ފެށި ލޯބި އޮޔާ ދިޔުމުން 5
“ރިޝްމީ އަހަރެންވެސް ތިހެން ވިސްނަނީ މީ އަޅަންވީ ފިޔަވަޅަކީ ކޮބާކަން ނޭގޭތީ މި ހުރީ”
ތިބުނީ؟ އަހަރެންނަށް އަހާލެވުނެވެ.
މިބުނީ އަހަރެން ޖެހޭނެ ރިޝްމީ ވަރިކުރަން އެކަމަކު އޭގެ ފަހުން އަހަރެންނާ މެރީ ކުރާނަންތަ؟ އަހަރެން ތި ދެމައިން އަހަރެންގެ މުޅި އުމުރަށްވެސް ބަލާނަން
އަހަރެން ބޭނުން ޓައިމްކޮޅެއް ވިސްނާލަން އަހަރެން ބުނީމެވެ.
ރިޝްމީ އަހަރެން އެބަ ޖެހޭ އޮފީސް ދަތުރެއްގައި މާލެދާން 2 މަސް ދުވަހަށް 3 ދުވަސް ފަހުން ޖެހޭނެ ފުރަން އޯކޭތަ ؟ އަހަރެން ބޯޖަހާލީމެވެ.
ރީހާން ފުރަން ދާން ތައްޔާރުވިއެވެ.
” ރީހާން އަހަރެން އަދިވެސް ލޯބިވަނީ ރިޝްވާންދެކެ އަހަރެންގެ ހިތުގެ ކޮންމެ ވިންދެއްގައި ވަނީ ރިޝްވާންގެ ނަން އެކަމަކު ވެސް ރީހާން އާއި މެރީކުރަން ތައްޔާރު އަހަރެން ބަލާނަން ރަގަޅު އަންބަކަށް ވެވޭތޯ”
އަސްލުވެސްތަ އަހަރެން ވަރަށް އުފާވެއްޖެ. ރީހާން އުފަލުން ބުނެލިއެވެ.
ރިޝްމީ އަހަރެން ދިޔުމުގެ ކުރިން އެއްޗަކަށް އެދެފީއްޔާ ދޭނަންތަ؟ ރިހާން އަހާލިއެވެ.
ބުނީމަ ދޯ އެނގޭނީ ވެސް ދެވޭ ވަރު އެއްޗެއްނަމަ ދޭނަން އަހަރެން ބުނިމެވެ.
އައި ޖަސްޓް ވޯންޓް އަ ހަގް ކޭން އައި ؟
އަހަރެން ރީހާން އާއި ކައިރިޔަށް ޖެހިލީމެވެ ރީހާން ވަރަށް ލޯބިން ބައްދާލިއެވެ. އެކައިރިވުމުން އަހަރެން ނަށް އުދަގޫ ވެގެން ދިޔަ ނަމަވެސް ކެތްކޮށްލީމެވެ.
ރީހާން ފުރައިގެން ދިޔަތާ ހަފްތާއެއްފަހުން އަހަރެންނަށް ލިބުނު ހަބަރަކީ އަހަރެން ދުވަހަކުވެސް އަހަންބޭނުންވީ ވާހަކައެއް ނޫން އެކަމަކުވެސް ތަގުދީރު ބަދަލުކުރެވޭނީ ކާކަށް ހެއްޔެވެ. ދިމާވި ނުރައްކާތެރި އެކްސިޑެންޓެއްގައި ރީހާން ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ވާހަކައެވެ. ރީހާންގެ ފުރާނަނެތް މަސްގަނޑުފެނުމުން އަހަރެންނަށް ރޮވުނެވެ. އަހަރެންދެކެ އެހާ ލޯބިވާ މީހަކު ދެން ނުހުންނާނެކަން އެނގެތީ އަހަރެންނަށް ރޮވުނެވެ.
ރީހާން ވަޅުލުމަށް ފަހުވެސް ގޭގައި އާއިލާގެ މީހުން ތިއްބެވެ. މަންމާ އެއްޗެއް ކާންވީއެއްނު އަހަރެން ޖޫސްތައްޓެއް ދިއްކޮށްލާފައި ވާހަކަ ދެއްކީ ރީހާންގެ މަންމަ އާއެވެ. އަހަރެން އަތުގައި ހުރި ތަށި މަންމަ އަތުން ޖަހާ ވައްޓާލިއެވެ.
” މި ހުރިހާ ކަމަކީވެސް ކަލޭގެ ސުންޕާކަމުން ވީ ކަންތައްތައް އަހަރެމެންގެ ދަރިފުޅު ތި ކާލީ އެ ދަރިފުޅާޓަކާ އަހަރެމެން ކަލޭ ގަބޫލުކުރިން ހެޔޮހިތުން އެކަމަކު ކަލޭ އަހަރެމެން ބިކަ ކޮށްލީ ހަމަ މިހާރު މިގެއިން ނިކުމެގެން ދޭ ތީ މިހާރު އަހަރެންމެންނާ އެއްވެސް ގުޅުމެއްހުރި މީހެއް ނޫން ރީހާންގެ މަންމަ ހަޅޭލަވައިގަތެވެ” އަހަރެންނަށް ބާރަށް ރޮވުނެވެ…
މަންމާ ތިހެން ނުބުނޭ އަހަރެން ކީއްކުރީ؟ އަހަރެންވެސް ދެރަވޭ ރީހާން ދިޔައީމާ އެއީ އަހަރެންދެކެ ވަރަށް ލޯބިވާ މީހެއް.
” ބޭކާރު ވާހަކަ ނުދައްކާ ނިކުމޭ މިގެއިން ކަލޭގެ ދަރިވެސް ގޮވައިގެން ދޭ ”
އަހަރެން ގޮވައިގެން އަހަރެންގެ މަންމަ އާއި ބައްޕަ އެގެއިން ނިކުތެވެ… އަހަރެންގެ ހެދުންތަކާ އެހެން އެއްޗިހި ހިފައިގެން އައީ އަހަރެންގެ މަންމައެވެ..
މަންމާ އަހަރެން މީ ކިހާ ނަސީބު ދެރަ މީހެއް އަހަރެންގެ ހަޔާތުގައި އެއްވެސް އުފަލެއްނުވަނީ ކީއްވެ؟
ރިޝްވާން އާއިވެސް ވަކިވާން ޖެހުނީ އެންމެ ފަހުން ރީހާންވެސް އަހަރެން ދޫކޮށްލާފައި ދިޔައީ އަހަރެން ބޭނުމީ މިތަނުން ދާން މަންމާ އަހަރެން ގޮވައިގެން މި ނޫން އެހެން ތަނަކަށް ހިންގާބަލަ ކުޑަ ދުވަސްކޮޅަކަށްވިޔަސް އޯކޭ އަހަރެން މޮޔަވެދާނެ މިގޭގައި ރިޝްވާންގެ ހަނދާންތައް މުޅި ރަށުގައި ރީހާންގެ ހަނދާންތައް.
” އާން ދަރިފުޅާ ހިންގާދާން ބައްޕަގެ ރައްޓެއްސެއް ގެ އެބަހުރި ހުޅުމާލޭގައި އެޕާރޓްމެންޓެއް ދުވަސްކޮޅާކު އުޅެފައި އަންނާނީ ދޯ؟ ”
އަހަރެން ދަރިފުޅު އުރާލައިގެން ގޮސް ކޮޓަރިއަށް ވަނީމެވެ. އެތަނަށް ވަދެވުމާއެކު ރިޝްވާންގެ މަތިން އޭނަޔާ އެކު ހޭދަކުރި އުފާވެރި ވަގުތު ހަނދާންވެ ރޮވުނެވެ ރިޝްވާންގެ ފޮޓޯތަކާ އަހަރެން އަދި ބޭބީގެ ހެނދުންތައް ޕެކްކޮށްލާ ނިދޭތޯ ބެލީމެވެ.
އުމުރު ދުވަހު އުޅުނު އަހަރެންގެ ރަށް ކަމުގައިވާ ހދ ހަނިމާދޫ ނޫން އެހެން ތަނަކަށް ދާން އަލަށް ފުރީމެވެ.
އަހަރެމެން ފްލައިޓް ގޮސް އެއާރޕޯރޓްގައި ޖެއްސީމަ ކާރަކަށް އަރައިގެން ސިނަމާލެ ބްރިޖްމަތިން ހުޅުމާލެ ދިޔައިމެވެ. އަހަރެންނަށް ކުޑައިރުކޮޅަކަށް ނަމަވެސް ހުރިހާ ހިތާމަތަކެއް ހަނދާންނެތި އެ ހިތްގައިމު މަންޒަރު ބަލާލެވުނެވެ. އަހަރެމެން ގޮސް ތިބީ ކުޑަ ކުޑަ އެޕާރޓްމެންޓެއްގައެވެ. މަންމަ އާއި ބައްޕަ ފިހާރައަކަށް ދިޔުމުން އަހަރެން ދަރިފުޅަށް ފީޑްކުރުމަށްފަހު ނިންދަވާލީމެވެ. ކުރީގެ ސިމް ނަގާ ފޯނަށް ލެއްވީމެވެ. އަހަރެން ދޭތެރެޔަކުން އެ ސިމް ލައްވާ ލާރިވެސް އަޅަމުން ދިޔައީ ކެންސަލްކޮށްފާނެތީއެވެ.
ފުރަތަމަ ވެސް ފޭސްބުކަށް ވަދެ ބަލާލެވުނީ ރިޝްވާންގެ ޕްރޮފައިލެވެ. އެންމެފަހުން ވެސް ސްޓޯރީއަށް ލާފައިވަނީ ތިޔަ ލޯބިވާގެ ލޯތްބައް އެދިގެން މިހިތް ރޮނީ އެލަވައެވެ.
ރިޝްވާންގެ ފޮޓޯތައް އަހަރެންގެ ފޯނުގައި ރައްކާކުރަމެވެ.
ދެތިން ދުވަސްފަހުން އަހަރެން ބޭރަށް ނިކުތީ ބައްޕަ ވަރަށް ކިޔައިގެން ގެ ކައިރީ ހުރި ފިހާރަކަށް ދަރިފުޅަށް ހެނދުން ކޮޅެއް ގަންނަން ދާށެވެ…
އަހަރެން ފިހާރައިން ނިކުމެ ބައްޕަ ސައިކަލުޕާކްކޮށްފަ ހުރިތަނުން ސައިކަލް ބަލާދިޔުމުން އެތާ ހުއްޓާ އައިސް މަޑު ކުރި ކާރުން ފޭބި މީހަކު ފެނިފައި އަހަރެންގެ ހިތްނުހުއްޓުނީ ކިރިޔާއެވެ. އާއެކެވެ ތި ހީކުރީ ހަމަ ރަގަޅަށެވެ.
“ރިޝްވާން” އަހަރެންނަށް ބުނެވުނެވެ. ރިޝްވާން އައިސް އަހަރެންގެ ކުރިމަތީގައި ހުއްޓުނެވެ. ކުރިޔަށް ވުރެ ހިކި އަނަރޫފަވެފައި ހުއްޓަސް އަދިވެސް ހަމަ އެހާ ރީއްޗެވެ ފަން ދިގު އަހަރެންގެ ހިތްކަތިލީ އިސްތަށިގަނޑު އަދިވެސް އެހާ ހިތްގައިމެވެ.
ރިޝްމީ ހޫޅުމާލޭގަ ތަ އުޅެނީ؟ އަހަރެން ބޯ ހުރާލީމެވެ.
އަހަރެންގެ ދިރުއުޅުން ހަލާކު ކޮށްލާފަ ވަރަށް އުފަލުން ދޯ ތި އުޅެނީ އަހަރެންގެ ލޯބިވެރިޔާ އާއި އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އަހަރެންނަށް ދޯކާ ދިނީ؟
ރީހާން އާއި ދިމާލަށް އެއްޗިހި ނުކިޔާ ކިޔާ އެއްޗެއް މަށާ ދިމާލަށް ކިޔާ އަހަރެންނަށް ރޮވުނެވެ.
ކިޔާނަން. ކީއްވެ ނުކިޔަން ވީ؟ އަހަރެންގެ ދިރިއުޅުން ހަލާކުކޮށްލާފަ ވަރަށް އުފަލުގަ އެބަ އުޅެއްނު ރިޝްވާން ބުނެލިއެވެ.
ނޫން….ނޫން…. އަހަރެން ބަލާފަ ހީވޭތަ އުފަލުގަ ހެން މިއުޅެނީ އުފަން ރަށް ދޫކޮށްލާފަ އުޅޭނެ ގޮތެއް ނޭންގިގެން މިއުޅޭނީ އަމިއްލައަށް މަރުވާން ވެސް ހިތަށް އަރާ އަހަރެންނަށް ބާރަށް ރޮވުނެވެ.
ރިޝްމީ ތި ކަހަލަ ވާހަކަ ނުދައްކާ….
ދަރިފުޅާ ކީހިނެތްވީ ތި ރޮނީ؟ ދަރިފުޅު ހަމަޔަކަށް އެޅޭތޯ ބޭރަށް މި ގެނައީވެސް ބައްޕަ އަހަރެންގެ ބޮލުގައި ފިރުމާލިއެވެ.
ރިޝްވާން އަހަރެންގެ ދަރިފުޅަށް އިތުރަށް ހިތްދަތިކަން ނުދީ އޭނާ މޮޔަވެދާނެ އާދޭސްކޮށްފައި ބުނަން.
ނޫން ބައްޕާ ރިޝްވާންގެ ނަފްރަތުން ވެސް ހިތްހަމަޖެހުން ލިބޭ. އަހަރެން ބުނެލީމެވެ.
ބައްޕަ އަހަރެން ގޮވައިގެން ގޮސް ސައިކަލަށް އަރައިގެން އަހަރެމެން ނައްޓާލިއިރުވެސް ރިޝްވާން އަހަރެންނާ ދިމާލަށް ބަލަން ހުއްޓެވެ.
އަހަރެން ބައްޕަމެން ކައިރީ ބުނެގެން މާލޭގައި މަޑުކުރަން ނިންމީމެވެ. ކޮންމެސް ކަހަލަ ވަޒީފާއެއް ހޯދުމަށް އަހަރެން މަސައްކަތް ކުރީމެވެ. ދެތިން އޮފީހަކަށް އެޑްމިން ޖޮބްއަކަށް އެޕްލައި ކުރީމެވެ.
އާރް އާރް ކިޔާ އަލަށް ހުޅުވި ކޮންމެވެސް ރިސޯރޓެއްގެ މާލެ އޮފީހުން އިންޓަވިއު އަށް ގުޅިއެވެ.
އަހަރެން ހުދު ކުލައިގެ ގަމީހަކާއި ކަޅު ބެލް އެއްލައިގެން ބޫޓަކަށް އަރާ ރެޑީވެގެން ބައްޕަ އާއެކު މާލެ ދިޔައީމެވެ.
އަހަރެން ގެ ނަން ގޮވާލުމުން އިންޓަވިއުއަށް ވަނީމެވެ އެތާ ހުރި ރިޝްވާން ފެނުމުން އަހަރެންނަށް ވަޒީފާ ނުލިބޭނެކަން ޔަގީން ކޮށްލީމެވެ.
ނަމަވެސް އަހަރެން ހަމަޖެހިގެން އިންޓަވިއު ދިނީމެވެ އަދި އަހަރެންގެ ކުޑަ ކުޑަ ބޭބީ އެއް އޮންނަކަމަށާއި ބޭބީ ގޮވައިގެން ކަން އޮފީހަށް އަންނަން ޖެހެނި ބުނެލާފައި ނިކުމެގެން ދިޔައީމެވެ.
އަހަރެން ހީކުރި ގޮތާ ހިލާފަށް އަހަރެންނަށް ވަޒީފާލިބުނެވެ. އަދި ވަޒީފާގެ އިތުރުން އޮފީސް ހުރި ތަނުގައި ހުރި އެޕާރޓްމެންޓްވެސް އަހަރެންނަށް ލިބުނެވެ. އޮފީހުގައި ހުންނަނީ ތިން ކެބިންއެވެ އަހަރެންގެ ކެބިން ކުރިމަތީގައި ރިޝްވާން ގެ ކެބިން ދެން އެކައުންޓެންޓްގެ ކެބިން ރިޝްވާން އެހާ ގިނައިން އޮފީހުގައި ނޫޅޭނެކަމަށް ބުނުމުން އަހަރެން ހިތްހަމަޖެހުނެވެ ރިޝްވާންގެ ކުރިމަތީގައި ހުރުމަކީ އަހަރެންނަށް އެހާ ފަސޭހަކަމެއް ނޫނެވެ.
މަންމަމެން ރަށަށް ދިޔުމުން އަހަރެން އޮފީސް އެޕާރޓްމެންޓަށް ބަދަލުވީމެވެ.
ތަން ބަދަލުވުމުން ނިދަން އުނދަގޫ ވެގެން ނިޝާން ރޯވަރުން އަހަރެން ކޮޅަށް ތެދުވެ ހިންގަން ފެށީމެވެ. މީހަކު ދޮރު ޓަކި ދިނުމުން އަހަރެން ނިޝާން އުރާލައިގެން ގޮސް ދޮރު ހުޅުވީމެވެ.
ހާދަ ވަރަކަށް ދަރިފުޅު ރޮނީ ކުރިމަތީގައި އިން ރިޝްވާން އަހާލިއެވެ.
އެއީ ތަން ބަދަލުވީމާ ފަހުން އޯކޭވާނެ. އަހަރެން މަޑުމަޑުން ބުނެލީމެވެ. އަހަރެން އުރާލަން ދީފާނަންތަ؟ ރިޝްވާން އަހާލުމުން އަހަރެންގެ ލޯ ވަގުތުން ފެންކަޅިވިއެވެ.
” ސޮރީ ރިޝްމީ ބޭނުން ނޫނިއްޔާ އެންމެ ރަގަޅު ”
ނޫން އަހަރެން ރިޝްވާން އަށް ބޭބީ ދިއްކޮށްލީމެވެ. ރިޝްވާން އުރާލުމާއެކު ބޭބީ ހުއްޓާލިއެވެ. ބޭބީ އަށް ވެސް ބައްޕަ ވަކިކުރަން އެނގުނީ ކަންނޭންގޭ ރިޝްވާން ދަރިފުޅު އުރާލައިގެން ހުރި ތަން ބަލަން އަހަރެންނަށް ހުރެވުނީ ރޮވިފައެވެ.
ރިޝްވާން އުރާލުމުން އިރުކޮޅަކުން ބޭބީ ނިދާލިއެވެ ބާރަކަށް ރިޝްވާންގެ ޓައިގަ ހިފައިގެން އޮތްގޮތުން ހީވަނީ ބައްޕި ގޮސްދާނެތީ ހިފައިގެން އޮތްހެންނެވެ.
ކުޑަ އިރުކޮޅަކުން މަޑުމަޑުން ބޭބީ އެނދުގައި ބާއްވާފައި ރިޝްވާން ބޭބީއަށް ބަލަން ހުއްޓެވެ.
ރިޝްމީ ދަރިފުޅު ވައްތަރީ ކާކާތަ؟ ރިޝްވާން އަހާލިއެވެ.
ދަރިފުޅުގެ ބައްޕަ އާއި އަހަރެން ބުނީމެވެ.
ރީހާން ވައްތަރެއް ނުޖަހާ ހެން މަށަށް ހީވަނީ ކޮން ނަމެއްތަ ކިޔަނީ؟
“ނިޝާން” އަހަރެން ބުނެލީމެވެ.
ބޭބީ ވަރަށް ލޯބި އަހަރެން ކުޑަކޮށް އުރާލަން ދޭތެރެޔަކުން އަޔަސް ހެޔޮތަ؟
“ވީކޭން ބީ ފްރެންޑްސް ދޯ؟” ރިޝްވާން އަހާލިއެވެ.
އަހަރެން ބޯ ޖަހާލީމެވެ.
އަހަރެން މިތާ އުޅޭކަން ރިޝްވާންގެ މަންމަމެންނަށް އިނގޭތަ؟ އަހަރެން އަހާލީމެވެ.
އާން އިނގޭ މަންމަ ވަރަށް ރުޅިން ހުރީވެސް އެކަމް ބައްޕަ ވަރަށް ހެޕީ.
އަހަރެން ވަޒީފައިގަ އުޅޭތަން 6 މަސް ވީ އިރު ވެސް އަހަރެންގެ ލައިފް އާއި ބެހޭ ގޮތުން ރިޝްވާން އެއްވެސް ސުވާލެއް ނުކުރެއެވެ ނަމަވެސް ނިޝާން ގޮވައިގެން ދުއްވާލަން ގޮސް އޭނަޔާ އެކު ކުޅުމަކީ މިހާރު އާދައެކެވެ. ނިޝާންވެސް ހުންނަނީ ރިޝްވާން އާއި ހެދި މޮޔަވެފައެވެ.
ރިޝްވާން އާއި އެކު ނިޝާން ސޯފާގައި ކުޅޭތަން ބަލަން އަހަރެން ހެވިފައި ހުރީމެވެ. “ބައްޕީ” ކުއްލިޔަކަށް ނިޝާން ބުނި އެއްޗަކުން އަހަރެންގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ. ރިޝްވާންވެސް އުފަލުން ނިޝާންގެ ގައިގަ ބައްދާލިއެވެ. އެތަން ފެނި އަހަރެންނަށް ރޮވުނެވެ.
ސާބަސް ރިޝްމީ މީ ރޯންވީ ވަތުތެއް ނޫނޭ ރީހާން އަށް ގުޅާބަލަ އަހަރެންނަށް އިތުރަށް ރޮވުނެވެ.
ރިޝްވާން އެހެން ބުނި ވަގުތު އެކައުންޓެންޓް ރިފާ އައިސް ވަނެވެ..
ރިޝްވާން އަކަށް ނޭންގޭތަ ؟ ރިފާ އަހާލިއެވެ.
ކޯއްޗެއްތަ؟ ހައިރާންވެފައި ރިޝްވާން އަހާލިއެވެ.
ރިޝްމީގެ ފިރިމީހާވަނީ މީގެ 6 މަސް ވަރަކަށް ކުރިން ނިޔާވެފަ އޭ ފިރިމީހާ ނިޔާވުމުން އެގޭ މީހުން ރިޝްމީ ދަރިފުޅާއެކު ނެރެލީ ރިޝްމީގެ ސުންޕާކަމުން ވީކަމެކޭ ކިޔާފައި އެހެން ވެ އެ ފަކީރު އައިސް މާލޭގައި އުޅެން ފެށީވެސް.
ރިފާ އައިސް އަހަރެންގެ ބުރަކަށީގައި ފިރުމާލިއެވެ.
ރިޝްމީ ކީއްވެ ނުބުނީ؟ އަޅެ އަހަރެން އެ ހުރިހާ އެއްޗިހި ކީ އިރުވެސް ނޭންގެޔޭ ރީހާން މި ދުނިޔޭގަ ނެތް ކަމެއް އަހަރެން އިސްޖަހާލައިގެން ރޯން ހުރީމެވެ.
އަނެއްކާވެސް ރިފާ ފެށިއެވެ. ” ރިޝްވާން އަށް ރީހާން އިގޭ ދޯ؟ ރީހާން ކުޑައިރުއްސުރެން ވެސް ރީޝްމީ ދެކެ ލޯބިވޭ އެކަމަކު ރިޝްމީ ކުއްޖަކާ ގުޅުމުން ރީހާން އެކަންވެސް ގަބޫލު ކުރީ އެކަމަކު ރިޝްމީ އަށް ޖެހުނީ އެ ކުއްޖާ އާއި ވަކިވާން އެކަމަކު ރިޝްމީއަށް މަޖްބޫރުވީ ކައިވެނި ކުރަން އެހެންވެ ރީހާން އެހީވީ.
ރިފާ ދެން ހުއްޓާލާ އަހަރެން ހަޅޭލަވައި ގަތީ ރިޝްވާން އަށް ހަގީގަތް އެގެން ބޭނުން ނުވާތީއެވެ.
ރިފާ ކިޔާ ދީބަލަ ކީއްވެ ކައިވެނި ކުރަން މަޖްބޫރުވީ؟ ކީއްވެ ލޯބިވެރިޔާ އާއި ރިޝްމީ ދުރަށް ދިޔައީ؟
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.

When is next part
Nadhoo thankolheh dhigukoh genas dhineeba
Nadhoo ge vaahaka libuneema varha ufaaveje
Aww.. Vv reethi Mi part vs Maasha allah❤️.. When next part??
Vrh reethi story 🩵🩵💕
When next part?
Friday submit kuraani
When Is next part kiyaalan libeeney khondhuvahakun
When Is next part kiyaalan libeeney khondhuvahakun
Mi part vex varha reethi
Adhives vaahaka up eh nukure………….esfiya team in 🙄🙄
When is next part kiyaalan libeeney khondhuvahakun
vaahaka yah thi kuraa inthizaarah ah hama shukuriyya.
submit kohlaafa inaani
Khonirakun kiyaalan libeeney