Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ… (ތިންވަނަ ބައި)

Starlight
Starlight Level 1
November 20, 2023 5 Mins Read
5 Comments

“ތިކަން މިސްއަށްވެސް އެނގޭ! އެކަމަކު މިއަދު ހިތަށްއެރީ ދެން ތިކުދިން ނާންނާނެޔޭ! ފޮތް ގެންނަން ގުޅަންށޭ ޖެހޭނީ! މިއީ ކޮންކުއްޖެއްތަ؟” އިޝްރާގެ ވާހަކައަށް ރައްދުދިނުމަށްފަހު އަލްޔާންއަށް ނިސްބަތްކޮށް ޓީޗަރު ބުނެލިއެވެ.

 

“މިސްއަށް އަޅުގަނޑު ނޭނގުނު؟” އެ ތިންމީހުންގެ ވާހަކަތައް އަޑުއަހަން ހުރި އަލްޔާންއަށް ކެތްވީ އެހާ ހިސާބުންނެވެ. 5 އަހަރު ރާއްޖެއާއި ދުރުގައި އުޅުނު ކަމުގައި ވިޔަސް އޭނާގެ އެންމެ ލޯބިވާ ‘ލައިބްރަރީ މިސް’ އޭނާގެ މަތިން ހަނދާން ނެތިދާނެކަމަށް އޭނާ ހިއެއް ނުކުރެއެވެ.

 

ހަމަ އެއްވެސް ވަރަކަށް ހަނދާނެއް ނެތް ތިއީ ކޮން ކުއްޖެއް ކަމެއް!” އަލްޔާން އެހެން ބުނުމުން ޓީޗަރު ބުނެލިއެވެ.

 

“މީގެ 5 އަހަރު ކުރިން މި ސްކޫލުން ކެނޑިގެން ދިއުމުގެ ކުރިން އެންމެ ގިނައިން ލައިބްރަރީއަށް އައުމުގެ ރިކޯޑް އަބަދުވެސް އަތުގައި ދެމެހެއްޓި އަޙްމަދު އަލްޔާން ޢަދީލް!” ވީދެރައިން އަލްޔާންއަށް ބުނެލެވުނީ ތަންކޮޅެއް ބާރަށެވެ.

 

“ޔޫ ރިއަލީ އާރ އިޝްރާގެ ކޮއްކޮ އަލްޔާން؟ ދަ ‘ކޭން ޔޫ އޯލް ޕްލީޒް ކީޕް ކުއައިޓް’ ބޯއި؟” ލިބުނު ޙައިރާންކަމާއިއެކު، ޤަބޫލުކުރަން ދަތިވެފައިހުރެ ޓީޗަރު ބުނެލިއެވެ.

 

“ޔެސް މިސް ލޫސީ!” ލިއުޒާ މިސްއަށް ޔަޤީންކޮށްދޭންވެގެން އަލްޔާން ބުނެލިއެވެ.

 

“ކޮން ލޫސީއެއް؟ މީސްމީހުންނަށް ނަންނަމުން ނުގޮވާށޭ ބުނީމައިވެސް އެކަން ރަނގަޅެއްނުވިއޭ ދޯ؟” އަލްޔާން އެހެން ބުނި އަޑު އިވުމާއެކު އައިގޮތަށް އައިސް އަލްޔާންގެ ކަންފަތުގައި ހިފަމުން ބުނެލިއެވެ.

 

“އިޝްރާ! އިޓްސް އޯކޭ! ލޫސީއަކީ މިސްގެ ހަޒްބެންޑްއާއި އަލްޔާންއަށް ނޫނީ ނޭނގޭނެ ނަމެއް! ދެން މިހާރު ތިދެކުދިންނަށްވެސް. މިސްގެ ނަން، ‘ލިއުޒާ’ އާއި ގުޅުވާފައި މިސްގެ ހަޒްބެންޑް މިސްއަށް ކިޔަންފެށި ނަމެއް ‘ލޫސީ’ އަކީ. އެކަމަކު އެނަމުން ގޮވާނީ އެއްވެސް މީހަކު ނެތް ތާކު. އެއްދުވަހަކު އަލްޔާން ލައިބްރަރީގައި އިންދާ މިސްގެ ހަޒްބެންޑް އައިސް އެނަމުން ގޮވާލީ އަލްޔާން އިންކަން ނޭނގި. އެހެންވެ އަލްޔާންއަށްވެސް އެނަން އިނގުނީ. މިސް ހުއްދަ ދިނީމޭ އޭނައަށް އެނަމުން ގޮވަން. އެހެންވެ އެނަމުން އެ ގޮވާލީ! އެހެންނޫނަސް އެނަމުން، މިއަދު މިސްއަށް ޔަޤީންވެއްޖެ އެއީ ހަމަ މިސްގެ ‘ކޭން ޔޫ އޯލް ޕްލީޒް ކީޕް ކުއައިޓް’ ބޯއި ކަން. މިސްއެއް އަލްޔާން މަތިން ހަނދާނެއް ނުނެތޭނެ. މިހުރިހާ ދުވަހަކު ނުފެނި ހުރެފައި ކުއްލިއަކަށް ފެނުނީމައި ފާހަގަނުވީ. އެހެންނެއްނު ވާނީ! ޔޫވް ގްރޯން ރިއަލީ ޓޯލް އެންޑް ހޭންޑްސަމް އޯވަރ ދަ އިޔާރޒް.” ހިނިއައިސްފައިހުރެ ލިއުޒާ ބުނެލިއެވެ.

 

“ދެޓްސް ގުޑް ޓު ހިއަރ! އައި ރިއަލީ ތޯޓް ޔޫ ފޮރގޮޓް އެބައުޓް މީ!” ހިނިއައިސްފައި ހުރެ އަލްޔާން ރައްދުގައި ބުނެލިއެވެ.

 

“ދެޓް މޭ ނެވަރ ބީ ޕޮސިބަލް!” އަލްޔާންއަށް ރައްދުދީ ލިއުޒާ ހެވިފައި ހުރެ ބުނެލިއެވެ.

 

“އޯ ޝޫޓް! އެއޮއްގެން 11:15 ވެގެން ދިޔައީ! ގެއަށް ދާއިރު މަންމަ ބޮޑު ލެކްޗަރެއް ނާޅައިފިއްޔާ ރަނގަޅު! މިސް ލޫސީ! ވީލް ގެޓް ގޮއިންގް!” ކުއްލިއަކަށް ގަޑި ބަލައިލުމަށްފަހު އިޝްރާ ކުއްލިއަކަށް ބުނެލިއެވެ.

 

“އޯކޭ ކިޑްސް! ގްރެޖުއޭޓް ވިޔަސް އަދި ސްކޫލްތެރެއިން ފެންނާނެކަމަށް އުންމީދުކުރަން.” ހެވިފައި ހުރެ ލިއުޒާ ބުނެލިއެވެ.

 

“އިންޝާﷲ!” ލައިބްރަރީއިން ނިކުންނަން ދަމުން ލިއުޒާއާއި ދިމާލަށް ބަލައިލަމުން ހެވިފައި ހުރެ ތިންކުދިން އެއްފަހަރާ ބުނެލިއެވެ.

 

ފޮތްތައް ހަވާލުކޮށްފައި ގެއަށް އައި މަގުމަތީގައި އެ ތިންމީހުންގެ ތެރޭގައި ވީ ހަމަހިމޭންކަން އަލްޔާންއަކަށް ކަމަކު ނުދިޔައެވެ. އެ ހަމަހިމޭންކަމުގެ ފަހަތުގައި ވީ ސަބަބު އޭނާއަށް ކަނޑައެޅިގެން އެނގުނުނަމަވެސް އެ ހަމަހިމޭންކަން ފޫދުއްވާލުމަށްޓަކައި އޭނާ ވަހަކަދައްކަންފެށިއެވެ.

 

“އިޝް! ކޮންކަމެއްތަ އޮތީ މިފަހަރު؟ އަބަދު ގެއަކު ނުތިބެވޭނެއެއްނު!” މާޙައުލުގެ ގޮތުން އޭނާ މުޅިން އެހެން ވާހަކައެއް ފެއްޓީ އެކުދިންނަށް އިތުރު ކަމަކާއިމެދު ފިކުރުކުރަން ދޮރެއް ހުޅުވަން ބޭނުންނުވުމުގެ އިތުރަށް މިހާރު އެކުދިން ކުރަމުންދިޔަ ފިކުރުތަކުން ދުރުކޮށްދެވޭނެ މަގެއް ފެނޭތޯއާއިއެކުއެވެ. އިޝްރާ ހިނިތުންވެލައި މި ބަންދުގައި ކަންތައްކުރަން އެމީހުން ރާވާލާފައިވާގޮތް ކިޔައިދިނެވެ.

 

“ދެން އާން ކޮންއިރަކު ދާނީ؟” އިޝްރާވެސް ކޮށްލީ ސުވާލެކެވެ. “އަންނަ މަސް ނިންމާފައި ދާނީ. އާންމެންގެ ނަތީޖާތައް ދޫކުރާނީ ފެބްރުއަރީ ފެށޭކޮޅުގަޔޯ ހުރިހާ ޓީޗަރުންވެސް ބުނީ. އެކޮޅުގައި ނަތީޖާތައް ދޫކުރަނީ ބްރިލިއަންސް އާ އެއްޗެހި ޔަޤީންވީމައި، މިކޮޅުގައި ހެން ފަހަރަކު އެއްޗެއް ނޫން! އެހެންވީމައި އާންއަށް ތަންކޮޅެއް ގިނަދުވަހު މިކޮޅުގައި ހުރެވޭނެ އަދި. އެހެންވީމައި ޖެނުއަރީ 25 އެހާ ތާނގައި ދާނީ! އެކޮޅުގައި ތިބި އެކުވެރިންނާއި ވާހަކަދައްކާލައިގެން ނަތީޖާ ދޫކުރާ ތާރީޚެއް ޔަޤީންކޮށް އެނގުނީމައި އާން ފުރާ ދުވަހެއްވެސް ޔަޤީންކޮށް ބުނަން އެނގޭނީ! ހެހެ…” ބޯކަހާލަމުން ހިނިއައިސްފައިހުރެ އަލްޔާން ޖަވާބުދިނެވެ. އެވަގުތު ހިނގަމުންއައިސް އިޝްރާމެން ހުއްޓުމުން އަލްޔާންވެސް ހުއްޓުނެވެ.

 

“އާން! މީ ލޫންމެން ގެ. ލޫން! ދެންދޭ އެތެރެއަށް. މަ މިއަދު ހަވީރު ދާނަން އާން ގޮވައިގެން ހިނގާލަން. ތައްޔާރުވައްޗެ އެގަޑިއަށް އިނގޭ! މަ އަންނާނަން ބަލާ. މިހާރު މަގޭ މަންމަވެސް އުޅޭނެ ލަސްވެގެން. އެހެންވެ އިހަށް މި ދަނީ އިނގޭ! ސީޔޫ ލޭޓަރ ގާރލް!” ލުބްނާއަށް ހަނާއަޅާލަމުން އިޝްރާ ބުނެލިއެވެ. އެއަށްފަހު އޭނާގެ ގެއާ ދިމާލަށް މިސްރާބު ޖެއްސެވެ.

 

“އިޝް! އެ ޒިދާންއަކީ ކާކުތަ؟” އަހަން ނާހަން ހުރެފައިވެސް އަލްޔާން ފާޑަކަށް ހުރެފައި އަހާލިއެވެ.

 

“އެއީ ސްކޫލުގައި އުޅޭ އެންމެ ނުބައި އަރުވާ ގުރޫޕުގައި އުޅޭ އެކަކު! އޭނާ ލޫން ދެކެ ލޯބިވަނީއޯ! އެކަމް ލޫންއަށް ބަލާލާފައިވެސް އެނގޭ ދޯ އޭނާ އެކަހަލަ ކުއްޖަކާއި ނުވެސް ގުޅޭނެކަން! ސޯ ނޯ ވޮރީސް! އަނެއްކާ އިޝް ހުއްޓަކާއި ލޫން ނުޖެހޭނެ މަޖުބޫރުވެގެނޭ، އެހެން އެއްޗެކޭ ކިޔާފައި ވިޔަސް އެކަހަލަ މީހަކާއި އެއްކޮށް އުޅޭކަށް! އިޝްއަށް ވެގެން ވާނަމަ އޭނަ މިހާރު ހުންނާނީ ބިމުން ހަފޫޓު އަޑީގައި ވަޅުލާފައި!” އައިސްފައި ހުރި ރުޅިގައި އިޝްރާ ހުރިހާ އެއްޗެއް އެއް ނޭވާ މަތިން ކިޔާ ނިންމާލިއެވެ. ހީވީ މި ހުރިހާ އިރަކު ހިފަހައްޓައިގެން ހުރި ރުޅިގަނޑު ރައްދުވާ ފަރާތަށް އަމާޒުކޮށް ނިންމާލީހެންނެވެ.

 

އިޝްރާގެ ވަހަކަ އަޑުއިވުމުން އަލްޔާން މިއޮއް ހުރިހާއިރަކު ހިފަހައްޓައިގެން ހުރި ނޭވާ ބޭރުކޮށްލެވުނެވެ. ކީއްވެކަމެއް ބުނަން ނޭނގުނަސް އިޝްރާގެ ވާހަކަތަކުން ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ލިބި ހިތާހިތުން ޝުކުރު އަދާކުރެވުނެވެ. އޭނާއަށް ކުއްލި ސިހުމެއް ލިބި، ފިޔަވަޅުތަކަށް ހުއްޓުމެއް އައީ އޭނާއާއި އެއްހަމައެއްގައި ހިނގަމުން އައި އިޝްރާ ކުއްލިއަކަށް ހިނގުން ބާރުކޮށްލުމަށްފަހު އޭނާއާއި ދިމާލަށް އެނބުރިލުމުންނެވެ.

 

“އެކަމް ކީއްވެ ކުއްލިއަކަށް ތި ސުވާލު ތި ކުރީ؟ ކޮބާ ބޭނުމަކީ؟” ޝައްކުގެ ނަޒަރަކުން އަލްޔާންއާއި ދިމަލަށް ބަލަން ހުރެ އިޝްރާ އަހާލިއެވެ. އެހެންޏާ އަލްޔާންއަކީ އޭނާއަށް ކިތަންމެ ބޮޑު ކަމެއް ވިޔަސް  “ކިހިނެއް ވީ” ހޭ އަހާލާ މީހެއްވެސް ނޫނެވެ. އޭގެ ބަދަލުގައި ބަލަނީ އަބަދުވެސް ކޮންމެވެސް އެއްޗެކޭ ކިޔައިގެން އޭނާއާއި ދިމާކޮށްލެވޭތޯއެވެ. އެހެނަސް އިޝްރާއަށް ނޭނގުނު ކަމަކީ އަލްޔާން އެ ސުވާލު ކުރީ ހަމައެކަނި އޭނާއާއި މެދު ވިސްނާތީ ނޫންކަމެވެ.

 

“ސާބަސް! އެއްވެސް ކަމެއް ބޭނުމެއް ނެތް! ކުރިން ކިޔާނެ އާން އެއްވެސް ވަރަކަށް އިޝްއަށް ވީ ކީއްތޯ ބަލައެއް ވެސް ނުލާނެއޭ! އެކަމް މިފަހަރު އެ ޒިދާންއޭ ކިޔާ ސޮރު އެއީ އިޝްއަށް ނުރައްކަލަކަށް ވެދާނެޔޭ ހީވާތީ މި އަހާލީ! އެކަމް ހިއެއް ނުވޭ ބޭނުން ހުރި ކަމެއް ހެނެއް މި ކުރެވުނީކީ! އިޝް އަމިއްލަ ސަލާމަތް އަމިއްލައަށް ހޯދާނެހެން ހީވަނީ އެއްވެސް މީހެއްގެ އެހީތެރިކަން ނުލިބުނަސް! އެހެންނޫންނަމަ މިއަދު ސްކޫލްދޮށުން އެ ޒިދާންއަކާއި ދިމާލަށް އެވަރަކަށް އެއްޗެހި ގޮވައެއް ނުލާނެކަން ޔަގީން!” އުނަގަނޑުގައި އަތް ވިދެލައިގެން ހުރި އިޝްރާގެ ކޮނޑުގައި އަތް އަޅުވާލައިގެން ގެއާއި ދިމާލަށް ހިނގައިގަންނަމުން އަލްޔާން ބުނެލިއެވެ.

 

“އިޝްޔާ! ކޮއްކޮ އަދިވެސް ނާދޭތަ ލައިބުރަރީއަށް ގޮސްފައެއް؟ މިހާރު ކޮންއިރެއް ދިޔަފަހުން؟” ދޮރުމައްޗަށް އެރިވަގުތު މަންމަގެ އަޑު އިވުމުން އިޝްޔާ ހުއްޓިލާ އަލްޔާންއަށްވެސް މަޑުކޮށްލަން އެންގީ އެ ދައްކަ ވާހަކައެއް އަޑުއަހާލުމުގެ ބޭނުމުގައެވެ. އޭނާ ދިޔައީ އަދި އަލްޔާންވެސް ގޮވައިގެންނެވެ. އެވަރުންވެސް އޭނާ ނައިސް ލަސްވެގެން އަދިވެސް މަންމަ ނިކަން ކަންބޮޑުވޭތާއޭ އިޝްރާގެ ހިތަށް އެރިއެވެ.

 

“މަންމާ! ކޮއްކޮ ދިޔައީ އާންއާއި އެއްކޮށޭ! އެހެންވީމާ އާން އޭނާ ބަލާނެއެއްނު. ގައިމު މަށަށް އެނގޭ އެއްޗަކީ އާން އިޝްދެކެ ނިކަން ލޯބިވާކަން. އެހެންވީމައި އިޝްއަށް ކަމެއް ވިއަކަސް އާން ހުންނަނެއެއްނު އިޝްގެ ސަލާމަތަށް! ދެން މަންމަ އެހާ ކަންބޮޑުނުވެބަލަ! އެހެންނޫނަސް މިހާރު އެކުދިން އުޅޭނީ އަންނަށޭ!” މަންމަގެ ހިތްހަމަޖައްސައިދިނުމަށްޓަކައި އިޝްޔާ ތަފާތު ވާހަކަދެއްކިއެވެ. އެވަގުތު އިޝްރާ ސިޓިންރޫމުން ވަދެގެންއައިސް އޭނާގެ މަންމައަށް ގޮވަލިއެވެ.

 

“މަންމާ! އަޅުގަނޑު މިހުރީ ހަމަ ގަދަފަދަކޮށޭ! ފޮތްތައް ލާފައި އަންނަމުން މިސްމެންނާ ވާހަކަދައްކާލަން މަޑުކޮށްލީ. އެހެންވެގެން ލަސްވީ މަންމަ މާ ބޮޑަށޭ މިހަރު ތި ހާސްވަނީ! މިހަރު އިޝް މީ އިޝްގެ އަމިއްލަ ރައްކާތެރިކަން ހޯދަން އެނގޭވަރުގެ ކުއްޖެކޭ! އެހެންވީމައި މަންމަ ތިވަރަށް ހާސްވުމުގެ އެއްވެސް ބޭނުމެއްނެތޭ ކިތައްދުވަހުތަ އިޝް ބުނާނީ؟ އޭނ! ދެން މީގެފަހުން މަންމަ ތިހެން އިޝްގެ ކަންކަމާއި ތިވަރަށް ހާސްވެގެން އުޅެންޏާ އިޝް މަންމަދެކެ ވަރަށް ރުޅިއަންނާނެ އިނގޭ!” ޙަޤީޤަތް ކޮންމެވެސް ވަރަކަށް އޮޅުވާލަމުން އިޝްރާ މޫނަށް ވައްތަރެއް ޖައްސާލާފައި ވާހަކަދެއްކީ އޭނާގެ މަންމަގެ މޫޑު ރަނގަޅުކޮށްލުމުގެ ގޮތުންނެވެ. އެއަށްފަހު އަލްޔާންގެ ކޮނޑުގައި ޖަހާލާފައި އަރާމުކޮށްލަން ދިއުމަށް ބުނެ އޭނާވެސް ހިނިތުންވެލާފައި އޭނާގެ ކޮޓަރިއާއި ދިމައަށް މިސްރާބު ޖެއްސެވެ. އަލްޔާންވެސް އޭނާގެ އަަމިއްލަ ކޮޓަރިއައި ދިމާލަށް މިސްރާބު ޖެހީ ދަތުރު ވަރުބަލިވެފައިވުމުގެ ސަބަބުންނެވެ.

 

****3 ގަޑިއިރާއި 30 މިނެޓް ފަސް****

 

ނިދިފައި އޮތް އަލްޔާންއަށް ސިއްސައިގެންގޮސް ހޭލެވުނީ ދެއަތުގައި ހުރި ބާރެއް ލާފައި މީހަކު ތަޅައިގެން އަޑަށެވެ. ހަމަ އެއާއެކު ދޮރުގެ އަނެއް ފަރާތުން އިޝްރާގެ އަޑު އިވުމުން އަލްޔާން އެނދުން ތެދުވެ ގޮސް ދޮރު ހުޅުވާލިއެވެ.

 

“ނިދަން ނޯވެ ދެން ތެދުވޭ! އިޝްއަށް ޔަގީން މެންދުރު ނަމާދުވެސް ނުކޮށްކަން ތިއުޅެނީ އަދި. އަވަހަށް ފެންވަރައިގެން ނަމާދުކޮށްގެން ތައްޔާރުވޭ ހިނގާލާން ދާން! އަޞުރަށް ގޮވަންވާއިރަށް ތައްޔާރުވެގެން ހުރިއްޔާ ނަމާދުކޮށްގެން ސައިބޮއެގެން 4 ޖަހަން ވާއިރަށް ލޫންމެން ގެއާއި ހިސާބަށް ދެވޭ ވަރުވާނީ.” ދޮރު ހުޅުވާލުމުން އިޝްރާ ބުނެލިއެވެ. އެއާއެކު އިތުރު އެއްޗެއް ބުނަން ނަހަދާ ހަމައެކަނި ބޯ ޖަހާލުމަށްފަހު އަލްޔާން ދޮރު ލައްޕާލިއެވެ.

 

އަވަހަށް ފެންވަރައިގެން ނުކުމެ ގޭގައި މެންދުރު ނަމާދު ކޮށްލީ މިސްކިތަށް ގޮސް ނަމާދުކުރާނެހާ ވަގުތު ދެން ނެތުމުންނެވެ. ނަމާދުން އަވަދިވެ ކުޑަގޮތަކަށް އޭނާ ރީތިވެލިއެވެ. މެރޫން ކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ސްކިނީ ޖިންސެއްގައި އޭނާ ފެންނަނީ ނުހަނު ހިތްގައިމުކޮށެވެ. ލާފައިވާ އަތްދިގު ގަމީހުގެ އަތުކުރި އުޅަނބޮއްޓާއި ހިސާބަށް އޮޅާލާފައިވީއިރު އެ ރީތި މުލައްދަނޑިން ބައެއް ހާމަވެފައިވިއެވެ. ހިތްހަމަޖެހޭ ވަރަށް ރީތިވެވުމުން ފޯނު ޖީބަށް ލައިގެން އޭނާ ނިކުތްއިރު އިޝްރާ އިނީ ތައްޔާރުވެގެން ނިކުމެ އޭނާގެ އިންތިޒާރުގައެވެ. އޭނާ ނުކުތް ތަން ފެނުމުން އިޝްރާ ފޯނުން ގަޑިބަލައިލިއެވެ.

 

*******(ނުނިމޭ)*******

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Starlight
Follow Me Written By

Starlight

Level 1

Other Articles

Previous

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 36

Next

އިފްރާ 5

Next
November 21, 2023

އިފްރާ 5

Previews
November 20, 2023

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 36

5 Comments!

  1. Rifoo says:
    November 20, 2023 at 1:16 pm

    Mi bai VX varah reethi Masha Allah when next

    1. Starlight Starlight says:
      November 20, 2023 at 9:14 pm

      thank you so much Rifoo. next part this week wednesday insha allah

    2. Starlight Starlight says:
      November 20, 2023 at 9:15 pm

      thank you so much Ifoo. Insha Allah next part ves laheh nuve kiyaalan libeyne

  2. Ifoo says:
    November 20, 2023 at 7:38 pm

    Aww😍.. vv reethi mi part vs maasha Allah❤️.. unmeedhu kuran next part vs avahah kiyaalan libeyne kamah 😊

  3. love imko 💕💕 says:
    November 21, 2023 at 2:32 pm

    Mi part vex varha reethi Masha Allah
    Unmeedhu kuran next part kiyaalan libeeney kama

Comments are closed.

Next Episodeރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ… (ހަތަރުވަނަ ބައި)←


All Right Reserved!