Skip to content
އެސްފިޔަ

އިފްރާ 1

ނޯޓ:- އަޅުގަނޑުގެ މި ވާހަކަ މި ހާއްސަ ކޮށްލަނީ އަޅުގަނޑުގެ ވަރަށް ހާއްސަ ދެ ވާހަކަ ކިޔުން ތެރިން ކަމުގައި ވާ އިފޫ އާއި އިމްކޮ އަށް. ވާހަކަ ހުރިހާ ބޭފުޅުނަށްވެސް ކަމުދާނެކަމަށް ހިކުރަން

ފަތިސް ނަމާދަށް ބަންގި ގޮވާލުމާއެކު ތެދުވެ ފާހާނާއިން ނިމިގެން ނަމާދުކޮށްލައިގެން އާދައިގެމަތިން އިފްރާ މިއަދުވެސް ދިޔައީ ކުޑަކޮށް ޖޮގިން ކޮށްލުމަށެވެ. ޖޮގިން ނިންމާލުމަށް ފަހު ގެއައް އާދެވުނު އިރު 7 ޖަހަނީއެވެ. މިއަދަކީ އިފްރާ އޮފީހަށް ނިކުންނަ ފުރަތަމަ ދުވަހެވެ. އިފްރާ ގެ މައިންބަފައިންގެ ތިބެނީ ދެކުދިންނެވެ. އިފްރާ އާއި އިފްރާގެ ބޭބޭ އިފާންއެވެ. އިފްރާގެ ބައްޕަ ރަޝާދަކީ ރާއްޖޭގެ ނަން މަޝްހޫރު މީހެކެވެ. ކޮންސްޓްރަކްޝަން ދާއިރާގައި ހޮވާލެވޭ ފަދަ މޮޅު މީހެކެވެ. އިފާން ވެސް ވަޒީފާ އަދާކުރަނީ އޭނާގެ ބައްޕަގެ އޮފީހުގައެވެ. ނަމަވެސް އިފްރާގެ ބައްޕަ ބޭނުންވީ އިފްރާ ޓުއަރިޒަމްގެ ދާއިރާއަށް ވަންނަން ކަމަށް ވާތީ އިފްރާ ގުޅުނީ އިފްރާ ބައްޕަގެ ގާތް ރަހްމަތް ތެރިއެއް ކަމަށްވާ އަމީންގެ ކުންފުންޏާއެވެ. އެމީހުންގެ ތިން ހަތަރު ރިސޯޓް ރާއްޖޭގައި އޮވެއެވެ.

ފެންވަރައިގެން ނިކުމެ ހުދުކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ބެލްއެއް ލައިގެން އިފްރާ ތައްޔާރުވެލީ އޮފީހަށް ދިޔުމަށެވެ. އެ ހެދުން އިފްރާގެ ހިމަތޮޅި ދޮން ހަށިގަނޑާ ވަރަށް ގުޅެއެވެ. އެހާ ދިގު ނޫން އިފްރާގެ އިސްތަށިގަނޑުވެސް ރީތި ގޮތަކަށް ބަންއެއް ޖަހާލާފައި ހުރުމުން އެ ލަކުނެއް ނެތް މޫނު ވަކިން ފުރިހަމަ ކަމަށް ދައްކައެވެ. އިފްރާ ނޫނީ އާއިލާގެ އެކަކުވެސް މިވަގުތު މާލޭގައި ނެތުމުން އެކަނި ހުރެ ސާބޯން ފޫހިވިޔަސް ސާބޮއެގެން އިފްރާ އެރީ ކަޅުކުލައިގެ އޮފީސް ބޫޓަކަށެވެ. ލުއިސް ވިޓަންގެ ރީތި ހޭންޑް ބޭގް ނެގުމަށްފަހު އިފްރާ ނިކުމެ އޭނާގެ ސްކޫޕީގެ އެންމެ ފަހުގެ ރަތް ކުލައިގެ ސައިކުގައި ގޮސް އޮފީހުގެ ދޮރު މައްޗަށް މަޑުކޮށްލިއެވެ.

އޮފީހަށް ވަދެގެން އައި އިފްރާއަށް އެންމެންގެ ނަޒަރު ހުއްޓިފައި ހުއްޓެވެ. އަމީން އަށް އިފްރާފެނުމުން ސަލާމްކޮށްލިއެވެ.

” މީ އިފްރާ މިއަދުންފެށިގެން މި އޮފުހުގެ އެކައުންޓްސް ޑިޕާރްޓްމެންޓްގައި މަސައްކަތް ކުރާނީ އިފްރާ އަކީ ކިޔަވައިގެން ހުރި ވަރަށް އަހްލާގް ރަގަޅު ކުއްޖެއް އެންމެންވެސް އިފްރާއަށް އެއްބާރުލުން ދޭނެ ކަމަށް އުއްމީދުކުރަން” އަމީން ބުނެލިއެވެ.

އެންމެންވެސް އަމީންގެ ވާހަކައަށް ލައްބަ ބުނެލިއެވެ.

” ސާހިލް ގޮވާލަބަލަ ޒަޔާން އަށް އަމީން ބުނެލުމުން ސާހިލް ތެދުވެގެން ގޮސް އެތާހުރި ކެބިންއަކަށް ވަނެވެ.”

ކެބިން އިން ސާހިލްގެ ފަހަތުން ނިކުމެގެން އައި ޒަޔާން އައިސް އަމީން ކިރީގައި ހުއްޓުނެވެ.

” އިފްރާ މީ އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅު އަދި އިފްރާގެ ބޮސް ޒަޔާން” އަމީން އިފްރާއަށް ޒަޔާން ތާރަފްކޮށްދިނެވެ.

” ޒަޔާން މީ ބައްޕަގެ ރައްޓެހި ރަޝާދުގެ ދަރިފުޅު މިއަދުންފެށިގެން ދަރިފުޅުގެ ދަށުން މަސައްކަތް ކުރާނީ ކިޔަވައިގެން ހުއްޓަސް އަދި މަސައްކަތުގެ މާހައުލަށް ވަރަށް އާ ވާނެ ދަރިފުޅު ވާނެ ގައިޑް ކޮށްލަދޭން”

އަމީންގެ ވާހަކަ އަހާލާފައި އިފްރާ ސަލާންކޮށްލަން އަތް ދިއްކޮށްލިއެވެ. ޒަޔާން އިފްރާގެ އަތުގައި ހިފާލާފައި މަޑުމަޑުން އަތަށް ފިތާލިއެވެ. ޒަޔާންގެ މި އަމަލުން އިފްރާ ކުޑަކޮށް ހިތްހަމަވެސް ނުޖެހުނެވެ. ޒަޔާން އިފްރާ އާއި ދިމާލަށް ކަޅިޖަހާނުލާ ބަލަން އިނެވެ. އަމީން ގޮސް އިފްރާގެ ކެބިން އިފްރާއަށް ދައްކާލިއެވެ…އިފްރާގެ ކެބިން ހުރީ ޒަޔާންގެ ކެބިން އާއި ޖެހިގެންނެވެ.

އަމީން ދިޔުމުން އިފްރާ ހަމަޖެހިގެން އިށީނެވެ. އަދި ކޮމްޕިއުޓަރު ހުޅުވުމަށްފަހު މަސައްކަތްތައް ބަލަން ފެށިއެވެ.

އެވަގުތު ކެބިން އަށް ވަދެގެން އައި ޒަޔާން ފެނުމުން އިފްރާ ހީލިއެވެ. ޒަޔާން ވަދެގެން އައި ގޮތައް އައިސް އިށީނީ އިފްރާގެ ކުރިމަތީ މޭޒު މަތީގައެވެ. އިފްރާ ގޮނޑި ފަހަތައް ޖައްސާލިއެވެ. ސާރ ކިހިނެތް ވީތޯ؟ އިފްރާ ސުވާލުކޮށްލިއެވެ.

” އަހަރެން ހީޔެއް ނުކުރަން ރަޝާދު ބޭ ގެ ތިހާ ރީތި ކުއްޖެއް ހުރެދާނެ އެކޭ” ޒަޔާން ބުނެލިއެވެ.

ޒަޔާން އެހެން ބުނުމުން އިފްރާ ކުޑަކޮށް ހީލިއެވެ.

” ތިހާ ދުރުގަ ނުހުރެ ކާރިޔަށް އާދެބަލަ ” ޒަޔާން ބުނެލީ މަޑު މަޑުންނެވެ.

” މާފްކުރައްވާ އަޅުގަނޑު މީ ތިޔަ ހީކުރައްވާ ކަހަލަ ކުއްޖެއް ނޫން އޮފީހުގައި މަސައްކަތާ ގުޅޭ ކަންތައް ނޫން އިރުތު ކަމެއް އަޅުގަނޑު ބޭނުމެއްނޫން ކުރާކަށް” އިފްރާގެ ޖަވާބު އަޑު އަހާފައި ޒަޔާން ފެށީ ހޭށެވެ.

” ތީ ކޮންމެ ކުއްޖަކުވެސް ދައްކާ ބަހަނާ އެއް އެންމެ ފަހުން ހަމަ ޖެހެނީ އަހަރެންގެ އަތުތެރެއަށް އަންނަން” ޒަޔާން ބުނެލީ ވަރަށް ފޮނިވެލާފައެވެ.

” މީ އެހެން ކުދިންނެއް ނޫން މީ އައިޝަތު އިފްރާ ރަޝާދު. މަސައްކަތް ބެނެލަދިނުން އެދެން ”

އިފްރާ އެހެން ބުނުމުން ޒަޔާން މަސައްކަތް ބުނެދިނެވެ. ޒަޔާންގެ ކިބައިގައި އުނި ސިފައެއް ހުއްޓަސް އެއީ މަސައްކަތައް ވަރަށް ރަގަޅު މީހެކެވެ. އޭނާގެ މުވަޒިފުންނަށް ވަރަށް ރަގަޅަށް ގައިޑުކޮށްދޭ ޒުވާނެކެވެ. ނަމަވެސް ރީތި އަންހެންކުދިންނަކީ ޒަޔާންގެ ބަލިފައެވެ. އަދި އަންހެން ކުދިންވެސް އޭނާގެ ދަލުގައި ޖެހެނީ ވެސް އެހާ އަވަހަށެވެ. ނުވާން ވީ ކީއްވެގެން ހެއްޔެވެ..ހެދި ހުރި ރީތި ފިރިހެންވަންތަ ހަށިގަނޑެކެވެ. ދިގު އިސްކޮޅާއި ދޮން ރީތި ހަށިގަނޑެކެވެ. ކުރުކޮށް ހަދާލާފައިވާ ތުނބުޅިއާއި އަޅިކުލައިގެ ކަޅިއެކެވެ. ފަން ފަން އިސްތަށިގަނޑެކެވެ. ސްޓައިލް އެހާ ރީއްޗެވެ. އެހާ މުއްސަނދިއެވެ.

ހަފްތާއެއް ފާއިތުވެގެން ދިޔައިރުވެސް ޒަޔާންގެ ފުރައްސާރަ އަކަށް ހުއްޓުމެއް ނާދެއެވެ. ދޭތެރެޔަކުން އައިސް އަތުގައި ހިފާލައި، އިސްތަށިގަނޑުގައި ފިރުމާލާ އަދި އާދަޔާ ހިލާފަށްކައިރިވެދާނެއެވެ. އެކަމުން އިފްރާ ގާތަށް ވަރަށް ރުޅި އާދެއެވެ.

އިފްރާ ޑޮކިއުމެންޓްތަކެއް ފައިލް ކުރަން ހުއްޓާ ޒަޔާން ގޮސް އިފްރާގެ ކެބިންއަށް ވަނެވެ. އަދި އިފްރާގެ ބުރަކަށީގައި ފިރުމާލަމުން އަތް ތިރިޔަށް ގެން ދިޔައެވެ. އިފްރާ އަށް ކޮންޓްރޯލް ކުރެވުނީ އެހާވަރަށެވެ.

ލެވުނު ހާ ބާރެއް ލާފައި ޒަޔާންގެ ކަންކަށިމަތީ ޖެހިއެވެ. އަރައިގެން ދިޔަ ހޫނު ތަދާ އެކު ޒަޔާން އަށް ކޯތާފަތުގައި ފިރުމާލެވުނެވެ.

” ހަބަރުދާރު ދެން އަހަރެންގެ ގައިގަ އިނގިލި ކުރި ޖައްސާލިޔަސް ނިމުނީ އަހަރެންމީ ތި ހީކުރާ ކަހަލަ ފިނޑިއެއް ނޫން މިހުރިހާ ދުވަހު ކެތްކުރީ އަމިއްލައަށް ވިސްނިގެން ހުއްޓާލާނެ ކަމަށް އެކަމަކު އެއީ އަހަރެންނަށް ކުރެވުނު ކުށްހީއެއް ހީ ނުކުރާތި އަހަރެން ތި މަޅީގައި ޖެހޭނެކަމަށް މަސައްކަތާ ގުޅޭ ކަމެއްގަ ނޫނީ މިތަނަށް ދެން ނައަންނާތި ” އިފްރާ ޒަޔާން އާއި ދިމާލަށް ހޅޭލަވައިގަތެވެ.

ޒަޔާން ރުޅިއައިސްގެން ނިކުމެގެން ގޮސް އޭނާގެ ކެބިންއަށް ވަނެވެ. ވަދެ މޭޒުމަތީގައި ހުރި އެއްޗިހިތައް ވައްޓާލިއެވެ. “ހާދަ ވަރެއްގެ އަންހެން ކުއްޖެކޭ ކޮންމެ ގޮތެއް ހަދާފައިވެސް އަހަރެން އޭނަ ހާސިލްކުރާނަން” ޒަޔާން ހިތާހިތުން ބުނެލިއެވެ.

އެފަހުން މައްސަރެއްފާއިތުވެގެނަ ދިޔައިރުވެސް ޒަޔާން އެއްގޮތަކަށްވެސް އިފްރާގެ ގައިގަ ނުޖެހެއެވެ. ނަމަވެސް ދެތެރެޔަކުން ކޮންމެވެސް އެއްޗެކޭ ކިޔާލައެވެ. އިފްރާ ގާތަށް ވަރަށް ރުޅި އާދެއެވެ ނަމަވެސް އަޅާނުލާން ނިންމީއެވެ.

އިފްރާމެންގެޔަށް އިފްރާ ބައްޕަގެ ދައުވަތަކަށް ޒަޔާންގެ އާއިލާ ދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (10)

  1. Shaleen

    Hi Nadhoo..
    Story v Heevey reethi vaanehen. I like Hama ifraa ge character ah. V hihvarugadha azum varugadha manje eh..
    Next part ah inthizaaru kuran.

    Pls don’t mind…
    Liyuntheri kamah ehchei bunelanyaa bunelaanee..
    Jumlathah kuruvefa saafu veema v v salhi. Ekam
    Kudhi kudhi mistakes eba feney.. ekamah visnaalaafa liyaanama ekan rangalhu kollevidhaane. Eyrun adhi thi reethi jumlathakah ithurah furihama Kan annaane.
    Ummeedhu kuran liyuntherikamuga huri mistakes rangalhu kollan masakkai kuraane kamah.
    Eyrun v v molhah JUMLA thakuge fashuvikan annaane.
    In sha Allah next part in mistakes madhuvaane kamah ummeedhu kuran.
    And keep going.. v Gina vaahaka liyaa kujjei veema shaleen ah ingifa in ehchei Hama buneladhinee..
    Ummeedhu kuran ihthiraam kuraane kamah.
    And try kollaane kamah..
    Lysm

  2. vempire girl

    Maasha Allah mi part vx varah varah reethi….. Kuriah huri baithah vx varah reethi vaane kamah ummeedhu kuran….. Next part konirakun????

  3. Shaleen

    Hi Nadhoo..
    Shaleen innaane comment eh kollaafa. Ekam publish nuve. So login vefa can u chk Ur comments? May be pending ga innaane kannenge. Pending ga ineeyaa approv kolladheeba

    1. Nadhoo
      Shaleen

      yess! approve kohlaifin but still nuvey upload eh.
      varah ufaavi shaaleen ge comment fenumun thi dhehvi naseyhai heyo hithun balai ganan adhi mistakes tha ragalhu kureveytho balaanan. adhives Thank You so much

  4. Ifoo

    Aww 😍.. Vv reethi mi part vs Maasha Allah ❤️.. Unmeedhu kuran next part vs avahah kiyaalan libeyne kamah 😊

  5. love imko 💕💕

    Why is my name is there
    Imko is my real name
    Mi part vex varha reethi
    Next part vex reethi vaane Kama unmeedhu kuran
    Unmeedhu kuran next part kiyaalan libeeney kama

  6. Reem

    starting varah reethi.. when is next part? 💕

  7. Xohaa

    Imkko next part nereyni kn irakun?🤣

  8. Guess who I am

    😈

  9. Ummm..

    Imjaadhoo when is nxt part???

Comments are closed.