް އަ ބިޓް އެފްރެއިޑް ދެޓް ޝީ މައިޓް ރިޖެކްޓް ބޯތް މައި ލަވް އެންޑް އަވަރ ފްރެންޑްޝިޕް. އިވެންދޯ ޝީ ރެޖެކްޓް މައި ލަވް، އައި ޑޯންޓް ވޯންޓް ދެޓް ޓު އެފެކްޓް އަވަރ ފްރެންޑްޝިޕް. ބަޓް އައިމް ޕްރިޓީ ޝުއަރ ދެޓް އިސް ވަޓް މޯސްޓް ލައިކްލީ ޓު ހެޕެން އިފް ޝީ ޑަޒަންޓް ވޯނަ އެކްސެޕްޓް މައި ލަވް އެންޑް ދެޓް އިޒް ވަޓް އައެމް ސްކެއަރޑް އޮފް ދަ މޯސްޓް ސިސް.” ސޯފާގައި ގިޓާ ލައކޮށްލާފައި ނުވެއްޓޭނެހެން ބަހައްޓާލަމުން ލިބާން ބުނެލިއެވެ. ލޯބީގައި ނަކާމިޔާބުވާނެ މީހަކަށް ވާކަށް ލިބާން ބޭނުމެއްނޫނެވެ. އަދި އަމުދުން އެ ކުއްޖަކީ އިޝްރާއަށް ވާއިރުއެވެ.

 

“ބާން! އިޝް މީ އަދި ދުވަހަކުވެސް ލަވްލައިފެއްގައި އުޅުނު ކުއްޖެއްނޫން. އެކަމަކު އިޝް އަމިއްލައަށް ފީލްވަ ގޮތަކަށް ބުރަވެ ހުރެ މި ބުނަނީ! ޔޫ ނީޑް ޓު ބީ ވެރީ ސްޓްރޯންގް އިން ކޭސް އޮފް ލަވް. ޑޯންޓް ފީލް އެފްރެއިޑް އޯ ޝައި ޓު ކޮންފެސް. އަސްލު ތެދަށް ބުނަންޏާ ބާންގެ ކިބައަކު ނެތް އަންހެންކުއްޖަކު ރިޖެކްޓްކުރާކަހަލަ ސިފައެއް. އިފް އިޓް ވޯޒް ފޯ މީ، އައި ވުޑް ހެޕިލީ އެކްސެޕްޓް އިފް ޔޫ ރިއަލީ ލަވް މީ ޓްރޫލީ! ހެހެ!” ހިނިގަނޑެއް ޖަހާލަމުން އިޝްރާ އެހެން ބުނެލިއިރު އޭނައަށް  ނޭނގުނީ އެހެން ބުނެލުމުން މުޅި ދުނިޔެ ސިއްސުވާލާފަދަ ފިޔަވަޅެއް ލިބާން އަޅާާފާނެކަމެވެ.

 

“ބާންގެ ސިންގަލް ޕާރފޯމެންސް އެކަނި ދޯ އިންނަނީ! ކިތައް ލަވަ ޕާރފޯރމް ކުރަންތަ ތި ނިންމީ؟” ލިބާން ގާތު ލުބްނާ އަހާލީ އިޝްރާގެ ވާހަކައަށް ލިބާން ޖަވާބެއް ނުދީ އިނުމުން މަޢުލޫ ބަދަލުކޮށްލުމަށެވެ.

 

“ބާންއައިއެކު ޕާރފޯމްކުރާނެ ކުއްޖަކު ވެއްޖިއްޔާ ބާން ޕާރފޯމްކޮށްފާން ޑުއެޓް ވެސް. އެކަމަކު ބާންއާއިއެކު ޕާރފޯމްކުރާނެ ކުއްޖަކުވެސް ނެތް ވިއްޔާ! ހެހެ! ދޮންތަ ޕާރފޯމްކުރަންވީނު ބާންއާއި އެކު!” ހިނިގަނޑެއް ޖަހަލަމުން ލިބާން، ލުބްނާގެ ގާތުގައި ބުނެލިއެވެ. ލިބާން ބުނެލިގޮތުން ލުބްނާގެ ގާތަށްވެސް ހިނިއައެވެ.

 

“ދޮންތައާ ބާންއަ ޑުއެޓް ޖެއްސީމައި ދެން އިޓް ވިލް ބީ ރިއަލީ ފަނީ ދޯ! އިޝް އަރަންވީނު ބާންއާއެކު ޑުއެޓަކަށް. ޔޫ އޯލްސޯ ގޮޓް އެން އޯސަމް ވޮއިސް ގާލް!” އިޝްރާގެ ކޮނޑުގައި ޖަހާލަމުން ލުބްނާ ބުނެލިއެވެ.

 

“ބާންއަށް އޯކޭއިއްޔާ، ބާންއަށް އިޝްއާއެކު ރީތި ޑުއެޓެއް ޖެއްސެންޏާ ހަމަ އަރަންވީ!” ހިނިތުންވެލަމުން އިޝްރާ ބުނެލީ ތިމަންނައަށް މައްސަލައެއް ނެތޭ ބުނާ ފަދަ އުސޫލަކުންނެެވެ. އިޝްރާއާއި ލުބްނާއަކީ މުޅި ސްކޫލުންވެސް އޭނާގެ އެއްވަނަ ހޮވުމޭ ބުނުމުން ގޯހަކަށް ނުވާނެއެވެ. ވިސްނަންވީ އިތުރު ކަމެއް ދެން އެތަނުގައި އެބައޮތް ހެއްޔެވެ؟

 

“އެހެންވީމައި ކޮންމެ ދުވަހަކު ހަވީރު އާދޭ އަހަރުން ގެއަށް ޕްރެކްޓިސްކުރަން! އުނދަގޫކުރަން ކުޑަކުދިންނެއް ނޫޅޭނެ. އަންނަ މަހު 25 ވަނަ ދުވަހުގެ ރޭ ދޯ ޝޯ އޮތީ؟ އެހެންވިޔަކަސް މިއޮތް މަހެއްހާ ދުވަސްކޮޅު ފުދޭވަަކަށް ސަމާލުވެގެން ޓަފްކޮށް ޕްރެކްޓިސް ޖައްސާލުން މުހިންމުވާނެ އިނގޭ! ސްކޫލް ލަވަ މުބާރަތްތައް ނޫނިއްޔާ އިޝްގެ ފުރަތަމަ ޕަބްލިކް ޕާރފޯމަންސް މިއީ، އެހެންވެ އިޝް ބޭނުން ވީހާވެސް ޕާރފެކްޓްކޮށް މިކަން ކުރަން.” އިޝްރާ މިހެން ބުނެލީ އާންމުންގެ ކުރިމަތީގައި އެހާ ދުވަސް ފަހުން އޭނާ ހުށަހަޅައިދޭ ފުރަތަމަ ހުށަހެޅުން ވީހާވެސް ފުރިހަމަ ހުށަހެޅުމަކަށް ހަދަން ބޭނުންވާތީއެވެ.

 

“ސޯ ދޮންތަވެސް ލަވައެއް ޕާރފޯމްކޮށްލަންވީއެއްނު އެއީ ސޯލޯއެއްވިޔަސް. އެންމެ ލަވައެއް ވިޔަސް. ބާން ޗާންސެއް ހޯދައިދޭނަމޭ. އެންޓަރޓެއިންމެންޓް ކްލަބުގެ ކެޕްޓަން ސްޕެޝަލް ޗާންސެއް ދޭން ބުނީމައި ދެން އެއްބަސް ވެލަބަލަ ޕްލީސް ދޮންތާ!” ލުބްނާގެ އަތުގާ ހިފައި ތަޅުވާލަމުން ލިބާން އާދޭސްކޮށްލިއެވެ. “އެއީ ތެދެއް. ލުބޫ އެކަނި ޕާރފޯމްކުރަން ބޭނުންނޫނިއްޔާ އިިޝް ބުނެފާނަން އާން ކައިރީގައިވެސް. ހީ އިސް އޯލްސޯ އަ ރިއަލީ ގުޑް ސިންގަރ. އިޝް ބުނެފިއްޔާ އާން އެއްބަސްވާނެ. އައެމް ޝުއަރ.” އިޝްރާ ބުނެލީ ލުބްނާއަށް ހިތްވަރުދޭ ފަދަ ގޮތަކަށެވެ.

 

“އާން އަކީ ކާކު؟” ލިބާން އަހާލީ އޭނާއަށް ލުބްނާ ނުވަތަ އިޝްރާއާއި ގުޅުންހުރި ‘އާން’ ކިޔާ މީހެއް ނޭނގޭތީއެވެ. އެވަގުތު އޭނާގެ ހިތަށް ނުތަނަވަސްކަމެއް ވެރިވިއެވެ. އެބުނާ ‘އާން’ އަކީ އިޝްރާއާއި ނުވަތަ ލުބްނާއާއި ކިހާ ގާތް ގުޅުމެއް އޮތް ފަރާތެއް ކަމެއް ނޭނގޭތީއެވެ. ދުވަހަކުވެސް އަޑުވެސް އިވިފައިވީ ނަމެއްހެންވެސް ހީނުވާތީއެވެ.

 

“އާން އަކީ މަގޭ ކޮއްކޮ. އޭނަ އިޝްއަށްވުރެ 3 މަސް ކުޑަވާނެ. އަސްލު ނަމަކީ އަލްޔާން. ކުރިން ބާން ކައިރީގައި ބުނިން، އިޝްއަކަށް ނޭނގޭ މިހާރު ބާން ހަނދާން ހުރި ކަމެއް. އޭނަ ބޮޑުބައްޕައާ އެކީ މެލޭއަށް ޗޭންޖްވީ އަހަރު ތިމީހުން މިކޮޅަށް އައީ، އެހެންވީމައި ތިމީހުނަށް އޭނަ މީގެކުރިން ފެނިފައެއް ނުހުންނާނެ!” ލިބާންގެ ހިތުގެ އުދާސްތައް ފިލުވާލަމުން  އޭނާގެ ސުވާލަށް ޖަވާބުދިނީ އިޝްރާއެވެ. އެހެނަސް އެވަގުތު އޭނާގެ ހިތުގައި މުހިންމު ސުވާލެއް އުފެދުނެވެ. ކޮއްކޮއެއް ވެއްޖިއްޔާ އެންމެ 2 މަސް ކުޑަވާންވީ ކިހިނަކުން ހެއްޔެވެ؟؟؟ އެންމެ މަދުވެގެންވެސް 10 ވަރަކަށް މަސް ކުޑަވާން ޖެހޭނެ ނޫންހެއްޔެވެ؟؟؟

 

ހިތުގައި އުފެދުނު ސުވާލު ކޮއްލަން އުޅުނު ތަނާ ކުއްލިއަކަށް ލުބްނާގެ ކޮޓަރީ ދޮރުގައި ޓަކިޖަހާލި އަޑު އިވުމުން ލުބްނާ ގޮސް ދޮރުހުޅުވާލިއެވެ. ދޮރުމަތީގައި ހުރި އަލްޔާން ފެނުމުން އޭނާ ވަންނަން ތަންކޮޅެއް ދައްކަމުން ލުބްނާ އެއްފަރާތަށް ޖެހިލިއެވެ. “އާން. އާދެބަލަ. ބާން. މީ އަލްޔާން. އާން. މީ ލިބާން. ލޫންގެ އެއްމާބަނޑު ކޮއްކޮ. އިޝް ބުނީ އާން ވެއްޖެއޭ ލޫންއާއި އެއްކޮށް މި ޗުއްޓީތެރޭގައި އޮންނަ ޝޯއެއްގައި ޑުއެޓެއް ޖައްސަން!” ދެމީހުން ތަޢާރަފްކޮށްދިނުމަށްފަހު އިޝްރާ ބުނެލިއެވެ.

 

“ލޫންއަށް އޯކޭއިއްޔާ ތިކަން ވާނެ!” ލިބާންގެ ގާތުގައި ސޯފާގައި އިށީނދެލަމުން އަލްޔާން ބުނެލިއެވެ. “އައެމް އޯކޭ” ލުބްނާ ޖަވާބުދިނެވެ.

 

“އާން ތީ  މި ސްކޫލް ކުއްޖަކަށް ނުވިޔަސް އިޝްގެ ފެމިލީ މޭޓަކަށް ވީމައި ޗާންސްް ލިބޭނެ.” ލިބާން އެކަށް ޔަގީންކޮށްދިނެވެ. “ސޯ މާދަމާ ހަވީރު 4 އަށް  އަހަރުން ގެއަށް ދެމީހުން އަންނައްޗޭ! ޑޯންޓް ބީ ލޭޓް އިނގޭ! އިހަށް ދެން އަހަރުމެން ދަނީ އިނގޭ ބާއި ގާއިސް.” އެކުވެރިންނާއެކު ހިތްހަމަޖައްސާލުމަށް ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު އިޝްރާއާއި އަލްޔާން ގެއަށް ދާން ނިކުތެވެ.

 

ގެއާއި ދިމާލަށް މިސްރާބުޖެހިވަގުތު އިޝްރާ އަލްޔާންއާއި ވާހަކަދެއްކީ ޝޯއާއި ގުޅޭގޮތުން ސަމާލުވާންޖެހޭ ބައެއް ކަންތައް ހުރުމުންނެވެ. “އާން! އަހަރުން ސްކޫލްގައި ބައެއް ގާލްސް ނިކަން އޯވަރ ވާނެ. އެހެންވީމައި ހަމައެކަނި ޝޯގައި ހުށަހަޅަން ތައްޔާރުވާ ލަވަތަކުގެ އިތުރުން އަދި ދެތިން ލަވައެއްވެސް ފަރިތަކޮށްލާފައި ބޭއްވުން އެންމެ ރަނގަޅުވާނީ! މިބުނީ ސޯލޯ ލަވަކޮޅެއްގެ ވާހަކަ. އޭރުން ކުއްލިއަކަށް ލަވައެއް ހުށަހަޅަން ޖެހުނަސް ތައްޔާރަށް ހުންނާނީ. ހެހެ. މިހެން މިބުނީ އާންގެ ލަވަކިޔުމުގެ ހުނަރަށް ބަލާފައި އެހެން ވުމުގެ ފުރުސަތު ބޮޑުވީމައި.”

 

ވާހަކައިގައި ހުއްޓާ ހިސާތަކު ގެއާއި ހިސާބަށް އަދެވުމުން އިޝްރާ މިސްރާބު ޖެހީ ކާގެއާ ދިމަލަށެވެ. ޔަގީނުންވެސް މިގަޑީގައި އެންމެން އުޅޭނީ ކާގޭގައި ކަމަށް ވާތީއެވެ. އެއާއެކު އަލްޔާން ސިޓިންރޫމަށް މިސްރާބު ޖެހިވަގުތު އިޒްޔާން ގޮވައިގެން އިޒާން އުޅޭތަން ފެނުމުން އިޒްޔާންއާއިއެކު ސަކަރާތް ޖަހާލަން އަލްޔާން އުޅުނެވެ. އޭނާ ކުޑަކުދިންދެކެ އިންތިހާއަށް ލޯބިވާތީ ގާތުގައި ކުޑަކުއްޖަކު ހުރެއްޖެނަމަ ކިތަންމެ ގިނައިރަކުވެސް ފޫހިކަމެއްނެތި އުޅެފާނެއެވެ.

 

“ޒާން! އާން! ޔާން ގޮވައިގެން އާދޭ ކާން!” ކާގޭގައި ހުރެފައި އިޝްޔާ ގޮވާލުމުން އަލްޔާން އިޒްޔާން އުރާލައިގެންހުރެ ކާގެއަށް ދިޔައެވެ. އެވަގުތު ކާއެއްޗެހީގެ ވަސް ދުވުމުން އޭނާއަށް ބަނޑުހައިކަން އިހުސާސްވިއެވެ.

 

“ހާދަ ބަނޑުހައޭ! މި އިޝްއާ ހެދި ރަނގަޅަށް ކައިވެސް ނުލެވި މިއުޅެނީ.” ނިކަން ވެލާފައި އިޝްރައާއި ދިމާލަށް އެހެން ބުނެލުމުން އަލްޔާންްގެ ބޮލަށް އެރީ އިޝްރާގެ އަތުގެ ހޫނު ހަމަލައެކެވެ. ވީތަދުން އޭނާއަށް ބޮލުގައި އަތްއަޅައިލެވުނެވެ.

 

“ދެން ތަދުވީއޭ ނުބުނާތި! އިޝްއެއް ނުހިފަހައްޓަން އައީ ކެޔަ ނުދީއެއް. އެއީ އިޝްގެ މައްސަލައެއް ނޫން އާން ނުކައި ހުރުމަކީ އިނގޭ!” ގޮނޑި ދަމާލާފައި އިށީންނަމުން އިޝްރާ އަލްޔާން އަށް ބުނެލީ އަދި ބޮލުގައި ފުއްޓަތްކެއްވެސް ޖަހާލާފައެވެ. އެވަގުތު ކާމޭޒުކައިރީގައި ތިބި އެންމެންގެ ހިިނިގަނޑުވެސް ފަޅައިގެން ދިޔައެވެ.

 

“އާނ މަންމާ! އަދި ހަނދާންނެތިފައޭ މިހިރީ! އިޝް ބުނީމެއްނު ދޯ އަންނަ މަހު ބާންމެން ޝޯއެއް ބާއްވާ ވާހަކަ! އެޝޯގައި ލަވަކިޔަން އިޝްއާއި އާންއަށް ފުރުސަތު ލިބިއްޖެ. ވަރަށް ކުއްލި ގޮތަކަށް ވީމަ މާދަމާއިން ފެށިގެން ކޮންމެ ދުވަހަކު ހަވީރު 4-6 އަށް ލޫންއާއި ބާން އަންނާނެ މިގެއަށް ފަރިތަކުރަން. ލޫންއަށްވެސް ފުރުސަތު ލިބުނު. ބާން މިދިޔަ އަހަރު އެންޓަރޓެއިންމެންޓް ކްލަބުގެ ކެޕްޓަނަށް ވީމައި މި ފުރުސަތު އިޝްމެނަށް އަސްލު މި ލިބުނީ. ހަގީގަތުގައި އާން މަގޭ ކޮއްކޮއަކަށް ވީކަމުން އާން ވަރަށް ނަސީބުގަދަ. މި ޝޯގައި ޕާރފޯމްކޮށްލަ އާންގެ މަޤްބޫލުކަން އިތުރުކޮށްލެވޭނެ ފުރުސަތެއް ތި ލިބުނީ. އެހެންވީމައި މިފަހަރުން އާންގެ ނަން މި ރަށުގައި އަލުން ކިޔާ ވަރު ކޮށްލެވިއްޖެއްޔާ އެއީ މަގޭ ސަބަބުންނޭ ބުންޏަކަސް ދޮގަކަށް ނުވާނެ. ހެހެ!” ހިނިގަނޑެއް ޖަހާލަމުން އިޝްރާ ބުނެލި ގޮތުން އެންމެން ގާތަށްވެސް ހިނިއައެވެ.

 

“ދެން އެހެންވީމައި އެވަގުތުތަކުގައި އަހަރުންނަށް މައްޗަށް އެރުން މަނާވީ ދޯ!” ހެމުން ހެމުން އިޒާން އެހެން ބުނެލީ އެންމެފަހުންފަހަރު އިޝްރާ، ލުބްނާ އަދި ލިބާން ސްކޫލް ލަވަ މުބާރާތަށް ފަރިތަކުރަން ތިއްބާ އިޝްރާގެ ފޮތެއް ބަލާ އެކުލާސް ކުއްޖަކު އައުމުން އެވާހަކަ ބުނަން އޭނަ މައްޗަށް އަރައިގެން، އިޝްރާ އޭނާއަށް ކޮއްލި ވަރު ހަނދާންކޮށްލަމުންނެވެ.

 

*******(ނުނިމޭ)*******

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Starlight
Follow Me Written By

Starlight

Level 1

Other Articles

Previous

ޢިބްރަތް

Next

ލޯބިވެވުނީ 12

Next
November 27, 2023

ލޯބިވެވުނީ 12

Previews
November 26, 2023

ޢިބްރަތް

8 Comments!

  1. Ifoo says:
    November 26, 2023 at 1:20 pm

    Aww 😍..vv reethi mi part vs maasha Allah ❤️.. unmeedhu kuran next part vs avahah kiyaalan libeyne kamah 😊

    1. Starlight Starlight says:
      November 26, 2023 at 4:14 pm

      Thank you so much Ifoo. Next part tomorrow insha allah if nothing goes wrong

  2. Idiot says:
    November 26, 2023 at 3:47 pm

    Kahtala dhey varu vey😁

    1. Starlight Starlight says:
      November 27, 2023 at 8:56 pm

      hihi thank you idiot <3

  3. love imko 💕💕 says:
    November 26, 2023 at 7:08 pm

    Mi part vex varha reethi Masha Allah ❤️
    When is next part 💕

    1. Starlight Starlight says:
      November 26, 2023 at 8:03 pm

      thank you so much imko
      next part tomorrow insha allah

  4. zel says:
    November 26, 2023 at 9:03 pm

    kahtala name v salhi vaane use kuran name akah

    1. Starlight Starlight says:
      November 27, 2023 at 8:57 pm

      next story ga thi name laanan ehenveema

Comments are closed.

Next Episodeރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ… (ހަވަނަ ބައި)←


All Right Reserved!