އައިނާ (3) 6
ހަވަނަބައި
މަޑުމަޑުން ހިނގާލާފައި އަޝްހާ ދިޔައީ ލިވިންގ ރޫމް އާއި ދިމާއަށެވެ. އެކޮތަރީގައި އޭނާގެ ނޭވާ ތާށިވާހެންވެސް ހީވެއެވެ. ސިޑިން ފައިބަ ފައިބާ ހުއްޓާ ސިޑީގެ ފަހަތުން މީހަކު ވާހަކަ ދައްކާ އަޑު އަޝްހާ އަށް އިވުނެވެ. ކޮންމެހެން އަޑު އަހަން ބޭނުންނުވިއަސް އެމީހަކު އެބުނި އެއްޗެއް އަޝްހާއަށް ސާފުކޮށް އަޑު އިވުނެވެ.
***
“މިފަހަރު ބަލަން ހުންނާތި.. ނައިލް ވާނީ އަހަރެންގެ މީހަކަށް.. މާދުރުން އައި މީހަކަށް އަހަރެންގެ ނައިލްއެއް ނުލިބޭނެ..” އަޝްހާއަށް ހީވީ އޭނާގެ ރޯފާރުތަކުގައި އަލިފާން ޖެއްސިހެންނެވެ. އެއިވުނީ އިތުރު ދެވަނަމީހެއްގެ އަޑެއް ނޫނެވެ. ޝީންގެ އަޑެވެ. އޭނާގެ ކޯތާފަތުގައި ދެމެމުން ދިޔަ ކަރުނައިގެ ފެންކޯރު އިތުރަށް ބަންޑުން ކޮށްލިހެން ހީވިއެވެ.
އަޝްހާއަށް ހީވީ އޭނާގެ ދުނިޔެ އެނބުރިގަތް ހެންނެވެ. އޭނާގެ ދިރިއުޅުން ހަލާކުކޮށްލުމަށް ވިއްދާލާފައި ހުރި ނުބައި އަންހެނެއް ހުރިކަން އަޝްހާއަށް ޔަގީންވިއެވެ. ނަމަވެސް ދެރަކަމަކީ ނައިލްއަށް އެކަން ނުވިސްނޭތީއެވެ. އެންމެ ފަހުން ނައިލްގެ ކުރިމަތީގައި ނުބައި މީހަކަށްވީވެސް އޭނާއެވެ.
ހިތްހަލާކުވެފައިވާ ހާލު އަޝްހާ ބޭރުދޮރު ހުޅުވާލައިފައި ގެއިން ނިކުމެގެން ދިޔައެވެ. ސައިކަލުގައި އަޝްހާ ބޭރަށް ނިކުތެވެ. އަޝްހާ ނައިސް ގިނައިރުވާން ފެށުމުން ނައިލް ކަންބޮޑުވިއެވެ. ބޭރަށް ނިކުތްއިރު އަޝްހާގެ ސައިކަލު ނެތުމުން ނައިލް ކަންބޮޑުވިއެވެ. މިއޮށްފަދަ ރޭގަނޑުގައި އަޝްހާ ދާނީވެސް ވަކި ކޮންތާކަށް ބާވައެވެ.
ނައިލް ކަންބޮޑުވެފައި ކޮޓަރީގެ އެނދުގައި އިށީންދެލައިގެން އިނެވެ. އެހެންހުއްޓައި އޭނާގެ ސަމާލުކަން އަތުލީ ރިންގު ވަމުން ދިޔަ ފޯނެވެ. ގުޅަނީ ހިޝާން ކަމުން ނައިލް ވަގުތުން ފޯނު ނެގިއެވެ.
“އަޝޫ އެބައިން މިގޭގައި.. އޭނަ ބޭނުމެއް ނުވޭ ގެއަށް ދާކަށް.. އެހެންވެ އަނާ ބުނީ މިރޭ އަޝޫ މިގޭގައި ބާއްވާނީއޭ..” ހިޝާން ފުން ނޭވައެއް ދޫކޮށްލިއެވެ. އޭނާވެސް ކަންބޮޑުވެފައިވާވަރު ދޭހަވިއެވެ.
“ނައިލް.. ޝީ އިޒް ބްރޯކެން..” އިރުކޮޅެއް ކޮށްލާފައި މޮޅިވެރި އަޑަކުން ހިޝާން ބުނެލިއެވެ.
ނައިލް އަށް ހަމައެކަނި ހޫމް އެއް ލައްވާލެވުނީއެވެ. ހިޝާން ފޯނުކޯލު ކުރުކޮށްލުމުން ނައިލް އޭނާގެ ފޯނު އަތުތެރެއަށްލައި ބާރުކޮށްލާފައި އުއްޑުން އެނދުމައްޗައް ވެއްޓިގަތެވެ. އޭރު އޭނާގެ ލޮލުގެ ހިމަކޮޅުން ވެއްޓުނު ކަރުނަތިކި އެނދުގެ ބެޑުޝީޓައް ފޭދިގެން ގޮއްސިއެވެ.
***
އައިނާއަށް ބަލާލެވުނީ ގެސްޓު ރޫމްގެ އެނދުމަތީގައި އޮށޯވެލައިގެން ނިދިފައިއޮތް އަޝްހާ އަށެވެ. ރޮއެރޮއެ އެފަކީރުގެ ދެލޯ ދުޅަވެފައި ވާއިރު އޭރުވެސް ގިސްލެވެމުން ދިޔައެވެ. އެރީތި މޫނުމަތި މިލާފައި ވާއިރު ވަރުބަލިކަންވެސް ފެންނަން ހުއްޓެވެ. އައިނާވެސް އޭނާއަށް ރޮވެން އުޅޭހެން ހީވިއެވެ. އެންމެ ގާތް އެކުވެރިޔާ އަށް ދިރިއުޅުމުގައި މިދިމާވި ކަމަކުންނެވެ.
އަޝްހާގެ ގައިމަތީގައިއޮތް ފޮތިގަނޑު ރަނގަޅުކޮށްލާފައި އައިނާ އާއި ހިޝާންވެސް އެދެމީހުންގެ ކޮޓަރިއަށްގޮސްވަނެވެ. ވެފައި ހުރި ވަރުބަލިކަމާއެކު އެދެމީހުންނަށްވެސް ނިދޭކަށް ގިނައިރެއް ނުނެގިއެވެ.
***
ފަތިހުގެ ވަގުތެވެ. އިރު އަރަން ކުޑަވަގުތުކޮޅެއް އޮތްއިރުވެސް ދުނިޔެމަތި ވަނީ އަލިކޮށްލާފައެވެ. އޭރު ހިޝާން ފަތިސް ނަމާދުކޮށްލައިގެން އައިސް އަނެއްކާވެސް ނިދައިފައި އޮތެވެ. އައިނާގެ ލޮލަކަށް ނިންޖެއް ނައެވެ. ފަތިހުގެފިނިގަދަ ވަގުތަށްވުމުން އައިނާ ބޭނުންވީ ހޫނު ސައިތައްޓެއް ބޯލާށެވެ. އައިނާ ކޮޓަރީގެ ދޮރުހުޅުވާލައިފައި ނިކުތްއިރު ގޭތެރޭގައި އޮތީ މަރުފަދަ ހިމޭންކަމެކެވެ.
މަޑުހިނގުމެއްގައި އައިނާގޮސް ބަދިގެއަށްވަދެ ފެންކައްކާޖަގު ޖައްސާލިއެވެ. ފެންކެކޭއަޑު ބަދިގެތެރޭގެ ހަމަހިމޭންކަން ނަގާލިއެވެ. ޖަގު ނިވުމުން އޭގެއިން ފެނފޮދެއް ޖޯޑައްއަޅައިގެން އެނބުރުނު އައިނާ ސިއްސައިގެން ދިޔައީ ކުރިމަތީގައިހުރި ނައުފް ފެނުމުންނެވެ. އޭނާ އެތަނަށް ވަނީ ކީއްކުރަން ކޮންއިރަކު ކަމެއްވެސް އައިނާއަށް ނޭނގެއެވެ.
މިހާރަކަށް އައިސް ނައުފް އައިނާ އާއި ގަޔާވާހެން ހީވާތީވެ އައިނާ އުޅެނީ ނައުފް އާއި ވީހާވެސް ދުރު ދުރުންނެވެ. ހިޝާން ގާތުގައި އެވާހަކަ ބުނަން ނުކެރުނީ ހީއެއްގެ މައްޗައް ކަންކަން ނިންމާފައި ނުބުނާށެވެ. އެއީ ހިޝާންގެ އެކުވެރިއެއް ވިއްޔާއެވެ.
އެހެންވެ އައިނާ އަވަހަށް އެތަނުން ދިޔުމަށް ހިނގައި ގަތެވެ. ނައުފްއަށް ބަލައިވެސް ނުލައެވެ. އައިނާގެ އެއަޅައިލުން ކުޑަކަންފެނި ނައުފްގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ. އެއްލިއަތުން އައިނާ ގޮސްގޮސް ހުއްޓައި ނައުފް އައިނާ ހުއްޓުވިއެވެ. ނައުފް އޭނާގެ އަތުގައި ހިފާފައި ވަނީ ނިކަން ބާރަށް ކަމުން އައިނާ އަތަށް ތަދުވާން ފެށިއެވެ.
ނަމަވެސް، އެކަމަށް ސަމާލުކަން ދެވޭވަރަށްވުރެއް ނައުފްގެ އަތްދަށުން ސަލާމަތްވާން އައިނާ ބޭނުންވިއެވެ. ނައުފް އައިނާގެ އަތުގައި ހިފާފައި އޭނާގެ ގަޔާއި ކައިރި ކޮށްލިއެވެ. ނައުފްގެ ގައިން ދުވަމުންދިޔަ ސިނގެރޭޓުވަހުންވެސް އައިނާ ހުރީ މޭނުބައި ކޮށްފައި ހޮޑުލަވާ ގޮތްވެފައެވެ. އައިނާ ތެޅިފޮޅެމުން ދިޔައީ ނައުފްގެ އަތްދަށުން ސަލާމަތް ވާށެވެ.
“ހޭއި ބިއުޓިފުލް… އަހަރެންގެ ކައިރިން ސަލާމަތެއް ނުވެވޭނެ އިނގޭ.. އަހަރެން އައިނާދެކެ ވާލޯބި ހަމަ ނޭނގެނީތަ..؟” ނައުފް ބަރު އަޑަކުން ބުނެލިއެވެ. ފުރަތަމަ ފަހަރަށް ނައުފް އައިނާގާތު އޭނާ ބޭނުންވާގޮތް ހާމަ ކުރިއެވެ.
“ޗީ.. ހިޝާންގެ ގާތް އެކުވެރިއަކޭ ކިޔައިގެން އައިސް ހުރެ ތިކުރަނީ އެންމެ މުޑުދާރު ކަންތައް.. އަހަރެން ހިޝާން ދޫކޮށްފައި އެއްވެސް ތާކަށް ނުދާނަން.. އަމުދުން ކަލޭ ކައިރިއަށް..” އައިސްފައި ހުރި ރުޅިގައި އައިނާ އޭނާގެ ބަސްމަގު ވެސް ބަދަލުވިއެވެ.
“ރުޅިއައިމަ އަދި މާރީތި….” އެއްމިޔަނަކުން ހީލަމުން ނައުފް ބުނެލިއެވެ.
އައިނާ އަށްހީވީ ހޮޑުލެވެން އުޅުނުހެންނެވެ. އައިނާ އޭނާގެ އަތުގައި އޮތް ހޫނު ސައިޖޯޑުގައި ހުރި ފެންތައް ނައުފްގެ އަތައް އޮއްސާލިއެވެ. އައިނާ އެފަދަކަމެއް ކޮށްފާނެކަމަށް ހީނުކޮށް އިން ނައުފް ދިޔައީ ސިއްސައިގެންނެވެ. ވަގުތުން އައިނާގެ އަތުން އޭނާއަށް ދޫކޮށްލެވުނެވެ. ތަންވަޅުބަލައި އައިނާ ދުއްވައިގަތެވެ. އޭނާ އަވަހަށް ކޮޓަރިއަށް ދިޔައެވެ. އެރި ރުޅީގައި ނައުފް ކައިރީގައި އިން ކިޗަން އައިލެންޑް މަތީގައި ޖެހިއެވެ. ފުދޭވަރަކަށް ބާރަށެވެ.
ކޮޓަރިއަށް ވަދެފައި އައިނާ ހެދުން ބަދަލުކޮށްލިއެވެ. އަދި ނިދިފައި އޮތް ހިޝާންގެ ކައިރީގައި އޮށޯވެލިއެވެ. އައިނާ ހިޝާން އާއި ދިމާއަށް ފުން ނަޒަރަކުން ބަލާލިއެވެ. ނިދިފައި އޮތް އިރުވެސް އޭނާގެ ރީތިކަމަކަށް ބަދަލެއް ނާދެއެވެ. ކުޑަކޮށް ދިގުކޮށް ބަހައްޓާފައިހުރި ތުނބުޅީގައި އައިނާ ފިރުމާލިއެވެ.
އެވަގުތު ހިޝާން ނިދީތެރޭގައި ކުޑަކޮށް ލޯހުޅުވާލިއެވެ. އައިނާ ފެނި ހިޝާންގެ ތުންފަތައް ހިނިތުންވުމެއް ވެރިވިއެވެ. އުއްޑުންއޮތް ހިޝާން އައިނާ އާއި ވީފަރާތައް އެނބުރުނެވެ. އައި ހުހައްއޮތް އަތުން އައިނާގެ އުނަގަނޑުގައި އަތްއަޅުވާލައި އޭނާގެ ކައިރިއަށް ޖައްސާލިއެވެ.
އައިނާވެސް ހިޝާންއާއިވީ ފަރާތައް އެނބުރި އޭނާގެ އަތް ހިޝާންގެ އުނަގަނޑުމަތީގައި ބާއްވާލިއެވެ. އެހެން އިރުކޮޅަކުއޮވެފައި އަނެއްކާވެސް ހިޝާންއަށް ނިދުނެވެ. އައިނާގެ ލޮލާއި ނިދިވަނީ އެތަކެއް މޭލެއް ދުރުގައިހެން ހީވިއެވެ.
އައިނާގެ ވިސްނުން ދަތުރުކުރީ ދާދިދެންމެއަކު ހިނގައިދިޔަ ކަންތަކަށެވެ. ނައުފްގެ އެއަމަލުތަކުން އައިނާ ނައުފްދެކެ އިންތިހާއަށް ރުޅިއައެވެ. ހިޝާންގެ ރައްޓެއްސެއްގެ ނަމުގައި އައިސް އެކުރީ އެންމެ މުޑުދާރު ކަންތަކޭ އައިނާގެ ހިތައް އަރަމުން ދިޔައެވެ. ހިޝާންއަށް މިހުރިހާކަމެއް ކިޔައިދެން އައިނާ ނިންމިއެވެ. އަދި ވީހާވެސް އަވަހަކަށް ގެސްޓްހައުސްއެއް ކުއްޔައް ހިފައިގެން ނަމަވެސް ނައުފް އެގެއިން ބޭރުކުރަން އައިނާ ބޭނުންވިއެވެ. އެކަހަލަގެ ނުބައިމީހަކާއި އެއްފުރާޅެއްގެ ދަށުގައި ނިދަން ކީއްކުރަން އޭނާ ހިނގާމަގަކުން ހިނގަންވެސް އައިނާ ފަކުރުގަންނަ ގޮތް ވިއެވެ.
އެހުރިހާކަމަކަށް ވިސްނަންއޮތް އައިނާ އަޝްހާ މަތިން ހަނދާވިއެވެ. އެންމެގާތް އެކުވެރިޔާ އެހާވަރަށް ރޯތަން އައިނާއަށް އެފެނުނީ އަލަށެވެ. ކުޑައިރުގައި ކޫސަނި ކަންކަމުގައި ރޮއެ އުޅުނު ހަނދާން ވިއަސް މިހާދެރަވެގެން އަޝްހާ ރުއިހަނދާނެއް އައިނާ ނުވެއެވެ. އަޝްހާއަކީ އަބަދުވެސް ވަރަށް ހިތްވަރުގަދަ، ކަންކަމުގައި އެހާއަވަހަށް ދެރަވާ ކުއްޖެއްނޫންކަން އައިނާ ދަނެއެވެ. ރޭގައި އޭނާ އެހާވަރަށް ރޯނީ ކޮންމެވެސް ބޮޑުކަމެއް ނައިލްއާއި ދެމީހުންގެ މެދުގައި ހިނގައިގެންކަން އައިނާ ދެނެގަތެވެ.
އަޝްހާ ހަމައަކަށް އެޅެންދެން ނައުފް ވާހަކަވެސް އަޝްހާގެ ގާތުގައި ބުނުން ފަސްކޮށްލަން އައިނާ ނިންމިއެވެ. އެހެން އެކިވިސްނުމުގައި އައިނާ އޮތްވައި އޭނާގެ އެސްފިޔަތަކަށް ބަރުވާހެން ހީވުމުން ހިޝާންގެގައިގައި ބާރަށް ބައްދާލަމުން އެމޭގެ ތެރޭގައި އޭނާގެ މޫނު ފޮރުވާލިއެވެ. އައިނާގެ އެއަމަލުން ހިޝާންވެސް ނިދީތެރޭގައި އައިނާގެ އުނަގަނޑުމަތީގައިއޮތް އަތް މައްޗައްޖައްސާލައި އައިނާގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. މާގިނައިރެއްނުވެ އައިނާއަށްވެސް ނިދީގެ އަރާމުކަމަށް ގެނބުނެވެ.
***
އަޝްހާއަށް ހޭލެވުނީ ހެނދުނު ދިހައެއް ޖަހައި ބޮޑުވިފަހުންނެވެ. އައިނައިތަނެއްނޭނގި ރޭގެ ހިނގި ހިތްދަތި ކަންކަން އަޝްހާގެ ސިކުނޑިއަށް ވެރިވެގަތެވެ. އަޝްހާހީވަނީ މޮޅިވެރި ސާލެއްގައި، ބަނދެވިފައިވާހެންނެވެ. ހޭލެވުމާއެކު ވަރުބަލިގޮތަކަށް އެނދުން ފޭބިއެވެ.
ފާހާނައަށްވަދެ ތާޒާވެލައިގެން އަޝްހާ ނިކުމެ އެންމެ ފުރަތަމަވެސް އޭނާގެ ވާޖިބު އަދާކުރިއެވެ. ނަމާދުކޮށްލައިގެން އަޝްހާ ތިރިއަށް ދިޔައިރު އިސްރާއާއި އައިނާ ބަދިގޭގައި އުޅެއެވެ. ހިޝާން ބޭރަށް ނިކުމެވީއިރު އަނީލްވީ އޮފީހަށް ގޮހެވެ. އަޝްހާ ފެނުމުން އިސްރާ އޭނާގާތު ސައިބޯން އަންނަ އެދުނެވެ.
ރޭގައިވި އެއްވެސްކަމެއް އައިނާ އެއްވެސްމީހެއްގާތު ނުބުނެއެވެ. އެއީ އަޝްހާ ބޭނުންވާނެގޮތްކަންވެސް އައިނާ އަށް އެނގެއެވެ. އެކަން އިނގި އަޝްހާ ޝުކުރުވެރި ނަޒަރަކުން އައިނާއަށް ބަލާލިއެވެ. އެއްވެސްކަމެއްނޫނޭ ބުނާގޮތައް އައިނާ ނޫނެކޭބުނެ ބޯހޫރާލިއެވެ.
ނައިލް އާއި އަޝްހާގެ ކަންތައްވަނީ އައިނާ އާއި ހިޝާން ފިޔަވައި އެގޭގެ އެންމެންނަށް ސިއްރު ކުރެވިފައެވެ. ހެނދުނު ސައިބޮއެގެން އައިނާ އަޝްހާއާއެކު އައިނާގެ ކޮޓަރިއަށް ދިޔައެވެ. ދެމީހުންވެސް ނިކުމެލީ އެކޮޓަރީގެ ތަނަވަސް ބެލްކަންޏަށެވެ. އެތާގައި އިން ކޮފީމޭޒެއްކައިރީގައި ދެމީހުންވެސް އިށީނދެލިއެވެ.
“ނައިލް ގުޅިހެނދުނު.. އަޝޫ ކޮބާތޯ..” އެތާގެ ހަމަހިމޭންކަން ނަގާލީ އައިނާގެ އަޑުންނެވެ. އަޝްހާ އިސްޖަހާލިއެވެ.
“އަނާ.. އަހަރެންބޭނުން މިގޭގައި ދެދުވަހަކު މަޑުކޮށްލަން.. އަހަރެންބޭނުން އެކަނި ކުޑަވަގުތުކޮޅެއް..” އަޝްހާ ދެއްކީ އެހެން ވާހަކައެވެ.
“އަހަރެން ބޭނުން އެމާހައުލާއި ތަފާތު މާހައުލެއް.. ގޭގެ އެހެންމީހުން ސުވާލު ކުރިއަސް ނުބުނައްޗޭ. އަހަރެންނާއި ނައިލްގެ ވާހަކަ..” އަޝްހާ ބުނެލިއެވެ. އައިނާ އެއަށް އެއްބަސްވަމުން ބޯޖަހާލިއެވެ.
ކުޑައިރުކޮޅަކު މަޑުކޮށްލުމަށްފަހު އަޝްހާ އޭނާ ރޭގައި މަޑުކުރި ކޮޓަރިއަށް ދިޔައެވެ. އަޝްހާ ދިޔުމުން އައިނާ އޭނާގެ ފޯނުނަގަތް ނައިލް އަށް ގުޅިއެވެ. “ނައިލް.. އަޝޫ ބޭނުންވޭ ދެދުވަހަކު މިގޭގައި މަޑުކޮށްލަން.. އަޝޫގެ ހެދުންކޮޅެއް ގެނެސްދެންވީނު..؟” ނައިލް ފޯނުނެގުމުން އައިނާ ބުނެލިއެވެ. ހަމައެކަނި ހޫމްއެއް ލައްވާލައިފައި ނައިލް ފޯނުކަނޑާލިއެވެ.
***
ކޮޓަރިއަށް ވަދެފައި އަޝްހާ އޭނާގެ ފޯނު ކޮބައިތޯ ހޯދާލިއެވެ. ސައިޑްޓޭބަލް މަތީގައި އޮތް ފޯނު ހުޅުވާލިއިރު ނައިލްގެ އެތަކެއް މިސްކޯލުތަކެއް ހުއްޓެވެ. އޭނާ ނުފެނިގެން ކޮބައިތޯ އަހާފައި އެތަކެއް މެސެޖެއް ފޮނުވާފައި ހުއްޓެވެ. އަޝްހާ ފޯނުހިފައިގެން ހުއްޓައި ނައިލް އަނެއްކާވެސް ގުޅަންފެށިއެވެ.
ރިންގުވޭވޭގޮސް ކޯލު ކެނޑުނުއިރުވެސް އަޝްހާ ހަމައެއަށް ބަލަހައްޓައިގެން ހުރީއެވެ. ދެވަނަފަހަރަށް ރިންގުވުމުގެކުރިން ފޯނު ނިއްވާލައިފައި ކައިރީގައިއިން ސައިޑްކަބަޑުގެ އެންމެ ތިރީވަތްގަނޑައްލިއެވެ. އައިސްފައިހުރި ހުރިހާ ރުޅިއަކާއި ވެފައިހުރި ހުރިހާދެރައެއް އެމައުސޫމް ފޯނަށްބާލަން އުޅޭހެންނެވެ.
ހުރިދިމާލުން އަޝްހާ އެނދުމައްޗައް ވެއްޓިގަތެވެ. އުއްޑުންނެވެ. އަޝްހާގެ ސިކުނޑީގައި އެނބުރެމުންދިޔަ ކަންކަން ގިނަކަމުން ދެންމެދެންމެ ސިކުނޑިފަޅައިގެން ހިނގައިދާނެހެން އަޝްހާ އަށްހީވިއެވެ. އެހެންއޮށްވައި އަޝްހާގެ އެސްފިޔަތަކަށް ބަރުވާންފެށިއެވެ. ނަމަވެސް ނިދުމުގެ ކުރިއަށް އެކޮޓަރީގެ ދޮރުގައި މީހަކު ޓަކިޖާހާލިއަޑު އަޝްހާގެ ކަންފަތައް އިވުނެވެ.
ކަންނެތްކަމާއެކު އަޝްހާގޮސް އެކޮޓަރީގެ ދޮރުހުޅުވާލީ އައިނާ ކަމަށް ހީކޮށެވެ. ދޮރުމަތީގައި ހުރި ނައިލްފެނި އަޝްހާ ދޮރުލައްޕާލަން އުޅުނެވެ. މިހުރިހާކަމަކަށްވިސްނައިގެން ހުރި ނައިލް އަޝްހާ ދޮރުލައްޕާލުމުގެ ކުރިން އެދޮރުފަތުގައި ހިފައި އޭނާއަށް ވަދެވޭވަރަށް ދޮރުހުޅުވާލިއެވެ. އަޝްހާ އެއްޗެކޭބުނަންވާއިރަށް އޭނާ އެދޮރުފަތުން އެތެރެއަށް ދެމިގަތެވެ.
އަތުގައި އޮތް ދަބަސް އެނދުމަތީގައިބާއްވާފައި ނައިލް އެނބުރުނު އިރުވެސް އަޝްހާ އެހުރި ފިޔަވަޅުމަތީގައި ގުޑިވެސް ނުލައި އިނެވެ. ނައިލް އަޝްހާ އާއި ދިމާއަށް މަޑުހިނގުމެއްގައި ދިޔައެވެ. ނައިލް ބޭނުންވިގޮތައް އަޝްހާގެ ސަމާލުކަން ލިބުނެވެ. އެކަމުން ނައިލް އެންމެ ފުރަތަމަ އެރަށައް އައިދުވަސް އަޝްހާ އަށް ހަނދާން ކޮށްދިން ކަމަކަށް ވާނެކަން ނައިލްއަށް ރަނގަޅައް އެނގެއެވެ.
ގޮތްދޫކުރާކަށް އަޝްހާވެސް ބޭނުމެއްނުވިއެވެ. އެހެންވެ ނައިލް އައިސް ކައިރިވުމުގެ ކުރިއަށް އަޝްހާގޮސް އެކޮޓަރީގައިއިން އެކަކަށް އިނދެވޭވަރުގެ ސޯފާގައި އިށީނެވެ. ލިބުނު ފުރުސަތުގެ ބޭނުންހިފައި ނައިލް އެކޮޓަރީގެ ދޮރު ލައްޕައި ތަލުލާފައި އައިސް އަޝްހާގެ ކައިރީގައި އިން އެހެން ސޯފާއެއްގައި އިށީނެވެ.
އެއްވެސް އެއްޗެކޭ ނުބުނެ އަޝްހާ އިނެވެ. އިސްޖާހާލައިގެން އަޝްހާ އިނީ ނައިލްއަށް ނުބަލަންވެގެންނެވެ. އެހާހިތްވަރެއް އަޝްހާގެ ގަޔަކުނެތެވެ.
“އަޝޫ…” ތިރީސް ސިކުންތައް ދެމިގެންދިޔަ ހިމޭންކަން ނަގާލީ ނައިލްގެ އަޑުންނެވެ.
“އައިމް ސޯސޮރީ..” އަޝްހާގެ މޫނަށް ބަލާލަމުން ނައިލް ބުނެލިއެވެ. އެވަރުންވެސް އަޝްހާ އެންމެ މިލިމީޓަރެއްވެސް ގުޑިނުލާ އެއިންގޮތަށް އިނެވެ.
“އަޝޫ ކީއްވެ ޝީންދެކެ ރުޅި އަންނަނީ..؟ އަހަރެންގާތު ވީގޮތް ބުނެދީބަލަ..” މިފަހަރުވެސް އަޝްހާ އެއްޗެކޭ ނުބުނުމުން ނައިލް ވާހަދެއްކިއެވެ.
“ނައިލް.. އަހަރެންނަށް އިތުބާރު ކުރަންތަ..؟” އަޝްހާ ވާހަނުދައްކާނެއްހެން ހީވިވަގުތުކޮޅަކަށްފަހު އެއްޗެކޭ ބުނަން އަނގަހުޅުވާލި ނައިލް މަޑުކޮށްލަން ޖެހުނީ އަޝްހާގެ އަޑު އިވުމުންނެވެ.
“އަހަރެން އަޝޫއަށް އިތުބާރުނުކޮށް ކާކަށް ދެން އިތުބާރު ކުރާނީ..” ނައިލް އަޝްހާއަށް ޔަގީންކަން ދިނެވެ.
“ޝީންއަށް ވުރެއްވެސް ބޮޑައްތަ..؟” އަޝްހާއަށް އެވަރުން ނުފުދުނީތޯއްޗެކެވެ.
“އޮފްކޯރްސް.. ޔޫ އާ މައި ވައިފް!!” ނައިލް އަޝްހާގެ އުނގުމަތީގައި އޮތް އޭނާގެ އަތުގައި ހިފާލަމުން ބުނެލިއެވެ.
“އެހެންވީރު އަޑުއަހާ..” މިހެންބުނެފައި އަޝްހާ އޭނާގެ ލޯކުރިމަތީވި ހުރިހާ ކަމެއް އަކުރުން އަކުރަށް ކިޔައިދިނެވެ. އެންމެ ފިއްޔެއްވެސް ވައްޓާނުލައެވެ. ބާބެކިއު ހެދިރެއިން ފެށިގެން ރޭގައި ޝީންގެ ފޯނުކޯލާއި ހަމައަށެވެ.
ނައިލް އިނީ ގަބޫލުނުކުރެވިފައެވެ. ޝީން އެކަހަލަ ކަމެއްކޮށްފާނެ ކަމަށެވެ. ނަމަވެސްއޭނާ އަޝްހާއަށް އިތުބާރުކުރެއެވެ. އަޝްހާ ދޮގެއްނުހަދާނެކަން ނައިލް ވަރަށް ރަނގަޅަށް އިނގެއެވެ. އަމުދުން އެކަހަލަކަމެއްގައެވެ.
“އަޝޫ އަހަންނަށްމާފުކުރޭ.. މީގެފަހުން އަހަރެން ޝީންއާއި ޑިސްޓެންސްއެއް ބަހައްޓާނަން.. އަދި އަޝޫގެ އިހުސާސްތަކާމެދު ނުވިސްނުނީތީވެ އައިމް ސޯސޮރީ..” ނައިލް އަޝްހާ ކައިރިން މާފަށް އެދުނެވެ.
“އިޓްސްއޯކޭ..” ކުރަކި އަޑަކުން އަޝްހާ ބުނެލިއެވެ. ވީއުފަލުން ނައިލް އަޝްހާގެނެސް އެތަތުރެއަށްލިއެވެ.
އެނބުރި ގެއަށްދިއުމަށް ނައިލް ހިނގައިގަތީ އަޝްހާ ގޮވައިގެންނެވެ. ކޮޓަރިން ނިކުމެ އެދެމީހުން މިސްރާބުޖެހީ އައިނާއާއި ހިޝާންގެ ކޮޓަރިއަށެވެ. ދޮރުގައި ޓަކިޖަހާލުމުން ދޮރުހުޅުވީ އައިނާއެވެ.
“ދެމީހުން މިހާރު އޯކޭ..” އެދެމީހުންނަށް ބަލާލަމުން ދިމާކުރާ ރާގަކަށް އައިނާ ބުނެލިއެވެ.
އަޝްހާއާއި ނައިލް އެއްފަހަރާ ކަހަލަގޮތަކަށް ބޯޖަހާލިއެވެ.
“އަނާ.. އޯކޭތަ ޝީން އެނބުރި މާލެ ދަންދެން މިގޭގަ ބަހައްޓައިދެވިދާނެތަ..؟” ނައިލްގެ މިވާހަކައިން ސިއްސައިގެންދިޔައީ އަޝްހާ އެކަނޏެއްނޫނެވެ. އައިނާވެސް މެއެވެ. އަޝްހާ ނައިލްއަށް ބަލާލީ އުފާވެފައިއިނދެއެވެ.
“ބުނީމެއްނު.. ޑިސްޓެންސް އެއްބަހައްޓާނަމޭ..” އަޝްހާއަށް ބަލާލަމުން ނައިލް ބުނެލިއެވެ.
އަޝްހާގެ އެއުފާވެރިކަންފެނި އައިނާ ވަގުތުން އެއްބަސްވިއެވެ. ޝީން އެގެއަށް ގެންނަން ނިންމާފައި ނައިލް އާއި އަޝްހާ ގެއަށްދާން ހިނގައިގަތެވެ.
“އަޝޫ.. ހަވީރުގަ މިގޭދޮރަށް ޖައްސާލައްޗޭ.. ކަމަކު..” ސިޑިން ފައިބަފައިބާ އޮށްވާ އައިނާ ގޮވާލިއަޑު އިވުނެވެ. އަޝްހާވެސް އައިނާއަށް އަޑުއިވޭވަރަށް އޯކޭއޭ ބުނެލިއެވެ.
***
ހަވީރު ހަތަރުގަޑިބައިވިއިރު އަޝްހާ އައިސް އައިނާގެ ކޮޓަރީގައި ޓަކިޖަހާލިއެވެ.
“އަޝޫ.. ތިއައިދޯ.. ހިނގާދާން..” ދޮރުހުޅުވާލައިފައި ނިކުންނަމުން އައިނާ ބުނެލިއެވެ.
އައިނާ ލައިގެން އިނީ ދޫކޮށްފަހާފައިއިން ކަކުލަށްވުރެ ތަންކޮޅެއްތިރިއަށް އަރާވަރުގެ ހުދުކުލައިގެ ހެދުމެކެވެ. ތިރިން ގަދަނޫކުލައިގެ ދޫޖިންސެއްލައިގެން އިންއިރު، އަޅާފައިއިން ހަމައެކުލައިގެ ޝޯލް އައިނާގެ އޮމާން ހަންގަނގަޑައި ނުހަނު ގުޅެއެވެ.
އައިނާއާއި ޚިލާފަށް، އަޝްހާ ލައިގެން އިނީ ކަޅުކުލައިގެ ކަކުލާހަމައަށްއަރާ ހެދުމަކާއި ކަޅުކުލައިގެ ޝޯލްއެއްގެ އިތުރުން ހުދުކުލައިގެ ހަރުވާޅެކެވެ. ހެދުމުގެ މަތިން ލައިގެން އިން ޖެކެޓު އަޝްހާގެ ލޫޅާފަތި ހަށިގަނޑާއި އެހާމެ ގުޅެއެވެ.
“އަނާ ކޮންތަކަށް ދާން..؟” އައިނާގެ ފަހަތަށް ސައިކަލަށް އަރަމުން އަޝްހާ ބުނެލިއެވެ.
“ޝްޝްޝް.. ކެތްކުރޭ..” ސައިކަލު ދުއްވާލަމުން އައިނާ ބުނެލިއެވެ.
އާދައިގެ ދުވެއްޔެއްގައި ސައިކަލު ދުއްވާފައިގޮސް އައިނާ މަޑުކޮށްލީ ހޮސްޕިޓަލްގެ ކުރިމަތީގައެވެ. ހައިރާންވެފައި އަޝްހާ އައިނާގެ މޫނަށް ބަލާލިއެވެ.
“އަނާ ބަލީތަ..؟” އަޝްހާ ކަންބޮޑުވެފައި އަހާލިއެވެ.
“ކުޑަކޮށް.. އެހެންވެ މިއައީ އަޝޫގޮވައިގެން އެކަނި ނާންނަން ވެގެން..” އައިނާ ހާމަކޮށްލިއެވެ.
ޑޮކްޓަރަށް ދެއްކުމުން ޓެސްޓުތަކެއް ހަދަން ދިނެވެ. ޓެސްޓުހަދާފައި ރިޕޯރޓްހިފައިގެން އަލުންގޮސް ޑޮކްޓަރުބަލާ ކޮޓަރިއަށް އައިނާ އާއި އަޝްހާވަނެވެ. ޑޮކްޓަރުއަތައް ރިޕޯޓުދިމުން އެބަލާފައި ޑޮކްޓަރުދިން ޚަބަރަކުން ވާންވީ އުފާކަމެއް ދެރަކަމެއް އައިނާ އަކަށް ނޭނގުނެވެ.
_ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.




Here is the 6th part.. Hope you all will also like this part. Sorry for not replying to previous comments. In Sha Allah this time I will try to reply. Next part as usual on Friday. This time I will try my best to upload it as early as possible In Sha Allah. Jazaakallah Everyone!! :’)
I love this story
Mi part vex varha reethi
Unmeedhu kuran next part kiyaalan libeeney kama
Maasha Allah mi part ves varah varah reethi…. Alhey doctor edhiny kon khabareh thr???? Aina Hishaan kairy nauf ge vaahaka bunaany konirakun the???? Once again maasha Allah mi part ves varah varah reethi….
Vv reethi mi part vs Maasha Allah.. Unmeedhu kuran next part vs avahah kiyaalan libeyne kamah.. 😊❤️
V.reerhi mi part VX…
Mi part v reethi 🥰
When is next part?
Mi story ge hurihaa part that ves varah reethi. even this part too. doctor dhinee kon habareh tha? Alhey varah curious vejje mihaaru.. when is next part?
When is next part??????????????
Hey dear when is next part???? plss avahah up kolla dheeba.. varah inthizaaru kurevey. or if you can comment ah reply kolla dheeba plss 🥺