Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތަގުދީރު 2

ailessh Level 1
July 4, 2023 7 Mins Read
1 Comment

ވަޓް ދަ..” އޭނާ އައިނު ނަގައި ގަމީހަށް ބަލައިލަމުން ބުނެލިއެވެ.

އަހަރެންނަށް އިތުރަށް ގެންނާނެ ހަރަކާތެއް ނޭނގި ބަލަން ހުރުން ފިޔަވާ އިތުރު ކަމެއް ނުވިއެވެ.

“އަދިވެސް ބަލަން ހުރީތަ. މިތަން ސާފުކޮށްބަލަ.” މުށިތަކަށް އިޝާރަތް ކޮށްލަމުން އެ ޒުވާނާ ބުނެލިއެވެ. އަހަރެންނަށް އަމުރު ކުރަން އެއީ ކާކުހެއްޔެވ؟ އަހަރެން މީ މިތާގެ މަސައްކަތު މީހެއްނޫނެވެ. ޓްރޭ ހިފައިގެން އަނބުރާ ޓީ ރޫމަށް ދިޔައީމެވެ. ޓްރޭ ބެހެއްޓުމަށްފަހު އަނބުރާ އަހަރެންގެ ކެބިންއަށް ދިޔައީމެވެ.

އޭރު ހާނިޔާގެ މޭޒުގެ ކުރިމަތީ އިން ގޮނޑީގައި އެ ޒުވާނާ އިނެވެ.

“ދައްތައަށް ވެސް މި ކަހަލަ މީހުންދޯ އޮފީހަށް ލާން އެނގެނީ. މިއަދު ގަމީސް. މާދަން އެހެން އެއްޗެއް…” އެ ޒުވާނާއަކަށް އަހަރެންނެއް ނުފެންނާނެއެވެ. ބަލާބެލުމަށްއެއީ ވަރަށް ރުޅިގަދަ އިންސާނެކެވެ. ހާނިޔާއަށް ދައްތަ ކިޔުމުން އަހަރެން ހައިރާން ވިއެވެ.

“އަނހާ ރީން މި ކޮޅަށް އާދެބަލަ.” ހާނިޔާ އަހަރެން ފެނުމާއެކު ބުނެލިއެވެ.

“ޔޫ؟” ރުޅިވެރި ފާޑަކަށް އެ ޒުވާނާ ބުނެލިއެވެ. އެހެން ބުނުމުން ބިރުގަތީ ކީއްވެކަމެއް ނޭނގެއެވެ.

“ހާން.. މިއީ ސަމްރީން. ސަމްރީން ނޫރް އަލީ. ލޯބިން ކިޔަނީ ރީން. ދައްތަ ދެން މެރީ ކުރީމަ ސާރިމްއެއްނު ދައްތަގެ މަގާމަށް އަންނާނީ… މިއީ ދައްތަގެ އެސިސްޓެންޓް. ސާރިމް ދައްތަގެ މަގާމަށް އަޔަސް މީނަ ބަދަލު ކޮށްގެން ނުވާނެ.” ހާނިޔާ ވާހަކަ ދެއްކީ ހިތްހެޔޮކަމާއެކުއެވެ. އޭރުވެސް އެ ޒުވާނާ ދެލޯ އަޅައިގެން އަހަރެންނާ ދިމާ ބަލަން އިނެވެ. އަހަރެން ހާނިޔާއަށް ބަލައިލެވުނީ ސުވާލު މާކެއް ޖަހައިގެން ހުރެއެވެ.

“ރީން، މީ ސާރިމް އަހަރުމެން ފެމިލީގެ މެދު ސޮރު. ކުރިން ދިމާ ނުވެދާނެ ރޭގަ އެއައީ ރާއްޖެއަށް ކިޔަވާ ނިންމާފަ.” އަހަރެން ހުރީ ނޭނގިފައި ކަން ހާނިޔާއަށް އެނގުނު ކަހަލައެވެ. ދުލުން އެންމެ ލަފުޒެއްވެސް ބުނާނެ ހިތްވަރެއް ނެތެވެ. ސާރިމްގެ މޫނަށް ބަލައިލިޔަސް ހީވަނީ ބިރުން ވިރިގެން ފައިބަދާނެހެންނެވެ.

“ޔޫ ގައިޒް ޓޯކް. އައި ވިލް ކަމް” ހާނިޔާ ފޯނު ނަގައި ކަންފަތުގައި ޖަހާ ބޭރަށް ނިކުންނަމުން ބުނެލިއެވެ.

“މަސައްކަތްކުރުމުގެ އެއްވެސް ތަޖުރިބާއެއް ނެތް ވަރަށް ގޮތެއް ނެތް ކުއްޖެއް ހެން ހީވަނީ..” ހާނިޔާ ދިއުމުން ސާރިމް އަހަރެންނާއި ދިމާލަށް ބަލައިލަމުން ބުނެލިއެވެ. އޭނާ ހުރީ ރުޅި އައިސްކަން އެނގެއެވެ.

“އާން ތި ހީކުރެވުނީ ރަނގަޅަށް. އަހަރެން މަސައްކަތް ކުރުމުގެ ތަޖުރިބާއެއް ނުހުންނާނެ. އެކަމް ގޮތެއް ނެތް މީހާ ވަރަށް ރަނގަޅަށް ވެސް ހާމަ ވެއްޖެ.” އަހަރެންނަށް އެ ހިތްވަރު ލިބުނީ ކޮންތާކުން ކަމެއް ނޭނގެއެވެ. ގޮތެއް ނެތޭ ބުނުމުން ކުރެވުނީ އެހެން ކަހަލަ އިހްސާސެކެވެ.

“ވަޓް ދަ ހެ* އަހަރެންނާ ދިމާލަށް ގޮތެއް ނެތޭ ތި ކިޔަނީ.! ގޮތް ކުޑަ.” އަހަރެންނާ ދިމާލަށް އަނެއްކާވެސް އޭނާ ބުނެލިއެވެ.

“އާން. ކަލެޔާ ދިމާލަށް. ކަލޭ ބޭނުންހާ އެއްޗެއް ކިޔުމުގެ ހައްގެއް ނޯންނާނެ.!” އަހަރެން ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ.

“ކަލެއަށް އަހަރެން މީ ކާކުކަން ނޭނގިގެން ތިއުޅެނީ..” އަހަރެން އެހެން ބުނުމުން އޭނާ ބުނެލިއެވެ.

“ވަރަށް ރަނގަޅަށް އެނގޭ ތީ ކާކުކަން. މުހައްމަދުބެ އާއި ސަމީރައްތަގެ ހުރިހަމައެކަނި ފިރިހެން ދަރި. ޝަނާޔާގެ ބޭބެ. ހާނިޔާގެ ކޮއްކޮ. އެކަމް އެމީހުންނާއި ހާސްބައި ތަފާތު.ތި މީހާއަށް އަހަރެންގެ ގޮތްވެސް ނޭނގޭނީ.” އަހަރެން އެއްގޮތަކަށްވެސް ދުލެއް ނުކުރަމެވެ.

“ކަލޭ ތީ ގޮތެއް ނެތް، ގޮތް ނޭނގޭ މީހުންނާ އަޑުލައި. މީހެއް. އިސްކޮޅުން ކާވަތެއް ނާރައިގެން އުޅޭއިރު އަދިވެސް އަޑުލާން ހަދާތީ.” އޭނާ އެ ބުނި އެއްޗެކާ ދެކޮޅެވެ. އަހަރެންގެ ބޭރުފުށުން ފެންނަ ސިފަތަކަށް މަލާމަތް ކޮށް ހަޖޫ ޖެހުމުގެ ހައްގެއް އޭނާއަކަށް ނޯންނާނެއެވެ.

“ހާދަ ބޮޑު ޒުވާބެއްގަ. ތަޅާ ނުފޮޅާ ތިބެބަލަ ދޯ.” ހާނިޔާ އެ ކެބިން ތެރއަށް ވަންނަމުން ބުނެލިއެވެ.

“މި ނޫން އެސިސްޓެންޓެއް ހަމަ ދައްތައަށް ނުލިބުނީ..” ސާރިމް އޭނާގެ ސްޓައިލްގައި ބުނެލިއެވެ. އޭނާގެ ސްޓައިލް އަކީ ރުޅިވެރިކަމެވެ. ގޮތްދޫ ނުކުރުމެވެ.އަމިއްލަ މީހާއަށްވުރެ މޮޅު މީހެއް ނެތިގެން އުޅުމެވެ.

“އެއީ ޝަނާޔާގެ ބެސްޓްފްރެންޑް. ދެން ފެމިލީ އާ ވަރަށް ކްލޯޒް ވާނެ.” ހާނިޔާ ވާހަކަ ދެއްކީ ވަރަށް ރީތިކޮށެވެ. އެހެން ބުނުމުން ސާރިމް އެތަނުނަ ބޭރަށް ނިކުތެވެ.

“އަޅާނުލާ.. އެއީ އޭނާގެ އާދަ. އަބަދުވެސް ރުޅި އައިސް ހުންނާނީ…” ހާނިޔާ އޭނަ ދިޔުމުން ބުނެލިއެވެ.

“ޝަނާޔާ މިއަދު މާލެ އާދޭ… އަންނަން ވާނެ. މިރޭ ވަރަށް ސްޕެޝިއަލް އެހެންވެ.” ހާނިޔާ އަހަރެން އެއްޗެކޭ ނުބުނުމުން އަނެއްކާވެސް ބުނެލިއެވެ. އަހަރެން އެންމެ ރަނގަޅު ކަމަށް ބުނީމެވެ.

*

އޮފީސް ނިންމާލުމަށްފަހު ގެޔަށް އައީ ވަރުބަލި ކަމާއެކުއެވެ. އެއީ ދެވަނަ ދުވަހަށް ވި ނަމަވެސް މަސައްކަތްވަރަށް ބުރައެވެ. އަލަށް ވަޒީފާއަށް ދަންޏާ ވާނީވެސް މިހެންތާއެވެ. ގެޔަށް އައި ގޮތަށް އައިސް ކޮޓަރިއަށް ވަނުމުން އެންމެ ކުރިން ވެސް ފެނުނީ އެނދެވެ. އެންދު މައްޗައް ގޮސް ވެއްޓުނީ ވެފައި ހުރި ވަރުބައްޔެއްގެ ސަބަބުންނެވެ. އިރުކޮޅެއް ނުވެ އަހަރެންނަށް ނިދިއްޖެއެވެ. ހޭލެވުނީ އަހަރެންގެ ފޯނު ރިންގުވާން ފެށުމުންނެވެ. އޭރު ހަތްގަޑި ބައިވަނީއެވެ. އަވަސް އަވަހަށް ފޯނު ނަގައި ކަންފަތުގައި ޖަހައިލީ ގުޅަނީ ޝަނާޔާއަށް ވީމައެވެ.

“ދެން އަންނަން އުޅޭ.. އަހަރެން މިހުރީ ރީން ދެކެ ވަރަށް ރުޅި އައިސް މިރޭ ކުރިއަށް އޮތް ތިރީސް މިނިޓް ތެރޭ ނާއްސިއްޔާ ދެން ވާހަކަ ވެސް ނުދައްކާނަން.” ޝަނާޔާއަށް އަހަރެންގެ ބައްޕަ ނިޔާވި ކަން އެނގުނީތާއެވެ. އަވަސް އަވަސްކޮށް ފާހަނާއަށް ވަނެ ފެންވަރާލައި ތައްޔާރުވެލީމެވެ. ރަތް ކުލައިގެ ކަކުލާ ހަމައަށް އަރަ ވަރުގެ ގަމީހަކާއެކު ހުދު ކުލައުގެ ސްކިނީއެއް ލުމަށްފަހު އިސްތަށިގަނޑު މައްޗައް ނަގައި ހުޅިއެއް ޖަހާލީމެވެ. މަންމަ ކައިރީ ބުނުމަށްފަހު އަހަރެން ދިޔައީ ޝަނާޔާގެ ގެޔަށެވެ.

“އާދެވިއްޖެދޯ މަންޖެއަށް.” އަހަރެން ގޭތެރެއަށް އެރި ފުރަތަމަ ފިޔަވަޅާއެކު ޝަނާޔާ ބުނެލިއެވެ. އޭރު ސަމީރައްތަ ބަދިގޭގައި ހުރެ ސަމްރީން އައީ ދޯ އޭ ބުނަ އަޑުއިވުނެވެ.

 

“ބައްޕަ ނިޔާވިއިރު ގައިމު ބުނެލަން ރަނގަޅުދޯ.” ޝަނާޔާ ވާހަކަ ދައްކަން ފެށިއެވެ.

“ކޮންމެވެސް އެހެން ވާހަކައެއް ދައްކަބަލަ” އަހަރެން ރުންކުރު ފާޑަކަށް ބުނެލީމެވެ.

“ތެދޭ ޝަނާޔާ… ސަމްރީންވެސް ދެރަވާނޭ.. ރީންވެސް ކަމެއް ބޭނުންވެއްޖާ ދައްތަމެން ކައިރީ ބުނަން ވާނެ.” ސަމީރައްތަ އެރީ އަހަރެންގެ ކޮޅަށެވެ.

“މިރޭ ޅިޔަނު އާދެއެއްނު. އެހެންވެ އޭ އެހާ ސްޕެޝިއަލް ވީ. އަހަރެން ބޭނުންވަނީ ރީން ދައްތަގެ ވެޑިންގަ ބައިވެރިވާން. ހާން އަދި ފަހަރި މެން ވެސް އާދެ.” ‘ފަހަރި’ އޭ ޝަނާޔާ ބުނުމުން އަހަރެން ކުޑަކޮށް ހައިރާން ވިއެވެ.

“ސާރިމް މެރިޑްތަ؟” އަހަރެންނަށް ކޮށްލެވުނީ ސުވާލެކެވެ.

“ނޫނޭ… ދޮންބެ މެރީ ކުރަން އުޅޭ.. ޝާޔަލް.” އެވަގުތު ޝާޔަލް އަކީ ހާދަ ކެތްގަދަ ކުއްޖެކޭ ހިތަށް އެރީ ސަބަބެއް ނެތިއެއްނޫނެވެ. ސާރިމް ކަހަލަ ރުޅިގަދަ މީހަކު މައިތިރިވާނީ ހަމަ ޔަގީނުންވެސް ވަރަށް ކެތްތެރި މީހަކަށެވެ.

އިރުކޮޅަކު އެގޮތަށް ވާހަކަ ދައްކަން ތިބުމަށްފަހު ނުވައެއްޖަހަން ވުމުން ގެޭގެ ބޮޑު މޭޒުމައްޗައް ކާން ބޭނުންވާ ކާނާ ނަގަން ފެށިއެވެ. އަހަރެން ވެސް ސަމީރައްތައަށް އެހީވުމުގެ ގޮތުން އަތްގާތް ކޮށްދީ ހަދަމެވެ.

އިރުކޮޅެއްފަހުން ގެޔަށް މެހެމާނުން އަންނަން ފެށިއެވެ. ފުރަތަމަ އައީ ޝާޔަލްގެ އާއިލާއެވެ. ޝާޔަލް އަކީ މުއްސަނދި ދެމަފިރިއެއްގެ ހުރި ހަމައެކަނި ދަރިއެވެ. ދެން އައީ ހާނިޔާ އިންނަން އުޅޭ މީހާގެ އާއިލާއެވެ. ނަން ނޭނގުނަސް ތިބީ ދެ ފިރިހެންނުނެވެ. ދެން އެދެ މީހުންގެ މައިބަފައިންނެވެ. އޭގެތެރެއިން އަހަރެންގެ ލޮލުގައި އަޅައިގަތީ ނާފިއުއެވެ. ހާނިޔާ ކައިވެނި ކުރަނީ ނާފިއު ބޭބެއާހެއްޔެވެ؟ ކޮންމެ ގޮތެއްވިޔަސް އަހަރެންނާ ބެހޭ ކަމެއް ނޫނެވެ.

އޮތްހާއިރެއްވިއިރުވެސް އަހަރެންނަކަށް ސާރިމްއެއް ނުފެނެއެވެ. ސާރިމް އެގަޑީ އެތާ ހުރުން އެއީ ކޮންމެހެން މުހިންމު ކަމެކެވެ. ކަމަކީ ބޮޑު ކަމެކެވެ. ހުރި ހަމައެކަނި ދައްތަގެ ކައިވެންޏެވެ. އެހުރިހާ ހިޔާލުތަކާއި ދުރުވީ ސާރިމް އަކީ ރުންކުރު މީހެއްކަން ވިސްނައިދެމުންނެވެ.

ހެޔަށް އައި މެހްމާނުން ކައިވެނީގެ އެކި މަޝްވަރާ ކުރުމަށްފަހު ދިޔުމުން ސާރިމް އެތަނަށް އައެވެ.

“މަންމަ އޭރުވެސް ބުނިންދޯ އަވަހަށް ގެޔަށް އަންނަ. ޝާޔަލްގެ އާއިލާ ވެސް އައޭ.. އެހެންވެޔޭ މަންމަ ބުނީ..” ސަމީރައްތަ ސާރިމް އައުމުން އެއްޗެހިގިވަންފެށީއެވެ.

“މަންމަ ކައިރީ ކިތައްފަހަރު ބުނާނީ އަހަރެން ޝާޔަލް އަކާއި ނީންނާނަމޭ..” ގެދޮރު ބާރަށް ލެއްޕުމަށްފަހު ރުޅިއައިސް ހުރެ ސާރިމް ބުނެލިއެވެ. އަހަރެންނަކަށް އެކަން އާކަމަކަށް ނުވިއެވެ. ޖީބުން ފޯނު ނަގައި ބަލަމުން އައިސް އަހަރެން އިން ސޯފާ އާއި ކުރިމައްޗަށް ވާގޮތަށް އިން ސީފައިގާ ސާރިމް އިށީނެވެ.

“ޔޫ” ސާރިމްގެ ލޮލުގައި އަހަރެން އަޅައިގަތީކަން ޔަގީނެވެ.

“ޝާޔަލް އާއި ކީއްވެތަ ނީންނަންވީ.. އެއީ ނުލާހިކު ރަނގަޅު ކުއްޖެކޭ” އެވަގުތު ސަމީރައްތަ ވާހަކަދައްކަން ފެށިކަން ނަސީބެކެވެ.

“ކީއްކުރަން މިގެޔަށް އައިސް.؟” އެ ސުވާލު އަމާޒުޗީ ސީދާ އަހަަންނަށެވެ. ޝަނާޔާ އަހަރެންގެ މޫނަށް ބަލައިލީ ހައިރާނވްެ އިނދެއެވެ.

” އަހަރުމެން ކަހަލަ ގޮތެއް ނެތް މީހުން ކުރާކަންކަން ބަލާކަށް ނުޖެހޭނެ ތިފަދަ މާތް މީހުންނަކަށް.” އަހަރެން ވާހަކަ ދެއްކީ އޭނާޔާ ޖެއްސުމަށެވެ.

“މާތް މީހުންނާ ވާހަކަ ދައްކާ އުސޫލުން ވާހަކަ ދައްކާ އޭރުން.” ސާރިމް އެހެން ބުނީ ފޯނަށް ބަލަން އިނެއެވެ.

“ކަލޭގެ ހިތުންނޭ މާތްވީ.. މަ ކުރިމަތީ ތީ ޒީރޯ.” އަހަރެން ރައްދު ދިނީމެވެ. އޭނާ އަނގަ ބަންދުވާނެ ގޮތަށެވެ.

“އޭތް. އޭތް.. ތިދެމީހުން އިނގޭ ދޯ.. މިތާ ކިހިނެއް މިވަނީ ” ހައިރާން ވެފައި އިން ޝަނާޔާ ބުނެލިއެވެ.

“ތަގެ ބޭބެގެ، މާފް ސާރިމްގެ މޮޅުކަން ދައްކަނީނު.” އަހަރެން ރުންކުރު ފާޑަކަށް ބުނެލީމެވެ.

“އެއްކަހަލަ ދެމީހުން ޖެހިފަ މިތިބީ..” ޝަނާޔާ ބުނެލިއެވެ.

“ސާރިމް މިހާރު ސަމްރީން އާ ދިމާލަށް އެއްޗެކޭ ބުނީދޯ. ޝަނާޔާ ދެކެ ވާ ލޯބި އޭނަ ދެކެ ވެސް ވެބަލަ. އެއީ ހަމަ ސާރިމްގެ ކޮއްކޮ އެއް ކަހަލަ ކުއްޖެއް.” ސަމީރައްތަ ބުނެލިއެވެ.

“ޝަނާޔާ އޭނަޔަ ހާސްބައި ތަފާތު.” ސާރިމްގެ ޖަވާބު ކުރެވެ.

“އޭރުން ދައްތަޔާ ޝަނާޔާ އާއި ދޮންބެ ހާސްބައި ތަފާތު.!” އަހަރެން ދޮންބެއޭ ބުނީ ސާރިމް އިތުރަށް ރުޅި އަރުވާށެވެ.

“ސާބަހޭ. ސާރިމް ދޭބަލަ ސަމްރީން ގެޔަށް ލައިދޭން.” ސަމީރައްތަ ބުނެލިއެވެ.ސަމީރާއްތަގެ އެ އެދުމަށް ސާރިމްއެއް އިންކާރެއް ނުކުރިއެވެ. ނަމަވެސް ބަދަލުގައި ޝަނާޔާ ގެނައެވެ.

“ދޮންބެއަށް ކޮން އިރަކު ރީން ފެނުނީ.” ކާރަށް އަރައި ހަމަޖެހިލައި ޝަނާޔާ ބުނެލިއެވެ.

“އޮފީހުން” އޭނާގެ އާންމު ސްޓައިލްގައި ކާރު ދުއްވާލަމުން ބުނެލިއެވެ.

“އޯހް… ސަމްރީން މިރޭ ނާފިއު ހުރި ދޯ..! ބްލެކް ގަމީހެއްގަ. ކިހާ ރީތި.! އެއްފަހަރުވެސް އޭނަޔާ ވާހަކަ ދައްކަބަލަ ދޯ.!” ސާރިމް އިންދާ އެކަހަލަ ވާހަކައެއް ދައްކަން ފެށުމުން އަހަރެން ހިތްހަމަ ނުޖެހުނެވެ.

“ޝަނާޔާ ވާހަކަ ދައްކަބަލަ. ބުނޭ އެއްމަސް ތެރޭ އިސްލާހު ވެ ރަނގަޅު ވަޒީފާއެއް އަދާކުރަން ވަގުތުން އާއެކޭ ބުނާނަން.” އަހަރެން އެހެން ބުނީ ނާފިއުއަށް އެކަން ނުވާނެކަން ޔަގީންވާތީއެވެ.

“ސީރިއަސްލީ.! އަހަރެން މި ޓެކްސްޓް ކުރަނީ…” އެ ހުރިހާ ވާހަކައެއް ދެކެވުނު އިރު ސާރިމްގެ އަނގައިން އެންމެ ބަހެއްވެސް ބޭރު ނުވެއެވެ.

ފަސްވަރަކަށް މިނެޓް ދުއްވުމަށްފަހު އަހަރެންގެ ގެޔަށް އާދެވުނެވެ.

“ދެމީހުން އަންނަން ވީނު މަންމަ ވަރަށް އުފާވާނެ ފެނިއްޖާ…” އަހަރެން ކާރުން ފައިބަމުން ބުނީމެވެ.

“މިހާރު މާ ލަސްވެއްޖެ ދެން އެހެން ފަހަރަކުން ދޯ.. ” ޝަނާޔާ އެހެން ބުޏި ފޯނުން ގަޑި ބަލާލަމުންނެވެ. ޝަނާޔާއާއި އެއްބަސް ވެވުނީ ދިހަގަޑި ބައިވަން ކައިރިވެފައިވާތީއެވެ.

*

ކޮޓަރިއަށް ވަނެ ފޯމު ހުޅުވާލުމާއެކު ނާފިއުގެ މެސެޖެއް އައިސްއިންތަން ފެނުނެވެ.

“ވަރަށް ރީތި މިރޭ.، ޝަނާޔާ އެކިޔަނީ ތެދެއްތަ؟” އަހަރެން އެ މެސެޖު ކިޔާލީމެވެ. ކިތަންމެ ހިތްހަމަ ނުޖެހުނަމަވެސް ތެދެކޭ ކިޔަ ރިޕްލައި ކޮށްލީމެވެ.

ފާހނާއަށްވަނެ އެއްޗެހި ބަދަލުކޮށްލައިގެން ނިދީ އަވަހަށް ހޭލަން ޖެހޭނެތީއެވެ.

 

އެހެން ދުވަސް ދުވެހެކޭ ވެސް އެއްގޮތަށް ފަތިހު ހޭލައި އޮފީހަށް ދާން ތައްޔާރުވީމެވެ. މަޑު ފެހި ކުލައިގެ ގަމީހަކާއިއެކު ކަޅުކުލައިގެ ސްކީނީއެއް ލައި ބެގީ ކޮށްލީމެވެ. ތުންފަތުގައި މަޑު ރަތްކުލައެއްގެ ލިޕްސްޓިކް ޖައްސާލުމަށްފަހު އޮފީހަށް ދިޔައީ މާ ލަސްވާތީއެވެ. އަހަރެން އިންނަ ކެބިންއަށް ދެވުނު އިރު މާ ބޮޑަށް ވެސް ލަސްވެއްޖެއެވެ. ގޮނޑީގައި އިށީނދެ ހަމަޖެހިލުމާއެކު ހާނިޔާ އިންނަ ގޮނޑީ ސާރިމްއިންތަން ފެނި މޫޑް މުޅިން ސަކަރާތް ވިއެވެ.

“ފަސްމިނެޓް ލަސްވެއްޖެ.” ސާރިމް އަހަރެންނާއި ދިމާލަށް ބަލަން އިނެ ބުނެލިއެވެ. ބިރު ގަނެވުނީ ދެންވާނީ ކިހިނެއްކަން ނޭނގޭތީއެވެ.

“އިނގޭ އެކަން.” އޭނަޔާ އެއްފެންވަރެއްގެ ޖަވާބެއް ދެވޭތޯ ބެލީމެވެ.

“ކުރިއަށް އޮތްތާ އަހަރެން އޮފީހަށް އައުމުގެ ކުރިން އޮފީހަށް އަންނަން ޖެހޭނެ. އަހަރެން ބުނާ ކަންކަން ގަޑިއަށް ނުނިމިއްޖާ ވަޒީފާ ދޫކޮށްފަ ދާން ޖެހޭނީ. ވަން މޯރ ތިންގ ދެން ހާނިޔާ އޮފީހަކަށް ނާންނާނެ.” ސާރިމް ފައްޗަކަށް އަމުނާލިއެވެ.

“އޯކޭ.” އަހަރެން ބުނީމެވެ.

އެދުވަހުގެ މަސައްކަތް ވަރަށް ބުރައެވެ. ސާރިމް ހުނަންނީ އަހަރެން ފްރީވާނެ ގަޑިއަކަށް ބަލަ ބަލައެވެ. އޭނާ އަހަރެން ފްރީ ކޮށް ހުންނަތަން ފެންނަނިކޮށް އެލާޖިކެއް ވާހެންވެސް ބައެއްފަހަރު ހީވެއެވެ. ފަހަރަކު ފައިލެއް އެކި ޑިޕާޓްމެންޓްތަކަށް ގެންދިއުމުގައި އުޅެން ޖެހުމުން އަހަރެންގެ ފައިގާ އޮބި ނޯންނަވަރަށް ރިއްސަމުން ދިޔައެވެ. އަރާފައި ހުރީ ހީލް އަކަށް ވުމުން އެއް ރިއްސުން ގަދަވެއެވެ.

އޮފީހުގެ މަސައްކަތް ކުރާ ގަޑި ނިމުނުއިރު އަހަރެންނަށް ރަނގަޅަކަށް ނުހިނގެއެވެ.އޮފީހުން ނިކުންނަން ދިޔައިރު ވެސް އަހަރެން ދިޔައީ ތަންތާ ހިފަހައްޓަމުންނެވެ. އެ މަންޒަރު ބަލަން ސާރިމް އަބަދުވެސް ހޭން ހުރެއެވެ. މީހުންނަށް މަލާމަތް ކުރުމަކީ އޭނާގެ ޒިންމާއެއް ކަހަލައެވެ. އެހެނީ އަހަރެންނަށް މިހެންވީ އޭނާގެ ސަބަބުންނެވެ.

 

ގެޔަށް އައިސް ވަނުމާއެކު އަހަރެންގެ މަންމަގެ ސުވާލުތަކާއި ކުރިމަތިލާން ޖެހުނެވެ. އަހަރެން އަރި އަޅާލީ ކަމަށް ބުނެ ދޮގު ހެދީ މަންމަ މާ ބޮޑަށް ކަންބޮޑުވެދާނެތީއެވެ.

*

ބައްޕަގެ މަރަށް މިއަދު ހަފްތާއެއް ވެއްޖެއެވެ. އޮފީހުގައި ސާރިންގެ ދަށުން 4 ދުވަހު މަސައްކަތް ކުރެވިއްޖެވެ. އޮފީސް ބަންދު ދުވަހެއް ލިބުމުން ހީވީ ގައިން ތަނެއް މަދުވިހެންނެވެ. އެކި އެކި ކަންކަމުގައި އަވަދިނެތި އުޅެން ޖެހުމުން އަހަރެންނަށް ކާން ހަނދާނެއް ނުހުރެއެވެ. ކުރިން ހުރިވަރަށް ވުރެ މިހާރު ލުއިވެސް ވެއްޖެއެވެ. އެހެންޏާވެސް އަހަރެންނަކީ ފަލަ މީހަކަށް ނުކިޔާނެއެވެ.

ބަންދު ދުވަހެއްކަމުން އަހަރެން އޮތީ ނިދާށެވެ. ނަމަވެސް އަހަރެންގެ އަރާމު ނިދި ނަގާލައި ޝަނާޔާގެ ގެޔަށް ސާރިމްގެ އަރިހަށް ދާން ޖެހުމުން ފޫހިވިއެވެ. އަނެއްކާވެސް އަަހަރެންނަށް ސާރިމްގެ މަލާމާތާއި ކުރިމަތި ލާނ ޖެހުނީއެވެ.

މިއަދު އެގޭގައި ހާނިޔާގެ ރަން ކިޔުމުގެ ކަންތައް ކުރިއަށް ގެންދެއެވެ. އެ ހަފްލާގައި އަހަރެންނަށް ކޮންމެހެންވެސް ބައިވެރިވުން މަޖުބޫރެވެ. އަހަރެން އެގެޔަށް ދިޔައީ ހެނދުނު ދިހަ އެއް ޖެހިއިރުއެވެ.

އާދެވޭނީ ދެން ރޭގަނޑެވެ.އެކަން ޔަގީންވާ ހާލު އަހަރެން ގެއިން ނިކުމެގެން ދިޔައީމެވެ.

ޝަނާޔާގެ ގޭގެ ދޮރުން ވަދެ ހިނގަމުން ދިޔައީމެވެ. ގޭތެރެ ހަލަބޮލި ވެފައިވާ މިންވަރުން ހިނގަންވެސް އުދަނގުލެވެ. ވާނީވެސް އެހެންނެއް ނޫހެއްޔެވެ؟ މުއްސަނދި ބައްޕައެއްގެ ދޮށީ އަންހެން ދަރިފުޅުގެ ކައިވެނި ކުރެވެނީއެވެ.

މަޑު ހިނގުމެއްގައި ޝަނޠަގެ ކޮޓަރިއަށް އަހަރެން ދިޔައީ ތަންތަން ބަލަމުންނެވެ. ސިއްަައިގެ ދިޔައީ އަހަރެންގޮސް މީހެއްގެ ހަށިގަނޑުގައި ތަތްވުމުންނެވެ. ހަލަބޮލިވެފައިވާލެއް ބޮޑުކަމުން އަހަރެންނަށް އޭނާ ހުރި ކަން ނޭނގުނީއެވެ. އަވަސް ހަރަކާތަކާއެކު ކާކުތޯ ބަލައިލެވުނީއެވެ. އޭރުވެސް ދުރުވާކަށް ހިޔާލެއް ނުކުރަމެވެ.

ސާރިމްގެ މޫނު ފެނުމަައެކު އަހަރެން މޫޑް އެކީ އޮފްވިއެވެ. އަވަސްހަރަކާތަކާއެކު ދުރަށް ޖެހެވުނީ ސާރިމްކަން އެނގުމުންނެވެ. އެއްޗެކޭ ނުބުނެ އަހަރެން އަވަހަށް ދިޔައީއެވެ.

ޝަނާޔާގެ ކޮޓަރިއަށް ވަނެވުމާއެކު ހީވީ ކުޑަ ހެދުން ފިހާރައަކަށް ވަދެވުނު ހެންނެވެ. ހުރުހާއެންމެންގެ ހެދުންތައް ހުރީ އެ ކޮޓަރީގައެވެ. ސަގާފީ ތީމްއައް ރޭވިފައިވި ރަންކިޔުމުގެ ހަފްލާގައި ލާނެ ލިބާސްތައް ހުރީ އެ ކޮޓަރީއެވެ.

“އޭ މިއަދު ހަވީރު އަހަރެން އިނގޭ ތަގެ މޭކަޕް ކުރާނީ.” އަހަރެން އެ ކޮޓަރިއަށް ވަނުމާއެކު ޝަނާޔާ ބުނެލިއެވެ. އަހަރެން ހޫމް އަޅުވާލުމަށްފަހު އޮންލައިން ވެލީމެވެ. އޭރު ނާފިއުގެ މެސެޖެއް އައިސް އިނެވެ.

“ޖޮބްލިބިއްޖެ، ހޮޕް ޓު ސީ ޔޫ ޓުޑޭ.” އަހަރެން އެ މެސަޖު ސީން ކޮށްލާފައި ބޭންދީއެވެ.

“ހިނގާބަލަ މައްޗައް. ޓެރަސް މަތި ރީތި ކުރަން އެތަން ކަހާ މޮޕް ކުރަން.” ޝަނާޔާ އިރުކޮޅެއްފަހުން ބުނެލިއެވެ. މާލޭގައި އުޅުނެއް ކަމަކު އަހަރެންނަށް ގޭތެރޭގެ ހުރިހާ މަސައްކަތެއް ވަނީ ދަސްވެފައެވެ.

ޝަނާޔާއެކު ޓެރަސް މައްޗަށް އެރިއިރު އެތާ ހުރި ސޯފާތައް އެއްކައިރި ކުރަން ސާރިމް ހުއްޓެވެ. އަހަރެން އޭނަޔާ ދިމާ ބަަލާލުމެއް ނެތި ފިހިގަނޑު ހިފައިގެން ކަހަން ފެށީމެވެ.އޭރު ދުރުގައި ޝަނާޔާ ވެސް ކަހަން ހުއްޓެވެ.

ކައިރީ އިން ޕޮޓަކުން ނިކުތް ކުރަފި ފެނި އަހަރެން ސިއްސައިގެން ދިޔައެވެ. ކުޑައިރުންސުރެ ކުރަތްޕެއް ފެނުމުން އަހަރެން ވަރަށް ބިރުގަނެއެވެ. އެ އާދަ އަހަރެންގެ ގައިން އަދިވެސް ނުކެނޑެއެވެ. ހަޅޭ ލަވައިގަނެ ދުއްވައިގަނެވުނީ ބޭއިޚްތިޔާރުގައެވެ. އެންމެ ކައިރީ ހުރި ސާރިމްގެ ގައިގާ ބައްދާގަނެވުނީ ބޭއިޚްތިޔާރުގައި ބިރުން ހުރެއެވެ.

“އަހަރެންގެ ހަށިގަނޑު ދެކެ ހަމަ އެހާ ލޯބިވޭތަ.” ސާރިމް އެހެން ބުނުމުން އައްޗީޑިއޭ ކިޔައި ދުރަށް ޖެހިލައި ކުރަތްޕައް އިޝާރަތް ކޮށްލީމެވެ.

******************************

Hello to everyone. I couldn’t respond to the comments, but I did read them all. I want to thank you all from the bottom of my heart for your unwavering support. Thank you very much.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ailessh

Level 1

Feel free to comment and point out the mistakes. Love you all <<<3

Other Articles

Previous

ތަގުދީރު 1

Next

ވަރަށް ބިޒީ

Next
July 4, 2023

ވަރަށް ބިޒީ

Previews
July 3, 2023

ތަގުދީރު 1

One Comment

  1. Aimiii says:
    July 4, 2023 at 6:39 pm

    this part is also very nice❤
    when is next part?

Comments are closed.

Next Episodeތަގުދީރު 3←


All Right Reserved!