އިފްރާ – 3
އިފްރާގެ މޫނާއި މޫނު ކައިރިކޮށްލިއެވެ. އަދި އިފްރާގެ ކޮލުގައި އަތުގެ ނުފުށުން ފިރުމާލިއެވެ. މަޑުމަޑުން އިފްރާގެ ވެއިލް ޒަޔާން ނަގާލިއެވެ. އަދި އިފްރާއަށް ތަދު ނުވާނޭހެން ބޮލުގައި ޖަހާފައިވާ އެއްޗިހިތައް ނަގާލައި އިފްރާގެ އިސްތަށިގަނޑު ރޫޅާޅުމަށްފަހު އިފްރާގެ އުނަގަނޑުގައި ހިފާލައި ކައިރިކޮށްލިއެވެ. އިފްރާ ޒަޔާންގެ މޭގައި އަތް އަޅާކޮށްޕާލިއެވެ. ޒަޔާން ގޮސް އިފްރާ އެނދުމައްޗައް ވައްޓާލިއެވެ. “މިރޭ އަހަރެންގެ އަށްދަށުން ސަލާމަތެއް ނުވެވޭނެ” ޒަޔާން ބުނެލީ ބާރަށެވެ.
ޒަޔާން އިފްރާގެ މޫނާ ކައިރިވެލާފައި އިފްރާގެ ތުންފަތުގައި ބޮސްދޭންފެށިއެވެ. އިފްރާ ދެ އަތުން ޒަޔާން ދުރުކުރެވޭތޯ ބެލިއެވެ. ނަމަވެސް ޒަޔާންގެ ބާރުގަދަ އަތްދަށުން ސަލާމަށް ވުމަކީ އިފްރާއަކަށް ވާނެކަމެއް ނޫނެވެ. ޒަޔާން އިރުކޮޅަކުން އިފްރާގެ ހެދުމުގެ ޒިބުގައި ހިފާލިއެވެ.
“ޒަޔާން އަހަރެން މިހާރު މިހިރީ ޒަޔާންގެ އަތް ދަށުގައެއްނު ބޭނުން އިރަކު ބޭނުން ކަމެއް ކުރެވޭނެ…އެކަމަކު މިރޭ އެއް ނޫން ޕްލީޒް” އިފްރާ ރޯންފެށިއެވެ.
“ދޭ އަހަރެންގެ ކުރިމަތިން ދުރަށް” ޒަޔާން ހަޅޭލަވައިގަތެވެ.
އިފްރާ އަވަސް އަވަހަށް ތެދުވެގެން ގޮސް ފާހާނާއަށްވަނެވެ.
އިފްރާ ދިޔުމުން ޒަޔާން ގާތަށް ރުޅި އައިސްގެން އެނދުމަތީގައި ހުރި އެއްޗިހިތައް އެކިތަންތަނަށް އުކިއެވެ.
” އަހަރެންނަށް ކިހިނެތް ތަ މިވަނީ…؟ އަހަރެންނަށް އިފްރާ އެހާ މުހިއްމު ވަނީ ކީއްވެ؟ ވެދާނެ އިފްރާ ނޫނީ އަހަރެންނާ ދުރަށްދާން ބޭނުންވާ ކުއްޖަކު ނެތީ ކަމަށް ޒަޔާން ހިތާ ހިތުން ވާހަކަ ދެއްކިއެވެ.
އެތައް އިރެއް ވީ އިރުވެސް އިފްރާ ނުނިކުތުމުން ޒަޔާން ގޮސް ދޮރުތެޅިއެވެ. އިފްރާ ދޮރު ހުޅުވާލާފައި ނިކުތެވެ.
“އަލަމާރީގައި ހުންނާނެ އިފްރާގެ ހެދުންތައް” އެހެން ބުނެފައި ފާހާނާޔަށް ވަދެ ޒަޔާން ފެންވަރާލާއިގެން ނިކުތެވެ.
ޒަޔާން ނިކުތުމުން އިފްރާވެސް ފާހާނާޔަށް ވަދެ ނިދަންލާ ޕަޖާމާލައިގެން ނިކުތެވެ. ނިކުމެ ސޯފާގައި އޮށޯތެވެ. އެތަން ފެނުމުން ޒަޔާން ގޮސް އިފްރާ ނަގައިގެން އައިސް އެނދުގައި ބާއްވާލުމަށްފަހު އަނެއް ފަރާތުގައި ޒަޔާން އޮށޯތެވެ. ކައިރިވެލާފައި އިފްރާގެ ނިތްކުރީގައި ބޮސްދީފައި އަނެއް ފަރާތައް އެނބުރި ނިދާލިއެވެ. އެކަމަކު އިފްރާ ފަކީރަކަށް ބިރުން ނުވެސްނިދުނެވެ. ފަތިސް ވާން ކާރިވުމުން އިފްރާ ތެދުވިއެވެ. އިރުކޮޅަކުން ޒަޔާން ވެސް ހޭލައިގެން ފާހާނާޔާށް ވަދެ ނިކުމެ އަލަމާރިން ގަމީހެއް ނަގާ އަމިއްލައަށް އިސްތިރިކޮށްގެން އެލައިގެން ބޭރަށް ދިޔައެވެ.
ފެނުނު މަންޒަރުން އިފްރާ ހުރީ ވަރަށް ހައިރާންވެފައެވެ. ދަ ގްރޭޓް ޒަޔާންގެ އަމިއްލައަށް އިސްތިރި ކުރުމުންނެވެ. އިފްރާ ގޮސް ބެލްކަނީގައި ހުއްޓުނެވެ. ކުރިމަތިން ފެންނަން އޮތް މޫދަށް ބަލަން ހުއްޓާ އިފްރާ ސިއްސައިގެން ދިޔައީ ފަހަތުން އައިސް ޒަޔާން ބައްދާލުމުންނެވެ. އިފްރާ ތެޅިގެންފައި ދުރަށް ޖެހުނެވެ. ނަމަވެސް ޒަޔާން އަނެއްކާވެސް އިފްރާ އާއި ކައިރިވެލާފައި އިފްރާގެ ތުންފަތުގައި ބޮސްދިނެވެ. އިފްރާ މިފަހަރުވެސް ގަދަހެދިއެވެ. ޒަޔާންގެ މޭމަތީގައި ވެސް ތެޅިއެވެ.
“ކީއްކުރާނީ ހަމަ ދުރުގައި ކެތްނުވަނީ އޭ އިފޫގެ ރީތި ކަމުން” ޒަޔާން ބުނެލީ އަމިއްލަ ތުންފަތުގައި އަތް ހާކާލަމުންނެވެ. އެތަން ފެނުމުން އިފްރާ ގާތަށް ވަރށް ރުޅިއައެވެ.
” ޒަޔާން އަށް ކީއްވެތަ ނުވިސްނެނީ އަހަރެން ޒަޔާންދެކެ ފޫހިވާކަން އަހަރެން ބޭނުމެއް ނޫން ޒަޔާން އަހަރެންގެ ގައިގަ ބީހެން ކީއްކުރަން އަހަރެންނާ ދިމާލަށް ބަލަންވެސް” އިފްރާ ބުނެލީ ރުޅިވެރި ރާގަކަށެވެ.
” އަހަރެން ކޮންމެހެން ނުޖެހޭ ދޯ ބަލާކަށް އިފްރާ ރުހޭތޯ އެއް ތީ މިހާރު އަހަރެންގެ އަނބިމީހާ އަހަރެންގެ ހައްގެއް ތީ އަހަރެން ބޭނުން އިރަކު ތި ހަށިގަނޑުން އުފާ ހޯދޭނެ” ޒަޔާން ބުނެލީ ވަރަށް ފަހްރުވެރިވެލާފައެވެ.
“ނު ހޯދޭނެ އަންބަކަށް ވިޔަސް” އިފްރާވެސް ދޫކުރާކަށް ބޭނުމެއްނޫނެވެ.
ޒަޔާން ދެންވެސް އިފްރާ އާއި ކައިރިވެ ބައްދާލިއެވެ ކިހިނެތް ވެގެން ތަ ޒަޔާން ތި އުޅޭނީ…..؟ އިފްރާ ހަޅޭލަވައިގަތެވެ.
” އަހަރެން ބިރުގަންނާނެކަމަށްތަ ތި ހަޅޭލަވަނީ؟ އަހަރެން ނުގަންނާނެ ބިރެއް އަހަރެން ބޭނުންވާ ހުރިހާކަމެއް ވެސް ކުރާނަން ” ޒަޔާން ބުނެލިއެވެ.
ޒަޔާން އަހަރެންނަށް އިނގޭ ތިކަން އެކަމަކުވެސް މިވަގުތު އަހަރެން މިހިރީ ޒަޔާން ތި ބޭނުން ވެގެން އުޅޭ ކަން ކުރެވޭނެ ކަހަލަ ހާލަތެއްގަ އެއް ނޫން އިފްރާ ބުނެލީ މަޑުމަޑުންނެވެ.
އޯހް.. ފުރަތަމަ ވެސް ތިހެންބުނި ނަމަ އެކަމަކުވެސް ހަގް އެއް ކޮށްލެވޭނެއެއްނު ޒަޔާން އެހެން ބުނުމަށްފަހު ބައްދާލިއެވެ. އިފްރާ އެހެން ގޮތެއް ނެތުމުން ހުރީއެވެ.
އިފްރާ ހިނގާ ސާބޯން ތިރިޔަށް ޒަޔާން އަހާލިއެވެ.
އިފްރާ ބޯޖަހާލާފައި ޒަޔާންގެ ފަހަތުން ގޮސް ބަދިގެޔަށް ވަނެވެ. މޭޒުމަތީގައި ހުރި އެއްޗިހި ފެނުމުން އިފްރާގެ ބަނޑުހައިކަން އިތުރުވެގެންދިޔައެވެ. ކުޅިމަހާއި ރޮށި މަސްހުނި، ރިހާކުރާއި ޑިސްކު އަދި ޕާން،ޖޭމު ބަޓަރވެސް ހުއްޓެވެ. ޒަޔާން އަތްދޮންނަން ސިންކު ކައިރީ ހުއްޓާ އިފްރާ ޒަޔަން އަށް ސާހެދިއެވެ.
އަހަރެން އަބަދުވެސް އަމިއްލައަށް އަހަރެންގެ ކަންތައް ކުރަނީ؟ ޒަޔާން ބުންޏެވެ. އަހަރެން ސާ ހެދީމަ ކަމު ނުދަންޏާ ނުބޮއެ. އިފްރާ ބުނެލިއެވެ.
ނޫން އެހެނެއް ނޫން… އެހެން ބުނެލާފައި ޒަޔާން ސާބޯން ފެށިއެވެ.
ޒަޔާންއަށް އިފްރާއާއި ދިމާލަށް ބަލާލެވުނެވެ. މި އަންހެން ކުއްޖާދެކެ ރުޅި އަންނަން އުޅުނަސް ރުޅިއެއް ނާދެވެއެވެ. ކޮންފަދަ ސާދާ ކަމެއް އާހް އަހަރެންގެ ހިތުގެ ތެޅުން މިހާ އަވަސް ވަނީ ކީއްވެ؟
ދެހަފްތާ ފާއިތުވެގެން ދިޔައިރު އިފްރާ އަށް ކޮންމެވެސް ވަރަކަށް އުޅެން އާދަވިއެވެ. ނަމަވެސް ދޭތެރަކުން އައިސް ޒަޔާން ބައްދާލާނެ އެހެންނޫނީ އައިސް ގަދަކަމުން ވިޔަސް ކިސްކުރާނެއެވެ. އެކަމާ އިފްރާ ގާތަށް އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ.
މެންދުރު އާއިލާ އެކޮށް ކެއުމަށް އިންސާފު ކުރަމުންދިޔައެވެ.
” ދަރިފުޅާ ޒަޔާން ކައިވެނި ކޮށްގެން ވެސް ތި ދެކުދިން އޮފީހުން ޗުއްޓީއެއް ނެގީއެއް ނޫން ދުވަސްކޮޅަކަށް ޗުއްޓީއެއް ނަގައިގެން ދޭ ބަލަ އިފްރާ ގޮވައިގެން ދަރިފުޅުގެ ރިސޯޓު ދައްކާލަން ނަމަވެސް އެކަކު އަނެކަކު ދަސްވާނީވެސް އެކުގައި ވަގުތު ހޭދަވެގެންނެއް ނު ދޯ؟” ޒަޔާންގެ ބައްޕަ ބުނެލިއެވެ.
” އިފްރާ ބޭނުން ނަމަ އަޅުގަނޑު މިހާރުވެސް ހަމަ ތައްޔާރު” ޒަޔާން ބުނި ޖުމްލަ އަހާފައި އިފްރާ އިނީ ބުނާނެ އެއްޗެއްވެސް ނޭގިފައެވެ.
” އިފްރާ ނުރުހެން ވީ ކީއްވެ ތަ ދަރިފުޅާ؟ ”
“އެކަމަކުވެސް އަޅުގަނޑު ބޭނުން އިފްރާގެ ނިންމުން އިފްރާގެ ދުލުން އަޑު އަހަން އެވެސް މަޖްބޫރުކަމެއް ނެތި އިފްރާ ދާން ބޭނުމީއްޔާ ދާނީ” ޒަޔާން ބުނި އެތި އަޑު އަހާފައި އިފްރާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް މީހަކަށް އިފްރާ ބޭނުންވާ ގޮތް މުހިންމު ވުމުން އިފްރާ އަށް ހުރެވުނީ ގަބޫލުވެސް ނުކުރެވިފައެވެ. ޒަޔާން ގެ އެ އަމަލުން އިފްރާއަށް ހިތްހަމަޖެހުމެއް ލިބުނެވެ.
” އަޅުގަނޑު ރެޑީ އަދި ދުވަހަކުވެސް ރިސޯޓަކަށް ނުދަން ވަރަށް ދާ ހިތްވޭ” ކޮންމެ ފަދަ ގޮތެއް ވިޔަސް ޒަޔާން އާއި އެއްކޮށް އުޅެން ދަސްކުރަން ޖެހޭތީ އިފްރާ އެކަމަށް އެއްބަސް ވެލިއެވެ.
ރިސޯޓަށް ދެވުނު އިރު ރޭގަނޑު 8 ޖަހާ ބޮޑުވެއްޖެއެވެ. ރޫމަށް ގޮސް ރެޑިވެގެން ދެމީހުން އެއްކޮށް ދިޔައީ ކާށެވެ. އިފްރާ ކައިގެން ބީޗާ ދިމާލަށް ނިކުތީ ޒަޔާން އާއި އެކު ރޫމަށް ދާން ޖެހިލުން ވާތީއެވެ. އިފްރާ ގޮސް އެތާ ހުރި ގޮނޑިއެއްގައި ޖައްސާލިއެވެ. އެހެން އިނދެ އިފްރާ ދިރިއުޅުމާމެދު ވަރަށް ވިސްނާލިއެވެ. މި ނޫން ގޮތެއް ނެތްކަމުން ކެތްކޮށްގެން ދިރިއުޅޭވޭތޯ ބަލަން އިފްރާ ނިންމިއެވެ.
ޒަޔާން އިފްރާ ނުފެނިގެން ބޭރަށް ނިކުތެވެ. އިފްރާ ބީޗްގައި އިންތަން ފެނުމުން ޒަޔާން އިފްރާގެ ކައިރިޔަށް ދިޔައެވެ.
” އަހަރެން ހީކުރީ އަހަރެން ދޫކޮށްލާފަ ފިލީ ކަމަށް ” ޒަޔާން އައިސް އިފްރާގެ ކައިރީގައި އިށީނެވެ.
އަހަރެން ފިލާނަމަ ކީއްކުރަން ޒަޔާން އާއެކު މިތަނަށް އަންނަން ވީ އެއް އިފްރާވެސް ހަމަޖެހިލާފައި ޖަވާބު ދިނެވެ.
” ހާދާ ވައި ބާރު ވެއްޖޭ ހީވަނީ ވާރޭ ވެހެން އުޅޭހެން ހިންގާ ރޫމަށް ދާން ” ޒަޔާން އިފްރާގެ އަތުގައި ހިފާލުމުން އިފްރާ ފޮޅުވާލިއެވެ.
ކުއްލިޔަކަށް ވާރޭވެހިގަތެވެ. ދެމީހުންނަށް ދުވެފައި ރޫމަށް ދެވުނުއިރު މުޅިން ތެމި ފޯ ވެއްޖެއެވެ. ރޫމަށް ވަދެ ލައިގެން ހުރި ގަމީސް ޒަޔާން ބޭލިއެވެ. އަދި އެތާ ހުރި ހަރު ގަނޑެއްގައި އަޅުވާލިއެވެ. އެ ވަގުތު ޒަޔާންގެ ލޮލުގައި އަޅާއިގަތީ ތެމިފައި ވުމުން ލައިގެން އިން ހުދުކުލައިގެ ގަމީސް ތުނި ކަމުން ހާމައަށް ފެންނަށް ހުރި އިފްރާގެ ރީތިކަމެވެ. ޒަޔާން އަކަށް ދުރަކު ނުހުރެވުނެވެ. ގޮސް އިފްރާގެ ގައިގަ ފުރަގަހުން ބައްދާލިއެވެ.
އިފްރާ އަތުގައި އޮތް ތުވާލިން ހަށިގަނޑު ނިވާކޮށްލިއެވެ. އަދި ޒަޔާންގެ އަތް ނައްޓުވާލައި ދުރަށް ޖެހިލިއެވެ.
އެކަމަކު ޒަޔާން ހުރީ އިފްރާ އެހާ ފެސޭހައިން ދޫކޮށްލާގޮތަކަށް ނޫންކަމުން ކައިރިވެލާފައި އިފްރާ އުރާލައިގެން ގޮސް އެނދުގައި ބާއްވާލިއެވެ. އަދި އިފްރާގެ ދެ އަތުގައި ހިފާބާރުކޮށްލުމަށް ފަހު އިފްރާގެ ތުންފަތުގައި ބޮސްދިނެވެ. އިފްރާ ދުރުވެވޭތޯ އުޅުނެވެ. ނަމަވެސް އިފްރާ އަކަށް ކާމިޔާބެއް ނުވިއެވެ. އެންމެ ފަހުން ހަތިޔާރު ބެހެއްޓީ މިރޭ ސަލާމަތް ނުވާނެކަން އެނގުމުންނެވެ.
” އިފޫ އަހަރެން ވަރަށް ތެޅުވީމެއްނު އެކަމުގެ ބަދަލު މިރޭ ހިފާނަން” ޒަޔާން އެހެން ބުނެލާފައި އަނެއްކާވެސް އިފްރާ އާއި ކާރިވެލިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.

Mi part VX varah reethi Masha Allah… when next
Thank You Rifoo… varah ufaavejje kamu dhiyaima 4 vana part submit kohfin
Maasha Allah mi part vx varah varah reethi… Next part kiyaalan libeyny konirakun?????
hei girl. thank you.
4 vana part submit kohfin mihaaru. site in up kohlihaa avahakah kiyaalan libeyne
Mi part vex varha reethi
Unmeedhu kuran next part kiyaalan libeeney kama
hei imko ge comment fenumun varah ufaa vejje. 4 th vana part submitted
Hey nadhoo…. vr inthizaaru kuri fahun mi part mi libunee kiyaalan and vr reethi mi part. ma sha Allah ❤️
Awwnn♥️ varah ufaa vejje
Mi aslu kaakaa behey vahakaeh?
Aww😍..vv reethi mi part maasha Allah❤️..