އިންތިޒާރު-2
އަހަރެން މަޑުމަޑުން އެމީހާގެ ފަހަތުން ދިޔައީމެވެ….. ޓެރަސް އަށް ދެވުމުން ހީވީ ބަގީޗާއަކަށް ދެވުނުހެންނެވެ. އެކި ވައްތަރުގެ މާމެލާމެލިން ޒީނަތްތެރި ކުރެވިފައި ހުއްޓެވެ…އަދި މެދުގައި ކުޑަ ކުޑަ ޕޫލެއް އޮތެވެ…. ޕޫލުގެ އެއްފަރާތުގައި ވަރަށް ރީތި ބޮޑިކޮޓަރިއެއް ހުއްޓެވެ. ހީވާގޮތުން އެއީ އަބާން ގެ ކޮޓާރިއެވެ.. އަނެއްފަރާތުގައި ހުރި ރޫމުމަށް އަހަރެން ވައްދާލުމަށް ފަހު ޝާމް ދިޔައެވެ… އޭސީ ކޮށްފައި ހުރި ތަނަވަސް ބޮޑު ކޮޓަރިއެކެވެ…ޑަބަލް ބެޑަކާއި ބޮޑު ކަބަޑެއްގެ އިތުރުން ޑްރެސިންޓޭބަލްއެއް ހުއްޓެވެ.. އަދި ކިޔަވަން ބޭނުން ކުރާކަހަލަ މޭޒެއްވެސް ހުއްޓެވެ. ހޫނު ފެން ޖަގަކާއި ކޮފީ އަދި ސައި ބޮވޭނެ އިނަތިޒާމް ހުއްޓެވެ…ކުޑަ މިނީ ބާރއެއް ވެސް ހުއްޓެވެ…އޭގައި ފެން އަދި އެކި ވައްތަރުގެ ޖޫސް އަދި ޗޮކްލެޓް ތައް ހުއްޓެވެ. ފޮށި ތައް އަން ޕެކް ކޮށްފައި ފެން ވަރައިގެން އައިސް ޖައްސާލުމުން އަހަންނަށް ނިދުނެވެ…
ހޭލެވުނީ މީހަކު އައިސް ދޮރުގައި ތަޅާލުމުންނެވެ… އަވަހަށް ގޮސް ދޮރު ހުޅުވާލީމެވެ…
” މެޑަމް ބުނީ ޒައިނީ ކާން އަންނާށޭ…..” ކުރިމަތީގައި ހުރި ޝާމް ޖަވާބު ދިނެވެ.
އަހަރެން ފާހާނާއަށް ވަދެލާފައި ޓީޝާރޓަކާއި ފަލަ ހަރުވާޅެއް ލައިގެން ކާން ދިޔައިމެވެ. ކާމޭޒު ފެނުމުން އަހަރެންގެ ބަނދުހައިކަން އިތުރުވެގެން ދިޔައެވެ…ވަރަށް ގިނަ އެއްޗިހި ހުއްޓެވެ..އަހަރެން ކެއީ ޕާސްތާއެވެ… ކައި ނިމުމުން މަސައްކަތު މީހުން ނޫން ނޫން ކިޔަކިޔާ ތިއްބާ ތަށިތައްނަގާ އަހަރެން ސާފުކޮށްލީމެވެ… އަނެއްކާވެސް ކޮޓަރިއަށް ދާންވެގެނަ ދަނިކޮށް އަހަރެންނަށް އަނީސައްތަ ގޮވާލިއެވެ….އަހަރެން އެމީހުން ކާރިޔަށް ދިޔައީމެވެ… އަނީސާއްތާ ކޮބާތަ އަނީސާތަގެ ދަރިފުޅު ރަށުގައި ނޫޅެނީތަ ނޫނީ އަދިވެސް އޮފީހުން ގެޔަށް ނާންނަނީތަ؟ މިހެން މިއަހާލީ ރޭގަނޑުގެ ކެއުމުގައި ބައިވެރި ނުވީމާ؟ އަހަރެންގެ ސުވާލުން އަނީސައްތަގެ މޫނުގެ ކުލަ ބަދަލުވެގެން ދިޔައެވެ. އަޅުގަނޑަށް މިކުރެވުނީ ގޯސް ސުވާލެއްނަމަ ސޮރީ އަހަރެން ބުނެލީ ވަރަށް ހާސްވެފައެވެ…
” ނޫން ދަރިފުޅާ އަބާން އަކީ ދަރިފުޅު ތިޔަ ހީކުރާކަހަލަ ކުއްޖެއް ނޫން……އޭނާ ވަޒީފާ އެއް އަދާ ނުކުރޭ އަބަދުވެސް ރައްޓެހިންނާ އެކު ކޮންމެވެސް މަޖަލެއްގަ….އަހަރެމެން ވެސް ފެންނާނީ އޭނާގެ ލާރިކޮޅު ހުސްވިމާ….”
އަނީސައްތައަށް ރޮވުނެވެ…އަހަރެން އަވަހަށް އަނީސައްތަގެ ކަރުނަ ފޮހެދިނީމެވެ. އަޅުގަނޑު ދުއާ ކުރާނަން އަބާން ރަގަޅުވޭތޯ….އިރާދަކުރެއްވީއްޔާ އަދި ވިސްނޭނެ…. ހިންގާބަލަ ކޮންމެވެސް ކަމެއްކުރަން ފޫހި ފިލުވަން…. އަހަރެން އެހެން ބުނީ އެދެމީހުން މާ ދެރަވެފަ ތިބީމައެވެ…އަހަރެން ކޮޓަރިއަށް ގޮސް ތާސްބައެއް ހިފައިގެން އައީމެވެ. އަހަރެމެން ތިން މިހުން 11 ޖަހަންދެން ޑިގު ކުޅުނީމެވެ…
އަހަރެން 11 ޖެހުމުން ދިޔައީ ހެނދުނު ތެދުވާޖެހޭތީ އަވަހަށް ނިދާލުމުގެ ބޭނުމުގައެވެ. ނަމަވެސް ހަވީރު ނިދުމުގެ ސަބަބުން ނިދިއެއް ނާދެއެވެ…އެހެންވެ ޕޫލްކައިރީގައި ހުރި ސަންބެޑްގައި ޖައްސާލީމެވެ. އިރުކޮޅަކުން ބަޔަކު ވާހަކަ ދައްކާ އަޑަށް އަހަރެން ތެދުވެ ކޮޓަރިޔަށް ދާން ދުއްވައި ގަތީމެވެ ކުއަލިޔަކަށް އަހަރެން މީހެއްގެ ގައިގަ ޖެހުނެވެ ސޮރީ އަހަރެން ބުނެލީމެވެ. ޖަވާބެއް ނައުމުން އަހަރެން ބަލާލީމެވެ…އަހަންނަށްވުރެން އިސްކޮޅުން ދިގު ދޮން ބައިމަތި ފުޅާ މީހެކެވެ..ތުނިކޮށް ކޮށާލާފައިވާ ތުބުޅިއެކެވެ…
“ވާވް ހާދަ ރީއްޗޭ ހީވަނީ ހަމަ ސާދަ ވިލޭރޭގެ ހަނދުހެން……” އެމީހަކު ދިން ޖަވާބުން އަހަރެން ދުރަށް ޖެހިލީމެވެ..
” އާން އަހަރެންގެ ކުރިމަތީގައި އެހެން އަންހެން ކުދިންނަށް ތައުރީފް ނޮކޮށްބަލަ…..އޭނާ ކައިރީގައި ހުރި އަންހެން ކުއްޖާ ޖަވާބު ދިނެވެ.
ބޭބް ޔޫ ނޯ ބިއުޓިފުލް ގާރލްސް އާ މައި ވީކްނެސް…..އޭނާ ޖަވާބު ދިނެވެ….އަހަރެން އެތަނުން ދާންވެގެން ހިންގައިގަތީމެވެ…
” ހެއި ބިއުޓިފުލް މީ އަބާން ކޮން ނަމެއްތަ ކިޔަނީ؟ ” އޭނާ ގެ ސުވާލަށް އަހަރެން ޖަވާބެއް ނުދީ ގޮސް ރުމަށް ވަނީމެވެ…އިރުކޮޅަކުން އަހަރެން ދޮރުފޮތިގަނޑު ކުޑަކޮށް ކަހާލާފައި ބޭރު ބަލާލި އިރު އަބާން އެ އަންހެން ކުއްޖާގެ ތުންފަތުގައި ބޮސް ދެމުންދިޔައެވެ. އަދި ދެމީހުން އެކަކު އަނެކަކުގެ ހަށިގަނޑުގެ ހުރިހާ ހިސާބެއްގައި ފިރުމަމުން ދިޔައެވެ… އަހަރެން އަވަހަށް ނުބަލަންވެގެން ދުރުވެލީމެވެ…އަދި އަވަހަށް ގޮސް ނިދޭތޯ އެނދަށް އެރީމެވެ…..އިރުކޮޅަކުން ބޭރުން އަޑު ގަދަވެގެން އަހަރެން ދޮރު ހުޅުވާލީމެވެ…..
އާން ކޮބާތަ ކަލޭގެ މައްސަލައަކީ ؟ އެ އަންހެން ކުއްޖާ ހަޅޭލަވައިގަތެވެ….. އަހަރެން ބޭނުމެއް ނޫން އިތުރު ގުޅުމެއް ހިނގާކަށް…….އަބާން ބުނެލިއެވެ….
” ކަލޭ އަށް ކަމެއް ނުވަނީ ހެން އަހަންނަށް ހީވަނީ….. ހުރިހާ އަންހެން ކުދިންވެސް ބުންޏޭ ކަލޭ އެއްވެސް ކުއްޖަކު ކަލޭގެ ރޫމަށްވެސް ނުގެންދާ ވާހަކަ އަދި ހަމައެކަނި މަތިން މަތިން ލޯބިކުރަންށޭ އިނގެނީ” އެއަންހެން ކުއަޖާ ބުނެލީ މަލާމާތުގެ ރާގެއް ގައެވެ
” އަހަރެން ނުޖެހޭނެ ކަލެޔަށް ބުނެދޭކަށް އަހަންނަށް ކުރެވޭ ކަންތަކާ ނުކުރެވޭ ކަންތަކެއް….އަހަރެން ރޫމަށް ދެވެނީ ހަމައެކަނި އަހަރެންގެ އަންހެނުންނަށް އަދި އެ ގުޅުންވެސް ހިންގާނީ އޭނަޔާ އެކު” އަބާން ވެސް ހަލޭލަވައިގަތެވެ….
ހައްހައްހައްހަހަހަހަހަ……ކާކު ކަލެޔާ އިންނާނީ؟ ކާކު ކަލޭދެކެ ލޯބިވާނީ؟ ކަމެއް ކުރެވޭ މީހެއް ނޫން….
ހަމަ މިހާރު މިތަނުން ނިކުމޭ…… އަބާން އެއަންހެން ކުއްޖާގެ އަތުގައި ހިފާފައި ބޭރަށް ލިއެވެ…
އަދި އަހަންނާ ދިމާލަށް ބަލާލާފައި އެތެރަށް ދިޔައެވެ…އިރުކޮޅަކުން އިވުނީ އެއްޗެއް ތަޅައިގެން ދިޔަ އަޑެވެ….އަދި އަބާންގެ ހަޅޭކުގެ އަޑުވެސް އައެވެ…. އަހަރެންނަށް ދުވެފައި ދެވުނެވެ….އަހަރެން ދިޔައިރު އަބާން ކޮޓަރީ ދޮރުމަތީގައި ހުއްޓެވެ…. އަދި ފައި ދަށުން ލޭ އަންނަމުން ދިޔައެވެ….
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.

When is next part
When Is next part
submit kohfin miadhu 3 vana part heekuran kamu dhaanekamah kudakoh dhgukohlin mifaharu
haadha kurey mi part