ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ… (ދެވަނަ ބައި)
“އޭ ބްރަދަރ! ތިއެއްނޫނޭ! މިފަހަރު އެކަނިތަ ތި އައީ މިކޮޅަށް؟ މަންމައަކަށްވެސް ނޭނގުނު ވިއްޔާ އެ އެއް އަހާލާކަށް!” ކުއްލިއަކަށް އައި ނައި ތަނެއް ނޭނގި އިޝްރާ އައިސް ފަހަތުން އަލްޔާންގެ ކޮނޑަށް އަތް ވައްޓާލަމުން އަހާލިއެވެ. އެއާއެކު އަލީޒާވެސް އަލްޔާންއާއި ދިމާލަށް ބަލާލީ އެ ސުވާލުގެ ޖަވާބު ބޭނުމޭ ބުނާ ފަދައަކުންނެވެ.
“އެކޮޅުގަ ބިޒްނަސް ވަރަށް ރަނގަޅު ދުވަސްކޮޅެއް! އެހެންވެ ބައްޕައަށް ނާދެވޭތީ އާން ނުފޮނުވަން އުޅުނީ! އެކަމް އާންގެ ނަސީބު ގަދައީ! ވަރަށް އާދޭސްކުރުމުން އާންގެ ކްލާސްކުއްޖެއްގެ ޢާއިލާއާއިއެކު ފޮނުވީ މިކޮޅަށް. އެއީ ބައްޕަގެ ވިޔަފާރީގެ ދުނިޔޭގެ އެކުވެރިއަކާއި އޭނާގެ ޢާއިލާ. އެހެންވެ އަސްލު އެވަރުންވެސް އާދެވޭ ވަރު މިވީ!” ހެވިފައި ހުރެ އިޝްރާގެ ކޮނޑަށް އަތް ވައްޓާލަމުން އަލްޔާން ޖަވާބުދިނެވެ. އެއާއެކު ބުމައަށް ގޮތެއް ހަދާލާފައި އަލްޔާންގެ އަތްދަށުން ދެމިގަނެގެން އިޝްރާ ސިޓިންރޫމަށް ދިއުމުން އަލީޒާއަށް ބޯހޫރާލެވުނީ މި ދެކުދިންގެ ވަރުގަދަކަމޭ ހިތަށް އަރާފައެވެ.
“ކޮންއިރަކުންތަ ލައިބްރަރީއަށް ފޮތްތައް ލާން ދަނީ؟ ބުނީމެއްނު މިއަދު 11ގެ ކުރިން ލާންޖެހެއޭ! މިހާރު އެއޮއްގެން 10:15 ވީނު!” ނިދިބުރާންތިކަމުގައި އާފުރިފުރި އިން އިޒްޔާން ގޮވައިގެން އެމީހުންގެ ކޮޓަރިއާއި ދިމާއަށް މިސްރާބު ޖަހަމުން އިޝްޔާ އަހާލިއެވެ.
“އިރުކޮޅަކުން ލޫން އަންނާނެ! ލޫންއާއި އެއްކޮށް ދާނީ!” ރީތި ހިނިތުންވުމެއް ދޮންތައަށް ހަދިޔާކުރަމުން އިޝްރާ ބުނެލިއެވެ. “އޯކޭ! ދޮންތަ މިދަނީ ޔާން ނިންދަވަން! ދާއިރު އާން ގޮވައިގެން އިނގޭ ދާނީ!” އިޝްޔާ ކޮޓަރިއަށް ވަދެ ދޮރުލައްޕާލަމުން އިޝްރާއަށް އަންގާލިއެވެ. އިޝްރާ ބޯޖަހާލިއެވެ. އެވަގުުތު އެތަނަށް އައިސް ހުއްޓިލި އަލްޔާން ފެނިފައި އިޝްރާ ސިއްސައިގެން ދިޔައެވެ.
“އަޅޭ މަ މީ ޖިންނިއެއްތަ މަ ފެނުނީމައި ސިއްސައިގެންދާން؟” އަލްޔާން އެހެން ބުނުމުން އިޝްރާ އަލްޔާން ކޮއްޕާ ސޯފާއަށް ވައްޓާލިއެވެ. ހެވިފައި އިނދެ އަލްޔާން ޓީވީ ރިމޯޓް ނަގައި ޗެނަލް ބަދަލުކުރަންފެށިއެވެ.
“އޭ! މީހަކު ގޭގެ ދޮރުގައި ބެލްޖަހައިފިއްޔާ ހުޅުވާތި! އިޝް ކޮބާހޭ ބުނެފިއްޔާ އިޝްގެ ކޮޓަރިއަށް ފޮނުވާލާ! އޯކޭ ލިޓްލް ބްރޯ!” ކޮޓަރިއާއި ދިމާއަށް ހިނގައިގަންނަމުން އިޝްރާ ބުނެލިއެވެ.
“އުހުން! އޯކޭއެއްނޫން! އާން މީ އިޝްގެ ހާއްސަ މެއިޑެއްނޫނޭ މިހާ އަރާމުގަ އޮއްވާ ތިހެން އިޝް ބޭނުންވާ ކަމެއް ކުރުވާން ބުނާކަށް!” އަލްޔާން ބާރަށް ބުނެލިއެވެ. ޖެއްސުމަށެވެ.
އިވުނު އަޑުން ހަތައަކާއި ކުޅުނީމައި އައި ކުޅަނދުރެއްހެން އިޝްރާ އައެވެ. “އަދި އެއްފަހަރު ބުނެބަލަ ތިހެން! މިފަހަރު ރަނގަޅަށް އަރާމުގައި ބާއްވަދޭނަމޭ!” އަރައިގެންހުރި ފައިވާކިބަ ފައިން ދަމައިގަނެ އަލްޔާން އާއި ދިމާލަށް މަޅާލަމުން އިޝްރާ ބުނެލިއެވެ.
“ނޯނޯ! ކުޑަ ދޮން ޕްލީސް ނުޖަހާތި! ތިބުނި ގޮތައް ހަދާނަމޭ! ސޮރީއޭ! ސޮރީ ސޮރީ!” އަލްޔާން އޭނާގެ ދެކަންފަތު ފޫޅުގަނޑުގައި ހިފާފައި ބުނެލިގޮތުން އިޝްރާއަށް މަޖާވެގެން އެނބުރި ކޮޓަރިއަށް ދިޔައެވެ.
އަލްޔާންްވެސް ހިނިއައިސްފައި އަނެއްކާވެސް ސޯފާގައި އިށީން ވަގުތު ބެލްޖަހާލުމާއެކު އިޝްރާގެ ކޮޓަރިން “އަލްޔާން ދޮރުހުޅުވާ”ށޭ ކިޔާ އިޝްރާ ހަޅޭއްލަވައިގަތް އަޑަށް ސިހިފައި ސޯފާއިން ތެދުވެވުނެވެ.
ހިރެމުން ހިރެމުން ގޮސް ދޮރު ހުޅުވައިލެވުނު ވަގުތު ކުރިމަތީގައިހުރި ސޫރަ ފެނިފައި އަލްޔާންއަށް ހުއްޓެވުނެވެ. ރާއްޖޭން ބޭރުގައި ކިޔެވުމުގެ މަރުޙަލާތައް ކަޑައްތުކުރަމުންދާ އަލްޔާންއަށް ހުއްޓި ހުރެވުނީ ކުރިމަތިން ފެންނަންހުރި މަންޒަރު ޤަބޫލުކުރަން ދަތިވެފައެވެ. އެއީ ހަމަ ފަތްމިންޏެއް ހެއްޔެވެ؟ ނުހަނު އާދައިގެ ބިސްކުލައިގެ އަތްދިގު މަތިކޮޅަކާއި ކަޅުކުލައިގެ ދިގު ޓައިޓެއްގައި ހުރިއިރުވެސް އެ ރީތިކަން ފަނޑުނުވާ ފަދައެވެ. މަޑު މުށިކުލައަކަށް ދާ، އެ ދިގު ފަން އިސްތަށިގަނޑު މިނިވަންކަމާއިއެކީގައި ވިހުރެން ދޫކޮށްލެވިފައިވާއިރު، އެއްވެސް މޭކަޕެއް ކޮށްފައި ނެތްތާނގައި، ގަހަނާއެއްވެސް ބޭނުންކޮށްފައި ނެތް ނަމަވެސް، އެ ރީތީގެ ރާނީގެ ހިތިފަތު ބުމަޔާއި، ކުރަނގި ދެލޮލުގެ އިތުރުން ފިނިފެންމަލެއްފަދަ ރީތި ދެތުންފަތް ފެނިފައި އަލްޔާންއަށް އިތުރު ހަރަކާތެއް ގެންނަން ނޭނގިފައި ހުރެވުނީއެވެ. ރާއްޖޭން ބޭރުގައި ކިޔެވުމުގައި ދުވަސްތައް ހޭދަކުރިއިރު، ރީތި ކުދިން އޭނާ ދުށްޓެވެ. ނަމަވެސް މިފަދަ ފުރިހަމަކަމެއް އޭނާއަށް ފެނިގެން މި ފެނިގެންދިޔައީ އަދި އަލަށެވެ.
ކުއްލިއަކަށް އޭނާ ސިއްސައިގެން ދިޔައީ ފަހަތުން އިޝްރާގެ އަޑު އިވުނެވެ. “ލޫން! ކޮބާ ހިނގާ ދާން! ދޮންކަލޯ! ދޮންތަ ބުނީ ދޮންކަލޯވެސް ގޮވައިގެން ދާށޯ! އެހެންވީމައި ހިނގާދާން އަވަހަށް ދާން! ގަޑިޖެހެނީއޭ!” އަތުގައި ހުރި ފޮތްތަކުން އެއްބައި އަލްޔާން އާއި ދިމާއަށް ދިއްކޮށްލަމުން އިޝްރާ ބުނެލިއެވެ.
“ލޫން…” އަލްޔާންއަށް ހިތާހިތުން ބުނެލެވުނެވެ. ދެންމެ އިޝްރާ ދެއްކި އެއްވެސް ވާހަކައެއް އޭނާއަށް އަޑުނީވޭ ފަދައެވެ. އިޝްރާ އަނެއްކާވެސް އަލްޔާންގެ ކޮނޑުގައި ބޮނޑިއެއް އަޅާލުމަށްފަހު އޭނާގެ އަތުގައި ހުރި ފޮތްތައް އަލްޔާންގެ އަތަށް ދިނެވެ. އެއަށްފަހު “ދާން ހިނގާށޭ” ކިޔާ ދެމީހުންގެ ދެމެދުގައި ހުރެ ސްކޫލާއި ދިމާލަށް މިސްރާބު ޖެއްސެވެ.
“ވަރަށް ގިނައިރުވެއްޖެތަ ލޫން އައިފަހުން؟ މިސޮރު ކައިރި މަ ބުނީމޭ ލޫން މަގޭ ކޮޓަރިއަށް ފޮނުވާލަދޭށޭ! އެކަމަކު ދުވަހަކު ބުނާގޮތަކަށް ނަހަދާނެ!” ބޯހޫރާލަމުން އިޝްރާ ބުނެލިއެވެ. “ނޫނޭ! މަ އިޝް ކޮބާތޯ އަހާލަން އުޅެނިކޮށް އިޝް ތި އައީ! ސޯ ނޯ ވޮރީސް އޯކޭ!” ކޮލްގެޓް އިޝްތިހާރެއް ކުޅެލަން އެންމެ އެކަށީގެންވާފަދަ ބޯކިރުކޮޅެއްފަދަ ހުދުހުދު ދަތްތައް ދައްކާލާ ހިނިތުންވެލަމުން ލުބްނާ އިޝްރާއަށް ޖަވާބުދިނެވެ. އެއަޑު އަލްޔާންގެ ކަންފަތުގައި ޖެހުމާއެކު ހީވީ އޭނާގެ ކަންފަތްބުޑުގައި ރީތި ރާގެއް ކުޅެލެވިގެންދިޔަހެންނެވެ. އޭނާއަށް ބޭއިޚްތިޔާރުގައި އަމިއްލަ ނަފްސަށް ހިނިތުންވެލެވުނެވެ.
“އޯކޭ ލޫން! ސޯ، މީ އަލްޔާން އިނގޭ! މަގޭ ކޮއްކޮ! ކުރިން ބުނީމެއްނު! ދޮންކަލޯ! މިއީ ލުބްނާ! ލޫން. މައި ބެސްޓީ ފޯރއެވަރ ދޯ ގާރލް!” ސްކޫލަށް ދިޔަ މަގުމަތީ އިޝްރާ، ލުބްނާއާއި އަލްޔާންއަށް އެކަކު އަނެކަކު ތަޢާރަފްކޮށްދިނެވެ. އޮލަވާހަކަތަކުގައި ޖެހި ތިބެ މާ ލަސްތަކެއް ނުވެ އެމީހުނަށް ސްކޫލާއި ހަމައަށް އާދެވުނެވެ.
“އަލްޔާންް… އެހެންވީމައި ކުރުކޮށް ޔާން ދޯ؟” ވިސްނާލަން ހުރެފައި ލުބްނާ އަހާލިވަގުތު އެމީހުންނަށް ހުއްޓެވުނީ ކުރިމައްޗަށް އައިސް ހުއްޓުނު މީހާ ފެނިފައެވެ. ވާނުވާ ނޭނގުނެއްކަމަކު އެމީހުން ހުއްޓުމުން އަލްޔާންވެސް އެހުރިތަނުގައި އޭނާގެ ފިޔަވަޅުތައް މަޑުޖައްސާލިއެވެ.
“ވާވާ! ނޫނޭވާ ފައްކަލޭ! މަ މިއޮށް ހުރިހާ ދުވަހު ކުރި މަސައްކަތްތައް އެއްވެސް އަގެއްނެތް އެއްޗަކަށް ހަދާލާފައި ދެންމެ ފެނުނު މީހަކަށްޓަކައި ހޭބަލި ވެފައި ދޯ މިހިރީ! އަޅެ ލޫންއެއް ނޫންތަ ބުނީ ހިތަކީ އަނިޔާއެއް ލިބިއްޖެނަމަ މުޅިން ހީލްކުރަން އުނދަގޫވާނެފަދަ ގޮތަކަށް އުފެދިފައިންނަ މަސްކޮޅެކޭ! ބަލަ މަގޭވެސް އޮންނަނީ ހިތެކޭ! މިހިތަށްވެސް ތިހެން ވާނެކަން ލޫންއަށް ނޭނގެނީތަ ހަމަ؟ އޭނ! އަދި ބުނެފިއެއްނު ކުރުކޮށް ޔާން ހެއްޔޭ! ތިހާ ކުރުނަން ކިޔާހިތްވަންޏާ، ތިހާވަރު ވެފައިހުންނަ މީހަކު އެހެނަމީހަކު ކުރެން އެހުމަކާއިވެސް ނުލާ ކިޔާ ނަންނަން ހުރެއޭ! ނޭނގޭދޯ! ހެހެ!” “ހުއްޓާލާ ޒިދާން! ތިހެން ލޫންއާއި ދިމާލަށް އެއްވެސް އެއްޗެއް ބުނުމުގެ ޙައްޤެއް ޒިދާންއަކަށް ނެތޭ! ތިހެން ޒިދާން ހިތުހުރި އެއްޗެއް ކިޔާ ތި ނިންމާލަނީ ލޫން އެއީ ޒިދާންގެ ގާލްފްރެންޑްތަ؟ ނޫނީ އަންހެނުނަތަ؟ ބުނެބަލަ؟ އެހެންނޫނަސް އާންއާއި ލޫންއާއި މެދު ތި ހީކުރާކަހަލަ ގުޅުމެއްނެތޭ! އެހެންވީމައި ނޭނގޭ އެއްޗެއް ނުކިޔާ ހުރުން ބުއްދިވެރިވަނީ އިނގޭ! އެހެންނޫނަސް ލޫން ބުނި ދޯ ޒިދާންއާއިއެކީ އުޅޭކަށް އޭނާ ބޭނުމެއް ނޫނޭ! އެހެންވީމައި ލޫންގެ ކަންތައްތަކާއި ނުބެހި ހުރުން އެންމެ ބުއްދިވެރިވާނީ!” އިޝްރާ ހުރެފައި، އަތްތިލަބަޑި ޖަހަމުން ލުބްނާއާއި ދިމާލަށް އެއްޗެހިކިޔަންހުރި ޒިދާން މައިތިރިކޮށްލިގޮތް ފެނިފައި އަލްޔާން ހައިރާންވިއެވެ. ގޭތެރޭގައި އިޝްރާ އުޅެމުންދިޔަ ގޮތާއި މިހާރު އިޝްރާގެ ފަރާތުން މިފެނުނު ސިފައިގެ މައްޗަށް ބިނާކޮށް އިޝްރާގެ ފޮރުވިފައިވަ ތަފާތު އެތައް ކުލައެއް ވާނެކަން އަލްޔާން ދެނެގަތެވެ. ނަމަވެސް ޒިދާންއާއިހުރެ އޭނާގެ ގާތުގައި ތިބި ދެ އަންހެންކުދިންނަށް ސަމާލުވުމަކީ މުހިންމުކަމެއްކަން ވިސްނާ އަލްޔާން މިވަގުތު އޭނާގެ ވިސްނުން އެހެންކަންކަމުން އެއްކިބާ ކޮށްލާ މާހައުލުގައި ހިނގަމުންދާ ކަންކަމަށް ސަމާލުވެލިއެވެ.
“ދެން ކަލެއަށް ކޮން ޙައްޤެއް އޮތީ އޭނާގެ ދިފާޢުގައި ވާހަކަދެއްކުމުގެ؟ މާ ހިތްމޮޅުވެގެން ނޫޅެއްޗޭ އިނގޭ މަންޖޭ!” ޒިދާން ހިތްފުރޭވަރަށް އެއްޗެހި ކިޔާނުލެވުމުން އޭނާ ހުރިހާ ރުޅިއެއް އައީ އިޝްރާ ދެކެއެވެ. ޙަޤީޤަތުގައި އޭނާ ވަނީ ލުބްނާގެ ލޯތްބަށް ފެންބޮވައިގަނެފައެވެ. ނަމަވެސް ލުބްނާ ފާޅުގައި އޭނާއާއި ގުޅެން އިންކާރުކުރުމުން ލުބްނާ އެހެން ފިރިހެން ކުއްޖަކާއި ދިމާއަށް އޭނާގެ ލޮލުގެ ހިމަކޮޅުން ބަލައިލިއަސް ޒިދާން ހުންނަނީ ކެކި އުތުރި އަރައަރައެވެ.
“ރައްޓެހިންނޭ ކިޔާފައި ތިބެނީ ކަމަކުއޭ! ކޮންމެފަދަ ކަމެއް ދިމާވިޔަކަސް އެހީ ފޯރުކޮށްދީ އެކަމުން އަރައިގަނެވޭނެ މަގެއް ފަހިކޮށްދޭން. އެހެންނޫނީ ރައްޓެއްސެކޭ ކިޔާފައި ހުރުމުގެ އެއްވެސް ބޭނުމެއްނެތް!” ސާބިތުކަމާއެކު އިޝްރާ އެހެން ބުނެލިއިރު އޭނަގެ މޫނުމަތީގައި ފަނޑުނުވާ ހިނިތުންވުމެއް ދުވެލިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނާގެ މޫނުމަތީގައިވާ ހިނިތުންވުން ފިލާ ދިޔައީ ހަމަ ކުއްލިއަކަށެވެ.
“ކަލޭ…..” ވާހަކައިގެ ތެރެއިން އިޝްރާގެ ގައިގައި ޖަހަން ޒިދާންް މަޅާލި އަތާއެކު އޭނާގެ ވަހަކަ ހުއްޓިގެންދިޔައީ ހަމަ ކުއްލިއަކަށެވެ. ހަމަ އެވަގުތު އިޝްރާއާއި ލުބްނާއަށް ދެލޯމަރާލަމުން އަނެއްފަރާތަށް އެނބުރުނެވެ. ނަމަވެސް މިނެޓެއްހާއިރު ވެގެންދިޔައިރުވެސް އޭނާގެ ގަޔަށް އެއްވެސް ހަމަލާއެއް ނޭރުމުން އިޝްރާ ދެލޯ ހުޅުވާލާ މަޑުމަޑުން އަނެއް ފަރާތަށް އެނބުރުނު ވަގުތު ފެނުނު މަންޒަރުން އަނގަމަތީ އަތްއަޅާލެވުނެވެ.
އިޝްރާ ގައިގައި ޖަހަން ޒިދާން މަޅާލައިގެންހުރި އަތުގައި އަލްޔާން ހިފަހައްޓައިގެން ހުރިއިރު އިޝްރާއަށް ހުރެވުނީ ޤަބޫލުކުރަން ދަތިވެފައެވެ. އަލްޔާންއަކީ މީގެ ކުރިން މީހެއްގެ ކަމެއްގައި އުޅެ އޭނާއަށް އަނިޔާވިޔަސް އަޅައެއްލާނެ ކުއްޖެއް ނޫނެވެ. އަބަދުވެސް އޭނާ ބުނާނީ މީހުންގެ ކަންކަމާއި ނުބެހި އުޅުމަށެވެ. މީހުންގެ ކަންކަމާއި ބެހިގެން އޭނާއަށް ކިތަންމެ ބޮޑު އަނިޔާއެއް ވިޔަކަސް އޭނާއަށް އަޅާލާފައެއް ނުވެއެވެ. އެހެންކަމުން އޭނާގެ ކުރިމަތީގައި އެހުރީ ހަމަ އަލްޔާންތޯ ޤަބޫލުކުރަންވެސް އޭނައަށް ދަތިވިއެވެ.
“ކަލޭ ހަނދާންކުރާތި! ކޮންމެ މީހަކާއި ބެހި އުނދަގޫކުރިއަކަސް އިޝްރާއާއި ލުބްނާއާއި ކުޅެން ނަހަދާތި! އެހެންނޫނީ އެކަމުން ނިކުންނާނެ ނަތީޖާ ވަރަށް ހިތިވާނެ! އެކަން ހަނދާންބަަހައްޓާތި!” އިންޒާރެއް ފަދަ ގޮތަކަށް ބުނެލަމުން އިޝްރާއާއި ލުބްނާއަށް އޭނާއާއި އެއް ހަމައެއްގައި އައުމަށް ބުނެފައި ހިނގައިގަތެވެ. ހިތްހަމަޖެހިފައިހުރެ ލުބްނާއާއި އިޝްރާ ހިނގައިގަތް ވަގުތު ޒިދާން ބުނެލިއެއްޗަކުން އެ ތިންމީހުންގެ ފިޔަވަޅުތައް ގަނޑުވިއެވެ.
“ކަލޭމެން ހަނދަންކުރާތި! ތިހެން ކަލޭމެން ބޭނުންވާގޮތަކަށް ބޭނުންހާ ކުޅިއެއް އަބަދަކު ނުކުޅެވޭނެ އިނގޭ! މީގެފަހުން އަހަރެމެންވެސް އަހަރެމެން ބޭނުން ކުޅިއެއް ކުޅެލާނަން! އޭރުން އެނގިދާނެތާދޯ މޮޅުވަނީ ކޮންބައެއްކަން. ހެހެ…” ޒިދާން ބުނެލި އެއްޗަކުން އަލްޔާން ގޮއްމުއްކެވިގެން ދިޔައެވެ. ނަމަވެސް އިޝްރާގެ އެދުމުގެ މަތިން އޭނާ އަޅައިނުލާ ލައިބްރަރީއާއި ދިމާލަށް މިސްރާބު ޖެއްސެވެ.
“ކިރިޔާ ތިކުދިންނަށް ތި އާދެވުނީ! މިސް މިއުޅެނީ ދާން މިހާރު.” ލައިބްރަރީއަށް ތިން މީހުން ވަތް ތަން ފެނިފައި ލައިބްރަރީގައި ހުރި ޓީޗަރު ބުނެލިއެވެ.
“މިސްއަށް އެނގޭ ދޯ އަޅުގަނޑުމެން ދެމީހުން މިއީ ދުވަހަކުވެސް ފޮތްތައް ގެންނަން ޖެހޭ ވަގުތަށް ގެނައުމުގައި މައްސަލައެއް ޖެހޭ ބައެއް ނޫންކަން! އެހެންވީމައި ދެން ކޮންކަމަކާއި ހާސްވާންވީ؟” ގެނައި ފޮތް ހަރުގަނޑަށް ލަމުން ހިނިތުންވެލާފައި އިޝްރާ ބުނެލިއެވެ.
“ތިކަން މިސްއަށްވެސް އެނގޭ! އެކަމަކު މިއަދު ހިތަށްއެރީ ދެން ތިކުދިން ނާންނާނެޔޭ! ފޮތް ގެންނަން ގުޅަންށޭ ޖެހޭނީ! މިއީ ކޮންކުއްޖެއްތަ؟” އިޝްރާގެ ވާހަކައަށް ރައްދުދިނުމަށްފަހު އަލްޔާންއަށް ނިސްބަތްކޮށް ޓީޗަރު ބުނެލިއެވެ.
*******(ނުނިމޭ)*******
4 Comments!
Comments are closed.
Aww😍.. Maasha Allah Vv reethi mi part vs ❤️.. Unmeedhu kuran next part vs avahah kiyaalan libeyne kamah 😊
thank you Ifoo. next part mihaaru vanee post kuran fonuvaafa. insha allah, dhen laheh nuvaane kamah balamaa
ނަންތައް މާ އެއްގޮތްވީމަ ވަރަށް އޮޅޭ.. ވަރަށް ރީތި މި ބައި ވެސް ❤️
Insha Allah, thikamah visnaanan dhen oiy vaahaka liyaa iru. mi vaahaka mihaaru vanee ekkoh liye nimifa, ehenveema dhen nan thah badhalu kuran varah undhagoo vaane