Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 3

Nadhoo
Nadhoo Level 1
August 14, 2023 5 Mins Read
5 Comments

އަބާން……ކހިނެތްވީ؟ އަހަރެން އަހާލުމުން އެއްވެސް ޖަވާބެއް ނުދިނުމުން އަހަރެން ދުވެފައި އަހަރެންގެ ރޫމަށް ގޮސް ގޮނޑިއަކާއި ފަސްޓްއެއިޑް ފޮށިހިފައިގެން އައީމެވެ…އަދި ގޮނޑީގައި އިށީނުމަށް ބުނީމެވެ….

ނަސީބަކުން އެއްވެސް އެއްޗެކޭ ނުބުނެ އިށީނެވެ… އަހަރެން އޭނާގެ ފައި ގަ ބޭސްއަޅާދިނީމެއެވެ…އަދި މަސައްކަތު މީހަކަށް ގޮވާލުމަށް ފަހު އެތަން ސާފުކުރުވާ އަބާން އެތެރެއަށް ވެއްދީމެވެ….

ފަތިހު ތެދުވެ ނަމާދުކޮށްގެން އަހަރެން ތިރިޔަށް ދިޔައީމެވެ……. އޭރު ހެނދުނުގެ ނާސްތާ ތައްޔާރުކުރުމަށް ކައްކާ މީހާ އަވަދި ނެތި އުޅުނެވެ…އަހަރެން ގޮސް އޭނާއަށް އެހީވާންފެށުމުން މަނާކުރަމުން ދިޔައެއް ކަމަކު އަހަރެން އަޑު އެހުމެއްނެތި އެހީވަމުން ދިޔައީމެވެ…..އެމަސައްކަތް ނިމުމުން އަހަރެން ގޮސް އޮފީހަށްދާން ތައްޔާރުވެގެން ތިރިޔަށް ދިޔައިރު އަނީސާއްތަ އާއި ޝާހީންބެ ނާސްތާކުރަން ތިއްބެވެ. އަހަރެންވެސް ގޮސް އިށީނީމެވެ.

މީކާ…. މިއަދު ކާއެއްޗިހި ވަކިން މީރުވެފައި ތަފާތު…… މީކާވެސް މިހާރު ވަރަށް މޮޅުވެއްޖެއެވެ. މެޑަމް މީ އަޅުގަނޑު ތައްޔާރު ނުކުރަނީ ޒައިނީ ކޮއްކޮ ކުރަނީ…….. މީކާ ޖަވާބުދިނެވެ.

އެހެންތަ ޒައިނީ އަށް ކައްކަންވެސް އިނގޭތަ؟ ލައްބަ އަނީސައްތާ އަހަރެން ބުނެލީމެވެ….

ސައިބޮއެގެން އަހަރެން ޝާހިންބޭއާއި އެއްކޮށް އޮފީހަށް ދިޔައީމެވެ…..އަހަރެންނާ ހަވާލުވެފައި ވަނީ އެކައުންޓް ޑިޕާރޓްމެންޓަށެވެ… ފުރަތަމަ ދުވަސްކަމުން އޮތީ މަސައަކަތް ކިޔާ ދިނުމާއި އެކި މުވަޒިފުންނާއި ބައްދަލުކުރުމެވެ…..އޮފީހުގައި ތިބީ ވަރަށް އެކުވެރި ކުދިންކޮޅެއް ކަމުން އަހަރެން ވަރަށް އުފާވިއެވެ……..5 ޖެހި އިރު އޮފީސް ނިންމާފައި އަހަރެން ގެޔައް ދިޔައީމެވެ. ފެންވަރާލައިގެން ބޭރަށް ނިކުތް އިރު އަބާން ކޮޓަރިން ނިކުންނާތީ ފެނުނެވެ….. އޭރުވެސް ކުޑަކޮށް ހިންގަން އުދަގޫ ވައްތަރަކަށް ހިންގަމުން ދިޔައެވެ. އަހަރެން ވެސް އެއެޗެކޭ ނުބުނެ އޭނާގެ ފަހަތުން މަޑުމަޑުން ތިރިޔަށް ދިޔައީމެވެ. ބަދިގެޔަށް ދިޔައިރު އެއްވެސް މީހެއް ފެންނާކަށް ނެތެވެ. އަބާން އިށީނދެ މީކާއަށް ގޮވާލިއެވެ…. ” މިވަގުތު މީކާ ވީ ފިހާރައަކަށް ގޮއްސަ ކަމެއް ބޭނުން ވަންޏާ ބުނެލަދީ އަހަރެން ކޮށްދޭނަން”

ކާންވެގެން އަބާން ބުނެލީ އަހަރެންނާ ދިމާލަށް ބަލާލުމަށްފަހު އެވެ.

އޯކޭ ކޯންޗެއް ކާނީ؟ އަހަރެން އަހާލީ ވަރަށް ގިނައެއްޗިހި ހުރުމުންނެވެ.

އަހަރެން ބޭނުން އެއްޗެއް ދޭނަން ތަ؟ އަބާން އަހާލީ ވަރަށް ލަނެތް ގޮތަކަށެވެ….

މި ބުނީ މިތާ އެބަހުރި ވަރަށް ގިނަ އެއްޗިހި….އެހެންވެ އަބާން ކަނީ ކޯޗެއްކަން ނޭންގޭތީ މި އަހާލީ….އަހަރެން ވަރަށް ކެރިގެން ޖަވާބު ދިނީމެވެ.

އޯހް ސޯ ސްވީޓް އޮފް ޔޫ….އަނެއްކާ ހިތްކީތަ؟ މާ ވަރަކަށް އަހަރެންގެ މައުލޫމާތު ހޯދަން ތި އުޅެނީ……

ނޫން ނޫން އަހަންނަށް ބުނެވުނީ ވަރަށް ތެޅިގެންނެވެ…. އަހަރެންގެ ޖަވާބު އަޑުއަހާފައި އަބާން ފެއްޓީ ހޭށެވެ…އަހަރެންގެ ގާތަށް ވަރަށް ރުޅިއައެވެ.

ޕާސްތާއަޅާލަދީ…….

ރުޅި އައެއްކަމަކު އަޅާދިނީމެވެ. އަދި ފެން އަޅާދީފަ އަހަރެންވެސް ހެދިކާ ނަގައިގެން ސާބޯން ފެށީމެވެ…

އަބާން ކާން އިން އިރުވެސް އިރު އިރު ކޮޅުން އަހަންނާ ދިމާލަށް ބަލަމުން ދިޔައެވެ. އަހަރެން އެއްފަހަރުވެސް ނުބަލަމެވެ….

” މިއަދު ޕާސްތާ ވަކިން މީރު….. ހީވަނީ އެހާ ރީތި ކުއްޖަކު އަޅާ ދިނީމަ ހެން …….” އަބާން ބުނި އެތި އަޑުއަހާފައި އަހަރެން ގާތަށް ވަރަށް ރުޅިއައެވެ.

” އަބާން އަހަރެން އެހާ ލައިކްވާ ކަމެއްނޫން ތި ކުރަނީ ރީތިކޮށް ވާހަކަ ދައްކަން ނޭގެންޏާ ވާހަކަ ނުދައްކާ ހުރީމަ ވީއެއްނު….” އަހަރެންނަށް ބުނެވުނީ ތަންކޮޅެއް ބާރާށެވެ.

“ވާވް އެންގްރީ ބާރޑް ރުޅި އައިމާ ވަކިން ލޯބި ހައީ ” އަބާން ބުނެލީ މޭގައި އަތް އަޅާލަމުންނެވެ…. އެންމެ ފަހުން އަހަރެން ތެދުވެގެން ދިޔައީމެވެ.

މައްސަރެއް ފާއިތުވެގެން ދިޔައިރު އަހަރެންނަށް މާލޭގައި އެކަނި އުޅެން ދަސްވެއްޖެއެވެ. ގޭގައި ވެސް އުޅެން މިހާރު އާދަވެއްޖެއެވެ. ކޮންމެ ރެޔަކުވެސް ކޮންމެސް އަންހެން ކުއްޖެއް ގެނެސްގެން އަބާން ކުޅޭ ޑްރާމާއަށް ވެސް މިހާރު އާދަވެއްޖެއެވެ….ދޭތެރެޔަކުން އަހަންނަށް ޖެއްސުންކޮށްލުމަކީ މިހާރު އޭނާގެ އުފަލެއް ކަހަލައެވެ….ނަމަވެސް އަހަރެން މާ ބޮޑަކަށް އަޅާނުލަމެވެ…

” އަނީސައްތާމެން ފުރީމަ އަޅުގަނޑު ވަރަށް ފޫހި ވާނެ…..” އަހަރެން ޝަކުވާކޮށްލީމެވެ.

” އަހަރެމެންވެސް ވަރަށް މިސްވާނެ ދަރިފުޅު އައި ފަހުން އަހަރެމެންނަށް އަންހެން ދަރިޔަކު ލިބުނު ކަހަލަ…..ވަރަށް ހަދިޔާ ގެންނާނަން…އަދި ދަރިފުޅު ކުޑަކޮށް އަބާން އަށް ބަލާލާތި

” ލައްބަ” އަހަރެން އެއްބަސް ވެލީ ހިތާ ދެކޮޅަށެވެ…..

އަނީސާއްތަމެން ދިޔުމުން އަހަރެން ކޮފީއެއް ހިފައިގެން ޓެރަސްއަށް ގޮސް ޕޫލުކައިރީގައި ހުރި ބެޑްގައި ޖައްސާލީމެވެ… ހަނދުވަރު ވަރަށް ރީއްޗެވެ… ތަރިތައްވެސް ވަރަށް ގިނައިން އުޑުމަތީގައި ހުއްޓެވެ.

” ހެލޯ ބިއުޓީ ކުއީން…. ” އަބާން އައިސް އަހަރެން އޮތް ބެޑާ ޖެހިގެން ހުރި ބެޑް ގައި ޖައްސާލިއެވެ.

“މިރޭ ކޮބާތަ ތިބޭފުޅާގެ ނައިޓް ކުއީން؟” އަހަރެންވެސް ޖެއްސުންކޮށްލީމެވެ…. ”

ތީ އެއްނު މިރޭގެ މަގޭ ނައިޓް ކުއީން އަކީ އަބާން ބުނެލީ ވަރަށް ޖެހލުން ކުޑަކަމާއެކުގައެވެ…

“އައިއެމް ނޮޓް އިންޓްރެސްޓެޑް…..”

“ކިހިނެތްވީ އަހަރެން ހަޑީތަ؟” އެހެން އަހާލުމުން އަހަންނަށް އަބާންއާއި ދިމާލަށް ބަލާލެވުނީ ގަސްތަކު ނޫނެވެ… ހުދު ކުލައިގެ އަތް ދިގު ޓީޝާރޓަކާއި ކަޅުކުލައިގެ ސޯޓެއް ލައިގެން އޮތް އަބާން ބަލާލަން ހުތުރެއްނޫނެވެ…..

ކީއްވެ މިހާރު ފާޑަކަށް ބަލަން ތިފެށީ….ބައި ދަވޭ ބިއުޓީ އަށް ކިޔަނީ ކޮންނަމެއްތަ؟ އަބާން އަށް އަހަރެން ބެލިކަން އެންގުމުން އަހަރެން ކަޑަވިއެވެ.

“ޒައިނީ” އަހަރެން ޖަވާބު ދިނީ އަބާންގެ ދެވަނަ ސުވާލަށެވެ.

“ޒައިނީ” އަބާން އަހަރެންގެ ނަން ކިޔާލިއެވެ….

“ނަންވެސް އެހާރީތި….. އަހަރެން ކިޔާނީ ޒައި އަބާން ބުނެލިއެވެ…

މާލޭ އައިސްގެން ތި އުޅެނީ ކޮންކަމަކު؟ މިގޭގަ ހުންނަނީ ކީއްވެ؟” އަބާން އަނެއްކާވެސް އަހާލިއެވެ.

“އަހަރެން އައީ ޖޮބްއަކަށް ގޮސްގެން އިތުރަށް ކިޔަވަންވެގެން އަހަރެން ބޭނުންވަނީ ލޯޔަރަކަށް ވާން…. ދެން މިގޭގައި މިހުންނަނީ އަހަރެން ބޮޑުބެގެ ރައްޓެއްސެއްގެ ގެ ވީމާ….” އަހަރެން ޖަވާބު ދިނީމެވެ…

” ބޮޑުބެ އަކީ ކާކު؟ ” ޝަރީފް އަވަހަށް ބުނެލީމެވެ….

އަސްލުވެސްތަ ޝަރީފްބެއަކީ ވަރަށް ރަގަޅު މީހެއް…އަހަރެން ކުޑައިރު މިގޭގައި އުޅުނު ޝަރީފްބޭގެ ކޮއްކޮއެއް ކަނޑުވެގެން އައިސީ ޔޫ ގައި ބާއްވައިގެން…އެހާދިސާގައި ޝަރީފްބޭ ކޮއްކޮގެ ފިރިމީހާވެސް ވެސް ނިޔާވީ….އެންމެ ފަހުން ކޮއްކޮވެސް މަރުވީ…މަރުވުމުން ޝަރީފްބޭ ރަށަށް ދިޔުމުން އަހަރެން ވަރަށް އެކަނި ވި….މުޅި ލައިފް ހަލާކުވި….. އަބާންގެ ވާހަކަ އަޑުއަހަން އިން އަހަންނަށް ރޮވުނެވެ.

“އައިމް ސޮރީ ހީއެއް ނުކުރަން ޒައި އެހާ ހިތް ބަލިކަމެއް….”

“ޝަރީފްބޭ ގެ ކޮއްކޮ އަކީ އަހަރެންގެ މަންމަ އަދި އޭނާގެ ފިރިމީހާއަކީ އަހަރެންގެ ބައްޕަ” އަހަރެން ރޮމުން ރޮމުން ޖަވާބު ދިނީމެވެ….

” އައި އެމް ސޯ ސޮރީ ޒައި ދެރަކުރެވުނީމަ….”

އިޓްސް އޯކޭ އަހަރެން ރުއިން ހުއްޓާލުމުން ބުނެލީމެވެ.

އަހަރެން ކޮންމެ މަހަކު އަހަރެންގެ ޕޮކެޓް މަނީ ފޮނުވަން ޝަރީފްބެއަށް އަހަރެންގެ އެކަނިވެރި ލައިފްގަ ވަރަށް މުހިއްމު ދައުރެއް އަދާކުރި މީހެއް އެއި ވަރަށް މިސްވެއްޖެ މިރޭ” އަބާންގެ ވާހަކަތައް އަޑު އަހަން އަހަންނަށް ހުރެވުނީ ހައިރާންވެގެންނެވެ….އެއީ ކުރިން ފެނިފައިނުވާ ސިފައެއް ފެނުމުންނެވެ….

” ތީ ހަމަ އަބާން ތަ؟ ” އަހަންނަށް އަހާލެވުނެވެ.

” ކިހިނެތްވީ ޒައި ލައިކް ވަނީ އަހަރެންގެ ޑެވިލް ސްޓައިލް ދެކެތަ؟ ޒައި ބޭނުމިއްޔާ އަހަރެން އެސިފަ ދައްކަފާނަމޭ…. ”

“އުހު މަށަށް ދައްކާނެކަމެއްނެތް…..”

އަހަރެން އަވަސް އަވަހަށް ތެދުވެ ފައިވާންލާން އުޅުމުން އަހަރެންނަށް ބެލެންސް ނުވެ އަހަރެން ވެއްޓުނީ އަބާންގެ ގައި މައްޗަށެވެ… އަބާން އަހަރެންގެ މޫނަށް ބަލަން އޮތެވެ…. އަދި އަހަރެންގެ މޫނުމަތީގައި ހުރި އިސްތަށިތަށް ރަގަޅުކުރުމަށް ފަހު އަހަރެންގެ ނިތްކުރީގައި އަބާންގެ ތުންފަތް ޖައްސާލިއެވެ… އަހަރެން އަބާން ކޮށްޕާލަމުން ތެދުވީމެވެ….

” ސޮރީ  އަހަރެން ނުވާނެ ޒައި ގެ ހުއްދަނެތި ޒައިގެ ގައިގަ އަތްލާކަށް ބަޓް ނޭގޭ ވީގޮތެއް އައި ފެލްޓް ސަމްތިން ވެރީ ސްޓްރެންޖެ……” އަހަރެން ދުވެފައި ގޮސް ރޫމަށް ވަނީމެވެ. އަހަރެންގެ ހިތް ވަރަށް ބާރަށްތެޅެމުންދިޔައެވެ. ދުވަހަކުވެސް ފިރިހެނަކާއި ކައިރިވެފައިނުވާ އަހަރެންނަށް ކުރެވުމުން ދިޔައީ ވަރަށް އެހެންކަހަލަ އިހްސާސެކެވެ. އަބާންގެ ހޫނު ތުންފަތް އަހަރެންގެ ނިތްކުރީގައި ޖެހުމުން މުޅިގަޔަށް ކަރަންޓު އައިހެން ހީވިއެވެ. ނަމަވެސް އަބާންދެކެ ރުޅިއެއް ނާދެވުނެވެ…އިރުކޮޅަކުން ދޮރޮފޮތިގަނޑު ދުރުކޮށްލަމުން ސިއްރުން އަބާން ކޮބައިތޯ ބަލާލީމެވެ…ހަމަ އެގޮތައް އެތާއޮތެވެ. އަހަރެން ގޮސް އެނދަށް އަރާ ނިދާލީމެވެ…

ހެނދުނު އޮފީހަށް ދާންވެގެން ރެޑީވެގެން ބޭރަތް ނިކުތް އިރުވެސް އަބާން އެތާ ބޭރުގައި އޮތުމުން އަހަރެނަ ދިޔައީ ސިއްސައިގެންނެވެ…. އަހަރެން ކާރިޔަށް ގޮސް ގޮވާލީމެވެ…. އަބާން….އަބާން މިތާތަ ނިދަނީ…..

ހަބަރެއް ނުވުމުން އަހަރެން ކުޑަކޮށް އަތުގައި ޖެހިލިމެވެ… އޭރު އަބާންގެ އަތް ވަރަށް ހޫނެވެ… އަހަރެން ނިތްކުރީގައިވެސް އަތްބާއްވާލީމެވެ…ވަރަށް ހޫނެވެ…. އަހަރެން އަވަހަށް މަސައްކަތު މީހުންނަށް ގޮވާލީމެވެ. އެމީހުން އައުމުން އެމީހުންގެ އެހީ އާއި އެކު އަބާން އަހަރެންގެ ރޫމަށް ގެންދިޔައީ އަބާންގެ ރޫމް ތަޅުލާފައި ހުރުމުންނެވެ…ބޭސް ދިނުމަށް ފަހު އަހަރެން ފެން ފޮތިލަމުން ދިޔައީމެވެ…. އަހަރެން އަބާންގެ ޓީޝާރޓް ބޭލީމެވެ… އަބާންގެ ތަނަވަސް ރީތި މޭމައްޗައް އަހަރެން ނަށް ކަޅިޖަހާނުލާ ބެލުނެވެ….އަހަރެން ފެންފޮތި ލަމުން ގެންދިޔަ އަތުގައި ކުއްލިޔަކަށް އަބާން ހިފާލިއެވެ…

” މަންމާ ނުދޭބަލަ ކޮއްކޮ އެކަނި ބަހައްޓާފައި…….ކޮއްކޮ ވަރަށް ބިރުގަނޭ އެކަނި ނިދަން………….” އަބާން ކިޔަމުން ދިޔަ އެއްޗިހިން އަހަންނަށް އެނަގުނީ އަބާން ކުޑައިރު ގިނަވަގުތު ހޭދަކުރީ އެކަނިކަމެވެ……މުއްސަނދި މީހުންގެ އަތުގައި ފައިސާ ހުއްޓަސް ދަރިންނަށް ވަގުތު ނުދެވޭތީ އެމީހުންގެ ދަރިން ގޯސް ވާ ވާހަކަ އަކީ އަހަރެންވެސް އަޑު އަހާ ވާހަކައެކެވެ.

އަހަރެން އޮފީހަށް ސަލާމް ބުނެލާފައި މަޑުކޮށްލީމެވެ…މެންދުރުވާން އުޅެނިކޮށް އަބާން އަށް ހޭވެރިކަން ވިއެވެ…” ޒައި އަހަރެންނަށް ކިހިނެތްވީތަ؟ ”

ހުންއައީ މިހާރު ހުންފިނިވެފައި….. އަހަރެން ވަރަށް މަޑުމަޑުން ބުނެލީމެވެ.

” ޒައި އައިއެމް ހަންގްރީ ނީޑް އަ ކޮފީ…… ”

ހިންގާކާން އަހަރެންވެސް މިހިރީ ހެނދުނު ސައިވެސް ނުބޮއި އަބާން ވަރަށް ކެއުމާ ދުރުކަން އަހަރެންނަށް އެނގުނެވެ.

” ޒައި ދޭ ކާން އަހަރެން ގަޔަކު ނެތް ވަރެއްވެސް ކޮފީ އެއް އޯކޭވާނެ….. ”

” އަބާން ނުކަންޏާ އަހަރެންވެސް ނުކާނަން….” އަހަރެން ބުނި އެއްޗަކުން އަބާން އަހަރެންނާ ދިމާލަށް ހައިރާންވެފަ ބަލަން ހުއްޓެވެ….

ވަރެއް ނެތީއްޔާ މިތަނަށްވެސް ގެނެސްދީފާނަމޭ….. އަހަރެން އަހަރެން އަނެއްކާވެސް ބުނެލީމެވެ…އަބާން ބޯޖަހާލިއެވެ.

ބަތްތަ / ރޮށިތަ؟ ރޮށި އަބާން އަވަހަށް ބުނެލިއެވެ.

އަހަރެން މުގު ރިހައާއި ރޮށި އަދި ތެލުލީ މަސް ގެނުއީމެވެ…. އެނދުކައިރިޔަށް މޭޒު ޖެއްސުމަށް ފަހު ޝާމް ކާއެއްޗިހި އަތުރާލަ ދިފައި ދިޔައެވެ… އަހަރެން ތައްޓެއް ނަގައިގެން ރޮށި ފުނޑުކޮށްފައި ރިހާއަޅާފައި މޮޑެފައި މަސްކޮޅެއް ވެސް ލާފައި އަބާން ގެ ކައިރީ ބެހެއްޓީމެވެ… އަދި މިނީ ބާރ އިން ޖޫސް ގެނެސް ދެ ތައްޓަށް ޖޫސްވެސް އެޅީމެވެ. އަހަރެން މޮޑެގެން ބަލާލިއިރުވެސް އަބާން ކާން ނުފަށާ އިނީމަ ބަލާލެވުނެވެ…

” ކިހިނެތްވީ އަހަރެން މޮޑުނީމަ ކަމު ނުދިޔައީތަ؟ ”

” ނޫން ނޫން އަބާން އަށް ތެޅިގެންފައި ބުނެލިއެވެ… ހަޔާތުގައި ފުރަތަމަ ފަހަރަށް މީހަކު އެހާ ލޯބިން ކާން އަޅާ ދިނީ އެހެންވެ ގަބޫލު ނުކުރެވިފައި ހުރެވުނީ…… ”

ކުރީ ދުވަހު ބުނީމެއްނު އަހަރެން އަޅާދިނީމަ ޕާސްތާ ވަކިން މީރުވީ ވާހަކަ…މިއަދު އަހަރެން މޮޑެފަ ދިނީމާ ވަކިން މީރުވާނެ އަހަރެން ބުނެލީ ސީރިޔަސްކަން ކަނޑުވާލުމުގެ ބޭނުމުގައެވެ.

އަހަރެން އެހެން ބުނުމުން އަބާން ހީލާފައި ކާންފެށިއެވެ.

އަބާން ހީލުމުން ކޮލަށް އެރި އަޑިކޮޅު ލޯބިކަމުން އަހަރެންނަށް ބަލަން ހުރެވުނެވެ… ކައި ނިންމާލުމަށް ފަހު އެއްޗިހިތައް ގެން ދިޔުމުން އަބާން އަނެއްކާވެސް އޮށޯތެވެ. ޒައި މިއަދު އޮފީހަކަށް ނުދަންތަ؟ އަބާން އަހާލިއެވެ.

” އޮފީހަށް ދާން ނިކުތް ގަޑިގަ އަބާން ބަލިވެފަ އޮތީމާ ނުދިޔައީ….”

އެ އޯކޭވާނެ އަހަރެންގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއްވާކަށް ނޭދެން…..” އަބާން ބުނެލީ ވަރަށް މަޑުމަޑުންނެވެ.

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nadhoo
Follow Me Written By

Nadhoo

Level 1

varah kuda iruh suren varah kiyaahithun vaahaka kiyan vaahaka liyaa hihves vaathy try kohlani mi

Other Articles

Previous

ޔާރާ އަހާށޭ 2

Next

ވިންދޭ ތީ މަގޭ-7

Next
August 14, 2023

ވިންދޭ ތީ މަގޭ-7

Previews
August 13, 2023

ޔާރާ އަހާށޭ 2

5 Comments!

  1. Anonymous says:
    August 14, 2023 at 12:39 pm

    when is next part

  2. ޒީ says:
    August 14, 2023 at 1:42 pm

    alheyy haadha cute story ekey.. v v v reethi! i love it!!! next part avwahah up kohladhehcheyy pls pls plsss…

  3. love imko 💖❤️ says:
    August 14, 2023 at 5:33 pm

    I love this story
    So when is next part

  4. ... says:
    August 14, 2023 at 10:22 pm

    mi part vx vvv reethi… kuri ah oii part miahvureh dhigu kohdheyne kamah ummeedhu kuran… waiting….

  5. Nadhoo Nadhoo says:
    August 16, 2023 at 10:01 am

    thank you vaahakayah comment kuri kudhinnah…varah happyvejje..mihaaru 4 vana part vani submit kurevifa

Comments are closed.

Next Episodeއިންތިޒާރު 4←


All Right Reserved!