Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު ( 22 )

saarah Level 210 Stories100 Comments
October 25, 2015 9 Mins Read
57 Comments

ކިޔާން މާޔާއަށް ބަލަން ހުރެ ކުޑަކޮށް ބޯ ހޫރާލީ ނޫނެކޭ ބުނާ ފަދައިންނެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވެގެން ދިޔަހިނދު މާޔާ މަޑުމަޑުން ކަނާތް ކިޔާންގެ އަތްމަތީ ބޭއްވިއެވެ. ކިޔާން އެ އަތަށް ފިތާލީ ހިނިތުންވެލަމުންނެވެ.

ހިނދުކޮޅަކަށް ނަމަވެސް މާޔާ ކިޔާންގެ ލޯބީގެ އަވާގައި ޖެހުނެވެ. އެހެންނަމަވެސް ނިހާންގެ އިންޒާރުގެ މަތިން ހަނދާންވުމާއެކުހެން މާޔާ ކިޔާންގެ އަތްމަތީ ބާއްވާފަ އޮތް އަތް ދަމައިގަތީ ސުތްޕެއް ކަށިޖެހިނެވެ. އޭރު ކިޔާން އަނގޮޓި މާޔާގެ ކަށި އިނގިލީގައި އަޅުވަން ކައިރިކޮށްގެން ހުރުމުން މާޔާ އަތް ދަމައިގަތުމުން އަނގޮޓި ބިއްމައްޗަށް ވެއްޓުނެވެ. މާޔާއަށް އެ އައި ކުއްލި ބަދަލުން ކިޔާން ސިހިފައި މާޔާއަށް ބަލާލިއެވެ. މާޔާ ފަހަތަށް ދެތިން ފިޔަވަޅު އަޅާލަމުން އަނެއް ފަރާތަށް މޫނު އަނބުރާލަމުން ނިތްކުރީގައި އިނގިލިތައް ހިންގައިލިއެވެ. ” ވަޓްސް ގޮއިން އޮން ކިޔާން؟ ” މާޔާ ފުންނޭވައެއް ދޫކޮށްލަމުން ކިޔާނާ ހަތަރުކަޅި ހަމަކޮށްލަމުން ބުނެލީ ހަމަޖެހިފައެވެ. ކިޔާން ހައިރާންވެފައި ކޮޅަށް ތެދުވެ ހިންދެމިލީ ކީކޭ ހޭ އަހާލަމުންނެވެ. މާޔާ އަނެއްކާވެސް ކުރިން ކުރިކުރި ސުވާލު ތަކުރާރުކޮށްލިއެވެ.

” ވަޓް ޑޫ ޔޫ މީން ވަޓްސް ގޮއިން އޮން؟ މާޔާއަށް ނޭގޭތަ މި ވާ އެއްޗެއް.. މީ ދެން ކޮން ގަޑިއެއް މަޖާ ކުރަން؟ ” ކިޔާން މާޔާކައިރިއަށް އައިސް އެ އަތުގަ ހިފަން އުޅުމުން މާޔާ އެ ދެމެދަށް އަތް ހުރަސްކޮށްލަމުން ފަހަތަށް ޖެހިލީ އަތް ނުލާށޭ ބުނާ ފަދައިންނެވެ. ” އަހަރެން މަޖާ ނުކުރަމޭ.. އައި އެމް ސީރިއަސް.. ” ކިޔާން ހައިރާންވެފައި މާޔާ ތި ދައްކަނީ ކޮންކަހަލަ ވާހަކައެއް ހޭ އަހާލިއެވެ. ” އަހަރެންތަ ވާހަކަ މި ދައްކަނީ.. ކިޔާން މޮޔަވީތަ؟ މީ ކޮން ކަމެއް؟ މި ޑެކޮރޭޝަން.. ރެކޯޑިން.. ރިންގް.. އެވްރިތިންގް.. މީ ކޮންކަމެއް؟ އާ ޔޫ ކިޑިން މީ؟  އަހަރެން ދުވަހަކުވެސް ހިޔެއް ނުކުރަން ކިޔާން އަހަރަމެން ދެމީހުންގެ މި އެކުވެރިކަމަށް ލޯބީގެ ނަން ދޭނެ ކަމަށް.. ވީ އާރ ޖަސްޓް ފްރެންޑްސް ކިޔާން.. ނަތިންގް މޯރ… ” މާޔާ މުޅިތަނަށް އިޝާރާތް ކޮށްލަމުން ވާހަކަ ދެއްކީ ހަމަޖެހިފައެވެ. ކިޔާން ހުއްޓުން އަރާފަ ބަލަން ހުރިއިރު މީހަކު ހިތުގަ ހިފާ ހުއްޓުވިހެން ހީވިއެވެ. ގަބޫލުކުރަން ދަތިވެފައި މާޔާގެ މޫނަށް ބަލަން ހުރެވުނެވެ.

” އަހަރެންތަ މޮޔަވީ؟ އަހަންނަށް ހީވަނީ މާޔާހެން މޮޔަވެފަ ތިހުރީ.. ތި ކިޔޭ އެއްޗެއް އެބަ އިނގޭތަ؟ ވީ އާރް ނޮޓް ޖަސްޓް ފްރެންޑްސް. ވީ އާ މޯރ ދޭން ދެޓް… އަހަންނަށް އެނގެޔޭ މާޔާވެސް އަހަރެންދެކެ ލޯބިވާކަން. ދެން ކޯއްޗެކޭ ތިކިޔަނީ މިރޭ؟ ކަމްއޯން.. މިހާރު ފުދޭ ވަރަށް މަޖާ ކުރެވިއްޖެ.. އަހަރެން ބިރުވެސް ގަނެފި.. ދެން ސީރިއަސް ވޭ.. ވެއިޓް.. އިޒް ދިސް ބިކޯސް އޮފް މާއިޝާ؟ އެހެންވިއްޔާ މާޔާ އަޑުއަހާ.. އަހަރެން މާއިޝާ ދެކެ ލޮތްބެއް ނުވޭ.. ނުވެސް ވާނަށް.. އޭރުވެސް އަހަންނަށް ހީވިއޭ މާޔާ މިހެން ހަދާނެކަން.. އެހެން މީހެއްގެ އުފަލައްޓަކާ އަމިއްލަ އުފާތައް ގުރުބާން ނުކުރޭ މާޔާ! ” ކިޔާން ދެފަރާތަށް ބޯ ހޫރާލަމުން އަނގޮޓި ހޯދަން ފެށިއެވެ. މާޔާ ހިތްދަތިގޮތަކަށް ކިޔާނަށް ބަލާލަމުން ލޯ މަރާލީ އޭނައަށް ހިތްވަރުދޭން އެދި ދުއާކުރަމުންނެވެ. ” ކޮންތާކުންތަ މާއިޝާ މި ދޭތެރެއަށް އައީ؟ އަހަރެން މީ އެހެން މީހުންނަށްޓަކާ އަހަރެންގެ އުފާތައް ގުރުބާން ކުރަމުން ދާ މީހެއް ނޫނޭ.. އަހަރެން ކިޔާންދެކެ ލޯބިވާނަމަ މާއިޝާ ކީއްކުރަން އެހެން މީހަކު މި ދޭތެރެއަށް ވަންނަމަވެސް ކިޔާން ދުލެއް ނުކުރާނަން.. އެކަމަކު އަހަރެން ކިޔާން ދެކެ ލޮތްބެއް ނުވޭ.. ދެން ކީއްކުރަން މާއިޝާއަށްޓަކާ ވަކި އަހަރެން މިހެން ހަދަންވީ؟ އެންޑް ކޮންއިރަކު އަހަރެން ކިޔާން ކައިރީ ބުނީ އަހަރެން ކިޔާންދެކެ ލޯބިވެޔޭ؟ އެއްވެސް ދުވަހަކު އެއްވެސް އިރެއްގަ އަހަރެން ބުނިންތަ؟ ދެން ކިޔާން ކިހިނެއް ބުނާނީ އަހަރެން ކިޔާން ދެކެ ލޯބިވެޔޭ؟ “. މާޔާ ކިޔާނަށް ބަލަން ހުރެ ވާހަކަދެއްކީ ނުލާހިކު ހަމަޖެހިފައެވެ.

މޭޒު ކައިރީ ގުދުވެލައިގެން އަނގޮޓި ހޯދަން އޮތް ކިޔާންގެ ހަރަކާތްތަކަށް ހުއްޓުމެއް އައީ މާޔާގެ ޖުމުލަތަކުންނެވެ. ތެދުވަމުން ކިޔާން މާޔާއަށް ބަލާލީ އެމޫނު މަތިން ކުޑަނަމަވެސް އިޝާރާތެއް ލިބޭތޯއެވެ. އެހެންނަމަވެސް އެ މޫނުމަތިން ފެންނަ ކުލަވަރުން މާޔާ އެ ދައްކާ ހުރިހާ ވާހަކައަކީ ހަގީގަތެއްކަން އެނގެއެވެ. ކިޔާން ބާރަކަށް އައިސް މާޔާގެ ދެ ކޮނޑުގައި ހިފާލަމުން ގޮސް ފާރާ ތަތްކޮށްލިއެވެ. ” ދުލުން ނުބުނާ ކިތަންމެ އެއްޗެއް މީހާގެ ދެލޮލުން ބުނެދެއޭ.. އަހަންނަށް މާޔާގެ ދެލޮލުން އެ ލޯބި ފެނުނޭ.. ދެން ނުބުނައްޗޭ އަހަންނަށް ފެނުނު އެ ލޮތްބަކީވެސް ދޮގެކޭ..” ކިޔާން އަވަސް އަރުވާލާފައި ވާހަކަ ދެއްކި އިރު ހިތްތެޅެމުން ދިޔައީ އޮބި ނޯންނަ ވަރަށެވެ. ” ކިޔާން ތި ހުރީ މީހުންގެ ލޮލުން ފެންނަ އެއްޗެހި ދެނެގަންނަށް ޑިގްރީއެއް ނަގައިގެންތަ؟ މީހުންގެ ލޯތަށް ވެސް ބައެއް ފަހަރު އޮޅުވާލައޭ.. ކީއްވެތަ ނުވިސްނެނީ.. އަހަރެން ކިޔާންދެކެ ލޯތްބެއް ނުވެއޭ.. ” މާޔާ ހިތްވަރުކޮށްލާފައި ވާހަކަ ދެއްކީ އިސްޖަހާލަމުންނެވެ. ކިޔާންގެ އަތް ނައްޓުވަން މަސައްކަތް ކުރަމުން ދިޔައިރު އެކަމެއްވެސް ވާ ގޮތެއް ނުވިއެވެ. ކިޔާން ހިފަހައްޓާލާފައި ހުރީ އެއަށް ވުރެ ބާރަށެވެ.

” އޯކޭ.. މައްސަލައެއް ނެތް.. ހިނދުކޮޅަކަށް ނަމަވެސް އަހަރެން ގަބޫލުކޮށްފިން އަހަންނަށް މާޔާގެ ލޮލުން ފެނުނީ ލޮތްބެއް ނޫންކަމަށް.. މާޔާ ބުނީތީވެސް ހިނދުކޮޅަކަށް އަހަރެން ގަބޫލުކޮށްފިން މާޔާ އަހަރެންދެކެ ލޮތްބެއް ނުވޭ… ދެން އަހަރަމެން ދެމީހުން ދޭތެރޭ ހިނގި އެ ކަންތަކޯ؟ އެއީވެސް އޮޅުމެއްތަ؟ އޮޅުމަކަށް ވީމަތަ ކޮންމެފަހަރަކު މާޔާ ހިނިތުންވަނީ؟ އޭނ.. ” ކިޔާން މާޔާގެ ކޮނޑުން އަތް ވަކިކޮށްލަމުން ފުންނޭވާތަކެއް ދޫކޮށްލީ ހަމަޖެހެން ވެގެނެވެ. މާޔާ އިސްޖަހާލައިގެން ހުރި އިރު ހެދުމުގެ ފަސްބައިގަ ހިފާ ބާރުކޮށްލިއެވެ. ” ކޮން ކަމެއް ހިނގީ އަހަރަމެން ދޭތެރޭ؟ އޯހ.. ވީ ކިސްޑް.. ރައިޓް.. އެންމެ ފަހަރަކުވެސް އަހަރެން ކިސް ކުރިންތަ؟ ކޮންމެފަހަރަކުވެސް ފެށީ ކިޔާން.. އައި ވޯސް ޖަސްޓް ސަޕޯރޓިންގް ޔޫ.. އިޓް ވޯސް ޖަސްޓް އެ މޮމެންޓް… ނަތިންގް އެލްސް.. އެކަމާ ހެދި ކިޔާނަށް މި ގުޅުމާ ބެހޭގޮތުން ނުބައި މެސެޖް އެއް ލިބުނިއްޔާ ދެން އައި އެމް ސޮރީ…. އަހަރެން ކިޔާންދެކެ ލޮތްބެއް ނުވޭ… އަހަރ…. ” މާޔާ ކޮނޑު އަރުވާލަމުން ހަމަޖެހިލާފައި ވާހަކަ ދައްކަމުން ދަނިކޮށް ހުއްޓާލީ ކުއްލިއަކަށް ކިޔާން ފާރަށް ގޮށްމުށުގެ އެތިފަހަރެއް ދޫކޮށްލަމުން ” ޝަޓް އަޕް ” އޭ ބުނެލުމުންނެވެ. މާޔާ ދެލޯ ބޮޑުކޮށްލަމުން ކިޔާނަށް ބަލާލިއިރު ބިރުގަތެވެ. ކިޔާންގެ އަތަށް ހާސްކަމާއެކީ ބަލާލަމުން އެ އަތުގައި ހިފަން އަތް އުފުލާލައިފަވެސް އަތް ތިރިކޮށްލީ އަމިއްލަ އިހްސާތައް ކޮންޓްރޯލް ކުރަމުންނެވެ.

” ހުއްޓާލާ!!! ހައު ކުޑް ޔޫ.. މާޔާއަށް އެ ވަގުތުކޮޅުތައް މާނަ ކުރަނީ ތި ގޮތަށްތަ؟ ޗީ… މީހެއްގެ އިހްސާސްތަކާ ކުޅެފަވެސް މާޔާ ބުނާނީ ދެޓް ވޯސް ޖަސްޓް އެ މޮމެންޓް އޭ ތަ؟ އޯ.. ޔޫ އޯލްރެޑީ ޑިޑް ދެޓް.. ” ކިޔާން ރުޅިއައިސް ހުރެ ވާހަކަ ދެއްކީ ބާރަށެވެ. ” އައި އެމް ސޮރީ ކިޔާން.. އަހަންނަށް އުޅެވުނު ގޮތުން ކިޔާންގެ ހިތުގަ ޖެއްސުނުކަމަށްޓަކާ ސޮރީ.. އެކަމަކު އަހަރެން ކިޔާން ދެކެ ލޮތްބެއް ނުވޭ.. އަހަރެން ލޯބިވާ އެހެންމީހަކު ހުރޭ.. ނިހާން.. އަހަރެން ބޭނުންވި ކިޔާން ކައިރީ ބުނަން. އެކަމަކު ނިހާންގެ އުޅުމުގެ ސަބަބުން ކިޔާނަށް ނިހާން ކަމުނުގޮސްދާނެތީ ނުބުނެ ހުރީ.. އަހަރުމެން ދެމީހުން ދޭތެރޭ ރަހްމަތްތެރިކަން ފިޔަވާ އިތުރު އެއްވެސް ގުޅުމެއް ނެތް ކިޔާން.. އަހަރެންގެ ހިތުގައި ވަނީ ހަމައެކަނި ނިހާން.. ” މާޔާ ކިޔާނާ ހަތަރުކަޅި ހަމަކޮށްލަމުން ވާހަކަދެއްކީ ހަރުކަށިކަމާއެކީއެވެ. ކިޔާން އޭނަދެކެ ނަފްރަތު ކުރާނެ ގޮތަކީ މީއެވެ. ކިޔާންގެ ކުރިމަތީ އެހެން މީހަކު ދެކެ ލޯބިވެޔޭ ބުނުމުންވެސް އެ ނަފްރަތު އިތުރުވާނެކަމަށް މާޔާ އުއްމީދުކުރިއެވެ. އެ ދެމީހުންގެ ދޭތެރޭ ހިނގި އެ ވަގުތުކޮޅުތަކަކީ މާޔާ އުމުރު ދުވަހަށް ވެސް ހިތުގައި ރައްކާކުރާނޭ ވަގުތުތަކެއްކަން ކިޔާނަށް އެނގޭނެ ނަމައެވެ. މާޔާ ކިޔާނަށް ބަލާލަމުން ނުކުމެގެން ދާން ފެށުމުން ކިޔާން މާޔާ ހުއްޓުވާކަށްވެސް ނޫޅުނެވެ. އޭރު ކިޔާންގެ ދެލޯ ކަރުނުން ވިދަމުން ދިޔައެވެ. މާޔާއަށް އެ ދެލޯ ފެނުމުންވެސް ނުފެންނަ ކަމަށް ހެދީ މި ވަގުތު އޭނަ ކިޔާންގެ ކުރިމަތީ ކުރި ހިތްވަރުވެސް ގޮސްދާނެތީއެވެ. ހަލުވި ފިޔަވަޅުތަކެއްގައި އެތަނުން މާޔާ ނުކުމެގެން ދިޔައިރު ދެލޮލުގައި ގިނަވެފަ ހުރި ކަރުނަތައް އޭގެ މަގާމު ދޫކޮށް ފައިބައިގަތެވެ.

ކިޔާން މާޔާގޮސް ލޯމަތިން ގެއްލެންދެން ބަލަން ހުރެލާފައި ދެކަކޫ މައްޗަށް ތިރިވީ ރޮމުންނެވެ. ހިނދުކޮޅެއްގެ ތެރޭ އޭނަ މާޔާއާ އެކު އުޅެން ދެކުނުހާ ހުވަފެންތަކެއް ފުނޑުފުނޑުވީއެވެ. އެއްވެސް ރަހުމެއް ނެތި މާޔާ ކިޔާންގެ ހިތް ކުދިކުދި ކޮށްލައިފިއެވެ. ކިޔާން ރޮމުން ބޮލުގައި ދެއަތްއަޅާ ބާރުކޮށްލިއެވެ. އެންމެ ފަހުން މާޔާ ބުނި ޖުމުލަ ހިތުގައި އެނބުރިގަތެވެ. ނިހާނަކީ ހަގީގަތުގައިވެސް މާޔާގެ ލޯބިވެރިޔާ ހެއްޔެވެ؟  ކިޔާންގެ ސިކުނޑީގައި މާޔާއާ ނިހާން ދެމީހުން އެކީ ފެނުނު މަންޒަރުތައް އެނބުރިގެން ދިޔައެވެ. ގެ ކައިރިން މާޔާ ނިހާނާ އެއްކޮށް ކާރުން ދިޔަ މަންޒަރެވެ. ބީޗްގައި މާޔާ ނިހާންގެ އަތުގައި ހިފައިގެން ދިޔަ މަންޒަރެވެ. ރެސްޓޯރެންޓްގައި ދެމީހުން ނުލާހިކު ގާތްކޮށް އިށީދެލައިގެން ތިބި މަންޒަރެވެ. ކިޔާން ކުރިމަތީ އިންދާވެސް މާޔާ ނިހާންގެ ފޯނުކޯލަށް ޖަވާބު ދިން މަންޒަރެވެ. ވިސްނާލުމުން މާޔާ ދެންމެ އެ ދެއްކި ހުރިހާ ވާހަކައެއްވެސް އެއީ ތެދުކަމަށް ހިތުގެ ކަނަކުން ބުނެލިއެވެ. ކިޔާން ރުޅިގަދަވިއެވެ. މާޔާ ނިހާނާ އެއްކޮށް އުޅެމުން އޭނަގެ އިހްސާސްތަކާ ކުޅުނީއެވެ. އެހެން މީހަކާ އެކީ އުޅެމުންވެސް މާޔާ ކިޔާންގެ ފަރާތުން އުފާތަކަށް އެދުނީއެވެ. ކިޔާން އައި ރުޅީގަ ތެދުވެ ކައިރީގަ ހުރި މޭޒުގަ ފައިން ޖަހާ ބުރުވާލިއެވެ. އެތަން ޒީނަތްތެރިކުރަން ބޭނުންކޮށްފައި ހުރި މާތައްވެސް އަތުން ނައްޓުވަމުން ބުރުވާލިއެވެ. އޭރުވެސް ދެލޮލުން ކަރުނަ ފައިބަމުން ދިޔައެވެ.

ކާރުގައި އިން އިރު މާޔާއަށް ރޮވެމުން ދިޔައެވެ. މި ނޫން ގޮތެއް އޭނައަށް ދުވަހަކުވެސް ނެތީ ހެއްޔެވެ؟ ހިތާމައިގަ މުޅި އުމުރު ދުވަސް ނިމޭނީ ހެއްޔެވެ؟ އުމުރުން 17 އަހަރުން ފެށިގެން ލޯބިވި މީހާވެސް ލިބުން އޭނަގެ ނަސީބުގަ ނެތެވެ. މާޔާ އަމިއްލަ ތަގްދީރާ މެދު ވިސްނަމުން ކަރުނަ އަޅަމުން ދިޔައިރު ޒުހޭރު ކުއްވެރިކުރިއެވެ. ޒުހޭރުއާ ހެދި ހަގީގަތުގައިވެސް އޭނަގެ މުޅި ދިރިއުޅުން ހިނދުކޮޅެއްގެ ތެރޭ އެކޮޅުން މިކޮޅަށް ޖަހާލައިފިއެވެ. އަމިއްލަ ހިތަށް ލިބެމުން ދިޔަ ވޭނަށް ވުރެ މާޔާއަށް ކިޔާންގެ ވޭނާ މެދު ވިސްނެމުން ދިޔައެވެ. ކިޔާން ހާދަ ވަރަކަށް ހިތުޖެހޭނެ ހެއްޔެވެ؟ ކިހާ ދެރަ ވާނެ ހެއްޔެވެ؟ މާޔާ ކާރު މަގުގެ އެއްފަރާތެއްގައި މަޑުކޮށްލަމުން ހިތް ފުރެންދެން ރުޔެވެ. ލޮލުގައި އަޅާފަ ހުރި އަދުންވެސް ފޭދިގެން މުޅި މޫނުގައި ހޭކިފައި ހުއްޓެވެ. މާޔާ ކާރުގެ ލޯގަނޑުން ބަލައިގެން ޓިޝޫއަކުން މޫނު ފޮހެމުން ދިޔައިރު ދެން ނުރޯނަމޭ ބުނެލީ ހިތުންނެވެ. އާއެކެވެ. ދެން އޭނަ ނުރޯނެއެވެ. މިހާރު ވާ ވަރަށް ރޮވިއްޖެއެވެ. ދެން ރޮއެގެން ވަކި ލިބޭނީ ވެސް ކޯއްޗެއް ހެއްޔެވެ؟ މާޔާ މޫނުމަތި ރީތިކޮށްލަމުން ހިނިތުންވެލިއެވެ.

ގެއަށް ދެވުނު އިރު އަދިވެސް ދެލޯ ނިކަން ރަތެވެ. ރޮއެ ރޮއެ ދެލޯ ދުޅަވެފައި ވެއެވެ. މޫނުމަތިވެސް އެއްކޮށް ރަތް ވެފައި ހުރިއިރު ބަލާލި ކޮންމެ މީހަކަށްވެސް މާޔާ އެ ހުރީ ވަރަކަށް ރޮއެފަކަން އެނގޭނެއެވެ. ސިޓިންރޫމުގައި މީހަކު އިނދެދާނެތީ މާޔާ ހުރީ ބިރުންނެވެ. މަޑުމަޑުން ދޮރު ހުޅުވާލައިފައި އެތެރެއަށް ވަދުނު އިރު ނަސީބަކުން އެކަކުވެސް ފެންނާކަށް ނެތެވެ. މާޔާ ފުން ނޭވައެއް ދޫކޮށްލަމުން ހަލުވިފިޔަވަޅުތަކެއްގައި ގޮސް ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ. ފާހާނައަށް ވަދެ މޫނު ދޮވެލައިގެން މޫނުގައި ހުރި ފެންތައް ތުވާލިން ފޮހެމުން އައިސް ޑްރެސިންޓޭބަލް ކުރިމައްޗަށް ހުއްޓި ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލިއެވެ. އިރުކޮޅެއްވަންދެން އެއްވެސް އަސަރެއް ނެތި މާޔާ އަމިއްލަ ސޫރައަށް ބަލަން ހުރެލާފައި ބާރަކަށް ގޮސް އަލަމާރިން އެހެން ހެދުމެއް ނަގައިގެން ބަދަލުކޮށްލިއެވެ. ދެން ކުރިން ދުވަހު ކިޔާން ދީފަ ހުރި އެއްޗެހި އެޅި ފޮށި ނަގައިގެން އައިސް ހެދުމާ ކަރުގަ އެޅި ފަށާ، ފައިވާންވެސް ފޮށްޓަށް އަޅައި ފޮށި ބަންދުކޮށްލިއެވެ.

ކޮޓަރީގެ ބެލްކަނީގެ ރެއެލިންގް ގައި އަތް އަޅުވާލަމުން މާޔާ އުޑާ ދިމާލަށް ނަޒަރު ހުއްޓާލަމުން ލޯ މަރާލިއެވެ. ރެއިލިންގް އިން ދެއަތް ވަކިކޮށްލަމުން މެއާ ހިސާބުން ދެއަތް ހުރަސްކޮށްލީ ފިނި ވައިރޯޅިތައް އައިސް މޫނުގައި ބީހިމުންނެވެ. އިރުކޮޅަކު ލޯ މަރާލައިގެން ހުރެފަ މާޔާ ލޯ ހުޅުވީ ކާރެއްގެ އަޑުއިވިގެންނެވެ. އެ ހިނދު ދެލޯ ބޮޑުވެގެން ދިޔައީ އެއީ ކިޔާންގެ ކާރުކަން އެގިންނެވެ. މާޔާ އަވަހަށް ކޮޓަރިތެރެއަށް ދެމިގަންނަމުން ދޮރުފޮތިގަނޑާ ނިވާވެލީ ކިޔާނަށް ނުފެންނަން ވެގެނެވެ. ކިޔާން ހަލުވިފިޔަވަޅުތަކެއްގައި އައިސް ގޭގެ ބެލް ޖެހިތަން ބަލަން ހުރި އިރު މާޔާ ބިރުން ރޫރޫ އަޅައިގަތެވެ. ކިޔާން އަނެއްކާ މި ގަޑީ މި ގެއަށް އެއައީ ކީއް ކުރަން ހެއްޔެވެ؟ އޭނައާ ވާހަކަ ދައްކަން އައިއްޔާ އޭނަ ދެން އިތުރަށް ކިޔާނެ އެއްވެސް އެއްޗެއް ނެތެވެ. މާޔާ ނުކުންނަންވެގެން ކޮޓަރީގަ މަޑުކޮށްގެން ހުރިއިރު ހިތް ތެޅެމުން ދިޔައެވެ.

މަލީހާ ގޮސް ދޮރު ހުޅުވިއިރު ކިޔާން ފެނުމުން ހީލިޔަސް ދެވަނަ ސުކުންތުގައި އެ ހިނިތުންވުން ފިލައިދިޔައީ ކިޔާންގެ މޫނުމަތިން ފެންނަމުން ދިޔަ ކުލަވަރުންނެވެ. ހިތާމައާ ރުޅިވެރިކަން އެކުވެފައި މޫނުމަތިން ހުރިއިރު މަލީހާ ކިޔާންގެ ކޮނޑުގައި ހިފާލަމުން ކިހިނެއްވީހޭ އަހާލީ ހާސްކަމާއެކީއެވެ. ކިޔާން އެއްވެސް އެއްޗެކޭ ނުބުނެ އެތެރެއަށް ދެމިގަތީ މުޅި ގޭތެރެ ވަށައިގެން ހޯދަމުންނެވެ. މަލީހާ ކިޔާން ހޯދަނީ މާޔާ ކަމުގައި ހީކޮށް މާޔާވީ ކޮޓަރީގައޭ ބުނެލިއެވެ. ކިޔާން އިވޭ ކަމަށް ވެސް ހަދާނުލިއެވެ. އޭރު ސޯފާގަ ޓީވީ ބަލަން އިން ފާއިޒުވެސް ވާނުވާނޭނގި ކިޔާނަށް ބަލަމުން ދިޔައެވެ. ” މާއިޝާ!! މާއިޝާ! މާއިޝާ! ” އަޑުގެ ކޮޅަށް ކިޔާން މާއިޝާއަށް ގޮވަމުން ދިޔައީ ބާރަށެވެ. ކޮޓަރީގަ އުޅުނު މާއިޝާއަށް އޭނައަށް މީހަކު ގޮވާ އަޑު އިވިގެން ކުޑަކޮށް ދުވެލާފައި ނުކުމެގެން އައި އިރު ތިރީގަ ކިޔާން ހުރުމުން ހައިރާންވިއެވެ. ފާޑަކަށް މަތީގައި ކިޔާނަށް ބަލަން ހުރެލާފައި މާއިޝާ ސިޑިން ފައިބަން ފެށިއެވެ. އޭރު މާޔާއަށްވެސް ކިޔާންގެ އަޑުން ކެތް ނުކުރެވިގެން މަޑުހިނގުމެއްގައި އައިސް މަތިން ބަލަން ހުރިއިރު ކިޔާނާ ހަތަރުކަޅި ހަމަވިއެވެ. އެކަމަކު ކިޔާން އެހާމެ އަވަހަށް މޫނު އަނބުރާލިގޮތުން ދެރަވިއެވެ.

މާއިޝާ ގޮސް ކިޔާންގެ ކުރިމައްޗަށް ހުއްޓިލަމުން ކިހިނެއްވީހޭ އަހާލީ މަޑުންނެވެ. ” މާއިޝާ އަހަންނާ ކައިވެނިކުރޭ! ” ކިޔާން މާއިޝާއާ ހަތަރުކަޅި ހަމަކޮށްލަމުން ބުނެލިއެވެ. މާއިޝާ ދެލޯ ބޮޑުކޮށްލައިގެން ކިޔާނަށް ބަލަން ހުރީ ގަބޫލުނުކުރެވިފައެވެ. އޭރު ސިޑިން ފައިބަމުން އައި މާޔާއަށް ކިޔާންގެ ޖުމުލަ އަޑުއިވުމުން ލިބުނު ސިހުމުގައި ސޑީގެ ހަރުފަތްތަކުން ފައި ކައްސާނުލީ ކިރިޔާއެވެ. ސިޑީގެ ރެއިލިންގް ގައި ނުހިފެހެއްޓިނަމަ ވެއްޓުނީސްކަން ޔަގީނެވެ. ފާއިޒުއާ މަލީހާއާ ދެމީހުންވެސް ހައިރާންވެފައި ކިޔާނަށް ބަލަން ތިބީ ލޯ ބޮޑުކޮށްލައިގެނެވެ. މާއިޝާ ގަބޫލުނުކުރެވިފައި މި ފެންނަނީ ހުވަފެނެއް ކަމަށް ހަދާ ކަނާތުން ވައަތުގައި ވިކާލިއެވެ. އެވަރުންވެސް ކިޔާން ކުރިމަތީގައި ހުރުމުން މިއީ ހަގީގަތެއްކަން އެނގުނެވެ. އެކަމަކު އަދިވެސް ގަބޫލުކުރަން މަޑުމަޑުން ކީކޭހޭ އަހާލިއެވެ. ” އަހަންނާ ކައިވެނިކުރާށޭ.. އިންނާނަންތަ؟ ” ކިޔާން އަނެއްކާވެސް އެހެން ބުނެލިއެވެ. މާއިޝާގެ ތުންފަތްމަތީގައި ކުޑަ ހިނތުންވުމެއް ދުވެލިއެވެ. ކިޔާންގެ މޫނަށް ބަލާލަމުން ލަދުން އިސްޖަހާލިއެވެ. މާއިޝާ ބައްޕައާ މަންމަގެ މޫނަށް ބަލާލީ އެމީހުންގެ ހިޔާލެއް ހޯދާށެވެ. އެކަމަކު އެމީހުން އެއްވެސް ހަރަކާތެއް ނެތި ބަލަހައްޓައިގެން ތިބީއެވެ. އޭރު މާޔާ ހުއްޓުން އަރާފައި ސިޑީގެ ހަރުފަތްމަތީ މަޑުކޮށްލައިގެން ހުރިއިރު ހިތުން މާއިޝާ ނޫނެކޭ ބުނާނެ ކަމަށް އެދި ދުއާކޮށްލެވުނެވެ. ކިޔާން މާއިޝާ ދެކެ ލޮތްބެއް ނުވެއެވެ. ކިޔާން މާއިޝާއާ ކައިވެނި ކުރަން އެ އުޅެނީ އޭނައަށް ދައްކަން ކަން މާޔާއަށް ރަނގަޅަށް އެނގެއެވެ. މި ކައިވެނި ކުރިޔަސް ދެމީހުންކުރެ އެކަކުވެސް އުފަލުގަ ނޫޅެވޭނެއެވެ.

މާއިޝާ ކިޔާނާ ހަތަރުކަޅިހަމަކޮށްލަމުން މަޑުމަޑުން ބޯ ޖަހާލީ ރަކި ހިނިތުންވުމަކާއެކީއެވެ. ” ގްރޭޓް.. އަހަރެން ބޭނުން ވީހާވެސް އަވަހަކަށް ކައިވެނި ކުރަން.. މާއިޝާއަށް އޯކޭ ވިއްޔާ އަހަރެން ބޭނުން މި ހަފަތާތެރޭ ހުރިހާ ކަމެއް ނިންމަން… ” ކިޔާން އެއްވެސް އަސަރެއް ނެތި މާޔާއަށް ނަޒަރެއް ދެމުން އެހެން ބުނެލި އިރު މާޔާއަށް ލޯ ބޮޑުކޮށްލެވުނެވެ. މާޔާ އޭނަގެ މޫނުމަތިން ކިޔާނަށް އެހެން ކުލަވަރެއް ނުދައްކަން ގަދަކަމުން ހީލަން އުޅުމުންވެސް ހެވޭ ގޮތެއް ނުވިއެވެ. މާއިޝާ ހައިރާންވެފައި ހާދަ އަވަހޭ ބުނެލިއެވެ. ކިޔާން އަނެއްކާވެސް ކައިވެނި ކުރަން ބޭނުންހޭ އެހުމުން މާއިޝާ އަވަހަށް ބޯ ޖަހާލުމުން ކިޔާން އެހެންވީއިރު އަވަހަށް ކައިވެނިކުރާނީއޭ ބުނެލިއެވެ. ” ފާއިޒުބޭ.. އަހަރެން ބޭނުން މާއިޝާއާ ކައިވެނިކުރަން. މާއިޝާ އަހަރެން ދެކެ ލޯބިވޭ. މާއިޝާގެ އުފަލައްޓަކާ މި ކައިވެންނަށް އެއްބަސްވެދީ.. ” ކިޔާން ފާއިޒުގެ ކުރިމައްޗަށް ހުއްޓިލަމުން ބުނެލިއެވެ. ” ދެން އަހަރެން ކީކޭ ބުނާނީ.. ކިޔާން ކަހަލަ މީހަކު ލިބޭނީ ނަސީބުވެރިއަކަށް.. އަހަރެންގެ ދަރިފުޅުގެ ދިރިއުޅުމަށް ކިޔާން އައުމަކީ މާއިޝާގެ ނަސީބު. އަހަރެން މި ކައިވެންނާ ނުރުހުންވާނެ އެއްވެސް ސަބަބެއް ނެތް.. އަހަރެން ހަމަ ރުހި ގަބޫލު.. ” ފާއިޒު ހީލަމުން ކިޔާންގެ ކޮނޑުގައި ކުޑަކޮށް ހިފާލިއެވެ. މާއިޝާގެ މޫނުމަތިން ރީއްޗަށް ކިޔާންދެކެ ލޯބިވާކަން އެބަ ފެނެއެވެ. ” އެކަމަކު ހާދަ އަވަހަށް؟ އަހަރެން ބޭނުން މާއިޝާގެ ކައިވެނި ވަރަށް ކުލަގަދަކޮށް ފާހަގަކުރަން.. އެއް ހަފްތާ ތެރޭ ކިހިނެއް ހުރިހާ ކަމެއް ވާނީ؟ ” ފާއިޒު ކުޑަކޮށް ހާސްވެފައި ސުވާލުކޮށްލިއެވެ. މާއިޝާ ރަކިގޮތަކަށް ހެވިފައި ކިޔާނަށް ބަލަން ހުއްޓެވެ. އޭނައަށް ވާނަމަ މިރޭވެސް ކިޔާނާ ކައިވެނި ކުރީހެވެ.

” ހުރިހާ ކަމެއްވެސް ވާނެ.. އެކަމާ ފާއިޒުބޭ ހާސްނުވޭ.. މި ކައިވެނި ކުރާނީވެސް ނިކަން ކުލަގަދަކޮށް.. އަހަރެން ބޭނުން ވީހާވެސް އަވަހަށް ކައިވެނި ކުރަން ” ކިޔާން އަނެއްކާވެސް މާޔާއަށް ނަޒަރެއް ދެމުން އެހެން ބުނެލީ އެއްމިޔަކުން މަލާމާތުގެ ރާގަށް ހީލަމުންނެވެ. މާޔާ އިސްޖަހާލިއެވެ. މާޔާ ދާން ވެގެން އުޅުނުތަނާ މާއިޝާއައިސް ބައްދާލަމުން ގަދަކަމުން ހީލަމުން ކޮންގްރާ އޭ ބުނެލިއެވެ. ފާއިޒު ކިޔާންގެ ބަހަށް އިތުބާރުކޮށް އެއް ހަފްތާ ތެރޭ ކައިވެނިކުރަން ނިންމިއެވެ. މާއިޝާ އުފަލުން ހުރިހާ ދަތްތަކެއް ދައްކާލަމުން ގޮސް ބައްޕަގެ ގައިގަ އޮޅުލައިގަތެވެ. ކިޔާން ފާއިޒުކައިރީ ދަނީއޭ ބުނެފަ ދިޔައިރު މާއިޝާއަށް ބަލާވެސްނުލާކަން މާއިޝާއަށް ފާހަގަވިއެވެ. ދެންމެ އިންނަށް އަހާފަ ކިޔާން އޭނައާ ވާހަކަވެސް ނުދައްކާނީ ހެއްޔެވެ؟ ނޫނެކެވެ. ބައްޕަމެން ތިބުމުން ކިޔާނަށް އޭނައާ ވާހަކަދައްކަން ނުކެރުނީއެވެ. މާއިޝާ ހީލިއެވެ. ” އަހަރަމެން ހީކުރީ މާޔާއާ ކިޔާނާ ކަމަށް ކަމެއް ކުރަނީ.. އެކަމު ނުބައިކޮށްތާ މިހީކުރެވުނީ.. ” މަލީހާ ހީލަމުން ބުނެލި ޖުމުލައިން ދޮރުން ނުކުމެ ނުކުމެ ހުރި ކިޔާންގެ ފިޔަވަޅުތައް ހުއްޓުނެވެ. މާޔާވެސް ފާޑަކަށް ހުއްޓިލި ކިޔާނަށް ބަލާލިއެވެ. ކިޔާން އެނބުރިލި ހިނދު އޭނައަށް ބަލަން މާޔާ ހުރިތަން ފެނިގެން އަޅާވެސްނުލާ ނުކުމެގެން ދިޔައެވެ.

މާޔާ ދުވެލާފައި ގޮސް ކޮޓަރިއަށް ވަދެ ކުޑަދޮރު ކައިރީ ހުރެ ފޮތިގަނޑާ ނިވާވެލަމުން ކިޔާނަށް ބަލަން ހުރިއިރު ފެންކަޅިވިއެވެ. ކިޔާން ކާރަށް އަރަމުން އެނބުރި މައްޗަށް ބަލާލި އިރު އެ މޫނުމަތިން މާޔާއަށް ހިތްދަތިކަން ފެނުނެވެ. މާޔާ ފޮތިގަނޑާ ނިވާވެލައިގެން ހުރުމުން ކިޔާނަށް މާޔާ ނުފެނެއެވެ. ކިޔާން އެނބުރި ކާރަށް އަރާ ދުއްވާލުމުން މާޔާ ދެކަކޫ މައްޗަށް ތިރިވީ ކޮޅަށް ހުންނާނެ ވަރެއް ނެތިގެންނެވެ. އޭނަގެ ލޯ ކުރިމަތީގައި އޭނަގެ ހިތުގެ ވިންދު އަމިއްލަ ކޮއްކޮގެ ފިރިމީހާއަށް ވާތަން ބަލަން ހުރެވިދާނެ ހެއްޔެވެ. ނުރޯން ހުއްޓަސް މާޔާއަށް ރޮވެމުން ދިޔައެވެ. އަމިއްލަ ތަގުދީރާ މެދު ޝާކުވާކުރަމުން ކަރުނައަޅަމުން ދިޔައެވެ.

ކިޔާން ގޮސް ގެއަށް ވަން އިރު އާއިލާގެ ހުރިހާ މެންބަރުން ސޯފާގައި އޭނަގެ އިންތިޒާރުގައި ތިއްބެވެ. އެންމެނަށްވެސް ކިޔާން މިރޭ ދިޔައީ މާޔާ ކައިރީ އިންނަށް އަހަންކަން އެނގެއެވެ. ކިޔާން އެންމެންގެ މޫނަށް ބަލާލަމުން އިސްޖަހާލީ ތުންފަތުގައި ދަތް އަޅާލަމުންނެވެ. ” ކޮބާ ކިހިނެއްވަނީ؟ ކޮބާ ޑޭޓްއަކީ؟” ޒިޔާން ގޮނޑިން ތެދުވެލައިގެން އައިސް ކިޔާންގެ ކޮނޑަށް އަތް ވައްޓާލަމުން ސުވާލު ކޮށްލީ ޝައުގުވެރިކަމާއެކީއެވެ. ކިޔާން އެއްޗެކޭ ނުބުނެ ޒިޔާންގެ އަތް ވައްޓާލަމުން ހިނގައިގަތަނާ އަނެއްކާ ކަރީމްވެސް ތެދުވެފައި ސުވާލުކޮށްލިއެވެ. ކިޔާން ހުއްޓިލިއެވެ. ” އެއް ހަފްތާ ތެރޭ ކައިވެނި ކުރަން މިއުޅެނީ.. މާޔާއަކާ އެއް ނޫން… މާއިޝާ.. މާޔާގެ ކޮއްކޮ މާއިޝާ… އެއްވެސް މީހަކު އަހަންނާ މިކަމާ ބެހޭގޮތުން އިތުރު ސުވާލެއް ނުކުރިއްޔާ އަހަންނަށް ރަނގަޅީ.. ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ބުންނަސް އަހަރެންގެ ނިންމުނެއް ބަދަލެއް ނުވާނެ!! ” ކިޔާން ކިޔަން ބޭނުންވާ އެއްޗެއް ކިޔާލާފަ ސިޑިން އަރައިގެން ދިޔައީ އެ ތަނުގައި ކުޑަ ބޮމެއް ގޮއްވާލަމުންނެވެ. އެކަކުވެސް ވާނުވާ ނޭގިފައި ސުވާލުއުފެދިފައި މާއިޝާގެ ނަން ކިޔާލިއެވެ. ޒިޔާން ކިޔާންގެ ފަހަތުން ދާން އުޅުމުން ކަރީމް ގޮވާ މަޑުކޮށްލާފައި ގޮސް އަމިއްލައަށް ދިޔައެވެ.

ކިޔާން ކޮޓަރިއަށް ވަދެގެން ދިޔައިރު އެނދާ ދިމާލު މަތީގަ ހަރުކޮށްފައި ހުރި  މާޔާއާ އެ ދެމީހުންގެ ފޮޓޯ ފެނުމުން ރުޅި ގަދަވިއެވެ. ބާރަކަށް ގޮސް ފޮޓޯ ނަގަމުން އަތުކޮޅަށް ހޫރާލަމުން އެނދުގައި އިށީދެލިއިރު ލޮލުގައި ކަރުނަ ވިދާލިއެވެ. މޫނު ދެއަތުން ފޮރުވާލީ އެ ކަރުނަތައް އޭގެ މަގާމު ދޫކޮށް ފައިބައިގަތުމުންނެވެ. ކަރީމް ކޮޓަރިއަށް ވަން އިރު ތަޅައިގެން ގޮސް އޮތް ފޮޓޯ ފްރޭމް ފެނުމުން ކޮންމެވެސް ކަމެއް ވަރަށް ގޯސްވެޖެކަން ދެނެގަނެވުނެވެ. މަޑުހިނގުމެއްގައި ގޮސް ކިޔާން ކައިރީ އިށީދެލަމުން ކިޔާންގެ ކޮނޑުގައި އަތް ބޭއްވިއެވެ. ކިޔާން މޫނުން ދެއަތް ވަކިކޮށްލަމުން ބައްޕައަށް ބަލާލަމުން ބައްޕަގެ ގައިގަ އޮޅުލައިގަތެވެ. ދަރިފުޅުގެ ހާލު ފެނުމުން ކަރީމްގެ ހިތް ތެޅިލިއެވެ. ކިޔާންގެ ބުރަކަށީގައި ފިރުމާލިއެވެ. ” ބައްޕާ.. މާޔާ އަހަރެން ދެކެ ލޮތްބެއް ނުވޭ.. މާޔާ ލޯބި ވަނީ އެހެން މީހަކު ދެކެ… ” ކިޔާން ރޮމުން ވާހަކަ ދެއްކިއެވެ. އިރުކޮޅެއް ފަހުން ކަރީމް ކިޔާން ދުރުކޮށްލަމުން ވީ ގޮތް ކިޔައިދޭށޭ ބުނެލިއެވެ. ކިޔާން ހިތްވަރުކޮށްލާފައި ވީ ގޮތް ކިޔައިދނެވެ.

” ދަރިފުޅާ.. މާޔާ ލޯބިނުވެޔޭ ބުންނަކަސް މާއިޝާއާ ކައިވެނި ކުރުމަކީ ހައްލެއް ނޫނެއްނު.. ކިޔާން އަމިއްލައަށްނު ބައްޕަ ކައިރީ ބުނީ ލޯބިނުވާ މީހަކާ އެކީ އުޅެގެން އުފަލުގަ ނޫޅެވޭނެޔޭ. ދެން ކިހިނެއް ވަކި މާއިޝާއާ އިނދެގެން އުފަލުގަ އުޅޭނީ؟ ” ކަރީމް ވިސްނައިދޭގޮތަކަށް ކިޔާން ކައިރީ މާއިޝާއާ އިންނަށް ނިންމި ނިންމުމަކީ ގޯސް ނިންމުމެއް ކަމުގައި ބުނެލިއެވެ. ” ބައްޕާ! ފަހަރެއްގަ މި ނިންމުމަކީ އެންމެ ރަނގަޅު ނިންމުމަށް ނުވެދާނެ.. އެކަމަކު އަހަރެން މި ނިންމުން ނިންމީ ވަރަށް ވިސްނާފަ. މީ އަހަރެން ބޭނުންވާ ގޮތަކީ.. މާއިޝާއާ ކައިވެނިކުރަން.. އެހެންނޫނަސް މާއިޝާ އަހަރެންދެކެ ލޯބިވޭ.. ” ކިޔާން ކަރުނަ ފޮހެލަމުން އިސްޖަހާލިއެވެ. ކަރީމް ވަކި އެއްޗެކޭ ނުބުނެ ބޯ ޖެހީ މިވަގުތު ކިޔާންގެ ނިންމުމެއް ބަދަލުނުވާނެކަން އެނގޭތީއެވެ. ކިޔާންގެ ބުރަކަށީގަ މަޑުމަޑުން ޖަހާލަމުން ކަރީމް ތެދުވެ ގޮސް ދޮރާ ހަމަވިތަނާ ހުއްޓިލެވުނީ އަނެއްކާވެސް ކިޔާން ވާހަކަދެއްކުމުންނެވެ. ” ބައްޕާ.. ހީނުކުރައްޗޭ އަހަރެން މި ނިންމުން ބަދަލުކުރާނެ ކަމަށް.. މި ކައިވެނި ކުރެވޭނެ. އެވެސް އެއް ހަފްތާ ތެރޭ! ” ކިޔާން ބައްޕައާ ހަތަރުކަޅި ހަމަކޮށްލަމުން ބުނެލީ ސާބިތުކަމާއެކީގައެވެ. ކިޔާންގެ މޫނުމަތިން ފެނުނު ކުލަވަރުން ކިޔާންގެ ނިންމުން ދެން ބަދަލުނުވާނެކަން އެނގެއެވެ. އެހެންކަމުން ކަރީމް ކުޑަކޮށް ހިނިތުންވެލާފައި ކައިވެނީގެ ކަންތައް އަވަހަށް ފަށާށޭ ބުނެލިއެވެ.

( ނުނިމޭ )

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

saarah

Level 210 Stories100 Comments

Other Articles

Previous

އޮޔާ (ފަހުބައި)

Next

ކަނޑުފެން (ފަސްވަނަ ބައި) KanduFen (P-5)

Next
October 26, 2015

ކަނޑުފެން (ފަސްވަނަ ބައި) KanduFen (P-5)

Previews
October 25, 2015

އޮޔާ (ފަހުބައި)

57 Comments!

  1. 4f!4h says:
    October 25, 2015 at 2:21 pm

    This is awful! Not very good! Poor Poor Kiyaan! And Poor Poor Maayaa. All this is because of Nihaan. He has to regret all this! Waiting for next part!

    1. saarah says:
      October 25, 2015 at 4:59 pm

      Heheh. Ehves rangalheh noon dhw mi part? Lets see dhw vaa gotheh. Thank you 🙂

  2. Xee says:
    October 25, 2015 at 2:23 pm

    Wow its owsome

    1. saarah says:
      October 25, 2015 at 5:00 pm

      ThanQ xee 🙂

  3. iraa says:
    October 25, 2015 at 2:31 pm

    imm first wow vv reethi vaiting for the nxt prt

    1. saarah says:
      October 25, 2015 at 5:01 pm

      iraa mifaharu nulibuney first eh. Next tym first hoadhany dhn. Hehe. Thankyou 🙂

  4. shafy says:
    October 25, 2015 at 2:47 pm

    Varah kada dhen maaya kanthah kuri goeh ehaa hiyyhama nujehey mebayaa medhaku

    1. saarah says:
      October 25, 2015 at 5:03 pm

      Sorry to dissapoint you shafy. Keep reading. There are more twists to the story 🙂 thank you 🙂

  5. dark princess says:
    October 25, 2015 at 3:08 pm

    Alhey maayaa… dhn thihen hadhaakah nuvaane ehnu… kiyaan ge heart break ve nimijje… what can I do…??? Nihaan ah gotheh hadhaalan vejje ehnu mihaaru… v foohivey… dhn kn dhuvahakun up vaany… keep it up…

    1. saarah says:
      October 25, 2015 at 5:04 pm

      Hehe dark princess thank you. Next part day after tumrw 🙂

  6. saamy says:
    October 25, 2015 at 3:22 pm

    dhn v foohi. poor kiyaan….. dhn maayaa vex ehn hadhan vaanetha…

    1. saarah says:
      October 26, 2015 at 11:36 pm

      Foohi nuvey saamy. Keep reading 🙂

  7. minnu says:
    October 25, 2015 at 3:35 pm

    Soo surprising:o… bt story vv nice:)

    1. saarah says:
      October 25, 2015 at 5:40 pm

      ThankQ minnu

  8. shif says:
    October 25, 2015 at 3:45 pm

    Heart break vee kiyaange ekanyehnun maya ge vess

    1. saarah says:
      October 25, 2015 at 5:59 pm

      Exactly

  9. shaz says:
    October 25, 2015 at 3:48 pm

    v reethi mi part vxxx…
    maisha ar kiyan marry kuryma v hadhivaane vaahaka…
    waiting for the next part

    1. saarah says:
      October 25, 2015 at 6:00 pm

      Thankyou shaz 🙂
      Keep reading to knw wats gonna happn 🙂

  10. maniu says:
    October 25, 2015 at 4:20 pm

    kadaey………………………..

    1. saarah says:
      October 25, 2015 at 6:02 pm

      Sorry for disappointing you 🙁

  11. isha says:
    October 25, 2015 at 4:53 pm

    its going to end tha?

    1. saarah says:
      October 25, 2015 at 6:04 pm

      No isha. There are still more twists to happn 🙂

  12. Ayaa says:
    October 25, 2015 at 5:26 pm

    Haadha dhera ey…… dhn nihaan kihineh thi hadhany maya ah… Saarah alhe nihan r maya dhuru kobbalaaaa. Aharun hiy halaaku vedhane kiyaan maaisha r kaiveni koffiyyaa. ????????????????????????????

    1. saarah says:
      October 26, 2015 at 11:34 pm

      Dhn keekuraany dhw ayaa. Hiy halaaku nukohlajchey anehkaa. Eyrun dhn vaahaka eh ves nukiyene eh nu :p 🙂

  13. aasi says:
    October 25, 2015 at 5:54 pm

    Alhe dhn haadha dheraey

    1. saarah says:
      October 26, 2015 at 11:35 pm

      Dhera nuvey aasi. Adi gandakah fahu usgandeh annaane 🙂

  14. SAMA says:
    October 25, 2015 at 6:23 pm

    Mi part varah salhi.. waiting for the next part… avahah up kohdhehchey

    1. saarah says:
      October 26, 2015 at 11:35 pm

      Thank you sama 🙂

  15. girl says:
    October 25, 2015 at 6:26 pm

    Pis pis mioh vaahaka eh dhw.. hurihaa kameh ves bodu kanthah gadakah hadhaalagen.. maayaa nihaanu dheke kon bireh gannaakah tha.. dhen thihaa kanthah bodu vanyaa maayaa amilla ah maruvebala.. ????

    1. saarah says:
      October 26, 2015 at 11:12 pm

      Girl. Asslu vaahaka bodu kanthah gandakah hadhan noon mi hedhy. As i said before vaahaka liyumuge kurin plan kurin vaahaka kuriyah gendhaane goiy. So i am just trying to continue the story that way. Kuhliakah plot change kuryma jeheyne asslu varah bodah plan kuri goiy change kuran which wud be difficult. So i hope you wud understand And keep reading the story till end. 🙂 thank you 🙂

  16. Faathun says:
    October 25, 2015 at 6:46 pm

    Vaahaka hadi wamun dhaakan faahaga khlan.. nihaan kairin maaya ah jeheyne gadha wewen.. ur making her look so weak.. come on..shes the main character in this story.. maaya nd kiyaan ge kaiweni kurewen jeheyni..not maisha.. eww

    1. saarah says:
      October 26, 2015 at 11:15 pm

      Faathun i understand your point. But there comes times when main chatacter ves weak vaa vaguthu thah. 🙂 Thank you 🙂

  17. Anonymous says:
    October 25, 2015 at 7:28 pm

    Vv nice.vv asarugadha

    1. saarah says:
      October 26, 2015 at 11:37 pm

      thank you Anonymous 🙂

  18. athoo says:
    October 25, 2015 at 7:29 pm

    Vv nice.vv asarugadha

    1. saarah says:
      October 26, 2015 at 11:37 pm

      thank you Athoo 🙂

  19. Luvna says:
    October 25, 2015 at 8:06 pm

    ??????????

  20. Luvna says:
    October 25, 2015 at 8:07 pm

    ?????????????????????????????????????????????????????

    1. saarah says:
      October 26, 2015 at 11:38 pm

      ??❤️

  21. Shau says:
    October 25, 2015 at 9:09 pm

    Kiyaan n maeesha marry nukuruvaathi plz..eyrun vaahaka hadi vaaane

    1. saarah says:
      October 26, 2015 at 11:38 pm

      Hehe shau. Keep reading dear 🙂 thanQ 🙂

  22. shifa~ says:
    October 25, 2015 at 9:47 pm

    LOVE IT LOVE IT LOVE IT AND LOVE IT???❤?????????

    1. saarah says:
      October 26, 2015 at 11:39 pm

      Thank you shifa ❤️

  23. shifa~ says:
    October 25, 2015 at 9:54 pm

    Guys guys!! Just wait n read ingeh…adhi maaishaa aa marry eh nukureyea..chilll bro’s n sis…
    Saarah ah kumaaooo(thanks)..❤
    I enjoy reading this story alot??

  24. ainth says:
    October 25, 2015 at 10:07 pm

    Dhen mi vaahaka v hadi vaane…. komme ves gothakun maayaa nd kiyaan gulhuvaa.. nihaan ge dhuvas dhuvvalaba eyrun reethi vaani nooni maayaa ge hageegaiy 2family falhaa aruvaalaa…eyrun reethi vaani mi vaahaka liyaa kujja visnaane kamah ummedhu kurah
    Mi mi vaahaka comment eh kolla furathama faharu….. comment nukuriyas baraabarah vaahaka kiyan mi story vvvvvvv reethi…. vaahaka liyumuga ithuru kuri erun dhevvashi..

    1. saarah says:
      October 26, 2015 at 11:25 pm

      Ainth. Thank you 🙂
      I wnat say before i started writing this story i planned how to continue this story. I had a plot in my mind. And i am just trying to continue that plot. If i change it all of a sudden i will have to change a lot of this story. Its a story. And its obvious that there will come some twist and turns which the readers wont” like at all. I undersatand. Because i am a reader too. I read stories. And there are lot of parts which i dnt like. It happns. I hope u will understand and will keep on reading this story till the end. 🙂
      And thank you. I will keep your comment in my mind 🙂 and i appreciate that this is your first comment and you said something nice actually. 🙂 thankyou for liking this story 🙂

  25. myschic says:
    October 25, 2015 at 10:26 pm

    This is one of my favorite stories in this site ..assu v dheravi mi part kiyaafa. .hama rovunu as if amilla yah dhimaavi kameh hn heevy ..poor girl ..her life is ruined by that bitch zuheyru. I hate him …btw mayaa and kiyaan couple ey Emme gulheny ..

    1. saarah says:
      October 26, 2015 at 11:27 pm

      Thank you myschic. <3
      Hehe sorry rohvaalevunyma :p 🙂

  26. Crazi says:
    October 25, 2015 at 10:29 pm

    Nihaan ge kantha hodan noon kameh ves neygenun eh hen vee kee but niney iru kiyaan ah maayaa libenvaane ehegy

    1. saarah says:
      October 26, 2015 at 11:40 pm

      Crazi lets see dhw vaa gotheh. Keep reading 🙂

  27. nishy says:
    October 26, 2015 at 12:07 am

    V kada

    1. saarah says:
      October 26, 2015 at 11:41 pm

      Sorry to disappoint you 🙁

  28. butterlly says:
    October 26, 2015 at 10:00 pm

    Saarah keehvetha vaahaka liya iru baarakah,avahakah migotha liyaneeeeee anywayx vvvvv lobi vaahakaeh

    1. saarah says:
      October 26, 2015 at 11:31 pm

      Heheh butterlly dhn kihinehtha liyan v? Kiyuntherinhe hiyaalu libumaku vaahaka liyumah libeyne ithuru kuri erumeh. So tell me. 🙂
      Thank you 🙂

  29. butterlly says:
    October 27, 2015 at 9:06 am

    Avahakah goss migothakah nune avahah goss
    Baarakah migothakah nune baarah me ah heevanee migothah liyuneema maa salhivaane hen

  30. smilee smile says:
    October 27, 2015 at 11:03 am

    story vv reethi. bt dhen vane gothakah INTHIZAARU kurany…….. avah genes dhechey pls.

  31. athoo says:
    October 27, 2015 at 1:27 pm

    Dhn oii part konirakun updated vany

Comments are closed.

Next Episodeއިންތިޒާރު ( 23 )←


All Right Reserved!