Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

އައިނާ (3) 7

Annna Level 510 Stories100 Comments100 Login
November 14, 2023 7 Mins Read
6 Comments

ހަތްވަނަބައި

ޑޮކްޓަރަށް ދެއްކުމުން ޓެސްޓުތަކެއް ހަދަން ދިނެވެ. ޓެސްޓުހަދާފައި ރިޕޯރޓްހިފައިގެން އަލުންގޮސް ޑޮކްޓަރުބަލާ ކޮޓަރިއަށް އައިނާ އާއި އަޝްހާވަނެވެ. ޑޮކްޓަރުއަތައް ރިޕޯޓުދިމުން އެބަލާފައި ޑޮކްޓަރުދިން ޚަބަރަކުން ވާންވީ އުފާކަމެއް ދެރަކަމެއް އައިނާ އަކަށް ނޭނގުނެވެ.

***

“އަސްލުވެސްތަ..؟” އައިނާ ޤަބޫލުނުކުރެވިފައި އަނެއްކާވެސް ޑޮކްޓަރުގާތު އަހާލިއެވެ.

“ޔެސް.. ޔޫ އާ ޕްރެގްނެންޓް!!” އުފާވެލާފައި އައިނާ ކައިރީގައި އަނެއްކާވެސް ޑޮކްޓަރު ތަކުރާރުކޮށްލިއެވެ.

އައިނާއަށް އުފަލުންގޮސް ރޮވުނެވެ. އަޝްހާވެސް އިނީ އެންމެ ގާތް އެކުވެރިޔާއަށްޓަކައި އެހާމެ އުފާވެފައެވެ. އަޝްހާވެސް އުފަލުންގޮސް ކުރާނެކަމެއް ނޭގިނގެން އައިނާގެ ގައިގައި ބައްދާލިއެވެ. ޑޮކްޓަރު ކޮޓަރިން ދެމީހުންވެސް ނިކުތީ ފުޅާހިނިތުންވުމަކާއެކީއެވެ.

އައިނާ އާއި އަޝްހާ ދެން ގޮސްވަނީ ރެސްޓޯރެންޓަކަށެވެ. ވެއިޓަރު އައުމުން ލުއި އެއްޗަކަށް ދެމީހުންވެސް އޯޑަރ ދިނެވެ.

“އަނާއަށް ހަމައަސްލުވެސް ނޭނގޭތަ..؟” ވެއިޓަރު ދިއުމުން އަޝްހާ އައިނާ ކުރެއް އެއްސެވެ.

“ތެދައްބުނަންޏާމުން ހިއެއްނުކުރަން އެހުރިހާ ބޮލައްތަދުވުމަކާ ހޮޑުލަވާފަ ހުރުމަކީ މިކަހަލަ ކަމެއްކަމަށް.. ހީކުރީ ގޭސް ވެފައި ހުރީމަ ވާގޮތެއް ކަމަށް.. އެހެންވެ ކަންނޭނގެ ނައުފްގައިން ސިނގެރޭޓުވަސް ދުވީމަވެސް ހޮޑުލެވީ..” އައިނާ އަޝްހާއަށް ބަލާލަމުން ބުނެލިއެވެ.

“ނައުފްގައިން އަނާއަށް ސިނގެރޭޓުވަސް އެރީ ކިހިނެއް..؟؟” އަޝްހާ ހައިރާންވެފައި އައިނާކުރެއް އެހިއެވެ.

އައިނާ އަޝްހާއަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. އަޝްހާ އިނީ ބޮޑު ސުވާލުމާކެއްގެ ތެރޭގައެވެ. އައިނާ އެހެން އެބުނީ ކީއްވެގެން ހެއްޔެވެ؟

“އަޝޫ.. އަހަރެން އެބައޮތް ވާހަކައެއް ބުނަން….” ފުންނޭވައެއް ދޫކޮށްލަމުން އައިނާ ބުނެލީ އަޝްހާ އާއި ހަތަރުކަޅި ހަމަކޮށްލަމުންނެވެ.

އައިނާ އަޝްހާއަށް ހުރިހާ ވާހަކައެއް ކިޔާދެންފެށިވެ. އަޝްހާ އިނީ ހައިރާންވެފައެވެ. ދެލޯބޮޑުވެފައި އަނގަހުޅުވިފައި އިން އަޝްހާ ފެނުމުން އައިނާ ކައިރިއަށް ހިނިއަންނަ ގޮތްވެސްވިއެވެ.

“ވަޓް ދަ ހެލް.. އަނާ ކީއްވެ އަހަރެންގާތު ނުބުނީ އެއްވެސް ވާހަކައެއް.. ދެޓް…… އަނާ.. ހިޝާންބެ ގާތު ބުނެފިންތަ..؟” އަނގައިން ނުބައި އެއްޗެއް ނުކިޔޭތޯ އަޝްހާ ވަރަށް މަސައްކަތް ކުރިއެވެ. އަޝްހާގެ ސުވާލަށް އައިނާ ބޯހޫރުވާލިއެވެ.

“ކީއްވެ..؟ އަވަހަށް ބުނޭ ހިޝާންބެ ގާތު.. ބުނެފައި ތިގެއިން އެނުލަފާ ޖަނަވާރު ބޭރުކޮށްލާ.. ނޭނގެނީތަ މިބެހެނީ މީހެއްގެ އަންބަކާ ކަމެއް.. ހަހް.. އެކަހަލަ މީހުންދެކެ ވަރަށްށް ފޫހިވޭ….” އަޝްހާ އޭނާގެ ރުޅިގަނޑު ކޮންޓްރޯލް ކުރަން އުނދަގޫވިއެވެ.

“ބުނާނަމޭ އެވާހަކަ އަދި.. ދެން އެއަށްވުރެ މުހިންމު ވާހަކައެއް އެބައޮތެއްނު ބުނަން..” އައިނާ އުފާވެލާފައި ބުނެލިއެވެ.

“އޯމައި ގޯޑް.. އަނާ.. އައިމް ސޯ ހެޕީ ފޯ ޔޫ.. ކޮންގްރެޓްސް.. ކޮން އިރަކު ހިޝާންބެ ގާތު ބުނާނީ..” އަޝްހާގެ މޫޑު ފަޅިސިކުންތުތެރޭގައި ބަދަލުވިއެވެ. މޭޒުމަތީގައި އޮތް އައިނާގެ އަތުގައި ހިފާލަމުން އަޝްހާ ހެވިލާފައި ބުނެލިއެވެ.

“އިންޝާ ﷲ މިރޭގަ ބުނާނަން..” އައިނާވެސް އުފާވެލާފައި ބުނެލިއެވެ.

އެވަގުތު އެމީހުން އޯޑަރު ކުރި ކާއެއްޗެހި ގެނައެވެ. ކައިގެން އިރުއޮއްސެންވާއިރަށް އައިނާ އާއި އަޝްހާ ގެއަށް ދެވޭތޯ ނިކުތެވެ. އައިނާ ސައިކަލު އިސްޓާޓުކޮށްލިއެވެ.

“ނޯ ނޯ.. ސޫން ޓުބީ މަމް އަރާ ފަހަތައް..” އަޝްހާ ސައިކަލަށް އަރަން އިންކާރު ކުރަމުން ބުނެލިއެވެ. އައިނާއަށް ހެވުނެވެ. އަޝްހާގެ ގޮތްގަނޑުފެނުމުންނެވެ.

އައިނާ ސައިކަލު ދުއްވާކަށް އަޝްހާ އެގޮތަކަށްވެސް ބޭނުމެއް ނުވިއެވެ. އެންމެ ފަހުން އަޝްހާ ކުރުނުކުރުމުން އައިނާ ސައިކަލު ފަތަށް އެރިއެވެ. އަޝްހާ ސައިކަލުގައި އައިނާ ގެއަށް ލާން ދިޔައެވެ. އަދި އޭނާ ބަލައިއައުމަށް ބުނެފައި ނައިލް އަށް މެސެޖު ކޮށްލިއެވެ.

މާގިނައިރެއްނުވެ ނައިލް އަޝްހާ ބަލައި ހާޖަރާ މަންޒިލަށް އައެވެ. އާދައިގެ ދުވެއްޔެއްގައި ސައިކަލު ގޮސް ގެކައިރިއަށް މަޑުކޮށްލިއެވެ. ނައިލް އާއި ދެމީހުން ގެއަށް ވަނީ އެކީގައެވެ. އަޝްހާގެ އަތުގައި ހިފާލައިގެން ދެމީހުން އެއްކޮށް ސިޑިން އެރިއެވެ.

ނަމަވެސް އަޝްހާ ހައިރާންވީ އެދެމީހުންގެ ކޮޓަރި ފަހަނަ އަޅައިގޮސް ޝީން އުޅޭ ކޮޓަރީގެ ދޮރުމަތީގައި މަޑުކޮށްލުމުންނެވެ. ވާންމިއުޅޭގޮތެއް އަޝްހާއަށް ލަފާކޮށްލެވުނު ނަމަވެސް އޭނާ އަދިވެސް ހުރީ ހައިރާން ކަންމަތީގައެވެ.

އެކޮޓަރީގެ ދޮރުގައި ނައިލް ޓަކިޖަހާލިއެވެ. މާގިނައިރުތަކެއްނުވެ ދޮރުހުޅުވާފައި ނިކުތް ޝީންގެ މޫނުމަތި އަލިވެގެން ދިޔައީ ނައިލް ފެނިފައެވެ. އެމޫނުމައްޗައް ހީވީ އިރު އެރިހެންނެވެ. އެހާވެސް އައްޔެވެ. އެވަގުތުކޮޅު ދެމިގެންދިޔައީ ޝީންއަށް އަޝްހާ ފެންނަން ދެނެވެ. އަޝްހާ ފެނުމުން ހީވީ އެމޫނުމައްޗައް ކަޅުވިލާގަނޑެއް އަރައި އިރު ފޮރުވާލިހެންނެވެ. މިފަހަރު ނައިލްއަށްވެސް ޝިންގެ މޫނުމަތީ ކުލަވަރު ސިކުންތަކު ދެފަހަރު ބަދަލުވެގެން ދިޔަގޮތް ވަރަށް ރީތިކޮށްފެނުނެވެ.

ނަމަވެސް ނައިލް ހިނިތުންވެލިއެވެ. ޝީން އަޝްހާއަށް ބަލައިވެސްނުލައި ނައިލްގެ މޫނަށް ބަލައިލައިފައި އޭނާގެ ނަމުން ގޮވާލިއެވެ. އެމޫނުމަތީގައި ގަދަކަމުން ވެރިކުރުވާފައި އިން ހިނިތުންވުން ދެމޭލު ދުރުން ދާމީހަކަށްވެސް ފާހަގަވާނެކަން ގައިމެވެ.

ޝީން އިނީ ހަމަރަނގަޅަށްވެސް އުނދަގޫވެފައެވެ. ރޭގައި ދެމީހުން އެކަކުއަނެކަކަށް ހަޅޭއްލަވާ އަޑު އިވުނުނެވެ. ނަމަވެސް މިހާރު އެދެމީހުންގެ އަތްތިލަ ގުޅުވިފައިވާގޮތް ޝީންއަށް އެއްގޮތަކަށްވެސް އޭނާގެ ހިތަށްކެތްކުރެވޭ ކަމަކަށް ނުވިއެވެ. ޝިން ކިތަންމެ ނުބަލަން ހުއްޓަސް އޭނާގެ ނަޒަރު އިރުއިރުކޮޅަކާއި އަޝްހާ އާއި ނައިލްގެ ޖޯޑުކުރެވިފައިވާ އަތައް ބަލާލައެވެ.

މިމަންޒަރުފެނި އަޝްހާ އިނީ ޝީންއަށް ވަށްކަޅިން ބަލާށެވެ. ޝީންގެ ފައިންފެށިގެން ބޮލަށް ގަސްތުގައި އަޝްހާ ނަޒަރުހިންގާލީ އޭނާގެ ނުރުހުތެރިކަން ދައްކާލާށެވެ. ނަމަވެސް އެތެރެއިން އަޝްހާ އިނީ ހީހީ ހަލާކުވާވަރު ވެފައެވެ. ވާނީވެސް އެހެންތާއެވެ. އެހެރެ މޫނަކަށް އަރާ ކުލަވަރުތައް ފެނިފައިވެސް ނުހީ ހުރެވޭ ވަރެއްވެސް ނޫނެވެ. ނަމަވެސް، އެކަމެއް އަޝްހާ ބޭރުފުށަކުން ނުދައްކައެވެ.

“ޝީން.. ފޮއްޓައް އެއްޗެހި އަޅައިގެން ރެޑީ ވައްޗޭ.. މިރޭ އައިނާ އަންނާނެ ޝީން ބަލައި.. ޝީންއަށް މާލެ ދެވޭ ދުވަހެއް ވަންދެން ދެން މަޑުކުރާނީ އެގޭގައި..” ނައިލް ވަގުތުން މިހެން ބުނެފައި އަޝްހާ ގޮވައިގެން ގޮސް ކޮޓަރިއަށް ވަނީ ޝީން ބަލަން ހުއްޓައެވެ. އިންކާރު ކީއްކުރަން އެންމެ ލަފުޒެއްވެސް ބުނަން ފުރުސަތު ނުދީއެވެ. އެރި ރުޅިން ޝީން އަށް ދޮރުލައްޕާލެވުނީވެސް ބާރަށެވެ.

“އައި ހޭޓް ޔޫ އަޝްހާ.. މަގޭ ނައިލް އާއި އެއްކޮށް އުފަލު އުޅެވޭނެ ކަމަށް ހީނުކުރާތި..” އައިސަ ހުރި ރުޅިގަނޑާއެކު ޝީންގެ މޫނުމަތީ ކުލަވަރު ބަދަލުވިއެވެ.

އަޝްހާއަތުން ނައިލް ޖަހައިގަންނަން ކިތަންމެ ބޭނުންވިއަސް އޭނާގެ ރޭވުންތައް ވަޔަށް އަރައިގެން ގޮއްސިކަން ދެންމެ ފެނުނުމަންޒަރުން ޔަގީންވެގެން ދިޔައެވެ. ޝީން ހީވީ ރުޅިން ފަޅައިގެން ދިޔަހެންނެވެ. މުޅި ކޮޓަރިތެރޭގައި ހުރި ސާމާނުތައް އުކާލިއެވެ.

***

ކޮޓަރިއަށް ވަނުމާއެކު ނައިލް ގޮސް އެނދުމައްޗައް ބަންޑުން ވެއްޓިގަތެވެ. އަޝްހާގޮސް ނައިލްގެ ކައިރީގައި އިށީންދެލީއެވެ.

“ނައިލް..” އަޝްހާ އެނދުމައްޗައް އެއްފައި ނަގައި ނައިލް އާއި ވީފަރާތައް އެނބުރެމުން ގޮވާލިއެވެ. ނައިލް އަޝްހާ އާއި ވީފަރާތައް ބޯ އަނބުރާލަމުން އެއްބުމަހިއްލާލީ މިއޮތީ އަޑުއަހާށޭ ބުނާފަދަ ގޮތަކަށެވެ.

“އަނާ އަކަށް ނާދެވޭނެ.. ޝީ ނީޑް ރެސްޓް.. އަހަރުމެން ދެމީހުން ކާރުގަ ޝީން ލާންދާންވީނު މާދަން ހެނދުނު..؟” އަޝްހާ ސީރިއަސްރާގެއްގަ ބުނެލިއެވެ.

“އެކިހިނެއްވީ..؟ އަނާ ބަލީތަ..؟” ނައިލް އެހިއެވެ. އަޝްހާ ބޯޖަހާލައިފައި މިއަދު ހަވީރު ވިކަންތައް ނައިލް އަށް ކިޔައިދިނެވެ. ނައިލްވެސް އައިނާ އާއި ހިޝާންއަށްޓަކައި ވަރަށް އުފާވިއެވެ.

***

ގެއަށް ވަދެގެންއައި އައިނާ މިސްރާބުޖެހީ ކޮޓަރިއަށެވެ. ކޮތަރިއަށް ވަދެ ގަޑި ބަލާލިއިރު އަދި ނަމާދަށް ބަންގިގޮވަން ވަގުތުކޮޅެއް އޮތެވެ. އޭރު ހިޝާން އަދި ގެޔަކު ނެތެވެ.  އެނދުގައި އިށީނުމަށްފަހު އައިނާ ދެން ވިސްނަންފެށީ ހިޝާންގާތު އެވާހަކަ ބުނާނެ ގޮތަކާއި މެދުއެވެ.

އެގޮތަށް އިރުކޮޅަކު ވިސްނަން ހުރުމަށްފަހު އައި މޮޅުޚިޔާލަކާއެކު އައިނާއަށް ވަގުތުން ހިނިތުންވެވުނެވެ. މިފަދަ މޮޅުޚިޔާލެއް ނާންނާނެއޭ އަމިއްލަ ނަފްސައް ބުނެލަމުންނެވެ. ހަމައެވަގުތު ދޮރުހުޅުވާލައިފައި ހިޝާން ވަނުމުން އައިނާ ދިޔައީ ސިއްސައިގެންނެވެ. މޫނުމަތިން އެކަން އަވަހަށް ފޮރުވާލައިފައި އެނދުމަތީގައި އޮތް އަތް ދަބަސް ނަގައި އަދާއިގެމަތިން ދަބަސް އަޅުވާތާ އަޅުވާލީ އޭގައި އޮތް ބްލަޑް ޓެސްޓްގެ ރިޕޯރޓް ހިޝާންއަށް ނުފެނޭތޯ ދުޢާކޮށްލަމުންނެވެ.

އެވަގުތު ބަންގި ގޮވުމުން ހިޝާން ފާޚާނައަށްވަދެ ވުޟޫކޮށްލައިގެން އަނެއްކާވެސް ނިކުމެގެން ދިޔައީ މިސްކިތަށެވެ. އައިނާވެސް އަވަހަށް ނަމާދުކޮށްލައިގެން އޭނާގެ ޕްލޭނާއި އެއްގޮތަށް ކަންކުރުމަށް އަވަސްވެލިއެވެ. އެހެންވެ ހިޝާން އަންނަން ވާއިރަށް އެއްޗެހި ރައްކާކުރަން ހުންނަކޮޓަރިއަށް ގޮސް އޭނާބޭނުންވާ ސާމާނު ހޯދާލިއެވެ. ބޭނުންވާ އެއްޗެއްހި ހަމަވުމުން އަދި އެތާގައި އެބަހައްޓާފައި އަނެއްކާވެސް އެނބުރި ކޮޓަރިއަށްދިޔައިރު ހިޝާން ނަމާދުކޮށްގެން އައިސިއެވެ. ހިޝާން އިނީ އޭރު ފޯނުކޯލެއް ނިންމާފައި ސޯފާގެ އަނެއްކޮޅުގައި ކިރިޔާ ފޫޖައްސާލައިގެންނެވެ. އައިނާ ފެނުމުން ސުވާލުގެ ނަޒަރަކުން އެހަނދެއްފަދަ މޫނަށް ބަލާލީ ހަށިގަނޑު ސީދާކޮށްލަމުންނެވެ.

“ކޮންތާކަށް ގޮއްސަ..؟” އައިނާ ފެނުމުން ހިޝާން އަހާލިއެވެ.

“ބަނޑުހައެއް ނުވޭތަ..؟” ހިޝާންކުރި ސުވާލަށް ޖަވާބުނުދީ އައިނާ އެހެން ސުވާލެއްކޮށްލީ ހިޝާންގެ އަތުތެރެއަށް ވަންނަމުންނެވެ.

ވަގުތުން ހިޝާން ބަނޑުހައި ކަމަށްބުނެ ތިރިއަށްދާން އެއްބަސްވިއެވެ. އައިނާ ބޭނުންވި ގޮތަށް ހިޝާންގެ ސަމާލުކަން އެހެންދިމާއަކަށް އެނބުރުނެވެ. ދެންމެ ކުރިސުވާލު ހިޝާން ހަނދާން ހުރިހެންވެސް ހިއެއް ނުވެއެވެ.

އައިނާ އާއި ހިޝާން ކާގެއަށްވަދެ ކާން ނުފެށެނީސް އެތަނަށް ނައުފް އައިސިއެވެ. ހިޝާން އިނުމުން މާގިނަ ވާހަކައެއް އައިނާ އާއި ނުދެއްކިނަމަވެސް އައިނާއަށް އުނދަގޫކަން އިހުސާސް ކުރެވުނެވެ.

އައިނާއަށް ދެން ވިސްނާލެވުނީ އޭނާ ބަލިވެއިން ޚަބަރު ލިބިއްޖެއްޔާމުން ނައުފް ކަންތައް ކުރާނެ ގޮތަކާމެދުއެވެ. އެޚިޔާލުން އޭނާގެ ހިތަށް ބިރުވެރިކަން ވަތް ނަމަވެސް، އެޚަބަރު ލިބުމުން ފަހަރެއްގައި ނައުފް ގޮތް ދޫކުރާނެ ކަމަށް އައިނާއަށް ހީވިއެވެ. އެހެންހިތައި ނައުފްގެ ވާހަކަ ހިޝާންގެ ގާތު ބުނުން އަދިވެސް ލަސްކޮށްލަން އައިނާ ނިންމިއެވެ. ނައުފްއާ މެދު ކުރެވުނީ ކުއްހީއެއްކަން ނޭނގޭ ޙާލު އައިނާ ހިޝާން އާއި އެއްކޮށް ކެއުމުގައި މަސްޣޫލުވިއެވެ.

ރޭގަނޑުގެ ކެއުން ނިމުމުން އައިނާ އާއި ހިޝާން ކޮޓަރިއަށް ދިޔައެވެ. އައިނާ ވަގުތު ގުނަމުން ދިޔައީ އިޝާ ނަމާދު ވަގުތު ވާނޭ އިރަކަށެވެ. އެއީ އާދައިގެ މަތިން އިޝާ ނަމާދު ކޮށްލައިގެން ހިޝާން ދާނީ އޮފީސްގައި ނުނިމި ހުންނަ މަސައްކަތްތައް ކޮށްލާށެވެ.

ކެތްތެރިކަން ކުޑަވެފައިވާ އައިނާގެ ހިތް ހީވަނީ ރޭހެއް ޖަހާހެންނެވެ. އެހިތް ބާރަށް ތެޅެމުން ދިޔައީ ހިޝާންގެ ޢަމަލުތައް ހުންނާނެގޮތް ސިފަވެސްކޮށްލަން ނޭނގޭތީވެއެވެ.

ކުޑަ ގޮތަކަށް ކޮޓަރި ތައްޔާރުކޮށްލާފައި ޕްލޭން އާއި އެއްގޮތަށް ކަންތައް ކުރިއަށް ގެންދަން އައިނާ ފޯނު ހޯދާލިއެވެ. ހާސްވިވަރުން ކައިރީގައި ފޯނު އޮށްވާވެސް އެނުފެނުނެވެ. އަމިއްލަ ނަފްސުގެ މޮޔަކަމާހެދި އައިނާ ބޯހޫރުވާލިއެވެ. ފޯނު އަތުގައި ޖެހުމުން ހިޝާންގެ ނަންބަރަށް ގުޅާލަން ފިތާލިއެވެ.

***

އޮފީހުގައި މުހިންމު މަސައްކަތެއް ކުރަން ހިޝާން ހުއްޓެވެ. ލެޕްޓޮޕްކައިރީގައި އޭނާ އިންއިރު އޭނާގެ އިނގިލިތައް ކީބޯޑުގައި ހަރަކާތް ކުރަމުންދާލެއް އަވަސްކަމުން ބަލަން އިންނަ މީހަކުވެސް އާޝޯހުވާހައިވެއެވެ. އެފިރިހެންވަންތަ މޫނުމަތިން ފެންނަމުން ދިޔައީ ސީރިއަސްކަމެވެ. ބޯދެބުމަ ގޮށްޖަހާލެވިފައިވާއިރު މަސައްކަތަށް ސަމާލުކަން ދީގެން އިންވަރު އެމޫނުމަތިން ދޭހަވެއެވެ.

މަސައްކަތަށް ގެއްލިފައި ހުއްޓާ އޭނާގެ ސަމާލުކަން ލެޕްޓޮޕުން ފޯނަށް ހުއްޓުނީ ފޯނު ވައިބްރޭޓް ވާއަޑު އިވުމުންނެވެ. ސީރިއަސްކަން ފެންނަން ހުރިމޫނު ވަގުތުން އުޖާލާވީ ލޯބިވާ އަނބިމީހާ ގުޅާތަން ފެނުމުންނެވެ. ވަގުތުން ފޯނުނަގާފައި ހިޝާން އެއްޗެކޭ ބުނަން އަނގަހުޅުވާލިއެވެ.

އައިނާ ބުނި ވާހަކަ އަކުން ހިޝާންއަށް ފުންމައިގެން ގޮޑިން ތެދުވެވުނެވެ. އިޚްތިޔާރުންބޭރުގައެވެ. ދޮރާއިދިމާއަށް ދުވެފައި ކަހަލަ ގޮތަކަށް ދެވުނު އިރު އެމޫނުމަތިން ފެނަންނީ ކަންބޮޑުވެ ހާސްވެފައިވާ މިންވަރެވެ. އަވަސްކުރަން އުޅުނީތީވެ ސައިކަލުވެސް އިސްޓާޓުވީ އެހާލަހުންނެވެ. މުއްގަނޑު އަނބުރާލަމުން ސައިކަލު ދުއްވާލީ އެހެންޏާ ދުއްވާލާ ވަރަށް ވުރެ ބާރަށެވެ. ސައިކަލުގައި ދުއްވާފައި ދިޔައިރު ހިޝާންއަށް ވިސްނެމުން ދިޔައީ އައިނާ ބުނި ބަހާއިމެދުއެވެ.

“ހިޝާން.. ހިޝާން.. ވަރަށް އަވަހަށް އާދެބަ.. އަހަރެން އަހަރެން ސަލާމަތްކޮށްދީ…. މިތާ ކޮޓަރީގައި…….” ހާސްކަން އަޑަށް ގެންނަމުން އައިނާ ބުނެލިއެވެ. ހިޝާންއަށް ވުރެ ކުރިން އައިނާ ބުނަން ބޭނުންވާއެތި ބުނެފައި ފޯނުކަނޑާލީ ހިޝާން ހާސްކަމެއްގެ ތެރޭގައި ބަންދުކޮށްލުމަށްފަހުއެވެ.

އައިނާގެ މިވާހަކަ ސިކުނޑިގައި ތަކުރާރުވާ ކޮންމެ ފަހަރަކު ހިޝާންއަށް ސައިކަލުގެ ހުންގާނަށް އަނބުރާލެވެއެވެ. ގެއާއި ހަމައަށްފޯރައިފައި ހިޝާންއަށް ރަނގަޅަށް ސައިކަލު ނުބެހެއްޓެނީސް އެތެރެއަށް ވަދެގެން ދިޔައެވެ. ވިދުވަރެއްހައި ބާރުމިނުގައި ހިޝާން ސިޑިން އަރައިގެން ދިޔަގޮތުން ސިޑިއެއް ހުރިހެންވެސް ހީނުވެއެވެ. ކޮޓަރީގެ ދޮރު ހުޅުވާލައިފައި ހިޝާން އެތެރެއަށް ވަނީ އައިނާއަށް ގޮވަމުންނެވެ. އެއަޑުގައި އެކުލެވިފައިވާ ހާސްކަމާއި ބިރުވެރިކަމުގެ ސަބަބުން އަޑުގައި މަޑު ތުރުތުރެއް ހުއްޓެވެ.

“އަނާ.. އަނާ.. ކޮންތާކު.. ދިސް އިޒް ނޮޓް ފަން އިނގޭ.. އަނާ… އައިނާ!!!” ހިޝާންގެ ކެތްތެރިކަން ކޮޅުންލާ ހިސާބަށް ދިޔައެވެ.

ހާސްވެފައި ހުރި ވަރުން ކުރިމަތީގައި ހަރުކޮށްފައިއިން ދޮރުފޮތިގަނޑުގައި އިން ލިޔުންކޮޅުވެސް ހިޝާންގެ ލޮލުގައި އަޅައިނުގަތެވެ. އެ ނޯޓް އަޅައިގަތުމުން ހިޝާން އަވަހަށް އެނައްޓައި ކިޔާލިއެވެ.

“އައިމް ޓޯޓަލީ ފައިން.. ވަރަށް ބޮޑަށް ސޮރީ ހާސްކޮށްލެވުނީތީ.. އެނދުމަތިބަލާބަ..” އައިނާ ބުނެފައި އިން މިލުންކޮޅުކިޔާލުމުން ހިޝާންއަށް ދޫކޮށްލެވުނީ މިހާތަނަށް އުމުރުގައި ދޫކޮށްލެވުނު އެންމެ ފުން ނޭވައެވެ. އޭނާ ހާސްވެފައި ހުރީ އެހާވެސް ބޮޑަށެވެ. ދެން ހިޝާން ބަލާލީ އެނދުމައްޗެވެ. އޭރު ރީތި ކަރުދާހަކުން ޕާރުސަލްކޮށްފައި އިން ކާޑުބޯޑު ފޮށިގަނޑެއް އިނެވެ. ދެފޫޓެއްހައި ދިގު އެފޮށިގަނޑު ކައިރިއަށް ހިޝާން އަވަހަށް ޖެހިލިއެވެ. ފޮށިގަނޑުގައި ވެސް ނޯޓެއް ހަރުކޮށްފައި އިނެވެ. އެކިޔާލުމުން ހިޝާންގެ ތުންފަތައް ހިނިތުންވުމެއް ވެރިވިއެވެ.

“އޯޕެން.. އަހަރެން ނުހޯދާތި..” އައިނާގެ މިޒާޖުހުންނަގޮތުން ހިޝާންގެ ގާތަށް ހިނިއަންނަ ފަހަރު ގިނައެވެ.

ބޯހޫރުވާލަމުން އެފޮށިގަނޑު ހިޝާން ކަނޑާލިއެވެ. އޭރު އޭގެތެރޭގައި ޕާރުސަލްކޮށްފައި އަނެއްކާވެސް ފޮށިގަނޑެއް އިނެވެ. ހިޝާން އަނެއްކާވެސް އެކަނޑާލިއެވެ. އަނެއްކާވެސް އިނީ ހަމަ ޕާރުސަލްކޮށްފައި އިން ފޮށިގަނޑެކެވެ. ހިޝާން ކެތްތެރިކަން އިމްތިޙާނުކުރަން އައިނާ އުޅޭހެން ހީވިއެވެ.

އެގޮތަށްގޮސް ފަސްވަނަ ފޮށިގަނޑުކަޑާލިއިރު ފެނުނީ ހިމަހިމަކޮށް ކަފާފައިހުރި ހިމަދިގުކޮށްހުރި ބައިވަރު ކަރުދާސްކޮޅުތަކެވެ. އެވާލުމުން ހިޝާންއަށް ފެނުނީ ސިޓި އުރައެވެ. މާބޮޑުއެއްޗެކޭ ހިތަށް ނާރާ ހިޝާން އެސިޓީ އުރަ ކަނޑާލައި އޭގައި އޮތް ރިޕޯރޓް ކިޔަންފެށިއެވެ.

އޭރު އަލަމާރިތެރޭގައި ފޮރުވިގެން އިން އައިނާގެ ހިތްދިޔައީ ޑަންޑަން ލާފައި ތެޅެމުންނެވެ. އެނދުކައިރީގައި އިން ހިޝާންއަށް އެއަޑު ނީވުނިއްޔާމުން ކިތަންމެހާވެސް ރަނގަޅެވެ. ފޯނުގެ ކެމެރާ ޖައްސާލައިގެން އެއްއަތުން ފޯނުހިފައިގެން އަނެއްއަތުން އަނގަމަތީގައި އަތްއަޅާލައިގެން އިނީ ކިރިޔާވެސް އަނގައިން އަޑެއް ނިކުމެދާނެތީވެއެވެ.

ހިޝާން ރިޕޯރޓު ކިޔާ ނިމޭހާއިރުކޮށްފައި އައިނާ އަލަމާރިން ނިކުތެވެ. އަލަމާރި ދޮރު ހުޅުވާލިއަޑު އިވުމުން ހިޝާން އެދިމާއަށް ބަލާލިއެވެ. އައިނާއަށް ހިޝާން ފެނުނީ ފަޅިސިކުންތަކަށެވެ. ދެންފެނުނީ އޭނާގެ ގައިގައި އޮޅުލައިގަނެގެން ހުއްޓައެވެ.

“ތެންކިއު އަނާ.. ތެންކިއު..” ހިޝާންގެ ދުލުން އައިނާއަށް ތަކުރާރުކޮށް މިބަސްތައް އަޑުއިވެމުން ދިޔައެވެ.

އައިނާގެ ލޮލުގެ ހިމަކޮޅުން ވެއްޓުނު ކަރުނަތިކި ހިޝާން ލައިގެން ހުރި ޓީޝާޓުގެ ތެރެއަށް ގެއްލިގެން ދިޔައެވެ. އެއީ އުފާވެރިކަމުގެ ކަރުނައެވެ. އައިނާ އިނީ ބުނަންވެސް ނޭގޭހާ އުފާވެފައެވެ. އެރޭގައި އެދެމަފިރިން ނިދިއިރު ތުންފަތުގައި ވަނީ ދުވަހަކުވެސް ނުފިލާނޭ ފަދަ ހިނިތުންވުމެކެވެ. ނަމަވެސް، އަންނަން އޮތް ކޮޅިގަނޑުގެ ގަދަކަން އެދެމީހުންނަށް އިނގޭ ހެއްޔެވެ؟ މިއިމްތިޙާނުން އެދެމީހުން ފާސްވާނެބާއެވެ؟

***

ހެނދުނުގެ ވަގުތެވެ. އިސްރާ އާއި އަނީލް ލިވިންގ ރޫމްގެ ސޯފާގައި ކޮފީއެއް ބޯލާށެވެ. އަނީލްގެ ކަނާއަތުގައި ކޮފީޖޯޑު އޮތްއިރު އަނެއް އަތް އޮތީ އިސްރާގެ ކޮނޑުމަތީގައެވެ. އޭރު އަރިން އެދެމީހުންގެ ކައިރީގައި ޓެބްލެޓް ހިފައިގެން ކުޅެން އިނެވެ. އިސްރާ އާއި އަނީލްއާއި ދެމީހުންނަށް އެއްފަހަރާއި ކަހަލަ ގޮތަކަށް ސިޑިއާއި ދިމާއަށް ބަލާލެވުނީ ހިޝާން އާއި އައިނާގެ އަޑު އިވުމުންނެވެ. ހިޝާން އާއި އައިނާ އައިސް އިސްރާ އާއި އަނީލްގެ ކުރިމަތީގައި އިށީދެލިއެވެ.

ހަމަ އެވަގުތު ހުމައިދު އާއި މަރިއަމްވެސް އެގެއަށް ވަދެގެން އައީ ހިޝާން ގުޅައިގެންނެވެ. އައިނާ އާއި ހިޝާން ހިފައިގެންއައި އުފާވެރި ޚަބަރުގެ އަޑުއިވުމުން އަނީލް އާއި އިސްރާގެ އިތުރުން ހުމައިދުއާއި މަރިއަމްއަށް ހީވީ ދެޢީދު އެއްފަހަރާއި ދިމާވިހެންނެވެ. އިސްރާ ވަގުތުން އައިނާގެ ގައިގައި ބައްދާލިއެވެ. އަނީލްވެސް ލޯބިވާ ދަރިފުޅުގެ ބޮލުގައި ފިރުމާލީ ނުހަނު ލޯބިންނެވެ. މަރިއަމް އައިނާގެ އަތުގައި ހިފާލަމުން އެދެއަތަށް ބޮސްދިނެވެ. އެންމެންގެ އުފާވެރިކަންފެނި އައިނާ އާއި ހިޝާންގެ ހިތްވެސް ވަނީ އުފަލުން ފުރިފައެވެ.

އަރިން ގާތު އެވާހަކަ ބުނުމުން މުޅިގޭގައި އެވާހަކަ އިއުލާނު ކުރަމުން ދުވިއެވެ. އެ ކުޑަކުޑަ ހިތްވެސް ވަނީ ކޮއްކޮއެއް ލިބެން އުޅޭތީވެ ނުހަނު އުފާވެފައެވެ. އަނީލް ވަގުތުން ލަފާ ދިނީ އައިނާ ޑޮކްޓަރަށް ދައްކާލުމަށް މާލެ ދިއުމަށެވެ. ހިޝާންވެސް ވަގުތުން އެވާހަކައަށް އެއްބަސްވިއެވެ. އެ ވާހަކަ ނިމުނީ މީގެ އެއްހަފްތާ ފަހުން މާލެ ފުރާގޮތަށް ހަމަޖެހިގެންނެވެ. މިދަތުރުގައި އިސްރާ އާއި އަނީލްގެ އިތުރުން އަރިންވެސް ދާގޮތަށް ހަމަޖެހުނެވެ. ހުމައިދުއާއި މަރިއަމް ނިންމީ އިހަށް އެދަތުރުގައި ބައިވެރި ނުވެ މަޑުކޮށްލާށެވެ.

***

ކޮޓަރީގައި ނިދިފައި އޮތް ނައުފްއަށް ހޭލެވުނީ ގޭތެރޭގައި އަރިން އަޑުގަދަ ކުރާއަޑަށެވެ. ކަންފަތްމަތީގައި ބާލީސް އަޅަމުން އަނެއްފަރާތައް ނައުފް އެނބުރުނީ ހިތްހަމަ ނުޖެހިފައި އޮވެއެވެ. އެނބުރި ނިދީގެ އަރާމުކަމަށް ގެނބުމުގެ ކުރިން އަރިންގެ އަޑުގަދަކުރަމުން ގޮވަމުން ދިޔަބަސްތައް ނައުފްގެ ކަންފަތުގައި ހަރުލިއެވެ.

ގަޔަށް ކައްޓެއް ހެރުމުން ތެދުވާހެން ތެދުވެގެން ނައުފް ދޮރުކައިރިއަށްޖެހިލައި ކުޑަކުޑަކޮށް ދޮރުހުޅުވާލިއެވެ. ހިތަށް ރުޅިވެރިކަން ވެރިވެގެން ދިޔައީ އަރިން އެދައްކަނީ ތެދުވާހަކައެއްކަން ޔަގީންވި ހިސާބުންނެވެ. ނައުފް ރުޅިއައިސަ ހުރިވަރު އޭނާގެ ކަތުރުކަށިގަނޑަށް ބަލާލުމުންވެސް އެނގެއެވެ. ދަތްކުނޑި ވިކާލައިގެން އިންއިރު އެދެލޮލުން އަލިފާން ކަނި ބުރަމުން ދިޔައެވެ. އޭނާ އިނީ އެހާވެސް ރުޅިއައިސައެވެ.

“އައިނާ އެއީ އަހަރެންގެ މީހެއް.. އަހަރެންގެ މީހެއް..” ރުޅިއައިސަ ހުރިވަރުން ނައުފްއަށް ކިޔޭ ނުކިޔޭވެސް ނޭގުނެވެ.

ދޮރުލައްޕާލައިފައި އެނބުރުނު އިރު ރުޅިން ނައުފް ތުރުތުރު އަޅަމުންދިޔައެވެ. ޝައިޠާނާގެ ވަސްވާހުގެ ސަބަބުން އޭނާއަށް ހަމައަށް ވިސްނޭހެންވެސް ހިއެއްނުވެއެވެ. އެއަށްވުރެ ބޮޑަށް ނައުފްގެ ހިތުގައި ވަނީ ނަފްރަތާއި ރުޅިވެރިކަމާއި ހަސަދަވެރިކަން ހިސޯރުކޮށްފައެވެ.

ހިޝާންގެ ކިބައިން އައިނާ ޖަހައިގަންނަން ނައުފް ހުރީ ތައްޔާރަށެވެ. ނަމަވެސް އެދޭތެރެއަށް ނުވިސްނައިހުއްޓައި އިތުރު މުސީބާތެއް ނައުފްއަށް ކުރިމަތިވިހެން ހީވިއެވެ. ނައުފްގެ ހިތުގައި ވަނީ އެފުރާނަވެސް ދުއްވާލުމުގެ ނުރައްކާތެރި ވިސްނުމެވެ. ނައުފްގެ ސިކުނޑީގައި އެނބުރެމުންދިޔައީ މިކަހަލަގެ ގޯސް ވިސްނުންތަކެވެ. މިވަގުތު ނައުފް ފެނުނު މީހަކަށްވެސް ބިރުންގޮސް ރޫރޫ އަޅާނެއެވެ. ނައުފް މިވަގުތު ފެންނަނީ އެހާވެސް ނުރައްކާތެރިކޮށެވެ.

_ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Annna

Level 510 Stories100 Comments100 Login

I am a girl who loves to read n write dhivehii stories☺.... Love to read comments from readers..❤ Accepting positive and negative comments tooo... can contact via my insta private acc @__asnaaaaa_ ... or author acc @i_an.nna and my email id [email protected] My short stories: Myra, Dhonmanma, Maizal, Erey, Edhathuru, Ehves kuhjaku baaky nukuramaa, Manzil, Badhaluvi aadha My long stories: Aina, Kaamiyaabu, Aharenge Vaahaka, Aina S2, Loabivaavaru an'gadheyhiyvey.. My on going story: - Aina S3 _Annna

Other Articles

Previous

ނަފްރަތުން ލޮތްބަށް 4

Next

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ… (ފުރަތަމަ ބައި)

Next
November 15, 2023

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ… (ފުރަތަމަ ބައި)

Previews
November 13, 2023

ނަފްރަތުން ލޮތްބަށް 4

6 Comments!

  1. Annna says:
    November 14, 2023 at 10:56 pm

    I’m really sorry that story got delayed.. its just that my A’levels started and i just got busy with school activities.. I can’t guarantee the date for 8th episode. But In Sha Allah i will complete this season before the end of this year.. 🙂

  2. love imko 💕💕 says:
    November 15, 2023 at 5:40 am

    Mi part vex varha reethi
    Unmeedhu kuran next part kiyaalan libeeney kama
    Also I got busy with my third exam

  3. vempire girl says:
    November 15, 2023 at 6:46 am

    Maasha Allah mi part vx varah varah reethi 🤗. It’s okay… Eiii Annna massaikaii kuramrhnu up kohdhevey thw dhuvahah and Annna thi yageen kan dhinynu mi aharu nimumuge kurin mi season vx nimmaleveyne kamuge…. Alhey kyhvethr Aina Hishaan kairy nauf ge vaahaka nubunany…. Balaaba mihaaru e raavaala reyvungandu…. Mi vaahaka ga ulhey emme foohi 2 meehun eiii… Emyhun ulhey vahthareh…. Once again mi part vx varah varah reethi 🤗

  4. Amiii says:
    November 15, 2023 at 12:56 pm

    This is one of my favorite story in this site
    also love this part ❤☺
    curiously waiting for the next part!

  5. Ifoo says:
    November 15, 2023 at 11:16 pm

    Aww 😍.. Maasha Allah Vv reethi mi part vs❤️.. Unmeedhu kuran next part vs avahah kiyaalan libeyne kamah 😊

  6. Reem says:
    November 16, 2023 at 2:29 am

    Mi part ves varah reethi. will wait for the next part. good luck for your exam ❤️

Comments are closed.

Next Episodeއައިނާ (3) 8←


All Right Reserved!