Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ފެށި ލޯބި އޮޔާ ދިޔުމުން -1

Nadhoo
September 11, 2023
3 Mins Read
8 Comments

ފަތިސް ނަމާދުގެ ބަންގީގެ އަޑަށް އަހަރެން ތެދުވީމެވެ….ތެދުވެގެން ގޮސް ނަމާދުކޮށްލައިގެން އާދައިގެ މަތިން ގޮސް ބަދިގެޔަށް ވަނީމެވެ….ގޮސް ހެނދުނުގެ ސައި ތައްޔާރުކުރުމަށް ފަހު ގޯތިތެރެ އާއި މަގުމަތި ކުނިކަހާ ރީތި ކުރީމެވެ…މީ އަބަދުވެސް އަހަރެން އުޅެންޖެހިފައިވާ ގޮތެވެ…އަހަރެންގެ މީ މަންމަގެ އެންމެ ދޮށީ ދަރި ދެން ތިބެނީ ދެ ފިރިހެން ކުދި އެއީ ދޮންބައްޕަގެ ކުދިން…އަހަރެންގެ ބައްޕައަކީ ކާކު ކަމެއް އަހަރެންނަކަށް ނޭންގޭ…..ދޮން ބައްޕަ އަކީ ލިބޭ މީހެއް ކަމުން އަހަރެމެން އުޅެނީ ފުދިގެން އަހަރެން ކިޔެވުމުގެ ހުރިހާކަމެއް ވެސް ކުރީ ދޮންބައްޕަ….އެކަމަކުވެސް ބައްޕައެއްގެ ލޯބި އަހަރެންނަކަށް ނުލިބޭ….މަންމަވެސް އެހާވަރަކަށް އަހަރެންނާ ހެދި އެއް ނޫޅޭނެ….އެކަމަކުވެސް ދެމީހުންވެސް ވަކި ގޯހެއް ނޫން…މިހާރު އަހަރެން ޖީ ސީ އޯލެވެލް ހެދިތާވެސް 3 އަހަރުވަނީ އަހަރެން އިތުރަށް ކިޔަވަން ބޭނުން ވުމުން ދޮންބައްޕަ އެކަން މަނާކުރިއެވެ…ވަޒީފާއެއް ހޯދަދޭނަމޭ ބުނެލިއެވެ… ހެނދުނުގެ ސައި ތައްޔާރުކުރުމަށް ފަހު އަހަރެން އަބަދުވެސް ދާ ގޮތައް އަތިރިމައްޗައް ދިޔައީމެވެ…ޖޯލީގައި އަހަރެން ފޯނުން އެއްޗެއް ބަލަން ޖައްސާލީމެވެ….

ހެލޯ ރިޝްމީ… ކައިރިން އިވިގެން ދިޔައީ ރިހާންގެ އަޑަށް އަހަރެން ބަލާލީމެވެ… ރިހާން އަކީ އަހަރެންނާ އެއްކޮށް ކިޔެވި ކުއްޖެކެވެ….އަދި ކުޑައިރުއްސުރެން ވަރަށް އެއްކޮށް އުޅޭ ކުއްޖެކެވެ..އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ވެސް މެއެވެ.

ކޮން އިރަކު ރަށަށް އައީ؟ އަޅެ ނުވެސް ބުނަމެއްނު… އަހަރެން ނަށް އަހާލެވުނެވެ….

ރޭ ދަންވަރު އައީ….މީ އަހަރެންގެ އޮފީސް ކުއްޖެއް ރިޝްވާން….

އަހަރެން އެ ކުއްޖާއަށް ރަގަޅަށް ބަލާލީމެވެ…އިސްކޮޅުން ދިގު، ރީތި ކަސްރަތީ ހަށިގަނޑެއް ލިބިފައި ވާ ޒުވާނެކެވެ…ތުންބުޅިވެސް ހުރީ ރީތިވަރަކަށްށެވެ….އިސްތަށިގަނޑު ފަންވެފައި ދިގެވެ އަހަރެންނަށް އަބަދުވެސް އިސްތަށިގަނޑު ދިގު ފިރިހެނުން ވަރަށް ރީއްޗެވެ….

އަހަރެން ބަލާލުމުން އެ ކުއްޖާ ހީލިއެވެ…އަދި ސަލާމް ކޮށްލަން އަތް ދިއްކޮށްލިއެވެ.. އަހަރެން ސަލާމް ކޮށްލީމެވެ….އިރުކޮޅަކު ވާހަކަ ދައްކަން ތިބެފައި އެމީހުން ދިޔައެވެ.

ދުވާލުގެ ބުރަ މަސައްކަތަށް ފަހު އަހަރެން ފެންވަރާލައިގެން ނިދަން އޮށޯވެލީމެވެ. ނަމަވެސް މިއަދު ދިމާވި ޒުވާނާގެ ސޫރަ އަހަރެންގެ ލޯމަތިން ފެންނަމުން ދިޔައެވެ…އަދި ދުވަހަކު ވެސް ފިރިހެން ކުއްޖަކު އަހަރެންނަށް ރީތިވެފައެއް ނެތެވެ… އަދި އެއްފަހަރު ފެނިލުމަށް އެދެވުނެވެ..އެހެން އޮއްވާ ނިދުނު އިރެއްވެސް ނޭގުނެވެ…

ހެނދުނު އަހަރެން ބަދިގެޔަށް ދިޔުމުން މަންމަ ބުނެލީ ރިހާންމެން މެންދުރުކާން އެގެޔަށް އަންނަވާހަކައެވެ… ރިޝްވާން އަކީ ދޮންބައްޕަ ރައްޓެއްސެއްގެ ދަރިއެއްކަމަށެވެ…

އަހަރެން ވަރަށް އުފާވިއެވެ. އަހަރެންނަށް ކައްކަން އިގޭ ހުރީ އެއްޗެއް ކެއްކީމެވެ..ބިރިޔާނީ،ނޫޑުލްސް އަދި ޕާސްތާ ކެއްކީމެވެ..އަދި މެގްނަމް ޕުޑިންވެސް ހެދީމެވެ..އޭގެ އިތުރުން ޖޫސް އަދި ޕާޕަރުވެސް ތައްޔާރު ކުރީމެވެ.

ކާން އައިރު ރިޝްވާން ލައިގެން ހުރީ ކަޅުކުލައިގެ ގަމީހަކާ ކްރީމް ކުލައެއްގެ ޖީންސެކެވެ…އަހަރެން ފެނުމުން އަހަރެންނާ ދިމާލަށް ބަލާފައި ރިޝްވާން ހީލިއެވެ. އެހީލުން ފެނި އަހަރެންނަށް ބަލަން ހުރެވުނެވެ.

ސާބަސް ރިޝްމީ ހާދަވަރަކަށް ތި ބަލަނީ؟ ރިހާން ބުނި އެއްޗަކުން އަހަރެން ދިޔައީ ސިއްސައިގެންނެވެ…

ރީތި އެއްޗިއްސަށް ބެލުމަކީ އެންމެންވެސް ކުރާ ކަމެއްނު އަހަރެންވެސް ބުނެލީމެވެ….ތީގެ މާނަޔަކީ ރިޝްމީ އަށް އޭނާ ރީތި ވެއްޖެޔޭ ތަ؟

އާން ހަމަ ވަރަށް ރީތި ބަލާ ފޫހި ނުވާހާ ރީތި….. ރިހާން އަކަށް ރީއްޗެއް ނޫންތަ؟

މަށަކަށް ފިރިހހެނުން ރީތިއެއް ނުވާނެ ދޯ؟ މަށަށް ރީތީ ރިޝްމީ….

ހޫން ފެށީއޭ ދޯ؟ އަހަރެން އެހެން ބުނެލުމުން ދެމީހުންވެސް ހެވުނެވެ…

އަސްލަމްބެ ކާއެއްޗިހި ވަރަށް މީރު އަސްލަމްބެ ވައިފް ވަރަށް މޮޅު ކައްކަން ރިޝްވާން ބުނެލިއެވެ….

ހެހހެ…ދަރިފުޅާ ރިޝްވާން…. ކެއްކީ ދައްތައެއް ނޫނޭ…މީ ރިޝްމީ ކައްކާފަހުރި އެއްޗިހި ހުސް….މަންމަ ބުނެލިއެވެ.

އެހެންތަ އަހަރެން ގެޔަށް ގެންދަން ލިބިދާނެތަ މެގްނަމްޕުޑިން…..އަހަރެންނާ ދިމާލަށް ބަލާލަމުން ރިޝްވާން ބުނެލިއެވެ….ފިނިވިމާ އަދި ވަކިން މީރުވާނެ އަހަރެން ފިނިކޮށްލައިގެން ފަހުން ގެނެސްދޭނަން އޯކޭތަ؟ އަހަރެން އެހެން ބުނެލުމުން އޭނާ ބޯޖަހާލިއެވެ.

އަހަރެންގެ ޅަހިތުގައި އާ ވިންދެއް ޖަހަން ފެށިކަމުގެ އިހްސާސް ކުރެވެން ފެށިއެވެ. 8 ޖަހަންވާއިރަށް ފެންވަރާ ރީތިވީމެވެ..ކަޅުކުލައިގެ ކުރުތާ އަކާ އައިސް ބްލޫ ޖިންސެއްލައިގެން ތައްޔާރުވީމެވެ. އަހަރެންގެ ދިގު ފަން އިސްތަށިގަނޑު ރީތިކޮށް އައްސާލީމެވެ…

އަހަރެން ގޮސް އެގެޔަށް ވަނުމުން ދިމާވީ ރީހާންގެ ކޮއްކޮއާއެވެ…އޭނާ ރިޝްވާން އުޅެނީ ކޮޓަރީގައި ކަމަށްބުނުމުން އަހަރެން ގޮސް ކޮޓަރީ ދޮރު ހުޅުވީމެވެ. އެއްވެސް މީހަކު ފެންނަން ނެތުމުން އަހަރެން ދާން އުޅެނިކޮށް ފާހާގެ ދޮރު ހުޅުވުނު އަޑަށް އަހަރެން ފަހަތަށް ބަލާލިމެވެ…ހުދު ކުލައިގެ ތުވާލިއެއް އޮޅާލައިގެން ހުރި ރިޝްވާންގެ ފިރިހެންވަންތަކަމުން އަހަރެން ގެ ހިތް އޮބި ނޯންނަވަރަށް ތެޅެންފެށިއެވެ… ރިޝްވާން ހައިރާންވެގެން ބަލަން ހުރުމުން އަހަރެން ރަކި ވިއެވެ…

ހާދަ ވަރަކަށް ތި ބަލަނީ އަނެއްކާ ހިތް ކީތަ؟ އޭނާ ކޮށްލި ސުވާލުން އަހަރެން ދޮރުން ނިކުންނަން ހިންގައި ގަތީމެވެ… އެކަމަކު ރިޝްވާން އަހަރެންގެ އަތުގައި ހިފާލިއެވެ…އަދި އަހަރެން ގެ ފުރަގަހުން އައިސް ކައިރީގައި ހުއްޓުނެވެ…އަހަރެންނަށް ދެލޯ މަރާލެވުނެވެ…

ތީ އަޅެ ސިހުރު ވެރިއެއްތަ؟ އޭނާ އަހާލުމުން އަހަރެންނަށް ފަސް އެނބުރި ބަލާލެވުނެވެ..އޭރުވެސް އޭނާ ހުރީ އަހަރެންގެ އަތުގައި ހިފަހައްޓާލައިގެންނެވެ.

ކީ ކޭ ތި ބުނީ؟

އަހަރެން މީ ސިހުރު ހަދާ މީހެއް ނޫން…އަހަރެންނަށް ބުނެވުނެވެ…

އެހެންވީއްޔާ އެއަށްވުރެންވެސް ބާރުގަދަ ތި ކުއްޖާ އާއި ދިމާވީ ފަހުން ހޭލާ ހުއްޓަސް ނިދުނަސް މިކުރެވެނީ ހަމަ ތި ހިޔާލު ނިދުނަސް ހުވަފެނުން ވެސް ފެންނަނީ…..ދުވަހަކު ވެސް އަންހެން ކުއްޖަކު ފެނިފަ ނުވޭ މިވަރެއް…. ރިޝްވާން އަހަރެންގެ އުނގަނޑުގައި ހިފާ އޭނަގެ ގަޔާ ކައިރިކޮށްލިއެވެ..އަހަރެންގެ ލާން އުޅުނު ނޭވާވެސް ތާށިވިއެވެ….އަހަރެން ރިޝްވާންގެ މޭގައި އަތް އަޅާކޮށްޕާލީމެވެ…

“ސޮރީ” ރިޝްވާން ބުނެލިއެވެ…އަހަރެން ދުވެފައި ނިކުމެގެން ދިޔައިމެވެ…އަހަރެން ނިކުމެގެން ދިޔައީ އަދި ދުވަހަކުވެސް ފިރިހެން ކުއްޖަކާ ކައިރިވެފައި ނެތުމުން ރިއެކްޓް ކުރާނެ ގޮތެއް ނޭގިގެންނެވެ… ނަމަވެސް ރިޝްވާންގެ އެކައިރިވުން އަހަރެންނަށް ކަމު ދިޔައެވެ…އިރު އިރު ކޮޅާ އެވަގިތު ކޮޅު ހަނދާންވެފަ އެކަނި ހުރެވެސް  ހިނިތުންވެވޭ….އެފަހުން މަގުމަތިން ދެ ފަހަރަކު ރިޝްވާން ފެނުމުން ވެސް އަހަރެން ލަދުން އަވަހަށް ފިލީމެވެ. އެ ފަހުން އޭނަވެސް ވާހަކަ ދައްކާކަށް ނޫޅޭ ކުރެވުނު ކަންތަކުން ދެރަވެފަކަންނޭންގޭ… އެކަމަކު އެހެން ވުމުން އަހަރެން ދެރަވިއެވެ…ގިނައިން ފެންނަ ހިސާބުގައި އުޅޭހިތްވިއެވެ…ދުވާލު ވެސް އެގޭ މަގުން އެތައް ބުރެއް އެޅުނެވެ…..ނަމަވެސް ރިޝްވާންގެ ހިޔަނިވެސް ނުފެނުނެވެ…

އިރު އޮއްސުނު އިރު ވެހެން ފެށި ވާރޭ ހުއްޓާލާކަށް ނޫޅުނެވެ…އަހަރެން ހަމަ ރިޝްވާން ދެކެން ބޭނުން ވަނީއެވެ…ވާހަކަ ދައްކާ ހިތްވަނީއެވެ… ކޮންމެ ގޮތެއް ހަދާފައިވެސް ބައްދަލު ކުރުމަށް ހިތުގައި އަޒުމް ކަނޑައަޅައިގެން ދަންވަރު 2 ޖެހުމުން ކުޑައެއް ހިފައިގެން ރީހާން މެންގެޔާ ދިމާލަށް މިސްރާބް ޖެހީމެވެ…އެގެ ކައިރިޔަށް ގޮސް އަހަރެން ރީހާން އަށް ގުޅާފައި ދޮރުހުޅުވުމަށް ބުނީމެވެ…ރީހާން ދޮރު ހުޅުވާލުމުން އަހަރެން ރީހާން އާ އަނގައިންވެސް ނުބުނެ މިސްރާބު ޖެހީ ރިޝްވާންގެ ކޮޓަރި ހުރި ދިމާލަށެވެ…ރީހާން ހައިރާންވެގެން ބަލަން ހުއްޓެވެ. އެކަމަކު އަހަރެން އަޅާވެސް ނުލަމެވެ…ރިޝްވާންގެ ކޮޓަރި ހުރީ ތަޅު ނުލާކަމުން އަހަރެންވަނީމެވެ..އަދި ދޮރު ތަޅުލީމެވެ…

-ނުނިމޭ-

51
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Nadhoo

varah kuda iruh suren varah kiyaahithun vaahaka kiyan vaahaka liyaa hihves vaathy try kohlani mi

Other Articles

Previous

ދިރުމެއްނެތް ދިރިއުޅުން 30

Next

އިންތިޒާރު 7

Next
September 12, 2023

އިންތިޒާރު 7

Previews
September 11, 2023

ދިރުމެއްނެތް ދިރިއުޅުން 30

8 Comments

  1. Ifoo says:
    September 11, 2023 at 12:21 pm

    Aww vv reethi Mi part❤️😊.. Dhn Knirakun tha aneh part kiyaalan libeynee😩

    Reply
    1. Nadhoo says:
      September 11, 2023 at 3:53 pm

      Thank you ifoo….thursadayga submit kohlaanan

  2. love imko 💕💕 says:
    September 11, 2023 at 2:35 pm

    Aww this story is so beautiful 🤩💞
    I love this story 🤩😀
    When Is next part 💕

    Reply
  3. Zee says:
    September 11, 2023 at 6:59 pm

    yey v happy Nadhooge new story eh up weema! and unmeedhu kuran mi story vex v ryythiwaane kamah
    i love the first part!!!

    Reply
  4. Anonymous says:
    September 14, 2023 at 12:14 pm

    kohbaa aneh part

    Reply
  5. Ifoo says:
    September 15, 2023 at 9:54 am

    When next part???

    Reply
    1. Nadhoo says:
      September 16, 2023 at 12:38 am

      Submit kohfa iny

  6. Zee says:
    September 15, 2023 at 1:48 pm

    Kon iraku next part kiyaalan libeyny?

    Reply

Comments are closed.

All Right Reserved!