Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބަކުންދިން-30

SomeOne Level 210 Stories
June 27, 2023 15 Mins Read
27 Comments

“ކޮންމެސް މީހަކު އަހަރެމެން ވެޑިން ފޮޓޮއެއް ފޮނުވާފަ އިނީ ޝިޒާންއަށް.. ހީ ނޯސް… ނައު އޯކޭ އެއްނު” ފޯނު އެއްކައިރީ ބާއްވާލަމުން އަހަރެން ކުރިންވެސް އިންގޮތަށް ޕޫލަށް ފައިބާލާ އިށީނީމެވެ. އޭރު ޒިވިއަލް ބެގީ ނައްޓާލާ ޕޫލަށް ދެފައި ބާލައިގެން ޑެކު މަތީ އޮށޯވެގެން އޮތެވެ.

” މިތަނުގައިވެސް ޝިޒާން ދަންނަ މީހުން ތިބޭނެއެއްނު.. ރަނގަޅަކަށް އެވީ..  ކީއްވެ ބުރުގާ އެޅީ؟ ” ޝިޒާންއަށް އެނގުނު ގޮތެއް ހޯދުމަށްވުރެ ޒިވިއަލްއަށް އެވަގުތު މުހިންމުވީ އަހަރެން ބުރުގާ އެޅިސަބަބެއް ހޯދުމަށެވެ. އަހަރެންވެސް ހުރީ ޝިޒާންއަށް އެ ފޮޓޯ ދިޔަގޮތެއް ހޯދުމުގެ ޝައުޤުވެރިކަމެއްގައެއް ނޫނެވެ.

“ކިހިނެއްވީ؟ ކަމު ނުދަނީތަ؟” އަހަރެން ވެސް ޝިޒާންއާއިކުރިމަތިކުރުވީ ސުވާލެކެވެ.

“ވަރަށް ކަމުދޭ… އީމްގެ ރީތިކަން އެތަށް ގުނައެއް އިތުރުވެއްޖެ.. ބަޓް ދެޓް ވޯޒް އަ ސަޕްރައިޒް.. ޤަބޫލުކުރަންވެސް ދަތިވެފަ އިނދެވުނީ” ޒިވިއަލް އެހެންބުނިއިރުވެސް އަހަރެންގެ ރީތިކަން ޒިވިއަލް ނޫން އެހެން މީހަކަށް ފެންނަން ނޭދޭކަން އަހަރެންނަށް އެނގެއެވެ. މީހުންބުނާހެން ހުރިހާ އެއްޗަކީ ދުލުން ނުބުންޏަސް ޝައުޤުވެރިކަން ދޭ މީހަކަށް އެނގޭނޭ ކަންކަމެވެ. ޒިވިއަލް ގެ ކޮންމެ ކަމަކަށްވެސް އަހަރެން ޝައުޤުވެރިވެއެވެ.އެހެންކަމުން ޒިވިއަލް އަނގައިން ނުބުންޏަސް ވަރަށް ގިނަކަންކަން އަހަރެންނަށް އެނގެއެވެ.

“ތެންކްސް..އާ ފެށުމެއް ފަށާއިރު ތަފާތުކޮށްލަން ބޭނުންވީ” އެއީއަހަރެން ބުރުގާ އެޅި އެއް މަޤްޞަދުކަމުގައިވީނަމަވެސް އަސްލު މަޤްޞަދު ބުނެދޭން ފަސްޖެހެވުނެވެ.

“އަހަރެންނަށް އޯކޭ އަހަރެން ކުރިމަތީ ބުރުގާ  ނުނެގިއަސް އެނގޭ..” ޒިވިއަލް އެހެން ބުނީ ކީއްވެކަމެއް އަހަރެންނަކަށް ސާފެއް ނުވިއެވެ.

“އެއީ؟ ތީ މިހާރު އަހަރެންގެ ފިރިމީހާ އެއްނު؟”

“ހިހި..ނަމަކަށްތާ….އީމްއަށް ހަޤީޤީ ފިރިމީހާ ލިބެންދެން އަހަރެން ބޭނުން އީމްއަށް އެ ރައްކާތެރިކަން ދޭން… ޒިވާއަށް އެ ހަދާ ބައިގައި އަހަރެން ނިދާފާނަން.. އޭރުން އީމްއަށް ބުރުގާ ނަގައިގެން ނިދޭނެއެއްނު…”ޒިވިއަލް އެ ހުރިހާ ވާހަކައެއް ދެއްކީ ސީދާ އުޑަށް ބަލަން އޮވެގެންނެވެ. އަހަރެންނާ ދިމާއަށް ބަލާލަންވެސް ބޭނުން ނުވާފަދައެވެ. އަހަރެންވެސް އިނީ ދިމާ ކުރިމަތިން ފެންނަމުންދާ ސާދަ ވިލޭރޭގެ ފުރިހަމަ ހަނދަށް ނަޒަރު ހުއްޓާލައިގެންނެވެ.

” އަހަރެން ބުރުގާ އަޅައިގެން އަދި ތި ފެނުނީ ހައެއްކަ ގަޑިއިރަށް.. އެހެން ނޫނަސް ފިރިމީހާއަށް ފެނުމަކީ އަހަރެންނަށް މައްސަލައެއް ނޫން… އަހަރެންނާ އެއް އެނދެއްގަ ޒިވިއަލް ނިދުމަކީވެސް މައްސަލައެއް ނޫން ކަންނޭނގެ…” އެހެން ބުނެވުނުއިރުވެސް އަހަރެންނަށް ލަދުވެތިކަމެއް އިހްސާސްވިއެވެ. އެހެންކަމުން އަހަރެންނަށް އިނދެވުނީ ޝޯލްގެ އެއްކޮޅު އިނގިއްޔަށް އޮޅާލަ އޮޅާލައެވެ.

“މައްސަލައެކޭ ނުބުނަމެއްނު… އެއްފަހަރު ކިރިއާ ގޯހެއް ނެހެދި ސަލާމަތްވީ…. އީމް އަހަރެން ކައިރީ އޮންނައިރު ނޭނގުމެއްގެ ތެރޭގައިވެސް އަހަރެންނަށް ގޯހެއް ހެދިދާނެ..އޭގެ ސަބަބުން އަހަރެމެންގެ ގުޅުމަށް ބުރުއަރާފާނެ އެއްވެސް ކަމެއް ކުރާކަށް އަހަރެން ބޭނުމެއްނޫން….” އަހަރެންގެ ހިތުގައި ރިއްސާލިއެވެ. ނޭގުމެއްގެ ތެރެއިންވިޔަސް އެ ގޯސް ހެދުމަކީ އަހަރެން ބޭނުންވާގޮތެވެ. އޭގެ ސަބަބުން މިގުޅުމަށް ބުރުލެއް ނާރާނޭކަން އަހަރެންނަށް ޔަޤީނެވެ. އޭގެ ބަދަލުގައި އެއީ މި ލަދުވެތި ފަރުދާ ކެހި ފަހަރުގައި އަހަރެންގެ ހިތް ޒިވިއަލްއަށް ހުޅުވާލަން ލިބޭ ފުރުޞަތަކަށްވެސް ވެދާނޭ ނޫންހެއްޔެވެ. އެންމެ ފަހަރަކުވެސް ޒިވިއަލް އަހަރެންކައިރީ ލޯބިވޭހޭ އަހާނެނަމައެވެ. ވަގުތުން އާނއެކޭ ބުނާނަމެވެ. އިސްނަގަން ނުކެރުނަސް ފަހެއް ނުޖެހޭނަމެވެ.

އަހަރެން ވާހަކަ ބަދަލުކޮށްލީ އެ މައުލޫ އިތުރަށް ކުރިއަށްގެންދަން ބޭނުންނުވާތިއެވެ.

“ޒިވިއަލް އަށް ކަމުދާ ކުއްޖެއް ނުފެނޭތަ ހަމަ؟ އަހަރެންނާ އިނަސް ދާއިމީ ހަޔާތުގެ ބައިވެރިއެއް ހޯދުމުގެ މަސައްކަތް ކުރައްޗޭ” އަހަރެން އެހެން ބުނެލީ އިތުގައި ހިލަގަނޑެއް ބާއްވަމުންނެވެ.

” އީމް ހޯދަދޭންވީނު؟” އެ ސުވާލާއިއެކު ޒިވިއަލް ތެދުވެ އަހަރެންނާ ޖެހިގެން އިށީނދެލާ އަހަރެންގެ މޫނަށް ބަލާލިއެވެ. އަހަރެން އަނެއްފަރާތަށް އެނބުރުނީ ހަނދުވަރުގެ އަލީގައިވެސް އަހަރެންގެ މޫނުގެ ކުލަ ޒިވިއަލްއަށް ފެނިދާނެތީއެވެ.

” ސާރާ އެހެރީނު… ބައްޕަ ބުނީ ސާރާއާއި ދެވަން ވަރަށް ބޭނުންވާހަކަ.” ސާރާގެ ނަން އަހަރެންގެ ދުލަށް އަންނަން ފަލި ސިކުންތުވެސް ނުނަގައެވެ. އަހަރެންގެ ހިތުގަގައި އަދިވެސް ހަސަދަވެރިކަމެއް އޮތީ ކަންނޭނގެއެވެ.

” ސާރާ ދޯ؟ ގޯސް ކުއްޖެއް ނޫން.. އެކަމަކު އީމް ކަހަލައެއް ނޫން…. ތިހާ މަޑުމައިތިރި، ހިތްވަރުގަދަ، ދިރިއުޅުން އެނގޭ ލަދުގަތީމަ މޫނުމައްޗަށް ޖަންބު ކުލަ އަރާ ކުއްޖެއް ނޫނީ ބޭނުމެއްނޫން.. އެކަހަލަ އެހެން ކުއްޖެއް ފެނުނު ދުވަހަކުން ބުނާނަން” ޒިވިއަލް ކޮޅަށް ތެދުވެ އަހަރެންނާއި ދިމާއަށް އަތްދިއްކޮށްލީ ތެދުވަން ބުނާ ކަހަލަ ގޮތަކަށެވެ. އެ އަތުގައި ހިފާ އަހަރެން ތެދުވި އިރުވެސް ކުރިން އެބުނި އެއްޗަކާއިމެދު އަހަރެން ހުރީ ނުހަނު ލަދު ގަތްފައެވެ. ތެދުވީވެސް އެއްވެސް ވަރަކަށް ތެދުވަން ބޭނުންވެގެން ނޫނެވެ. އަހަރެން ބޭނުންވީ އެރޭ އެއްކޮށްވެސް ޒިވިއަލް ކައިރީ އެތާ އިންނާށެވެ. އެންމެ ފަހަރަކުނަމަވެސް އަހަރެންގައިގައި ލޯބިން ބައްދާލާ ކައިވެނީގެ އަލަތުރޭގެ ލައްޒަތު ދޭތޯ ހިތާހިތުން އެދެވުނެވެ.

” ހިނގާ ނިދަން ދާން.. ވަރަށް ވަރުބަލިވެއްޖެ ދޯ” ހިތާ ދެކޮޅަށްވެސް އަހަރެން ޒިވިއަލް ފަހަތުން ހިނގައިގަތީމެވެ.

ޒިވިއަލް އެރޭ ނިދީ ކޮޓަރި އެއްކޮޅެއްގައިހުރި ޑޭ ބެޑެއްގައެވެ. އަހަރެން އެ ބޮޑު އެނދުގައި އޮތްއިރު ފަޅުކަމެއް އިހްސާސްކުރެވެމުންދިޔައެވެ. ހިތާހިތުން އެދެވެމުން ދިޔައީ ޒިވިއަލްއައިސް ކައިރީގައި އޮށޯވެލާތޯއެވެ. އަހަރެންނަށް ނިދުނީވެސް އެ އިންތިޒާރުގައި އެހެން އޮއްވައެވެ.

އާދައިގެ މަތިން ފަތިހު ފަތިހާ ހޭލެވުނީ އަހަރެންގެ ކުޑަ ކުޑަ ސޯނާ ގަޑި ސޯނާވާން ފެށީމައެވެ. އާދެ މިދެންނެވީ ކުޑަ ކުޑަ ޒިވާގެ ވާހަކައެވެ. ފަތިހުގެ ބަންގީގެ އަޑު ނުކެނޑެނީސް ޒިވާ ހޭލައެވެ. ދެން ނިދާނީ އިރުއެރީމައެވެ.

އަހަރެން ޒިވާ ނަގައިގެން އަވަހަށް މަސަލަސް ކޮށްލީ ޒިވިއަލް ހޭލަފާނެތީއެވެ. ޒިވާ ހުއްޓާލުމުން އަތަށް ކުޅޭ އެއްޗެއް ދިނުމަށްފަހު ފާޚާނާއަށް ވަދެލީ ވުޟޫކޮށްލާ ނަމާދަށް އަރާލުމުގެ ބޭނުމުގައެވެ. ފާޚާނާއިން ނުކުތް އިރު ޒިވާ ގޮވައިގެން ޒިވިއަލް ޑެކު މަތީގައި ސަކަރާތްޖަހަން އިނެވެ. އެ ހިތްޤައިމު މަންޒަރަށް އިރުކޮޅަކު ބަލަން ހުރުމަށްފަހު ފަތިސް ނަމާދުކޮށްލައިގެން ގޮސް ޒިވާ އުރާލީ ޒިވިއަލް ނަމާދަށް ފޮނުވުމަށެވެ.

ނަމާދުކޮށް އަވަދިވުމުން އަހަރެމެން ނިންމީ ޒިލާލްމެން ހޭލައްވަން ދިޔުމަށެވެ. އަހަރެމެން ތިބޭ ވޯޓަރ ވިލާއާއި އިތާހައުސްއާއި މާ ދުރެއް ނޫނެވެ. އަނެއްކޮޅުން އެއީ ފަތިސްވަޤުތުކަމުން އިރުއަރާ މަންޒަރުވެސް ފެންނާނޭތީ އަހަރެމެން ދިޔައީ ހިނގާލާފައެވެ. ޒިވާ އުރައިގެން ޒިވިއަލް ދިޔައިރު އަހަރެން ފަހަތުން ދިޔައީމެވެ. ޒިވިއަލްއާއި ކައިރިވެލާ އެ އަތުގައި ހިފާ ފާނަމޭ ކިތަންމެ ފަހަރަކުވެސް ހިތަށްއެރިއެވެ. އެ މަންޒަރު ފޮޓޯ ފްރޭމެއްގައި އިންނައިރު ރީތިވާނޭ މިންވަރު އަހަރެންނަށް އިހްސާސްވަމުން ދިޔައެވެ.

“ޒިލާ.. ހޭލަބަލަ.. އެއޮށް ފަތިސް ވީއޭ.. ހިނގާ ހިނގާލަން” އިތާ ހައުސްއަށް ވަދެވުމާއިއެކު ޒިލާލްމެން ކޮޓަރި ދޮރުގައި ޒިވިއަލް ތަޅަންފެށިއެވެ. އެއާއިއެކު ޖެހިގެން ހުރި ކޮޓަރިން މަންމައާއި ބައްޕަ ބޯ ދިއްކޮށްލިއެވެ.

” އަނހަ މާމަގެ ދޫނި.. މާ ފާތިހާ ހޭލައިގެންތަ މިއުޅެނީ” މަންމަ (އާދެ ޚަދީޖައްތަ) އައިސް ޒިވާ އުރާލިއެވެ. ހަމަ އެވަގުތު ޒިލާލްވެސް އެއްލޯ އުނގުޅަމުން ދޮރުން ބޯދިއްކޮށްލިއެވެ.

“ސާބަސް ދޮންބޭ! ހަނީމޫން ހަދަން ދޭބަލަ… އިރުނާރަނީސް ތީދެން ކޮން އުނދަގުލެއް އަޅެ”

” ދަރިފުޅު ނަމާދުވެސް ނުކޮށްދޯ ތި ނިދަނީ… ތެދުވެ ނަމާދުކޮށްގެން ނިދާ… ޝިފާއަށްވެސް ގޮވާ” ބައްޕަ ( ސަމީރުބެ) އެހެން ބުނުމާއިއެކު “ޝިފާ” އޭ ކިޔާ ގޮވަމުން ޒިލާ ދޮރުލެއްޕިއެވެ.

“އަންނާނަން ކޮފީ ހަދައިގެން”އެ މީހުން ޕޫލް ކައިރިއަށް ނުކުތުމުން އަހަރެން ކައްކާބަޔަށް ވަނީ ކޮފީ ހެދުމަށެވެ. ކޮފީ މެޝިން ސާފުކޮށްލާ ކޮފީ ހަދަން ޖައްސާލުމަށްފަހު ފޯނު ބަލާލީ  މެސެޖެއް އައުމުންނެވެ. އެހާ ފަތިހާ އަނެއްކާ މެސެޖް ކުރާނީ ކާކުބާވައެވެ. ފޯނު ހުޅުވާލުމުން އިތުރަށް ހައިރާންވީ އެއީ ރޭޒަލްގެ މެސެޖެއްކަން އެނގުމުންނެވެ. އަވަސް އަވަހަށް މެސެޖް ހުޅުވާލީމެވެ.
” ކައިވެންޏަށް އަހަރެއް ވާން ކައިރިވަނިކޮށް އަހަރެންމީ މީހެއްގެ އަތްބެއްކަން ފުރަތަމަ ފަހަރަށް މި އިހްސާސްވީ…ތެންކިޔު އީމް… ތެންކިޔު ފޯ ގިވިން މީ މައި ހަސްބަންޑް…ވަރަށް ރުއި ރޭގަ…ވަރަށް ދެރަވެފަ ހުރީވެސް… އެކަމަކު އިވެންޗުއަލީ ވީ ނޭމްޑް ދިސް ރިލޭޝަންޝިޕް އޮފިޝަލީ” އެމެސެޖް ކިޔާލުމާއިއެކު އަހަރެންގެ ހިތް އުފަލުން ފުރުނެވެ.ޝިޒާންގެ ކިބައިން ސަލާމަތްވާން އުޅޭކަމުގެ އުންމީދުގެ ހުޅުކޮޅެއް ދިއްލުމުންނެވެ. އެއީ ނަފްރަތުން ވިޔަސްހެވެވެ.

” އައިއޭމް ސޯ ހެޕީ ފޯ ޔޫ.. މަރުހަބާ…. ޒިވާއަށް ވީޑިޔޯކޯލް ކުރައްޗޭ ޝިޒާން ހޭލީމަ.. އަހަރެންނަށް ރަނގަޅީ ރޭޒަލް ގުޅިއްޔާ… އެންޑް އަބަދުވެސް ހަނދާން ކުރާތި ތި ދެމީހުން ބޭނުން އިރަކު ޒިވާ ގެންދަންވީ…” އަހަރެން އަވަސް އަވަހަށް އެމެސެޖަށް ރިޕްލައި ކޮށްލީމެވެ. އެއާއިއެކު ރޭޒަލްވެސް އަހަރެންގެ ކައިވެންޏަށް މަރުހަބާ ކިޔެވެ.

އެދުވަހުގެ މެންދުރު މަންމަމެން ފުރައިގެން ދިޔައެވެ. މަންމަމެން ދިޔަތާ ދެ ދުވަސް ތެރޭ އަހަރެމެންވެސް އެނބުރި މާލެ ދިޔައީމެވެ. މި ދެދުވަހު އަހަރެން އުންމީދުކުރި އެއްވެސް “ރޮމޭންޓިކް” ވަގުތުކޮޅެއް ނާދެއެވެ. ދުވާލު މޫދަށް އެރުމާއި އެކިއެކި ކަންކަމުގައި ހޭދަކުރުމަށްފަހު ވަރަށްކުރިން ނިދަންވަންނަމެވެ. ޒިވިއަލް ޑޭ ބެޑުގައި ނިދާއިރު އޭނާ އާދޭތޯ އިންތިޒާރުގައި އޮއްވާ އަހަރެންނަށް ނިދެނީއެވެ. މިކަހަލަ ހަނީމޫނެއް އެހެން ދެމަފިރިއަކު ހަދާފާނެ ހެން އަހަރެންނަށް ހިއެއްނުވެއެވެ. ނަމަވެސް ހަމަ ކޮންމެ ދުވަހަކުމެ ޒިލާލް އަހަރެމެންނާ ދިމާ ކުރެއެވެ.ކަން ނުވެ ނަންއެޅިގެން ހުރުން ނޫންގޮތެއް ވަކި އޮންނާނޭ ހެއްޔެވެ.

އަހަރެމެންގެ “ހަނީމޫން” ނިންމާލުމަށްފަހު އެނބުރި މާލެ ދިޔައިރު ބައްޕަ ހުރީ އަހަރެމެން ކޮޓަރިން ވަދެވޭހެން ޒިވާއަށް ޚާއްޞަކޮށް ކުޑަ ކޮޓަރިއަށް ތައްޔާރުކޮށްދީ ކުޑަ ކުއްޖަކާ ގުޅޭނޭހެން ޒީނަތް ތެރިކޮށްދީފައެވެ. އެތަނުގައި ޒިވާއަށް އެކަށޭނެ ކުޅޭ ސާމާނާއި އެކިއެކި ފޮތްތައް ހުއްޓެވެ. ކުޑަ ބޭބީ ކޮޓް އެއްގެ އިތުރުން ސިންގަލް އެނދެއް ބަހައްޓާފައިހުރީ މުސްތަޤްބަލަށް ވިސްނާފައި ޒިވާއަށްކަން ޔަޤީނެވެ.ނަމަވެސް އެކަމުންވެސް އަހަރެންނާއި ޒިވިއަލްގެ ދިރިއުޅުމަށް އިތުރަށް ވެރިވީ ދުރުކަމެވެ. މާލެ އެނބުރި އައިއްސުރެ ޒިވިއަލް ނިދަނީ އެ އެނދުގައެވެ. އަހަރެން ޒިވާއަށް ގާތުންދޭ ގަޑިތަކުގަޔާއި ފެންވަރަށް ވަންނަ ގަޑިތަކުގައި ޒިވިއަލް ކޮޓަރިން ބޭރަށް ނުކުމެއެވެ. އަހަރެންވެސް ޒިވިއަލް ފެންވަރަން ވަނުމުން ބޭރަށް ނުކުންނަނީ ޒިވިއަލްއަށް އިހްތިރާމްކުރުމުގެ ގޮތުންނެވެ. ހިތާ ދެކޮޅަށެވެ.

ކައިވެންޏަށް ހަފްތާއެއްވެގެން ދިޔައިރުވެސް އަހަރެމެން ދެމީހުންގެ ދެމެދުގައި ވާ ގުޅުން އިތުރަށް ކުރިއަކަށް ނުދެއެވެ. ނަމަކަށް ކައިވެނިކޮށްގެން އުޅުން ފިޔަވައެވެ. މި ދުވަސްތަކުގައި ކުރިއެކޭ އެއްގޮތަށް އަހަރެން ވީޑިޔޯ ކޯލް ކޮށްގެން ޒިވާއާއި ޝިޒާން ގުޅުވައިދެމެވެ.ބައެއް ދުވަސްދުވަހު ޝިޒާން ޒިވާ ބަލާއާދެއެވެ. ގިނަ ދުވަސްދުވަހު އަންނަނީ ރޭޒަލްވެސް ގޮވައިގެންނެވެ. މީގެން އެއްވެސް ދުވަހަކު ޝިޒާން އަހަރެންނާ ވާހަކައެއް ނުދައްކައެވެ. އަހަރެމެން ކައިވެނީގެ ރެއަށްފަހު ޝިޒާންއަށް ބޮޑެތި ބަދަލުކެއް އައިސްފައިވާކަން އަހަރެންނަށް ފާހަގަ ކުރެވެއެވެ. ކޮންމެހެން ބުނަންޖެހޭ އެއްޗެއް މެސެޖަކުން ބުނެލުން ފިޔަވައި އެއްވެސް ވާހަކައެއް އަހަރެންނާއި ޝިޒާން އާއި ދެމެދު ނުދެކެވެއެވެ. ޝިޒާންގެ މި ބަދަލާއިއެކު ރޭޒަލްއަށް އިންތިހާ އުފާވެރިކަން ލިބިފައިވާކަން ރޭޒަލް ފެނުނު މަދުދުވަސްތަކުގައި އެމޫނުމަތިން އެނގެއެވެ. އެކަމާއި އަހަރެން އުފާކުރީމެވެ. އަހަރެންގެ ދިރިއުޅުން ކުރިއަށް ނުދިޔަނަމަވެސް އެދެމީހުންގެ ދިރިއުޅުމަށް އެދެވޭ ބަދަލުތަކެއް އައިސްފައިވާތިއެވެ.

އެއްދުވަހެއްގެ މެންދުރެވެ. ރޭޒަލް އަހަރެންނަށް ގުޅާ އެއްދުވަހަށް ޒިވާ އެގެއަށް ފޮނުވައިދިނުމަށް އެދުނެވެ. އޭރު ޒިވާއަށް ހަމަސްވުމާއިއެކު އިތުރު އެހެނިހެން އެއްޗެހިވެސް ކާންދޭން ފަށާފައިވުމާއިއެކު އެކަމަށް އަހަރެން އެއްބަސްވީމެވެ. ޝިޒާންއެއީ ޒިވާގެ ބައްޕަކަމުން އެ ހައްޤު ޝިޒާންއަށް ލިބިދޭނޭކަމުގައި ޤަބޫލުކުރެވޭތީއެވެ. އަހަރެންގެ ނިންމުމާއިމެދު ޒިވިއަލް ހިތްހަމަ ނުޖެހުނުކަން އަހަރެންނަށް އެނގުނެވެ. ނަމަވެސް އަހަރެން ޒިވިއަލްއަށް ވިސްނައިދިނީމެވެ.

ޒިވާގެ އެއްޗެހި ޕެކްކޮށް ކާންދޭ އެއްޗެއްސާއި ބައެއް ކުޅޭ އެއްޗެހީގެ އިތުރުން ގާތުން ނަގައި ބުއްފުޅި ޕެކްކުރީ ޒިވާއަކީ ގާތުންދޭ ކުއްޖަކަށް ވާތީއެވެ. އަދި ރޭގަނޑު ތަންކޮޅެއް ފަހުން އަދި އިތުރަށް ގެންގޮސްދޭނޭކަމުގައި އަހަރެން ބުނީ ޒިވާ ގެންނާނީ ހެނދުނު ކަމަށް ރޭޒަލް ބުނެފައިވާތީއެވެ.

ޝިޒާން ޒިވާ ގެންދިޔުމުން ގޭތެރެއަށް ވެރިވީ ބުނެދޭން ނޭނގޭފަދަ ފަޅުކަމެކެވެ. އަހަރެންވެސް ކުރާނޭ ނުކުރާނޭ ކަމެއް ނޭނގި ކޮޓަރިން ސިޓިން ރޫމުން އެނބުރެވެނީއެވެ. އަހަރެންނާއި ދުރަށް ޒިވާ މިހާ ގިނައިރަށް ގެންދިޔަ ފުރަތަމަ ފަހަރަކަމުން ނުހަނު އުނދަގޫވިއެވެ.އިރުއިރުކޮޅަކާއި ރޭޒަލްއަށް ގުޅާ ޒިވާ ކޮބައިތޯ ބެލެއެވެ.ރޭޒަލް ބުނިގޮތުންނަމަ ޝިޒާންގެ ބައްޕައަށް ޒިވާ ފެނިފައި ހީވީ މޮޔަވެގެން އުޅުންހެނެވެ. ކޮންމެ ގޮތަކަށް އެމީހުން ދެކުނު ނަމަވެސް އެއީ އެމީހުންގެ ފުރަތަމަ ކާފަދަރިކަން ބަދަލު ކުރެވޭނޭ އެއްވެސް ގޮތެއް ނޯންނާނެއެވެ.

ރޭގަނޑު ކެއުމަށް އެންމެން އެރިއިރުވެސް އަހަރެންނަށް އެނދުގައި އޮވެވުނީ ކެއުންމަތިންވެސް ފޫހިވެފައި ހުރުމުންނެވެ.ނަމަވެސް ޚަދީޖައްތަ އެދުނު އެދުމަށް ދެކޮޅު ހަދަން ނުކެރިގެން އެންމެންނާއިއެކު ކެއުމުގައި ކޮންމެވެސްވަރަކަށް ބައިވެރިވީމެވެ. ކައިނިމިގެން އެންމެން އެކީ ވަގުތުކޮޅަކަށް ސިޓިން ރޫމްގައި ތިބުމަކީ އެގޭ އާދައެކެވެ. އެރޭވެސް ކައިގެން އެންމެން ސިޓިން ރޫމަށް ދިޔުމުންވެސް އަހަރެން އެނބުރި ގޮސް ކޮޓަރިއަށް ވަނީ ބުނެދޭން ނޭނގޭކަހަލަ ނުތަނަވަސްކަމެއް ހިތަށް ވެރިވާތީއެވެ. އެ ހުރިހާކަމަކީ ވެސް ޒިވާ ނެތުމުން ދިމާވާ ކަންކަން އަހަރެންނަށް އެނގެއެވެ.

އެނދުގައި އިރުކޮޅަކު އޮތުމަށްފަހު ފެންވަރާލަން ފާޚާނާއަށް ވަނީ ހިތާއި ހަށިގަނޑަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިދާނޭކަމުގެ އުންމީދުގައެވެ. ފެންވަރާލައިގެން ނުކުމެ ގައިގައި ލޯޝަން ލައި ބުއްފުޅިއެއް ހިފައިގެން އިނދެ ގާތުން ނެގީމެވެ. އެއަށްފަހު ގައިގައި އޮޅާލެވިފައިފާ ތުވާލި ނަގާ އެނދުމަށްޗައް އެއްލީ ހެދުން ލުމަށްޓަކައެވެ.ކަންދިމާކުރިގޮތުން ހަމަ އެވަގުތު ޒިވިއަލް ދޮރު ހުޅުވާލާފައި ކޮޓަރިއަށްވަނެވެ. ޒިވިއަލް ފެނުމާއިއެކު އަހަރެން ހުރީ ގަނޑުވެފައެވެ. ތުވާލި ނަގާއަލުން ގައިގައި އޮޅާލަން ހަނދާން ނުވިތާގައި އަލަމާރި ދޮރު ކައިރިއަށްވަދެ ހަށިގަނޑު ނިވާކޮށްލަންވެސް އެވަގުތު ހަނދާނެއް ނުވިއެވެ. ޒިވިއަލްއަށް އަހަރެން ކިތަންމެހައިވެސް ރީއްޗަށް ފެންނާނެއެވެ. އަހަރެންނަށް ތުވާލި ނަގަން ހަނދާންވީވެސް އަވަސް ހަރަކާތަކާއިއެކު ޒިވިއަލް އަވަސް އަވަހަށް ދޮރުލެއްޕުމުންނެވެ. ފެންވަރަށް ވަތްއިރު ދޮރު ތަޅުނުލެވޭކަންވެސް ހަނދާންވީ އެވަގުތުއެވެ. ޒިވިއަލް ދޮރުލެއްޕުމާއިއެކު އަހަރެންގޮސް އަވަހަށް ދޮރު ތަޅުލައި ގަޔަށް އެއްޗެއްލީމެވެ. އަދި އެނދުމަތީގައި އިށީނދެވުނީ އޮބި ނޯންނަވަރަށް ތެޅެމުންދިޔަ އަހަރެންގެ ހިތް މައިތިރިކޮށްލެވޭތޯއެވެ.

ޝިޒާން ބުއްފުޅި ބަލާއައުމުން އެ ދީފައި އަހަރެން އެނބުރި ކޮޓަރިއަށް ވަދެ އިންތިޒާރު ކުރެވުނީ ޒިވިއަލް އަށެވެ.ނަމަވެސް އަހަރެންނަށް ނިދުނު އިރުވެސް ޒިވިއަލް ނިދާކަށް ނާދެއެވެ. ފަތިހު ހޭލެވުމުންވެސް އެންމެ ފުރަތަމަ ބަލާލި ޒިވިއަލް ކޮބައިތޯއެވެ. އޭރުވެސް ޒިވިއަލް އެނދަކު ނެތެވެ. ނަމަވެސް ހިއްކަން އަޅުވާފައިވާ ތެމިފައިވާ ތުވާލިން ޒިވިއަލް ފެންވަރައިގެން ދިޔަތާ އަދި މާގިނައިރެއް ނުވާކަން އެނގުނެވެ.

އެރޭގެ ހާދިސާއަށްފަހު އަހަރެމެން ދެމީހުންގެ ދެމެދުގައި ލަދުވެތިކަމުގެ އިތުރު ފާރެއް ރޭނިފައިވާ ކަހަލައެވެ. އަހަރެން ހުންނަތަނެއްގައި މާގިނައިރަކު ޒިވިއަލް ނުހުރެއެވެ. ވާހަކަ ދެއްކުންވެސް މަދުވިއެވެ. ވާހަކަ ދައްކާއިރުވެސް ސީދާ އަހަރެންގެ މޫނަށް ނުބަލަވޭތޯ މަސައްކަތްކުރެއެވެ. އަހަރެން ކޮޓަރީގައި އުޅޭނަމަ ދޮރުގައި ޓަކި ޖަހާފައި ނޫނީ އެތެރެއަށް ވަނުން ހުއްޓާލިއެވެ. އަހަރެން ނިދުމުން ނޫނީ ނިދަން ވަނުން ހުއްޓާލިއެވެ. އެއްމަސްދުވަހަށް  ނެގި ދިގު ޗުއްޓީ ކުރުކޮށްލާފައި އޮފީހަށް ނުކުންނަން ފެށީވެސް އަހަރެންގެ ކުރިމަތީގައި ހޭދަވާ ވަގުތު މަދުކުރަންހެން އަހަރެންނަށް ހީވިއެވެ. މި ދުރުކަމުގެ ސަބަބުން އަހަރެންގެ ހިތަށް އުނދަގޫ ކުރުވަމުންދިޔައެވެ. އެ ހިނގި ހާދިސާއަކީ ޒިވިއަލްގެ ސަބަބުން ދިމާވި ކަމެއް ނޫނެވެ. އެކަމުގައި މީހަކު ކުށްވެރިވަންޔާވާނީ އަހަރެންނެވެ.ނަމަވެސް ޒިވިއަލް އަށް ފެންނަން ނުޖެހޭ އެއްޗެއް ފެނުނުކަމަކަށް އަހަރެން ޤަބޫލެއްނުކުރަމެވެ. އަހަރެންނަކީ ޒިވިއަލްގެ ހަލާލު އަނބި މީހާއެވެ. އަހަރެންގެ މުޅި ހަށިގަނޑަކީ ޒިވިއަލްގެ ޙައްޤެކެވެ.އެހެންވީއިރު އެކަމާއި ހެދި ޒިވިއަލްގެ އަމިއްލަ ނަފްސު ކުށްވެރިކޮށް އަހަރެންނާއި ދުރުވާން ޖެހޭ ސަބަބެއް އެބައޮތްހެއްޔެވެ؟

ޒިވިއަލްގެ މި ދުރުކަމުން އަހަރެންގެ ހިތަށް ވަމުންދިޔަ އުނދަގޫ ކޮޅުންލައިގެންދިޔައެވެ. ކޮންމެވެސް ގޮތަކުން  ޒިވިއަލް އާއި އެވާހަކަ ދައްކަން އަހަރެން ބޭނުންވިއެވެ. އެކަމަށް އަހަރެންނަށް ފުރުޞަތެއް ލިބުނީ ޒިވާ ޒިވިއަލް އާއި ހަވާލުކޮށްފައި މަންމައާއިއެކު ފިހާރައަކަށް ދިޔަރެއެއްގައެވެ. އެރޭ ގެއަށް އައިއިރު ޒިވިއަލް އޮތީ ޒިވާ ގޮވައިގެން އަހަރެންގެ އެނދުގައި ނިދާފައެވެ. ބޮޑަށް ލަފާކުރެވެނީ ޒިވާ ހޭލުމުން މަސަލަސް ކުރަން އޮވެ ދެމީހުންނަށް  ނިދުނީހެންނެވެ. އަހަރެން ކޮޓަރިއަށްވަދެ މަޑުމަޑުން ޒިވާ ނަގާ އެނދަށް ލިއިރުވެސް ޒިވިއަލްއަކަށް ނުހޭލެވެއެވެ. ޒިވާ އެނދަށްލުމަށްފަހު ހެދުން ބަދަލުކޮށްލާ ޓީޝާޓަކާއި ހަރުވާޅެއް ލައިގެން އައިސް ޒިވިއަލް ކައިރީގައި އޮށޯވެލީ ޒިވިއަލް ހޭލާތޯއެވެ. ޒިވިއަލް އާއި ކައިވެނިކޮށްގެން ވޭތުވެދިޔަ ތިން ހަފްތާގެ ތެރޭގައި ޒިވިއަލްއާއި އެހާކައިރީގައި އަހަރެން އޮށޯވެލި މިއީ ފުރަތަމަ ފަހަރެވެ. މަޑުމަޑުން ޒިވިއަލް އާއި ކައިރިއަށް ޖެހެލެވުނީ އަހަރެންގެ ހިތް އެދެމުންދިޔަ އެދުމަށް ބޯލަނބަމުންނެވެ. ހިތް އެދެމުން ދިޔައީ އެއްފަހަރުނަމަވެސް ޒިވިއަލް ލޯ ހުޅުވާލާތޯއެވެ. ކައިރިވަމުން އައިސް ޒިވިއަލް ގެ އަތްމަތީގައި މަޑުމަޑުން ބޯ އަޅާލާ އެ ނިޔަނެތި މޫނަށް ބަލަން އޮވެވުނީ ކިހާއިރަކުކަމެއްވެސް  ނޭނގެއެވެ. ޒިވިއަލް ލޯ ހުޅުވާލީވެސް އަހަރެން އެހެން އޮއްވައެވެ. ނިދިމޫނަކާއިއެކު އަހަރެންނާއި ދިމާއަށް ޒިވިއަލް ބަލަހައްޓައިގެން އޮތީ ކައިރީގައި އޮތީ އަހަރެންކަން ޤަބޫލު ނުކުރެވޭފަދަ ގޮތަކަށެވެ. ނިދާ ބޮކީގެ ފަނޑު އަލީގައިވެސް އެ ދެލޮލުގެ ތޫނުގަދަ ނަޒަރުން އަހަރެންގެ ހިތް ތޮރުފަމުން ދިޔައެވެ.

“ކީއްވެ މާ ބޮޑަށް އަހަރެން ދުރުކޮށްގެން ތިއުޅެނީ؟” މި ފަހަރު އިސްވެ ވާހަކަ ދެއްކީ އަހަރެންނެވެ. އެހެން ބުނެލަން އަހަރެން ކަށިން ނެރުނު ހިތްވަރު އެހެން މީހަކަށް އިހްސާސްވެސް ނުކުރެވޭނެއެވެ.

“ލޯބިވާތީ….ގޯހެއް ހެދިދާނެތީ” ޒިވިއަލްގެ އަޑުގައިވެސް ވީ ނިދީގެ އަސަރެވެ. އޭނާ ވާހަކަ ދެއްކީ ސީދާ އަހަރެންގެ މޫނަށް ބަލަހައްޓައިގެން އޮވެއެވެ.

“ދެމަފިރިންގެ ދެމެދު ގޯހެއް ހިނގާނެތަ؟” އަހަރެންނަށް އެހެން ބުނެވުނީވެސް ތުރުތުރު އަޅާ އަޑަކުންނެވެ.

” ނު ހިނގާނެތަ؟” ޒިވިއަލްވެސް ކޮށްލީ ސުވާލެކެވެ. އެ ސުވާލަށް ޖިވާބުދިނުމުގެ ބަދަލުގައި އަހަރެން  ޒިވިއަލްއާއި އިތުރަށް ކައިރިވެ ފުރަތަމަ ފަހަރަށް އިސްވެ ޒިވިއަލްގެ ހަށިގަނޑުގައި ބައްދާލީމެވެ. އެ ހަރަކާތުން ޒިވިއަލް އެ ބޭނުންވާ ސުވާލުގެ ޖަވާބު ލިބޭނޭކަމުގެ އުންމީދުގައެވެ.ޒިވިއަލްވެސް ރައްދެއްގެ ގޮތުން އަހަރެން އޭނާގެ ގަޔާލާ ބޮޑަށް ބޮނޑިކޮށްލިއެވެ. އެއާއިއެކު ދެމީހުންގެ ނޭވާ އަވަސްވެގެން ދިޔައެވެ. ދެމީހުންގެ ހިއްސުތަށްވެސް ހޭލި ކަހަލައެވެ. މަޑުމަޑުން އަހަރެންގެ ހޭވިފައިވާ އިސްތަށިގަނޑު އެއް ފަރާތްކޮށްލުމަށްފަހު އަހަރެންގެ ކަރުދަށުގައި ޒިވިއަލް ބޮސްދިނެވެ. އަހަރެންގެ ދެލޯ މެރިގެން ދިޔައީ އެ ބީހިލުމުން ލިބުނު އަރާމުންނެވެ.ނަމަވެސް ދެވަނަ ސިކުންތުގައި ޒިވިއަލް އަހަރެން އޭނާގެ ހަށިގަނޑާއި ދުރުކޮށްލާ ތެދުވެ އެނދުގައި އިށީނެވެ. ވީ ކިހިނެއްކަމެއް ޚުދު އަހަރެންނަކަށްވެސް ނޭނގެއެވެ. އެހެންކަމުން އަހަރެންވެސް ތެދުވެ އެނދުގައި އިށީނދެލީމެވެ.

“ސޮރީ އީމް… އަހަރެން ވަޢުދުވީން އީމް ލޯބިވާ މީހެއް ލިބެންދެން ރައްކާތެރިކޮށްދޭން.. ދުނިޔެވީ އެދުން އިސްކޮށް ވަޢުދާ ޚިލާފު ވެވެން އުޅެވުނީތީ މާފަށް އެދެން” ޒިވިއަލް އިނީ އިސް ޖަހައިގެންނެވެ. އަހަރެން ތެދުވެގެން ގޮސް ޒިވިއަލް ގެ ކުރިމައްޗަށްވާގޮތަށް ކާޕެޓްމަތީ ކުޑަކަކޫ ޖަހާ އިށީނީމެވެ.

“އެއްފަހަރުވެސް ޒިވިއަލް އަހާލިންތަ އަހަރެން ގަޔާވާ މީހަކު ފެނިއްޖެތޯ؟ އަބަދުވެސް ތިބުނަނީ އަހަރެންނަށް ގަޔާވާ މީހަކު ފެނުނީމަ މިނިވަން ކޮށްދޭނަމޭ” އަހަރެން ވާހަކަ ދެއްކީ އިސްޖަހައިގެން އިނދެއެވެ.

“ކީކޭ؟ އީމްއަށް ކަމުދާ މީހަކު ފެނުނީތަ؟ ކޮން އިރަކު ؟ ކާކު؟” ޒިވިއަލް އަހަރެންގެ ދަތްދޮޅީގައި ހިފާ އިސް އުފުލާލީ އަހަރެން ބުނިއެއްޗެއް ޤަބޫލު ނުކުރެވިގެންނެވެ.

އަހަރެން އިންތަނުންތެދުވެ ޒިވިއަލްއަށް ފުރަގަސް ދީގެން ހުއްޓުނީމެވެ. އަދި ލައިގެން ހުރިޓީޝާޓް ބާލާ ކައިރިއަށް ވައްޓާލީމެވެ. މިވަގުތު ވާހަކަ ދެއްކުމަށްވުރެ ބޮޑަށް އަހަރެން ބޭނުމީ ޢަމަލުން ޒިވިއަލްގެ ހުރިހާ ސުވާލަކަށް ޖަވާބުދޭށެވެ. އަހަރެން ޒިވިއަލް ކުރިމަށްޗަށް އައީ ވަރަށް ހިތްވަރުކޮށްގެންނެވެ.

“ތިބުނީ އެ މީހަކީ…؟” ޒިވިއަލްގެ މޫނު ނުފެނުނު ކަމުގައިވިޔަސް އެއަޑުގައިވީ ހައިރާންކަން އަހަރެންނަށް ސާފުވެއެވެ.

އަހަރެން އެއްވެސް އެއްޗެއް ނުބުނެ މަޑުންމަޑުން ބޯޖަހާލީމެވެ.  ޒިވިއަލް ތެދުވެ އެނދުމަތީ އޮތް ބްލޭންކެޓްނަގައި އަހަރެންގެ ގައިގައި ވަށާލާ އެއާއިއެކު އަހަރެންގެ ގައިގައި ނުހަނު ބާރަށް ބައްދާލިއެވެ.

” ސިންސްވެން؟” ކަންފަތްދޮށުން މަޑުމަޑުން ޒިވިއަލްގެ އަޑު އަހަރެންނަށް އިވުނެވެ.

“ލޯންގް އެގޯ.. އީވަން ބިފޯ ޔޫ އެކްސްޕްރެސްޑް ޔުއަރ ފީލިންގްސް އޯލްމޮސްޓް އަ އިޔަރ ބެކް”

” އީމް…ކީއްވެ ނުބުނީ؟ ކީއްވެ އެހާ އިންތިޒާރު ތިކުރުވީ؟ ކީއްވެ…. އެންމެ ފަހަރަކު އީމް އަހަރެން ދެކެ ލޯބިވެޔޭ ބުނިނަމަ އާއިލާއާ ދެކޮޅަށްވެސް އަހަރެންގެ މީހަކަށް އީމް ހަދާނަން… އައިލަވްޔޫ ސޯމަޗް އީމް” ޒިވިއަލް ދެންވެސް ހުރީ ބްލޭންކެޓާއިއެކު އަހަރެންގެ ގައިގައި ބައްދައިގެން އޭނާގެ މޫނު އަހަރެންގެ ކަރުދަށުގައި ފޮރުވާލައިގެންނެވެ. ޒިވިއަލްގެ އެ ސުވާލުތަކަށް ދޭނޭ ޖަވާބެއް އަހަރެންގެ އަތަކުނެތެވެ. އަހަރެންވެސް ހުރީ އަހަރެން ޒިވިއަލް އާއި މެދު ކުރެވުނު އިހްސާސްތަކަށް ދޭނޭ ނަމެއް ނޭނގިފައެވެ. ނޫނީ ޒިވިއަލް ގެއްލިދާނެކަމުގެ ބިރަށް ނަމެއް ދޭން ބޭނުން ނުވެފައެވެ. އެކަމަކު މިރޭ އަހަރެންގެ ހިތާއި ހަށިގަނޑު ޒިވިއަލްއަށްމި ހުޅުވާލީ ކޮންމެ ގޮތެއްވިޔަސް ހެޔޮކަމުގައެވެ. ޒިވިއަލް އަހަރެން ދުރުކޮށްލާފައިވާ ވަރުން ހިތަށް ކެތް ނުވެގެންނެވެ.

އަހަރެން އެއްވެސް އެއްޗެއް ނުބުނުމުން ޒިވިއަލް އަހަރެން ޒިވިއަލް އާއި ދިމާއަށް އަނބުރާލިއެވެ. އަދި މަޑު މަޑުން އަހަރެންގެ ތުންފަތަށް ބޮސް ދިނެވެ. އެ އާއިއެކު ގައިގައި އޮޅާލެވިފައިވާ ބްލޭންކެޓް ބިންމައްޗަށް ވެއްޓުނެވެ. ޒިވިއަލްވެސް ލައިގެން ހުރި ގަމީސް ބާލާ ތިރިއަށް އެއްލާލާ އަހަރެންގެ ތުންފަތާއި ޒިވިއަލްގެ ތުންފަތް ޖޯޑުކޮށްލިއެވެ. އެއާއިއެކު ދެ މީހުން އެނދުމަށްޗަށް ވެއްޓި ގަނެވުނީ ކައިވެނީގެ އަރާމާއި  ލައްޒަތު އެންމެ ފުރިހަމައަށް ލިބިގަތުމަށެވެ. އެތަށް ޒަމާނަކަށް ފެންބޮވައިގެންފައިވާ ބަޔަކު ފެންފޮދެއް ލިބުމުން އުޅޭނޭގޮތް އެއީ އެހިނދުކޮޅު އެންމެ ރަނގަޅަށް ސިފަކޮށްދެވޭނޭ ގޮތެވެ. ނަމަވެސް އެ ވަގުތު ކޮޅު ދެމިގެން ދިޔައީ މަދު މިނެޓުކޮޅަކަށެވެ. ގައިގައިވާ ހުރިހާ އަންނައުނެއް ބޭލޭވަރުވެސް ނުވިއެވެ. ޒިވާ ހޭލައިގެން ރޯންފަށައިފިއެވެ. މީހުން ބުނެއެއްނޫންހެއްޔެވެ. އާއިލާއަށް ދެން އިތުރު މެންބަރެއް އިތުރުވުމެއް ތުއްތުކުދިން ނޭދޭނެއެވެ. އެހެންކަމުން މައިންބަފައިން ކައިރިވާއިރަށް ތުއްތުކުދިން ރޯންފަށާނެއެވެ. އެއީ ތެދެއް ނޫންކަމެއްވެސް ނޭނގެއެވެ. ދެމީހުންނަށްވެސް ހަމަ ހޭވެރިކަން ވީ އެވަގުތުއެވެ. އެޔާއިއެކު ދެމީހުންނަށްވެސް އެކުއެކީ ހީގަނެވުނެވެ. ޒިވިއަލް ތެދުވެގެން ޒިވާ ނަގަން ދިޔުމާއިއެކު އަހަރެންވެސް ތެދުވެ ވެއްޓިފައި އޮތް ޓީޝާޓްނަގައި ގަޔަށް މަހާލީމެވެ. އަދި ޒިވާ އަތުލުމަށްފަހު ނެޕީ ބަދަލުކޮށް ޒިވާގޮވައިގެން އެނދުގައި އޮށޯވެލީމެވެ. ޒިވިއަލްވެސް އެނދުގައި އޮށޯވެ ފަހަތުން އަހަރެންގެ ގައިގައި ބައްދާލައިގެން އޮތެވެ. ޒިވާއަށް ނިދުނުއިރު އަހަރެމެން ދެމީހުންނަށްވެސް ނިދިއްޖެއެވެ.

އާ ދުވަހަކަށް އަރައިގެން އައިއިރު އެހެން ދުވަސް ދުވަހާއި ތަފާތުކަމުގެ އިހްސާސެއް އަހަރެންނަށް ކުރެވުނެވެ. އެ އިރުގެ ދޯދިތަކުގައި އާދަޔާ ޚިލާފު އުޖާލާކަމެއް ވާފަދައެވެ. ނިދުނު އަރާމުން ނިންޖަކުން ފަތިސް ނަމާދަށްވެސް ނުހޭލެވުނެވެ. ޒިވާ ހޭލުމާއިއެކު ރީތިކޮށްލާ ޒިވިއަލްގެ މޭމަތީގައި ބޭއްވުމަށްފަހު އަހަރެން ބަދިގެއަށް ވަނީ ދުވަހުގެ މަސައްކަތް ފެށުމަށެވެ. އޭރު ޝިފާއާއި މަންމަވެސް ބަދިގޭގައި އުޅެއެވެ.

ސައި ހަދާ ނިމުން އެންމެން ސައިބޯން އައިއިރު ޒިވިއަލް އައީ އޮފީހަށްދާން ތައްޔާރު ނުވެއެވެ. އެކަން އެންމެ ބޮޑަށް ފާހަގަވީ ބައްޕައަށެވެ.

“ދަރިފުޅާ އޮފީހަށް ނުދަނީތަ؟” ޒިވިއަލް ފެނުމާއިއެކު އެންމެ ފުރަތަމަވެސް ސުވާލުކޮށްލީ ބައްޕައެވެ.

” ލައްބަ. އީމް ނެކްސްޓް ވީކުން ފެށިގެން އޮފީހަށް ނުކުންނާނެތި ހިތަށް އެރީ ދެ ދުވަހަކަށް މިތާ ކައިރި ރަށަކަށް ގޮސްލަން. ދެން އަވަހަކަށް ޗުއްޓީއެއް ނުލިބޭނެއެއްނު” ޒިވިއަލްގެ މަޤްޞަދު އެނގުމާއިއެކު އަހަރެން ބަނޑުގައި ކޮކާ އުދުހެން ފެށިކަހަލައެވެ.

” ވަރަށް ރަނގަޅުކަމެއްތީ.. ދޭތެރެއަކުން ރަށުން ބޭރަށް ގޮސްލާ ހަދަންވާނެ… ރާއްޖޭން ބޭރަށް ދާންވީނު؟” ބައްޕަ ގެ ޚިޔާލު އަދި ހުރީ ރާއްޖެއިން ބޭރަށެވެ.

” އަޅުގަނޑު ހަނދާން ނެތިފަ މިހިރީ ބުނަން… އަޅުގަނޑު އެބަ ވިސްނަން ވަޒީފާއިން ކެނޑެން… ޒިވާ އަށް ހުރިހާ ވަގުތެއް ހުސްކުރަން” އަހަރެން އެހެން ބުނިއިރު ވަޒީފާއިން ކެނޑެން ސިޓީ ލިތާ ދެތިން ދުވަހެއް ވެދާނެއެވެ. އެއީ ވަޒީފާއިން ކެނޑުނަސް އަހަރެން ބޭނުންނަމަ އައްޑޫގައި ހުރި އަހަރެންގެ ގެއިން ކުލީގެ ގޮތުގައިވެސް ދެމައިން ދިރިއުޅެވޭނޭވަރުގެ އާމްދަނީއެއް ލިބޭނެތީއެވެ.

“ދަރިފުޅު ވަޒީފާއަށް ދިޔަސް މަންމަ ޒިވާ ބަލާނަމޭ. މީހުންނާ އިނުމާއި ދަރިން ލިބުމަކީ ވަޒީފާ ދޫކޮށްލަން ޖެހޭ ކަމެއްނޫން. ތިކުދިން ކުރަން ބޭނުންކަމެއް ހަމަ ކުރަންވީ އެނގޭ” މަންމައަށް ހީވީ އަހަރެން ވަޒީފާއިން ކެނޑެނީ ޒިވާ ބަލަން މަންމަމެންނަށް ބުރައަކަށް ވެދާނީތީކަމަށެވެ. އަހަރެން އެ ކުށްހީ ފިލުވައިދިނީމެވެ.

“ނޫން މަންމާ.. އެހެންވެގެން ނޫން…އަހަރެންނަށްވުރެ ރަނގަޅަށް މަންމަ ޒިވާ ބަލާނެކަން އެނގޭ.. އެކަމަކު އަހަރެން ހަމަ ބޭނުންވީ ގޭގަ ހުންނަން.. ދެން ފަހުން ދާ ހިތްވެއްޖެއްޔާ އެހެން ޖޮބެއް ހޯދާނީއޭ”

“އީމް ގެ ކޮންމެ ނިންމުމެއް މަށަށް އޯކޭ.. އެކަމަކު މިއަދު މެންދުރު ފުރާގޮތަށް ޕޭކޮށްފަ އިންނާނީ.. ނެކްސްޓް ވީކް އޮފީހަށް ނުދިޔަޔަސް ދެން ޖެހޭނީ ދާން” ޒިވިއަލް ހެނދުނު ހޭލި ގޮތަށް ޒިވާ ގޮވައިގެން ކުރި މަސައްކަތަކީ އެއީތާއެވެ.

ދަތުރަށް ފުރިއިރުވެސް އަހަރެމެން ދާ ތަނެއް ޒިވިއަލްއެއް ނުބުނެއެވެ. ނަމަވެސް އެ ލޯންޗުގެ ގޮތުން ދަތުރުހުރީ ރިސޯޓަކަށްކަން އަހަރެންނަށް އެނގުނެވެ.ވަކިވަރަކަށް ވުރެ ގިނައިން ފައިސާ ލިބޭ މީހުންނަށް ޗުއްޓީތަކަށް ރިސޯޓުތަށް ނޫނީ ކަމުނުދާކަން އަހަރެންނަށް އެނގެއެވެ. އަހަރެންވެސް އެދިރިއުޅުމަށް ހޭނެންޖެހޭނެކަން މާކުރިންވެސް އެނގޭތީ އަހަރެން ހުރީ އެކަމަށް ތައްޔާރުވެގެންނެވެ.

އަމާން ދަތުރަކަށްފަހު ލޯންޗުގޮސް ކައިރިކޮށްލީ ކޯކޯ ޕާމް ބޮޑު ހިތި ރިސޯޓަށެވެ. ވޯޓަރ ވިލާގެ ބަދަލުގައި ޒިވިއަލް ނަގާފައިހުރީ އިންޑޯ ޕޫލާއިއެކު ހުރި ބީޗް ވިލާއެކެވެ. އެތަން ކިތަންމެހާވެސް ފުރިހަމައެވެ. ޗެކިން ވުމަށްފަހު ޒިވާ ގޮވައިގެން ޒިވިއަލް ދިޔައީ އަތިރިމަށްޗަށް ވެލި ކުޅޭށެވެ.އެތަށް އިރަކު އެ ސަކަރާތުގައި ތިބުމަށްފަހު މޫދަށް އެރިގެން އެއްގަމަށް އެރީ ޒިވާ ވަރުބަލިވެ އާ ފުރެން ފެށުމުންނެވެ. އޭރު ހަވީރުވެއްޖެއެވެ. އެ ހުރިހާ އިރަކު އަހަރެން އެތާ ވެލިގަނޑުމަތީ އިނީ އެ ދެމީހުން އުޅޭ ލޯބިވެތި ގޮތް ބަލާށެވެ. އެ މަންޒަރުން ހިތަށް ފިނިކަން ލިބޭތީއެވެ.

ފެންވަރުވާލުމުން ޒިވާ ނިދުމާއިއެކު ޒިވާއަށް ޚާއްޞަ ބޭބީ އެނދުގައި ޒިވާ ބޭއްވުމަށްފަހު އަހަރެން ފެންވަރަން ވަނީ ޒިވިއަލް އެނދުގައި އޮށޯތުމުންނެވެ. އަހަރެން ފެންވަރައިގެން ނުކުތްއިރު ޒިވިއަލް އިނީ ނަމާދަށެވެ. އަހަރެން ފެނުމާއިއެކު ޒިވިއަލް އާއިއެކު ނަމާދުކުރުމަށް ދަޢުވަތު ދިނެވެ.އެ ވަގުތު ހިތަށް އެ ލިބުނު އުފާވެރިކަމަކީ ދުވަހަކުވެސް ނުލިބޭފަދަ އުފާވެރިކަމެކެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ.ފިރިމީހާގެ ފަހަތުގައި އަހަރެން ނަމާދުކުރާ މިއީ ފުރަތަމަ ފަހަރު ވިއްޔާއެވެ. ޢަޞުރުނަމާދުކުރުމަށްފަހު ސުންނަތް ނަމާދުކުރުން ނޯންނަނަމަވެސް، ޒިވިއަލްގެ ފަހަތުގައި ދެ ރަކުޢަތުގެ ނަމާދެއް ދެމީހުން އެކުގައިކުރީ ކައިވެނީގެ ސުންނަތުގެ ތެރޭގައި ހިމެނޭކަމެއް ނުކޮށް ދޫކޮށްލެވިފައިވާތީއެވެ. ރޭގައި އެގުޅުން ނުހިނގިކަން ނަސީބެކޭ ހިތަށް އެރީވެސް އެހެންވީމައެވެ. ނަމާދުކޮށް އަވަދިވުމާއިއެކު މިނީބަރ އިން ކިރު ޕެކެޓެއް ކަނޑާލާ ތަށްޓަކަށް އަޅާލާ އޭގެން އެއްބައި ބޯލުމަށްފަހު އަހަރެންނަށް އެތަށި ދިނުމުން އެބައި އަހަރެން ހުސްކޮށްލީމެވެ. އޭރުވެސް އަހަރެން ހިތަށް އަރަމުންދިޔައީ ކިތަންމެ މުއްސަނދިނަމަވެސް އިސްލާމީ ރިވެތި އާދަތަށް ދަސްކޮށްފައި ހުރިމިންވަރެވެ. އެއާއިއެކު ޒިވާ ވިހެއި ދުވަހު ޒިވާ ތަހްނީނު ކުރިތޯ ޒިވިއަލް ކައިރީ އަހާލެވުނެވެ. ޖަވާބުގައި ޝިޒާން ލައްވައި އެކަން ކުރުވި ވާހަކަ ބުނުމުން ހިތަށް ކުއިކަމެއް ވެރިވެގެން ދިޔައެވެ.އަދި އެއާއިއެކު މި ވަގުތަށް ޒިވިއަލް ތައްޔާރުވެފައިވާ މިންވަރު އަހަރެން ހިތަށް އެރިއެވެ.

އެވަގުތު ބައްޕަގެ ފޯނެއް އައުމުން ޒިވިއަލް ފޯނު ހިފައިގެން ބޭރަށް ނުކުތީ ޒިވާ ހޭލަފާނެތީއެވެ. އަހަރެންވެސް ކޮޓަރިން ނުކުމެވޭހެން ހުރި ޕޫލާއި ވި ފަރާތަށް ނުކުމެލީ އެތަން ހިތްގައިމުކަމުން ފޯނުގެ ކެމެރާގެ ލެންސުން ދެތިން ފޮޓޯ ނަގާލުމުގެ ބޭނުމުގައެވެ. އެހެން ހުއްޓައި ކުއްލިއަކަށް ޒިވިއަލް އައިސް ފަހަތުން ބައްދާލިއެވެ. އަދި ކަރުދަށަށް ބޮސްދިނުމަށްފަހު އަހަރެން އުރާލައިގެން ގޮސް އެނދުމަތީ ބޭއްވިއެވެ. އެއާއިއެކު ދެލޯ މަރާލަމުން ޒިވިއަލްގެ ތުންފަތުގައި އަހަރެންގެ ތުންފަތް ޖައްސާލީމެވެ. އިސާހިތަކު ގުލްޝަނުގެ މާތަކަށް ފެންލިބި ދިރުން ލިބެން ފެށިއެވެ. ދެ ޖިސްމުއެއްވެ ދެ ހަށިގަނޑު އެކުވެގެން ދިޔައެވެ. ލޯބީގެ މަސްތީ އާލަމުގައި ކައިވެނީގެ އަގުމާތްގުޅުމުގެ ފޮނި މީރުކަން އޭގެ އެންމެ ފުރިހަމައަށް ލިބިގަތީމެވެ. ނަސީބު ރަނގަޅުކަމުން ޒިވާވެސް ނުހޭލައެވެ.

އެތަށް އިރެއްގެ ބުރަ މަސައްކަތަށްފަހު ހަށިގަނޑަށް ލިބުނު ވަރުބަލިކަން ފިލުވާލުމަށް ފެންވަރާލައިގެން ނުކުތް އިރު ރޭ ވެއްޖެއެވެ. އޭރުވެސް ތެދުވީ ޒިވިއަލް ބޭނުން ވެގެންނެއްނޫނެވެ. ޒިވިއަލްއަށް ވެގެންވެންޏާ މުޅި ދުވަސްވެސް އެ އަތުގެތެރޭ އަހަރެން ބާއްވައިގެން އޮންނާނެއެވެ. ނަމަވެސް ކެހިފައިވާ ފަރުދާއިން ރޭގެ އަނދިރިކަން ފާޅުވާން ފަށާފައިވާތީއާއި ޒިވާ ދެން ނުނިދަފާނެތީ ޒިވާ ނަގަން މަޖުބޫރުވީއެވެ. ޒިވާ ނަގައި ކާން ދިނުމަށްފަހު ރޫމް ސަރވިސް އަށް އޯޑަރުކޮށްލީ ވެފައިވާ ލޮޑުކަމާއިއެކު އިތުރަށް ބޭރަށް ދާން ބޭނުން ނުވީމައެވެ.

ހަވީރު ނިދުމުގެ ސަބަބުން އެރޭ ޒިވާ ނިދީވެސް ތަންކޮޅެއް ލަހުންނެވެ. ޒިވާ ނިދުމުން އަހަރެމެން ދެމީހުން ކޮޓަރިއާއި ދިމާލުން އަތިރިމައްޗަށްވާގޮތަށް ފެންޑާމަތީ ބަހައްޓާފއި ހުރި ވަށް ދޭ ބެޑުގައި ޖައްސާލީ ވާހަކަ ދައްކާލާ ލޯބިވެތި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ބޭނުމުގައެވެ. ޒިވިއަލްގެ ވަރުގަދަ ހަށިގަނޑު ގައި ބައްދާލައިގެން އޮތް އިރު އެ އަތުތެރެއިން ދުވަހަކުވެސް  ދާން އަހަރެންގެ ހިތް ބޭނުން ނުވާފަދައެވެ.

” ދެން ބުނެބަލަ ކޮން އިރަކުން ފެށިގެން އަހަރެންދެކެ ލޯބިވީ” ޒިވިއަލް ހުރީ އަހަރެންގެ ހިތުގައި ހުރި ހުރިހާ އެއްޗެއް ސާފުކުރަން ޢަޒުމު ކަނޑައަޅައިގެން ކަހަލައެވެ.

” ތެގޭތެރެއިން ކަޅު ހިޔަންޏެއް ފެނުނު ރެއިން ފެށިގެން… އޭރު ނޭނގޭ އެ އިހްސާސަށް ދޭނޭ ނަމެއް.. ހަމައެކަނި އެނގެނީ އަހަރެންނަށް ވަރަށް ކަމުދާކަން…. ގަޔާވާކަން… އިހްތިރާމް ކުރެވޭކަން” އަހަރެންގެ ހަނދާންތަށް އެންމެ ފުރަތަމަ ޒިވިއަލް ފެނުނު ދުވަހާއި ހަމައަށް ގެންދިޔައީމެވެ

” ދެން މިހާރު އޯ؟ ކޮންނަމެއް ދެވުނީ؟”

“ލޯބި” އަހަރެން ޒިވިއަލްގެ މޫނަށް ބަލާލީމެވެ.

“ކީއްވެ އަހަރެން ދެކެ ލޯބިވީ؟”

“ޒިވިއަލް އަހަރެންނާއި ބެހެއްޓި ގާތްކަމުން… އަޅާލާތީ.. އެހެން ހުރިހާކަމަކަށްވުރެ އަހަރެން އިސްކުރާތީ.. އެހާދުވަހު އަހަރެންނަށް އިންތިޒާރު ކުރީތީ… އަހަރެންނަށް ޒިވިއަލް ދިން ލޯބިން” ފުރަތަމަ ފަހަރަށް އަހަރެންގެ ހިތް ޒިވިއަލްގެ ކުރިމަތީގައި ހުޅުވާލީމެވެ.

” އެނގޭތަ އީމް އައްޑޫއަށް ފުރި ދުވަހު އަހަރެންގެ ހިތް ކުދި ކުދިވި.. ޝިޒާން އައްޑޫއަށް ދިޔަކަން އެނގުނީމަ އަދި މާ ދެރަވި…ހިތަށް އެރި ދެންމެ ދެންމެ ގޮސްދާނަމޭ.. އެކަމަކު އީމް ހިތްހަމަ ނުޖެހިދާނެތީ ނުކެރުނީ”

“އަޅެ އައިނަމަ… އަހަރެން ހިތަށް ވަރަށް ތަދުވޭ ސާރާއަށް ގުޅާތީ… ޖޭވި އިންތިހާ.. އެކަމަކު ހަމަ ބިރުގަންނަނީ… އަހަރެން މީ ބައްޕަނެތް ކުއްޖަކަށްވެފަ ދެން ޔޫނޯ..” އަހަރެން ދެން އިތުރަށް މާޒީ ހަނދާންކޮށް ރޯކަށް ބޭނުމެއްނޫނެވެ.

” ފެމެލީ ހޯދިއިރު ކިއްވެ ބައްޕަ ނުހޯދީ؟” ޒިވިއަލް އެ ކުރި ސުވާލަށް ތެދު ޖަވާބުދޭކަން އަހަރެންނަކަށް ނުކެރުނެވެ.

” ކީއްކުރަން؟ އަހަރެން ބަލަނީ އަހަރެން ބައްޕަ އަހަރެން ވަރަށް ކުޑައިރު މަރުވެފަ ކަމަށްވީ.. އެހެން ހިތަށް އަރުވާލީމަ ހިތްހަމަޖެހޭ… މިހާރު ބައްޕަ ހޯދައިގެން ވާނެ އެއްވެސް ފައިދާއެއް ނެތެއްނު…. ބައްޕައަކީ ގޯސް މީހެއް ހިއެއްނުވޭ… ކޮންމެސް މީހެއް މެދުވެރިވެގެން އަހަރެމެން ގެވެސް ހަދާފަ ހުރީ.. އެ މީހަކު ބޭނުމެއް ނުވޭ އެއީ އަހަރެންގެ ބައްޕަކަން އެއްވެސް މީހަކަށް އެނގޭކަށް. އެހެންވީމަ އަހަރެންވެސް ދެން ބައްޕަ ނުހޯދާން ނިންމައިފިން.. ދުވަހެއްގެ ކޮޅުން މީހަކުއައިސް އެއީ ބައްޕައޭ ބުންޏަސް އަހަރެން ޤަބޫލެއް ނުކުރާނަން” އަހަރެންގެ ބައްޕަ ފަޅާއަރާދުވަހަކުން އަހަރެންނަށް ޒިވިއަލް ގެއްލިދާނެތީ އަހަރެން ބިރުގަނެއެވެ.

” ދެން ތިވާހަކަ ނުދައްކާ..ލެޓްސް ނޮޓް ސްޕޮއިލް އަވަރ ނައިޓް.. އަދިވެސް ނުބުނަމެއްނު ލޯބިވެޔޭ” ޒިވިއަލް އަހަރެން ކޮލަށް ބޮސްދިނެވެ.

” ހުރިހާއެއްޗެއް އަނގައިން ބުނާކަށް ނުޖެހޭނެ.. މީ ވަރަށް ތަފާތު ގުޅުމެއްނު.. ޚާއްޞަ ދުވަހަކުން އެހެންވެސް ބުނާނަން…މަގޭ ފިރިކަލުން…” އަހަރެންވެސް ޒިވިއަލް ކޮލަށް ބޮސް ދިނީމެވެ.

” ވައިފް…މަގޭ ދޫނި….ލޯބި…އާހ…” ލޯބިން މީހަކަށް ކިޔޭނެ ހުރިހާ ނަމެއް ފަތިފަށްޗަކަށް ޒިވިއަލް އަމުނާލިއެވެ.

” ވަން ލާސްޓް ސުވާލު.. ޒިވާ ޒިއާ ޒައިނަބް.. ހަމަ މަށާ ނުގުޅުވަތަ ނަންކީ؟” ޒިވިއަލް އެ ސުވާލު ކޮންމެސް ދުވަހަކުން ކުރާނެކަން އަހަރެންނަށް އެނގެއެވެ.

” ޒިލާއަށް ޕްރޮމިސް ކުރިގޮތަށް ޒަވިޔަނިން ފަށާފައި، އަހަރެންގެ މަންމަ އެއްގެ މަޤާމުގަ ހުރި މީހާއަށް ރީތި ނަން ލާފަ އަހަރެންނާއި އަހަރެންގެ ދަރިފުޅަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެން އެންމެ އަޅާލި އެމީހެއްދެކެ އަހަރެން އިންތިހާއަށް ލޯބިވާ މީހާގެ ނަމާވެސް ގުޅުވާފަ އޭނީ” އަހަރެން ޒިވާއަށް ނަންދިން ގޮތް ޒިވިއަލް އަށް ސާފުކޮށްދިނީމެވެ

” އައި ޖަސްޓް ނިޔު އިޓް! އައިލަވް ޔޫ ސޯމަޗް ލޯބީ” ޒިވިއަލް އަހަރެން ގައިގައި ބާރަށް ބައްދާލުމަށްފަހު ކަންފަތް ދޮށުގައި ދެވަނަ ރައުންޑަކަށް ތައްޔާރުތޯ އަހާލިއެވެ. އެއާއިއެކު ލަދުން ގޮސް އަހަރެން ހަލާކުވާވަރުވިއެވެ. އެހާ ފާޅުގައި އެކަހަލަ އެއްޗެހި ބުނަން ޒިވިއަލްއަށް ކެރިދާނެކަމާއިމެދު އަހަރެން ޝައްކު ކުރީމެވެ.

ރިސޯޓުގައި ދެދުވަސް އަހަރެމެން ހޭދަ ކުރީ އަލަތު ކައިވެނިކޮށްގެން އުޅޭ ދެމީހުންނެވެ.ޒިވާ ނިދާފައި އޮންނަ ހުރިހާ ވަގުތެއްގައި މާ ފޮޅުވީމެވެ. މިހާތަނަށް ދިރުއުޅުމުން އުނިވެފައިވާ ހުރިހާ އުފަލެއް އެއްކޮށް އަހަރެންނަށް އެ ދެދުވަހު ލިބުން ފަދައެވެ. އެނބުރި މާލެއައުމާއިއެކު އަހަރެމެންގެ ޢާންމު ދިރިއުޅުމަށް ބަދަލުވިއެވެ. ނަމަވެސް ތަފާތަކީ ޒިވިއަލްގެ މޫނުމަތިން އަބަދުމެ ފެންނަ އުފާވެރިކަމެވެ. ޒިވިއަލްގެ މިޒާޖަށް އައިސްފައިވާ ބަދަލެވެ.އެކަން ހުރިހާ އެންމެންވެސް ފާހަގަ ކުރެއެވެ. އެހެން ނޫނީ ގިނަވަގުތު އޮފީހުގައި ހޭދަ ކުރާމީހާ ހަވީރު ހަތަރެއް ޖަހާއިރު ގޭގައި ހުރެއެވެ. ޒިވާ ގޮވައިގެން ދުއްވާލަން ގޮސް ހަދައެވެ. ކިރިޔާހެން ވެސް ވަގުތުކޮޅެއް ލިބޭއިރަށް އަހަރެންނާއި މައްލަވަކޮށްލައެވެ.އަހަރެންގެ ހަޔާތުން ޚަރީފުމޫސުން އެކީ ފިލައިގެން ގޮސް ބަހާރު މޫސުން އައިސްފައިވާ ކަހަލައެވެ.

ދޮޅު އަހަރުފަސް

” ޒިވީ ބާރަށް… ބާރަށް…. ބޭބީ ޒިވީ އަތުގަ ހިފާ”

“ޝިޒާން…މާ ބާރަށް ނުދޭބަލަ… ޒިވީއަކަށް ނުދުވެވޭނޭ ތިވަރަށް”

އަހަރެންނާއި ޝިޒާން ދެ އަހަރުވެފައިވާ ޒިވީގެ ފުރަތަމަ ސްޕޯޓްސް އިވެންޓްގައި ފައި އައްސައިގެން ރޭސް ޖަހަން އަރާހުރިއިރު ފަހަތުން ޒިވިއަލް އާއި ރޭޒަލްގެ ސަޕޯޓުގެ އަޑު ކެނޑި ނޭޅިއިވެމުންދިޔައެވެ. ކެރީ ބޭގްއަކަށް  އެއްމަހުގެ ކުޑަ ފިރިހެން ކުއްޖެއް ލައިގެން ހުރިނަމަވެސް އަރާފޯރިއާއިއެކު ދެންމެ ދެންމެ ދުއްވައިގަނެފާނޭހެން ހީވެއެވެ.

“ޔޭ” ރޭޒަލް އާއި ޒިވިއަލް އެއްފަހަރާ ހަޅޭއްލަވައިގަތީ އަހަރެމެން އެންމެ ފުރަތަމަ ރޭސް ނިންމުމުންނެވެ. ޝިޒާން އުފަލުން ޒިވާ ނަގާ އުރާލާ ކޮލަށް ބޮސްދިނެވެ. ސްޕޯޓްސް އިވެންޓް ނިމުމުން އަހަރެމެން އެންމެން ފޮޓޯ ނަގާ ހެދީމެވެ.މާޒީ ހަނދާން ނައްތާލާ އެންމެންވެސް ދިރިއުޅުމައިގެން ކުރިއަށް ދާކަން ކިތަންމެހައިވެސް ރަނގަޅަށް ބަލާލި މީހަކަށް ފެންނާނެއެވެ.

މައިންބަފައިން ވަކިވިނަމަވެސް ދަރިންނަށް ދެ މީހުންގެ ލޯބި ދީގެން ބޮޑު ކުރެވޭނޭކަމުގެ ހެއްކަކަށް މިއަދު އަހަރެމެން ފުދޭނެއެވެ. އެއްވެސް ޖެހެލުމެއް ނެތި ހަފްތާ ބަންދުތަކަށް ޒިވާ އަހަރެން ޝިޒާން ކައިރިއަށް ފޮނުވަމެވެ. އެފަދަ ދުވަސްތަކަކީ އަހަރެންނާއި ޝިޒާން މާ ފޮޅުވާ ރޭރެއެވެ.ސްކޫލް ޕޭރެންޓް މީޓިންތަކަށް ދަނީ އެއްކޮންނެވެ. ޒިވާއަށް ދެ މަންމައާއި ދެ ބައްޕަ ހުންނަކަން އަބަދުވެސް ކިޔާދަމެވެ.

ޒިލާލް އަދި ޝިފާގެ ހަޔާތަށް މީހަކު އިތުރު ނުވިނަމަވެސް އެ މީހުންވެސް ދިރިއުޅުމައިގެން ކުރިއަށް ދަނީ ނުހަނު އުފަލުންނެވެ.

އަހަރެންގެ ގެއިން ކުއްޔަށް ލިބުނު ލާރިން ތުއްތަ ހައްޖެއްކޮށް މަންމައަށްވެސް ހައްޖެއް ކޮށްދިނެވެ. އަދި ކޮންމެ މަހަކުވެސް ފިޔަވަތީގައި ތިބޭ ކުދިންނަށް ކާކުކަން ނޭނގޭހެން މަންމަގެ ނަމުގައި އެހީވެއެވެ. މިހާރު ހުރީ މަންމަގެ ހަދާނުގައި ރަށުގައި މިސްކިތެއްވެސް ބިނާކުރަން ފަށާފައެވެ.އެކަން ކޮށްދެނީ ކާކުކަން އެނގޭ ދުނިޔޭގައި ތިބީ ދެމީހުންނެވެ. އަހަރެންނާއި ރަށު ކޯޓު ޤާޟީއެވެ. އެހެން މީހުންނަށް ހީވަނީ އެއީ އަހަރެން ކުރާކަމެއްހެންނެވެ. ޚުދު ޒިވިއަލްއަށްވެސް ހީވެފައި އޮތީ އެހެންނެވެ.

ޝިޒާންގެ އާއިލާއައި އަހަރެންގެ ގުޅުން ރަނގަޅުކުރާކަށް އެއްވެސް ކަމެއް އަހަރެން ނުކުރަމެވެ. އޭގެން އެއްވެސް މީހެއް ނުވެސް ދެކެމެވެ. ބައެއް ގުޅުންތަކަކީ ހަނދާން ނައްތާލުމުން ހިތަށް ހަމަޖެހުން ގެނެސްދޭ ގުޅުންތަކެވެ.

ކޮންމެއަކަށް ސްޕޯޓްސް މީޓް ނިންމާލާ ހަތަރު މީހުންނާއި ރޭޒަލް އަދި ޝިޒާންގެ ދަރިފުޅު ރާއިޝް ގޮވައިން ސްކޫޕަށް ވަނީ ޒިވާއަށް އައިސް ކްރީމް ދޭން ވަޢުދުވެވިފައި އޮތީމައެވެ. އައިސް ކްރީމް ބޮއެ ނިންމައިގެން ޒިވާ ގޮވައިގެން ޒިވިއަލް ވިލިނގިއްޔަށް ދިޔައީ އަހަރެން ރަށްޓެއްސަކާއި ބައްދަލުކޮށްލާފައި ދާނޭ ވާހަކަ ބުނުމުންނެވެ. ނަމަވެސް ޒިވިއަލް ދިޔުމުން އަހަރެން މިސްރާބު ޖެހީ އޭޑީކޭ އަށެވެ. މިއަދު ދިން ލޭގެ ޓެސްޓްގެ ނަތީޖާ ބަލައެވެ. އަހަރެންގެ ހަށިގަނޑަށް އަންނަ ބަދަލުތަކުން ބަލިވެއިންހެން ހީވާތީއެވެ. ޓެސްޓްގެ ނަތީޖާއައީވެސް ހަމަ އެހެންނެވެ. އަހަރެންގެ ބަނޑަށް ދެ މަހެވެ. ގެއަށް ދިޔުމުގެ ކުރިން އެ ރިޕޯޓުގެ ފޮޓޯއެއް ނަގާ މެސެޖަކާއިއެކު ޒިވިއަލް އަށް ފޮނުވާލީމެވެ.

“ހަޔާތް ވެއްޖެ ރޯޝަން ކަލާ ލޯތްބަކުންދިން”

“ފިލާގޮސް އަނދިރިކަން ތިބާ ލޯތްބަކުންދިން”

” އަޅާލާ ވެ އޯގާ، ލޮލުން ކަރުނަ ފޮހެދީ”

“ގެނެސްދިންމެ ހިނިތުން އެހާ ލޯތްބަކުން ދިން”

“ހިތާ ޖާނު ހިބަކޮށް، މަށަށް ދެއްވި ޤުރުބާން”

“ފިލާނޭހެ މިހިތުން ތިހާ ލޯތްބަކުން ދިން”

” ދުޢާމިއްޔޭ ކުރެވޭ، ވުމަށް އެކުގަ އަބަދަށް”

“ނުވާތީ ތިބާ ނޫން، ކަލާ ލޯތްބަކުންދިން”

“ވަރަށް ލޯބިވޭ”

އަހަރެން ގެއާއި ހަމައަށް ދިޔައިރުވެސ އެ މެސެޖަށް ރިޕްލައިއެއް  ނާދެއެވެ.ނަމަވެސް ގެއަށް ވަނުމާއިއެކު އަހަރެން ސިހުނީ އެ ކުޑަވަގުތުކޮޅުތެރޭގައި ގޭތެރެ ތައްޔާރުކޮށްފައި އޮތުމުންނެވެ. މަންމައާއި ބައްޕަވެސް އުފަލުން ހީވަނީ އެހެން ކަމެއް ހެންނެވެ އެންމެ ފުރަތަމަވެސް ދެއްކީ އިތުރު ކޮޓަރި ހަދަން ޖެހޭވާހަކައެވެ. ޒިލާލް އެވަގުތުކޮޅުގެ ބޭނުންވެސް ހިފީ އަހަރެންނާ ދިމާކުރާށެވެ.

“ކޮބާ އަދިވެސް ކަމެއް ނޫންދޯ”

އެންމެންނަށްވުރެ ބޮޑަށް އުފާވެފައިހުރީ ޒިވިއަލްއެވެ. ޑާޑާ އަކުން ބައްޕައަކަށް ވާން އުޅޭތީއެވެ. ކުރާނޭ ނުކުރާނެ ކަމެއް ނޭނގިގެން އެނބުރުމަށްފަހު ދެމީހުން އެކަނިވި ވަގުތު އުފަލުގެ ކަރުނަ އެ ދެލޮލުން އަހަރެން ދުށީމެވެ. މިއަށްވުރެ ވަކި އުފާވެރި ވަގުތެއް އަންނާނޭހެއްޔެވެ.

އުނދަގޫ އެތަށް ޞަފްހާތަކެއް ގިރާކޮށް އަހަރެންގެ ހަޔާތަށްވެސް މިއަދުމިވަނީ އުފާވެރިކަން އައިސްފައެވެ.އުންމީދުކުރަނީ ކާފަ އާއި މަންމަގެ އާއިލާ އެންމެންވެސް ކޮންމެވެސް ދުވަހަކުން އަހަރެން ބަލައިގަންނާނޭ ކަމުގައެވެ. ކާފަމެން އަހަރެން ބަލައިނުގަތަސް މިވަގުތަށް މަދުވާ ކަމެއް އެންމެ ކަމެއް ނޫނީނެތެވެ. އަހަރެން މަންމަ ދުނިޔޭގައި ނެތްކަމުގެ ހިތާމަ ދުވަހަކުވެސް އަހަރެންގެ ހަޔާތުން ފިލާ ނުދާނައެވެ. ދެން ހުރި ހުރިހާ ކަމަކަށްވެސް ފަރުވާ އަހަރެންނަށް ޒިވިއަލް ދޭ ލޯބިން ލިބިއެވެ.

(ނިމުނީ)

*****************************************

ނޯޓް:މިއީ ތި  ކުދިންގެ ޢީދު ހަދިޔާ އެނގޭ! ކުރިއަށް ހުރި އެޕިސޯޑު ތަކުގެ ޢަދަދުތަށް ނުބުނަނީ ތިޔަކުދިން  ޝައުޤުވެރިކޮށް (ސަސްޕެންސް) ގައި ތިއްބައި ވާހަކަ ނިންމާލަން ބޭނުންވާތީ. އުންމީދުކުރަން މި ވާހަކަވެސް ތި ކުދިންނަށް ކަމުދިޔަކަމަށް!  މި ވާހަކައަށް ހުރިހާ ކުދިންވެސް ތިޔަ ދެއްވި ލޯތްބާއި ސަޕޯޓަށް ހިތުގެ އެންމެ ފުންމިނުން ޝުުކުރުއަދާކުރަން!  ކޮންމެވެސް އެހެން ވާހަކައަކާއިއެކު އަދި ތިޔަކުދިންނާ ބައްދަލު ކުރާނަން އިންޝާﷲ! ތިކުދިން މަތިން ވަރަށް މިސްވާނެ!

ހުރިހާ ކުދިންނަށްވެސް ޢަރަފާތު ދުވަހުގެ ދަރުމައާއި ސަވާބު މިންވަރު ކުރައްވާށި! އަދި ހުރިހާ ކުދިންނަށް އަޟްހާ ޢީދުގެ ތަހުނިޔާ ކިޔަން!

Share Article

Follow Me Written By

SomeOne

Level 210 Stories

Other Articles

Previous

ކުލަ 11

Next

ވަކިވީ ލޯބިން 5

Next
June 27, 2023

ވަކިވީ ލޯބިން 5

Previews
June 27, 2023

ކުލަ 11

27 Comments!

  1. އެކުއްޖާ says:
    June 27, 2023 at 2:11 pm

    Wowww… V salhi story..😍
    Eid Mubarak someone..

  2. Aileessh says:
    June 27, 2023 at 2:23 pm

    I will miss this storyy, v salhi 🤍

  3. Safa says:
    June 27, 2023 at 2:34 pm

    Eid Mubarak.thank you varah shaugveri ehaame furihama vaahaka e liyaalan libuneethy last part ga lhenbaiyth varah reethi❤️

  4. ... says:
    June 27, 2023 at 2:45 pm

    MashaAllah… vv reethi story.. Hama mikahala new story akah waiting.. Eid Mubarak someone..

  5. Reader says:
    June 27, 2023 at 3:29 pm

    Alhe noon. Maa Avahah this ninmaaly
    Ekamaku vss vaahaka hama vrh vrh reethi.
    Mivaru ge vhk eh adhi nukiye. Masha allah 💗
    Anyways someOne ge vaahaka eh vrh Avahah kiyaalan libeyne kamah unmeedhu kuran
    And thank you vrh vrh bodah thihaa loabi story eh liyunyma 🤍

  6. Dummy head says:
    June 27, 2023 at 3:34 pm

    Vvvvv reethi.. hama bunaane ehcheh vx neyge.. I thought adhi vaahaka nunimeyne kamah.. vrh miss vaane mi vaahaka… Mi vaahaka kiyamun dhaa iru i can feel butterflies too 🤭🤭🦋🦋🦋💓💗.. I hope vrh avahah someone ge aa vaahaka eh fennaane kamah.. Someone ah vx Eid Mubarak

  7. Aluu says:
    June 27, 2023 at 4:01 pm

    Shauguveri kamaaeku kiyaalevunu vrh reethi vaahka eh ❤️❤️❤️
    Aslu enme kiyaahih vany Gavaidhun bunaa dhuvahah upload kohdheythy!!💕💕
    Ekam dhen mi buny hadi eh nooney inge 😅
    reethi viyas bunaa bahuga ithubaaru nuhunnanyaa kiyaa hih kendeyne 😊👀
    alhugandu gabool kuraa gothuga thankolheh avas ninmaali varu 😭😭😑
    mi vahaka maa furihama vees eem ge bappa aky kaaku kan enmennah ingi mom side family in kaafa ge baeh genessa zivial ge family in eman balaigane emyhunnaa onna gulhun rangalhah ove ninmaali nama mivaahak vareh hama noaannaane!!!🙂🙂
    Vrh unmmyydhu kurin eman ge bappa aa dhimaa vaane dhuvahakah😭
    Dhen Ehen viyas mi vaahka vrh reethi 💞💞
    Ibaaraih kurumaa sifa kurunthah vx vrh furihama 💯💗💗
    Totally mi vhhka vrh vrh reeethi 😍😍💞💕❤️❤️❤️❤️
    Curiously waiting for a new story 😭😭
    Btw ehaa bura koh ulhemun mikahala reethi vahka eh alhugandumennah gensdhinyma vrhhh vrhhh bodah shukuriyyaa ❤️❤️❤️❤️❤️❤️
    EID MUBAARAK

    1. SomeOne says:
      June 27, 2023 at 4:40 pm

      Hurihaa kudhinnahves thank you varah bodah!
      @aluu: engey aslu thigothahkan gina kudhinnah kamudhaanee.. ekam I ah kudakoh fairy tale akah vanee…I gaboolu kuraagothukah life ga hunnaane baeh kankan unsolved and thats totally fine.hurihaa kameh life ga rangalheh nuaane… Kasauttii hen maa dhiguveema aslu I dont like. Ehenve egothah ninmman plan kureeves vaahaka feshun iru.
      But thanks for that comment and thanks for being an immense supporter!

    2. Aluu says:
      June 27, 2023 at 6:11 pm

      Its okay.. Yeah hurihaa kameh enme rangalhah beynun vaa gothakah nuvaane!! Ekan jeheyne gabook kuran..!! Ei alhugandu beynunvi goeh ekm egothah dhen ekameh nuvaane kan alhugandu vx jeheyny gabool kuran 😅

  8. leesh says:
    June 27, 2023 at 6:19 pm

    Vrh salhi vhk
    Eid mubarik all
    waiting for a new story

  9. SomeOne says:
    June 27, 2023 at 8:10 pm

    @alu: dhen faharakun varah happy ending story ehves liveytho balaanan! Also depending on the comments and public view I may end up with a season 2 with a totally difeerent plot! Lets see dho🤫🤣

    1. Aluu says:
      June 28, 2023 at 3:09 pm

      Awwn season 2 vrh beynun kiyaalan😭
      Hurihaa kudhinnn!! avahah someone sis kairi buney beynumey season 2 😅

  10. Ifoo says:
    June 27, 2023 at 8:21 pm

    Vvv reethi vhk Maasha allah❤️… Eid mubarak all😊

  11. ނަމެއް ނުކިޔާ says:
    June 28, 2023 at 12:10 am

    Mi part kiyunu adhadhu ves neygey😍 varah kamu gohsi someone ge Eid hadhiyaa…thy hama loabi kolheh…someone ah adhi family ah ufaaveri eid akah edhen

    1. SomeOne says:
      June 28, 2023 at 7:56 pm

      Awwwn❤️ much loves!
      Glad you all like the story!
      A beeg thank you everyone💕

  12. Khajja says:
    June 28, 2023 at 1:54 am

    Ohhhh wow Masha Allah v v reethi n jazakallah khairaa 😊 eid Mubarak v v v missed ur stories

  13. 🌼🌼🌼Naju🌼🌼🌼 says:
    June 28, 2023 at 3:05 am

    Vachaka v reethi .🙂🙂 hama mikahala story akah waitingggg…❤️

  14. Thoobaa Ahmedrafeeu says:
    June 28, 2023 at 2:03 pm

    Alhey varah reethi curiously waiting ehen vaahaka akah someone ge

  15. imko says:
    June 28, 2023 at 7:41 pm

    i love this story I also pregnant but I have one child
    Now I have second child
    I am really sad if you finish this story
    I am so sad
    I will waiting for your new story season 2
    Happy Eid Mubarak
    Someone

  16. Anonymous says:
    July 2, 2023 at 12:44 pm

    Nikan missss vey mi vahaka
    Season 2 eh liyan ulhey avahah

  17. Aimiii says:
    July 4, 2023 at 6:43 pm

    this story is one of my favourite story
    when is your next story?

  18. Someone who is waiting for your reply says:
    July 8, 2023 at 7:48 am

    Alhey someone kobaa tha??
    Haadha inthizaareh eba kureveyey!
    Ehaa avahah nugenes dhevengaa kiyaalan libidhaane date eh buneba
    Handhaan veyy nikan mi vhaka
    mihaaru nuhurey mikahala reethi vaahka esfiya aku

  19. Loooooooshaa says:
    July 8, 2023 at 2:42 pm

    Hey someone
    Mi hurihaa cmnt thakeh keentha??
    Keehve reply nudheny?

    1. SomeOne says:
      July 9, 2023 at 8:12 am

      Hey, Adhi kiriaa mi kiaalevuny comment thah! took a little break 🙂
      Thank you hurihaa kudhin <3! varah miss vey thi hurihaa kudhin ge shakuvaatahah vaahaka kian las vegen anna! haha!! Jokes apart hama varah varah miss vey!
      I couldnt have done this without your support and love! But It will take sometime to bring up a new story… After a change in somethings in life, settling down as of now and might require sometime to adjust! Kuda dhuvaskolheh vaane adhi vaahaka lian fashan engey!
      Varah loabivey hurihaa kudhin dhekeves <3

  20. A'thu says:
    July 9, 2023 at 3:57 pm

    Mi vaahaka kiyamun diya iru heevenee hama manzaruthah lolah sifavaahen.ehaaves reethi vefaa furihama. Mihaa reethi aa vaahaka akah inthizaaru kuran. Some one

  21. Aluu says:
    July 10, 2023 at 12:01 pm

    It’s okay dear!! We can wait 🙂

    1. SomeOne says:
      July 10, 2023 at 4:31 pm

      @athu: varah ufaavehjje kamudhiyaeema. Thank you!
      @Aluu: You are way too sweet ❤️ varah love

Comments are closed.



All Right Reserved!