Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފެށި ލޯބި އޮޔާ ދިޔުމުން

Nadhoo
Nadhoo Level 1
October 2, 2023 6 Mins Read
10 Comments

ނޫން ރިފާ ނުބުނާތި ހެޔޮނުވާނެ އަހަރެން އާދޭސް ކޮށްލީމެވެ. އަހަރެންގެ…… އަހަރެންގެ  ލޯބިވެރިޔަކީ ރިޝްވާން އަހަރެން އަޅަ އަޅައިގަންނަމުން ބުނީމެވެ. ސޯ ރިފާއަށް އިނގޭ ދޯ ކީއްވެކަން ނުބުނަން ވީ

އައި އެމް ސޯ ސޮރީ ރިޝްމީ ކިރިޔާނު މި ސަލާމަތްވީ ދެން ފަޅާލިޔަސް ނުބުނާނަން ރިފާ ޖަވާބުދިނެވެ.

ކީއްވެ ؟ ރިޝްވާން އައިސް އަހަރެންގެ ކައިރީ ބިންމަތީގައި ކުޑަ ކަކޫ ޖަހާލިއެވެ. އަދި އަހަރެންގެ އަތުގައި ހިފާލިއެވެ. ރިފާ އެވަގުތު ނިޝާން އުރާލައިގެން ނިކުމެގެން ދިޔައެވެ.

“ރިޝްމީ އަހަރެންނަށް ކުރިންވެސް ޝައްކުވިޔޭ ރިޝްމީ އަހަރެންނާ ވަކިވީ ކޮންމެސް މީހަކު މަޖްބޫރެއް ކޮއްގެންކަން މިހާރު ޔަގީން ވެއްޖެ.

ރިޝްމީ އަހަރެންދެކެ ލޯބިވީ ވަރު އަހަރެންނަށް އިނގޭ ރިޝްމީ އަހަރެންނަށް އިތުބާރު ކުރިވަރުވެސް އިނގޭ ރިޝްމީގެ ހުރިހާ އެއްޗެއް އަހަރެންނާ ހަވާލު ކުރިރޭ އަދިވެސް ހިތުން ފިލައިގެނެއް ނުދޭ

އެދުވަހު ހުޅުމާލެއިން ރިޝްމީ ފެނިފަ މަރުވާ ވާހަކަ ބުނުމުން އަހަރެންނަށް ވިސްނުނު ރިޝްމީ އަށް ކޮންމެވެސް ބޮޑު ކަމެއް ދިމާވެއްޖެކަން އެއްފަހަރުވެސް ހިތަކަށް ނާރާ ރީހާން މި ދުނިޔޭގަ ނެތްކަމެއް އައި އެމް ސޮރީ އެހާ ރޫޑް ވެވުނީމާ”

ދެން އަހަރެންނަށް ކިޔާދިބަލަ ރިޝްމީ އަށް އަހަރެން ދޫކޮށްލަން މަޖްބޫރު ވީ ކީއްވެ؟  ކާކު މަޖްބޫރު ކުރީ؟  ކީއްވެ ރީހާން އާއި މެރީ ކުރަން މަޖްބޫރުވީ؟ ރީހާންގެ މަންމަމެން ރީހާން ގެ ދަރި އަކު އޮއްވާ ރިޝްމީގެއިން ނެރެލީ ކީއްވެ ؟ ބުނެބަލަ ހެޔޮ ނުވާނެ އަހަރެން މޮޔަވެދާނެ ރިޝްވާން އާދޭސްކޮށްލިއެވެ…

އަހަރެން ހަމަ އަނގައިންވެސް ނުބުނަމެވެ. އަހަރެންނަށް މަޖްބޫރުވީ ހަމަހިމޭންކޮށް ހުންނާށެވެ.

ރިޝްމީ ހުރޭ ތި ގޮތުގަ އަހަރެން ހޯދާނަން ހުރިހާ ސުވާލެއްގެ ޖަވާބު އަހަރެން އިރާދަކުރެއްވީއްޔާ ރިޝްމީ ހަދާނަން އަހަރެންގެ މީހަކަށް މުޅި އުމުރަށް އަހަރެންގެ އަތުގައި ބޮސް ދީފައި ރިޝްވާން ބޭރަށް ދިޔައެވެ. އަދި ގޮސް ނިޝާން ގޮވައިގެން އައެވެ އަހަރެން އަތް ދިއްކޮށްލުމުން ނިޝާން ނައަންނަން ވެގެން ގަދަ ހަދާލިއެވެ އަދި ރިޝްވާންގެ ކަރުގައި ބައްދާލިއެވެ.

މަންމި ކައިރީވެސް ބުނެބަލަ ނިޝާން ތިކަހަލަ ލޯބި ހަގްއެއް ދޭށޭ ރިޝްވާން ބުނި އެއްޗަކުން އަހަރެންގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ.

އެކަމަކު އެވަގުތު ހިތައް އެރި އެއްޗެއް ނޭގުނެވެ އަހަރެން ގޮސް ރިޝްވާން އުރާލައިގެން އިން ނިޝާންގެ ގައިގަ ބައްދާލީމެވެ. މި ލިބުނީއެއްނު ނިޝާން އަށް ހަގްއެއް އަހަރެން ބުނެލީމެވެ.

“ވެރީ ސްމާޓް” ރިޝްވާން ބުނެލިއެވެ.

ރިޝްވާން ދާން އުޅުމުން ނިޝާން ރޯންފެށުމުން މަޑުކޮށްލިއެވެ. އަދި ނިޝާން ގޮވައިގެން އެނދު މަތީ އޮށޯވެލީ ނިޝާން އަށް ނިދޭތޯ އެވެ. އަހަރެން ފާހާނަޔަށް ވަދެ ފެންވަރާލައިގެން ނިކުތް އިރު ނިޝާން ގެ ގައިގަ ލޯބިން ބައްދާލައިގެން ރިޝްވާން ވެސް އޮތީ ނިދާށެވެ. އަހަރެން ރަޖާ އަޅާލާފައި އަނެއް ފަރާތުގައި ނިދާލީމެވެ.

އަހަރެންނަށް ހޭލެވުނީ ފަތިހު 4 ޖަހަން އުޅެނިކޮންނެވެ. އޭރު ކޮފީއެއް ހިފައިގެން ބެލްކަނީ ގައި ރިޝްވާން އިނެވެ.

“ރިޝްމީ އާދެބަލަ ” ރިޝްވާން ގޮވާލިއެވެ. އަހަރެން މަޑުމަޑުން ގޮސް ބެލްކަނީގައި ހުންނަ ގޮނޑީގައި އިށީނީމެވެ.

ހިލޭ ފިރިހެނަކާ އެކީ އެހާ ހަމަޖެހިގެން އެއް ކޮޓަރިއެއްގައި ނިދާލި އިރު ރިޝްމީ ބިރެއް ނުގަނޭތަ؟

އަހަރެން ވާން އަށް ވަރަށް އިތުބާރުކުރަމޭ؟

ކީކޭ؟ އަދި އެއްފަހަރު ގޮވާލަ ބަލަ ؟ ރިޝްވާން ބުނެލީ ވަރަށް ލޯބިން ހީލާފައެވެ.

“ވާން” އަހަރެން ގޮވާލީމެވެ.

ހައީ…ރިޝްވާން މޭގައި އަތް އަޅާލާފައި އެހެން ބުނެލި ގޮތުން އަހަރެންނަށް ހެވުނެވެ.

ހާދަ ދުވަހެއް ފަހުންނޭ މި ފެނުނީ ތިހެން ލޯބިން ހީލި ތަން ރިޝްވާން ބުނެލިއެވެ.

އެކަނި ކޮޓަރިއެއްގަ މީގެ ކުރިން ހޭދަކުރިރޭ ކަންތައް ވީގޮތް ހަނދާން އެބަހުރި އެއްނު އެކަމް ވެސް އިތުބާރު ކޮށްފަ ނިދީ؟ އަނެއްކާވެސް ރިޝްވާން އަހާލިއެވެ.

އެގޭ ނަތީޖާ ކިހާ ލޯބި އަހަރެން ބުނެލީމެވެ.

” ތިބުނީ؟ ” ބުނެވުނު އެތި ރޭކާލީ އެހެން ރިޝްވާން އަހާލުމުން….

އެއްޗެކޭ ނޫން އަހަރެން ބުނެ އޮޅުވާލީމެވެ.

އަހަރެން ހިތަށް އަރަނީ ރިޝް އަށް އަހަރެންނާ ދުރަށްދާން މަޖްބޫރު ނުވި ނަމަ މީ އަހަރެންގެ ދިރި އުޅުމޭ ނިޝާން ވާނީ އަހަރެންގެ ދަރިޔަކަށޭ އަހަރެމެން އުޅޭނީ ވަރަށް އުފަލުގައޭ ރިޝް މިހާރު ކިޔަވާނީ އޭ އަހަރެން ބޭބީ ބެލުމުގައޭ

“ރިޝް އަދިވެސް ތި ލައިފްގަ ހަމަ އަހަރެންނަކަށް ނެތްތަ ޗާންސެއް؟ އަދިވެސް މިހިރީ ރިޝްގެ އިންތިޒާރުގައި އަހަރެން ބަލާނަމޭ ބޭބީވެސް ބައްޕައެއްގެ ލޯބިވެސް ދޭނަމޭ” ރިޝްވާން ބުނެލިއެވެ.

އަހަރެން ކިހިނެތް ވާން އަށް ވިސްނާދޭނީ އަހަރެން ނަކަށް އަދިވެސް ނެތް މި ނޫން އިތުރުގޮތެއް އަހަރެން ބުނެލީ ރޮމުންނެވެ

“އައިމް ސޮރީ ރިޝް ނުރޮއެބަލަ……”

ރިޝްވާން ބުނުމުން އަހަރެން ކަރުނަ ފޮހެލީމެވެ.

ދެން ބުނެބަލަ އަދިވެސް އަހަރެންދެކެ ލޯބި ވޭތަ؟ ނޫނީ މިހާރު ލޯބިވަނީ ރީހާން ދެކެ ތަ؟

ވާން ހަގީގީ ލޯބި ވެވޭނީ އެއްފަހަރު އެކަކު ދެކެ ނަމަވެސް ދިރިއުޅުމުގައި ދިމާވާ ކަންތަކުން ޖެހޭނެ ބައެއް ފަހަރު އެހެން މީހުންނާ އެކު އުޅެން ވެސް

އަހަރެން ގެ ހިތުގައި އަދިވެސް ރަސްކަން ކުރަނީ ހަމަ ވާން އެކަމަކުވެސް ކުރިން ދިމާވި މަޖްބޫރީ ހާލަތު އަދިވެސް އޮތީ އެހެން އަހަރެން ޖަވާބު ދިނީމެވެ.

ފަތިސް ނަމާދަށް ބަންގި ގޮވަން ފެށުމުން ރިޝްވާން ދިޔައެވެ.

އެދުވަހު ބްރޭކް ގަޑީގައި އަހަރެންނާ ބައްދަލުކުރަން ރިޝްވާންގެ މަންމަ އާއި ބައްޕަ އައެވެ.

ރިޝްވާންގެ ބައްޕަ އަހަރެން ފެނުމުން ވަރަށް އުފާވިއެވެ. އެކަމަކު ރިޝްވާންގެ މަންމަ ހުރީ އުފަލަކުން ނޫނެވެ.

ފަރީ މި ދަރިފުޅު ހީވަނީ އަހަރެމެންގެ ރިޝްވާން ކުޑައިރުހެން ދޯ ހާދަ ވައްތަރޭ ރިޝްވާންގެ ބައްޕަ ބުނި އެއްޗަކުން އަހަރެން ހިތް ބާރަށް ތެޅިގަތެވެ.

“ސާބަސް ހުރިހާ ކުދިން ވެސް ކުޑައިރު ވައްތަރުވާނެ އޭ” ރިޝްވާންގެ މަންމަ ބުނެލިއެވެ.

ރީހަން މަރުވީ ކަން އެމީހުންނަށް އެނގުނީ މިއަދުކަމަށް ބުންޏެވެ. ކަމެއް ބޭނުން ވެއްޖެއްޔާ ބުނުމަށް ރިޝްވާންގެ ބައްޕަ ބުންޏެވެ. އެމީހުން ދިޔުމުން އަހަރެން ކައިގެން ނިޝާން ނިންދަވާލާފައި އޮފީހަށް ވަނީމެވެ. ބޭބީ މޮނީޓަރު ހިފައިގެންނެވެ.

“މިހާރު އެއޮތް ހަވީރު ވީ ރިޝްމީ އަބަދު ތިހެން އޮފީހުން ރޫމަށް ރޫމުން އޮފީހަށް ތަ؟ ހިންގާބަލަ ބޭރަށް ނިކުމެލަން” ރިފާ ބުންޏެވެ. ނިޝާން ގޮވައިގެން ހިންގާބަލަ ޕާކަށް ދާން އަހަރެންވެސް ދާނަން އަހަރެންގެ ދަރިފުޅު ގޮވައިގެން އަދި ރިޝްމީ ނުވެސް ދެކެމެއްނު މަގޭ ދަރިފުޅު ދޯ؟ ބައްޕަ ބުނި ގޮވައިގެން މި އަންނަނީ އޭ”

ރިފާ އަބަދު ބައްޕަގެ ވާހަކަ ދައްކަނީ މަންމަ ކޮބާ؟

“ރިޝްމީ އަހަރެން ވިހާފަ މަންމަ މަރުވީ އަހަރެން މަންމަ ނުވެސް ދެކެން އާލިމް އާއި މެރީކުރި ފަހުން މަންމަގެ ލޯބި ލިބުނީ އާލިމް މަންމަގެ ފަރާތުން”

ސޮރީ އަހަރެން ބުނެލިމެވެ.

“އޭ ހިންގާ މާ ސެންޓީ ނުވެ އެގުޅީ ބައްޕަ” ރިފާ ބުނެލިއެވެ.

އެބަ އަންނަށް ނިޝާން ގޮވައިގެން ރިޝްވާން ގެ ކެބިންގަ ވީ.

އަހަރެން މިދަނީ ރިފާ އާއި އެކު ޕާކަށް ނިޝާން ގޮވައިގެން އޯކޭތަ؟ އަހަރެން ގޮސް ނިޝާން އުރާލަމުން ރިޝްވާން ކައިރިން އަހާލިމެވެ.

” އަހަރެންގެ ހުއްދަވެސް ހޯދަންޖެހޭތަ؟” ރިޝްވާން ބުނެލުމުން އަހަރެން އަވަހަށް އައީމެވެ..

އަހަރެން ތިރިޔަށް ދިޔައިރު ރިފާގެ ބައްޕަ ހުއްޓެވެ. އަހަރެން ފެނުމުން ރިފާގެ ބައްޕަ ވަރަށް ބެލިއެވެ. އަހަރެންނަށް އުނދަގޫވެސް ވިއެވެ. ކުޑަކޮށް ހިތްހަމަވެސް ނުޖެހުނެވެ.

ބައްޕާ ހާދަ ވަރަކަށް ތި ބަލަނީ؟ ރިފާ ބުނެލިއެވެ.

މަންމައަށް ކިޔަނީ ސަމީނާ ތަ؟ ރިފާގެ ބައްޕަ އަހާލުމުން އަހަރެން އަޖާއިބު ވިއެވެ.

އެއްކަލަ ބައްޕަ ކޮންމެ މީހެއްވެސް ބައްޕައަށް ތި ވައްތަރުވަނީ ސަމީނާ ދައްތަ އާ؟

ރިފާގެ ބައްޕަ ހީލާފައި ދިޔައެވެ.

އަހަރެމެން ދެމީހުން ކުދިންނަށް އެކު މަޖާކޮށްފައި ވަރުބަލިވެގެން ބެންޗެއްގައި ޖައްސާލީމެވެ. މާގިނައިރެއް ނުވެ ނިޝާން ނިދިއެވެ. އެކަމް ރިފާގެ ދަރިފުޅު އަހަރެމެން ކައިރީ ކުޅެން ހުއްޓެވެ.

ރިފާ ސަމީނާ އަކީ ކާކު؟ އަހަރެން ކުރަން ބޭނުންވި ސުވާލު ކޮށްލިމެވެ.

” އެއީ ދޯ؟ މަންމަ މަރުވުމުން އަހަރެން ބެލީ އަހަރެންގެ މާމަ އާއި ކާފަ މިބުނީ ބައްޕަގެ މަންމަ އާއި ބައްޕަ… އަހަރެންގެ ބައްޕަ އަހަރެންގެ އުމުރުން އެއް އަހަރުވެސް ނުވަނީސް ދިޔައީ ނައިފަރަށް ގޮސް އެރަށުން ދިމާވަނީ ސަމީނާ ދައްތަ އާއި ދިމާވެ ދެމީހުންގެ ގުޅުން ލޯތްބަށް ބަދަލުވީ ބައްޕަ ބުނި މާމާމެން ކައިރީވެސް އެމީހުންވެސް ތިބީ އަހަރެންނަށް މަންމައެއް ލިބޭތީ އުފާވެފައި އެކަމަކު އަހަރެން ކުއްލިޔަކަށް ބަލިވެގެން ބައްޕައަށް ޖެހުނީ މާލެ އަންނަން އައިސް އަހަރެން ގޮވައިގެން އުޅުނީ ހޮސްޕިޓަލުގައި މާލެ އައިގޮތަށް ފޯނު އޮތީ ނިވިފަ އަހަރެން ހުންގަދަކަމުން ބައްޕަ އަހަރެން ކައިރިން ދުރަށްވެސް ނުދޭ އަހަރެން އޮތީ އައިސީ ޔޫގައި އަހަރެން ރަގަޅުވެގެން ދޫކުރި ދުވަހު ބައްޕަގެ ކާރު އެކްސިޑެޓްވެ ބައްޕަގެ ހާލު ވަރަށް ސީރިޔަސްވި ހޭވެސް ނެތް ދެން މާމަމެން ދިޔައީ އަހަރެންނާ ބައްޕަގޮވައިގެން ލަންކާއަށް އެތާ އަހަރެމެން 1 އަހަރުވަންދެން އުޅެފައި އައީ ބައްޕަ މުޅިން ރަގަޅުވުމުން އައިސް ބައްޕަ ފުރަތަމަވެސް ދިޔައީ ނައިފަރަށް ދިޔައިރު ސަމީނާ ދައްތަ ވީތަނެއްވެސް ނޭންގޭ ބައްޕަ ވަރަށް މަސައްކަތްކުރި ހޯދަން އެކަމަކު ނުހޯދުނު ބައްޕަ އަދިވެސް އެހެރީ ސަމިނާ ދައްތަ ލިބޭތޯ މީހާކާ ނީންދެ މިހާރުވެސް އަބަދުވެސް ދައްކާނެ ސަމީނާގެ ރީތި ވާހަކަ ރަގަޅު ވާހަކަ ހީވާގި ވާހަކަ އަސްލު އަހަރެންގެ މަންމަ އާއި ބައްޕަ މެރީ ކުރީ އާއިލާ މީހުން ބުނެގެން ލޯބިވެގެނެއްނޫން ބައްޕަ ލޯބިވަނީ ސަމީނައްތަދެކެ ހީ ސްޓިލް މިސް ހާ އަހަރެންވެސް ބޭނުން ސަމީނައްތަ އަދި އަހަރެންގެ ކޮއްކޮ ހޯދަން

ތިބުނީ ކޮން ކޮއްކޮއެއް؟ އަހަރެންނަށް އަހާލެވުނެވެ.

މި ބުނީ މީހަކު ބުނީ އަހަރެންގެ ދޮންތަ ކައިރީ ސަމީނާ ދައްތަ ބައްޕަގެ ދަރިޔަކަށް ބަލިވެ އިނދެގެން އެރަށު މީހުން ވަރަށް އެއްޗިހި ކީ ވާހަކަ އެހެން ވީމާ އެނގުނީ ބައްޕަގެ އިތުރު ދަރިއެއް ހުންނަކަން. އެކަން އެނގުމުން ބައްޕަ ވަކިން ދެރަވެގެން ވަރަށް ރުއި ކަމަށް މާމަ ބުނި

ރިފާގެ ވާހަކަ އަޑު އަހަމުން ދިޔަވަރަކަށް ހުރިހާކަމެއް ދިޔައީ އޮޅުން ފިލަމުންނެވެ. ދެން ތި ބުނާ ދޮންތަ ކީއްވެ ޔޯ އެ މީހާ ކައިރިން ސަމީނާގެ އިތުރު ހަގީގަތް ނުހޯދީ؟

ދޮންތަ އަކީ ކާކު ކަން އިންގޭތަ؟ ރިފާ އަހާލިއެވެ.

އަހަރެން ބޯ ހޫރާލީމެވެ. އެއީ ރިޝްވާންގެ މަންމަ އަހަރެންގެ މަންމަގެ ކޮއްކޮ.

ދޮންތަ ބުނީ އާއިލާ އަގު ވެއްޓޭނީ އޭ ކީއްކުރަން ހޯ އެ ކުއްޖާ ހޯދަނީ ދޮންތަ ވަރަށް ރުޅި އަންނާނެ ބަޓް އަހަރެން އަދި ބައްޕަވެސް ބޭނުން ކޮންމެވެސް ދުވަހަކުން ސަމީނާދައްތަ އާއި ބައްދަލުކުރަން އެންމެ ފަހަރަކުވެސް އަހަރެންނަށް މަންމައެއްގެ ލޯބި ދޭން އެންމެ ފަހުން ރިފާއަށް ރޮވުނެވެ. އަހަރެން ރިފާގެ ބުރަކަށީގައި ފިރުމާލީމެވެ

ތަގްދީރުގެ ނިޔާ ނިކަން ދެކިބަލާށެވެ. ރިފާ މިވީ އަހަރެންގެ ދައްތައަށް އެކަމަކުވެސް އަހަރެންނަށް ނެތް އެވާހަކަ ބުނެވޭކަށްވެސް އަހަރެންގެ މަންމަ ހީކުރީ ބައްޕަ މަންމައަށް ލަނޑުދީފާ ފިލީ ކަމަށް އެކަމަކު ބައްޕަ އަދިވެސް މަންމަގެ ހަނދާނުގައި މަންމަގެ އިންތިޒާރުގައި

އިރު އޮއްސެން ކާރިވުމުން ކާރެއް ނަގައިގެން އަހަރެމެން ގެއައް ދިޔައީމެވެ. އަހަރެން ގޮސް ލިފްޓަށް އަރާ އެކަނި ވުމުން އެހާ ގިނައިރު ހިފަހައްޓާއިގެން ހުރި ކަރުން ތައް އޭގެ މަގާމުން ފައިބަންފެށިއެވެ. ލިފްޓު ހުޅުވު މުން އަހަރެން އަވަހަށް ބެލީ އެޕާރޓްމެންޓާށް ވަދެވޭތޯއެވެ.

އެތެރެޔަށްވަދެ ނިޝާން އެނަދުގައި ބޭއްވުނުކަން ނޭންގި މީހަކު ދޮރުގައި ޓަކި ދިނެވެ އަހަރެން ހުޅުވާލީމެވެ ކުރިމަތީގައި ހުރީ ރިޝްވާންއެވެ. ރިޝްވާން ފެނުމުން އަހަރެންގެ ބަޑިފަޅައިގެން ދިޔައެވެ.

ކިހިނެތް ވީތަ ރިޝް؟ މީހަކު އެއްޗެކޭ ބުނީތަ؟

އަހަރެން ބޯ ހޫރާލީމެވެ. ރިޝްވާން އަހަރެންގެ ކަރުނަ ފޮހެދިނެވެ. އަހަރެންނަށް ރިޝްވާންގެ ގައިގަ ރޮމުން ބައްދާލެވުނެވެ. ރިޝްވާން އަހަރެން ގެ ބުރަކަށިގައި ފިރުމަމުން ދިޔައެވެ.

“ރިޝް ތިހާ ވަރަށް ނުރޮއެބަލަ ވީގޮތެއް ބުނެބަލަ ޝެއަރ ކުރެވެންޏާ ކޮށްބަލަ އޭރުން ހިތަށްވެސް  ކޮޑަކޮށް ލުއިވާނެ” އަހަރެން ރިޝްވާން އާއި ދުރުވެލާފައި ގޮސް ސޯފާގއި އިށީނީމެވެ.

އަދި ރިޝްވާން އަށް ހުރިހާ ވަހަކައެއް ކިޔާދިނީމެވެ. އެކަމަކު ރިޝްވާންގެ މަންމަގެ ވާހަކަ ނުބުނަމެވެ.

އަހަރެން އެވާހަކަ ކިޔާ ދިނުމުން ރިޝްވާން ގެ ލޮލުން ކަރުނަ އަންނަން ފެށިއެވެ. އަދި އަހަރެންގެ ގައިގަ ބައްދާލިއެވެ. “ރިޝް ކީއްވެ ތިހާ ރަނގަޅީ؟ ކީއްވެ އަހަރެންދެކެ އެހާ ލޯބި ވަނީ؟ އަހަރެންގެ އާއިލާ އެހާ މުހިންމު ވީ ކީއްވެ؟”

ވާން ކީކޭ ތި ކިޔަނީ؟ ދުރުވެލާފައި އަހަރެން އަހާލީމެވެ.

“ރިޝް މިހާރު އަހަރެންނަށް އިނގިއްޖެ ރިޝްއަށް އަހަރެންނާ ވަކިވާން މަޖްބޫރު ވީ ކީއްވެކަން”

ކީކޭ ؟ އަހަރެންނަށް ހާސްވެފައި އަހާލެވުނެވެ.

“މި ބުނީ އަހަރެންގެ މަންމަ އޭ ރިޝް އަށް އަހަރެންނާ ދުރަށްދާން މަޖްބޫރުކުރީ މަންމަ އަބަދުވެސް ވަރަށް ރުޅިއަންނާނެ ތުއްތަބޭގެ(ރިފާގެ ބައްޕަ) ލޯބިވެރިޔާ އާއި ދަރިފުޅު ދެކެ އެކަން އަހަރެންނަށް އިނގޭ އެކަމަކު އެއީ ރިޝްކަން މިއަދު މިއެނގުނީ ސޯ އަހަރެންގެ ކައިވެނި ރިޝް އާއި ކުރަން ކިހިނެތް މަންމަ ރުހޭނީ”

ރިޝްވާންގެ ވާހަކަ އަހާފައި އަހަރެން އިސްޖަހާލީމެވެ.

“އައި އެމް ސޯ ޕްރައުޑް އޮފް ޔޫ ރިޝް ތި ކަހަލަ ރަގަޅު ޅީ ދަރިއެއް ދެން ނުހުންނާނެކަން މަންމައަށް ނުވިސްނެނީ ކީއްވެބާ؟” ރިޝްވާން ބުނެލިއެވެ.

“ރިފާ އަކީ ރިޝްގެ ދައްތަ ދޯ އެހެން ވީމާ؟ ” އަހަރެން ބޯޖަހާލީމެވެ.

“އަޅޭ އޭނަ މިހާރުވެސް ރިޝް ދެކެ އެހާ ލޯބިވޭ ތި ވާހަކަ އެނގުނީމާ ތުއްތަބޭވެސް ވަރަށް އުފާވަނެ ހިންގާބަލަ ކޮންމެވެސް އެއްބަޔަކަށް އަންގަން ތުއްތަބޭ އެހެން ނޫނީ ރިޝްގެ މަންމައަށް ” ރިޝްވާން ބުނެލިއެވެ.

ނޫން! ވާން އަހަރެން މަންމަ ކިހާ ދެރަވާނެ މަންމަ އެހާ ނަފްރަތު ކުރާ މީހާގެ އެއްވެސް ކުށެއް ނެތްކަން މަންމަގެ އިންތިޒާރުގައި އަދިވެސް ހުރިކަން އެނގުމުން ކިހާ ހިތުގަ ޖެހޭނެ އަހަރެން ބުނެލީމެވެ.

ވާން މަންމައަށް ނާންގާތި ވާން އަށް ހަގީގަތް އެނެގުނުކަން އަހަރެން ބުނެލީމެވެ.

“އަހަރެންނަކަށް އާއެކޭ ނުބުނެވޭނެ އެކަމަކު މަސައްކަތް ކުރާނަން ރިޝްއަށްޓާކާ ރިޝްވާން ބުނެލިއެވެ.”

އަހަރެން ބައްޕައަށް ގުޅާ ހުރިހާ ވާހައެއް ބައްޕައަށް ކިޔާދިނީމެވެ. ބައްޕަ އަހަރެން ކައިރީ ބުނީ އަހަރެންގެ އަސްލު ބައްޕައަށް އަހަރެންގެ ހަގީގަތް އެންގުމަށެވެ. އެއީ އޭނާގެ ހައްގެއްކަމަށެވެ. ފޯނު ބާއްވާލާފައި އަހަރެންނަށް ވިސްނާލެވުނެވެ. ވާން އަށް ވެސް ނިޝާންގެ ހަގީގަތް އެނގުމަކީ އޭނާގެ ވެސް ހައްގެއް ހެއްޔެވެ؟

-ނުނިމޭ-

ނެކްސްޓް ޕާރޓް އަންގާރަ ދުވަހު ސަބްމިޓްކުރެވޭތޯ ބަލާނަން

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nadhoo
Follow Me Written By

Nadhoo

Level 1

varah kuda iruh suren varah kiyaahithun vaahaka kiyan vaahaka liyaa hihves vaathy try kohlani mi

Other Articles

Previous

ދިރުމެއްނެތް ދިރިއުޅުން 36

Next

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 33

Next
October 2, 2023

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 33

Previews
October 2, 2023

ދިރުމެއްނެތް ދިރިއުޅުން 36

10 Comments!

  1. love imko 💕💕 says:
    October 2, 2023 at 7:05 am

    I love this story
    Nadhoo ge vaahaka libuneema varha ufaaveje
    Mi part vex varha reethi
    Next part kiyaalan libeeney kama unmeedhu kuran

  2. Ifoo says:
    October 2, 2023 at 9:48 am

    Aww.. Vv reethi mi part vs Maasha Allah ❤️.. Unmeedhu kuran next part vs avahah kiyaalan libeyne kamah 😊

  3. Nadhoo says:
    October 2, 2023 at 10:34 am

    thank you ifoo and imko…emme kurin comment kuraathi v happy vey.
    maadhan submit kohlaanan

  4. Ifoo says:
    October 3, 2023 at 9:29 am

    When next part kiyaalan libeynee😩

  5. Nadhoo says:
    October 3, 2023 at 10:30 am

    miadhu submit kohlaanan 12 ge kurin

  6. love imko 💕💕 says:
    October 3, 2023 at 12:13 pm

    Nadhoo thankolheh avaha genes dheeba next part kiyaalan

  7. Anonymous says:
    October 3, 2023 at 7:23 pm

    kobaa aneh part??

    1. love imko 💕💕 says:
      October 3, 2023 at 8:24 pm

      Yea when Is next part kiyaalan libeeney khonirakun

  8. Nadhoo says:
    October 4, 2023 at 1:04 am

    Submitted today ❤️

    1. love imko 💕💕 says:
      October 4, 2023 at 4:57 pm

      When Is next part kiyaalan libeeney khondhuvahakun
      We can’t waiting for this part

Comments are closed.

Next Episodeފެށި ލޯބި އޮޔާ ދިޔުމުން 7←


All Right Reserved!