Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ… (ހަވަނަ ބައި)

Starlight
Starlight Level 1
November 27, 2023 5 Mins Read
2 Comments

“ދެން އެހެންވީމައި އެވަގުތުތަކުގައި އަހަރުންނަށް މައްޗަށް އެރުން މަނާވީ ދޯ!” ހެމުން ހެމުން އިޒާން އެހެން ބުނެލީ އެންމެފަހުންފަހަރު އިޝްރާ، ލުބްނާ އަދި ލިބާން ސްކޫލް ލަވަ މުބާރާތަށް ފަރިތަކުރަން ތިއްބާ އިޝްރާގެ ފޮތެއް ބަލާ އެކުލާސް ކުއްޖަކު އައުމުން އެވާހަކަ ބުނަން އޭނަ މައްޗަށް އަރައިގެން، އިޝްރާ އޭނާއަށް ކޮއްލި ވަރު ހަނދާންކޮށްލަމުންނެވެ.

 

“އާނ! ދެން ޝޯއާއި ޖެހެންދެން އެވަގުތުތަކުގައި މަންމައާ ދޮންތައާ ދޮންތަބޭ އަދި ޔާންއަށް އިޝްމެން ފަރިތަކޮށް ނިމުމުގެ ކުރިން މައްޗަށް އެރުން މަނާ! އިޝްމެން ފަރިތަކޮށް ނިމޭ ފަހުން މައްޗަށް އެރިއަކަސް މައްސަލައެއް ނެތް!” ފަހަރަކު މީހަކާއި ދިމާލަށް ވަކިވަކިން ބަލާލަމުން އިޝްރާ ބުނެލިއެވެ.

 

“ދެން މިރޭ ކޮންކަމެއް އޮތީ؟” ކައިނިމިގެން އިޝްރާ ތަށިދޮންނަން ދަނިކޮށް އަލްޔާން އަހާލިއެވެ.

 

“އިޝް ދެން މި ދަނީ ނިދަން. ދޮންތަބެ ދާންވީނު އާން ގޮވައިގެން ސައިކަލު ބުރެއް ޖަހާލަން! އޭނާ އެއުޅެނީ މެންދުރު ނިދިގަނޑެއް އަޅާލައިގެން! ހިއެއް ނުވޭ އަވަހަށް ނިދާނެ ހެނެއް!” އަލްޔާންއާއި ދިމާލަށް އިޝްރާ އެހެން ބުނެލުމުން އަލްޔާން ބޯ ޖަހާލިއެވެ.

 

ކައިނިންމައިގެން ދެ ފިރިހެނުން މިސްރާބު ޖެހީ ސައިކަލު ދުއްވާލަން ދާށެވެ. އިޒާންގެ ސައިކަލު ފަހަތަށް އަރައިގެން ދެމީހުން ރަށުތެރޭގެ ހުރިހާ ހިސާބެއް ބަލާލުމަށް މުޅި ރަށުތެރޭގައި ދުއްވާލުމަށްފަހު ގެއަށް އާދެވުނުއިރު 10:30 ވެއްޖެއެވެ. އެހެންކަމުން އަލްޔާންވެސް ދެން އިތުރަށް މަޑުކުރުމެއްނެތި ނިދަން ދަނީ ކަމަށް ބުނެ ކޮޓަރިއަށް ވަނެވެ.

 

ކޮޓަރިއަށް ވަދެ އެއްޗެހި ބަދަލުކޮށްލައިގެން އައިސް އަލްޔާން އެނދުމަށްޗަށް ވެއްޓިގަތީ ހަށިގަނޑަށް އިހުސާސް ކުރެވެމުންދިޔަ ވަރުބަލިކަމެއްގެ ސަބަބުންނެވެ. އެވަގުތު އޭނާގެ ހަނދާނަށް ވެރިވެގަތީ ލުބްނާއެވެ. މިއަދު ކަންތައް ހިނގި ހުރިހާ ކަމެއް އެވަގުތު އަލްޔާންގެ ލޯމައްޗަށް ސިފަކޮށްލެވުނެވެ. ލުބްނާ ހާދަ ތަފާތެވެ. އަންގައިވެސް ލުމަކާއި ނުލާ އޭނާގެ ހުރިހާ އިޙްސާސްތަކަކާއި ކުޅެލައިފިއެވެ. އަލްޔާންގެ ތުންފަތް މައްޗަށް ބޭއިޚްތިޔާރުގައި ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. ލުބްނާގެ ޚިޔާލުތަކުގެ ފުން ކަނޑަށް ޣަރަޤުވެގެން އޮއްވާ ހިސާތަކު އޭނާގެ ދެލޯ މެރިއްޖެއެވެ.

 

ސިއްސައިގެންގޮސް އަލްޔާންއަށް ހޭލެވުނީ ސައިޑްޓޭބަލް މަތީގައި ހުރި ގަޑި ސޯނާވާން ފެށި އަޑަށެވެ. ގަޑިން 7 ޖަހާފައި ހުރުމުން އިތުރަށް ނިދަން ނުހަދާ އެލާމް ނިއްވާލުމަށްފަހު ތުވާލި ހިފައިގެން ފާޚާނާއަށްވަދެ ރީތިވެލައިގެން ސިޓިންރޫމަށް ނުކުތެވެ. އޭރު އިޒާންވެސް އުޅެނީ ސިޓިންރޫމުގައި އިޒްޔާން ގޮވައިގެން ސަކަރާތް ޖަހާށެވެ. އަލްޔާން ފެނުމުން އިޒާން އޭނާއަށް ރީތި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.

 

“މިއުޅެނީ އާން އަށް ގޮވަން ދާށޭ ދޯ ޔާން! މިގޭގައި އެއްވެސް މީހަކަށް 7 ޖެހުމަށްފަހު ނުނިދޭނެކަން އާންއަށްވެސް އެނގެއެއްނު ދޯ! އެކަމަކު ނިކުތްއިރު އެއޮށް 7:15 ވީ. އެހެންވެގެން ގޮވަން ދާން އުޅެނިކޮށް ވިއްޔާ ތި އައީ!” އިޒާން ބުނެލިއެވެ. އެއަށްފަހު އިޒްޔާން އުރާލައިގެން އަލްޔާންއާއިއެކު ކާގެއާއި ދިމާލަށް މިސްރާބު ޖެއްސެވެ.

 

“ކޮބާ އިޝޫ؟” ސިޓިންރޫމާއި ބަދިގެއާއި ހިސާބުންވެސް އިޝްރާ ފެންނަން ނެތުމުން އަލްޔާން އަހާލިއެވެ.

 

“އޭނާ ވެއްޖެ މިއަހަރު 10 ނިންމި ގުރޫޕާއި އެކީ ސްކޫލްތެރެ ކުލަލާން ގޮސް! ސްކޫލުން އަމިއްލައަށް ކުރަން ވެއްޖިއްޔާ ކުދިން ބޭނުންވާ ގޮތަކަށް ކަމެއް ކޮއްފައެއް ނުހުންނާނެޔޯ، ހަމައެކަނި ކުލަކޮޅެއް ލީމައި އެމީހުނަށް ނިމުނިއްޔޯ! އެހެންވީމައި ތިމަންނަމެން މިއުޅެނީ ސްކޫލް އެކީ ބަދަލުކޮށްލަންށޯ! ގައިމުވެސް މިކަން ކޮށް ނިމުނީމައި ބަލައިލަން މާ ހިތަށް ފަސޭހަވާނެޔޯ، ކިޔާފައި އެ ދިޔައީ! ކީއްކުރާނީ! އެއްތާކު ދެފައި ޖަހައިގެން އިރުކޮޅަކުވެސް ހުރެވޭ މީހެއް ނޫން އެއީ!” ހެވިފައިހުރެ ކާން ފަށަމުން އިޒާން ބުނެލިއެވެ.

 

“ދެން ކިހާއިރަކު އިޝް އަންނާނީ؟” އުނގުގައި އިޒްޔާން ބައިންދައިގެން އޭނާގެ އަނގައަށް ރޮށިކޮޅެއް ލަވައިދެމުން އަލްޔާން އަހާލިއެވެ.

 

“10 ޖަހާކަން ހާއިރު ބްރޭކަށް އަންނާނަމޯ ކިޔާފައި އެ ދިޔައީ!” އިޒްޔާން ކައިރި ކާން އިށީންނަމުން އަލްޔާންގެ ސުވާލަށް ޖަވާބުދިނީ އިޝްޔާއެވެ.

 

“އެހެންވިއްޔާ އާން ކާނީ އިޝްއާއި އެއްކޮށް. ދޮންތަބެ ދެން ކައިގެން ޑިއުޓީއަށް ދޯ ދާނީ؟” ފަރިތަކަމާއެކު އިޒްޔާންއަށް ކާންދެމުން އަލްޔާން އަހާލިއެވެ. އެހިނދު އިޒާން ބޯޖަހާލިއެވެ.

 

“އާންވެސް ވަރަށް ފަރިތައޭ ދޯ މިހާރު ކުޑަކުދިންގެ ކަންތައް ކުރަން!” އަލްޔާން އިޒްޔާންއަށް ކާންދޭން އިން މަންޒަރު ފެނި، އިޒާންގެ ގާތުގައި ކާން އިން އިޝްޔާ ބުނެލިއެވެ.

 

“ދޮން! މި އާއިލާގައި ޔާން ނަގާފައި އެންމެ ކުޑައީ އިޝް. އެކަމަކު އޭނަވެސް އާންއަށްވުރެ ބޮޑު. އެހެނެކޭ ކިޔާފައި އޭގެ މާނައެއް ނޫން ދޯ އާންއަށް މިކަހަލަ ކަންތައް ކުރަން ނޭނގޭނެއެކޭ! މަންމަގެ އިތުރު ކުއްޖަކު ނެތަކަސް ބައްޕަގެ އިތުރު ކުދިން އެބަތިބި. އެކޮޅުގައި އާން ކުރަންޖެހޭ މައިގަނޑު ކަމަކީ ހަމައެކަނި ކިޔެވުން. އެހެންވިޔަކަސް މޯމްއަށް އެހީވާން އާން އަބަދުވެސް ކޮއްކޮމެންގެ ކަންތައްތައް ކޮށްދެން. އެހެންވީމައި ފަރިތަވާނެއެއްނު؟ އާންވެސް މިއީ ތަމްރީނުވެފައިހުރި ބޭބިސިޓަރ އެކޭ!” ފޮނިވެލާފައި އަލްޔާން ބުނެލި ގޮތުން އިޝްޔާއާއި އިޒާންއާއި ދެމީހުނަށްވެސް ހެވުނެވެ.

 

“އެހެންވީމައި މި 2 ހަފްތާ ތެރޭ އިޝް ނެތަސް އާން އެހާ ފޫއްސެއް ނުވާނެތާ! ދޮންތަ ބަދިގޭގައި އުޅޭ ވަގުތުތަކުގައި އާން ކުރަންވީ ކަމަކީ ޔާން ބަލައިދޭންވީ. އޭރަށް ދޮންތައަށްވެސް ފަސޭހަވާނެ، އަނެއްކާ އާން ފޫއްސެއްވެސް ނުވާނެ. އޯކޭތަ؟” އިޒާންއާއި އޭނަ ކޭ ތަށި ހިފައިގެން ސިންކާއި ދިމާލަށް ދަމުން އިޝްޔާ އަހާލިއެވެ.

 

“އެއްވެސް މައްސަލައެއް ނެތް. ދޮންތަ ހާސްނުވޭ!” އަލްޔާން ޔަޤީންކަމާއެކީ ބުނެލިއެވެ.

 

“އޭޝް! ޒާން ދެން ދަނީ!” ކޮޓަރިއަށް ވަދެ ބޫޓަށް އަރައިގެން އައިސް އިޒާން ބުނެލިއެވެ. އެއަށްފަހު އިޝްޔާއާއި އިޒްޔާންގެ ބޮލުގައި ބޮސްދީފައި ނުކުމެގެން ދިޔައެވެ.

 

“ދަރިފުޅާ! ސައިބޮއެފިންތަ؟” ކޮޓަރިން ނިކުމެ ސިޑިން ތިރިއަށް ފައިބަމުން އަލީޒާ، އަލްޔާން ކުރެން އަހާލިއެވެ.

 

“ދޮންތަބެ ބުނި އިޝޫ އަންނާނެޔޭ ބްރޭކަށް 10 ޖަހާކަން ހާއިރު. އެހެންވެ އޭނައާއި އެއްކޮށް ސައިބޯން މި މަޑުކޮށްލީ! މަންމަ ސައި ނުބޮންތަ؟” އަލްޔާން ސުވާލުކޮށްލިއެވެ.

 

“މަންމަވެސް ސައިބޯނީ އިޝްއާއި އެއްކޮށް.” ހީނލާފައި އަލީޒާ ޖަވާބުދިނެވެ.

 

“ދާންވީނު މަތި ބަލާލަން؟ ތިހެން ފޫހިވެފައި ހުރުމަށްވުރެ އާން މާ ގަޔާވާ ކަމެއް ފެނިދާނެ!” އަލްޔާން ބަދިގެތެރޭ އެނބުރެން ފެށުމުން އަލީޒާ ބުނެލިއެވެ.

 

“މަންމަ ދަމުތަ އިޝޫ ބަލާ؟” އަލްޔާން އަހާލިއެވެ

 

“އިޝްވެސް މިހާރު ގްރޭޑް 10 ނިމުނީ. އެ އުމުރުގައި މިހާރު ދެން ދަރިންނަށް ކޮންމެވެސް ވަރަކަށް މިނިވަންކަން ދޭންޖެހޭނެ. މާދަމާވެސް ނަތީޖާތައް ލިބޭއިރަށް އިޝްވެސް ދާނެ އާން ގާތަށް ކިޔަވަން. އެހެންވީމައި އޭނާވެސް ޖެހޭނެ އަމިއްލައަށް އުޅެން ދަސްކުރަން. އެކަން ވާނީވެސް އޭނައަށް ފުރުސަތެއް ދީގެނެއްނު؟ އަނެއްކާ އިޝް އެ އުޅެނީވެސް މިއަހަރު 10 ނިމުނު ކުދިންނާއި އެއްކޮށް. އެންމެން އެއްކޮށް އުޅެންޏާ ހާސްވާންވީ މާބޮޑު ކަމެއްވެސް ނެތް ތާ!” ހީލާފައި އަލީޒާ ދިން ޖަވާބުން އަލްޔާންގެ ސުވާލުތަކަށް އާ ބޮޅެއް އިތުރުވިކަހަލައެވެ.

 

“މަންމަ ތިބުނި އެއްޗެއްގެ މާނަ ދޭހަވެއްޖެ، އެކަމަކު ތިއާއި އާންގެ ސުވާލާއި ހުރި ގުޅުމެއް ނޭނގުނު؟” ދެއަތް އުރައިލުމަށްފަހު ގޮނޑީގައި ރީއްޗަށް ލެނގިލަމުން އަލްޔާން ބުނެލިއެެވެ. އެހިނދު އަލީޒާގެ ގާތަށް ހިނިއައެވެ.

 

“އާންވެސް އެކަނި މިފަހަރު މިކޮޅަށް ތި އައީ! މަންމަ އެއްޗެކޭ ނުބުނަމެއްނު؟ ހަމަ އެގޮތަށް އިޝްވެސް ބްރޭކް ގަޑި ޖެހުނީމައި އެކަނި އަންނާނެޔޭ! މަންމަ ނުދާނަމޭ ބަލާކަށް! މިހާރު އިޝްއަށްވެސް އެފުރުސަތު ދޭނަމޭ މަންމަ! ދުނިޔެއާއި އެކަނި ކުރިމަތިލާން ޖެހުނު ދުވަހަކު ދެން އޮތް ފިޔަވަޅު އަޅަންވީ ކުރިއަށްތޯ، ފަހަތަށްތޯ، ކަނާއަތަށްތޯ ނޫނީ ވާއަތަށްތޯވެސް އިޝްއަށް އެނގޭނީ އޭނާއަށް އެކަނި ކަންކަން ކުރަން ފުރުސަތު ދިނީމައޭ! އަބަދު މަންމަގެ އިނގިލި ކުރީގައި ލައިގެން ގެންގުޅެގެން އޭނާއަށް ވާނެ ފައިދާއެއްވެސް ނޯންނާނެޔޭ!” ހީލާފައި އަލްޔާންއަށް ފަހުމުވާނެހެން އަލީޒާ ފަހަރަކު ވާހަކައެއް ބުނެދިނެވެ. އެއާއިއެކު އަލީޒާ ދެއްކި ވާހަކަތަކަށް ވިސްނަން އިންގޮތަށް އިނދެ، އަލްޔާން މަޑުމަޑުން ދެފަހަރަކު ބޯޖަހައިލިއެވެ.

 

“އިޝް ގާތު ބުނެލައްޗޭ ބްރޭކަށް އައިއްސަ އާންއަށް ގޮވާލާށޭ! އާން ސައިބޯނީ އިޝްއާއި އެއްކޮށޭ! އާން މިދަނީ މައްޗަށް އިނގޭ!” މައްޗަށް އަރަން ހުންނަ ސިޑިއާއި ދިމާލަށް ދަމުން އަލްޔާން ބުނެލިއެވެ. އަދި އަލީޒާ ބޯޖަހާލުމާއެކީ ދުވެލާފައި ސިޑިން އަރައިގެން މައްޗަށް ހިނގައްޖެއެވެ.

 

މައްޗަށް އެރިއިރު އެތަނަށް އައިސްފައިވާ ބަދަލު ފެނި އަލްޔާންވެސް ހައިރާންވިއެވެ. މީގެ 5 އަހަރުކުރިން އޭނާ ރާއްޖެ ދޫކޮށް މެލޭޝިއާއަށް ބަދަލުވީއިރު މިތަން މިއުޒިކް ރޫމަކަށް ހަދަން ފަށާފައި ހުރިނަމަވެސް އޭރު ހުރީ މިއާއި ކުޑަކޮށްވެސް ގާތްކުރާފަދަ ގޮތަކަށް ނޫނެވެ. ކަހާލެވޭ ގޮތަށް ބޮޑު ބިއްލޫރި ދޮރެއް ލާފައި ހުރި އެ ބޮޑު ސިޓިންރޫމް ވަރަށްވެސް ހިތްގައިމެވެ.  މުޅި ސިޓިންރޫމް އޭސީކޮށްލާފައި ވާއިރު އެތަނުގެ އެކި ހިސާބުތަކުގައި ބަހައްޓާލެވިފައިވާ މިއުޒިކު ކުޅޭ އާލާތްތަކާއި ބޮޑެތި ސްޕީކަރތައް ވެގެންދިޔައީ އޭނާ އެތަނާއި އެންމެ ގަޔާވި ސަބަބަށެވެ. އޭގެ އިތުރުން އެތާނގައި ބަހައްޓާފައިވާ ސޯފާއާއި ދިމާ ކުރިމަތިން ބަހައްޓާލާފައިވާ ޓީވީ ރެކްމަތީގައި ހުރި ޓީވީއާއި، ޕީ.އެސް.8 ގެ އިތުރުން ގޭމިންގް ސީ.ޕީ.ޔޫ އާއި ގޭމިންގް މައުސްއާއި ކީބޯޑުން، މިތަނަކީ މުޅިންވެސް މުނިފޫހިފިލުވުމަށް ޙާއްސަކުރެވިފައިވާ ހިސާބެއްކަން ވަރަށް ރަނގަޅަށް ދޭހަކޮށްދެއެވެ. އިޝްރާއެކޭ އެއްފަދައިން އޭނާއަކީވެސް މިއުޒިކާއި ލަވައަށް ނުހަނު ލޯބިކުރާ ކުއްޖަކަށްވުމުން ފެނިގެންދިޔަ މާޙައުލަށް ވަގުތުން ހިތްޖެހުނެވެ. މިހާ ފުރިހަމަގޮތަކަށް ގޭތެރޭގައި މުނިފޫހިފިލުވުމުގެ ކަންތައް އިންތިޒާމްވެފައި ވެދާނެކަމަށް ފަހަރުގައިވެސް އޭނާއަށް ހީކުރެވިފައެއް ނެތެވެ. ނަމަވެސް މިއުޒިކަށް ލޯބިކުރާ ބަޔަކު އުޅޭ ތަނެއްގައި މިފަދަ މާޙައުލެއް ޤާއިމްވެފައި ހުރުމަކީ ބުއްދި ޤަބޫލުނުކުރެވޭވަރު ކަމެއް ނޫނެވެ.

 

އެ މާޙައުލުގައި ހުރިހާ އެއްޗެއް ހަމަވެފައި ހުއްޓާ ފެނުމުން އަލްޔާންގެ ބޮލަށް ރަނގަޅު ޚިޔާލެއް ވަނެވެ. ހެވިފައި ހުރެ ދުވަމުން ކަހަލަ ގޮތަކަށް ސިޑިން ފައިބައިގެން ގޮސް ކޮޓަރިއަށް ވަނެވެ. އެނދުގެ އެއްފަރާތުގައި ހުރި ސައިޑް ޓޭބަލްގެ މަތީ ވަތްގަނޑު ދަމާލުމަށްފަހު އޭގެން  ނެގީ އަރިމަތީގައި ބޮޑު އިސްފިރޭނުގަނޑެއް ލާފައި އޮތް އޭފޯ ސައިޒުގެ ބޯ ފޮތެކެވެ. ބޯކަރުދާހަކުން ބޭރުގަނޑު ތައްޔާރުކޮށްފައިވާއިރު އޭގައި ކުރަހާފައިވާ ރީތި ތަސްވީރަކާއެކީ ތަފާތު އަތުލިޔުމަކުން އިނގިރޭސިން ‘ސޯލް ޑިޒަޔަރޒް’ އަޅާލާފައިވާ ގޮތުން ނުހަނު ހިތްގައިމު ކަމަށް ދައްކައެވެ. ފޮތް ނަގައި އިރުކޮޅަކު އެއަށް ބަލަހައްޓައިގެން ހުރުމަށްފަހު އަލްޔާން އަލުން އެ ހިފައިގެން އެނބުރި މައްޗަށް ދިޔައެވެ. އެއަށްފަހު އެއްފަރާތުގައި ބަހައްޓާލާފައިވާ ސްޓޭންޑް ހިފައިގެން އައިސް އެތާ ހުރި ގޮނޑީގެ ކައިރީގައި ބެހެއްޓުމަށްފަހު އެ ފޮތް ތެރެއިން ނެގި ‘މިއުޒިކަލް ނޯޓްސް’ތައް އެ ސްޓޭންޑް މަތީ ބާއްވާލާ، ފޮތް ސިޓިންރޫމްގައި ހުރި މޭޒުމަތީ ބާއްވާލިއެވެ. އެއަށްފަހު އެއްފަރާތުގައި ހުރި ސްޓޭންޑުން ގިޓައެއް ނަގައިގެން އައިސް ގޮނޑީގައި އިށީނދެލާ ހަމަޖެހިލިއެވެ.

 

ކަރުދާސްތަކުގައި ހުރި ނޯޓުތަކަށް ބަލަމުން އަލްޔާން ގިޓާގެ ނަރުތަކުގައި އަތް ހިންގާލިއެވެ. ވިސްނައިގެން އިނދެ ކަރުދާހަށް ބަލަމުން މަޑުމަޑުން ފަހަރަކު ނޯޓެއް ކުޅެމުން ދިޔައިރު އިރުއިރުކޮޅާ އަތުގައި އޮތް ފަންސޫރުން ގަނޑުގައި އެކި އެއްޗެހި ފާހަގަކުރަމުން ގެންދިޔައެވެ. އެއަށްފަހު އަނެއްކާވެސް އަލުން އެ ބައިތައް ކުޅެމުންދިޔައިރު އޭނާ އެކަމަށް ގޮސް ހުސްވެފައިވާ މިންވަރު، ބަލައިލި ކޮންމެ މީހަކަށްވެސް ފަސޭހަކަމައެކު ނަގައިގަނެވޭނެއެވެ.

 

******(ނުނިމޭ)*******

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Starlight
Follow Me Written By

Starlight

Level 1

Other Articles

Previous

އިފްރާ 8

Next

އިިފްރާ 9

Next
November 30, 2023

އިިފްރާ 9

Previews
November 27, 2023

އިފްރާ 8

2 Comments!

  1. Ifoo says:
    November 28, 2023 at 4:57 pm

    Aww😍..vv reethi mi part vs maasha Allah ❤️.. unmeedhu kuran next part vs avahah kiyaalan libeyne kamah 😊

    1. Starlight Starlight says:
      November 29, 2023 at 10:37 am

      thank you ifoo. next part post kuran mihaaru fonuvaafai vee

Comments are closed.

Next Episodeރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ… (ހަތްވަނަ ބައި)←


All Right Reserved!