އިންތިޒާރު 5
ނޫނޭ ހަމަ އަބަދުވެސް އުޅެނީ ގޭގައި ބަންގި ގޮވާ ގަޑިޖެހޭތީ މިސްކިތައް އެ ދިޔައީ….
ކީކޭ….އަނީސައްތަ އަހާލިއެވެ.
ހަމަ ރަގަޅަށް ތި އިވުނީ އަބާން މިހާރު ބަރާބަރަށް ނަމާދުވެސް ކުރޭ އަހަރެން ބުނެލުމުން އަނީސައްތަ އުފަލުން އަހަރެން ގައިގަ ބައްދާލިއެވެ….
ޒައިނީ ދަރިފުޅުގެ ސަބަބުން މިކަންތައް ރަގަޅު މި ވީ….ކުރިން ޑްރަގަށް ގޮސް ހުސްވެފައި އަބަދު ކޮޓަރީގައި…..ނިދިފަ……އަނީސައްތަ ބުނެލީ ވަރަށް ދެރަވެފައި.
އަނީސައްތާ ތި ހީކުރަނީ އަދި މުޅިން ރަގަޅަކަށް ނޫން އަބާން ދުވަހަކުވެސް ޑްރަގް ބޭނުމެއް ނުކުރޭ……އެއައްވުރެން ވިސްނޭ ކުއްޖެ އެއީ….
ތިބުނީ…..އަނީސައްތަ އަހާލިއެވެ…
މި މުއްސަނދިކަން ހާސިލްކުރުމަށް އަނީސައްތަމެން ދެމަފިރިން އަވަދި ނެތި އުޅުނު އިރު ކުޑަ ކުޑަ އަބާން މައިންބަފައިންގެ ލޯތްބައް އެމީހުންގެ ވަގުތައް ފެންބޮވައިގެންފައި ވީ ކަން އަނީސައްތަމެންނަކަށް ނޭގުނު….
ސްކޫލު ކައިރިޔަށް އެހެން ކުދިން ހޯދަންދާ މަންމަ ނޫނީ ބައްޕަގެ ގައިގަ ލޯބިން ބައްދާލާ މަންޒަރު ބަލަން ރޮވިފައި ކޮންމެވެސް ނޯކަރެއް ބަލާ އަންނަންދެން އަބާން ހުރީ ކިތައް ދުވަހު ކަމެއް ނޭގުނު….
އެކަނި މާ އެކަނި ނުނިދިގެން ބިރުން ކޮންމެސް ތާކަށް ވަދެ ފިލާއިންތަން ނުފެނުނު…..އެހެން ހުއްޓާ ޝަރީފްބެ އައުމުން އަބާން އަށް ވަރަށް ލޯބި ލިބުނު ޝަރީފްބެގެ ތަރުބިއްޔަތުގެ ސަބަބުން އަބާން ގެ ކިޔެވުން އަދި އުޅުމަށް ވެސް ބަދަލު އައި ޝަރީފްބެ ދިޔުމުން އަބާން އަނެއްކާވެސް އެކަނި ވި އެކަމަކު ޝަރީފްބެގެ ނަސޭހަތުގައި ހިފާ ހިތްވަރާއެކު ކިޔާވާ މޮޅު ވަނައެއް ޖީސީ އޯލެވެލް އިން ހޯދި ނަމަވެސް އެ ޝަރަފުވެރި ޖަލްސާގައި އަބާންގެ މައިންބަފައިންނަށް ބައިވެރި ނުވެވުނުތާނގައި ލޯބިން ބައްދާލާފައި ވީ އާރ ޕްރައުޑް އޮފް ޔޫ އޭ ވެސް ނުބުނެވުނު… ދިއްކޮށްލީ އަގުބޮޑު ފޯނެއް…..
އެކަމަކުވެސް ހިތްވަރު އެލުވާނުލާ އެފަކީރު އޭލެވެލް އިންވެސް ރަންވަނަ ހޯދީ….އެކަމަކު މިފަހަރުވެސް އަބާންގެ މައިންބަފައިންނަށް ހީވީ އަގުބޮޑު ހަދިޔާއެކޭ ދޭންޖެހެނީ…
އެންމެ ކުޑަމިނުން އެފަކީރުގެ އުފަންދުވަހަކު އެކުގަ ކޭކެއް ފަޅާލާނެ ވަގުތެއް ނުވޭ ތި ދެމަފިރިންނަކަށް……. އެ އެހިސާބުން އޭނާ މައިންބަފައިންމަތިން ފޫހިވި… އަމިއްލައަށް ދުރުވާން ފެށި….ކެތް ކުރެވެނީވެސް ވަކިވަރަކަށް ތާ…..އެހެންވެ ރައްޓެހިންނާ އެއްކޮށް ބޭރުގައި އުޅެންފެށި އަންހެން ކުދިން ގޮވައިގެން އައިސް މަޖާކުރުން އޭނަގެ އެކަނިވެރި ވަގުތު ގެ ބައިވެރިޔަކަށްވި… އެކަމަކުވެސް އެ އަންހެނުން ބޭނުންވާ އެކަހެރި ގުޅުން އަބާން ބާއްވަން ބޭނުންނުވާތީ އެމީހުންވެސް ދަނީ…..ކޮންމެވެސް ދުވަހަކުން އުފާވެރި ދިރިއުޅުމެއް އުޅެވޭނެ ކަމުގެ އުއްމީދުގައި އެދުވަހަކުން އަމިއްލަ އަނބި މީހާއަށް ދެރައެއް ދޭން ނޭދޭތީ އެއިޑްސް ކަހަލަ ބަލިއެއް ޖެހިދާނެތީ އޭނާ ބޭނުމެއް ނުވޭ އެއްވެސް އަންހެނަކާ ގުޅުމެއް ބާއްވާކަށް…. އެހެން ވުމުގެ ސަބަބުން އެކަމުންވެސް އެކަނިވެރިކަން ފިލާގޮތެއް ނުވި އެހެންވެ ކޮންމެވެސް ފިލްމެއް ބަލަން ދަންވަރު ހޭލާ އުޅެފަ ދުވާލު ނިދަނީ…. ހަމަ އެކަނި ކޮފީއެއް ބޯލައިގެން އުޅެމުން ދިޔައީ….ޑްރަގް ނަގާ ހުސްކުރާކަމަށް ހީކުރާ އަބާންގެ ޕޮކެޓް މަނީ އޭނާ ކޮންމެ މަހަކު ފޮނުވަނީ އޭނާގެ ޝަރީފްބެއަށް…… އަބާން އަކީ ގޯސް ކުއްޖެއް ނޫން އަހަރެން މި ގެއައް އައިތާ 3 މަސް ތެރޭ އަހަރެން އަބާން ދަސްކޮށްފިން އެކަމަކު އަނީސައްތަމެންނަށް ނޭންގުނީ ކީއްވެ ބާ؟؟؟؟ އަހަރެންގެ ވާހަކަ ނިންމާލި އިރު އަނީސައްތަގެ އިތުރުން ޝާހިންބެވެސް އަހަރެންގެ ފަހަތުގައި ހުރެ ރޮމުން ދިޔަ އަޑު އިވޭ……
“ސޮރީ” މާގިނަ ވާހަކަ ކަންނޭންގޭ މި ދެއްކުނީ އަހަރެން މަޑުމަޑުން ބުނެލީމެވެ….
ނޫން ދަރިފުޅާ މިއަދު ބޭބެމެންގެ އަނދިރި ލޮލުގެ ފެނުން ދަރިފުޅު ތި ދިނީ……ޝާހިންގެ ގިސްލެވެމުން ދިޔަ ހާލު ބުނެލިއެވެ….
ޝާހިންބޭ އަދިވެސް ވަގުތު ފާއިތު ނުވޭ އަބާން ހަރުދަނާ މީހަކަށް ހެދޭނެ…ދައްތަމެން ހިތްވަރު ކުރޭ…ގިނަ ވަގުތު އަބާންއާއެކު ހޭދަކުރޭ އަބާން ބޭނުން ވަނީ ލޯބި…. ހުރިހާކަމަކަށް ވުރެ އަބާން އިސްކުރޭ…ގައުމަށް ފައިދާ ހުރި ޒުވާނަކަށް އަބާން ވާނެ……
ދަރިފުޅާ ޒައިނީ…….. ތީ އުމުރަށް ވުރެން ވިސްނުންތެރި ރަގަޅުކުއްޖެއް…އަދި މިއަދުން ފެށިގެން އަހަރެމެންގެ ދަރިއެއް….
އަބާން…. ގޭތެރެއަށް ވަދެގެން އައި އަބާން އަށް އަހަރެން ގޮވާލީމެވެ….
ހިންގާކާން އެންމެން އެއްކޮށް އަހަރެން ބުނެލުމުން އަބާން ބޯޖަހާލިއެވެ…. އެންމެން އެއްކޮށް ތިބެ ކައި ނިންމާލިއެވެ….
އަބާން ހިންގާބަލަ މި ވީކް އެންޑްގަ ޒައިނީމެން ރަށަށް ދާން….. ޝާހީންބޭ ބުނި އެތި އަޑު އަހާފައި އަހަރެން އުފަލުން މޮޔަނުވީ ކިރިޔާ……
އޯކޭ އެކަމް ބައްޕަ އެއްވެސް މީހެއްކައިރީ ނުބުނާތި އަހަރެން ބޭނުމީ ޝަރީފްބެއަށް ސަޕްރައިޒެއް ދޭން…އަބާން ވެސް ދާކަން އެންގުމުން އަހަރެން ވަކިން އުފާވިއެވެ…..
ބިޒީ ވީކަކަށް ފަހު އަހަރެމެން ކުޅުދުއްފުއްޓަށް ދިޔައީމެވެ…. “އައްސަލާމް އަލައިކުމް” އަހަރެން ސަލާމް ގޮވާލުމުން ބޮޑުދައިތަ ނިކުމެގެން އައެވެ… އަހާ ދަރިފުޅާ ޒައިނީއޭ ކިޔާ އޮޅުލައިގަތެވެ… އަހަރެން ވަރަށް ހައިރާންވެސް ވިއެވެ…
އެވަގުތު އެތެރެއިން ނިކުމެގެން އައި ކުދިން ކޮޅު އހަރެން ފެނުމުން ދުވެފައި އައެވެ… ދޮންތީ…އޭ ކިޔާ ހަޅޭލަވައިގަތެވެ….އަހަރެން ތިރިވެ ތިންކުދިންނާ އެއްކޮށް ބައްދާލީމެވެ…ޒައިނީ ދަރިފުޅާ ބޮޑުބެ ގޮވާލި އަޑަށް އަހަރެން ބަލާލިމެވެ….އައިސް އަހަރެންގެ ބޮލުގައި ފިރުމާލިއެވެ….
ބޮޑުބެ މީ ކާކުކަން އިނގޭތަ؟ އަހަރެން އަބާން ދައްކާލަފައި އަހާލީމެވެ…
ތީ ޝަރީފްބޭގެ އަބާންއެއްނު… އެހާވަރަށް ބުނެވުނު އިރު އަބާން ބާރަކަށް ބައްދާލިއެވެ…. އަންގާވެސް ނުލާ އަނެއްކާ ކަމެއް ގޯސްވީތަ؟ ބޮޑުބެ ހާސްވެފައި އަހާލިއެވެ…
ނޫނޭ ބޮޑުބޭ ހަމަ ބޮޑުބެމެން ދެކިލާހިތުން އައީ…..އަބާންމެން ތިބީ ގެސްޓު ހައުސް އެއްގައެވެ ނަމަވެސް އަހަރެން ހުރީ ގޭގައެވެ….
ޒައިނީ…ދަރިފުޅާ އަބާން އެބަހުރި ބޭރުގައި ބޮޑުބެ އައިސް ބުނެލިއެވެ… މިދަނީ ކަމައް ބުނެ އަހަރެން ނިކުމެގެން ދިޔައީމެވެ….ޒައި ހިނގާބަލަ އަހަރެމެންނަށް މިރަށް ދައްކާލަން….އަބާންގެ އިތުރުން އަނީސައްތަމެންވެސް ތިއްބެވެ… އެކި ތަންތަން ބަލަބުން ހިނަގަމުން އަހަރެމެން ދިޔައީމެވެ. ކުއްލިޔަކަށް އަޅާލެވު ގޯޅިން އަހަރެންގެ އަތް ފައި ފިނިވެގެން ދިޔައެވެ… އަހަރެން ބާރަށް ދުވެފައި ގޮސް އެތާހުރި ފަޅު ގެޔަކަށް ވަނީމެވެ.
އެގެޔަށް ވަދެވުމުން އަހަރެންގެ ލޮލުން ކަރުނަ އޮހެންފެށީ އެއްވެސް އިހްތިޔާރެއް ނެތިއެވެ….ދޮރުކޮއްޕާލުމުން ދޮރު ހުޅުވުނެވެ……ގޭތެރޭގައިވަނީ ހިރަފުހާއި ކުންޏެވެ…މަކުނުވާލާއި ނުބައި ވަހެވެ….އަހަރެން ގޮސް ކޮޓަރިއެއްގެ ދޮރު ހުޅުވާލީމެވެ. ކޮޓަރީގެ މެދުގައި ހުރި އެނަދުގައި ބާލިސް އަޅާރީތިކުރިކޮށްފައި ހުއްޓެވެ…އެކަމަކު ހިރަފުހާއި ކުނިން ތައްތެޅިފައެވެ… އަހަރެން ބަދިގެ ފަރާތައް ނިކުތީމެވެ… އަނބުގަހުގައި އެލުވާފައި ހުރި އުނދޯލިވަނީ ހަލާކުވެފައެވެ…ޒައި މީ ކޮންތަނެއް ކީއްވެ ތި ރޮނީ އަބާންގެ އަޑު ކައިރިން އިވުމުން އަހަރެންގެ ބަޑި ފަޅައިގެން ދިޔައެވެ…. އަބާން މީ އަހަރެންގެ މައިންބަފައިންގެ…..މަންމަމެންގެ ހާދިސާއަށް ފަހު މިގެ މިހުންނަނީ ފަޅަށް…އަހަރެން މަންމަމެން މަތިން ވަރަށް ހަނދާވޭ މިގެޔަށް އައިމަ ވަކިން މިސްވެއްޖެ…
ނުރޮއެ ހުއްޓާލާ ޒައި ތީ ނުލާހިކު ހިތްވަރު ގަދަ ކުއްޖެއް ނު ދޯ…..އަބާން އަހަރެންގެ ކަރުނަ ފުހެލައި ދިނެވެ….
ޒައިނީ ދަރިފުޅާ ކިއްވެ ތި ރޮނީ؟ އަނީސައްތަ އަހާލިއެވެ… މަންމާ މީ ޒައިގެ މަންމަމެންގެ ގެ އެހެންވެ އެމީހުން މަތިން މާ ބޮޑަށް މިސްވީ މިގެއަށް އާދެވުނީމާ…އެހެންވެ ރޮވުނީ…..ޖަވާބު ދިނީ އަބާންއެވެ.
ވަޖީހުގެ ދެމަފިރިންނަކީ ވަރަށް ރަގަޅު ދެމީހުން ވަރަށް ހަދިޔާވެސް ފޮނުވާނެ…އަދި ކިރިޔާ މިއެނގުނީ ޒައިނީ އަކީ ވަޖީހުގެ ދަރިއެއްކަން ޝާހިންބެ ބުނެލިއެވެ.
ޝާހިންބެ ދަންނަންތަ އަހަރެންގެ ބައްޕަ….އަހަންނަށް އަހާލެވުނެވެ…
އާން އަހަރެމެން ދެމީހުން އުޅުނީ އެއް ރިސޯޓެއްގައި….އަސްލު އަހަރެންގެ ރަހުމަތްތެރިޔަކީ ވަޖީހު… ވަޖީހުމެންގެ ކައިވެންޏަށްވެސް އަހަރެން އައިން އެ ދަތުރުގައި ޝަރީފް އާއި ދިމާވެ އެނަޔާވެސް ރަހްމަތް ތެރިވީ…ޝަރީފް ކޮއްކޮއެކޭ ބުނީމާ އަހަރެން ހީކުރީ ޝަރީފް ގެ އެއްބަޑު ކުއްޖެއްކަމަށް… ޝަރިފާއަކީ ޝަރީފްގެ ކޮއްކޮ ކަން އިނގޭ….ވަރަށް އުފާވެއްޖެ ވާޖީހުގެ ދަރިއެއްކަން އެނގުނީމަ ދެން ހިންގާ ދާން……ރަށުން ފުރުމުގެ ކުރިން އަހަރެން މައިންބަފައިންގެ މަހާނަޔަށްވެސް ޒިޔާރަތްކޮށްލީމެވެ.
އަހަރެމެން ވަރަށް މަޖާ ދަތުރަކަށް ފަހު އެބުރި މާލެއައީ ވަރަށް އުފަލުންނެވެ….ރޫމުގައި ހުރެފައި އަހަރެން ނިކުތީ ބޭރަށް އައުމަށްއެދި އަބާންގެ މެސެޖެއް އައުމުންނެވެ. އަހަރެން ނިކުތް އިރު އަބާން ބޭރުގައި ހުއްޓެވެ….
ޒައި އަހަރެން ބޭނުން ވާހަކައެއް ބުނެލަން….
އަވަހަށް ބުނެބަލަ އަހަރެން ބުނެލީމެވެ…
ޒައި ލޯމަރާލަބަލަ….އަހަރެން ލޯމަރާލީމެވެ…އަބާން އަހަރެންގެ އަތުގައި ހިފައިގެން ކުރިޔަށް ދިޔައެވެ…..އިރުކޮޅަކުން ލޯ ހުޅުވިޔަސް އޯކޭކަމަށް އަބާން ބުނެލިއެވެ…
އަހަރެން ލޯ ހުޅުވާލީމެވެ….އަހަރެންނަށް ހުރެވުނީ އަބާންގެ ރޫމުގައެވެ…މުޅި ތަންވަނީ ރަތްކުލައިގެ ހާރޓްބެލޫން އަދި ފިނިފެން މަލުން ޒީނަތްތެރިކުރެވިފައެވެ…..އަދި އަލިކޮށްފައިވަނީ ފެއަރީ ލައިޓްގެ އަލިންނެވެ…އަބާން މީ ކޮންކަމެއް….؟
އަބާން ކުއްލިޔަކަށް އަހަރެންގެ ކުރިމައްޗައް އެއްފައި މައްޗައް ތިރިވިއެވެ…ޒައި މުޅި މާލެ އަންހެން ކުދިންގެ މެދުގައި މަޝްހޫރު ޕްލޭބޯއި އިޒް އިން ލަވް…
ޒައި ގެ ރަގަޅުކަމުން އަހަންނަށް ކެއަރ ކުރާވަރުން އަހަރެންނަށް ޒައި ވަރަށް ހާއްސަވެއްޖެ….އައި ލަވް ޔޫ ޒައި….
އަބާންގެ ވާހަކަތައް އަޑު އަހާފައި އަހަރެންގެ ހިތް އުފަލުން ނަށާލިއެވެ… އަބާން ވެސް އަހަރެންދެކެ ލޯބިވާކަން އެނގުމުން އަހަރެން ވަރަށް އުފާވިއެވެ…
“އަބާން އަހަރެން އަދި ތިކަހަލަ ކަމަކަށް ތައްޔާރެއް ނޫން…އަހަރެންމީ ނިކަމެތި ފަގީރު މަންމައެއް ބައްޕައެއް ނެތް މީހެއް ތީ މުއްސަނދި އާއިލާއެއްގެ ހުރި ހަމައެކަނި ދަރިއެއް އަހަރެންނާ އަބާން އާއި އަރާ އަރަ ފޯދިގެނެއް ނުވޭ…. ” އަހަރެން ބުނެލީމެވެ.
“ޒައި ކޮންކަހަލަ ވާހަކައެއް ތި ދައްކަނީ…އަހަރެން މަންމަމެންނާ ވާހަކަ ދައްކާނަން…އެމީހުން ނުލާހިކު ލޯބިވޭ ޒައި ދެކެ…..”
” ލޯބި ވިޔަސް މިގޭ ޅީދަރިޔަކަށް ހަދަން ބޭނުމެއް ނުވާނެ….” އަހަރެން ބަހުގައި ހިފާލީމެވެ.
އަހަރެން ވަހަކަ ދައްކާނަން އެމީހުން ގަބޫލު ނުވިޔަސް އަހަރެން ޒައި ބޭނުން…. ޒައި ބުނެބަލަ ޑޫ ޔޫ ލައިކް މީ؟
ނޯ އަބާން………އަހަރެން ހިތާ ދެކޮޅަށް އެތަނުން ނިކުމެގެން ދުވެފައި ގޮސް ރޫމަށް ވަނީމެވެ….އަބާންގެ ލޯތްބައް އިންކާރު ކޮށްފައި އައި އަހަރެންގެ ހިތުގައި ރިހެމުން ދިޔައެވެ… އެތައް ފަހަރު ޅިޔަ އަޅާލުމުން ލޭ އޮރެމުން ދިޔަކަހަލަ އިހްސާސެއް ކުރެވެމުން ދިޔައެވެ…އަހަރެން ވަރަށް ގިނައިރު ރުއީމެވެ…ރޭގަނޑު ކާކަށް ވެސް ނުނިކުންނަމެވެ…
ހެނދުނު ތެދުވެ އަވަސް އަވަހަށް ރެޑީވެގެން އޮފީހަށް ދިޔައީމެވެ… އޮފީސް ނިމިގެންވެސް އޮފީސް ކުދިންނާއެކު ސާބޯން ދިޔައީމެވެ…ހަމަ އަބާން ފެންނަ ހިސާބައް ނުދާންވެގެންނެވެ… އިރު އޮއްސުމުން ގެޔަށް ދިޔައީމެވެ…އަބާންގެ އެތައް މެސެޖެއް ލިބުނެވެ… ފޯނުވެސް ކުރިއެވެ. އަހަރެން އަޅައެއް ނުލަމެވެ…ރޭގަނޑު އެންމެން ކާން މޭޒު ދޮށުގައި ތިބީމެވެ…
މަންމާ ބައްޕާ އަޅުގަނޑު ބޭނުން މެރީކުރަން މަންމަމެން އޯކޭތަ؟ އަބާން ބުނި އެއްޗަކުން އަހަރެންގެ ކަރުގައި ކާއެއްޗިހި ތާށިވިކަހަލަ އެވެ.
ލައްބަ މަންމަމެން ވަރަށް އިންތިޒާރު ކުރާ ދުވަހެއް އެއީ….އަނީއަސައްތަ ޖަވާބުދިނެވެ.
އަހަރެން ބޭނުން ކޮންމެ ކުއްޖަކުވެސް މަންމަމެން ގަބޫލުކުރާ ނަންތަ؟ އަބާން އަހާލީ ޖެހިލުންވެފައެވެ.
އާނ ދަރިފުޅުގެ އުފަލަށް ވުރެ އެހެންކަމެއް މުހިއްމެއް ނޫން….
އެ ކުއްޖަކީ ޒައި އޭ ބުނެފީއްޔާ…..އަބާން އެންމެ ފަހުން ބުނެލިއެވެ…އަހަރެން ލަދުން މަރުވާވަރު ވިއެވެ…
ފައިނަލީ…މަންމަމެންނަށް މާކުރިންވެސް ހީވެއްޖެ ދަރިފުޅުމެން އެއްކުއްޖަކު އަނެއް ކުއްޖަކު ދެކެ ލޯބިވާހެން….ބުނާނެ ދުވަހަކަށް މި ތިބެނީ…..
ތީގެ މާނަޔަކީ މަންމަމެން ގާބޫލޭތަ؟ އަބާން އުފާވެފައި އަހާލިއެވެ…
ޒައި ކޮބާ މިހާރު ދެން ޔޭސް ބުނެބަލަ……އަބާން ބުނެލިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
9 Comments!
Comments are closed.

MaashaAllah
Mee hama v v v reethi story eh😊 dhen adhi mi story kiyaaleema v happy feel eh wanee😅 you are a great writer👏…
When is the next part?
Thank you for the lovely…comment♥️♥️
Will submit next part soon
When next part???
when is next part
When Is next part
varrah kiyaa hih vaa vaahaka eh mi vaahakaige 6 vana baii beynun
varrah kiyaa hih vaa vaahaka eh mi vaahakaige 6 vana baii beynun
varrah kiyaa hih vaa vaahaka eh mi vaahakaige 6 vana baii beynun
part 6 submit kohfin…ummeedhukuran kamudhaane kamah