
އިންތިޒާރު 6
އަބާން އަހަރެންގެ ފިރިޔަކަށް ވުމަށް އަހަރެން ބޭނުންވާ އެއްވެސް ސިފައެއް ނެތް އަބާން ގެ ގަޔަކު އަހަރެން ބުނެލީމެވެ…..
ޒައި ކީކޭ ތި ބުނީ؟ އަބާން ސުވާލު ކޮށްލިއެވެ..
” އަބާން މީހަކާ އިންނަން އުޅޭ އިރު އަނބިމީހާ ބެލޭނެ ވަރު އެބަހުރިތަ؟
އަބަދު ބައްޕަގެ ތައްޕާހުންތަ އުޅެންތަ ބޭނުން ވަނީ؟
އެއްވެސް ހަރުދަނާކަމެއް ނެތް…..މީހަކު ދިނީމަ ކައިގެން ބޮއެގެން އުޅޭ މީހެއްގެ އަތްމައްޗައް އަހަރެންގެ ދިރިއުޅުން ކިހިނެތް ދޫކުރާނީ؟
އަހަރެންމީ މައިންބަފައިން ނެތް ކުއްޖެއް އެކަމަކު އަހަރެން ދިރިއުޅުމަށް ހުވަފެންތަކެއް ދުށިން އެހުވަފެންތައް ބައްޕަގެ ފައިސާއިން އުޅޭ މީހަކަށް ފުރިހަމަ ކޮށް ދެވޭނެތަ؟ ނުދެވޭނެ……. އަހަރެން ބޭނުމެއްނޫން އަބާން އާއި މެރީކުރާކަށް…..ހަރުދަނާ ޒިންމާދާރު ފިރިއެއް އަހަރެން ބޭނުމީ…
އަހަރެންގެ ވާހަކަ އަޑު އަހާފައި އަބާންގެ ލޮލުން އައި ކަރުނަ ފެނިފައި އަހަރެންގެ ހިތް ކުދި ކުދިވިއެވެ…
ނަމަވެސް ތުންފަތުގައި ބާރަށް ދަތްއަޅާލަމުން ކަރުނަ ހިފެހެއްޓީމެވެ…އެންމެ ފަހުން އަބާން އެތަނުން ނިކުމެގެން ދިޔުމުން އަހަރެންގެ ބަޑި ފަޅައިގެން ދިޔައެވެ… އަހަނަށް ގިސްލަ ގިސްލާފައި ރޮވުނެވެ އަނީއްސައްތަމެން ތިބިކަމަކު ކޮންޓްރޯލް ނުވީއެވެ…
ދަރިފުޅާ ދަރިފުޅުވެސް އަބާންދެކެ ލޯބިވޭދޯ؟ ދަރިފުޅު ތި ރޮނީ އަބާންދެރަވުމުން އެތަން ބަލަން ކެތްނުވުމުން…… މީ ދޮގެއްތަ؟ ޝާހިން ބޭ އަހާލިއެވެ…
އަހަރެން އަނީސައްތަގެ ގައިގަ ބައްދަލީމެވެ….ލައްބަ އަޅުގަނޑުވެސް ވަރަށް ލޯބިވޭ….އަޅުގަނޑު ބޭނުންވޭ އަބާން ހަރުދަނާ މީހަކަށް ވާން އަޅުގަނޑު އިންތިޒާރު ކުރާނަން އެދުވަހަކަށް…..އަބާން މަސައްކަތްކުރާނެ އަހަރެން ހާސިލް ކުރުމަށް….ކޮންމެ ފަދަ ހަރުފަތެއް ވެސް ގިރާކުރާނެ….މިހާރު އަބާން އަށް ބޭނުންވާނީ މައިންބަފައިންގެ ހިތްވަރު…އޭނައަށް ހިތްވަރު ދީ…އަހަރެން ރޮމުން އާދޭސްކޮށްލީމެވެ.
ދަރިފުޅު ތީ ހަމަ ޖަވާހިރެއް….ތި ކަހަލަ ކުއްޖަކު ނުލިބޭނެ އަހަރެންގެ އަބާން އަކަށް މުޅި ދުނިޔެ ފުނާއެޅިޔަސް……އަނީސައްތަ ބުނެލީ ވަރަށް ލޯބިން އަހަރެންގެ ބުރަކަށީގައި ފިރުމާލަމުންނެވެ…
ހަބަރުދާރު އަހަރެންގެ އަބާން އަށް އެހެން މީހަކު ފެނޭތޯ ނުބަލާތި އަހަރެން ބުނެލީ ސީރިޔަސްކަން ކަނޑުވާލުމުގެ ބޭނުމުގައެވެ…..އަނީސައްތަމެން ބާރަށް ހީގަތެވެ….
އަނީސައްތަމެން ގޮސް އަބާންގެ ރޫމުގައި ޓަކި ޖަހާލުމުން އަވަހަށް ހުޅުވާލިއެވެ….އެމީހުން އަބާންއަށް ވަރަށް ހިތްވަރު ދިނެވެ…
އެފަހުން ދެދުވަސް ވީއިރުވެސް އަބާން އަހަރެންނަށް މެސެޖެއްވެސް ކޯލެއް ވެސް ނުކުރެއެވެ…ފެނުނަސް ފެންނަކަމަކަށް ނަހަދައެވެ…އަހަރެންގެ ހިތުގައި ވަރަށް ޖެހެއެވެ…އެކަމަކު ފަހުން ރަގަޅުވާނެކަމަށް ހިތާ އަހަރެން ހިތްހަމަޖައްސާލަމެވެ…
ރޭގަނޑު ކާންތިބެފައި ބައްޕާ އަހަރެން ވިސްނައިފިން ޖޮބަކަށް ދާން….އަބާންގެ ބުނި އެއްޗެއްގެ އަޑު އިވުމުން އަހަރެން ވަރަށް އުފާވިއެވެ.
ހިންގާ މާދަމާ އޮފީހަށް ޝާހީންބޭ ބުނެލިއެވެ..
ނޫން ބައްޕާ އަޅުގަނޑު ބޭނުމީ އަޅުގަނޑުގެ ފެންވަރުން ޖޮބެއްލިބުން… އެހެން ނޫނީ މީހުން ބުނާނެ ބައްޕަގެ އޮފީހުން ހަމަ މަތީ މަގާމެއް ލިބުނީއްޔޭ…..އަހަރެން ބޭނުންވަނީ ބައްޕަ ފެށިހެން ޒީރޯއިން ފަށަން…..ދެތިން ތަނަކަށް އެޕްލައިކޮށްފިން….މާދަން އެބައޮތް އިންޓަވުއަކަށް ކިޔާފަ…
އަބާން ބައްޕަވަރަށް އުފާވެއްޖެ….ޕްރައުޑް އޮފް ޔޫ…ޝާހިންބޭ ބުނެލީ ވަރަށް ލޯބިންނެވެ. އަހަރެން ހެނދުނު ސާބޯން ދިޔައިރު ކާމޭޒު ދޮށުގައި އިން އަބާން ފެނިފައި އަހަރެންގެ ހިތް ފުރިގެން ބަންޑުންވިއެވެ…ހުދުކުލައިގެ އަތް ދިގު ގަމީހެއްލާފައި ކަޅު ފަޓްލޫނުގައި ބެގީކޮށް އަދި ކަޅު ބޫޓެއްގައި ހީވަނީ ހަމަ މިނިސްޓަރެއްހެންނެވެ… އަހަރެންނަށް ދެވަނަ ތަނެއް ނުވެއް ބެލުނެވެ…ރަގަޅައް ސައެއްވެސް ނުބޮނެވެ.
އަހަރެން އަވަހަށް ނިކުމެގެން ޝާހިންބެއާ އެއްކޮށް އޮފީހަށް ދިޔައީމެވެ……ހަވީރު އޮފީސް ނިންމާފައި އައުމުންފުރަތަމަވެސް އިވުނު ހަބަރަކީ އަބާންއަށް ވަޒީފާ ހަމަޖެހުނު ވާހަކައެވެ…އަހަރެން ވަރަށް އުފާވިއެވެ… ކޮންގްރާ ލިޔެ ވައިބާރ އިން މެސެޖެއް ކޮށްލީމެވެ….
ޝާހީން ބޭ އަޅުގަނޑު އެބަޖެހޭ 6 މަސް ދުވަހަށް ރާއްޖެއިންބޭރަށް ދާން އިންޑިޔާގެ ލޯފާރމްއަކުން ތަމްރީން ހޯދަން އޭރުން ދެން ޖޫނިޔާރ ލޯޔަރަކަށް ވެވުނީ… މިއަދު ކޮލެޖްގެ ފަރާތުން ޕާސްޕޯރޓްވެސް ހަދަން އެޕްލައި ކޮށްފި….
6 މަސް ދުވަހޭ ހާދަ ދިގު މުއްދަތެއް؟ ދަރިފުޅަށް އެކަނި އުޅެވޭނޭތަ؟ އަނީސައްތަ އަހާލިއެވެ
އަޅުގަޑުމެން 6 ކުދިންނާއެކު އެކު ކޮލެޖްގެ 3 ލެކްޗަރާރ އެއް ދާނެ ތިބޭނީ ހައި ސެކިއުރިޓީ ފާރމްއެއްގައި…..
އެންމެ ރަގަޅު ކޮންއިރަކު ފުރަނީ؟
އާދީއްތަ ދުވަހު ފުރަނީ…
އަހަރެންދިޔައިރު އަބާން ފެންނާކަށް ވެސް ނެތެވެ….މެސެޖައް ރިޕްލައިއެއް ވެސް ނުކުރިއެވެ.
އަހަރެން މަޑުމަޑުން ގޮސް ރޫމަށް ވަނީމެވެ…އިރުކޮޅަކުން އަހަންނަށް އަލީ ރަމީޒުގެ ރަން އަޑުން ކިޔާފައިވާ ” ތިޔަ ލޯބިވާގެ ލޯތްބައް އެދިގެން މިހިތް ރޮނީއޭ ” ލަވަ ޖަހާ އަޑު އިވުނެވެ….
އެއީ ހަމައެކަނި އަބާންގެ އެއްނޫން އަހަރެންގެ ވެސް ހާލެވެ….
އަހަރެންނަށް ދޮރުހުޅުވާލެވުނެވެ…
އަބާން ސަން ބެޑް ގައި ޖައްސާލައިގެން ލެޕްޓޮޕް ހިފައިގެން އޮތެވެ….އަހަރެން މަޑުމަޑުން ގޮސް އެތާ ދެން ހުރި ބެޑްގައި ޖައްސާލީމެވެ….އަހަރެން އައުމުން އަބާން ތެދުވެގެން ދާން ހިންގައިގަތެވެ…
“އަބާން…އަހަރެން މިހާރު ހަމަ އެހާ ދުރުވީތަ؟ ” ރަހްމަތްތެރިކަންވެސް ނުބޭއްވެނީތަ….؟ އަބާން ދެންވެސް ދާންފެށިއެވެ…
އަހަރެން އާދިއްތަ ދުވަހު ފުރަން…އަހަރެންނަށް ބުނެވުނީ ވަރަށް މަޑުމަޑުންނެވެ.
އަހަންނާހެދި ތަ މިގެއިން ތި ދަނީ؟ އަހަރެން ނުކުރަމެއްނު ޒައި އަކަށް އުދަގުލެއް……އަބާން ބުނެލީ ކިރިޔާ އަޑު އިވޭ ވަރަށެވެ.
“އަބާން…އަބާން…އަހަރެންނަށް ރޮވުނެވެ… އަހަރެން ބުނެފިންތަ އަބާން އާ ހެދި އޭ….މިގެއިން ނެއް އަހަރެން ނުދަން ތަމްރީން ދަތުރެއްގައި 6 މަހަށް އިންޑިޔާއަށް މިދަނީ….”
” ކޮންގްރާ އަބާން ”
މިހާރު އަބާން އަށް ތިވަނީ މަންމަމެންގެ ލޯބިވެސް ލިބިފައި ބަސް އަހައިގެން ރަގަޅަށް އުޅޭތި؟ ގަޑިން އޮފީހަށްދާތި ހަވާލުކުރެވޭ މަސައްކަތް ގަޑިން ނިންމާތި…ނޭންގޭ އެއްޗެއް ވީއްޔާ އަހާތި މީހަކު ކޮށްފާނެ މަލާމާތަކަށް ބަލައިގެން ނާހާ ނުހުންނާތި…ނޯ ބޮޑީ ވޯޒް ބޯން އޭޒް އަ ބިޒްނަސްމޭން އޯ އެނީ ތިންގް އޭލްސް…. އަބާން އެއްވެސް އެއްޗެއް ނުބުނުމުން އަހަރެން ދިޔައީމެވެ…
ފުރާދުވަސް ޖެހުނުއިރުވެސް އަބާން އަހަރެންނާ ވާހަކައެއް ނުދައްކައެވެ….ފެނުނަސް ނުފެންނަކަމަށް ހަދަނީއެވެ….އަބާން އަހަރެން އެހާ ދުރުކޮށްލުމުން އަހަރެން ވަރަށް ހިތުގައި ޖެހުނެވެ…
ފުރަން ދާން ނިކުތް އިރު ޕޫލް ކައިރީގައި އަބާން ހުއްޓެވެ… އަހަރެން އަބާންގެ ކައިރިޔަށް ގޮސް އަބާންއަށް ދޭން ގަތް ހަދިޔާ ދިނީމެވެ…
އަބާން ހަދިޔާ އަތުލުމުން އަހަރެން ވަރަށް އުފާވިއެވެ…އަދި އަބާން އެ ކަނޑާލިއެވެ… އޭގައި އޮތް ގަލަމަށް ބަލާލިއެވެ….ރީތި ކަޅުކުލައިގެ ގަލަމެކެވެ… އަބީ ޖަހާފައި ގަލަމުގައި އިނެވެ..
“ތެންކިޔު” އެކަމް އަބީ؟؟؟؟ އަބާން އަހާލިއެވެ…
ޒައިނީ…ޒައި އަށް ވީ ގޮތައް އަބާން އަބީއަށް…އަހަރެން ބުނެލީމެވެ…
އަހަރެން އެހެން ބުނެލުމުން އަބާން ކުޑަކޮށް ހީލިއެވެ….ނަމަވެސް އިތުރުއެއްޗެކޭ ނުބުނެއެވެ. އެހިނިތުންވުމުގެ އެހީގައި 6 މަސް ވޭތުކުރަން ނިންމައިގެން ފުރީމެވެ….
6 މަސް ދުވަސް އިންޑިޔާގައި ހޭދަކުރި އިރުވެސް އެއް ދުވަހުވެސް އަބާން އަހަރެންގެ ހާލު ބަލާލަން ނުގުޅައެވެ…މެސެޖެއްވެސް ނުކުރެއެވެ…އެކަމަކު އަހަރެން ވަރަށް މެސެޖް ކުރީމެވެ…ވައިބާއިން ގުޅަންވެސް ގުޅީމެވެ….. ޖަވާބެއް ނުދިނަސް ބަރާބަރަށް މެސެޖް ބަލައެވެ….އަހަރެން ކޮންމެ ދުވަހަކު އަހަރެންގެ ދުވަސްދިޔަގޮތް ކިޔާދެމެވެ…ދޭތެރެޔަކުން ފޮޓޯވެސް ފޮނުވަމެވެ…ނަމަވެސް ރިއެކްޓްވެސް ނުކުރޭ….އަހަރެން އެކަނި ހުރެ ވަރަށް ގިނައިން ރޮވޭ….އަބާން އާއި ވާހަކަ ދައްކާލާހިތުން ދެކިލާހިތުން ކެތްތެރިކަން ކޮޅުންލާ ފަހަރުވެސް އާދޭ….. ނަމަވެސް އަނީސައްތަ އަބަދުވެސް ވައިބާއިން މެސެޖް ކުރޭ ހާލު ބަލާ ކައިގެން ތޯ؟ ސުވާލުކުރޭ؟ ބައެއް ފަހަރު ހިތައް އަރާ އަނީއްސައްތަ
ހާދަ ލޯތްބެކޭ މިވަނީ…
ހުޅުލޭ އެއަރޕޯރޓްގައި ފްލައިޓް ޖެއްސުމާއެކު އަހަރެން ބޭނުންވީ އަވަހަށް ގެއައް ދާށެވެ..އަބާން ދެކިލާށެވެ…..ގެއައް ދިޔައިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ….އަހަރެން ގޮސް އަބާންގެ ރޫމްގައި ޓަކި ޖަހާލީމެވެ އަބާންގެ ހަބަރެއް ނުވުމުން އަހަރެން ގޮސް ރޫމަށް ވަދެ ފެންވަރާ ރީތިވެލީމެވެ….އަދި ގޮސް ސަންބެޑްގައި ޖައްސާލީމެވެ…އިރުކޮޅަކުން އަބާން ކޮންމެވެސް އަންހެން ކުއްޖަކާއެކު އައެވެ… އަދި އެކުއްޖާ ގޮވައިގެން ރޫމަށް ވަދެގެން ދިޔައެވެ…އަހަރެންނަކަށް އިތުރަށް ކެތެއް ނުކުރެވުނެވެ…..
އަބާން…އަހަރެން ތެދުވެގެން އަބާންގެ ރޫމަށް ވަދެ ބާރަށް ގޮވާލީމެވެ……
އަބާން ސިހިފައި ބަލާލިއެވެ…
އަހަރެންގެ ރުޅިގަނޑު ފަޅައިގެން ދިޔައެވެ…..
މިހެންވެ ދޯ އަހަރެންގެ މެސެޖްތަކަށް ޖަވާބު ނުދެވެނީ؟ 6 މަސް ދުވަސްވެގެން ދިޔައިރު އެއްފަހަރުވެސް ހާލު ބަލާ ނުލެވުނީ؟ ބުނެބަލަ ކީއްވެ އެއްޗެކޭ ނުބެނެ ތި ހިރީ؟
އަހަރެން ގޮސް އަބާންގެ ގަމީހުގެ ގިރުވާނުގައި ދެއަތުން ބާރަށް ހިފާލީމެވެ….
ޒައި ކިހިނެތް ވެގެން ތިއުޅެނީ؟ އަބާން އަހާލިއެވެ….
އަހަރެންނަށް ކޮންމެ އެއްޗެއް ވިޔަސް އަބާންއަށް އޯކޭ އެއްނު މި އަންހެން އެއްޗަކު މިހިރީ އެއް ނު އަހަރެން އެ އަންހެން ކުއްޖާ އާ ދިމާލަށް ދިޔައީމަ އަބާން އަހަރެންގެ ކުރިމައްޗައް އެރިއެވެ….
ދެންދޭ ފަހުން އެކަންތަކާ އުޅޭނީ….އަބާން އެހެން ބުނުމުން އެ ކުއްޖާ ދިޔައެވެ. އެއަންހެން ކުއްޖާ ދިޔުމުން އަހަރެން ވަކިން ރުޅިގަދަވިއެވެ….އަހަރެންނާ ހެދި މިރޭގެ މުޅި ޕްލޭން ފެއިލްވީދޯ ؟
ދެން ނިކަން އެކަކުވެސް ގެނެސްބަލަ އަހަރެންމީ ވެސް ނުލަފާ މީހެއްކަން އަންގާލާނަން….އަހަރެން އަބާން އާ ދިމާލަށް ބުނެލީމެވެ.
“ޒައި އަކާ ކޮންބެހޭ ކަމެއް އަހަރެން ކޮންމެ އަންހެނަކު ގެނެސްގެން ކޮންމެ ކަމެއް ކުރިޔަސް ޒައި ބުނީމެއްނު ލޯބި ނުވެޔޭ….ދެން ޒައި ހުރެބަލަ ދުރުގަ މަށާ ނުބެހި……” އަބާން ވެސް ބުނެލީ ހަރުކަށިރާގަކަށެވެ….
ނުހުންނާނަން އަޑު އިވިއްޖެތަ؟ އަހަރެން އަނެއްކާވެސް އަބާންގެ ގަމީހުގެ ގިރުވާނުގައި ހިފީމެވެ…
ވަރަށް ދުވަހު ހުރެފިން ދެން ނުހުންނާނަން އަހަރެން ކޮން އިރަކުތަ އަބާން ކައިރީ ލޯބި ނުވެޔޭ ބުނީ އަހަރެން ހަލޭލަވައި ގަތީމެވެ…
” ޒައި އަހަރެން ޕްރޮޕޯޒް ކުރިރޭ ވެސް އެހިން އޭގެ ކުރިން ވެސް އެހިން އަބާންވެސް ބުނީ ބާރަށެވެ….”
ލޯބިވޭތޯ އެހިންތަ؟ އެހީ ލައިކްވޭތޯ އެއްނު؟ އަހަރެން ޖަބާބު ދިނީވެސް ބާރަށެވެ.
އަބާން ހައިރާންވެގެން އަހަރެންނާ ދިމާލަށް ބަލާލިއެވެ… “ކީކޭ ޒައި ތި ކިޔަނީ؟ މޮޔަވީތަ؟” އަބާން ވެސް ހަޅޭލަވައިގަތެވެ…
އާން އަހަރެން ހަމަރަގަޅަށް ވެސް މޮޔަވެއްޖެ….އެހެން ބުނެވުނު އިރު އަހަރެންނަށް ރޮވުނެވެ…އަދި އަބާންގެ ގައިގަ ބާރަށް ބައްދާލީމެވެ….އަބީ އައި ލަވް ޔޫ….. އަހަރެން އެންމެ ފަހުން ރޮމުން ރޮމުން ބުނެލީމެވެ……
ޒައި އަދި އެއްފަހަރު ޕްލީޒް….. އަބާން އަހަރެން ގަޔާ ދުރުކޮށް ލާފައި ބުނެލީ އަހަރެންގެ ލޮލަށް ބަލަން ހުރެއެވެ….
އަބީ އައި ލަވް ޔޫ……އެހެން ބުނެލާފައި އަހަރެން އަބާންގެ ތުންފަތުގައި މަޑުމަޑުން ބޮސް ދިނީމެވެ….އަބާންވެސް އަހަރެން އަބާންގެ ގަޔާލާ ފިއްތާލާފައި އަހަރެންގެ އެ އަމަލުގައި ފިރިހަމައަށް ބައިވެރިވެލިއެވެ.
އަބާން އުފަލުން އަހަރެން އުރާލިއެވެ. “ކީއްވެ ޒައި ކުރިން ނުބުނީ؟ އަހަރެން ހާދަ އިންތިޒާރެއް ކުރީމޭ….”
އަހަރެން ބޭނުންވީ އަހަރެންގެ ލޯބީގެ ބާރުގައި އަބީ ހަރުދަނާ ޒިންމާދާރު މީހަކަށް ވާން….ނައު އައި އެމް ސޯ ޕްރައުޑް އޮފް ޔޫ މައި ލަވް….އަބީ ފެނުނު ފުރަތަމަ ވަގުތުން ފެށިގެން އަހަރެންގެ ހިތުގައި އާ ވިންދެއް ޖަހަންފެށި…….
އެކަމަކު އޭރު ނުކެރުނީ ބުނަން….. އަހަރެން އެހެން ބުނެލާފައި އަބާންގެ މޭގައި ބޯއަޅާލީމެވެ…
ކުޑައިރުކޮޅެއްގެ ކުރިން އަބާން އަންހެން ކުއްޖަކާ އެކު ހުރިކަން ހަނދާންވީވެސް އެވަގުތުއެވެ… އަހަރެން ރުޅިއައިސްފައި ދުރަށް ޖެހިލީމެވެ…
“މިހާރު ކިހިނެތްވީ އެންގްރީބާރޑް؟” އަބީ އަހަރެންގެ ނޭފަތުގައި ހިފާލިއެވެ.
ދެންމެ އަބީ ހުރީ މިތާ އަންހެން ކުއްޖަކާއެކު….
އޯހް…ހިންގާބަލަ ތިރިޔަށް…..އަބާން އަހަރެންގެ އަތުގައި ހިފައިގެން ތިރިޔަށް ދިޔައެވެ…
އޭރު އެ އަންހެން ކުއްޖާ ކާ މޭޒު ކއިރީގައި ހުއްޓެވެ…އަދި އަހަރެން ފެނުމުން ޝާހީންބޭގެ ފަހަތައް ވަނެވެ….
“ދޮންތާ ސާބަސް ޒައި ދެކެ ބިރުންތަ ތި ފިލަނީ؟ ” އަބާން ދޮންތާ އޭ ބުނުމުން އަހަރެން ވަރަށް ކަޑަވިއެވެ….
ޒައި މީ ބައްޕަގެ އެއްބަނޑު އެއްބަފާ އެންމެ ކުޑަ ކޮއްކޮ….. އަހަރެންގެ ލޯބި ލޯބި ދޮންތަ….
ދޮންތާ މީ ޒައި….
ހޫން އިނގެޔޭ…ދޮންތަ ބުނެލިއެވެ… ގައިމު އަބާން ބުނީ ދޮންތަ ކައިރީ ޒައި އަކީ ވަރަށް މަޑުމައިތިރި ކުއްޖެކޭ ބާރަށް އެއްޗެއްވެސް ނުބުނާނޭ…އެކަމް މީގެ ކުޑަ އިރުކޮޅެއް ކުރިން ހީވީ އަހަރެން ރޮލާކާލަން އުޅުނު ހެން…. ދޮންތަ ބުނި އެއްޗަކުން އަހަރެން ވަރަށް އިސްޖަހާލީމެވެ.
ދަރިފުޅާ ޒައިނީ ކިހިނެތްވީތަ އެހާ ރުޅި އައީ ޝިނާ ދެކެ….ކަމެއްކުރީތަ؟ އަނީސައްތަގެ ސުވާލުން އަހަރެން ލަދުން މަރުވާ ވަރުވިއެވެ.
“ދޮންތަ އެއްވެސް ކަމެއް ކުރީއެއް ނޫން…..ދޮންތަ އަހަރެންގެ ރޫމް ބަލާލަން ގެންދިޔައިމަ ޒައި ހީކުރީ އަހަރެންގެ ގާރލްފަރެންޑް ކަމައް އެހެންވެ ހުރިހާ ރުޅިއެއް ދޮންތަ ފަކީރަށް ބޭލީ….” އަބާން ބުނެލީ އަހަރެންނާ ދިމާލަށް ބަލާފައި ލާނެތް ހިނިތުން ވުމެއް ހަދިޔާކުރަމުންނެވެ…
“މަންމައަށް ކަމުދޭތަ މިހާ ރުޅިގަދަ ޅީދަރިއެއް…..؟” އަނެއްކާވެސް އަބާން ބުނެލިއެވެ….
މަންމަ ގަބޫލު އެކަމަކު….ވެއިޓް ޒައިނީ ބުނީތަ ދަރިފުޅު ކައިރީ ލޯބިވާ ވާހަކަ…އެހެންވެ ދޯ ތިހާ އުފަލުން ތި ހިރީ…..އަނީސައްތަ ބުނި އެއްޗަކުން އަބާން ހައިރާންވެގެން ބަލާލިއެވެ..
މަންމަމެންނަށް ޒައި އަހަރެންދެކެ ލޯބިވާކަން ކުރިންވެސް އިނގޭތަ؟ އަބާން ސުވާލުކޮށްލިއެވެ…
ޝާހީން ހިންގާ އަވަހަށް ނިދަން ކުއްލިޔަކަށް މޫސުން ގޯސްވެ ވިއްސާރަވެއްޖެ…. އަނީސައްތަ ބުނިއެއްޗަކުން އެންމެންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ…
ބައްޕަމެން ތިބޭނީ ހަނު ސުވާލު ކުރޭ ޒައިނީ އާ….ޝާހީންވެސް އިތުރުކޮށްލިއެވެ….
އެންމެން ދިޔުމުން ކައިގެން އަހަރެމެން ދެމީހުން ދިޔައީ ދުއްވާލާށެވެ…. ގޮސް ލޮނުޒިޔާރަތް ކޮޅު ޕާކުގައި ބެންޗެއްގައި އަހަރެމެން މަޑުކޮށްލީމެވެ….
އަބީ މި ފާއިތުވެގެން ދިޔަ 6 މަސްތެރޭ މިސްވެސް ނުވޭތަ؟ އަހަރެންގެ މެސެޖަކަށް ޖަވާބެއް ދިނީއެއް ނޫން…
ޒައި ލޯބީ… ހީވޭތަ އެހެން ވާނެހެން ވަރަށް މިސްވި….އަހަރެން ނިދީވެސްވެސް ޒައިގެ ރޫމްގައި މިސް ވާވަރުން……އަދި މަންމަގެ ވައިބާރ ލެޕަށް އަޅައިގެން ޒައި އާ ވާހަކަ ދައްކަނީ މަށޭ….އެހެންވީމާ ހީއެއް ނުވޭ ދުރުގަ ހުރެވުނުހެން…..
އަސްލުވެސްތަ؟ ބައެއްފަހަރު ކުރާ ސުވާލުން ހިތައް އަރާ އަނީސައްތައަށް ކިހިނެތް ވީ ބާއޭ….މާ ޕޮސޭސިވްވަނީ ހައްހައްހާ…
އަބީ ދެން ހިންގާބަލަ އަވަހަށް މެރީކުރަން……..ދެން އިތުރަކަށް ކެތެއް ނުކުރެވޭނެ އަބީ އާ ދުރުގައެއް މިހާރުވެސް ވަރަށް ކެތްކުރެވިއްޖެ…..
ހަމަ އެހާ ކެތްތެރިކަން ކުޑަތަ؟ އަބީ ދިމާކޮށްލިއެވެ…
އަހަރެން ބޮޑުބެ ކައިރީވެސް ބުނިން ބޮޑުބެ ހަމަ ވަރަށް އޯކޭ…
ސާބަސް ޒައި އަދި އަހަރެންދެކެ ލޯބިވާ ވާހަކަވެސް ނުބެނެ ޝަރީފްބޭ ގާތުން ތިއެހީ މެރީކުރަން ގަބޫލުހޭ؟ އަހަރެން އެހެން ކުއަޖަކު ހޯދިނަމަ؟
އަހަރެން އެކުއްޖަކު ފައްސާލާނަން…އަހަރެން ބުނެލީމެވެ.
ޒައި އައި ލަވް ޔޫ…… ޒައި އަހަރެން މި ގަސްތު ކުރަނީ ސިފައިންގެޔަށް ވަންނަން…. އަހަރެން ކުޑައިރުންފެށިގެން ބޭނުންވީ ސިފައިންގެ މީހަކަށް ވާން….ޒައި އޯކޭތަ؟
އަބީގެ ކޮންމެ އުފަލަކަށް ހިތުން ރުހުމުން މަރުހަބާ ކިޔާނަން….އަހަރެން އަބާންގެ އަތުގައި ހިފާލީމެވެ.
ޓްރެއިނިން ނިންމާފަ އައިސް މެރީ ކުރަމާ ދޯ؟ މިހާރު ކޮށްފިއްޔާ 3 ވަރަކަށް މަންތުސް ފަހުން ޖެހޭނެ ޓްރެއިނިންގް އަށް ފުރަން…..
އެހެން ވިޔަސް އަހަރެން ބޭނުންވަނީ ވިހާވެސް އަވަހަކަށް މެރީކުރަން….. ކޮންތާކު މިހާރު އަބީ ތި އުޅެނީ އެއްވެސް ވާހަކައެއް ޝެއާރ އެއްނުކުރަމެއްނު…އަހަރެން ޝަކުވާކޮށްލީމެވެ….
” މިހާރު މިއުޅެނީ ޑިފެންސް މިނިސްޓްރީގަ އެކައުންޓެންޓެއްގެ ވަޒީފާއެއްގައި…. ”
“ޒައި ބޭނުމިއްޔާ ހިންގާ މެރީކުރަން…” އަބާން ބުނެލީ ވަރަށް ލޯބިންނެވެ… އަހަރެން އުފަލުން ބައްދާލީމެވެ..
ޒައި ބޭނުންތަ ޕާޓީއެއް ބާއްވަން؟
ޔެސް އަބީ އަހަރެން އަބަދުވެސް ވަރަށް ދެކެމުން އައި ހުވަފެނެއް ވެޑިންޕާރޓީ އަކީ….
އަހަރެންގެ އަތުގައި އެބަހުރި ކޮންމެސް ވަރަކަށް ސޭވިންސް…… އަބާން ބުނެލިއެވެ….
“އަހަރެންގެ ވެސް ހުންނާނެ… ސެލެރީގެ އިތުރުން ބޮޑުބެ ފޮނުވާނެ ދޭތެރެޔަކުން ލާރި….މިހާރު ބޮޑުދައިތަވެސް ގޭގައި ގާޑިޔާއެއް ހިންގާތީ ވަރަށް ލާރި ލިބޭތީ ބޮޑުދައިތަވެސް އެހެން ހުރެފަ ނުފޮނުވަން ބުންޏަސް ފޮނުވާނެ ލާރި…..”
ސޯ ޑޭޓް ފައިނަލް ކުރަމާ؟؟؟ އަހަރެން ބުނެލީމެވެ…
އަދި މިއަދު ތިބުނީ ލޯބިވާ ވާހަކަ މިއޮތް އަވަހަށް މެރީ ކުރާވާހަކަ އޭ….
ދެން އަބީ އަހަރެންގެ މީހަކަށް އަބީ ވާން އަހަރެން ބޭނުން……އެހެން ނޫނީ އަބީ ގެއްލިދާނެ…އަހަރެން ބުނެލީމެވެ.
ސާބަސް މަގޭ ދޫނިގަނޑާ އަބާން މީ އަބަދުވެސް ޒައިގެ މީހެއް ޕާސްޓުގަ ކޮންމެ ގޮތަކަށް ކަންތައްކުރިޔަސް ޒައި ނޫނީ އަހަރެންގެ ހިތާކުޅެލެވުނު ކުއްޖެއް ނެތޭ……
ފުރަތަމަ ފެނުނު ފަހަރު ވެސް އަހަރެން ތި ރީތި ކަމުގައި ދިވާނާވި….އެހެން ހުއްޓާ އެހާ ކެއާރކުރަންފެށި އަހަރެން މުޅި ހިތް ފަތަހަކޮށް ތި ލޯބީގައި އުމުރަށް ގައިދުކުރި…. ޒައިގެ ހިތުގައިވެސް ކޮންމެސް އެއްޗެއްވާކަން އަހަންނަށް އެގުނު ފުރަތަމަ ކްލޯސްވެވުނު ރޭ…. އެއްޗެއް ނުވާނަމަ އެހެން އުފާ ހޯދުމުގެ ހުއްދައެއް ނުދޭނެ….
އަހަރެން ލަދުން އިސްޖަހާލީމެވެ…..
ޒައި ދުވަހަކުވެސް މި އަބާންގެ ދިރިއުޅުމަކަށް ޒައި ނޫން ކުއްޖެއް ދެން ނައަންނާނެ….
ނެކްސްމަންތުގަ ޒައި މަންމަގެ އުފަންދުވަސް އާދެއްނު ހިންގާ އެދުވަހު މެރީކުރަން އަބާން ބުނެލިއެވެ…
އަބާން ހަނދާން އެބަހުރި ދޯ…..ސޯ 15 ޑޭސް ދޯ ބާކީ….ހިންގާ މާދަން މަންމަމެން ކާރީ ބުނަން…..
ޒައި ބޭނުން ގޮތެއް؟ އަބާން އަހަރެންގެ ބުރަކަށީގައި ފިރުމާލިއެވެ…
ހެނދުނު މަންމަމެން ކައިރީ އެވާހަކަ ދެއްކުމުން އެމީހުން ވަރަށް އުފާވިއެވެ…ޝާހީންބެ އަވަހަށް ކައިވެނީ ޕާރޓީ ބާއްވާނީ ޝާހީންބެ ކަމުގައި ބުނެލިއެވެ.
އަހަރެމެން އެންމެ ފަހުން ހަތިޔާރު ބެހެއްޓީމެވެ… ކައިވެނި ކުރާ ދުވަސް ކައިރި ވަމުން އަންނާތީ ބޮޑުބެ މެންވެސް މާލެ އައެވެ. އަބާން މަންމަމެންގެ ފެމިލީ މީހުން އެންމެންވެސް ވަރަށް ރަގަޅު އަހަރެންނާ ހެދި ތިބެނީ މޮޔަވެފަ…. ރަށުގައި ކިޔަވަން އުޅުނުއިރު އަހަރެންގެ އެންމެ ގާތް އެކުވެރިޔާ އެނީ ވެސް އަހަރެންގެ ކައިވެނި ޕާރޓީއައް ގެނައީމެވެ…
ޒައިނީ އަހަރެން ވަރަށް އުފާވޭ މިކަހަލަ ރަގަޅު އާއިލާއެއް ލިބުނީމަ….އަހަރެންވެސް މިހާރު މިއުޅެނީ އަމަން އާއި މެރީކުރަންވެގެން….
ވަޓް އެކަމް އެނީގެ ބައްޕަ ގަބޫލެއް ނޫނެއްނު…
އެކަމަކުވެސް ބުނި ވަލީ ދޭނަމޭ…އަމަން މިހާރު އުޅޭނީވެސް ފުލުހުންގެ ވަޒީފާގައި…އަދި މެރީކޮށްގެން އަހަރެންދާނީ އަމަންގެ ރަށަށް ހިންނަވަރަށް ޒައި ކޮންމެސް ދުވަހަކުން އަންނާތި….
ޔާގީނެއް ނު…އަހަރެން އުފަލުން އެނީގެ ގައިގަ ބައްދާލީމެވެ.
މިދުވަސްކޮޅު ބިޒީކަމުން އަބާން އާއިވެސް ވާހަކަދެއްކެނީ ވަރަށް މަދުންނެވެ…މާދަމާ އަކި ކައިވެނި ކުރެވޭ ދުވަސް ކަމުން އަވަހަށް އަހަރެން ނިދަން ފޮނުވާލިއެވެ…
އަހަރެން ދިޔައިރު އަބާންގެ ރޫމް ލައިޓް ޖައްސާފައި ހުރުމުން އަބާން ކައިރިޔަށް ދިޔައީމެވެ….އަބާން ދޮރު ހުޅުވާލުމާއެކު އަހަރެން ބައްދާލިމެވެ….އަދި ގުޑްނައިޓް ބުނެފައި ދާން އުޅުނީމެވެ….ޒައި އެހާ ފަސޭހައިން ނުދެވޭނެ ހާދަ ގިނަ ދުވަހެއް ފަހުންނޭ މި އަތުޖެހުނީ….އަބާން އަހަރެން ގެ ގައިގަ ބައްދާލިއެވެ…
އަހަރެން އަބާންގެ ކަރުދޮށުގައި ބޮސްދިނީމެވެ…އަދި އަބާންގެ ގަމިހުގެ ގޮތްތައް މަޑުމަޑުން ނައްޓަމުން ދިޔައީމެވެ….އަދި އަބާން އަހަރެންގެ ތުންފަތުގައި މަޑުމަޑުން ބޮސްދޭންފެށިއެވެ..އަހަރެންގެ ދެމީހުންގެ ނޭވާ އަވަސް ވާންފެށިއެވެ….
ޒައި ކޮންޓްރޯލް ކޮށްބަލަ……އަބާން އަހަރެން ދުރުކޮށްލިއެވެ…
އަބާން ހާދަ ލޯބިވެޔޭ ދެން ހުރެވޭތަ ދުރުގައެއް….
އަހަރެންވެސް ވަރަށް ލޯބިވެޔޭ…މާދަމާ ރޭ އަހަރެން ޒައި ނުހުއްޓުވާނަން ބޭނުން ކޮންމެ ކަމެއް ކުރޭ….އަބާން ލޯބިން އަހަރެންގެ ނިތްކުރީގައި ބޮސްދިނެވެ..
ކައިވެނި ކުރޭވޭ ވަގުތު ޖެހެމުން ދިޔަވަރަކަށް އަހަރެންގެ ހިތުގެ ތެޅުން އަވަސްވަމުން ދިޔައެވެ…މަޝްހޫރު މޭކަޕް އާޓިސްޓެއް ކަމަށްވާ ބިޝާ ސެލޫންގެ ފަރާތުން އަހަރެންގެ މޭކަޕް ކުރަމުން ދިޔައެވެ….
އަހަރެން ލައިގެން އިނީ ހުދު ކުލައިގެ ލޭސްފޮތީގެ ވެޑިން ޑްރެސްއެކެވެ…އަހަރެންގެ ޑްރެސް ފަހާފައިވަނީ ރަޒީނާ ތައުފީގްއެވެ..
ހެދުމާ އެކު ވެއިލްއެއް އެޅީމެވެ…އިސްތަށިގަނޑު އިނީ ރީތި ސްޓައިލަކަށް ހުޅިއެއް ޖަހާލާފާއެވެ….
ކައިވެނި ކުރެވޭ ތަނަށް އަހަރެން ދިޔައީ އެނީ އަދި އަބާންގެ ދޮންތަ އާއެކު އެވެ…މުޅި ތަނުގައި ތިބި އެންމެންގެ ލޯ އަހަރެންނަށް އަމާޒު ވެފައި ހުރުމުން އަހަރެން ވަރަށް ލަދުގަތެވެ…
ކައިވެނި ކުރެވޭ މޭޒު ކައިރީގައި ހުދުގަމީހާކާ އެކު ކަޅު ކޯޓު ފަޓްލޫނުގައި އަބާން ހީވަނީ ރީތިކަމުން ފިލްމްސްޓާރެއް ހެންނެވެ.. އަބާންގެ ދެލޯ ވަނީ އަހަރެންނަށް އަމާޒު ވެފައެވެ…އަހަރެންގޮސް އަބާން ކައިރީ އިށީނދެލިމެވެ…
ޒައި މިރޭ ހާދަ ރީއްޗޭ….އަހަރެން މޮޔަވެދާނެ…އަބާން އަހަރެންގެ އަތުގައި ސިއްރުން ހިފާލަމުން ބުނެލިއެވެ…އަބާންވެސް މިރޭ ވަރަށް ހޮޓް…އަހަރެންވެސް ބުނެލީމެވެ….
ގާޒީ ކައިވެނީގެ މަޖިލިސް ކުރިޔަށް ގެން ދިޔައެވެ… “އަނބި ގަބޫލުކޮށްފިން” އަބާންގެ ދުލުން އެހެން ބުނެލުމުން އަހަރެންގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ… ހާދަހާ ހިތައް ފިނިކަމެއް ލިބިގެން ދިޔަ ބަހެކެވެ….އަލްހަމްދުލިއްލާހި އަހަންނަށް ބުނެވުނެވެ…
ކައިވެނި ކޮށް ނިމުމުން އެންމެން އަހަރެމެންނަށް މަރުހަބާ ކިއެވެ… ދަރިފުޅާ ދެން ކިޔަން ވާނީ މަންމަ އާއި ބައްޕަ….އަހަރެންގެ ބޮލުގައި ލޯބިން ފިރުމާލާފައި ހަސީނައްތަ ބުނެލިއެވެ.
ޕާރޓީ އޮތް ހޯލަށް އަހަރެން ވަނީ އަބާންގެ އަތުގައި ހިފާލައިގެންނެވެ…މުޅި ހޯލުވަނީ ރަތްކުލައިގެ ފިނިފެންމާތަކުން ޒީނަތްރެރި ކުރެވިފައެވެ….ފާރޓީގައި ތިބީ އެންމެންގެ ހެނދުން ފަހާފައިވަނީ ކަޅުކުލައިންނެވެ….އެންމެންގެ މޫނުމަތިން ވެސް ފެންނަނީ އުފާވެރިކަމާއި ހިންހަމަޖެހުމެވެ.
އަބާން ގެ މާގިނ ރައްޓެހިންނެއް ނުތިބެއެވެ…އިކީ އަދި އޭނާގެ އަންހެނުން ހަމްނާ އަދި އޮފީސް މީހުން އައެވެ.. އަދި މަޝްހޫރު މީހުން،ސިޔާސީ މީހުން ވަރަށް ގިނަ މީހުން ޕާރޓީއަށް އައެވެ…އަންނާނެތާ ރާއްޖޭގެ ނަންމަޝްހޫރު ބިޒްނަސްމޭން އެއްގެ ހުރިހަމައެކަނި ދަރީގެ ކައިވެނި ވީއްޔާ….
ޕާރޓީ ނިމުނުއިރު ފޮޓޯއަށް ހުއްޓި ހުއްޓިވެސް އަހަރެން ވަރުބަލިވެގެން ގޮސް ހަލާކު ވާވަރުވެއްޖެއެވެ….އެންމެ ފަހުން އޮތީ ހަމައެކަނި އަހަރެމެން ދެމީހުންގެ ފޮޓޯ ނެގުމެވެ… ކައިގެން އަހަރެމެން ދެމީހުން ކާރުގައި ގެއައް ދިޔައީމެވެ…. އަހަރެން ގެ އަތުގަ ހިފާލައިގެން އަބާން ޓެރަސްއަށް އެރުމުން އަހަރެންނަށް ދެވުނީ އަހަރެންގެ ރޫމާ ދިމާލަށެވެ….
ޒައި މިހާ އަވަހަށް ހަނދާންނެތުނީތަ ؟ ބަލަ ވީއާރ މެރިޑް ސޯ ޒައި ދާންޖެހޭނީ އަހަންނާއެކު އަހަރެންގެ ރޫމަށް…..އަބީ ދެން ދިމާނުކޮށް ބަލަ އޮޅުނީއޭ…..އަހަރެން ކުސްތަޅާލީމެވެ… އަބާން އަހަރެން އަބާންގެ އަތް ދަނޑިމައްޗައް އުފުލާލލައިގެން ރޫމަށް ގެންދިޔއެވެ. ރުމަށް ވަދެ ދޮރު ތަޅުލާފައި އަބާން އަހަރެންގެ ގައިގަ ލޯބިން ބައްދާލިއެވެ….
ޒައި ތެންކިޔު އަހަރެންގެ އެކަނި ވެރި ލައިފަށް އައިސް ދިނީތީ…..އަހަރެންގެ މައިންބަފައިންނާ އޮތް ދުރުކަން ނައްތާލަދިނީތީ….ޒައި ކުރި ކޮންމެކަމަކުން އަހަރެން ދެކެވާ ލޯބި ހާމަވެގެން ގޮއްސި…ދުވަހަކުވެސް ޒައި ހިތުގަ ޖެހޭފަދަކަމެއް އަހަރެން ނުކުރާނަން….
ޒައިވެސް ޕޮރޮމިސްކުރޭ އަހަރެން ދޫކޮށްފަ ނުދާނެކަމަށް…..
“އައި ޕްރޮމިސް އަބީ…..ތީ އަހަރެންގެ ހުރިހާވެސް އުފަލަކީ……” އަހަރެން އަބީގެ މޭގައި މޫނުފޮރުވާލީމެވެ…
އަބީ އަހަރެން އެބަ އަންނަން ފެންވަރާލައިގެން……އަހަރެންވެސް ގެންދޭ ލާނެތް ގޮތަކަށް އަބާން ބުނެލިއެވެ…
އަބީ ދޭ ފުރަތަމަ އަހަރެން މި ބޯ މޮހެލަން އެބަޖެހޭ…
އަބާން ފާހާނާއަށް ވަނުމުން އަހަރެން ބޮލުގައި ޖަހާފައިވާ އެއްޝިހިތައް ނައްޓަން ފެށީމެވެ. އެކަން ނިމުނީމަ ބޮލުން ބޮޑު ބުރައެއް ލުއިވެގެނަ ދިޔަކަހަލަ އިހްސާސެއް ކުރެވުނެވެ…
އަބާން ފާހާނާއިން ނިކުމެގެން އައީ ހަމައެކަނި ތުވާލި އޮޅާލައިގެންނެވެ. އައިސް އަހަރެންގެ ފުރަގަހުގައި ހުއްޓި ބައްދާލިއެވެ….
” އަވަހަށްދޭ ފެންވަރަން އައި ކާންޓް ވެއިޓް…..” އަހަރެން ލަދުން ދުވެފައި ގޮސް ފާހާނާއަށް ވަނީމެވެ…
އެބަރު ވެޑިން ޑްރެސް ބާލާފައި ވަށިގަނަޑަށް އަޅާލުމަށް ފަހު އަހަރެން ފެންވަރާލީމެވެ…އަވަސް ކުރަން ހަދައިގެން އެއެވެސް ހެދުމެއްވެސް ނުގެންނަ ހަނދާން ވީ ދެނެވެ…..”
އަބީ އަހަރެންގެ ހެދުމެއް ނެތޭ…..”
ހެދުން ނުލިޔަސް އޯކޭވާނޭ އާދޭ….. އަބާން ބުނިއެއްޗަކުން އަހަރެން ލަދުން މަރު ނުވީ ކިރިޔާއެވެ…އިރުކޮޅަކުން އައިސް އަބާން ދޮރުގައި ޖަހާލިއެވެ…އަހަރެން ކުޑަކޮށް ދޮރުހުޅުވާ އަތް ދިއަކޮށްލީމެވެ އަބާން އަހަރެންގެ އަތައް ކޮންމެވެސް އެއްޗެއް ދިނެވެ…
އަހަރެން ދޮރު ލައްޕާލާފައި ބަލާލިއިރު ވަރަށް ލޯބި ފިންކް ކުލައިގެ ނައިޓީއެކެވެ…. ލަދުގަތް ނަމަވެސް އިތުރު ގޮތެއް ނެތުމުން އަހަރެން އެލައިގެން ނިކުތީމެވެ.
އަހަރެން ފެނުމުން އަބާން އަހަރެން ކައިރިޔަށް އައެވެ. އޭރު އަބާން ހުރީ ހަމައެކަނި ސޯޓެއް ލައިގެންނެވެ.
” މައި ލަވް ޔޫ ލުކް ސޯ ބިއުޓިފުލް…..” އަބާން އަހަރެން ގެ އަތުގައި ހިފާ ގަތަށް ދަމާ ބައްދާލިއެވެ…އަދި އަހަރެންގެ ކަނދުރާގައި ބޮސްދިނެވެ…އަހަރެންވެސް އަބާންގެ ހަށިގަނޑުގައި ބައްދާލީމެވެ… އަބާން އަހަރެންގެ ތުންފަތުގައި ލަސް ލަހުން ބޮސްދޭންފެށިއެވެ… އަދި އަހަރެން އުރާލާފައި އެނދުގައި މަޑުމަޑުން ބާއްވާލިއެވެ….އަބާން އަމަލުންނާއި ބަހުން އަހަރެންދެކެ ލޯބިވާކަން ހާމަކޮށްދެމުން ދިޔައެވެ. އަބާންގެ އަތުތެރޭގައި އަހަރެންނަށް ލިބެމުން ދިޔަ އަރާމުން އަހަރެންގެ ހިތް ފުރިގެން ބަންޑުންވިއެވެ…
ޒައިބުނީމެއް ނު އަހަންނަކަށް ކަމެއް ނުކުރެވެޔޭ…އަހަރެންނަށް ކުރެވޭކަންތައް ދައްކާލަންތަ؟ އަބާން ބުނިއެއްޗަކުން އަހަރެން ލަދުން ގޮސް މަރުވާވަރު ވިއެވެ…. އައި ލަވްޔޫ ބޭބީ….އަބާން ވަރަށް ލޯބިން ބައްދާލިއެވެ…”
“ޒައި މޭ އައި” އަބާން އެހެން ބުނެލީ އަހަރެންގެ ނައިޓީގައި ޖަހާފައި އިން ވާފަށުގައި ހިފާލުމުންނެވެ.
ޕްލީޒް އަބީ…..އަހަރެން މަޑުމަޑުން ބުނެލީމެވެ..ދެމީހުން އެކަކު އަނެކަކަށް ވަރަށް ލޯބިން ހިދުމަތް ކުރީމެވެ….
ހެނދުނު ހޭލެވުމުން ރޭގެ ހަނދާންވެފައި އަހަރެންނަށް ހީލެވުނެވެ. އަދި ކައިރީގައި ނިދާލާފައި އޮތް ލޯބިވާ ފިރިމީހާގެ ގައިގަ ބައްދާލީމެވެ… އަބާންވެސް ބައްދާލިއެވެ… ޒައި ހައުވޯޒް ލާސްޓް ނައިޓް….
އިޓް ވޯޒް ދަ ބެސްޓް….އަހަރެން ޖަބާދިނީމެވެ…
ޒައި ދެވަން ރައުންޑަށް ރެޑީތަ؟ އަބާން އަހާލި އެއްޗަކުން އަހަރެން ލަދުން މޫނުގައި ބާލިސް އަޅާލީމެވެ. އަބާން ކައިރިވެލާފައި މޫނުން ބާލީސް ނަގާލިއެވެ އަދި އަހަރެންނާ ކާރިވެލިއެވެ… ކުޑައިރުކޮޅެއްފަހުން……. ޒައި….އަހަރެމެން ހަނީމޫނަށް ދާނީ ކޮންތާކަށްތަ؟
އަބީ ބޭނުން ތަނަކަށް އަހަރެން ގެންދޭ…..އަބީ އާއެކު ހުރެވުމުން އެނިމުނީ…
އެހެންތަ ސޯ ގެޓްރެޑީ ޓު ލީވް ޓުމޯރޯ…
އަހަރެމެން ދެމީހުން އެއްކޮށް ސާބޯން ދިޔައީމެވެ… އަހަރެން ފެނުމުން މަންމަމެން ހީވަނީ އުފަލުން އެހެން ކަމެއްހެންނެވެ…އަހަރެމެން މަދަމާ ހަނީމޫނަށް ފުރާ ވާހަކަ ބުނުމުން އެނަމެންވެސް ވަރަށް އުފާވިއެވެ…
އަހަރެމެންނަށް ރިސޯޓަށްދެވުނު އިރު އިރު އޮއްސިއްޖެއެވެ.. ވޯޓާވިލާގެ ހިތްގައިމު ރޫމު ބަލާ ފޫހި ނުވާހާ ރީއްޗެވެ….އަހަރެން ފެންވަރައިގެން އައިސް ހެދުމެއް ލާން އުޅުމުން އަބާން އެކަން މަނާ ކުރިއެވެ…އަދި އަހަރެން އުރާލައިގެން ގޮސް ސޯފާގައި ބާއްވާލިއެވެ އަދި އަހަރެންނާ ކައިރިވެލާފައި ތުންފަތުގައި ބޮސްދޭން ފެށިއެވެ..އަހަރެން ވެސް އަބާންގެ ކޮންމެ ބީހިލުމަކަށް މަރުހަބާކީ ހިތުން ރުހުމުންނެވެ….ރޭގަނޑުގެ ކެއުމަށް ފަހު އަހަރެމެން ދޮންވެލި ގަނޑުމަތީ ހުސްފައިގަ ހިންގާލަން ދިޔައީމެވެ…. އެތާ އަތިރިމަތީ ހުރި ބެޑެއްގައި އަހަރެންމެން ދެމީހުން ޖައްސާލިމެވެ…
ޒައި ހެޕީތަ؟ އަބާން އަހާލިއެވެ.
ކީއްވެ ތިހެން ތި އެހީ އަބާން އަކަށް ނުފެނޭތަ އަހަރެން އުފާވެފައިވާވަރު…..އަހަރެން ވަރަށް އުފާވޭ…އަހަރެން ދެކެ އެހާލޯބިވާ ފިރިޔަކު ލިބުނީމާ…..
” ޒައި އަހަރެން ވަރަށް އަވަހަށް ބޭނުން ބޭބީއެއް…….އެކަމް ޒައި އޯކޭނަމަ އިނގޭ…..އަދި މާ އަވަސް ދޯ ބޭބީގެ ވާހަކަ ދައްކަން….”
” ކޮންމެކަމެއްވެސް ކުރެވޭނީ ޕްލޭން ކޮށްގެނެއްނު ދޯ…އަހަރެން ހަމަ މިހާރުވެސް އަބީގެ ބޭބީއެއްގެ މަންމައަކަށް ވާން ރެޑީ ” އަހަރެން އެހެން ބުނެލުމުން އަބާން އުފަލުން ބައްދާލިއެވެ….
ހިންގާބަލަ ރީތި ނަމެއް ހޯދަން……އަބާން ބުނެލުމުން އަހަރެން ގާތަށް ހިނިވެސް އައެވެ..
އިވާން އަހަރެން ބުނެލީމެވެ…. ޒައި އަހަރެން ބޭނުމީ ޒައި ކަހަލަ ލޯބި ލޯބި އަންހެން ކުއްޖެއް އިބާ ކިޔާނީވެސް…. އެކަމް ބޯއީ އެއް ލިބުނަސް އަހަރެން ހަމަ ލޯބިވާނަން….
އިންޝާﷲ ފުރިހަމަވާނެ އަހަރެން ބުނެލީމެވެ…
-ނުނިމޭ-
4 Comments!
Comments are closed.
When Is next part 💕
When is next part
awwwwwwwwwwwwwww so cute
When is next part?