ލޯތްބަކުންދިން-29
” ވަރަށް ރީތި” ޒިވިއަލް އެހެން ބުނެލުމަށްފަހު ދާން ހިނގައިންނަން ފެށުމާއިއެކު އަހަރެންކަރުގައި އޮތް މަންމަގެ ފަށް އަހަރެން ނަގާ ޑްރެސިން ޓޭބަލް މަތީގައި ބޭއްވީމެވެ. ޒިވިއަލްއަށް ފެންނާނޭ ހެންނެވެ.އަހަރެން ކަރުގައި މިހާރު އޮތީ ހަމައެކަނި ޒިވިއަލް އެޅުވިފަށެވެ. ޒިވިއަލް ހީލަމުން ފަހަތަށް ޖެހެމުން ޖެހެމުން ގޮސް ދޮރުން ނުކުމެގެންދިޔައެވެ. އަހަރެންގެ އެ ކުޑަ ޢަމަލުން ޒިވިއަލްގެ މޫނަށް އެ ވެރިވި ހިނުތުންވުމަކީ މީގެ ކުރިން ދުވަހަކުވެސް ޒިވިއަލްގެ ފަރާތުން ނުފެންނަ ހިނިތުންވުމެކެވެ. އެ ހިނިތުންވުން އަބަދުމެ އެ މޫނުމަތީގައި ބެހެއްޓުމަށް ކުރެވުނު މަސައްކަތެއް ކުރުމަށް ހަމަ އެވަގުތު އަހަރެން ޢަޒުމު ކަނޑައެޅީމެވެ.
އަހަރެން ތިރިއަށް ފޭބީ ޝިފާއައިސް ހެކިވެރިން އައި ވާހަކަ ބުނުމުންނެވެ. ތެޅި ތެޅި އޮތް ހިތަކާއިއެކު ސިޑިއަކަށް ފަހު ސިޑިއެއް ގިރާކުރަމުން ތިރިއަށް ފޭބިއިރުވެސް ބުނެދޭން ނޭނގޭ ތޫފާނެއް އަހަރެންގެ ހިތުގައި ވިއެވެ. އެއް ކޮޅުން ޒިވިއަލް އާއި ކައިވެނި ކުރެވޭތީ އުފާވެރިކަމެއް އިހްސާސް ކުރެވެމުންދިޔައިރު އަދިވެސް ކުރެވެން މިއުޅެނީ އެންމެ ރަނގަޅު ކަމެއްބާވައޭ ހިތަށްއަރަމުންދިޔައެވެ. ނަމަވެސް ޝިޒާން އާއި ރޭޒަލްގެ ކައިވެނި ސަލާމަތްކޮށް އަހަރެންގެ ދިރިއުޅުން ކުރިއަށް ގެންދެވެން އޮތް ހަމައެކަނި ގޮތަކީ މިއީ ކަމުގައިވެސް ހިތް ބުނަމުން ދިޔައެވެ.
އެކިއެކި ފިކުރުތަކާއި ޚިޔާލުތަކުން އެއްކިބާވެ ހިތް ހަމަޖައްސަން މަސައްކަތްކުރަމުން ތިރިއަށް ފޭބިއިރު އަހަރެންގެ އިންތިޒާރުގައި އެންމެން މޭޒުކައިރީގައި ތިއްބެވެ.ހެކިވެރިން އެކި ސުވާލުކޮށް ރަންކިޔަން ބުނުމުން އެއް ރުފިޔާއޭ އަހަރެން ބުނީމެވެ. އެއާއިއެކު އެންމެންގެ މޫނުމަތިންވެސް ފެނުނީ ހައިރާންކަމެވެ. ރަނަކީ އަހަރެން ގެ ހައްޤެއްކަމާއި އަހަރެން ބޭނުންވާ ޢަދަދަކަށް ރަން ކިޔޭނޭ ކަމުގައި ހެކިވެރިން ބުނުމުންވެސް އަހަރެން ރަންކިޔަން ބޭނުންވާ އަދަދަކީ އެއީ ކަމުގައި އަހަރެން ބުނީމެވެ. އަހަރެން ޤަބޫލު ކުރާގޮތުގައި ރަނަކީ އެއްވެސް ހާލެއްގައި އަހަރެންގެ އަގެއް ނޫނެވެ. އަހަރެންނަކީ މީހުން ލާރި ދީފައި ގަނެވޭނޭ މުދަލެއް ނޫނެވެ. އަހަރެން ޤަބޫލުކުރާ ގޮތުގައި ރަނަކީ އަހަރެންގެ ރައްކާތެރިކަމާއި ފަހުން ދިމާވެދާނެ ހާލަތަކަށް ރިޢާޔަތްކޮށް އިސްލާމްދީނުގައި ލާޒިމްކޮށްފައިވާ އެއްޗެކެވެ. މިއީ އަސްލު ދީނުގައި އޮންނަ ގޮތްކަމުގައި ފަހަރުގައި ނުވެދާނެއެވެ. ނަމަވެސް އަހަރެން ޤަބޫލުކުރާގޮތަކީ މިއީއެވެ. އެހެންކަމުން ޒިވިއަލް އާއި އެ އާއިލާ އަހަރެންނަށް ދުވަހަކުވެސް ދެރައެއް ނުދޭނޭ ކަމުގެ ޔަޤީންކަން އޮތުމާއި މި ކައިވެންޏަކީ އަހަރެންގެ ހިތުގެ ހާލު ޒިވިއަލް ނޭނގ، އަހަރެންނަށްޓަކައި ޒިވިއަލް ވާ ޤުރުބާނީއެއްކަމުގައިވާތީ އަހަރެން އެއްވެސް އެއްޗެއް ރަނުގެ ގޮތުގައި ބޭނުމެއްނޫނެވެ. ނަމަވެސް ދީނުގައި އެކަން ކުރަން އޮންނާތީ އަހަރެން އެއް ރުފިޔާއަށް ރަންކީއެވެ.
ރަން ކިޔުމުގެ ހަފްލާ ނިންމާ ހެކިވެރިން ދިޔުމުން އެންމެން ސިޓިން ރޫމަށް އެއްވީ ކައިވެނީގެ ކަންކަން ރޭވުމަށެވެ. ޒިވިއަލް އަހަރެންނާއި ޖެހިގެން ސޯފާގައި އިންއިރު އެ މޫނުމަތިން ކެނޑިނޭޅި އުފާވެރިކަން ފެންނަމުންދިޔައެވެ. ޒިވިއަލްގެ ހިތުން މިއީ ވަގުތީ ކައިވެންޏެއްކަމުގައި ވި ނަމަވެސް އެ ކުޑަ ދުވަސްކޮޅުވެސް ޒިވިއަލްގެ އަތްބެއްގެ ގޮތުގައި އަހަރެން ހުންނާނެތީ ޒިވިއަލް އަށް އެ ލިބޭ އުފާވެރިކަން އަހަރެންގެ އަލަތު ކައިވެނީގެ ރޭ ޝިޒާންގެ މޫނުމަތިންވެސް ނުދެކެމެވެ.
” ޕާޓީއެއް ބާއްވަން ބައްޕައަށް ފެނޭ.. ކީކޭ ދަރިފުޅުމެން ބުނަނީ” ސަމީރުބެ ފާޅުކުރީ ސަމީރުބެ ބޭނުންވާ ގޮތެވެ.
” އެރުން ތިބޭނީ ހުސް އަހަރެމެންގޭ މީހުންނެއްނު؟ އީމާން ކިހާ އެކަނި ވާނެ ބައްޕާ.. އަހަރެން ބޭނުމީ ހަމަ އެކަނި ކޯޓުގައި ކައިވެނި ކުރަން” ޒިވިއަލްގެ އަމިއްލަ އުފަލަށްވުރެ އަހަރެން އިސްކުރުމަކީ އޭނާގެ އާދައެކެވެ. ނަމަވެސް ޒިވިއަލްއަކީ ސަމީރުބޭގޭ ދޮށީ ދަރިފުޅަށްވެފައި ރާއްޖޭގެ ގިނަ މީހުންނަށް އެނގޭ ވިޔަފާރިވެރިއެއްގެ ދޮށީ ދަރީ ގެ އަލަތު ކައިވެންޏަށް ގިނަ އުންމީދުތަކެއް ކުރާނެކަން އަހަރެންނަށް އެނގެއެވެ.
“އަހަރެން އޮފީސްކުދިން ގެންނާނީ އޭ.. ކުޑަކެއުމެއް ހެދިއަސް އެއީ މައްސަލައެއްނޫން” އަހަރެން ފުރަތަމަ ފަހަރަށް ކައިވެނީގެ ކަމެއްގައި ވާހަކަ ދެއްކީމެވެ.
“އެއީ ދެތިން ކުދިންނެއްނު… އަހަރެން އެހާ ބޭނުމެއް ނޫން ބޮޑު ކައިވެނި ޕާޓީއެއް ބާއްވާކަށް” ޒިވިއަލް ގެ ޚިޔާލު ބަދަލުވާގޮތެއް ނުވިއެވެ.
” މައްސަލައެއްނެތް..ބޮޑު ޕާޓީއެއް ނުބޭއްވިއަސް ތީ ބައްޕަމެންގެ ދޮށީ ދަރިފުޅު.. ބައްޕަމެންވެސް އުންމީދުތަކެއް ކުރަން ދަރިފުޅަށްޓަކައި… މާލޭގަ ބޮޑު ޕާޓީ އެއް ނުބޭއްވިއަސް ބައްޕަ އެދެން ދަރިފުޅުމެންގެ ކައިވެނި ރިސޯޓުގަ ކުރަން.. މިކޮޅުން ހަމައެކަނި ފެމެލީ އާއި ދެން ހަމަ އެކަނި ގާތް ރަށްޓެހިން ގެންދާނީ… ހަވީރު ކައިވެނިކޮށްފަ ބީޗްގަ ކުޑަ ސައެއް ނިންމާލާފަ ހަތެއް ޖަހާލާއިރު އަނބުރާ އެންމެން ގެންނާނީ…50 މީހުންގެ ޖާގައިގެ އެއް ލޯޗުންވާނެ.. އިތާގަ ބާއްވާނީ.. ބޮޑު ލޯންޗުގައި ފަނަރަ މިނެޓުން ދާނެ” ސަމީރުބެ ބޭނުންވާގޮތް ހާމަކުރުމުން އެކަމާއި ޒިވިއަލް ދެކޮޅަށް އެއްޗެއް ބުނެފާނެތީ އެންމެންނަށް ނުފެންނާނޭހެން އަހަރެން ޒިވިއަލްގެ އަތަށް ހިފައި ބާރަށް ފިތާލީމެވެ. ޒިވިއަލް އިނީ އެކަހަލަ ކަމަކަށް ތައްޔާރުވެގެން ނޫންކަމުން އަތުގައި ހިފުމާއިއެކު ސިހިފައި ބަލާލިއެވެ. ހަމައެވަގުތު އަހަރެން ދެކޮޅަށް ބޯ ހަލުވާލާ އެއްޗެއް ނުބުނާން އިޝާރާތުން ދެއްކީމެވެ.
“ތެދެއް ދޮންބޭ.. މާ ގިނަ އެއް ނުވާނެ މީހުންނެއް އޭރުން.. މަށަށްވެސް ފެންނަނީ އެހެން ހަދަން ” ޒިލާލްވެސް ސަމީރުބެއާއި އެއްކޮޅަށް ހިފާލިއެވެ.
” އެކަމަކު ހަފްތާއެއްތެރޭ ކާޑު ހަދާ ހެދުން ފަހާ ހުރިހާ ކަމެއް ނުވާނެއެއްނު” ޒިވިއަލް ސީދާ ނޫނެކޭ ނުބުނީ އަހަރެންގެ ބަހަށް އިހްތިރާމްކުރުމަށްޓަކައެވެ.
“މިހާރު އެހެރީ ވެޑިން ބުޓިކްތައް… މަންމަޔާ ޝިފާ އާއިއެކު ގޮސް އީމާންއަށް ހެދުމެއް ގަނެލެވޭނެއެއްނު… ކާޑު ނުހެދިޔަސް ބައްޕަގެ މައްސަލައެއްނެތް.. ދަރިފުޅު ބޭނުމިއްޔާ އެއް ދުވަހުންވެސް ބައްޕަ ކާޑުގެ ކަންކަން ހަމަޖައްސަފާނަން” ސަމީރުބެ ހުރީ ހުރިހާ ކަމަކަށްވެސް ތައްޔާރުވެގެންނެވެ.
” މާދަން ހަވީރު ބާޒާރަށް ދާނީ ދޯ އެންމެން ހެދުން ގަންނަން..” މަންމަ ދޯ ދިނީ ޝިފާއަށެވެ.
“އެހެންވީމަ ކާޑު ނަހަދާގޮތަށް… އެހާ ކަންތައް ބޮޑު ހެދުމެއް ނުގަންނައްޗޭ… ކީޕް ތިންގްސް ވެރީ ސިމްޕަލް… ބައްޕަ އެކޮޅު ތައްޔާރު ކުރާއިރުވެސް އެހާ ބޮޑުކޮށް ނުކުރައްޗޭ ޕްލީޒް… އަޅުގަނޑަށް ކަމަކު ނުދޭ އެހާ ގްރޭންޑްކޮށް ކަންދައްކަން ކުރީމައެއް” ޒިވިއަލް އެހެން ބުނުމާއިއެކު ޒިލާލްއަކަށް ނީނދެވުނެވެ.
“ދެން ތިބުނީ އަހަރެން ކަންދައްކަން ބޮޑު ޕާޓީއެއް ބޭއްވީއޭތަ؟” ޒިލާލް ނުރުހުމާއިއެކު ތުންދަމާލިއެވެ.
“އުނހުން.. ތީ ކުޑަ މީހާއެއްނު… އަހަރެން މީ ބޮޑު ފިރިހެނެކޭ… ” ޒިވިއަލް އެހެން ބުނުމުން އެންމެން ކައިރިއަށްވެސް ހިނިއައެވެ.
“ބަލަ މަ ވެސް ބޮޑުވެގެން މީހަކާއިނީ… ދޮންބެގެ ހަމަ ކަންތައް ފަލައީ” ޒިލާލް އެންމެބަހެއްވެސް ދުލެއް ނުކުރެއެވެ.
” ހޫން ދެން ހެވޭ… ސޯ ހުރިހާ ކަމެއް ހަމަޖެހުނީނު… ދެން ބައްޕަ އެބަ ވިސްނަން މެދަށް އޭނަ ކޮޓަރި ދެބައި ކޮށްލާފަ ދެ ދެކުދިންގެ ރޫމަށް ގުޅުވާލަން.. މީހުންނާ އިނދެގެން ކުދިން ލިބުނީމަ ސްޕޭސް ބޭނުންވާނެއެއްނު… ކައިވެންޏަށް ރިސޯޓަށް ދިޔައީމަ އެ މަސައްކަތް މި ކޮޅުގަ ކުރުވާނަން..މަސައްކަތް ކުރާމީހުން ބުނީ ދެ ދުވަސް ތެރޭ ދޮރުކަނޑާ ޕާޓިޝަން ޖަހާ ނިންމާލެވޭނެޔޭ..”
ކައިވެނީގެ ވާހަކަތައް ދެއްކުމަށް ގަޑިއެއްހާއިއރު ހޭދަވެގެން ދިޔައިރުވެސް ޒިވިއަލް އިނީ އަހަރެން އަތުގައި ހިފައިގެންނެވެ. އަހަރެން އޭރު ޒިވިއަލްގެ އަތަށް ފިތާލުމަށްފަހު އަތް ދޫކޮށްލަން އުޅުމުން ޒިވިއަލް އަހަރެންގެ އަތުގައި ހިފެހެއްޓިގޮތަށް ވާހަކަ ދައްކާ ނިންމާ އެންމެން ތެދުވިއިރުވެސް އަހަރެން އަތުން ދުލެއް ނުކޮށްލައެވެ. އެހެންކަމުން އަހަރެން އިނީ އިންތަނުން ނުތެދުވެވިފައެވެ.
” ދެ މީހުން ނިދަން ނުގޮސް ތިބެނީތަ؟” ޚަދީޖައްތަ ތެދުވެގެން ސިޑިން އަރަމުން އެހެން އެންމެން ދާން ހިނގައިގަތް އިރުވެސް އަހަރެމެން ދެމީހުން އިށީނދެގެން ތިބީމައެވެ.
” އެ ސޮރު އީމާން އަތުން ދޫކޮށްލީމައެއްނު ދެވޭނީ ދޯ ދަރިފުޅާ” ސަމީރުބޭ ލާނެތްގޮތަކަށް ދިމާކޮށްލުމުން އަހަރެން ގަތްލަދުން އިންތަނުން ބިންގަނޑު ފަޅާފައި އަޑިއަށް ނުދިޔައީ ކިރިޔާއެވެ. ޒިވިއަލްވެސް ރަކިވިކަން އެނގުނީ އަވަސް އަވަހަށް އަހަރެން އަތުން ދޫކޮށްލާ ކޮޅަށް ތެދުވުމުންނެވެ.
” މި ދަނީ ނިދަން” ހަދާނެ ނަހަދާނެ ގޮތެއް ނޭނގި އެހެން ބުނެލުމަށްފަހު ޒިވިއަލް ކޮޓަރިއަށް ދިޔުމުގެ ބަދަލުގައި ގޭގެ ބޮޑު ދޮރު ހުޅުވާފައި ނުކުތީ ބޭރަށެވެ.
” ސަމީރުވެސް އެ ސޮރާ ދިމާކުރާކަށް ނުވާނެއެއްނު.. ލަދުން ހަދާނެ ގޮތެއް ނޭނގިގެން ކަންނޭގެ އެ ނުކުތީ.. މަށަށް ނުފެންނާތީއެއް ނޫނޭ އެއްޗެއް ނުބުނެ އިނީ” ޚަދީޖައްތަ ސިޑިން އަރަމުން ސަމީރުބޭ ކައިރީ އެހެން ބުނެލިއަޑު އަހަރެން އެހީމެވެ.
ކޮޓަރިއަށް ވަތް ގޮތަށް އެނދު ހުރިހަށް ވެއްޓި ގަނެވުނީ ވެފައި ހުރި ވަރުބައްޔާއި އެކުވެސް ހިތަށް ކުރުވަމުންދިޔަ އުފާވެރި އިހްސާސްތަކެއްގެ ސަބަބުންނެވެ. ބައެއް ފަހަރު ޤަބޫލުކުރަންވެސް ދަތިވެއެވެ. މިއީ ހުވަފެނެއްބާވައޭވެސް ހިތަށް އަރައެވެ. އަހަރެންގެ ހިތް ޒިވިއަލް އަށް ހުޅުވާލަ ދީފާނަމޭވެސް ހިތަށް އަރައެވެ. އޭރުން ހަމަ ޔަޤީނުން ޒިވިއަލް ވާނީ މި ދުނިޔޭމަތީގައި ހުރި އެންމެ އުފާވެރި މީހަކަށެވެ. އެހާވަރަށް ޒިވިއަލް އަހަރެންދެކެ ލޯބިވާކަމަށް އަހަރެން ޤަބޫލުކުރަމެވެ. އެކަމަކު އަހަރެންނަށް ދުވަހެއްގެ ކޮޅުންވެސް ޒިވިއަލް އަށް އަހަރެންގެ ހިތް ހުޅުވާލަދެވިދާނެ ބާވައެވެ؟ އަހަރެންގެ ހިތުގައިވާ ވަހުމުތަކާއި ޝައްކުތަކުން މިންޖުވެވޭނެބާވައެވެ؟ ޖިނާހް އެއީ އަހަރެންގެ ބައްޕައަށް ވެއްޖެއްޔާވެސް ޒިވިއަލް ހަމަ މި ލޯބި އަހަރެންދެކެ ވާނެބާވައެވެ؟
އަހަރެން ހަމަބިމަށް ފޭބުނީ ޒިވާ ރޯން ފެށުމުންނެވެ. ޒިވާ ނަގާ ނެޕީ ބަދަލުކޮށްލުމަށްފަހު ގާތުން ދިނުމަށް ކައިރީގައި ބާއްވާ ފޯނު ނަގާ ބަލާލީމެވެ. އޭރު ޝިޒާން ވަރަށް ގިނަ ފަހަރު ގުޅާފައި ހުއްޓެވެ. އަހަރެން ނިދުނީ ކަމުގައި ޖަހާ ކިހިނެއްވީތޯ އަހާ މެސެޖެއް ފޮނުވާލުމާއިއެކު ޒިވާ އާއި ވާހަކަދައްކާލަން ކަމުގައި ބުނެ ރިޕްލައިކޮށްލިއެވެ. މާދަމާ ގުޅާނޭ ކަމުގައި ބުނުމުން ދެން އިތުރު އެއްޗެއް ޝިޒާން ނުބުނެއެވެ. ހަމަ އެވަގުތު ޒިވިއަލް މެސެޖް ކުރިއެވެ.
“ވަރަށް އުފާވެއްޖެ ފަށް ޤަބޫލުކުރީމަ…ހަމަ އެހާ އުފާވެއްޖެ ކައިވެނި ކުރެވޭތީ… ކޮންމެ ހާލަތެއްގައި ކޮންމެ ގޮތަކަށް ކުރެވުނު ނަމަވެސް އަހަރެންގެ އެތަށް އަހަރެއްގެ އުންމީދެއް ފުރިހަމަ ވާތީ އެކަމާއި ވަރަށް އުފާވޭ” އެ މެސެޖަށް ދިގު ރިޕްލައިއެއް އަހަރެން ލިޔެލީމެވެ.
“ޒިވިއަލް އަށްވުރެ އުފާވަނީ އަހަރެންނެވެ. އަހަރެން ހިމާޔަތް ކުރާނޭ މީހަކު ލިބުނީމައެވެ. އަހަރެންދެކެ އިންތިހާއަށް ލޯބިވާނޭ ޔާރެއް ލިބުނީތީއެވެ. ދެލޮލުގެ ނޫރު ފަދައިން އަހަރެންގެ ދަރިފުޅު ބަލާދޭނޭ ބައްޕައެއް ލިބޭތީއެވެ. ޒިވިއަލް ނޭނގުނަސް ޒިވިއަލްއަށްޓަކައި އަހަރެންގެ ހިތުގައިވެސް ވަނީ ޚާއްޞަ މަޤާމެއް ދެވިފައެވެ. ވަރަށް މާތް މަތިވެރި މަޤާމެކެވެ. ލޯތްބަކުންދިން މިހިތާއި މޭ މިހާރުވަނީ ޒިވިއަލްއަށް ލެނބިފައެވެ. ޒިވިއަލްއެވެ. އަހަރެންނަށްވެސް ޒިވިއަލް ދެކެ ލޯބި ވެވިއްޖެއެވެ.”
އެ މެސެޖު ފޮނުވާލުމުގެ ކުރިން ދެވަނަ ފަހަރަށް ކިޔާލުމާއިއެކު ހިތް ތެޅެން ފެށިއެވެ. އެއާއިއެކު ބޭ އިޚްތިޔާރުގައި މެސެޖްއެއްކޮށް ޑިލީޓްކޮށްލާ އިނގިރޭސިން” ތެންކިޔު ފޯ އެކްސެޕްޓިން މީ އެންޑް ހެލްޕިން މީ” އޭ ޖަހާލާ ރިޕްލައި ކޮށްލީމެވެ. އެ މެސެޖަށް ރިޕްލައިއެއް ނައުމުން ޒިވިއަލްއަށް ނިދުނީ ކަމުގައި ނިންމާ އަހަރެންވެސް ނިދީމެވެ.
ޖެހިގެން އައި ދުވަހުގެ އިރުގެ އަލިކަން ދުނިޔެ މައްޗަށް ފާޅުވުމާއިއެކު ގޭތެރެ ހަލަބޮލިވެގެން ދިޔައެވެ. އަހަރެންނާއި ޝިފާ ބަދިގޭގެ މަސައްކަތުގައި އުޅުނުއިރު ޚަދީޖައްތަ ޒިވާ ގޮވައިގެން އުޅެއެވެ. ސަމީރުބެ ކޯލަކަށްފަހު ކޯލެއް ކުރަމުންދިޔައީ ކައިވެނީގެ ކަންކަމާއި ގުޅޭގޮތުންނެވެ. ޒިލާލް ވެސް ސިޓިން ރޫމުގައި ލެޕްޓޮޕުން މަސައްކަތެއް ކުރަން އިންއިރު މުހައްމަދު ގޯތިތެރެ ސާފުކުރުމުގައި އުޅުނެވެ. އެއްވެސް ދިމާއަކުން ފެންނަން ނެތީ ޒިވިއަލްއެވެ.
އެންމެން ސައިބޯން އެރިއިރުވެސް ޒިވިއަލް ފެންނާކަށްނެތެވެ. އެހެން ނޫނިއްޔާ އެންމެ ކުރިން ހޭލާމީހަކީ އެއީއެވެ.
“ދަރިފުޅާ ބަލާލަބަ ދޮންބެ ކޮބައިތޯ؟” އެންމެން ސައިބޯން އެރުމުން ޚަދީޖައްތަ ސައިއަޅަން ހުރެފައި އެހެން ބުނެލީ ޒިލާލް ކައިރީގައެވެ.
“ދޮންބެއަށް ގޮވަން ހުންނާނެ މީހަކު ގެނެސްފަ…ދޮންބެ ދައްތާ ގޮވާލަބަލަ ދޮންބެއަށް” ޒިލާލް ގެ ސިޔާސަގޮތުގައި އަހަރެންނާއި ދިމާކޮށްލިއެވެ.
“ދަރިފުޅާ ދޮންބެދައްތައާ ދިމާކުރާކަށް ނުވާނެއެއްނު..” ސަމީރުބެ ވެސް އެހެން ބުނެލީ ދިމާކުރާ ރާގެއްގައެވެ. ސަމީރުބޭގެ މި މިޒާޖު އަހަރެންނަށް މި ފެނުނީ މިގެއަށް އައިފަހުންނެވެ.
“ޕިސްޕިސް.. ދެބަފައިން އެކީ ތިވަރު ނުކޮށްބަލަ…. ދަރިފުޅާ އީމާން އެމީހުން ކިޔާއެއްޗެއް އަހާނެ ކަމެއްނެތް.. ދަރިފުޅު ލަދު ގަންނާތީ ބޮޑަށް އެ ދިމާކުރަނީ.. ދޭ ގޮސް ޒިވިއަލް ކޮބައިތޯ ބަލާލަން…” އަހަރެން ޒިވާ ރިކްޝާގައި ބޭއްވުމަށްފަހު ޒިވިއަލް ކޮބައިތޯ ބަލާލަން އެކޮޓަރީގައި ދެފަހަރަކު ޓަކި ދިނުމުންވެސް މީހެއްގެ ހިލަމެއް ނުވިއެވެ. ޒިވިއަލްއެއީ އެހާ ނިދިގަދަ މީހެއް ނޫންކަން އަހަރެންނަށް އެނގެއެވެ. އެހެންކަމުން ކޮޓަރި ތަޅުގައި ހިފާލެވުނީ ޒިވިއަލްއަށްކަމެއް ވީކަމަށް ހީކޮށްފައެވެ. ތަޅުގައި ހިފާލުމާއިއެކު ދޮރު ތަޅުނުލާހުރުމުން ދޮރު ހުޅުވުނެވެ. ކޮޓަރިއަށްވަތްއިރު ފުން ނިންޖަކުން ނިދާފައި ޒިވިއަލް އޮތެވެ. ފޯނުވެސް ބިންމަތީގައި އޮތުމުން ރޭގައި އަހަރެންނަށް މެސެޖް ކުރަން އޮއްވައި ނިދުނީކަން އަހަރެންނަށް ޔަޤީންކުރެވުނެވެ.
ފޯނު ނަގާ ސައިޑް ޓޭބަލް މަތީގައި ބޭއްވުމަށްފަހު ދެފަހަރަކު ޒިވިއަލްއަށް ގޮވާލީމެވެ. ނަމަވެސް ހޫން އަޅުވާލުމަށްފަހު އަނެއްކާ ނިދަނީއެވެ. ޒިވިއަލް ގެ އެ މައުސޫމު މޫނު ފެނި ސަމާސާއެއްކޮށްލަން އަހަރެންގެ ހިތް އެދެމުންދިޔަ އެދުމަށް ބޯލެނބެވުނީ ބޭ އިޚްތިޔާރުގައެވެ. އަހަރެން ޒިވިއަލްގެ މޫނުމައްޗަށް ގުދުވެ ކަންފަތަށް ދެފަހަރަކު ފުމެލުމުން ކަންފަތް ކަހާލާ އަނެއް ފަރާތަށް އެނބުރެން އުޅުމުގެ ތެރޭގައި އަހަރެން އެނދުގައި ލައްކޮށްލައިގެން ހުރި އަތް ނެއްޓި ޒިވިއަލްގެ ގައިމަށްޗަށް ވެއްޓުނެވެ. އެއާއިއެކު ޒިވިއަލް ހޭލާ އަހަރެންގެ މޫނަށް ބަލަހައްޓައިގެން އޮތެވެ. އޭރުވެސް އެލޮލުގައި ވީ ނިދީގެ އަސަރެވެ. އަހަރެންނަށްވެސް ޒިވިއަލްގެ ލޮލަށް ބަލަހައްޓައިގެން އޮވެވުނީއެވެ.
” މީ ހުވަފަނެއްތަ؟” ޒިވިއަލްގެ އަޑު ޖެހުމާއިއެކު ސިއްސައިގެން ދިޔައެވެ ހަމައެއާއިއެކު އެ މޫނުން ނަޒަރު ވަކިކޮށް ތެދުވަން މަސައްކަތް ކުރީމެވެ.
” އެންމެން އެބަތިބި ސައިބޯން.. ބައްޕަ ބުނެގެން ގޮވަން މިއައީ”
ރީތި ހިންދީ ފިލްމުތަކުގައި ވާހެން ޒިވިއަލް އަހަރެން ހުއްޓުވާކަށް ނޫޅެއެވެ. ނަމަވެސް ގަތް ލަދާއި ހިތް ނުތަނަވަސް ވެފައި ހުރިލެއް ބޮޑުކަމުންކަންނޭނގެއެވެ. ތަންކޮޅަކަށް ތެދުވެވުނުތަނާއި އަނެއްކާވެސް ޒިވިއަލްގެ މޭމައްޗަށް ހުރަހަށް އަހަރެން ވެއްޓުނެވެ. އަހަރެންގެ މޫނު ޒިވިއަލްގެ މޭމަތީގައި ޖެހުމާއިއެކު ޒިވިއަލް އަނެއްކާވެސް ނިދިއަޑަކުން އަހަރެންނާއި ދިމާކޮށްލިއެވެ.
” ތެދުވަން ބޭނުން ނޫނިއްޔާ އޮތަސް އޯކޭ.. އުމުރަށްވެސް ބާންވަން އަހަރެން ތައްޔާރު” މި ފަހަރު އިހުނަށްވުރެ ބޮޑަށް ލަދުގަނެ އަހަރެން ރޫރޫ އަޅައިގަތެވެ. އަވަސް ހަރަކާތަކާއިއެކު ތެދުވެ ބާރުބާރަށް ބަދިގެއަށް ދިޔައީމެވެ. އޭރުވެސް އަހަރެންގެ ހިތް ބާރުބާރަށް ތެޅެއެވެ.
” ކޮބާ ޒިވިއަލް؟ ނުހޭލަނީ ދޯ؟” އަހަރެން ފެނުމާއިއެކު ސަމީރުބޭ އަހާލިއެވެ. އަހަރެން ވަގުތުން ލައްބައޭ ބުނެލީމެވެ.
“ބިރެއް ފެނުނީތަ އެކޮޓަރިން؟ މީހާ ތިހިރަ ދާ ހިއްލަނީ” ޒިލާލް އެވަގުތުގެ ބޭނުންވެސް ހިފީ އަހަރެންނާ ދިމާކޮށްލުމަށެވެ.
“އަންނަނިކޮށް ކަހާލައިގެން ވެއްޓުނީ.. އެހެންވެ އެއީ.. ނަސީބަކުން އަނިޔާއެއް ނުލިބޭ” އަހަރެން ގަސްތުގައި ދޮގެއް ހެދީ އެމީހުން އިތުރަށް ދިމާކުރުން ހުއްޓުވުމަށްޓަކައެވެ. އަދި އިތުރު ސުވާލެއް އައިސް ދާނެތީ ކަމެއް ނުވާކަމަށްވެސް ބުނީމެވެ. ޚަދީޖައްތަ މުހައްމަދަށް ގޮވާފައި ސިޓިން ރޫމްގައި މޮޕްއަޅާ އަލުން ރިއްޗަށް ސާފުކުރުމަށް އެންގިއެވެ.
އެދުވަހުގެ ހަވީރު އަހަރެމެން އެންމެން ބާޒާރުކުރަން ނުކުތީމެވެ. އަހަރެން ހުރީ ޝިޒާންއަށް ފެނިދާނެތީ ނުހަނު ކަންބޮޑުވެފައެވެ. ކައިވެނީގެ ހެދުމަކަށް އަހަރެން ނެގީ އަތްދިގު ވަރަށް ސިމްޕަލް ހެދުމަކާއި ވެއިލްއެކެވެ. އެއްވެސް މީހަކު އެ ހެދުމަށް ފާޑުކިޔަން ބޭނުން ނުވީ އެއީ އަހަރެންނަށް ކަމުދާ ގޮތްވީމެވެ. އެދުވަހު ޒިވިއަލްއާއި އެހެން އެންމެންނަށްވެސް ބޭނުންވާނޭ ހެދުން ގަނެ ނިންމީމެވެ.
ޖެހިގެން އައި ދުވަސްތަކުގައި ކުރިއަށް ދިޔައީ ކައިވެނީގެ ތައްޔާރީތަކެވެ. ޒިވިއަލް ފެންނަނީވެސް ވަރަށް މަދުންނެވެ. އޮފީހުގެ ކަންކަމާއި ކައިވެނީގެ ކަންކަމުގައި ބިޒީކޮށް އުޅޭތީއެވެ. ޒިވިއަލް ނިންމައިގެން ހުރީ ކައިވެނިކޮށްގެން ކުޑަ ދުވަސްކޮޅަކަށް ޗުއްޓީއެއް ނަގާލާށެވެ. ސަމީރުބެމެން މެލޭޝިޔާއަށް ބަދަލުވިފަހުން ޒިވިއަލް ޗުއްޓީއެއް ނުނަގާކަމަށްވެއެވެ
އެދުވަސްތަކުގައި އަހަރެން ޝިޒާންއަށް ވީޑިޔޯކޯލެއް ނުކުރަމެވެ. ޕްލޭން ކުރިގޮތަށް ފޯނުހަލާކުވެފައި ކަމާއި ހަފްތާއެއްފަހުން ފޯނު ލިބޭނޭކަމުގައި ބުނުމުން އެ ދޮގުވެސް ޝިޒާން ޤަބޫލުކުރިއެވެ. ސާރާ ފޯނުން ވީޑިޔޯ ކޯލްކުރަން އެދުމުންވެސް ނުކެރޭނެކަމުގައި އަހަރެން ބުނީމެވެ. އެކަމަށްވެސް ޝިޒާން އިތުރު އެއްޗެއް ނުބުނެއެވެ. ޝިފާ ކިތަންމެ ވަރަކަށް ބޭރަށް ދާންބުންޏަސް ބޭރަށްވެސް ނުގޮސްވޭތޯ ބަލަމެވެ. އެވެސް ޝިޒާންއަށް ފެނިދާނެތީއެވެ.
ދުވަސްތަށް ފާއިތުވަމުން ގޮސް އަހަރެންގެ ކައިވެނީގެ ދުވަސްވެސް އައިސް ޖެހިއްޖެއެވެ. ކައިވެނި ކުރަން އޮތްދުވަހުގެ ހެނދުނު އަހަރެމެން އެންމެން އިތާ ރިސޯޓަށް ދިޔައީމެވެ. އެފަހަރުވެސް މަރުހަބާކީ އެ ރިސޯޓުގެ ޖީ.އެމް އެވެ. ލާނެއް ހިނިތުންވުމަކާއި އެކު ” މިފަހަރު ތި ވަޑައިގެންނެވީ މިސިޒް ގެ ގޮތުގައި ދެއްތޯ” އޭ ބުނެލިއެވެ.
އިތާ ހައުސްއަށް ދެވުނު އިރު އެ ތަނުގެ އަތިރިމައްޗަށްވީ ބައި ވަނީ ކައިވެންޏަށް ޒީނަތްތެރިކޮށްފައެވެ. އެކި ހިސާބުތަކުގައި މޭޒު ޖަހާ އެކި ދިމަ ދިމާލުގައި ހުދު އަދި ރަތް ފިނިމަލުން ޒީނަތްތެރިކުރަންފަށާފައިވެއެވެ. މިއީ އަހަރެންނާއި ޒިވިއަލްގެ ކައިވެނީގެ ހަފްލާގެ ތައްޔާރީކަން ހިތަށްއެރުމާއިއެކު މޭ ތެޅެންފެށިއެވެ.
އަހަރެމެން އެ ރަށަށް ދިޔައީ ހެނދުނު ކަމަށްވެފައި އިތުރު ކަމެއްވެސް ނެތުމާއިއެކު ރަށަށްދެވުމާއިއެކު ޒިލާލްއާއި ޝިފާ ގެސްޓް ޝޮޕަށްގޮސް ތުއްތުކުދިންގެ ލައިފްޖެކެޓެއް ހިފައިގެން އައިސް ޒިވާ ގޮވައިގެން މޫދަށް އެރެން ދިޔައެވެ. އެއީ ޒިވާ އަލަށް މޫދަށް އެރުނު ދުވަސްކަމާއިއެކު އަހަރެންވެސް ދޮންވެލިގަނޑުމަތީގައި އިށީނދެގެން އިނީމެވެ. ޒިލާލް އާއި ޝިފާ ޒިވާ ގޮވައިގެން މޫދުގައި އުޅޭގޮތް ފެނުމުން، އަހަރެންވެސް ކުރިއަތް އޮތްތަނުގައި ޒިވާ އަދި ޒިވިއަލް އާއިއެކު އެހާލޯބިން ވަގުތު ހޭދަކުރެވޭނޭކަން އެނގުމާއިއެކު ހިތަށް އުފާވެރިކަން އިހްސާސްވެ މޫނުމަށްޗަށް ހިނިތުންވުން ވެރިވިއެވެ.
ކައިވެނީގެ ވަގުތުކުޑަތަންވަމުން ދިޔަވަރަކަށް އަހަރެންގެ ހިތުގެ ތެޅުން އިތުރުވަމުން ދިޔައެވެ. މި ރަށަށް އައި ފަހުން އަހަރެންނަކަށް އަދި ޒިވިއަލް ނުފެނެއެވެ. ކައިވެނި ހަފްލާއަށް ދިޔުމަށް ތައްޔާރުވާންދިޔައިރުވެސް ޒިވިއަލް ނުފެންނަތާގައި ޒިވިއަލްގެ މެސެޖެއްވެސް ނުލިބެއެވެ.
ފެންވަރައިގެން ނުކުމެ ޒިވާއަށް ގާތުން ދިނުމަށްފަހު އިތުރަށް ބޭނުންވާވަރަށް ނެގީ ކައިވެނީގެ ތެރޭގައިވެސް އެ ކުއްޖާ ބަނޑު ހައިވެދާނެތީއެވެ. ޒިވާ ރީތިކޮށްލުމަށްފަހު ޝިފާއާއި ހަވާލުކޮށް އަހަރެންވެސް ތައްޔާރުވުމަށް ކޮޓަރިއަށްވަނީމެވެ. މޭކަޕް އާޓިސްޓުންގެނެސްގެން މޭކަޕްކުރުމުގެ ބަދަލުގައި އަހަރެން އިހްތިޔާރުކުރީ އަމިއްލައަށް ތައްޔާރުވުމަށެވެ. ކުޑަވަރެއްގެ ސަޕްރައިޒެއްވެސް އެންމެންނަށް ދޭން ބޭނުންވާތިއެވެ.
ލޯގަނޑު ކައިރީ ރީތި ވާން އިންދައި ޚަދީޖައްތަ އައިސް ދޮރުގައި ޓަކި ޖަހާލާ ޤާޟީއައި ވާހަކަ އާއި އަވަހަށް ނުކުތުމަށް ބުނެލިއެވެ. އަހަރެން ރީތިވެލުމަށްފަހު ކޮޓަރީގެ ދޮރުހުޅުވާލުމާއިއެކު ޚަދީޖައްތަ ހައިރާންވެ، މާޝާﷲ އޭބުނެ އަހަރެންގެ ގައިގައި ބައްދާލިއެވެ. ހައިރާން ނުވެ ނުހުންނާނެތާއެވެ. އަހަރެންނުކުތީ ވެޑިން ޑްރެސް އާއިއެކު ބުރުގާ އަޅައިގެންނެވެ. އަހަރެން ބުރުގާ އަޅަން އުޅޭކަމުގެ ހިލަމެއް އެއްވެސް މީހަކަށް ނުވާނެއެވެ. އަހަރެން މި ނިންމުން ނިންމީ ވަރަށް ވިސްނާފައެވެ. ޚަދީޖައްތައަށްވެސް ޒިވިއަލްއަށްވެސް ކަމުދާނޭކަން ޔަޤީންވީމައެވެ. އާ ހަޔާތެއް ފަށާއިރު ބަދަލަކަށް އަހަރެންވެސް ބޭނުންވާތީއެވެ.
އަހަރެން ނުކުތް އިރު އެންމެން ވީ ކައިވެނީގެ މަޖިލީހަށް ގޮހެވެ. އަހަރެން އިތާ ހައުސްއިން ނުކުމެ ޚަދީޖައްތައާއިއެކު ކައިވެނީކުރަން ހަމަޖެހިފައިވާ މޭޒާއި ދިމާއަށް ހިނގަމުން ދިޔައިރު އެންމެންގެ ލޯތަށް އަމާޒުވެފައިވަނީ ސީދާ އަހަރެންނަށެވެ. ދުރުން ޒިވިއަލްވެސް އަހަރެންނާއި ދިމާއަށް ބަލަހައްޓައިގެން އިނީ ފެންނަ މަންޒަރު ޤަބޫލުކުރަން ދަތިވެފައި ކަހަލަ ގޮތަކަށެވެ. ޝިފާ އާއި ޒިލާލްގެވެސް މޫނުގެ ކުލަވަރު ހުރީ އެހެންނެވެ. ހުދު ހެދުމާއި ހުދު ބުރުގަލެއް އަޅައި މަޑު ފިޔާތޮށި ލިޕްސްޓިކުން ރީތިވެލާފައި ހުރިއިރު އަޅާފައިވާ ވެއިލް ގެ އެއްބައި ދޮންވެލި ގަނޑުގައި ހޭކެމުން ދިޔައެވެ. އެ ހެދުމުގައި އަހަރެން ކިތަންމެ ހާވެސް ފުރިހަމައެވެ. އަހަރެންނަކީ ﷲގެ އިރާދަފުޅާއިއެކު ޤުދުރަތީ ރީތިކަމެއް ލިބިފައި ހުރި ކުއްޖެއްކަމުން މޭކަޕް ކުރުމަކީ އަހަރެންނަށް މުހިންމު ކަމެއް ނޫނެވެ.
އަހަރެންގޮސް ޒިވިއަލް އާއި ޖެހިގެން އިން ގޮނޑީގައި އިށީނުމާއިއެކު ޒިވިއަލް އަހަރެންނާއި ދިމާއަށް ބަލާލިއެވެ. ނަމަވެސް މި ފަހަރުވެސް އެއްވެސް އެއްޗެއް ނުބުނެއެވެ. ގޮނޑީގައި އިށީނދެ ހަމަޖެހެވުމާއިއެކު ވަށައިގެން ބަލާލެވުނެވެ. ވަލީމާއަށް އައި މީހުންނާއިއެކު އެ ސަރަހައްދު އޮތީ ފުރިފައެވެ. ގާތްގަނޑަކަށް ސަތޭކައާއި ގާތްކުރާވަރަށް މީހުން ތިބޭނެ ކަންނޭނގެއެވެ. ސަމީރުބެއަށް ބޮޑު ޕާޓީއަކަށް ވަނީ ކިހާވަރެއް ވީމަބާއޭ އަހަރެން ހިތަށް އެރިއެވެ. ހަމަ އެވަގަތު ކައިވެނީގެ މަޖިލީހުގައި އިން ޖިނާހު ފެނުމާއިއެކު އަހަރެން ހިތް ނުތަނަވަސްވިއެވެ. ނަމަވެސް އެކަން ފޮރުވޭތޯ އަހަރެން ނިކަން މަސައްކަތް ކުރީމެވެ.
ކައިވެނީގެ މަޖިލިސް ފެށި ޚުތުބާ އިއްވައި ކައިވެނި އަޤުދުކޮށްދިނުމާއިއެކު ޒިވިއަލް “އަނބި ޤަބޫލުކޮށްފީމޭ” ބުނި ވަގުތަކީ ދުވަހަކުވެސް ހިތުން ފިލައިގެން ނުދާނޭހާ އުފާވެރި ވަގުތުކޮޅެކެވެ.އެ ވަގުތު އަހަރެންނަށް ހީވީ ދެދުނިޔެ އެއްކޮށް އަހަރެންނަށް މިލްކުވި ހެންނެވެ.ނަމަވެސް ހިތާމަޔަކީ އަހަރެންގެ މި އިހްސާސްތައް ޒިވިއަލް އަށް ހާމަ ކުރަން ފަސް ޖެހެވޭތީއެވެ.
ކައިވެނީގެ މަޖިލިސް ނިމުމާއިއެކު ކައިވެނީގެ ވަލީމާ ފެށިގެން ދިޔައެވެ. ޒިވިއަލް އެކި މީހުންނަށް އަހަރެން ތަޢާރަފްކޮށްދެމުން ގޮސް ޖިނާހް އާއި ހަމައަށް ދިޔުމުން އަހަރެންގެ ހިތް އަނެއްކާވެސް ބިރުގަންނަންފެށިއެވެ. ފަހަރުގައިވެސް އަހަރެން މީ ކާކުކަން ޖިނާހް އަށް އެނގިފައި އޮވެދާނެތީއެވެ.
“މީ އީމާން.. އީމާން މީ ޖިނާހްބެ. ދެން ތަޢާރަފަކަށް ބޭނުމެއް ނުވާނެތާ.. މީ ބައްޕަގެ ކަޒިންއެއް. އެކަމަކު ހަމަ ސެކަންޑް ބައްޕަ އެއް” ޒިވިއަލް އަހަރެން ތަޢާރަފްކޮށްދިނުމާއި އެކު ޖިނާހު އަހަރެންގެ ބޮލުގައި ފިރުމާލީ ނުހަނު ލޯބިންނެވެ.އެއީ އެންމެ ކުޑައިރުވެސް ބައްޕައެއްގެ ފަރާތުން އަހަރެން ބޭނުންވެފައިވާ ފިރުމުމެވެ.
“މާޝާ ﷲ. ތިޔަ ކައިވެނީގަ ބަރަކާތް ލައްވާށި.. ޒިވިއަލް މި ދަރިފުޅަށް ދެރައެއް ނުދީ އުމުރަށް ބަލަހައްޓާތި” ޖިނާހްގެ އަޑުގައި ވީ ބަފައެއް އެ މީހެއްގެ ދަރިފުޅު ކައިވެނިކޮށްދީ އެހެން މީހަކާއި ހަވާލުކުރާއިރު ހުންނާނޭފަދަ ރިހުމެކެވެ. އަހަރެންނަށް ޔަޤީންކުރެވުނީ އަހަރެން މީ ކަކުކަން ޖިނާހްއަށް އެނިގފައިވާކަމެވެ. އަހަރެން ހީލުން ފިޔަވައި އިތުރުކަމެއް ނުކުރަމެވެ. ކައިވެނީގެ ހަފްލާގެ ތެރޭގައި ވަރަށް ގިނައިރު ޒިވާ އުރައިގެން ޖިނާހް އުޅުނުތަން އަހަރެން ދުށީމެވެ.
ކައިވެނީގެ ހަފްލާ ނިމި އެންމެން ފުރައިގެން ދިޔައިރު ހަތްގަޑި ބައިވަނީއެވެ. އެންމެން ފުރައިގެން ދިޔުމުން އަހަރެމެންވެސް އެނބުރި އިތާ ހައުސްއަށް ދިޔައީ ރޭގަނޑުގެ ކެއުންވެސް ނިންމާލުމަށްފަހުއެވެ.
“ދަރިފުޅުމެން ހަނީމޫނަށް ވޯޓަރ ވިލާ އެއް ރެޑީކޮށްފަ ހުންނާނީ.. ޒިވާ މަންމައާ މިރޭ ހަވާލު ކުރަންވީނު؟” ގެއަށް ވަދެވުމާއިއެކު ސަމީރުބެ ބުނެލިއެވެ.
އަހަރެން ޒިވިއަލް އާއި ދިމާއަށް ބަލާލެވުނީ ޒިވާ ބާއްވާފައިދާން ހިތްހަމަ ނުޖެހޭތީއެވެ. އެއީ އަދި ގާތުންދޭ ކުއްޖަކަށް ވުމާއިއެކު ޒިވާއާއި ދުރުގައި އެންމެ ރެއަކުވެސް ހުންނަން ބޭނުންނުވާތީއެވެ. ނަމަވެސް ޒިވިއަލް ބޭނުންވާނީ އެ ގޮތްނަމަ އެގޮތަށް އަހަރެން ރުހޭނަމެވެ. ޒިވިއަލް އަހަރެންނަށްޓަކައި ވާ ޤުރުބާނީގެ ހައްޤުގައެވެ.
“އުނހ. ޒިވާ ގޮވައިގެން ދާނީ ދޯ އީމް..” ޒިވިއަލްއަށް އަހަރެން ބޭނުންވާގޮތް ނޯޅޭނޭކަން އަހަރެންނަށް އެނގެއެވެ.
“ބައްޕައަށް އެހެން ހީވާތީ ކުޑަ އެނދެއް ލާފަ ހުންނާނީ… މިހާރު ވަރަށް ވަރުބަލިވެސް ވެފަ ތިބޭނީ.. މިރޭ ރެސްޓްކޮށްލާ.. ބައްޕަމެން މާދަން މެންދުރު ދާނަން.. އެކަމް ޒިލާލްމެން ތިބޭނެ ދަރިފުޅުމެންނާއިއެކު.. ދެތިން ދުވަހަކު މަޑުކޮށްލާފަ މާލެ އާދޭ.. އޭރުން ކޮޓަރިވެސް ނިމޭނެ” އަހަރެން ހިތްހަމަ ޖެހުނީ އަހަރެން ބޭނުންވާ ގޮތާއި ދެކޮޅަށް ސަމީރުބޭ އިތުރަށް ބަސްނުކީމައެވެ.
“ދަރިފުޅު ބުރުގާ އެޅީމަ ވަރަށް ރީތި. ބައްޕަ ހުރީ ހަމަ ހައިރާންވެފަ” ސަމީރުބޭ އިތުރަށް އެހެން ބުނެލުމާއިއެކު ޚަދީޖައްތަވެސް އެވާހަކައިގައި ހިފާލިއެވެ.
“މަށަށްވެސް ވީ ތިވަރު އެ މަންޖެ ކޮޓަރިން ނުކުތީމަ… ވަރަށް ސާދާ ދޯ”
“މަށާ ޒިލާއާވެސް ތިބީ ތަލިން ކުޅު ހިކިފަ… ނުވެސް ބުނޭ އީމް ކުރިން… އެކަމަކު ވަރަށް ރީތި” ޝިފާވެސް އަހަރެންނަށް ތަޢުރީފުކުރިއެވެ. އަހަރެން ހުރީ ލަދުން އިސްޖެހިފައެވެ.
” ދަރިފުޅުމެންނަށްވުރެ އީމާން ހަގަކަސް ގުޅުމުގެ ގޮތުން ބޮޑެއްނު.. ދެކުދިންވެސް ދޮންބެ ދައްތަ ކިޔާ.. އީމްވެސް ސަމީރުބެޔާ ޚަދީޖައްތަ ކިޔުން ހުއްޓާލަފަ މަންމަ އާއި ބައްޕަ ކިޔާ… ޒިވާ އަށްވެސް ކިޔާދޭންވާނީ މާމަ ކާފަ ” ޚަދީޖައްތަ ޒިވާ ކޮލުގައި ހިފާލިއެވެ.
އަހަރެން ބައެއް ސާމާނު ޕެކްކޮށްލުމަށްފަހު ވޯޓަރ ވިލާއަށް ދިޔުމަށް ރެޑީ ވެލީމެވެ. ޒިވިއަލްވެސް ބެކްޕެކެއް ހިފައިގެން ހަމަ އެވަގުތު ސިޓިން ރޫމަށް ނުކުތެވެ. އަހަރެމެން ބަލާ ބަގީއައުމުން ތިން މީހުން އެކީގައި ވޯޓަރ ވިލާއަށް ދިޔުމަށް ނައްޓާލީމެވެ.
އަހަރެމެން ތިބެން ހަމަޖެހިފައިވާ ކޮޓަރިވަނީ ވަރަށް ފުރިހަމައަށް ޒީނަތްތެރިކޮށްފައެވެ. ނިދާ އެނދުގައި ރަތް ފިނިފެންމަލުން ހަނީމޫން ނައިޓް ޖަހާފައި އިންއިރު ކޮޓަރި ކުރިމަތީގައި އޮތް ޕޫލުވެސް ރަތް ފިނިފެންމަލުން ޒީނަތްތެރިކޮށް ކޮންގްރާ ޖަހާފައި އިނެވެ. ކޮފީޓޭބަލް މަތީގައި ކުޑަ ކޭކަކާއި ސްޕާކްލިން ޖޫސްފުޅިއެއް ހުރިއިރު އެތާ ކައިރީގައި ޕާރުސަލެއް އޮތެވެ. އޭގެ ބޭރުގައި “ފްރޮމް އަސް ޓު ބޮސް އޮން ހިޒް ވެޑިން” އޭ ޖަހާފައި އޮތުމުން އެއީ ރިސޯޓުގެ މުވައްޒަފުން ދީފައި އޮތް އެއްޗެއްކަން އެނގުނެވެ.
ދަބަސްތައް ކޮޓަރިއަށް ވެއްދުމަށްފަހު ބަޓްލަރު ދިޔުމުން އަހަރެން އަވަސްވެގަތީ އެއްޗެހި ބަދަލުކޮށްލާ ޒިވާ ނިންދެވުމަށް ތައްޔާރުވެލުމަށެވެ. އެހެންކަމުން އަވަހަށް ފާޚާނާއަށްވަދެ އަތްދިގު ޓީޝާޓަކާއި ހަރުވާޅެއްލައި ޝޯލެއް އޮޅާލީމެވެ. އޭރު ޒިވާ ގޮވައިން ޒިވިއަލް އިނީ ބޭރު ޑެކްމަތީގައެވެ. އަހަރެން ބޭރަށް ނުކުމެ ޒިވާ ގޮވައިން އައިސް ހެދުން ބަދަލުކޮށް ނިންދަވާ ކުޑަ އެނދަށް ލީމެވެ. އެ ހުރިހާއިރަކުވެސް ޒިވިއަލް ބޭރުގައި އިނީކައިވެނިކުރަން ލީ ހުދު އަތްދިގު ގަމީހާއި ފަޓުލޫނާއިއެކުއެވެ. ޒިވާ ބޭއްވުމަށްފަހު ބޭރަށް ނުކުމެ ޒިވިއަލް ކައިރީ އަހަރެން އިށީނދެލީ ޒިވިއަލްވެސް އިންހެން ޕޫލަށް ދެފައި ބާލައިގެންނެވެ.
“ފައިނަލީ.. މިކަންވެސް ވީ ދޯ.. ޝިޒާން އަށް އަންގާނީ ކިހިނެއް؟” މިހާ މުހިންމު ރެއެއްގައި ޝިޒާންގެ ވާހަކަ ދެއްކުމުން އަހަރެން ކުޑަކޮށް މޫޑީވިއެވެ. މިއީ ހަމައެކަނި އަހަރެމެން ދެމީހުންގެ ރެއެކެވެ. ނަމަވެސް ޒިވިއަލްއަށް ޤަބޫލުކުރެވޭ ކައިވެނީގެ މަޤްޞަދު ހަނދާންވުމާއިއެކު އެހެން އެބުނި ސަބަބު އަހަރެން ނަށް ސާފުވިއެވެ.
” މާދަން ގުޅާފަ ބުނާނަން…” އަހަރެން ބޭނުންވީ މިރޭގެ މިވަގުތު ހަމައެކަނި ޒިވިއަލް އާއިއެކު ހޭދަކޮށްލާށެވެ.
“ކީއްކުރަން ލަސްކުރަނީ.. މިރޭކޮށްލާ.. ފޮޓޮއަކާ އެކީ …” މިއަދު އަދި ޒިވާއާއި ޝިޒާން ގުޅުވައި ނުދެވޭކަން އަހަރެންނަށް ހަނދާންވީ ހަމަ އެވަގުތުއެވެ. އަވަހަށް ތެދުވެގެން ގޮސް ދަބަސް ހާވާލާ ފޯނު ނެގީމެވެ. އޭރު ޝިޒާން 20 ފަހަރު ގުޅާފައި އޮތެވެ. އަދި ފުލުފުލުން ވައިބަރ މެސެޖްތަކެއް ފޮނުވާފައި ހުއްޓެވެ. ވައިބަރ ހުޅުވާލިއިރު ކުރިން ފޮނުވާފައި ހުރި ހުރިހާ މެސެޖެއް ޑިލީޓްކޮށް އަހަރެން ކައިވެނި ހަފްލާގެ ފޮޓޯއެއް ފޮނުވާފައިނެވެ.
” އުންމީދެއް ނުކުރަން އީމާން ދޮގު ހަދާނޭ ކަމަކަށް.. އެކަމަކު އެކަންވެސް ތިކުރީ.. މިހާރު ހިތަށް އަރާ ގޮވައިގެން އާދެވުނުނަމައޭ.. އެކަމަކު ދެން އީމާންއަށް ކުރި އިތުބާރު ގެއްލިއްޖެ.. ޒިވާ ދުރުނުކުރާނަމޭ ތި ބުނާ ބުނުމަކަށްވެސް އިތުބާރެއް ނުކުރާނަން…ތި ސާބިތުކޮށްދިނީ އަހަރެން މީކިހާ ބޭކާރު މީހެއްކަން..”ޝިޒާން އެންމެފަހުން ފޮނުވި މެސެޖްގައި އިނީ އެހެނެވެ. އަހަރެން ނިންމީ އެރޭ ދެން އެމެސެޖަށް ރިޕްލައި ނުކުރުމަށެވެ.
“ކޮންމެސް މީހަކު އަހަރެމެން ވެޑިން ފޮޓޮއެއް ފޮނުވާފަ އިނީ ޝިޒާންއަށް.. ހީ ނޯސް… ނައު އޯކޭ އެއްނު” ފޯނު އެއްކައިރީ ބާއްވާލަމުން އަހަރެން ކުރިންވެސް އިންގޮތަށް ޕޫލަށް ފައިބާލާ އިށީނީމެވެ. އޭރު ޒިވިއަލް ބެގީ ނައްޓާލާ ޕޫލަށް ދެފައި ބާލައިގެން ޑެކު މަތީ އޮށޯވެގެން އޮތެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
26 Comments!
Comments are closed.


Wow, finally they are now married… vvv curious dhn vaane gothakaa medhu.. @someone, THANK YOU.. curiously waiting for the next part..
Masha Allah… Vhk vrh reethi… Someone vrh busy koh ulhemun vx alhugandumnnah vhk genes dheyne kuraa masahkathah varah bodah shukuriyyaa…. Much love from mee… Btw kon irakun next part upload vaany… Abadhu page refresh kurevey vhk upload vey thw balan
Maasha allah Vvv reethi Mi part vs😍… Unmeedhu kuran 30 th part vs V avahah kiyaalan libeyne kamah
އަޅޭ ދެންނ?? އެންމެ ކިޔާ ހިތްވި ހިސާބުން ތި ނިންމާލީ!! އެހެން ވިޔަސް އޯކޭ އަބަދުވެސް ޔަގީންކަން އޮވޭ ކަމެއް ދިމާ ނުވަންޏާ ސަމްވަން ވާހަކަ ގެނެސްދޭނެ ކަން.. ސަމްވަން އަކީ މިހާރު އެސްފިޔަ ސައިޓްގަ ވާހަކަ ލިޔާ އެންމެ އިތުބާރު ހިފޭ ލިޔުންތެރިޔާ އޭ ބުންޏަސް ދޮގަކަށް ނުވާނެ?! ބައި ދ ވޭ މި ބައި ވެސް ވަރަށް ރީތި!! މާޝާ ﷲ ❤️? ކުރިއަށް އޮތް ޕާޓް އަށް ވެސްސ ވަރަށް ވަރަށް އިންތިޒާރު ކުރެވޭ!! ❤️❤️
Finally. They got married yaaaaaay
Vrh curious kohlaafa thi ninmaaaly
Masha allah mi part vs varah furihama 💗
unmeedhu kuran dhen in part avahah kiyaalan libeyne kamah
love you
Thank you ifoo, Alu and reader!
@alu: thanks for those sweet words!
I am trying to bring 30th episode early this week إن شاء الله
V reethi, waiting for next 🤍
Can’t wait to read the next part.?
Vrh Vrh salhi mi part ves
Alhey finally
mi part ves varah reethi curiously waiting for next part
Kaaku shizaan ah photo fonuvee
When next part is ❤️
anehka Zivial Zilaal men tha shizaaan ah photo fonuvy
Masha Allah v v v rythi nxt prt ge inthizaaruga waiting waiting
Wow ❤️❤️ varah inthizaaru kurevey next episode ah😍😍 guys please read my story Raani
Thanks Nadhoo for reading this story! Would sure read your story!
Guys please do read Nadhoo’s story “Raani”!
Finally. they got married yaaaaay
Varha curious kohlaafa thi ninmaaaly
Masha Allah mi part vs varha furihama 💖
Unmeedhu kuran dhen in part avaha kiyaalan libeyne kama
Love you someone
I am also married today but I have little baby girl
Varah reethi
Emme kiyaa hihvi hisaabun thi nihmaalee
When next part is
This part is also very nice
waiting for episode 30
Finally they got married
may be zivial send pic of them to shizaan
Thank you hurihaa kudhin 💜
Loabivey hama!
30th vana bai liamun midhanee… it wil be a soecial episode 🤫😘
G.M kahneyge dhw e photo fonuvee
G.M kahneyge dhw e photo fonuvee
miadhu up vaane baa?
Adhi post kuraavarakah nulieve🥲
Ekam mirey timekolheh hoadhaalaafa balaanan ninmmaalevey varu veytho
woww…..vr reethi…maashaa Allah…keep it up
Heyy!! Mihaaru submit kurytha?😭
Vrh missss vey Zivial n Eman
donnoo why miadhu hama maa bodah vx eba kiyaa hih vey
Yes! Mirey nunidha indhegen ekan mi kuree😪 Its a very special episode (Eid hadiya) for you all! For the love and support you have been showering with! So thankolheh dhigu veema post kurun las vee. Lets hope miadhu kiaalan libeyne kamah 💜
Vaahaka nimuneetha
Eid Mubarak everyone