އޮޔާ (4)
“އައި. ލަވް.ޔޫ ސޯ މަޗް އަނޫޝް.. ބަލާބަ އެއޮތީ ރަށެއް”
ތެދެކެވެ. ލޮލުކަޅަށް ފެންނަ ހިސާބުން ރަށެއްގެ މަލަމަތި ފެންނަންހުއްޓެވެ.
ނަސީބު ރަނގަޅުކަމުން އޮއި ހުރިގޮތުން މާ ގިނަ އިރު ނުވެ އެރަށާއި ހަމައަށް ދެވިއްޖެއެވެ. ހިކިފަސްތާކު ފައި ޖެހުމުން ﷲ އަށް ހަމްދުކޮށް ގޮނޑުދޮށުގައި ވަރުބަލި ފިލުވާލަން މަޑުކޮށްލިއެވެ. އެހެން ތިއްބާ ދެމީހުނަށްވެސް ނިދިޖެހނީ ކޮން އިރަކު ކަމެއް ނޭނގުނެވެ. އަނޫޝްއަށް ހޭލެވުނީ ކަރު ހިތްކައިގަނެގެނެވެ. ދެއަތަކަށް ފުރޮޅިލިތަނުން ގައިދަށުގައި ކަށި އެއްޗެއްހުރިކަމުގެ އިހްސާސްވުމުން އޮވެވުނުތަން ހަނދާނަށް އައެވެ.
ފައިހާ ކޮބާތޯ ބަލާލިއިރު ކައިރީގައި ނިދާފައި އޮތެވެ. އަނޫޝް އަވެސްވެ ގަތީ ފައިހާ ހޭލަންވާއިރަށް ބޯފެންފޮދެއް ލިބޭނެ ގޮތެއް ވޭތޯއެވެ. ހޭޅީގައި ހިނގާމުލުމުން އާދެވިފައިތިބީ ކުޑަކުޑަ ފަޅުރަށަކަށްކަން އެނގުނެވެ. އެއްވެސް ދިރޭ އެއްޗެއްގެ ހިލަމެއް ނުވެއެވެ.
މަޑުމަޑުން ރަށުތެރެއަށް އަރާ ބަލައިލިއިރު ފަނުން ހަދާފައި ހުރި ކުޑަކުޑަ ޖިފުޓިގަނޑެއް ފެނުނެވެ. އަދި އެއްލާލާފައި އޮތް ފުޅިއެއްގައި ވަރަށް މަދުން ފެންހުރިތަން ފެނުމުން ބިސްމިކިޔާ އޭގެން ރަހަބަލާލިއިރު ބޯފެންކަން ޔަގީންވިއެވެ. އަވަހަށް އެފުޅި ހިފައިގެން ފައިހާ އޮތް ހިސާބަށް ދިޔަ އިރު ފައިހާ ރޯންއިންތައް ފެނުނެވެ. ފައިހާއިން ހާލު ފެނިފައި އަނޫޝްވެސް ހިތުގައި ޖެހުނެވެ. އެ ލޯބި ލޯބި ތުންފަތް ކުރަކިވެ ފެން ނުލިބުމުގެ ސަބަބުން ކުޑަކޮށް ހަލާކުވެފައި ހުއްޓެވެ.
އަނޫޝް އަވަހަށް ގޮސް ފައިހާ މަސަލަސްކޮށް ފުޅީގައިހުރި ކުޑަކުޑަ ފެންފޮދު ބޯންދިނެވެ. އަދި ރަށުންފެނުނު ތަންތަނުގެ ވާހަކަކިޔައިދީ މޫސުމް ގޯސްވާހެއް ހީވާތީ ފެނުނު ޖިފުޓިއާއި ދިމާލަށް ދިއުމަށް ނިންމިއެވެ.
އެރަށުގައި ހަދާފައި އިން ޖިފުޓި ގަނޑާއި ހިސާބަށް ދެވުނުތަނާހެން ގަސްގަނޑު ތެރޭން ކުއްލިއަކަށް އެއްޗެއް ނުކުތެވެ. އަނޫޝް ވެސް ބިރުން ސިއްސައިގެން ދިޔައެވެ. ފައިހާ އަނޫޝްގެ ގައިގާ ބައްދައިގަނެގެން ހުރެ ބާރަށް ހަޅޭއްލަވަމުން ދިޔައެވެ.
އަނޫޝް ބިރުން ހުރިނަމަވެސް ގަސްގަނޑު ތެރޭން ނުކުން އެއްޗާއި ދިމާލަށް ރަނގަޅަށް ބަލާލިއެވެ. އޭތި ފެނުމުން އަނޫޝްގާތަށް ވަރަށް ހިނިއައިސްފައި ހުރެ ބުނެލިއެވެ.
“ފައި ބަލާބަލަ، ޓާރކީ އެކޭ އެއީ”
“ޓާރކީ އެކޭ، ރާއްޖޭގައި ޓާކީ އުޅޭތަ. ކުކުޅެއް ދޯ” ފައިހާ އެހެން ބުނިއިރު ވެސް އެދިމާލަށް ބަލާނުލާ އަނޫޝްގެ ތަނަވަސް މޭމަތީގައި މޫނު ފޮރުވާލައިގެން ހުއްޓެވެ.
“އަސްލު ވެސް އެއީ ޓާރކީއެއް” އަނޫޝް އެއެއްޗާއި ދިމާލަށް ދާންފެށުމުން އޭތި އަނެއްކާވެސް ގޮސް ގަސްގަނޑު ތެރެއަށް ވަނެވެ.
އިރު ހުރި ހިސާބުންނަމަ މިހާރު މެންދުރު ވެދާނެހެން ހީވެއެވެ. ބޯފެން ލިބޭތޯ ބަލަން ފައިހާއާއި އަނޫޝް މަސައްކަތްކުރަމުން ދިޔައެވެ. ދެމީހުން ވެސް ތިބީ ކަރު ހިއްކައިގަނެގެން ގޮސް ހަލާކުވާވަރުވެފައެވެ. އަނޫޝްއަށް ރުކަށް އަރަން އެނގޭނަމައޭ ހިތަށްއެރިއެވެ. ފައިހާ ފެނަށް ބޭނުންވެފާހުރިވަރު ފެނުމުން އަނޫޝްގެ ހިތަށް ވަރަށް ތަދުވިއެވެ.
މޫސުމް ގޯސްވާކަމުގެ އަލާމަތްތައް ފެނުމުން އަނޫޝްއާއި ފައިހާ ޖިފުޓިގަނޑާއި ދިމާލަށް މިސްރާބު ޖެހިއެވެ. ޖިފުޓިއާއި ހިސާބަށް ނުދެވިގެން އުޅެނިކޮށް ވާރޭވެހެން ފެއްޓުމުން އަނޫޝް އަވަހަށް މަސައްކަތް ފެއްޓީ ފެން ރައްކާކުރެވޭ ގޮތެއް ހޯދޭތޯއެވެ. އެތަންމިތައް ހޯދަމުންދަނިކޮށް ތެޔޮ ހުސްކުރި ހަމެއް ފެނުމުން މޫދަށް ފައިބާ އޭތި ރަނގަޅަށް ދޮވެލުމަށްފަހު ވާރޭފެން ނަގަން ތައްޔާރުކޮށްލިއެވެ. ފައިހާ ކޮބައިތޯ ބަލަލައިއިރު ފެނުނު މަންޒަރުން އަނޫޝް ވަރަށް ހިނިއައެވެ.
ފައިހާ ހުރީ ވާރޭ ތެރެއަށް ނުކުމެ ފެންބޮވޭތޯ އަނގަ ތަންމިނަން ހުޅުވައިގެންނެވެ. އެ މަންޒަރުބަލަން އަނޫޝް ހިނިއައިސްފައި ހުއްޓާ ފައިހާއަށް ފެނުމުން ރަކިވާގޮތްވި ނަމަވެސް އަނޫޝްވެސް ފައިހާއާއި ބައިވެރިވުމަށް އަތުން އިޝާރާތްކޮށްލިއެވެ. ދެމީހުން ވާރެއާއި ތެމިގެން އިރުގަނޑަކު އެގޮތަށް ތިއްބެވެ. ކަރު ހިތްކުން ފިލީމާ ޖިފުޓި ގަނޑު ތެރެއަށް ވަދެ ހިޔަލުގައި ތިބެ ކާނެ އެއްޗެއް ހޯދުމާ ދޭތެރޭ މަޝްވަރާކުރަންފެށިއެވެ.
ވާރޭ ހުއްޓާލުމާއިއެކު ގަދައަށް އަވިދޭން ފެށިއެވެ. ވަގުތުގެ ބޭނުންކޮށް އަނޫޝް ޖިފުޓިގަނޑޫ ތެރޭ ޖަމާކޮށްފައިހުރި ހިކި ދަރާއި ހިކި ފަތް އެއްކޮށްލައިގެން އައިސް ލޯކޮޅުގެ އެހީގައި އަލިފާންގަޑެއް ރޯކުރިއެވެ. ޖިފުޓި ގަނޑު ހާވަމުން ދަނިކޮށް ވަޅިތިލައަކާއި ސުތުލި ގޯނިތަކެއް ފެނުމުން ދެ ގޯނި ނަގައި ގަޔަށް ލެވޭނެ ހެން އޭގެން ލޯވަޅުތަކެއް ކަނޑާ ލައިގެން ތިބި ތެއް އަންނައުނު ބާލާ ހިއްކަން ފަންގަޑެއް މަތީ އެޅިއެވެ. މިތަން ބަލަން ހުރި ފައިހާ ހުރީ ހައިރާންވެގެން ބުނާނެ އެއްޗެއް ނޭނގިފައެވެ.
ދެން އަނޫޝް މަސައްކަތްފެށީ ކުރިން ފެނުނު ޓާރކީ ހޯދުމަށެވެ. އޭތި އަތުޖެހިއްޖެހާ ބަނޑުފުރާ ދެތިން ދުވަހު ކެވޭނެކަން ޔަގީނެވެ. ވަލުތެރޭން އޭތި ހޯދުމަށް މަސައްކަތް ކުރަމުން ކުރުނބާ އެޅުމަށް އަނޫޝްގެ ވިސްނުމަށް އައެވެ. އެކަމަކު މައްސަލައަކީ އަނޫޝްއަށް ރުކަށް އަރަން ނޭގޭކަމެވެ. އެހެން ވިޔަށް އަނޫޝް ހިތްވަރު އެލުވައެއް ނުލިއެވެ. ކުރުނބާ އަޅާފައި ހުރި ރުއްތަކުގެ ތެރެއިން އެންމެ ކުރުކޮށް ހުރި ރުއް ބަލާފައި އެއަށް އެރޭތޯ މަސައްކަތް ފެށިއެވެ.
ފައިހާ އޭރުވެސް އުޅުނީ ގަސްތަކުގެ ތެރޭގައި ކުރިން ފެނުނު ޓާރކީ ފެނޭތޯއެވެ. ކުއްލިއަކަށް ބާރު އަޑަކާއި އެކު އަނޫޝްގެ ހަޅޭކުގެ އަޑު އިވިގެން އެދިމާއަށް އައި އިރު އަނޫޝް އޮތޯ ރުއް ދޮށަށް ގުޅައަކަށް ޖެހިފައެވެ. ފައިހާ ގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. ދުވެފައި ގޮސް އަނޫޝް ކައިރީ އިށީންދެ އަނޫޝްގެ ހާލު ބަލަން ފެށިއެވެ. އަނޫޝްއަށް އޮތީ ވީ ތަދުން ހިރިލަން ވެސް ނޭނގިފައެވެ.
އިރުކޮޅަކުން އެހެން އޮވެފައި މަޑު މަޑުން ތެދުވެ ގައިން ވެލި ފޮޅާލިއެވެ. ފައިހާ ބަލާލިއިރު ގައިގެ ދެތިން ތަނުން ހުރީ ހަންގޮސްފައެވެ.
“އަނޫ ކީތްކުރަންތަ ރުކަށް އެރީ. އައި ޑޮންޓް ނޯ ހައު ޔޫ ގެޓް ޔުއަރ އައިޑިއަރސް ފްރޮމް، ބޮޑު ހާނިއްކައެއްވި ނަމަ ފައި ކިހާ ދެރަވާނެ” ފައިހާ ރޮވިފައި ހުރެ ބުނެލިއެވެ.
“ކަމައޯން ޑާލިންގ، އައިމް އަ ރައިޓާ، މިކަހަލަ ސިނާރިއޯސް ވާހަކަ ތަކުގައި ލިޔާ އިރު ، އަސްލު ކަމެއް ދިމާވީމަ ކަންކުރަންވީ ގޮތް އިނގޭނެ ދޯ. އެޓްލީސްޓް އައި ކެން ޓްރައި ދޯ. ފައި ބަލަން ހުރޭ މިރޭ ޑިނަރ އަށް ފައި އަށް ކުރުބާ ދޭނަށް”
މިހެން ކިޔާފަ އަނޫޝް އަނެއްކާވެސް ރުކަށް އެރުމުގެ މަސައްކަތް ކުރަންފެށިއެވެ.
ފައިހާ އެތަން ބަލަން ހުރުމުން ކާއެއްޗެއް ފެނޭތޯ މަސައްކަތްކުރާށޭ ބުނުމުން ފައިހާ އަނެއްކާ ވެސް ގަސްތައްތެރެއަށް ވަދެ ކާ ކަހަލަ މޭވާ އެއް އެއްޗެއް ފެނޭތޯ މަސައްކަތްކުރަން ފެށިއެވެ. ދޭތެރެއަކުން އަނޫޝް އާ ދިމާލަށް ކަޅިއެއް އެއްލައެވެ. އަދި އަނޫޝް ކެނޑިނޭޅި ކުރަމުން ދިޔަ މަސައްކަތް ފެނި ހިތް ލޯބިން ފުރިލިއެވެ. ފައިހާ ގަސްތައް ހާވަނިކޮށް އެތަނުން ގަހަކުން ފާޑެއްގެ އެއްޗެއް އަޅާފައި ހުއްޓާ ފެނުނެވެ.
ފައިހާއަށް އެއީ ކޮންއެއްޗެއް ކަމެއް ނޭނގުނެތް ކަމަކު އަތު ޖެހޭ ފަށުގައި ހުރި ހުރިހާ އެއްޗެއް ބިނދެލިއެވެ. ބައެއް އެއްޗެތި ދޮންކުލައިގައި ހުރި އިރު ގިނަ އެއްޗެތި ހުރީ ފެހި ކުލައިގައެވެ. އެއީ ކޮން އެއްޗެއްކަން ނޭނގޭތީ އޭގެން ރަހަ ބަލާކަން ފައިހާއަކަށް ނުކެރުނެވެ. ބިން ހުރިހާ އެއްޗެއް އެތަނުން ފެނުނު ހުސް ފުޅި ބުރިއަކަށް އަޅައިގެން އަނެއްކާ ވެސް ތަންތަން ހޯދަމުން ދަނިކޮށް ބަން ކިޔާފައި ކުރިން އިވުނު ކަހަލަ އަޑެއް އިވުމުން އަނޫޝް އަނެއްކާ ވެސް ވެއްޓުނީއޭ ހިތާ އެދިމާލަށް ދުވެފައި ކަހަލަ ގޮތަކަށް މިސްރާބު ޖެހިއެވެ.
އެ ރުއްދޮށަށް ފައިހާ އަށް ދެވުނު އިރުން އަނޫޝްއެއް ނެތެވެ. މައްޗަށް ބަލާލިއިރު ފައިހާ އާއި ދިމާލަށް ބަލަހައްޓައިގެން ހެވިފައި އަނޫޝް އޮތެވެ. އެ އިވުނީ ކޮން އަޑެއްބާއޭ ހިތައް އަރާ އަނޫޝް ގާތު އަހަން އުޅެނިކޮށް އަނޫޝް ބިންމައްޗަށް އިނގިލި ދިއްކޮލުމުން ފައިހާ ބަލާލައިރު ކުރުބާ ތަކެއް ހުއްޓެވެ. ފައިހާއަށް ކުރިން މިކަން ފާހަގަނުވީ ހަށްވެފައި ހުރިލެއް ބޮޑު ކަމުން ކަންނޭނގޭ ފައިހާ ހިތައްއެރިއެވެ.
އަނޫޝްވެސް ދެން މާގިނަ އިރުނުކޮށް ރުކުން ފައިބައިގެން އައިސް ކުރުނބާތައް އެއްކުރުމުގެ މަސައްކަތް ކުރަމުން ފައިހާއާއި ސުވާލު ކޮށްލިއެވެ.
“ކޮބާ އޭތި ފެނުންތަ؟
“ނޫން ނުފެނުން. އެކަމަކު ބަލާބަ ފައި އަށް ފެނުން އެއްޗެއް. މީ ކާއެއްޗެއްތަ” މިހެން ކިޔާ ފައިހާ ގެންގުޅުނު ފުޅި ބުރިން އެއްޗެއް ނަގާ އަނޫޝްގެ އަތަށް ދިއްކޮއްލުމުން އަނޫޝް ވަރަށް ސީރިއަސް ވެލާފައި އަހާލިއެވެ.
“ފައި މީތި ކެއިންތަ އަނެއްކާ”
ފައިހާ އޭގެން އެއްވެސް އެއްޗެއް ނުކެއެއް ކަމަކު އަނޫޝްގެ ސީރިއަސް މޫނު ފެނިފައި ކުޑަކޮށް ބިރު ގަތެވެ.
“ނުކަން އަނޫ ގާތު އަހާފައި ނޫނީ ރަހަވެސް ނުބަލަން މިހިރީ”
” ދޫންޏާ ހާސްނުވެ ބަލަ.. މިއަށް ކިޔަނީ އެނބޫ. މީ ވަރަށް ހުތް އެއްޗެއް. ޔޫ ވިލް ލަވް އިޓް” އެހެން ކިޔާފައި އަނޫޝް އޭތި ކާން ފެއްޓިއެވެ.
ފައިހާ ވެސް އެތާއޮތް އެންމެ ދޮންއެތި ނަގާ ކާންފެއްޓިއެވެ. ތެދެކެވެ. ވަރަށް މީރު ހުތް ރަހައެއް ދޭ އެއްޗެކެވެ.
އޭރު އުޑުމަތި އަނދިރިވެ އިރު އޮށްސޭން ގައިވާކަމުގެ ނިޝާންތައް ފެންނާތީ ދެމީހުން ނިންމީ އަލިފާންގަޑު ހުރި ހިސާބަށް ދިއުމަށެވެ. ކާނެ އެއްޗެއް ނުލިބުން އަނޫޝް އިނީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. އަދި ކުރުނބާތައް މެށުމުގެ މަސައްކަތް ފެށިއެވެ. ފައިހާ ގޮނޑުދޮރަށް ފައިބާ ރާޅު ޖަހާ ނުޖަހާ ހިސާބުގައި ހިނގާލަ ހިނގާލާ ހުއްޓެވެ. އަނޫޝް ވަރަށް މަސައްކަތުން ދެ ކުރުނބާ ހަދާފައި ފައިހާ ކޮބާތޯ ބަލާލިއިރު ފައިހާ ވަރަށް ބުރަކަށް އުޅޭތަން ފެނުނެވެ.
ފައިހާ އުޅުނީ ގޮނޑު ދޮށުށް ބޮލި ހޮވާށެވެ. އަނޫޝްއަށް އެވަގުތު ޚިޔާލެއް އައިސްގެން ގޮނޑު ދޮށުން ކަކުނި ހިފޭތޯ މަސައްކަތްކޮށް ދެތިން ކަކުނި ހިފުނެވެ. އަވަހަށް ގޮސް އަލިފާންގަނޑު އެފިހެގެން އެރޭގެ ކެއުމަށް ކަކުންޔާއި ކުރުނބާ ތައްޔާރުކޮށްލިއެވެ. ކައި ނިމުނު އިރު ދެމީހުންވެސް ވަރުބަލި ވެފައި ތިބުމުން ވެލިގަނޑުގައި ޖައްސާލައިގެން ތިބީއެވެ.
އަނޫޝްގެ މޭމަތީ ފައިހާ ބޯއަޅާލައިގެން އޮވެ ރީތި ރޭގަނޑުގެ މަސްތީ މާއަހުލަށް ގެއްލި މާފޮޅުވާ ދެމީހުން އެކަކު އަނެކަކަށް ކުދިކުދި ގޯނާކުރަމުން ގޮސް ލޯބީގެ ދާނެއްގައި ދެމީހުން ގެނބެމުންގޮސް ނިދުން އިރު ފަތިސް ވަނީއެވެ. ދެމީހުން ގެ މޫނުމަތިން ވެސް ފެންނަނީ އުފާވެރިކަމެވެ. ދިމާވެފައިވާ ހާލު ހަދާނުގައި ނެތްފަދައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
21 Comments!
Comments are closed.


Vissaarave aliviley irah kihineh ehaa avahah hiki dharu hoadheeee… adhi ebain faihaa ah faisaa owvxx kiyaaafa… e’eeeee anekkaa eynage husband loabin kiyaa nantha faihaa ah… Lol
thnks for the comment.. islahu kollaifin
vaahaka feshuny vs vissaarakoh..dhn emme dhuvahaku dhin avin hiki dhareh nulibeyne..mikamaa visnaalaathi
thanks for the comment islaahu kollaifin
hiki dharu hoadhy haadha avahakah..miulheny vissaara alivaatha weekeh vaairu vs hiki dharu nulibigen valun..think about it next time..
thanks for the comment. islaahu kollaifin
Varah salhi romantic igey, vaahaka kiyaairu Heevanee vaahakaage therey ulheveyhen. Next part avahah upload kohladhinun edhen……………………………..(From alhugandu to Terms)
Thanks
mi part ves v salhi
thanks
Jifti ganduge thereyga huri dharuge vaahaka dhw othy.ehnviyya hikikoshennu hunnany . V salhi mi partves
Wow.v nice.v kiyaa hiyvey next part.kon iraku next genesdheny
Insha allah on Sunday
vv nice. ekamu mihaaru haadha lahunney esfiya ah story thah up kurany:(
TO ADMIN
vaahaka thakuge comment thakah like/dislike kurevey goi hadhan v nu….!!???
ill work on that… 🙂
enboo in lany huih rahatha?
Hui foni raha eh
anoosh aai mee kuh gotheh.. ragalhu gothaky anooshaai… sukunuge kuh ves ebahuri.. ?
V reethi mipartves. ???
Kakunyaa wrong. Kakungya gyaviyani.