ހިތަށް ވީ އުނދަގޫތައް ބޮޑުވަމުން ދިއުމުން ލުބްނާ ލިބާންއަށް މެސެޖު ފޮނުވައިލީ މިއަދުގެ ވީޑިއޯ ފޮނުވައިދިނުމަށް އެދިއެވެ. އެހިނދު ވަގުތުން ކީއްކުރަންތޯ އަހައި ލިބާން ސުވާލުކުރިއެވެ. އެއާއެކު ކަމެއް ނުވާ ކަމަށާއި ހަމަ ކުއްލިއަކަށް ބަލައިލަން ބޭނުންވީ ކަމަށް ބުނުމުން ލިބާން ލަސްނުކޮށް އެ ވީޑިއޯ ފޮނުވައިލިއެވެ. އެއާއިއެކު އޭނާގެ ސުވާލުތަކަށް އެއްވެސް ކަހަލަ ޖަވާބެއް ލިބޭތޯ، ނޫނީ އެއްވެސް އިޝާރާތެއް ލިބޭތޯ ލުބްނާ ތަކުރާރުކޮށް އެތައް ފަހަރަކު އެ ވީޑިއޯ ބެލިއެވެ. އެހެނަސް އޭނާގެ ‘ކޮށި’ […]
“އައި ނޯ ދިސް ހެލްޕްސް ޔޫ އަ ލޮޓް ވިތް ޔުއަރ މޫޑް ދީސް ޑޭޒް! ސޯ އައި ބޯޓް ސަމް ފޯރ ޔޫ!” އަލްޔާން އެހެން ބުނެލުމާއިއެކީ އިޝްރާ ކޮތަޅު ތެރެ ބަލާލިއެވެ. އޭގައި ހުރީ އޭނާއަށް އެންމެ ކަމުދާ ސްޓްރޯބެރީ އައިސްކްރީމް ތައްޓެއްގެ އިތުރުން 3 ވައިޓް އަދި 2 މިލްކް ޗޮކްލެޓެވެ. “ޔޫ ނިއު އިޓް؟” ކޮތަޅުތެރޭގައި ހުރި އެއްޗެހި ފެނިފައި އިޝްރާ އަހާލިއެވެ. އެހެނީ، އޭނާއަށް އެ އެއްޗެހީ އެންމެ […]
“އެހެންވީމައި މަލް ލާފައި އަންނަމުން މިސްކިތަށް އަރައި ނަމާދުކޮށްގެން އާދޭ! ދެން ދޭ ލަސްނުކޮށް އޭނަ ލާން! އެކުއްޖާ އެއުޅެނީ އިޝް މެންނާއިއެކު ސްކޫލް ރީތިކުރަން ދިޔަގޮތަށް ނިންމާފައި ސީދާ މިގެއަށް އައިސްކަން މަންމައަށް އިނގޭ!” އަލީޒާ އަލްޔާންއަށް ބުނެލިއެވެ. އެއާއިއެކު ބޯޖަހާލާފައި ދެމީހުން އެކީގައި ނުކުމެގެން ދިޔައެވެ. ****************************** “މަންމާ! ކޮބާތަ އާން؟” ބޮލުގައި ތުވާލި އޮޅައިގެން ހުރެ ކޮޓަރިން ނުކުމެގެން އައި އިޝްރާ، މުޅި ގޭތެރެ ބެލިއިރުވެސް އަލްޔާން ނުފެނުމުން ބަދިގެއަށް […]
“އަމިއްލައަށް މަލް ގާތު އަހާލަންވީނު؟” އިޝްރާ އެހެން ބުނެލާފައި އޭނާގެ އަތްފޯރާ ފަށުގައި ހުރި މަލްނާގެ ގައިގައި މަޑުމަޑުން ކޮއްޓާލިއެވެ. އެއާއިއެކު މަލްނާ ހުރިތަނުން ނުކުމެގެން ގޮސް އިޝްރާގެ އަނެއް ފަރާތުގައި މަޑުކޮށްލިއެވެ. “އަމިއްލައަށް ދޯ ބުނީ މަލް ގާތު މާފަށް އެދޭނަމޭ! މަލް ބޭނުންވަނީވެސް ހަމައެކަނި އެކަން! މަލް ބުނީ އާންއަށް ކުރެވުނު ކަންތައް އިހުސާސްވެގެން މާފަށް އެދިއްޖެއްޔާ މާދަމާވެސް އަންނަންވިއްޔޭ!” މަލްނާ ފެނުމުން އަލްޔާން ކުއްލިއަކަށް ހުއްޓުންއަރާފައި ހުންނަން ފެށުމުން އިޝްރާ ވާހަކަދެއްކިއެވެ. […]
“އެންމެ ރަނގަޅު! އެހެންވީމައި މިއަދު މިކޮޅުން ނިންމާފައި މަލް ހިނގާ އަހަރުން ގެއަށް! ތި ދެމީހުން ދޭތެރޭގައި ޖެހިފައި އޮތް މައްސަލައެއް ވިއްޔާ ޙައްލުކުރަން!” އިޝްރާ ބުނެލިއެވެ. “ކިހިނެއް ވާނީ މިއަދު ހަވީރު އެންމެން އެއްކޮށް ތުނޑީކޮޅަށް ދާން! ލައްކަ ދުވަސް ވެއްޖެއެއްނު އެންމެން އެއްކޮށް ސަކަރާތް ގަނޑެއް ޖަހާނުލަނީ؟” މަލްނާ އަހާލިއެވެ. “ތިގޮތް ކިތަންމެހާވެސް ރަނގަޅު. އެކަމަކު މައްސަލައަކީ ހަވީރަށް ފަރިތަކުރުން ރާވާފައި އޮތީމައި. ދެން މާކަ ގިނަ ދުވަހެއްވެސް ނެތް، އެހެންވީމައި […]
“ޕްލެއިންގް ހާޑް ޓު ގެޓް ހަހް! އީވެންދޯ އިޓްސް އަ ބިޓް އެރޮގެންޓް، އައި ކައިންޑަ ލައިކް އިޓް، ވެން އިޓްސް ފްރޮމް ހިމް! ރިމެމްބަރ ދިސް ލިބާން! ވަން ޑޭ އޯރ ދި އަދަރ، ޔޫ ވިލް ސްޓިލް ބީ މައިން!” ލިބާން ދާ ތަން ބަލަން ހުރެ އެކުއްޖާ ބުނެލިއެވެ. ****************************** “ސޭވް މީ ދޮން!” ލުބްނާ ހުރި ހިސާބު ހޯދައިގެން އައިސް ފަހަތުން އޭނާގެ ގައިގައި ބައްދާލަމުން ލިބާން ބުނެލިއެވެ. […]
“ލުބޫ! ދެން ތިހެން ނީނދެ ދެން ދޭ އަވަހަށް ޔުނީފޯމް ބަދަލުކޮށްގެން ކާން! ދޮން ސްކޫލުން ނިންމައިގެން ފެންވަރައިގެން އަންނަންދެން ލުބޫއަށް އަރާމުކޮށްލަން ވަގުތު ލިބޭނީ! އެއަށްފަހު ލުބޫ ބޭނުން ކަމެއް ކުރެވޭނީ ފިލާވަޅުތައް ހަދާ، ދަސްކޮށް ނިމުނީމައި. ދޮން އައިއްސަ އެހީ ވާނަން!” އިވިގެން ދިޔައީ އަލްޔާންގެ ހިތާއި ކުޅެލުމުގައި ކާމިޔާބު ހޯދި ފުރަތަމަ އަންހެން ކުއްޖާގެ އަޑެވެ. އިއްޔެ އިރުއޮއްސުނު އިރު ވާހަކަދެކެވިފައި ވީނަމަވެސް އެ އަޑު އެ އިވުނީ ހާދަ ގިނައިރެއް ފަހުންނޭ […]
ކަރުދާސްތަކުގައި ހުރި ނޯޓުތަކަށް ބަލަމުން އަލްޔާން ގިޓާގެ ނަރުތަކުގައި އަތް ހިންގާލިއެވެ. ވިސްނައިގެން އިނދެ ކަރުދާހަށް ބަލަމުން މަޑުމަޑުން ފަހަރަކު ނޯޓެއް ކުޅެމުން ދިޔައިރު އިރުއިރުކޮޅާ އަތުގައި އޮތް ފަންސޫރުން ގަނޑުގައި އެކި އެއްޗެހި ފާހަގަކުރަމުން ގެންދިޔައެވެ. އެއަށްފަހު އަނެއްކާވެސް އަލުން އެ ބައިތައް ކުޅެމުންދިޔައިރު އޭނާ އެކަމަށް ގޮސް ހުސްވެފައިވާ މިންވަރު، ބަލައިލި ކޮންމެ މީހަކަށްވެސް ފަސޭހަކަމައެކު ނަގައިގަނެވޭނެއެވެ. ގިޓާގެ ނަރުތަކުން އަޅުވަމުންދިޔަ ހިތްގައިމު ރާގަށް ގެއްލި ހުސްވެފައި އިން އަލްޔާންއަށް ސިހުމެއް ލިބުނީ […]
“ދެން އެހެންވީމައި އެވަގުތުތަކުގައި އަހަރުންނަށް މައްޗަށް އެރުން މަނާވީ ދޯ!” ހެމުން ހެމުން އިޒާން އެހެން ބުނެލީ އެންމެފަހުންފަހަރު އިޝްރާ، ލުބްނާ އަދި ލިބާން ސްކޫލް ލަވަ މުބާރާތަށް ފަރިތަކުރަން ތިއްބާ އިޝްރާގެ ފޮތެއް ބަލާ އެކުލާސް ކުއްޖަކު އައުމުން އެވާހަކަ ބުނަން އޭނަ މައްޗަށް އަރައިގެން، އިޝްރާ އޭނާއަށް ކޮއްލި ވަރު ހަނދާންކޮށްލަމުންނެވެ. “އާނ! ދެން ޝޯއާއި ޖެހެންދެން އެވަގުތުތަކުގައި މަންމައާ ދޮންތައާ ދޮންތަބޭ އަދި ޔާންއަށް އިޝްމެން ފަރިތަކޮށް ނިމުމުގެ ކުރިން މައްޗަށް […]