Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފެށި ލޯބި އޮޔާ ދިޔުމުން 7

Nadhoo
Nadhoo Level 1
October 4, 2023 4 Mins Read
5 Comments

އަހަރެން އެހެން ހުއްޓާ ރިފާ އަހަރެންނަށް ގުޅާފައި ހުކުރު ދުވަހު މެންދުރު ކާން އެގެޔަށް ދިޔުމަށް ދައުވަތު ދިނެވެ.

ހެނދުނު ތެދުވެ ހެދުންތައް ދޮވެ ގޭތެރެ ސައުފުކޮށް ނިންމާލާފައި އަހަރެން ރެޑީވެގެން ރިޝްވާން އާއި އެކު އެގެޔަށް ދިޔައީމެވެ. އެގެޔަށް ވަނުމުން ފުރަތަމްވެސް ލޮލުގަ އަޅައިގަތީ ސިޓިންރޫމްގައި ހުރި މަންމަގެ ފޮޓޯފްރޭމެވެ. އެ ފޮޓޯފެނިފައި އަހަރެންނަށް ގަސްތަކާ ނުލާ ކައިރިޔަށް ދެވުނެވެ. މާމަ އާއި ކާފަ އެންމެންވެސް އަހަރެންނަށް މަރުހަބާ ކީ ވަރަށް ލޯބިންނެވެ.

ކައި ނިމިގެން ގޮސް ސިޓިން ރޫމުގައި އެންމެން ޖައްސާލިއެވެ. ރިޝްވާން ދިޔައީ ނިޝާން ގޮވައިގެން ކާރު ދުއްވާލާށެވެ.

އަހަރެން ބޭނުން ވަރަށް ބޮޑުވާހަކައެއް ބުނަން އަހަރެން ބުނެލީމެވެ.

ކޮންވާހަކައެއްތަ؟ ރިފާ އަހާލިއެވެ.

އަހަރެން ގެ މަންމަ އަކީ ނައިފަރު އިރަމާގޭ ސަމީނާ އަހަރެން ވަރަށް ހިތްވަރުކޮށްފައި ބުނީމެވެ.

ކީކޭ ރިފާގެ ބައްޕަ އަހާލިއެވެ؟

އާން އަހަރެންމީ ސަމީނާ ނަހަލާލަށް ވިހެއި ދަރި އަހަރެންގެ ބަޑި ފަޅައިގެން ދިޔައެވެ.

ތީ އަހަރެންގެ ދަރިފުޅު ތަ؟ ބައްޕަ އަހާލުމުން އަހަރެން ބޯޖަހާލީމެވެ ބައްޕަ އައިސް އަހަރެންގެ ގައިގަ ބާރަށް ބައްދާލިއެވެ އަހަރެން ރޮމުން ހުރިހާ ހަގީގަތެއް ކިޔާދިނީމެވެ

އަހަރެންމީ ސަމީނާ ނަމަވެސް އެހެން ވާނީ އެހެން ބުނެލީ އަހަރެންގެ މާމައެވެ. ކިހާ ހިތްވަރު ގަދަ އެހާލުގައިވެސް ދަރިފުޅު ދުނިޔެއަށް އުފަންކޮށް ބަލާބޮޑުކުރީ އަހަރެންގެ ހިތުގައި އިތުރަށް ސަމީނާގެ ގަދަރު އުފުލިގެން ހިނގައްޖެ މާމާ އައިސް އަހަރެންގެ ގައިގަ ބައްދާލިއެވެ. ދަރިފުޅު ވައްތަރީ ދަރިފުޅުގެ މަންމަޔާ

އެންމެން ވާހަކަ ދެއްކި އިރުވެސް ރިފާ އަގައިންވެސް ނުބުނެއެވެ އަހަރެން ގޮސް ރިފާކައިރީ އިށީނދެލީމެވެ.

ބޮޑުދައިތަ ތަ އަހަރެން ކިޔަން ވީ؟ އަހަރެން އަހާލީމެވެ.

އެހެން ބުނުމުންވެސް އަހަރެންނާ ދިމާލަށް ބަލަން ހުރީއެވެ. ކިނެތްވީ ފާޑަކަށް ތި ބަލަނީ އަހަރެން ބުނެލީމެވެ

ހިތަށް އަރަނީ ތީ ހަމަ އަހަރެންގެ ކޮއްކޮ ހެއްޔޭ؟ އެހާ ކަރީގަ އެހާދުވަސް ވީ އިރުވެސް ނޭގުނީ ކީއްވެބާ ނަސީބެއްނު އިއްޔެ ބައްޕަ ފެނުނުކަން އެހެން ކިޔާފައި ރިފާ އަހަރެންގެ ގައިގަ ބައްދާލިއެވެ.

އަހަރެން ބޭނުން ސަމީނާ ދައްތަ އާއި ބައްދަލުކުރަން

އިރާދަކުރެއްވިއްޔާ ވާނެ މަންމަ އަންނާނެ ނިޝާންގެ އުފަން ދުވަހަށް މާލެ އެދުވަހު އެގޭގައި އުޅެފައި އަހަރެންނަށް ގެއަށް ދެވުނު އިރު ވަނީ އިރުއޮއްސެން ކާރިވެފައެވެ އަހަރެން ބައްޕައަށް ގުޅާ ހުރިހާ ވާހަކައެއް ކިޔާދިނީމެވެ. ބައްޕަ ހުރީ އަހަރެންގެ އަސްލު އާއިލާ މީހުން އަހަރެން ބަލައިގަތުމުން ވަރަށް އުފާވެފައެވެ. އެކަން ބައްޕަގެ އަޑުން ސާފޮކޮށް ހާމަވެއެވެ.

އަހަރެނަގެ ފޯނަށް މެސެޖެއް އައުމުން ބަލާލީމެވެ.

އައި ލަވްޔޫ… ރިޝްވާން ފޮނުވާލާފައި އޮތެވެ އަހަރެން ތެންކިޔު ޖަހާފައި ރިޕްލައިކޮށްލީމެވެ.

ހަފްތާ ނިމުނުއިރުވެސް އަހަރެން ހުރީ އަހަރެންގެ އާއިލާގެ މީހުންގެ ލޯބިން އުފަލުންނެވެ ފަތިހު 6 ޖަހަން އުޅެނިކޮށް ރިޝްވާން ގުޅާފައި ދޮރު ހުޅުވުމަށް އެދުނެވެ އަހަރެން ގޮސް ދޮރުހުޅުވީ ޗޭންޖް ކުރުމަށް ފަހުއެވެ.

ކިހިނެތް ވީ މާ ފަތިހަކު؟

މަންމަ ނުގަބޫލަސް އަހަރެން ރިޝް ބޭނުން ތިހެން  އަބަދު ފެންނަން ހުންނަ އިރު ކިހިނެތް ދުރުގަ އުޅޭނީ އަހަރެން ހާދަ ކޮންޓްރޯލް ކުރަމޭ އަހަރެން ރޭގަ މަންމަ އާއި ދިމާލަށް ބުނިން އަހަރެން ބޭނުމީ ރިޝް އާ މެރީކުރަންށޭ

ކީއްވެ ވާން؟ މިހާރު ވާން އަށް އިނގެއެއްނު އަހަރެންނަށް ރޮވުނެވެ.

ރިޝް ނުރޮއެބަލަ އަހަރެން ކީއްކުރާނީ ރިޝް އަކަށް އިހްސާސެއް ނުކުރެވޭތަ މި ހިތުގަ މިއަޅާ ވޭނެއް

ވާން އަހަރެން ގެ ހިތުގައި ވެސް ވޭން އަޅާއޭ އެކަމަކު އެއީ ވާންގެ މަންމަ އޭ މަންމަގެ ރުހުން ހޯދާ މަންމައަށް ވިސްނާދީ އަހަރެން ރިޝްވާންގެ އަތުގައި ހިފާލީމެވެ. އެވަގުތު ދޮރު ހުޅުވުނު އަޑަށް އަހަރެން ބަލައިލީމެވެ. ކުރިމަތީގައި ހުރީ ރިޝްވާންގެ މަންމައެވެ..

މީ ދޯ މި ވާ އެއްޗަކީ މި އެއްޗަކު މަގޭ ދަރި ހަލާކު ކޮށްފިޔޭ ފުރަތަމަ ކައިވެންޏަށް އިންކާރުކޮށްފައި ކުރެވުނު ވަރު ކުޑައީތަ؟ ރިޝްވާންގެ މަންމަ ހަޅޭލަވައިގަތެވެ.

އަހަރެން ދެރަވެގެން ރޮވުނެވެ

މަންމާ…މަންމައަށް ހަމަ ރަގަޅަށްވެސް އިނގޭނެ ކީއްވެގެންކަން ރިޝް މެރީ ކުރަން ދެކޮޅުހެދީ

މި އެއްޗަކު މިހާރު އެވާހަކަ ވެސް ގޮވާލިތަ؟ އެހެންވެ މި ބުނީ މި ކަހަލަ މުޑުދާރު މީހުންނާ ކައިރި ނުވާށޭ

މަންމާ….ރިޝްވާން ހަޅޭލަވައިގެތެވެ.

އަހަރެން ކައިރީ ރިޝް ނުބުނޭ އެއްވެސް އެއްޗެކޭ އެކަމަކު ރިޝްގެ އަސްލު ބައްޕަޔަކީ ތުއްތަބޭ ކަން އެނގުނީމަ އަހަރެންނަށް އެނގުނު އަހަރެމެންގެ ދެމީހުން ދުރުކުރުވީ މަންމަކަން

މަންމަ ގަބޫލަސް ނުގަބޫލަސް އަހަރެން ރިޝްމީ އާއި ކައިވެނި ކުރާނަން އެއީ އަހަރެންގެ މީހަކަށް ހަދާނަން

ދަރިފުޅު މޮޔަވީތަ އަލަށް މީހަކާ އިންނައިރު މީހަކު ބޭނުން ކޮށްފަ ހުރި މީހަކާތަ ތި އިންނަނީ ދޮން ބައްޕައަކަށްތަ ވާން ބޭނުމީ

” މަންމާ….ނޭންގޭ ވާހަކަ ނުދައްކާ”

މަންމަގެ ކޮއްކޮގެ ދަރިފުޅުގެ ކޮއްކޮ ރިޝްއަކީ އެމީހުން ނުލާހިކު ލޯބިވޭ ދެން މަންމަ ކޮންކަމަކާ ރިޝްދެކެ ތި ރުޅި އަންނަނީ ތުއްތަ ނިޔާވި ފަހުންނެއްނު ސަމީނައްތަ ތުއްތަބޭގެ ލައިފަށް އައީ

މަންމައަށް ރިޝްގެ މަންމަ ބަނޑުބޮޑުކަން އެނގުމުން ވެސް އެފަކީރު ބަދުނާމު ކުރީ ކޮބާ އޭނާގެ ކުށަކީ؟ ތުއްތަބޭ ވީ ތަނެއް އެނގޭ އިރުވެސް ބުނެ ނުދިނީ ބުނި ނަމަ ރިފާވެސް ބޮޑުވާނީ މަންމައެއްގެ ލޯބި ލިބިގެން އެފަކީރު އަދިވެސް މަންމައެއްގެ ލޯތްބަށް އެވަނީފެންބޮވައިގެންފައި، އަމިއްލައަށް އެދަރިފުޅަށް މަންމައެއްގެ ލޯބި ދިނީ އެއް ނޫން އެހެން މީހަކަށް ވެސް އެފުރުސަތު ނުދިނީ

ތީ ކޮންކަހަލަ މަންމައެއް….

ރިޝްވާންގެ ވާހަކަތައް އަޑު އަހާފައި ރިޝްވާންގެ މަންމަ ހިމޭނުން އިނުމަށް ފަހު ނިކުމެގެން ދިޔައެވެ.

” ސޮރީ ރިޝް އަހަރެން މަންމަގެ ފަރާތުން މާފަށް އެދެން”

ވާން ނޫން އެއީ ހަމަ މައްސަލަ  އެއްނޫން

” ދެން ބުނެބަލަ މަށާ މެރީކުރާނަން ތަ؟ ”

ކީއްކުރަން ؟ އަހަރެން އަހާލީމެވެ….

ބުނަންވީތަ؟ ނޫނީ އަމަލުން ދައްކަންވީތަ؟ ވާން އަހާލިއެވެ

ސާބަހޭ ދެން އެހެން ބުނި ތަނާ އިވުނީ ނިޝާންގެ ރޮއިގަތް އަޑެވެ

އަހަރެންނަށް ވުރެ ކުރިން ރިޝްވާން ގޮސް އެނދަށް އެރިއެވެ.

ބައްޕީގެ ދޫނީ…ހޭލީތަ؟

އަހަރެން ގޮސް އުރާލަން އުޅުމުންވެސް ނިޝާން ރިޝްވާންގެ މޭގައި ބޮނޑިވެލިއެވެ.

ވާން ދެން ތެދުވޭ އެ ނޫނީ އެސޮރު ހިތަށް ވެސް ނާރާނެ އަހަރެން ބުނީމެވެ.

ނިޝާން އުރާލަންވެގެން ދިއްކުރި އަތުގައި ހިފާފައި ރިޝްވާންއަހަރެން އެނދު މައްޗައް ވައްޓާލިއެވެ އަދި ނިޝާން އާއެކު ބައްދާލިއެވެ.

“ރިޝްމީ ކިހާ ލޯބި ފެމެލީއެއް ދެން ބުނެބަލަ ޔޭސް އޭ “ރިޝްވާން އަނެއްކާވެސް ބުނެލިއެވެ.

ދެދުވަސް ފަހުން ހެނދުނު އަހަރެން ނިޝާން އުރާލައިގެން ރެސްޓޯރެންޓަކުން ސާ ބޮއެގެން ނިކުމެ އެތާ ދޮރުމަތީ މަޑުކޮށްލީ ރިޝްވާން ކާރު ނަގައިގެން އަންނަން ދެނެވެ. ކުއްލިޔަކަށް ކޮންޓުރޯލްނުވެ އައި ސައިކަލަކުން އަހަރެންގެ ގައިގަ ޖެހިފައި އަހަރެންނާ ނިޝާންވެސް ވެއްޓުނެވެ. އަހަރެންނަށް ބާރަށް ހަޅޭލަވައި ގަނެވުނެވެ. ނިޝާން ޖެހުނީ ކުޑަކޮށް ދުރުގައެވެ. ދަރިފުޅާ ހޭލަބަލަ ނިޝާންގެ ބޯފަޅާއގެން ލޭ އަންނަމުން ދިޔައެވެ. އަހަރެން ބާރަށް ރޮމުން ދިޔައީމެވެ. އެތަނަށް އައި ކުއްޖަކު ގަމީސް ބާލާފައި ނިޝާންގެ ބޮލުގައި އޮޅާލިއެވެ. ނިޝާން ބާރަށް ރޮމުން ދިޔައެވެ. ރިޝްވާން އައުމުން ކާރާށް އަހަރެން އަދި އެފިރިހެން ކުއްޖާ ވެސް އެރިއެވެ. ނަސީބަކުން އެހާ ބޮޑުތަނެއް ނުދޭ ފަޅައިގެނެއް ސައިކަލު އައީ އެހާ ބާރަށް ނޫން ވީމާ ފުރާނަ ސަލާމަތް މި ވީ އެކުއްޖާ ބުނެލިއެވެ

އަހަރެންމެން ދިޔައީ އައި ޖީ އެމް އެޗަށެވެ. އަވަސް ފަރުވާއަށް ނިޝާންވެއްދުނެވެ.

އޭރު ނިޝާންގެ ހޭވެސް ނެތެވެ.

ދަރިފުޅު ގެ ހާލު ސީރިޔަސް ވަރަށް ގިނަ ލޭ ފޭބުމުގެ ސަބަބުން ލޭ އަޅަން އެބަޖެހޭ ޑޮކްޓަރު ބުންޏެވެ.

އަހަރެންގެ ގައިން ލޭ ނަގާ އަހަރެން ބުނީމެވެ.

ނާރސް ދެ ބަލަ ލޭ ދިމާވެތޯ ޓެސްޓުކޮށްލަން ގޮވައިގެން އަހަރެން މަންމަމެންނަށް ގުޅީމެވެ. ރިފާވެސް ބައްޕަ ގޮވައިގެން އައެވެ ރިޝްވާންގެ މަންމަމެންވެސް އައެވެ އައިސް ރިޝްވާންގެ މަންމަ އަހަރެންނަށް ހިތްވަރުވެސް ދިނެވެ

ލޭ ދިމަލެއް ނުވޭ…..ކޮބާ ދަރިފުޅުގެ ބައްޕަ އެވަގުތު ޑޮކްޓަރު ސުވާލުކުރިއެވެ

ހަމަ ޔަގީނުންވެސް ދިމާވާނެ ބައްޕަގެ ލޭ…….

އަހަރެންނަށް ބަލާލެވުނީ ރިޝްވާން އާއި ދިމާލަށެވެ “ވާން ދޭބަލަ”

އަހަރެންގެ ލޭ ދިމާވާނެތަ؟ ރިޝްވާން އަހާލިއެވެ ބަލާލެވި ދާނެއެއްނު ޖަވާބު ދިނީ ރިޝްވާންގެ މަންމައެވެ.

ކޮން ބްލަޑް ގުރޫޕެއްތޯ ޑޮކްޓަރު؟ އެ ސުވާލުވެސް ކުރީ ރިޝްވާންގެ މަންމައެވެ.

އޭބީ ނެގެޓިވް އެއީ ވަރަށް ރެއާރ ގުރޫޕެއް ޑޮކްޓަރު ޖަވާބު ދިނެވެ.

އެއީ ރިޝްވާންގެ ވެސް ލޭގެ ގްރޫޕް ދަރިފުޅު އަވަހށް ދޭ ބަލަ ރިޝްވާންގެ މަންމަ ބުންޏެވެ.

ރިޝްވާން ލޭ ދީފައި އައެވެ.

މެންދުރު ވާން ވާއިރަށް މަންމަމެން ވެސް އަތުވެއްޖެއެވެ. މަންމަ ހޮސްޕިޓަލަށް ވަންތަން ފެނިފައި ރިފާ ދުވެފައި ގޮސް މަންމަގެ ގައިގަ ބައްދާލިއެވެ. އަހަރެން ވެސް މަންމަ ކައިރިޔަށް ދިޔައީމެވެ. ދަރިފުޅާ ރިޝްމީ މީ ކޮންކުއްޖެއް މަންމަ އަހާލިއެވެ.

މަންމާ މީ ރިފާ އަހަރެން ބުނެދިނީމެވެ.

އެވަގުތު ބައްޕަ އައިސް އަހަރެން ކައިރީގައި ހުއްޓުނެވެ. މަންމަ އަށް ބައްޕަ ފެނުމުން އިނީ ބުނާނެ އެއްޗެއްވެސް ނޭންގިފައެވެ.

ދަރިފުޅާ މީ ކޮން ބައެއް މަންމަ އަހާލީ ހާސްވެފައެވެ. އަހަރެން ގޮސް ދޮން ބައްޕަގެ އަތުގައި ހިފާލާފައި މަންމައަށް ހުރިހާ ވާހައެއްކިޔާދިނުމަށް އެދުނީ ވަގުތު ގެ ގޮތުން އަހަރެންގެ އެހާ ހިތްވަރުނެތުމުންނެވެ.

އަހަރެން ގޮސް އޮޕްރޭޝަން ތިއޭޓަރުގެ ކުރިމަތީގައި މަޑުކޮށްލިމެވެ އިރުކޮޅަކުން ނިޝާން ވެއްދި ތަން ފެނުނެވެ އަހަރެން ރޮމުން ރިޝްވާންގެ ގައިގަ ބައްދާލީމެވެ.

ޑޮކްޓަރ އަޅުގަނޑުގެ ލޭ ދިމާ ވީތޯ އޮޕްރޭޝަން ކުރަން ތި ފަށަނީ ރިޝްވާން ސުވާލުކޮށްލީ ޑޮކްޓަރާއެވެ.

-ނުނިމޭ-

ނޯޓް:- 8 ވަނަ ޕާރޓް ބުރާސްފަތި ދުވަހު ސަބްމިޓް ކޮށްލެވޭތޯ ބަލާނަން

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nadhoo
Follow Me Written By

Nadhoo

Level 1

varah kuda iruh suren varah kiyaahithun vaahaka kiyan vaahaka liyaa hihves vaathy try kohlani mi

Other Articles

Previous

ވެވުނީ ލޮތްބޭ.. – އެއްވަނަ ބައި

Next

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 34

Next
October 4, 2023

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 34

Previews
October 2, 2023

ވެވުނީ ލޮތްބޭ.. – އެއްވަނަ ބައި

5 Comments!

  1. Ifoo says:
    October 4, 2023 at 11:23 pm

    Vv reethi mi part vs Maasha Allah ❤️.. Unmeedhu kuran next part vs avahah kiyaalan libeyne kamah 😊

  2. vempire girl says:
    October 5, 2023 at 6:07 am

    Maasha Allah mi part ves varah reethi… Next part ves varah avahah kiyaalan libeyne kamah ummeedhu kuran…

  3. love imko 💕💕 says:
    October 5, 2023 at 7:37 pm

    Mi part vex varha reethi
    Nadhoo ge vaahaka libuneema varha ufaaveje
    Next part kiyaalan libeeney kama unmeedhu kuran
    Vrh avaha genes dheeba next part kiyaalan
    Nadhoo
    Happy teachers day all teachers 🎉

  4. Anonymous says:
    October 7, 2023 at 12:40 pm

    when is next part

  5. Nadhoo says:
    October 7, 2023 at 1:50 pm

    kehthikamaaeku inthizaaru kuraa kudhinnah varah bonadah thank you.
    thursday ga submit kohallafa inaanee. site in up kurihaa avahakah kiyaalan libeyne

Comments are closed.

Next Episodeފެށި ލޯބި އޮޔާ ދިޔުމުން 8←


All Right Reserved!