Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ފެށި ލޯބި އޮޔާ ދިޔުމުން 2

Nadhoo
Nadhoo Level 1
September 16, 2023 4 Mins Read
8 Comments

ހަމަ އެކަނި ސޯޓު އެއްލައިގެން ނިދާލާފައި އޮތް ރިޝްވާންގެ އެނދު ކައިރިއަށް ދިޔައީމެވެ… މަޑުމަޑުން ރިޝްވާންގެ ކައިރީ އިށީނީމެވެ…އަދި އަތުގައި ފިރުމާލީމެވެ…ރިޝްވާން އަށް އެވަގުތު ހޭލެވުނެވެ..އަދި އަވަސް އަވަހަށް ތެދުވިއެވެ…

ރިޝްމީ މިތާ މިހާ ދަންވަރު ކީއްތި ކުރަނީ؟ ރިޝްވާން ސުވާލުކުރިއެވެ.

އަހަރެން އެ ސުވާލަށް ޖަވާބު ދޭން ބޭނުން ނުވުމުން ނިކުންނަން ހިންގައި ގަތީމެވެ….ރިޝްވާން ހުރީ އެކަމަށް ވަރަށް ހުޝިޔާރު ވެގެން ހެން ހީވަނީ އަހަރެންގެ އަތުގައި ހިފާ ބާރަށް ދަމާލިއެވެ..އަހަރެން ގޮސް ޖެހުނީ ރިޝްވާންގެ ގައިގައެވެ…އަހަރެންނަށް ރިޝްވާނގެ މޫނަށް ބަލަން ހުރެވުނެވެ…އަހަރެން މަތިން މިސްވާތީ ދޯ ތި އައީ؟ އަހަރެން ޖަވާބެއް ނުދެމެވެ..އަހަރެންވެސް ރިޝް މަތިން ވަރަށް މިސްވޭ އަބަދު ފެންނަ ހިސާބުގަ ބަހައްޓަން ބޭނުންވަނީ…އަ އި ލަވް ޔޫ ސޯ މަޗް ރިޝް މުޅި އުމުރަވެސް އަހަރެންގެ މީހަކަށް ހަދަން ބޭނުންވަނީ…އެވާހަކަތައް އަހާފައި އަހަރެންނަށް ރިޝްވާންގެ ގައިގަ ވަރަށް ލޯބިން ބައްދާލެވުނެވެ…ރިޝްވާންވެސް ބައްދާލިއެވެ…

ރިޝް މީ ހުވަފެނެއްތަ؟ އެހެން ވެއްޖެއްޔާ އަހަރެން ބޭނުމެއް ނޫން ހޭލާކަށް….އަހަރެންނަށް އިތުރަށް ބޮނޑިވެވުނެވެ. ކުއްލިޔަކަށް އަހަރެންނަށް ހަމަހޭވެރިކަން ވިއެވެ އަހަރެންނަށް ރިޝްވާން ކޮށްޕާލާފައި ކޮޅަށް ތެދުވީމެވެ. އަހަރެންގެ އަމަލުން ރިޝްވާން ހައިރާންވެގެން ބަލަން ހުއްޓެވެ…ރިޝް ކިހިނެތް ވީ މިހާރު؟ ރިޝްވާން ތެދުވެ އަނެއްކާވެސް ބައްދާލިއެވެ…އަދި އަހަރެންގެ ކަރުދަށުގައި މަޑުމަޑުން ބޮސްދޭން ފެށިއެވެ…ކުޑައިރުކޮޅަކަށް އަހަރެންނަށް ގަޔާވެވުނެވެ…އަނެއްކާވެސް އަހަރެން ރިޝްވާން ބާރަކަށް ކޮށްޕާލިމެވެ..

ރިޝްމީ ކިހިނެތް ވެގެން ތި އުޅެނީ؟ ރިޝްވާން ބުނީ ބާރަށެވެ.

ރޭގަނޑު ދަންވަރު ބޯ ވާރޭގަ އަހަރެން ނިދާފަ އޮއްވާ ކޮޓަރިއަށް އައިސް ވަދެދާނެ…

އަހަރެން ލޯބިވާ ވާހަކަ ބުނީމަ އެހާ ލޯބިން ބައްދާލާނެ…އަނެއް ސިކުންތުގައި ދުރަށް ކޮށްޕާލާނެ…. އެއްފަހަރު އަމިއްލަ އަހަރެންނާ ކައިރިވެފަ ހަމަ އަނެއް ފަހަރު އަހަރެން ދުރުކޮށްލަނީ….

މިތަނުން ދޭ……. ރިޝްމީ އަކަށް ނޭންގޭ ރިޝްމީގެ ހިތުގަ އޮތް އެއްޗެއްވެސް….ދެން ނައަންނާތި އަހަރެން ކާރިޔަށް….ރިޝްވާން ބުންޏެވެ.

އަހަރެން ރޮމުން ނިކުތީމެވެ…އަހަރެން އެކަނި އިނދެ ވަރަށް ވިސްނީމެވެ…..އަހަރެންނަށް ވެސް ރިޝްވާން ދެކެ ލޯބި ވެވިއްޖެއެވެ….އެކަމަކު އެހެން ޗުއްޓީގަ ރަށަށް އަންނަ ބީރައްޓެހިން ދެކެ ލޯބިވީމާ ވާނީ ކިހިނެތްބާ؟ އަހަރެންނަކަށް ރިޝްވާން އާއި ބެހޭ އެއްވެސް މައުލޫމާތެއް ނޭންގޭ….ކާކު ކަމެއް ؟ އާއިލާ އަކީ ކޮބާކަމެއް….އެކަމަކުވެސް ކޮންމެ ހާލެއްގާ ވިޔަސް ލޯބިވާ ވާހަކަ ބުނެ ރިޝްވާން އާއި ގުޅެން ނިންމީމެވެ…..ރީހާން އަތުން ނަމްބަރު ހޯދައިގެން އަހަރެން ރިޝްވާން އަށް ގުޅީމެވެ….އަހަރެން ނަން ބުނާއިރަށް ފޯނު ބޭއްވިއެވެ. ސޮރީ ލިޔެފަ މެސެޖްއެއް ކޮށްލީމެވެ…ރިޕްލައިއެއްވެސް ނުކުރިއެވެ… 8 ޖަހާއިރަށް އަތިރިމަތީ ހުންނަ ހިތްފަސޭހަ މައިޒާނަށް ކަޅު ކުލައިގެ ގަމީހެއްލައިގެން އައުމަށް އެދި މެސެޖެއް ކޮށްލީމެވެ…ނުދާނެކަމަށް ބުނެ ރިޕްލައި ކޮށްލިއެވެ…އެޖަވާބު ފެނުމުން އަހަރެންގެ ހިތް ބުނީ ރިޝްވާން އަންނާނެކަމަށެވެ….

އަހަރެން އެތަނަށް ދިޔައިރު 8 ޖަހަން 10 ވަރަކަށް މިނެޓް ހުއްޓެވެ…އެކަމަކު ރިޝްވާން އެތާ ހުއްޓެވެ…ނައަންނާނަމޭ ބުނި މީހާ 8 ޖަހަންދެން ވެސް ކެތެއް ނުކުރެވުނު…؟ އަހަރެން އެހެން އަހާލުމުން ރިޝްވާން ދާން ހިންގައިގަތެވެ….އަހަރެން ރިޝްވާންގެ އަތުގައި ހިފާލީމެވެ…ރިޝްވާން އަހަރެންގެ އަތްފޮޅުވާލިއެވެ…އޫޕްސް ހާދަ ރުޅިއެއް އައިސްފަ އޭ ދޯ؟

އަނެއްކާވެސް ދާން ހިންގައިގަތެވެ…އަހަރެން އަނެއްކާވެސް ރިޝްވާންގެ އަތުގެމުލައްދަނޑީގައި ހިފާލީމެވެ. ވައި އާރް ޔޫ ބިހޭވިން ލައިކް މީ؟ އަހަރެން އެހެން ބުނުމުން ރިޝްވާން އަށް ކުޑަކޮށް ހެވުނެވެ… އަހަރެން ރިޝްވާން އައި ވަރަށް ކައިރިވެލީމެވެ…އެވަގުތު ރިޝްވާން ފުން ނޭވައެއް ދޫކޮށްލިއެވެ.. ތިހާ ހިތް އަވަސްވޭތަ އަހަރެން ކާރިވީމާ؟ ސުވާލުކޮށްލާފައި  އަހަރެން ރިޝްވާންގެ ކޮލުގައި ފިރުމާލީމެވެ…އަހަރެންނާ ދިމާލަށް ހައިރާންވެގެން ބަލަން ރިޝްވާން ހުއްޓެވެ…

ކީއްވެ މާ ފާޑަކަށް ތި ބަލަނީ؟ އަހަރެން އަހާލީމެވެ.

ކޮށްޕާލާނެ އިރެއް ނޭގޭތީ ބިރުން މިހިރީ…. ތީ ހަމަ ރިޝްމީތަ؟ މީގެ ކުރިން ތިހާ ގިނަ ވާހަކަ ދެއްކި އަޑެއް ނައަހަން… ރިޝްވާން ބުނެލިއެވެ.

ނޫން މީ ރިޝްވާން އާއި މިރަށުން އަވަލައިގެން އުޅޭ ޖިންނިއެއް…. އަހަރެންގެ ޖަވާބު އަހާފައި ރިޝްވާން ހީލިއެވެ…

މިހާރު ރުޅި އެއް ނޫން ދޯ؟

އަހަރެން އެރޭވެސް ރުޅިއެއް ނޫނޭ… އެކަމް ރިޝް ކަންތައް ކުރާ ގޮތުން ކުޑަކޮށް ހިތްހަމަނުޖެހުނީ…

ސޮރީ އޭ ބުނެ އަހަރެން ރިޝްވާންގެ ގައިގަ ބައްދާލީމެވެ. ނަމަވެސް ރިޝްވާން ހަމަ އެ ހުރި ގޮތަށް ހުރީއެވެ.

ހަމަ ހަގްއެއްވެސް ނުކުރާނަން؟ އަހަރެން އަހާލީމެވެ…

ދުރަށް ކޮށްޕާލަން ފަސޭހަވާނެ އެއްނު… ރިޝްވާން ޖަވާބު ދިނެވެ.

ދެން ދުރެއް ނުކުރާނަމޭ….އަދި ރިޝްވާން އަކަށްވެސް ނުދެވޭނެ ދުރަކަށް…އަހަރެން އެހެން ބުނުމުން ރިޝްވާންވެސް ބައްދާލިއެވެ.

ރިޝް އައި ލަވް ޔޫ ސޯ މަޗް… އަދި އަލަށް މިކަހަލަ ކަމަކާ މި ދިމާވީ….އަންހެން ކުއްޖަކާ ކައިރިވެސް މިވީ ހަމަ އަލަށް…ފަހަރެއްގަ ގަބޫލު ނުވެދާނެ….ރިޝްވާން ބުނެލިއެވެ.

އަހަރެން ގަބޫލު ކުރަމޭ…އަހަރެން ވެސް ހަމަ އަލަށް އެހެންވެ އެހާ ފާޑަކަށް އުޅެވުނީވެސް…..

އެންޑް އައި ލަވް ޔޫ ޓޫ…..އަހަރެން ބުނެލީމެވެ..

ރިޝްވާން އަހަރެންގެ ގައިން ދޫކޮށްލާފައި އަހަރެންގެ މޫނަށް ބަލާލިއެވެ…އަހަރެން ލަދުން މޫނުގައި އަތް އެޅީމެވެ.. ރިޝްވާން އަހަރެންގެ އަތް ނެގުމަށްފަހު އަހަރެންގެ ނިތްކުރީގައި ބޮސްދިނެވެ…..އަހަރެނަގެ އަހަރެމެން ދެމީހުން އެކަކު އަނެކަކުގެ އަތުގައި ހިފާލައިގެން ގޮސް އެތާ ހުރި ބެންޗެއްގައި އިށީނދެލީމެވެ…

ލެޓްސް އިންޓްރޮޑިއުސް ފަސްޓު….އަހަރެންގެ ބައްޕައަކީ މާލޭމީހެއް ކުރަނީ ބިޒްނަސް މަސައްކަތް ބައްޕަގެ އޮވޭ ތިން ހަތަރު ރިސޯރޓް އަހަރެންވެސް މިއުޅެނީ އެ މަސައްކަތުން އަމިއްލަ ކަމެއް ފަށައިގެން…. މި ބުނީ އާ ރިސޯރޓެއް ހެދުމުގެ މަސަކަތް މިކުރަނީ…..މިހާރު 50% ނިމިފަ…

އަހަރެންގެ މަންމަ އާއި ބައްޕަގެ ހުންނާނީ އަހަރެން އެކަނި…. ގޭގައި ވެސް ނުތިބޭނެ އިތުރު ބައެއް…. ރިޝްވާން ބުންޏެވެ..އަހަރެންވެސް އަހަރެންގެ ހާލަތު ކިޔާދިނީމެވެ.

ރިޝް ދަވަހަކުވެސް އަހަރެން ދޫކޮށްލާފަ ނުދާތި އަހަރެން ބޭނުމީ ރިޝް އާ މެރީ ކުރަން އަހަރެން މަންމަމެން ކައިރީވެސް ވާހަކަ ދައްކައިފިން އެމީހުން ގަބޫލު އަހަރެން ބޭނުން މީހަކާ މެރީ ކުރަން… މެރީކޮށްގެން މާލެ ގޮސް ރިޝް ކިޔަވާނީ އަހަރެން ބޭނުން ރިޝްގެ ހުރިހާ ހުވަފެނެއްގަ ކުލަޖެހެން….ރިޝް ބޭނުން ވަނީ ކޮން ދާއިރާއަކުންތަ ކިޔަވަން؟

އަހަރެން ބޭނުންވަނީ……އަންހެނުންގެ ޑޮކްޓަރަކަށް ވާން…އަހަރެން ބުނެލީމެވެ

ސަޅި އިނގޭ އިރާދަކުރެވިޖެއްޔާ ކޮންމެވެސް ދުވަހަކުން ކާމިޔާބު ވާނެ. އަހަރެން އެހީވާނަން އަހަރެން އުފަލުން ރިޝްވާންގެ ކޮނޑުމަތީގައި ބޯ އަޅާލީމެވެ.

ރިޝްވާން….އަހަރެން ގެ މަންމަމެން ވެސް ގަބޫލު ވާނެހެން ހީވަނީ…..

އަހަރެންނަށް ހުވަފެންތަކެއް ދައްކާފަ ގޮސް ދެން އަހަރެން މަތިން ހަނދާން ނައްތާލާނީއެއްނޫން.

އަހަރެންނަށް ދުވަހަކުވެސް ރިޝް މަތިން ހަނދާން ނައްތައެއް ނުލެވޭނެ…ހަމަ ރަގަޅަށް ވެސް އަވަލައިފި….

ރިޝްވާން….މިސާލަކަށް އަހަރެންގެ މަންމަމެން ގަބޫލު ނުވިއްޔާ ރިޝްވާން ކިއްކުރާނީ އެހެން މީހަކާ މެރީ ކުރާނަންތަ؟

އުމުރު ހުސް ވިޔަސް ތި ނޫން ކުއްޖަކު އަހަރެންގެ ހަޔާތަކަށް ނުގެންނާނަން….މުޅި އުމުރު ރިޝްގެ ހަނދާނުގައި ދުއްވާލާނީ…

އެހާ ލޯބިވޭތަ؟ އަހަރެންނަށް އަހާލެވުނެވެ.

ހޫމް… ރިޝްއަށް އިހްސާސްވެސް ނުކުރެވޭ ވަރަށް…… އެހެން ބުނެލުމަށް ފަހު ރިޝްވާން އަހަރެންގެ އޭނަގެ ގަޔާލާ ބޮނޑިކޮށްލިއެވެ.

ދުވަހެއް ދުވަހަކަށް އަހަރެމެން ދެމެދުގަ އޮތް ގުޅުން ދިޔައީ ބަދަހިވަމުން….އެކަމަކު އަހަރެންގެ މަންމަމެންނަކަށް އަދި އަހަރެންގެ ގުޅުމުގެ އެއްވެސް ހަބަރެއް ނުވެއެވެ. މުޅި ދުނިޔެއަށް ސިއްރުން އަހަރެމެން އެތައް މާތަކެއް ފޮޅުވަމެވެ…..ތަރި އާއި ހަނދު އަދި ވިލާތައް ވެސް ހެކޮކޮށް އެތައް ވަދުދަކާ އަހްދެއް އަހަރެންމެން ދިޔައީ ވަމުންނެވެ…

ރީތި ވަމުން ދިޔައީ މިރޭވެސް ރިޝްވާން އާއި ބައްދަލުކޮށްލަން ދިޔުމަށެވެ. ނަމަވެސް އަދި ނުނިމެނީސް ވާރެ ވެހިގަތުމުން އަހަރެންގެ މޫޑު އެއްކޮށް އޮފްވިއެވެ…އަހަރެން ރިޝްވާން އަށް ގުޅާލީމެވެ.

ކީކޭ ލޯބީ؟ ރިޝްވާން ފޯނު ނެގިއެވެ.

ވާރެ ވެހެނީ އެއްނު ދެން މިރޭ ކިހިނެތް މީޓްކުރަނީ؟

ދެން މާދަމާ ރޭ ދޯ ރިޝްވާން ބުނެލީ މާޔޫސީ ރާގެއްގައެވެ…

އެހެން އެތައް އިރަކު މާފޮޅުވަން ތިބެފަ އަހަރެމެން ދެމީހުން ފޯނު ކަނޑާލީމެވެ… އަހަރެން އާންމުކޮށް ނިދަންލާ ކުރު ސޯޓު ކޮޅާ އެކު އިންނަ ޕިޖާމާ ލައިގެން އޮށޯވެލީމެވެ…އޭރުވެސް ވާރޭ ވެހޭ އަޑު އިވެމުން ދިޔައެވެ…އަހަރެންނަށް ހޭލެވުނީ މޫނުގައި މީހަކު ބީހޭ ކަމުގެ އިހްސާސް ވެގެންނެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nadhoo
Follow Me Written By

Nadhoo

Level 1

varah kuda iruh suren varah kiyaahithun vaahaka kiyan vaahaka liyaa hihves vaathy try kohlani mi

Other Articles

Previous

ތަޤްދީރު 14 ވަނަ ބައި

Next

ޔާރާ އަހާށޭ 15

Next
September 17, 2023

ޔާރާ އަހާށޭ 15

Previews
September 16, 2023

ތަޤްދީރު 14 ވަނަ ބައި

8 Comments!

  1. love imko 💕💕 says:
    September 16, 2023 at 1:04 pm

    I love this story
    When Is next part
    Nadhoo

    1. Nadhoo says:
      September 19, 2023 at 10:57 am

      thi dhehvaa ehbaarulumah varah bonda thank you.. will upload wednesday

  2. Zee says:
    September 16, 2023 at 2:06 pm

    V ryythi story! ☺️
    Kon iraku next part?

    1. Nadhoo says:
      September 19, 2023 at 10:58 am

      Thank you zee. will upload wenesday

  3. Ifoo says:
    September 16, 2023 at 3:35 pm

    Vv reethi Mi part.. When next part?

    1. Nadhoo says:
      September 19, 2023 at 11:00 am

      thank you so much for the love Ifoo.
      wednesday ga submit kuraanan

  4. Shiunee says:
    September 18, 2023 at 8:49 pm

    I dhekey gothuga u akah Adhi ehaa ragalhakah vaahaka liyaakah neygey. Dherakolaakah noon. 😀
    Ragalhukuran V.👇
    . Jumla ninman..
    . Jumla hamajahsann.
    . Komaa beynunkoh meehun bunaa vaahaka gannan. etc…… 👌

    1. Nadhoo says:
      September 19, 2023 at 10:56 am

      thank you for the feedback…nobody was born as a writer…so i am just trying…and i will try to follow your instructions..

Comments are closed.

Next Episodeފެށި ލޯބި އޮޔާ ދިޔުމުން 3←


All Right Reserved!