Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިފްރާ 2

Nadhoo
Nadhoo Level 1
November 13, 2023 3 Mins Read
5 Comments

” އަމީން އަހަރެން އަމީން މިގެނައީ ވާހަކައެއް ދައްކާލަން ވެގެން އެއީ އަހަރެމެން ވަނީ ވަރަށް ކުރީއްސުރެން އިފްރާ އަދި ޒަޔާންގެ ކައިވެނި ކުރުމަށް ހަމަޖައްސާފައެއްނު ދޯ ހިންގާ އެކަމާ އުޅޭން” ރަޝާދު ގެ ވާހަކަ އަޑު އެހުމަށް ފަހު ޒަޔާން އަދި އިފްރާގެ ދެލޯވެސް ބޮޑުވެގެން ދިޔައެވެ.

“އަހަރެން މިހުރީ ތި ވާހަކަ ދައްކާ ހިތުން އެކަމަކު ނުކެރިފައި، ދަރިފުޅާ ޒަޔާން ދަރިފުޅުގެ ހިޔާލަކީ ކޮބާ އަނެއްކާ ކުއްޖަކާ ރައްޓެހިވެގެންތަ ތިއުޅެނީ” އަމީން ސުވާލުކުރީ ޒަޔާން އަށް ބަލާލަމުންނެވެ.

ޒަޔާންއަށް ލިބުނު ރަނުގެ ފުރުސަތު ނަގާލާކަށް ބޭނުމެއް ނުވިއެވެ.

” ނޫން ކުއްޖަކާ ރައްޓެހިއެއް ނޫން….ބައްޕާ އަޅުގަނޑަށް އިފްރާ ވަރަށް ކަމުދޭ…. އަޅުގަނޑު މި ކައިވެންޏާ ރުހި ގަބޫލު” ޒަޔާންގެ ޖަވާބު އަހާފައި އިފްރާ ހައިރާންވެގެން ބަލަން އިނެވެ.

“ދަރިފުޅާ އިފްރާ ކޮންމެވެސް އެއްޗެކޭ ބުނެބަލަ؟ ”

” އަމީން އިފްރާ އެއީ އަންހެން ކުއްޖެއް އަޅުގަނޑުގެ ކޮންމެ އެދުމަކާ ގަބޫލުވާން ޖެހޭނީ” ބައްޕަގެ ޖަވާބު އަހާފައި އިފްރާގެ ހިތުގައި ޖެހުނެވެ.

އެހެންވީމާ އަންނަ މަހުގައި ކާވެނިކުރުމަށް ތައްޔާރު ވަމާ ރަޝާދު ބުނެލީ އުފާވެލާފައެވެ. ނުރުހުނެއްކަމަކު ބައްޕަގެ އުފަލުގައި ކޮޅުފައިން ޖަހާކަށް އިފްރާއަކަށް ނުކެރުނެވެ. އެހާ ހިތްވަރެއްވެސް ނެތެވެ.

އެންމެން ދިޔުމުން ކޮޓަރިޔަށް ވަން އިފްރާގެ ލޮލުން ކަރުނަ ފައިބައިގަތެވެ. މެރީ ކުރުމަކީ އިފްރާ ކުރަން ބޭނުންވި ކަމެކެވެ. ނަމަވެސް އިފްރާދެކެ ލޯބިވާ އިފްރާ އަށް ކެއާރ ކުރާ މީހަކާ އެވެ.

“އަހަރެން ކިހިނެތް ޒަޔާން އާއެކު އުޅޭނީ؟ ޒަޔާން އަކީ ހަޔާތުގެ ބައިވެރިޔަކަށް އަހަރެން ބޭނުންވާ އެކަށިގެންވާ އެއްވެސް ސިފައެއް ހުރި މީހެއް ނޫން އެކަމަކުވެސް ކީއްކުރާނީ މިއަދު މިޖެހުނީ މިކަން ކުރަން އަހަރެންގެ ދިރުއުޅުމުގައި ދެން އުފުލަންޖެހޭނީ ކިހާވަރެއްގެ ހިތްދަތިކަމެއް ބާ؟ ” އިފްރާ އޭނާގެ އަމިއްލަ ނަފްސާވާހަކަ ދެއްކިއެވެ.

އިފްރާގެ ދިރިއުޅުމުގެ އެހާ ބޮޑު ނިންމުމެއް ނިންމުމުގެ ކުރިން ބައްޕަ އިފްރާ ކައިރީ ނޭހުމުން ވަރަށް ދެރަވިއެވެ.

ގެއައް ގޮސްވަން ޒަޔާން އުފަލުން ހީވަނީ މޮޔަވެދާނެހެންނެވެ. އެހާ އުފާ ވާންވީ ކީއްވެކަމެއް ޒަޔާން އަކަށްވެސް ނޭގުނެވެ. އިފްރާގެ ކިބައިން ބަދަލު ހިފަން މިއަށް ވުރެން މޮޅޮގޮތެއް ނޯންނާނެއެވެ. ޒަޔާން ހިތާހިތުން ބުނެލިއެވެ.

ކައިވެނީގެ ތައްޔާރީތައް ކުރެވުމުން ދިޔައެވެ. އިފްރާ އެއްވެސް ކަމަކާ މާ ބޮނޑަކަށް ބައިވެރިއެއް ނުވެއެވެ. ހަމައެކަނި ބައްޕަ ގެންނަ އެއްޗިހިތައް ބަލާލަނީއެވެ.

ނަމަވެސް ހުރިހާކަމެއް ވެސް ޒަޔާން ކުރީ ވަރަށް ކުރާހިތުންނެވެ. އިފްރާގެ ހެދުންވެސް ގަތީ ޒަޔާންއެވެ. އެއްދުވަހު ޒަޔާން އިފްރާއަށް ޒަޔާން އާއި އެކު ޑޭޓްއަކަށް ދެވިދާނެތޯ އަހާ މެސެޖްކުރިއެވެ. ނަމަވެސް އިފްރާ އެއްވެސް ވަރަކަށް ޒަޔާން އާއި ވާހަކަ ދައްކާ ބައްދަލުކޮށްހަދަން ބޭނުން ނުވާތީ ރިޕްލައި އެއް ނުދިނެވެ.

އެކަމާ ޒަޔާން އިތުރަށް ރުޅިއެރިއެވެ. ކައިވެނި ވުމުން ހުރިހާ ކަމަކަށް ބަދަލު ހިފަން ހިތުގައި އަޒުމް ކަނޑައެޅިއެވެ.

ޒަޔާން ތައްޔާރުވަމުން ދިޔައީ ރަން ކިޔުމުގެ ހަފްލާއަށް ދިޔުމަށެވެ. ހުދުކުލައިގެ އަތް ދިގު ގަމީހާއި ފޭލީގައި ޒަޔާންގެ ރީތިކަން އިރުވެފައިވިއެވެ.

ރަންކިޔުމުގެ ހަފްލާއަށް ތައްޔާރު ކުރެވިފައިވާ ހޯލަށް ރަތްކުލައިގެ ކަރުފެހި ލީބާހާ އި ފޭލި އަދި  ފައްޓަރުބަޔާ އެކު ބޮލުގައި ޖަހާލާފައިވާ ހުޅީގައި އިފްރާ ވަރަށް ވެސް ފުރިހަމައެވެ. ނަމަވެސް މޫނުމަތީގައި އެއްވެސް އުފާވެރިކަމެއް ނުވެއެވެ.

އިފްރާ ރަންކީ އެންމެ 100 ރުފިޔާ އަށެވެ. ޒަޔާން ބޮޑުކުރަން އެދުމުން ވެސް އިފްރާ ބަދަލު ނުކުރިއެވެ. ދެ އާއިލާ އާއެކު ފޮޓޯ ނެގުމަށް ފަހު ދެމީހުންގެ ވަކި ވަކި ފޮޓޯ ތައްވެސް ނެގިއެވެ. އެއްވެސް ފޮޓޯއަކުން އިފްރާގެ ހިނިތުންވެފައެއް ނެތެވެ. ނަމަވެސް ޒަޔާން ހުންނަނީ ވަރަށް އުފާވެފައެވެ.

ސާ ބޯން ދެމީހުން އެކީ ތިބި އިރުވެސް އިފްރާ އަނގަޔަކުންވެސް ނުބުނިއެވެ. ޒަޔާން ވަރަށް ސުވާލުކުރިއެވެ. އިފްރާގެ ރީތިކަމަށް ތައުރީފް ވެސް ކުރިއެވެ.

އިފްރާގެ ބޯހަރު ކަމަން ޒަޔާން ވަރަށް ރުޅިވެސް ގަދަވިއެވެ. “މި ނޫނީ ދުވަހަކުވެސް އަންހެން ކުއްޖެއްގެ ފަހަތުން މިހެން އުޅޭކަށް ނެޖެހޭ….” ޒަޔާން ވާހަކަ ދެއްކީ އަމިއްލަ ނަފްސާއެވެ.

ހުދުކުލައިގެ ވެޑިންޑްރެސް އަދި ބޯ ހަދާފައިވާ ގޮތް ވަރަށް ފުރިހަމައެވެ. އަޅާފައިވާ ވެއިލް ގެ ތެރެއިން އެމޫން ވިދާ ބަބުޅާއެވެ. ކޮށްފައިވާ މޭކަޕުން އިފްރާގެ ރީތިކަން އެތައް ގުނައަކަށް އިތުރު ވެފައި ވިއެވެ. ނަމަވެސް އެ މޫނުމަތީގައި އުފާވެރިކަމުގެ ނިޝާނެއްވެސް ނެތެވެ. އެ މޫނު ބަލާލި ކޮންމެ މީހަކަށް ފެނިގެންދާނީ މާޔޫސްކަމެވެ.

ޒަޔާން އައިސް އިފްރާގެ ކައިރީ އިށީނެވެ. ޒަޔާން ހުރީ ހުދު ގަމީހަކާއި ކަޅު ފަޓްލޫނުގައި ކަޅު ކޯޓެއްލާފައެވެ. ޒަޔަންގެ ފިރިހެންވަންތްކަން މީހުން މޮޔަކުރުވާ ވެއެވެ. “އިފްރާ ހާދަ ރީއްޗޭ މިރޭ” ޒަޔާން ބުނެލުމުން އިފްރާ ޒަޔާން އާއި ދިމާލަށް ބަލާލިއެވެ. ނަމަވެސް އަނގަޔަކުން ވެސް ނުބުނެއެވެ.

ޒަޔާންގެ ދުލުން އަނބި ގަބޫލުކޮށްފީމޭ ބުނި ވަގުތު އިފްރާގެ ލޮލުން ކަރުނަ އައީ މުޅި އުމުރަށް ކަށި ޖަންގައްޔެއްގަ ހައްޔަރު ވީ ކަމުގެ އިހްސާސެއް ވުމުންނެވެ. އަނެއްކާވެސް އެހެން މީހެއްގެ އިޝާރާތައް ނަށަންޖެހުމުން ވަރަށް ހިތުގައި ޖެހުނެވެ. ކުޑައިރުއްސުރެން ބައްޕަގެ އެދުމަށް ބައްޕަ ރުހޭ ގޮތަށް ކަންތައް ކުރީ ދެން ޖެހެނީ ޒަޔާން އެދޭ ގޮތަށް ކަންތައް ކުރަން އިފްރާ ބޭނުން ގޮތް އެއީ އެއްވެސް މީހަކަށް މުހިއްމު ކަމެއް ނޫނެވެ. އިފްރާ ހިތުގައި ވީ ޝަކުވާތައް އަމިއްލަ ނަފްސާ ހިއްސާކުރިއެވެ.

ކައިވެނީގެ މަޖިލީސް ނިމުމުން އެންމެން މަރުހަބާ ކިއެވެ. ފުރަތަމަ އޮތީ އާއިލާ މީހުންނާ ރައްޓެހިންނާއެކު ފޮޓޯނެގުމެވެ. ދެން އޮތީ ދެމީހުންގެ ވަކި ފޮޓޯ ނެގުމެވެ. ނުރުހުނަސް އުދަނގޫ ވިޔަސް ފޮޓޯ ނަގާމީހާ ބުނި ހުރިހާ ގޮތަކަށް އިފްރާ ފޮޓޯނެގީއެވެ.

ޕާރޓީ ނިމުމުން ޒަޔާން އާއި އެކު އިފްރާ ކާރަށް އެރިއެވެ. ކާރުގައިވެސް އިފްރާ ޒަޔާން އަކާ ވާހަކައެއް ނުދައްކައެވެ. ކާރު ގޮސް މަޑުކޮށްލީ ޒަޔަންގެ ގޭގެ ދޮރުމައްޗަށެވެ. ޒަޔަންގެ އިފްރާ އެރެން ކާރުގެ ދޮރު ހުޅުވާލަދިނެވެ.

އިފްރާ ފޭބުމުން ޒަޔާން ކާރު ދޮރު ލައްޕާލިއެވެ. އިފްރާ ޒަޔާންގެ ފަހަތުން ލިފްޓަށް އެރިއެވެ.

“އިފްރާ މީ އަހަރެންގެ ގެ މަންމަމެން އުޅޭނީ އެންމެ ތިރީގައި އެކަމަކު އަހަރެން އުޅޭނީ އެންމެ މަތީގައި އެތާ ހުންނާނީ ކައްކާ ކެވޭ ގޮތަށް އެކަމަކު އަހަރެން ކާން ދަނީ ތިރިޔަށް އެކަމަކު އިފްރާ ބޭނުމީއްޔާ ކެއްކިޔަސް އޯކޭ އަހަރެން ހޯދަދޭނަން އެއްޗިހި” ޒަޔާން ގެ ވާހަކައަކަށް އިފްރާ ޖަވާބެއް ނުދިނެވެ. އިފްރާއަށް ވިސްނެނީ މިރޭ ކަންތައް ވާނެ ގޮތަކާ ދޭތެރޭގައެވެ.

ޒަޔާންގެ ފަހަތުން އިފްރާ ގޮސް ކޮޓާރިއަށް ވަނެވެ. ޒަޔާން ދޮރު ތަޅުލާފަ އައިސް އިފްރާގެ އަތުގައި ހިފާލައިގެން ގޮސް އެދުގައި ބޭންދިއެވެ. “މިހާރު ތީ އަހަރެންގެ މިލްކެއް ދެން ކިހިނެތް ދެކޮޅު ހަދާނީ އިފްރާ ޖެހޭނީ އަހަރެން ބޭނުން ކޮންމެ ކަމަކާ ރުހެން އަހަރެންގެ ބޭނުން މިރޭ އަހަރެންގެ ކަންކަށި މަތީގައި ޖެހި ޖެހުމަށް ބަދަލު ހިފަން އެނޫނަސް އިފްރާ ވެސް ބޭނުން ވެގެން ދޯ ކައިވެނި ކުރީ ދެކޮޅުވެސް ހެދޭނެތާ؟” ޒަޔާންގެ ވާހަކަތައް އަޑު އަހާފައި އިފްރާގެ ދެލޯ ކަރުނުން ފުރުނެވެ. ޒަޔާން އިފްރާ އާއި ކާރިވެލިއެވެ. އިފްރާ ތެދުވެގެން ދުރަށް ދިޔައެވެ. ޒަޔާން ގޮސް އިފްރާގެ އަތުގައި ހިފާލިއެވެ އަދި އެތާހުރި ފާރަށް ލައްކޮށްލިއެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nadhoo
Follow Me Written By

Nadhoo

Level 1

varah kuda iruh suren varah kiyaahithun vaahaka kiyan vaahaka liyaa hihves vaathy try kohlani mi

Other Articles

Previous

ހަޔާތުގެ ދަޅަ – 2

Next

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ…….! (ޓްރެއިލަރ)

Next
November 13, 2023

ރޭދުވާ ނިމެނީ ކުރާ މި ޚިޔާލުގާ…….! (ޓްރެއިލަރ)

Previews
November 12, 2023

ހަޔާތުގެ ދަޅަ – 2

5 Comments!

  1. Ifoo says:
    November 14, 2023 at 6:31 pm

    Aww😍.. Maasha Allah Vv reethi mi part vs 😊.. Unmeedhu kuran next part vs avahah kiyaalan libeyne kamah.
    When next part kiyaalan libeynee?

    1. Nadhoo says:
      November 15, 2023 at 9:51 am

      Thank You ifoo varah ufaavejje vaahaka kamu dhiyaima. mi story aki ifoo ah haasa kurevifai vaa vaahakaeh. maadhan up kohlaanan. inthizaaru kurah chey

  2. Ifoo says:
    November 15, 2023 at 11:02 pm

    Aww thanks 😍

  3. Laiii😍 says:
    November 17, 2023 at 1:42 pm

    When is next part

  4. Ifoo says:
    November 19, 2023 at 12:13 am

    When next part😩??

Comments are closed.

Next Episodeއިފްރާ – 3←


All Right Reserved!