Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ފެށި ލޯބި އޮޔާ ދިޔުމުން 3

Nadhoo
September 19, 2023
3 Mins Read
9 Comments

އަހަރެންނަށް ތެޅިގެން ފައި ހޭލެވުނު އިރު ކުރިމަތީގައި ވާރެޔާ ކޮންމެސް ވަރަކަށް ތެމިގެން ހުރި ރިޝްވާން ފެނުމުން ނިދިވެސް ފިލާދިޔައެވެ. ކުއްލިޔަކަށް ރިޝްވާން އަހަރެންގެ ގައިގަ ބައްދާލުމުން ދެމީހުން އެއްކޮށް އެނދުމައްޗައް ވެއްޓުނެވެ. ހަމަ މިސްވާވަރުން މި އައީ ރިޝްވާން ބުނެލިއެވެ.

އަހަރެންގެ މޫނަށް ބަލަލަމުން އަހަރެންގެ ނިތްކުރީގައި ރިޝްވާން ބޮސްދިނެވެ… އަހަރެންގެ ތުންފަތުގައި ރިޝްވާން ބޮޑުވާ އިނގިލި ޖައްސާލިއެވެ…ރިޝް މިހާ ދުވަސް ވީ އިރުވެސް ވީ ނެވާ ކިސް ދޯ؟ ރިޝްވާން ބުނި އެއްޗަކުން އަހަރެން ލަދުގަތެވެ…އަހަރެން އެއެޗެއް ބުނަނާނެ ޗާންސެއް ވެސް ނުދީ ރިޝްވާން އަހަރެންގެ ތުންފަތުގައި ކިސްކޮށްލިއެވެ….ފުރަތަމަ ލަދުން އޮވެފައި ފަހުން އަހަރެންވެސް ބައިވެރިވެލީމެވެ…ވާވް ރިޝް ހާދަ މޮޅޭދޯ؟ އެހެން ބުނެލާފައި ރިޝްވާން އެނދުގައި ހެޑް ބޯޑަށް ލެނގިލައިގެން އިށީނެވެ. މިގަމީސް ބާލަން ވިއެއްނު އެއްކޮށް ތެމިފައެއްނު….އަހަރެން އެހެން ބުނުމުން ރިޝްވާން ގަމީސް ބާލާފައި ދިނެވެ….އަހަރެން ރިޝްވާންގެ ކައިރީގައި އިށީނަދެލީމެވެ… އަދި ބާރަށް ބައްދާލީމެވެ… އެހާ ކައިރި ވުމުން އެ ފިނި ރޭވެސް އަހަރެންގެ ގައިގަ ރޯވި ކަހަލަ އިހްސާސެއް ވިއެވެ…އަހަރެން ކައިރިވެލާފައި ރިޝްވާންގެ ތުންފަތުގައި އަހަރެންގެ ތުންފަތް ޖައްސާލީމެވެ…ރިޝްވާން މަޑުމަޑުން ކިސްކުރަންފެށިއެވެ… މަޑުމަޑުން ރިޝްވާން އަހަރެންގެ ހަށިގަނޑުގައި ފިރުމަމުން ދިޔައެވެ…ފަހަރަކު ފަރުދާއެއް ކެހެމުން ކެހެމުން ގޮސް ހުރިހާ ފަރުދާއެއް ކެހުނެވެ…ކޮންމެ ބީހުމަކަށް އަހަރެންނަށް އިޖާބަ ދެވެމުން ދިޔައީ މިވެވެނީ ކިހާ ބޮޑު ފާފައެއްކަން ވެސް ނޭންގޭހާލުގައެވެ…ފިރިމީހާއަށްޓަކާ ރައްކާކުރި ހުރިހާއެއްޗެއް ރިޝްވާން އަށް ހިބައިން ދެވުނީއެވެ…އަހަރެންނަށް ރޮވެންފެށިއެވެ….

“ސޮރީ ރިޝް” އަހަރެން ޖެހޭނެ ކޮންޓްރޯލް ކުރަން އެކަމަކު ނުކުރެވުނީ…..

ރިޝްވާން އެކަނި ކުރިކަމެއް ނޫނެއްނު ކުރިކަމެއ ކުރީ ދެމީހުންގެ ވެސް ރުހުމާއެކު އެއްނު…އަހަރެންގެ ހުރިހާއެއްޗެއް މިހަވާލު ކުރީ ވަރަށް އިތުބާރުކޮށްފަ އަހަރެން ދޫކޮށްނުލާތި….އަހަރެން ވަރަށް ލޯބިވޭ……އަހަރެން ރިޝްވާންގެ ކަނދުރާގައި ދެއަތް ވަށާލުމަށް ފަހު ކިސްކޮށްލީމެވެ…

ފާހާނާ އިން ނިކުމެގެން އައިރު ރިޝްވާން ހުރީ ކުޑަދޮރުކާރީގައެވެ……އަހަރެން ގޮސް ފަހަތުން ބައްދާލިމެވެ…

ރިޝް މާދަން ނޫން އަނެއް ދުވަހު މަންމަމެން އަންނާނެ…ރިޝްގެ މީހުންނާވެސް ވާހަކަ ދައްކާފަ މެރީކުރާނެ ޑޭޓެއް ފައިނަލް ކުރާނީ ދޯ……؟ އަހަރެން ބޯ ޖަހާލިމެވެ.

ރިޝްވާން އަހަރެން ދެން ލޯބިން ރިޝްވާން އަށް “ވާން” ކިޔަންތަ؟

ދޫނި ބޭނުން އެއްޗެއް ކިޔަންވީ….ރިޝްވާން ދިޔުމުން އަހަރެން ފާހާނަޔަށް ވަދެ ފެންވަރާލައިގެން ފަތިސް ނަމާދުކުރީމެވެ އަދި ތައުބާ ނަމާދުވެސް ކުރީމެވެ… ކުރެވުނު ފާފައަށް ބިރުވެތިވެ އަހަރެންނަށް ރޮވުނެވެ…

ދެދުވަސް ފަހުން ރިޝްވާންގެ މަންމަމެން އައިސް އަހަރެންގެ މަންމަމެންނާ ބައްދަލު ކުރިއެވެ. އެންމެން ވެސް އަހަރެމެންގެ ގުޅުމަށް މަރުހަބާ ކިއެވެ…މާލެ ގޮސް އަދި ކާއިވެނި ކުރުމަށް ރެޑިވެގެން އައުމަށް ނިންމާލިއެވެ…އަހަރެން އުފަލުން ގޮސް މޮޔަނުވީ ކިރިޔާއެވެ.

އެއްދުވަސް ފަހުން ރިޝްވާންގެ މަންމަ އަހަރެންނަށް ގުޅާފަ ބައްދަލުކުރަން އެދުމުން އަހަރެން ދިޔައީމެވެ…

ރިޝްމީ އަހަރެން ދާނީ ސީދާ ޕޮއިންޓަށް….ރިޝްވާންގެ މަންމަ ބުނެލިއެވެ…

އަހަރެން ބޭނުމެއް ނޫން ރިޝްމީ އާއި ރިޝްވާންގެ ކައިވެނި ކުރެވޭކަށް އެކަމަކު ރިޝްވާންގެ ކުރިމަތީގައި އަހަރެންނަކަށް ނެތް ދެކޮޅު ހެދޭކަށް އޭނަ އަހަރެންނާ މެދު ދެކޭގޮތް ބަދަލު ވެދާނެތީ….ރިޝްވާން ދެކެ ލޯބި ވަންޏާ މިކަން ކައިވެންޏަށް އިންކާރު ކޮށްދީ؟ ރިޝްވާންގެ މަންމަގެ ވާހަކަ އަހާފައި އަހަރެންގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ…

ދައްތަ އަށް އަޅުގަނޑު ކަމު ނުދިޔައީ އަޅުގަނޑުމީ އެހާ މުއްސަނދި މީހަކަށް ނުވީމަތޯ؟ އަހަރެންނަށް އަހާލެވުނެވެ…

ނޫން އަހަރެން ބޭނުންވަނީވެސް އަހަރެން ރިޝްވާންގެ ދިރި އުޅުމަކަށް ފަގީރު ކުއްޖަކު އަންނަން  އެކަމަކު އެއައްވުރެން ބޮޑު ސަބަބެއް އެބަ އޮތެއްނު؟

ކަބާތަ އެ ސަބަބަކީ؟ އަހަރެންނަށް އަހާލެވުނެވެ.

ބަލަ ރިޝްމީ ތީ ނަހަލާލަލު ކުއްޖެއްނު….ރިޝްވާންގެ މަންމަ ގެ ޖަވާބު އިވފައި އަހަރެންގެ ދެލޯ ބޮޑުވެގެން ދިޔައެވެ..

ނުވާނެ އެހެންނެތް އަހަރެން ގެ މަންމަ ބުނާނެ ދޯ އެކަހަލަ ކުއްޖެއްނަމަ…..އަހަރެންނަށް ބާރަށް ރޮވުނެވެ.

ސޮރީ އަހަރެންނަކަށް ނޭންގޭ ރިޝްމީއަށް ސިއްރުވެފައިވާ ކަމެއް ކަމެއް އެއީ…….

އަހަރެން ރޮމުން ރޮމުން ގޮސް ގެއައް ވަނީމެވެ…މަންމަ ފެނުމާއެކު އަހަރެންނަށް ބައްދާލެވުނެވެ…

މަންމާ އަހަރެންގެ ބައްޕަ އަކީ ކާކު؟

ރިޝްމީ ކިހިނެތްވީ ކުއްލިޔަކަށް ތި ސުވާލު ތި ކުރަނީ؟؟ މަންމަ އަހާލީ ހާސްވެފައެވެ.

މަންމާ ބުނެބަލަ؟ ޕްލީޒް… އަހަރެންމީ ނަހަލާލު ކުއްޖެއްތަ؟

ދަރިފުޅާ ތީ މި މަންމަ ދުވަހަކުވެސް ދަރިފުޅަށް އެނެގެން ބޭނުންނުވި ސިއްރެއް….

އާން އެއީ ތެދެއް މިރަށް އައި މާލޭ މީހެއް ބޮޑު މުއްސަންޖެއް އަހަރެންދެކެ ވަރަށް ލޯބިވެޔޭ އިންނާނަމޭ ކިޔާފައި އަހަރެންގެ އިއްޒަތާ އަބުރު ވެއްޔާ މޮޑެލާފައި ދިޔައީ…..މީހަކު ދެކެ މި މަންމަ ވީ އިންތިހާ ލޯބީގެ އަދި ކުރި އިތުބާރުގެ ނަތީޖާ ދަރިފުޅު ތީ

މަންމަ ވަރަށް މަސްކަތް ކުރިން އެމީހަކު ހޯދަން މުޅި މާލޭގައި ދުވެ ދުވެ ވެސް ނު ހޯދުނު…އެނގޭ ހާވެސް އެއްޗަކީ އޭނަގެ އަންހެން ދަރިއެއް ހުންނަކަން އަދި އަންހެނުން ވިހާފައި މަރުވީކަން….އެއީ ދޮގެއް ކަމެއް ތެދެއް ކަމެއް ވެސް ނޭގުނޭ….

އެންމެ ފަހުން ދަރިފުޅުގެ ދޮންބައްޕައާއި ދިމާވެގެން މަންމަ ގޮވައިގެން މިރަށަށް އައީ…އައިސް ވިހައިގެން ކައިވެނި ކުރީ…އަދި އަދަށް ދާންދެންވެސް އެފަހުން އެ މީހަކު މަންމަ ނުދެކެން….އެމީހަކަށް ނުވެސް އިނގޭނެ ހެން ހީވަނީ މަންމަ ބަނޑުބޮޑުވީކަމެއް….

މަންމާ ރިޝްވާންގެ މަންމަ ބޭނުމެއްނުވޭ އަހަރެން ނަހަލާލު ކުއްޖަކަށް ވީމާ މިކައިވެނި ކުރުވާކަށް ބުނީ އަހަރެން އަމިއްލައަށް އިންކާރު ކުރާށޭ…މަންމާ އަހަރެން ވަރަށް ލޯބިވޭ ރިޝްވާން ދެކެ އަހަރެން މޮޔަވެދާނެ…އަހަރެން ރޮމުން ރޮމުން މަންމަގެ ގައިގަ ބައްދާލިމެވެ…

މަންމައަށް ކުރިންވެސް ހީވިޔޭ ތިހެން ވާނެޔޭ އެކަމަކު އެދުވަހު ގަބޫލު ވީމާ ވަރަށް އުފަލުން މަންމަ ހުރީ..

ދަރިފުޅު ގޮސް ތެދުތެދަށް ބުނޭ ރިޝްވާން ކައިރީގަ….ދޮންބައްޕަ އަހަރެންގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ…

އަހަރެން އެހެން ރޯން ހުއްޓާ އެތަނަށް ރިޝްވާން އައެވެ….

ރިޝް ކީއްވެ ތި ރޮނީ….؟ ރިޝްވާން ސުވާލުކުރިއެވެ…

ރިޝްވާން އަހަރެން ބޭނުމެއް ނޫން ރިޝްވާން އާއި މެރީކުރާކަށް އަހަރެން އިންނާނީ އަހަރެންނާ އެއްފެންވަރެއްގެ މީހަކާ ތީ މާ މަތީ ބޭފުޅެއް؟

ކީކޭ ރިޝް ތި ކިޔަނީ މޮޔަވީތަ ؟ އަހަރެންނަކަށް ނޫޅޭވޭނެ ރިޝްއާނުލައެއް ތި ނޫން އެއްވެސް އުފަލެއް ބޭނުމެއް ނޫން ރިޝްވާންގެ ދެލޯ ފެންކަޅިވިއެވެ…

އަހަރެންމި ބުނީނު ބޭނުމެއް ނޫނޭ އަހަރެން ކުޑަކޮށް މަޖާ ކޮށްލީއޭ….މިކަންތައް ހިތުން ފޮހެލާފައި ގޮސް ކޮންމެވެސް މުއްސަނދި ކުއްޖަކާ މެރީކުރޭ…އަހަރެން ބާރަށް ބުނެލީމެވެ…

ނޫން ނޫން ތިހެން ނުބުނޭ ރިޝް އަހަރެން މަރުވެދާނެ….އަހަރެން ވަރަށް ލޯބިވޭ އަހަރެންނަކަށް ނޫޅޭވޭނެ ރިޝް އާ ވަކިންނެއް…..ރިޝްވާން އަށް ރޮވެންފެށިއެވެ….

އަހަރެންމީ ނަހަލާލަށް ލިބިފަ ހުރި ކުއްޖެއް އަހަރެން މީ އެއްގޮތަކަށް ތި ކަހަލަ މުއްސަނދި އާއިލާއެއްގެ ޅީ ދަރިއަކަށް ވުމަށް އެކަށީގެންވާ މީހެއް ނޫން….

ރިޝް މީހަކު އެއްޗެކޭ ކީތަ؟ ނަހަލާލަށް ލިބިފަ ހުރުމަކީ ރިޝްގެ ކުށެއް ނޫން….އެއްވެސް މީހަކަށް އެހެނޭ ކިޔާފަ ރިޝް އާއި ދިމާލަށް އެއްޗެއް ކިޔުމުގެ ޗާންސެއް އަހަރެން ނުދޭނަން..ރިޝްވާން ބުނެލީ ވަރަށް ދެރަވެފައެވެ.

ކިތައް މީހުންގެ އަނގަ ބަންދުކުރާނީ…އެ ހަގީގަތާ ކުރިމަތި އެއް ނުލެވޭނެ ތި އާއިލާގެ އަގު ވެސްޓޭނީ….ދެން ދޭ ދުވަހަކުވެސް އަހަރެން ކޮބާތޯ ނުބަލާތި ބިރުވެރި ހުވަފެނެއް ކަމަށް ހީކޮށް ހަންދާން ނައްތާލާ….. އަހަރެން ބުނެލީ ވަރަށް ހިތްވަރު ކޮށްފައެވެ…

ރިޝް ކޮންމެވެސް ކަމެއް ވެއްޖެ އަހަރެންނަށް އިނގޭ ރިޝް އަހަރެންދެކެ ލޯބިވާވަރު އަހަރެންނަށް އިހްސާސް ކުރެވޭ…..ދުލުން ނުބުންޏަސް ކޮންމެސް މަޖްބޫރީއެއް ވެގެން ތިއުޅެނީ…..

ނޫނޭ ރިޝްވާން އަހަރެން ނުވޭ ލޯތްބެއް އަހަރެންގެ އަސްލު ލޯބިވެރިޔަކު ހުރޭ…..އަހަރެން ބޭނުންވަނީ އެމީހަކާ ކައިވެނި ކުރަން…..

-ނުނިމޭ-

50
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Nadhoo

varah kuda iruh suren varah kiyaahithun vaahaka kiyan vaahaka liyaa hihves vaathy try kohlani mi

Other Articles

Previous

ދިރުމެއްނެތް ދިރިއުޅުން 32

Next

ޔާރާ އަހާށޭ 16

Next
September 19, 2023

ޔާރާ އަހާށޭ 16

Previews
September 18, 2023

ދިރުމެއްނެތް ދިރިއުޅުން 32

9 Comments

  1. love imko 💕💕 says:
    September 19, 2023 at 7:03 pm

    When Is next part

    Reply
    1. Nadhoo says:
      September 23, 2023 at 3:16 am

      Thank you for the love …madhan submit kuraanan

  2. Shiunee says:
    September 19, 2023 at 9:10 pm

    When is next part. hey

    Reply
  3. Ifoo says:
    September 20, 2023 at 11:00 am

    When next part??

    Reply
    1. Nadhoo says:
      September 23, 2023 at 3:18 am

      Maadhama submit kuraanan

  4. Someone says:
    September 21, 2023 at 7:13 pm

    Kon iraku aneh bai

    Reply
  5. Shiunee says:
    September 22, 2023 at 9:03 pm

    When is next part?????????????????????????? I varah boring vey reply nudheythyyyyyyyyyyyyy

    Reply
    1. Nadhoo says:
      September 23, 2023 at 3:15 am

      So sorry reply nudhevuni balivegen admit vaan jehumun….will submit tomorrow

  6. Nadhoo says:
    September 24, 2023 at 10:15 am

    part 4 submitted

    Reply

Comments are closed.

All Right Reserved!