Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 4

Nadhoo
Nadhoo Level 1
August 16, 2023 8 Mins Read
10 Comments

” އަބާން އަހަރެންނާ ބެހޭ ގޮތުން ސުވާލު ކުރީމެއްނު…. އަބާން ކޮންކަމެއް ކުރަނީ؟ ކޯޗެއް ކިޔެވީ؟ ”

އަހަރެންވެސް އޭލެވެލް ހެދިން ނަތީޖާވެސް ވަރަށް ރަގަޅު….ނަމަވެސް އަހަރެން އިތުރަށް ކިޔަވާކަށް ބޭނުމެއް ނުވޭ….ނުދަން ޖޮބަކަށްވެސް….

މަންމަމެން ހީކުރާހެން އަހަރެން މީ ޑްރަގް ނަގާމީހެއް ނޫން…ދުވަހަކުވެސް އެޔަކު އަތެއް ނުލަން އަބާންގެ ޖަވާބު ކުރެވެ.

އަބާން ޓީޝާޓް ދޭން ބުނުމުން އަހަރެން ޓީޝާޓް ދިނީމަ އެލައިގެން އަބާން ނިދާލިއެވެ. އަހަރެންވެސް ސޯފާގައި ޖައްސާލީމެވެ….

6 ޖަހަން އުޅެނިކޮށް އަހަންނަށް ހޭލެވުނީ އަބާން ގޮވާލުމުންނެވެ…. ކަޅުކުލައިގެ ގަމީހަކާއި ކްރީމް ކުލައިގެ ޖީންސްއެއްލައިގެން އިން އަބާންގެ ބޯ އަދިވެސް ތެއް ކޮށް ހުރުމުން ދެންމެ ކަން ފެންވެރީ ބާލާފައި އެނގުނެވެ.

” ޒައި ދެންވެސް ބަލަން ނުހުރެ ދޭ ބަލަ ފެންވަރާލަން މައްރިބް ނަމާދަށް ބަންގި ގޮވާނެ އިރުކޮޅަކުން….ޒައި ނަމާދުކުރަމެއްނު ބަރާބަރަށް”

އަހަރެން ބޯޖަހާލީމެވެ.. އަދި ތެންކިޔު ބުނެލީމެވެ. އަހަރެން ނަމާދުކޮށްގެން ރޫމްގައި ކޮފީއެއް ހަދާލައިގެން ބޯލީމެވެ..އަދި އިޝާ އަށް ބަންގިދެން ދެކަށް ޤުރުއާން ކިޔަވަން ފެށިމެވެ.

އިޝާ ނަމާދުކޮށްލައިގެން ބަދިޔަށް ދިޔައިރު އަބާން ކާން އިނެވެ…

އަބާން މިހާރު ބަލި ރަގަޅުތަ؟ ބޭސް ކެއިންތަ؟

ހޫމް އޯކޭ މިހާރު ބޭސް ކައެފިން……

” ރޭގަނޑުވެސް ރޮށި؟ ތި ރޮށިކައެގެން ގައިގަ ނުހުންނާނެ ވަރެއް އަހަރެން ބުނެލީމެވެ.”

” އަހަރެން ގައިގަ ވަރު ޖައްސުވަން ތި އުޅެނީ އަހަންނާ ތޮޅެންތަ؟ ”

އަބާންގެ ޖަވާބު އަހާފައި ބަދިގޭގައި ތިބި މަސައްކަތު މީހުން ހޭންފެށިއެވެ…

“ޝަޓަޕް އަބާން ” އަހަރެން ބުނެލީ ބާރަށެވެ.

ނަމަވެސް އަބާންވެސް ފެށީ ހޭށެވެ… އެންގްރީބާރޑް ކާން ފަށާބަލަ…..އަބާން ހެމުން ހެމުން ބުނެލިއެވެ

އަހަރެން ކައިގެން ގޮސް ރޫމަށް ވަދެ ދޮރު ތަޅުލީމެވެ….. އަބާން އައިސް ދޮރު ހުޅުވަން ބުނުމުންވެސް ނުހުޅުވީމެވެ…. “ދޭ އިރުކޮޅަކުން އަންނާނެ އެއްނު މިރޭގެ ރާނީ….” އަހަރެން ވަރަށް ބާރަށް ބުނީމެވެ.

“އެކަކުވެސް ނައަންނާނެއެވެ. އަހަރެން ބޭނުމީ ޒައި އާ އެއްކޮށް މިރޭ ހޭދަކުރަން….”

” ވަޓް އަބާން މޮޔަވީތަ އަހަރެންމީ ތި ކަހަލަ މީހެއްނޫން…..”

” ޒައި އަހަރެން އެއްވެސް ކަމެއް ކުރާކަށް ނޫނޭ ހަމަ އެކަނި ވާހަކަ ދައްކާލަން….ޒައި އާ ވާހަކަ ދައްކާލެވުމުން އަހަރެންނަށް ހަމަޖެހިގެން ނިދާލެވޭ…. ޕްލީޒް ޒައި”

އަބާންގެ އަޑު އިވުމުން އަހަރެން ދޮރު ހުޅުވާލީމެވެ….

“ތެންކިޔު ޒައި” އަބާން ހީލާފައި ބުނެލިއެވެ.

އަހަރެމެން ދެމީހުން ގޮސް ސަންބެޑްގައި ޖައްސާލީމެވެ…. ޒައި އަބަދު ތިހެން ގޭގައިތަ އޮންނަނީ އެކުގަ ބޭރަށް ގޮސްލާނެ ރައްޓެއްސެއް ވެސް ނެތްތަ؟

” އަދި ނުވެއެއްނު އެހާ ދުވަހެއް މިކޮޅަށް އައިތާ އޮފީސް ކުދިން ވަރަށް ފްރެންޑް ލަންޗަށް ގޮސްލަން އެކުދިންނާ އެކު….. ޕާރޓީއަކަށް ވެސް ދިޔައިން އެއްރޭ….”

ހުޅުމާލެ ދިޔައިންތަ؟

” ނޫން ނުދަން ”

ޒައި މަށާ އެއްކޮށް ދުއްވާލަން ދާނަންތަ؟ ހުޅުމާލެ ބަލާލަން މާދަން ފްރައިޑޭ އެއްނު އަވަހަށް ނިދާކަށްވެސް ނުޖެހޭނެއެއްނު…..

ޒައި އޯކޭ ޓްރަސްޓް ނުކުރެވެންޏާ ނުދިޔަސް….އަހަރެން ޖަވާބެއް ނުދިނުމުން އަބާން ބުނެލިއެވެ.

ޒައި އަށް އަހަރެން ދެރަގޮތެއް ނަހަދާނަން…. އަނެއްކާވެސް އަބާން ބުނެލިއެވެ….

” އަހަރެން އަބާން އަށް ޓްރަސްޓްކުރަން ކަމެއްކުރަންޏާ ކުރަންވީނު މިއުޅެނީ މިގޭގައި….

އަހަރެން ދުވަހަކުވެސް ފިރިހެން ކުއްޖަކާ އެއްކޮށް ނުދަން އެހެން ވެ ވިސްނާ ލެވުނީ…. އަހަރެން ކުޑަކޮށް ޝޮފިންކޮށްލަން ބޭނުން….ބޮޑުބެ މެންނަށް ހަދިޔާ ކޮޅެއް ފޮނުވަން… ސެލެރީވެސް ލިބިއްޖެ އެކަނި ދާން ނުކެރޭތީވެ މިހުންނަނީ….”

އަޅެ ޒައި ބުނެލިނމަ….ހިންގާދާން އަހަރެން ވެސް ހަދިޔާއެއް ގަންނަން އެބަޖެހޭ…..

އަހަރެން އަބާން އާއި އެއްކޮށް ސައިކަލުގައި ދިޔައީމެވެ… ކޮއްކޮމެންނަށް ދޭން ހެދުމާ ބޮޑުދައިތައަށް ފޮތިގަނޑަކާއި ބޮޑުބެއަށް ގަމީހެއްވެސް އަހަރެން ގަތީމެވެ…އަދި ކޮސްމެޓިކްސް ކޮޅެއްވެސް ގަތީމެވެ…

“ނިމުނީތަ ޒައި”

“ހޫމް އަހަރެން މި ނިމުނީ ކޮބާ އަބާން ބުނިމެއްނު ހަދިޔާއެއް ގަންނަ ވާހަކަ ދޯ….”

” ޔޭސް ހިންގާ ކައުންޓްލައިން އަށް…..”

ކައުންޓްލައިން ދޮރުމަތީގައި ސައިކު ބަލައްޓާފައި އަހަރެން ކައިރީ މަޑުކުރަން ބުނެފައި އަބާން ގޮސް ކޭކެއް ގަނެގެން އައެވެ.

” ކާކު ގެ އުފަން ދުވަހެއް” އަހަރެން އަހާލިމެވެ.

“އަދި އިނގޭނެ ގަޑި ޖެހުނީމަ…..ދެން ހިންގާ ދުއްވާލަން ދާން”

އަބާން އަހަރެން ގޮވައިގެން ހުޅުމާލެދިޔައެވެ އަހަންނަށް ބްރިޖް ވަރަށް ރީތިވިއެވެ. ފޭސް ޓޫ އަށް ވެސް ދިޔައީމެވެ ހީވަނީ އެތަނަށް ދެވުމުން ހީވަނީ މުޅިން އެހެން ދުނިޔެއަކަށް ދެވުނު ހެންނެވެ. އަހަރެމެން ގޮސް ބީޗެއްގައި މަޑުކޮށްލީމެވެ…ގޮނޑުދޮށުގައި އަހަރެމެން އިށީނީމެވެ… އަހަރެން ފޯނު ހުޅުވާ ފޭސް ބުކް ހުޅުވާލީމެވެ…

ޒައި އެފްބީ ގަ އުޅެންތަ؟

ކިހިނެތްވީ ނޫޅޭންވީތަ؟ އަހަރެން އަހާލީމެވެ…

“ނޫނޭ.. އަހަރެން އެޑް ކޮށްލަ ބަލަ…. ”

އަހަރެން އަބާންގެ އަތަށް ފޯނު ދިނީމެވެ… ސާރޗް ކޮށްލާފަ ރިކުއެސްޓް ކޮށްލާ…. އަބާން ފޯނު ހޯދުމަށް ފަހު އެކަން ކުރިއެވެ….

ޒައި ޔޫ ލައިކް ލީމިން ހޯ؟ އަހަރެންގެ ފޯނުގެ ވޯލްޕޭޕާރ އަށް ބަލާލަމުން އަބާން އަހާލިއެވެ.

ޔޭސް ހީއިޒް ސޯ ކިއުޓް…… އަހަރެން ބުނެލީމެވެ…

ބާރަ ޖެހި ދޯ…. އަބާން އެހެން ބުނެ ކޭކު ނަގާ ހުޅުވާލިއެވެ…” ހެޕީ 21 ބާރތްޑޭ އަބާން ”

މީ އަބާންގެ އުފަން ދުވަސްތަ؟

” އާން މިރޭ ހަންދާން ހުންނަން ފެށީއްސުރެ ފުރަތަމަ ފަހަރަށް މަށާ އެކު މިހަކު ހުރީ މަގޭ ބާރތްޑޭ ސެލެބްރޭޓް ކުރަން…..” އަބާން އެހެން ބުނެލީ ވަރަށް އަސަރާއެކުއެވެ……..

ހިންގާ ދޯ ކޭކު ފަޅަން…….. އަބާން އަހަރެންގެ އަތުގައި ހިފާލާފައި ވަޅީގައި ހިފާލާފައި ކޭކު ފަޅާލިއެވެ… އަހަރެން ހެޕީބާރތްޑޭ ޓޫ ޔޫ ކިޔަމުން ދިޔައީމެވެ…..ކޭކު ފަޅާނިމުމުން އަހަރެން އަބާންއަށް ކޭކުކޮޅެއް ލައްވާދިނީމެވެ. އަދި ކުޑަކޮށް އަބާންގެ މޫނުގައި ހާކާލާފައި ދުއްވައިގަތީމެވެ…

ވާޓް ޒައި މަޑުކުރޭ…އަބާންވެސް ތެދުވެ އަހަރެން ފަހަތުން ދުއްވައިގަތެވެ. ކުއްލިޔަކަށް ކައިރިން ބުޅަލެއް ގޮވާލި އަޑައް އަހަރެން އައިކޮޅަށް ދުއްވައިގަތީމެވެ… އަހަރެން ގޮސް އަބާންގެ ގައިގަ ޖެހުނެވެ…އަބާން އަހަރެންގެ ދެ އަތުގައި ހިފާލިއެވެ. “ދެން ނިކަން ދުވެބަލަ….”  އަބާން ބުނެލިއެވެ. އަބާން އާއި ހަތަރުކަޅިހަމަވުމުން އަހަރެން ގަނޑުވިކަހަލަ އިހްސާސެއް ކުރެވެމުން ދިޔައެވެ…އިތުރަށް އަބާން އާއި އިތުރަށް ކާރިވުމަށް ހިތް އެދެމުން ދިޔައެވެ.

” ޒައި ހިންގާ ދެން ގެޔަށް ދާން….މިހާރު ވަރަށް ލަސްވެއްޖެ….”

އަހަރެމެން ދެމިހުންނަށް ގެޔަށް ދެވުނު އިރު 1 ޖަހަނީއެވެ…. ދެމީހުން ރޫމަށް ގޮސް ނިދާލީމެވެ…..

އަނީސައްތަމެން ދިޔަފަހުން މިހާރު 3 މަސް ވާން އުޅެނީއެވެ….ނަމަވެސް އަންނަ ވާހަކައެއް ނުބުނެއެވެ. ދޭތެރެޔަކުން ގުޅާމެސެޖް ކޮށް އަބާންގެ ހާލުބަލާ ހަދައެވެ… ނަމަވެސް އަބާންއަކަށް ނުގުޅައެވެ…. އަބާން މިހާރު ކުރިންހެން އަބަދު ނިދާކަށް ނޯވެއެވެ….ރަގަޅަ މިހާރުކާންވެސް ފަށައިފިއެވެ… އެހެންވެ މިހާރު ކުރިޔަށް ވުރެ ކުޑަކޮށް ހަށިގަނޑު ރީތިވެފައިވުމުން މާ ހޮޓްކަމަށް ދައްކައެވެ…. މިހާރު އެއްވެސް އަންހެން ކުއްޖަކުވެސް ގެޔަކަށް ނުގެނެއެވެ…އަހަރެމެން ދެމީހުން ދޭތެރެޔަކުން ބޭރަށް ކާން ގޮސް ދުއްވާލަން ގޮސް ހަދަމެވެ..އަހަރެން މިހާރު އަބަދުވެސް އަބާން އާއެކު ވަގުތު ހޭދަކުރަން ބޭނުންވެއެވެ….އެރީތި ހިނިތުންވުން އަހަރެންގެ ހިތާ ކުޅެލައިފިއެވެ. “ޒައި”  އަބާން ގޮވާލި އަޑަށް އަހަންނަށް ބަލާލެވުނެވެ…..ހިންގާބަލަ މަށާ އެކު ފްރެންޑެއްގެ ވެޑިން ޕާރޓީއަކަށް……

“ހިންގާ އަވަހަށް ” އަހަރެން ރެޑީވާން ދާން ތެދުވީމެވެ…

” ޒައި ތިހެން މަށާ އެކު ބޭރުގަ އުޅޭކަށް ބިރެއް ނުގަނޭތަ؟ ”

” އާން ނުގަނޭ ބިރެއް….އަހަރެން އަބާންއަށް ވަރަށް އިތުބާރުކުރަން….

އިނގޭ ނުކެރޭނެކަން ކަމެއް ކުރާކަށް އެހެން ނޫނަސް ކުއްޖަކު ބުންޏެއް ނު ކަމެއް ކުރެވޭ މީހެއްވެސް ނޫނޭ….

” އެހެންތަ ހީކުރީ އަހަންނަށް ކުރެވޭކަންތައް ދައްކަންތަ؟ ”

ދައްކަބަލަ ނިކަން އަހަރެން ދުއްވައިގަތީމެވެ…..އަބާންވެސް އަހަރެންގެ ފަހަތުން ދުވަމުން އައެވެ… އަހަރެން ގޮސް އަހަރެންގެ ރޫމަށްވަނީމެވެ އަބާންވެސް ފަހަތުން ވަނެވެ… އަދި އަހަރެންގެ އަތުގަ ހިފާ ހުއްޓުވިއެވެ…އަދި އަހަރެން އެތާހުރި ތަންބުގައި ލައްކޮށްލިއެވެ. އަދި އަހަރެންގެ ދެއަތުގައި ހިފާ ދެ އަތް ވެސްއަހަރެންގެ ދެފަރާތުން ތަނބުގައި ހަރުކޮށްލިއެވެ….

“އަދި ބުނެބަލަ ކަމެއް ނުކުރެވޭ މީހެކޭ…..”

“ޔާ ނުކުރެވޭނެ….”

އަހަރެން އެހެން ބުނުމުން އަބާން ވަރަށް ކައިރިވެލާފައި އަހަރެންގެ ކަރުދޮށުގައި ބޮސް ދޭންފެށިއެވެ. އަހަރެންނަކަށް ދެކޮޅެއްވެސް ނުހެދުނެވެ.. ދެލޯ މަރާލެވުނީ ލިބުނު ފޮނިއަރާމަކުންނެވެ.. އިރުކޮޅަކުން އަބާން ދުރުވެލިއެވެ…

އަބާން ދުރުވުމުން އަހަރެންގެ ހިތަށް ތަދުވިއެވެ….. ” ސޯ އެކުއްޖާ ބުނީ ހަމަތެދެއްތާ ކަމެއް ނުވެއެއްނު…..” އަހަރެން އަބާން އިތުރަށް ކައިރިވުމަށް އެދޭތީ ބުނެލީމެވެ…. އަބާން ހީލާފައި އަހަރެންގެ އަތުން ދޫކޮށްލާ އެނަދުމަތީގައި އިށީނެވެ…

“ޒައި ދެން ދޭ ރެޑީވާން….. ” އަބާން ވަރަށް މަޑުމަޑުން ބުނެލިއެވެ…..

” އޯކޭ ޑަރްޕޯރކް……….” އަހަރެން ބުނެލީމެވެ…

އަބާން އަހަރެން އެހެން ބުނުމުން އަހަރެންގެ އަތުގަ ހިފާ އަބާން އާއި ދިމާލަށް ދަމާލިއެވެ އަހަރެން ގޮސް އަބާންގެ ގައި މައްޗައް ވެއްޓުނެވެ….

” ޒައި އަހަންނަށް މަޖްބޫރު ނުކުރޭ…..”

ހޫން މަޖްބޫރޭ ނުކިޔާ ބުނެބަލަ ސައިޒެއް ނޫނޭ އހަރެން ދެންވެސް ބެލީ އަބާން އަށް ޖެއްސުން ކުރެވޭތޯ އެވެ….

އަބާން އަހަރެންނާ ކައިރިވެލާފައި އަހަރެންގެ ތުންފަތުގައި ބޮސްދޭން ފެށިއެވެ… ހަޔާތުގައި ފުރަތަމަ ފަހަރަށް ކުރެވުނު އެ އިހްސާސް ވަރަށް ވެސްހިތްގައިމެވެ…..އަހަންނަށް އަބާންގެ ގައިގަ ބާރަށް ބައްދާލެވުނެވެ. އަބާން ކުޑައިރުކޮޅަކުން ދުރުވާން އުޅުމުން އަހަރެން އަބާންގެ ގަމީހުގެ ގިރުވާނުގައި ހިފާފައި އަނެއްކާވެސް ކައިރިކޮށްލީމެވެ… އަބާން އަކަށްވެސް އިތުރަކަށް ކެތެއް ނުކުރެވުނެވެ ކުރިޔަށް ވުރެ އަވަސް އަވަހަށް ބޮސްދޭންފެށިއެވެ….ނޭވާ ކުރުވާން ފެށުމުން އަބާން ދުރުވެލާފައި ތެދުވިއެވެ… އަހަރެން ފާހާނާއަށް ދާން ހިންގައި ގަތުމުން އަބާން އަހަރެންގެ އަތުގައި ހިފާލިއެވެ…

” ޒައި ޑޫ ޔޫ ލައިކް މީ؟ ” އަބާންގެ ސުވާލު އަހާފައި އަހަރެންގެ ހުރިހާ ލޯލިތައް ކޮޅަށް ޖެހުނެވެ….އަހަރެން އަބާންގެ އަތް ފޮޅުވާލާފައި ދުވެފައި ގޮސް ފާހާނާއަށް ވަނީމެވެ…

ޒައި އެނދުމާތީގަ އޮތް ޑްރެސް ލައިގެން ރެޑީވޭ އިނގޭ….. އަހަރެން ފާހާނާއިން ނިކުމެ ބަލާލިއިރު އެނދުމަތީގައި އޮތީ ވަރަށް ރީތި ރެޑް ކުލައިގެ ގައުންއެކެވެ…ވަރަށް ވިދާފޮއްޗަކުން އޮތް އެ ގައުން އަހަރެންނަށް ވަރަށް ހެޔޮވަރެވެ…. އަދި ހަމަ އެކުލައިގެ ހައި ހީލްއެއްވެސް ހުއްޓެވެ… އަހަރެން ބަން އެއް ޖަހާލުމަށް ފަހު ބޯ ރީތި ގޮތަކަށް ހަދާލީމެވެ…އަދި ކުޑަކޮށް މޭކަޕްވެސްކޮށްލީމެވެ… އަހަރެން ނިކުތް އިރު ޕޫލް ކައިރީގަ އަބާން ކަޅުކުލައިގެ އަތްދިގު ގަމީހަކާއި ކަޅު ފަޓްލުނުގައި ބެގީކޮށްފައި އަދި ރެޑް ކުލައިގެ ޓާއީއެއް އަޅާފައި ހުއްޓެވެ… ހޭންޑްސަމް ކަމުން އަހަރެންގެ ހިތްވެސް މަގާމުން ފުންމާލަން އުޅޭކަހަލަ އިހްސާސެއް ކުރެވުނެވެ. ” ވާވް…ޒައި ޔޫ ލުކިން ގޯޖިޔަސް”

މިރޭ ވީ ކަންތަކުން ކުޑަކޮށް އޮކްވާރޑްވެފަ ތިބެވެސް ދެމީހުން ޕާރޓީއަށް ދިޔައީމެވެ….އަހަރެމެން ދިޔައީވެސް އަބާންގެ ކާރުގައެވެ…. ޕާރޓިއަށް އަހަރެމެން ދެމީހުން ވަދެގެން ދިޔައީ އެކުއެކީގައެވެ….

އަބާން ވިތް އަ ގާރލް އިން ޕަބްލިކް؟ ފަހަތުން އަންހެން ކުއްޖަކު ބުނެލި އަޑު އިވުނެވެ އަހަރެން ކުޑަކޮށް މަޑުކޮށްލުމުން އަބާން އަހަރެންގެ އަތުގައި ހިފާލާ ފައި ކުޑަކޮށްދަމާލިއެވެ….

އަބާން މީ ކޮން ކުއްޖެއް؟ ކައިވެނި ކުރި ފިރިހެން ކުއްޖާ އަހާލިއެވެ…. “މީ ގޭގައި އުޅޭ މަންޖެ ބުނީމެއްނު…..”

ޝަރީފްބެގެ ނީސް ދޯ؟ އަހަރެން ބޯޖަހާލީމެވެ…ޒައި މީ މަގޭ ބެސްޓް ފްރެންޑް އިކްރާމް އެކަމް އިކީ އެންމެންވެސް ކިޔަނީ……. ދެންމީ އިކީގެ ގާރލްފަރެންޑް ހަމްނާ…

ތެދެއް އިކީ އަދިވެސް ގާލްފަރެންޑް ތަ؟ އަހަރެން ހީލާފައި އަހާލީމެވެ…

އެބުނާހެން އަބާން ވައިފް އޭ…. މަގޭ ކައިވެނި ޕާރޓީއޭ މީ…..ހަތަރު މީހުން އެއްކޮށް ހެވުނެވެ… ކައި ނިމިގެން އަބާން ދިޔައީ އިކީ ކައިރީ ދާ ވާހަކަ ބުނެލާށެވެ.. އަހަރެން މަޑުމަޑުން ހިންގަމުން ގޮސް ބޭރުގައި މަޑުކޮށްލީމެވެ….ކުއްލިޔަކަށް މިހަކު އައިސް އަހަރެންގެ މޫނުމަތީގައި ފޮތިގަނޑެއް އަޅާލިއެވެ….އަދި ދަމަމުން ގެން ދިޔައެވެ… އަބާން…އަބާން…. އަހަރެން ބާރަށް ގޮވަމުން ދިޔައިމެވެ…. އެމީހަކު ގޮސް އަހަރެން ބިންމައްޗައް ވައްޓާލިއެވެ….އަދި އަހަރެންގެ މޫނޫގައި އޮތް ފޮތިގަނޑު ވެއްޓުނެވެ….ކުރިމަތީގައި ހުރީ އަހަރެން ދަންނަ މީހެއް ނޫނެވެ. އެމީހަކު ހުރީ ހަމަހެޔަކު ވެސް ނޫންކަން ނޭންގޭ އެމީހާ އަހަރެން ކާރިޔަށް އަންނަމުން ދިޔައެވެ. އަދި އަހަރެންގެ އަތުގައި ހިފާ އެމީހާ ކައިރިޔަށް ދަމާލިއެވެ…. އަދި އަހަރެންގެ ގައިގަ ފިރުމަމުން ދިޔައެވެ… ހޮޔޮނުވާނެ އަހަރެން ދޫކޮށްލާ؟ އަހަރެން ރޮމުން އާދޭސްކުރަމުން ދިޔައީމެވެ…ކުއްލިޔަކަށް އެތާގެ ދޮރު ވެއްޓުނެވެ….އަހަރެން ބަލާލިއިރު ދޮރުމަތީގައި އަބާން އަދި ދެ ފުލުހުން ތިއްބެވެ… އައި ގޮތައް އައިސް އަބާން އެމީހާގެ ކަންފަތް މަތީ އަޅާލިއެވެ….އަދި ބިންމައްޗައް ވައްޓާލިއެވެ…. އެވަގުތު ފުލުހުން އައިސް އެމީހާ ނެގުމުން އަބާން އަހަރެން ކާރިޔަށް އައެވެ. އަހަރެން ވަރަށް ބާރަށް އަބާންގެ ގައިގަ ބައްދާލީމެވެ…..އަބާންވެސް އަހަންނަށް އެ ދެއަތުގެ ހިމާޔަށް ދިނެވެ… އަދި އަހަރެން ގޮވައިގެން ގެޔަށް ދިޔައެވެ….

” ޒައި އައި އެމް ސޯ ސޮރީ ”

އަބާން އެއީ އަބާންގެ މައްސަލައެއްނޫނެވެ.

“”ޒައި އަށް ކަމެއްވިނަމަ މަންމަމެން އަހަރެންދެކެ ވަކިން ރުޅިއަންނާނެ….

އަބާން އަހަރެން ސުވާލެއް ކޮށްލަންތަ؟

ހުއްދަ ނުހޯދިޔސް ކޮށްބަލަ  ޒައި…….

އަބާންގެ މަންމަމެންނާ އަބާން އެހާ ދުރުން ތި އުޅެނީ ކީއްވެ؟

” ޒައި އަހަރެން މަންމަމެންގެ ލޯބި ބޭނުންވީ ދުވަހު އެމީހުން ބިޒީ…..އަހަރެން އޭރު ކުޑަ އެމީހުންނަކަށް ނުވޭ އަހަރެންނާ އެކު ނިދާލާނެ ވަގުތެއް އެކަނި މާ އެކަނި ނިދަން ޖެހެނީ ކާންދީ ސްކޫލަށް ގެންގޮސް އުޅެނީ ކޮންމެވެސް ނޯކަރެއް….

އެހާލުގައި ހުއްޓާ ޝަރީފްބެ އައީ ޝަރީފްބެ ހުރި އިރު އަހަރެންނަށް ކާންދީ އެކުގައި ނިދާ ސްކޫލަށް ގެންގޮސްދީ ހަދާނެއެވެ…..އަހަރެން އުޅުނީ ވަރަށް އުފަލުން ނަމަވެސް ޝަރީފްބެ ދިޔުމުން އަނެއްކާވެސް އަހަރެން މުޅިން އެކަނި ވި….ބިކަވި…މަންމައާއި ބައްޕަ ހީކުރަނީ އަހަރެން ބޭނުންވަނީ އަގު ބޮޑެތި ހެދުންތަކާއި ކުޅޭއެއްޗިހި ކަމަށް….އެކަމަކު އަހަރެން ބޭނުންވީ މަންމަމެންގެ ލޯބި އަދި ޓައިމް….

އަހަރެން ވަރަށް ބަސް އަހައިގެން ރަގަޅު ނަތީޖާ ހޯދިން އޯލެވެލްގަވެސް ބައްޕަ އެދުވަހު އަހަރެންނަށް އައިފޯނެއް ދިން އެކަމަކު ޓޮޕްޓެން ޖަލްސާއަށްވެސް އެމީހުންނަކަށް ނުދެވުނެ އަހަރެން ވަރަށް ދެރަވި…

އޭލެވެލް ވެސް ނަތީޖާ ވަރަށް ރަގަޅު އެކަމް އަހަނަށް ލޯބިން ބައްދާލާފަ މަންމަމެން ވަރަށް އުފާވެޔޭ ނުބުނެވޭ….. އަހަރެންވެސް ފަހުން އެމީހުންނާ ދުރުވެލީ… ދުރުވެ ގިނައިން ބޭރުގައި އުޅެންފެށިމާ މަންމަމެން ހީކުރަނީ އަހަރެން ޑްރަގް ނަގަނީކަމަށް…..އެހެންވެ އެމީހުން އިތުރަށް ދުރުވީމަ އަހަރެން ވަރަށް އެކަނި ވޭ…..އެހެންވެ އަހަރެން ފަހުން އެކަނި ވެރިކަން ފިލާތޯ އަންހެން ކުދިންވެސް ގެންގުޅެނީ އެކަމަކު ޝަރީފްބެ ދިން ނަސޭހަތުގެ ސަބަބުން އަދި އަހަރެން ކޮންމެވެސް ދުވަހަކުން ރީތި ލައިފްއެއް އުޅެން ބޭނުންވާތީ ޖިންސީ ގުޅުމުން އަރާ އެއިޑްސްކަހަލަ ބަލިއެއް ޖެހިދާނެތީ އެމީހުންނާ އެއްކޮށް ގުޅުން ނުހިންގާތީ އެމީހުންވެސް ދަނީ….އެކަމް މިހާރު ޒައި އައި ފަހުން އަހަރެން ވަރަށް ހެޕީ ވާހަކަ ދައްކާލެވޭތީ…”

އަބާންގެ ވާހަކަ އަޑު އަހަން އަހަންނަށް އިނދެވުނީ ފެންކަޅިވެފައެވެ… އަދި އެވަގުތު އަބާންއަށް ގެއްލިފައިވާ މައިންބަފައިންގެ ލޯބި ހޯދާ ދިނުމަށް ހިތުގައި އަޒުމް ކަނޑައެޅީމެވެ.

“އަބާން ދެން ދޭ ނިދަން….” އަހަރެން ވަރަށް ލޯބިން ބުނެލީމެވެ.

އަބާން ހިގައިގަތުމުން އަހަރެން ގޮވާލީމެވެ…. ” އަބާން މިރޭ ވަރަށް ހޭންޑްސަމް ”  އަހަރެން އެހެން ބުނެލުމުން އަބާން އިސްޖަހާލިއެވެ..

“ވަޓް އަބާން ބްލަޝްވެސް ވޭތަ….” އަހަރެން ދިމާކޮށްލީމެވެ

ޒައިގަނޑު ދިމާނުކޮށްދޭ ރޫމަށް.

އަބާން އާދެބަލަ ފޮޓޯއެއް ނަގަން….އަހަރެން އެހެން ބުނެލުމުން ކައިރިޔަށް އައިސް އަބާން އަހަރެންގެ ފޯނު އަތުލާފައި ޕެޓާން ޖަހާލުމަށް ފަހު ސެލްފީއެއް ނަގާލިއެވެ… އަހަރެންނަށް ހުރެވުނީ އަބާންއަށް އަހަރެންގެ ފޯނުގެ ޕެޓާން އެނގުމުން ހައިރާންވެފަ އަބާންއާއި ދިމާލަށް ބަލަހައްޓައިގެންނެވެ.

“ޒައި ކީއްވެ ފާޑަކަށް ތި ބަލަނީ…..” އަބާން ސުވާލުކޮށްލިއެވެ.

އަބާންއަށް އަހަރެންގެ ފޯނުގެ ޕެޓާން އެނގުނީ ކިހިނެތްތަ؟

ޒައި ކިތައްފަހަރު އަހަރެން ކައިރީ ހުރެގެން ޖެހިންތަ އެނޫނަސް ނުލާހިކު ސިންޕަލް އެއްޗެއް “ޒެޑް” އިނީ

ބިރުބޮޑެއް ނު އަހަރެން ބުނެލީމެވެ…

ޒައި މިފޮޓޯ ހާދަ ލޯތްބޭ ދޯ ؟ އަބާން ދައްކާލި ފޮޓޯއަށް އަހަރެން ބަލާލީމެވެ ތެދެކެވެ ވަރަށް ރީއްޗެވެ. އަހަރެމެން ދެމީހުން ތިބީ އެކަކު އަނެކަކުގެ ލޮލަށް ބަލަހައްޓައިގެންނެވެ….

“ޒައި ތެންކިޔު މިރޭ ޒައި އާ ވާހަކަތައް ހިއްސާކުރެވުމުން ވަރަށް ހިތަށް ލުއިވެއްޖެ….”

އަބާން ބޭނުން ކޮންމެ އިރަކު ކުރެވޭނެ އޭ ބުނެލުމަށް ފަހު އަހަރެން ރޫމަށް ވަދެ އެއްޗިހި ބަދަލުކޮށްގެން ނިދާލީމެވެ…

ހެނދުނު އަހަރެންނަށް ހޭލެވުނީ މީހަކު ދޮރު ތަޅާ އަޑަށެވެ… ލައިގެން ހުރި ކުރު ސޯޓު ކޮޅަށްވެސް ވިސްނާނުލާ އަހަރެން ގޮސް ދޮރު ހުޅުވާލީމެވެ… ހުޅުވާލިއިރު ދޮރުމަތީގައި ހުރީ އަބާންއެވެ….

“ވާވް ޒައި މިއަދު ހާދަ ސެކްސީއޭ” އަހަރެންނަށް ހުރެވުނު ހާލު ވެސް ވިސްނުނީ އަބާން އެހެން ބުނުމުންނެވެ….އަވަހަށް ދޮރުލައްޕާލީމެވެ…

ބަލަ ކަމަނާ މިއަދު އޮފީހަކަށްވެސް ނުދަންތަ؟

އަހަރެން މިއަދު އޮފްއޭ…. އަހަރެން ބާރަށް ބުނެލީމެވެ…

” އޯހް!!! ދެން ހިންގާ ސާ ބޯން އެކަނި ވެގެން މި އައީ ގޮވާލަން…”

މިދަނީ ކަމަށް ބުނެ ފާހާނާއަށް ވަދެ އަހަރެން ފެނަވަރާލައިގެން ނިކުމެ ތިރިޔަށް ދިޔައީމެވެ… އޭރު އަބާން ބަދިގޭގައި އުޅެއެވެ….

އަބާން ކީއްތިކުރަނީ؟؟

މީ މިއަދު ޒައި އަށް އަބާން ސްޕެޝަލް ބްރެކްފާސްޓެއް ދޭން މިއުޅެނީ…..

އޫ….އެހެންތަ؟ އަހަރެން ބަދިގޭ ކަބަޑު މަތީގައި އިށީދެގެން އަބާން ޕޭން ކޭކު ފިހާތަން ބަލަން އިނީމެވެ… އިރު އިރުކޮޅުން އަބާން އަށް ކޮންމެވެސް ގޯނާއެއް ކޮށްލަމެވެ…

ކުއްލިޔަކަށް ބަދިގެޔަށް ވަދެގެން އައި އަނީއްސާއްތަ އާއި ޝާހީންބެ ފެނިފައި އަހަރެން އުފަލުން ދުވެފައި ގޮސް ދެމީހުންގެ ގައިގަ ލޯބިން ބައްދާލީމެވެ….

ދަރިފުޅާ ޒައިނީ ކިހިނެތް ތަ ހާލު؟ އަހަރެން ހަމަ ބެސްޓް އަހަރެން ޖަވާބު ދިނީމެވެ…

އަބާން ކަމޯން ގިވް ދެމް އަ ހަގް ކިހާ ދުވަހެއް ފަހުން އެ އައީ… އަހަރެން އަބާންގެ އަތުގައި ހިފާ ކާރިޔަށް ގެނައީމެވެ… އަބާން ކައިރިޔަށް ދިޔުމުން އަނީސައްތަ އާއި ޝާހިންބެއަކަށް ކެތެއް ނުކުރެވުނެވެ. ބައްދާލިއެވެ… އަބާންވެސް ބައްދާލިއެވެ…

އަބާން ޕޭންކޭކު އަނދަނީ…….އަހަރެން ހަޅޭލަވައި ގަތީމެވެ….

ނޯ… އޭ ކިޔާފައި އަބާން އުދުން ކާރިޔަށް ދިޔައެވެ…..

މީ ހަމަ އަހަރެމެންގެ އަބާންތަ؟ އަނީސައްތަ އަހާލިއެވެ.

އަނީސައްތާ މީ ހަމަ މިގޭ އަބާން އޭ… އެކަމަކު މިހާރު މާ ފަލަވެއްޖެ ދޯ… އަހަރެން މަޖާވެލާފައި ބުނި ގޮތުން އެންމެންވެސް ހެވުނެވެ…

ފަލައެއް ނޫން…އެކަމް ހަށިގަނޑު މިހާރު ރީތިވެ ކުރިޔަށް ވުރެންވެސް ސްމާރޓް ވެއްޖެ….އަދި ހެނދުނު ތެދުވަންވެސް ދަސްކޮށްފި……އަނީސާއްތަ ބުނެލީ ވަރަށް ލޯބިން އަބާންގެ ބުރަކަށިގައި ފިރުމާލާފައެވެ…

އަނީސައްތާ އަދި ރޭގަ ފެނުނު ނަމަ….. އަހަރެމެން ރޭގަ އިކީގެ ވެޑިންއަށް ދިޔައީ…ބަލާބަލަ އަހަރެން ވަރަށް ސިއްރުން ޕާރޓީ ތެރޭގައި ނަގާފައި ހުރި އަބާންގެ ފޮޓޯއެއް ދައްކާލީމެވެ…. ” މާށާﷲ ” އޭ ބުނެވުނީ އަނީސައްތައާއި ޝާހީންބެއަށް އެކު އެކީގައެވެ…

ޒައި ދިސް އިޒް ބޭޑް މެނާރސް…….އަބާން އަހަރެންގެ ބޮލުގައި ޖަހާލަމުން ބުނެލިއެވެ..

އެންމެން އެއްކޮށް ސާބޮއެ ނިމިގެން ދިޔައީ އަނީސައްތަމެންގެ ރޫމަށެވެ.

އެމީހުން ގެނައި ހަދިޔާތައް އަހަރެމެންނަށް ދިނެވެ… އަހަންނަށް ހޭންޑް ބޭގް އަކާއި ހެދުން ދެން ސެންޓުވެސް ލިބުނު…. އަބާން އަށް ވެސް ބޫޓާ ހެދުމާ ސެންޓްލިބުނު…..އަބާން ހަދިޔާތައް ހިފައިގެން ދިޔުމުން އަހަރެން އަންޕެކް ކުރުމުގައި އެހީތެރިވެދޭން އުޅުނީމެވެ… އެކަންތައް ނިންމާލާފައި ބޭރަށް ނިކުމެވުނުއިރު މެންދުރު ވެއްޖެވެ…އަހަރެމެން ދެމީހުން ގޮސް ސޯފާގައި ޖައްސާލިތާ އިރު ކޮޅާކުން ރީތިވެގެން އަބާން ބޭރަށް ދާތަން ފެނުނެވެ.

“ދަރިފުޅާ އަބާން އަދިވެސް ގިނައިން އުޅެނީ ބޭރުގައި ދޯ…..”

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nadhoo
Follow Me Written By

Nadhoo

Level 1

varah kuda iruh suren varah kiyaahithun vaahaka kiyan vaahaka liyaa hihves vaathy try kohlani mi

Other Articles

Previous

އަހަރެން ސަލާމަތް ކުރޭ ޓްރެއިލާ

Next

ޔާރާ އަހާށޭ 3

Next
August 16, 2023

ޔާރާ އަހާށޭ 3

Previews
August 16, 2023

އަހަރެން ސަލާމަތް ކުރޭ ޓްރެއިލާ

10 Comments!

  1. Anonymous says:
    August 16, 2023 at 12:59 pm

    Mi vaahaka genes dheniii kn dhuvas thakeh ga tha??
    Alhe hurihaa dhuvahaku kiyaaalan nulibeyne tha??
    Miadhu ge part ves vrh rythiii♥️

    1. Nadhoo says:
      August 16, 2023 at 3:14 pm

      liyevey varakun upkohlanii ehen vaki dhuvheh balaafa eh noon emme madhuvegen ves 3 part week ehga up kureveytho balan

  2. love imko 💝💖 says:
    August 16, 2023 at 2:33 pm

    I love this story
    So when is next part

    1. Nadhoo says:
      August 17, 2023 at 9:24 am

      Thank you
      hurihaa episode akah comment kurakan faahanga kohlan….soon will up next part

  3. leesh says:
    August 16, 2023 at 9:29 pm

    alhey haadha salhi eyy comment nukuriyas hurihaa episode eh kiya

    1. Nadhoo says:
      August 17, 2023 at 9:22 am

      thank you…Leesh. a bucket full of love from me

  4. ޒީ says:
    August 16, 2023 at 9:40 pm

    Alheyyy hama kuruyekeyvex ehgothah mi part vex v v v ryythi.. hama love itt❤️

  5. Mrs.enzo says:
    August 18, 2023 at 9:35 pm

    Wow… vv interesting story eh… Curiously waiting for the next part… 😊

  6. Anonymous says:
    August 19, 2023 at 10:49 am

    when is next part

  7. Nadhoo says:
    August 20, 2023 at 10:31 am

    part 5 submitted yesterday

Comments are closed.

Next Episodeއިންތިޒާރު 5←


All Right Reserved!